އާދަނާއި ތަކުރަކީ ދެ ވިޔަފާރިވެރިންނެވެ. ތަކުރު ވިޔަފާރި ދަތުތުރުތަކުގައި ޗައިނާއަށް ގޮސްއުޅުނެއްކަމަކު މިއީ އާދަނު ޗައިނާއަށް ކުރިފުރަތަމަ ދަތުރެވެ. އެއާރޕޯޓުން ހޮޓަލަށް ދެވުމާއެކު ދެމީހުން ތިބެންހަމަޖެހިފައިވާ ކޮޓަރީގެ ތަޅުދަނޑި ޙަވާލުކުރެވިއްޖެއެވެ. ޗައިނާގައި ކިރިޔާވެސް ނިދާލެވޭވަރުގެ ހޮޓަލެއްވިއްޔާ ނުހަނު އަގުބޮޑެވެ. އެހެންވެ އާދަނާއި ތަކުރު އަދިވެސް ގިނަ ދިވެހި ވިޔަފާރިވެރިން ގޮސްތިބެނީ ވަރަށް އާދައިގެ ހޮޓާތަކުގައެވެ. މިފެންވަރުގެ ހޮޓާތަކުގެ ފާޚާނާގައި މުސްލިމް ޝަވަރެއް ނުހުރެއެވެ. ޠާހިރުވާން ހަދާނެގޮތަކާމެދު އާދަނު ވަރަށް ވިސްނިއެވެ. އެކަމަކު ތަކުރު ކާރީގައި މިވާހަކަ އަހައިފިއްޔާ […]
ކުއްލިއަކަށް ރަށުތެރެ ހަލަބޮލި ވެއްޖެއެވެ. ވެގެން އުޅެނީ ކީއްތޯ އެކިމީސްމީހުން ކައިރީ އަހަމުން ދަނިކޮށް އާދަނަށް އެނގުނީ އޭނަގެ ނުހަނު ގާތް ރަޙުމަތްތެރި ތަކުރު ނިޔާވެގެން އުޅޭކަމެވެ. އާދަނު ބަލާކަށްނުހުރެ ދުވެފައި ތަކުރުގެ ގެއަށް ދިޔައެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގެން އާދަނު މައްޔިތާ ބާއްވާފައި އޮތްހިސާބަށް ވާސިލުވެއްޖެއެވެ. މޫނާ ބޮލާއެކު ބެންޑޭޖުކޮށްފައި އޮތެއްކަމަކު ނިޔާވެފައިއޮތް ތަކުރުގެ ނިތްކުރިމަތިން އޭރުވެސް ލޭ އައިސްފައި ހުއްޓެވެ. މިތަންފެނިފައި އާދަނު އަދި މާބޮޑަށް މޮޅިވެ ރޮވޭގޮތް ވެއްޖެއެވެ. އެކަމަކު ތަކުރު މަރުވާން […]