ޝިރުހަތް މެން ގާތު ބުނިއެއްޗަކުން ކުރަންވީ އުފާކަމެއް ނުވަތަ ދެރަވާންވީ ކަމެއް ނޭގޭފަދައެވެ. އެންމެންވެސް ތިބީ ޖެހީ ބުދެއް ފަދައިން ތިބިތާގައެވެ. އެ އެންމެނަނާ ވަކިން ދުރުގައި ހުރި ހަސީނާ ލޮލުން ކަރުނަ ތިއްކެއް ފާއްދައިލިއެވެ. ކީކުރާނީ ހެއްޔެވެ. އޭނ އުޅުނީ ކަޔާލްގެ ވަސް މި ދުނިޔެއިން ވެސް ފޮހެލާށެވެ. ބުޅަލަށް އެރަށު މުސްތަފާބެއްޔާ އަތުން ފަންޑިތަ އެއް ހަދައިފައި ބުޅަލުގެ ކަރުގައި އެޅުވީއެވެ. އެހެން އެންމެން އުފާ ކުރާއިރު ހަސީނާ ހުރީ މަޑުންނެވެ. “ހަސީ… ބަލީތަ؟” […]
ނޯޓް: މިވާހަކައަކީ 2011 ވަނަ އަހަރު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް 4 ގައި ތަޢުލީމް ޙާޞިލްކުރި އަޙްމަދު އަބާން ޢަޒުމް އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކައެއްގެ ތަރުޖަމާއެވެ. ހަނދާނާއި ތާރީޚަށްޓަކައި މިވާހަކަ މިސައިޓްގައި ޝާޢިއުކޮށްލީމެވެ “ ” ކަލޭމެންނަށް ހަމަ ނުފެނުނީތަ އަހަރެން ނޫން މީހަކު މިތަނަށް ގެންނަން؟ އަހަރެން ފަޤީރުވީމަ އަހަރެންގެ ޝަރީޢަތް ތި ކުރަނީ. މީކޮންކަހަލަ އިންސާފެއް.!!!” ބަކުރުބޭ ރުޅިން ހުރެ ބުނެލިއެވެ. ” ޝަރީޢަތުގެ މައިދާނުގަ ބޭކާރު ވާހަކަ ނުދައްކާ. ދެންވެސް މަޑުން ހުރެވޭތޯބަލާ. […]
އެ ލޮލުގައިވަނީ ހަމަ އެންމެ މެސެޖެކެވެ. ކަޔާލް ރައްކާތެރިވާށެވެ. ކަޔާލް މިދުނިޔެއާއި ދެން އަލްވަދާއު ކިޔާކަށް މާގިނަ އިރު ނެތެވެ. ކަޔާލް ހިތަށް ބިރުވެރިކަން ވަނެވެ. ހޫދުވެސް ހުރީ އެހާލެއްގައެވެ. ކޮންމެވެސް ކަމެއް ވާން އެބަ އުޅެޔޭ އޭނާ ހިތް ބުނަމުން ދިޔައެވެ. ހޫދު މިހެން ހުއްޓާ ފޯނު ރިންގު ވިއެވެ. ޖީބުން ފޯނު ނަގާ ގުޅަނީ ކާކުތޯ ބެލިއިރު ގުޅަނީ ޝިރުހަތް އެވެ. “ހަލޯ.. ޔެސް ޝިރޫ” ހޫދު ވަރަށް މަޑުން ވާހަކަ ދެއްކިއެވެ. ހަސީނާ […]
ނޯޓް: މިވާހަކައަކީ 2011 ވަނަ އަހަރު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް 4 ގައި ތަޢުލީމް ޙާޞިލްކުރި އަޙްމަދު އަބާން ޢަޒުމް އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކައެއްގެ ތަރުޖަމާއެވެ. ހަނދާނާއި ތާރީޚަށްޓަކައި މިވާހަކަ މިސައިޓްގައި ޝާޢިއުކޮށްލީމެވެ ” މިރޭވެސް ދަނީތަ ބައްޕަ މަހަށް؟ ” ރިހާންގެ ބައްޕަ މަސް ބާނަންދާ ސާމާނުތައް ހިފައިގެން ގެއިން ނިކުންނަން ދިމާކުރުމުން ރިހާން ބުނެލިއެވެ. ” ކީއްތަވީ؟ މަސްބާނަން އޮވޭތަ ވަކި ރެއެއް؟” ރިހާންގެ ބައްޕަ ބަކުރު ބުނެލިއެވެ. ” ތިހެން އުޅެނިކޮށް ބައްޕައަށް […]
އެރޭގެ ވަގުތެވެ. ހަސީނާ ވިސްނަމުން ދިޔައީ ކަޔާލް އަށް މިއަދު އޭނާ ކުރި ކަންތަކުގެ ބަދަލް ހިފާނެ ގޮތަކާ މެދުގައެވެ. ރަނގަޅު ހިޔާލެއް އައުމުން ކައިރީ ގައި އޮތް ހޫދު އަށް ބެލުމަށްފަހު ވަރުގަދަ ހިނިގަޑެއް ޖަހާލިއެވެ. އޭނާގެ ޕްލޭން ކާމިޔާބު ވެއްޖިޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ކަޔާލް ކޮޓަރީގައި އޮވެގެން ވިސްނަމުން ދިޔައީ ދެން ހަސީނާ އަށް ދޭނެ ލަނޑަކާ މެދުގައެވެ. އެ ކުޑަކުޑަ ސިކުނޑިއަށް އައި ޕްލޭޭން ކާމިޔާބު ވޭތޯ އެތަށް ފަހަރަކު ﷲ […]
ކުޑަ ސޮރު ނުނިދައިގެން އަހަރެން މީނަ ދާހިށްލާ ފޯވީއެވެ. އެކަމަކު އެސޮރު އަދި ނިދި ފިޔައެއް ޖަހާލަން ހިތަށްވެސް ނާރުވާ ތޯއްޗެކެވެ. 2 އަހަރަށް އަޅާފައި އޮތަސް ހަލަނިކަމުން ހީވަނީ އެހެން ކަމެއް ހެންނެވެ. އެއްތާ އިރުކޮޅެއްވަންދެން ހަރު ނުލައެވެ. މިހާރުވެސް ބަލާބަލާށެވެ. ބާލީސް މަތީ ބާއްވައިގެން ތަޅުވާ ތަޅުވާ މިހާރު އަހަރެންގެ ދެ ކޮނޑުގައި ރިއްސައިގަނެއްޖެއެވެ. ނަމަވެސް އެސޮރު ހަތަރެސް ފައި ހީވަނީ ވެށެމުންދަ ރޯނުގަނޑެއް ހެންނެވެ. އަހަރެން ގާތު ރުޅިއައިސްފައި އެއްޗެކޭ ބުނީމާ ދެން […]
ނަވާރަ އަހަރު ރަށުގައި އުޅުމަށް ފަހު މާލެ އައީ ވަޒީފާއެއްގެ ބޭނުމުގައެވެ. ރަށުގައި ވަޒީފާގެ ފުރުސަތުނެތުމުން ކުއްޔަށް އުޅެގެންވެސް ވަޒީފާއެއް ލިބެން އޮތީ މާލެއިން ވީމައެވެ. މިގޮތަށް މާލެއައިސް މިމާލޭގެ ތޮއްޖެހިފައިވާ މަގެއްގައި ހިގާލާފައި ދަނިކޮށް ރަށު މަންޖެއެއް ފެނިއްޖެއެވެ. ވަރަށް އުފާވިއެވެ. ސަބަބަކީ މާލޭގައި މިވީ ތިންމަހެއްހާ ދުވަހުގައި ރަށުމީހަކާ ދިމާވެފައި ނުވާތީއެވެ. ރަށްދޫކޮށް މިއައީ ރަށުގެ ހިތްގައިމު މާހައުލު ދޫކޮށްފައި އެކަންޏެއްވެސް ނޫނެވެ. ރައްޓެހިންނާއި ތިމާގެ މީހުންނާއި އަދި ރަށުގެ ސަޤާފަތުގެ އިތުރުން ރަށު […]
ގޭގެ ދޮރުމަތީގައި ސައިކަލް ބެހެއްޓުމަށްފަހު އަތުގައި އޮތް ޑީޖާވޫ ކޮތަޅު ހިފައިގެން ކޮޓަރިއަށް ވަދެ ބާރަށް ދޮރުޖަހާއިލުމާއި އެކު ބަޑިފަޅައިގެން ހިގައްޖެއެވެ. އިތުރަށް އެންމެ ޓްރެފިކްލައިޓެއްގައި ޖެހުނު ނަމަވެސް މަގުމަތީގައި ހުއްޓާ ރޮވުނީހެވެ. ދިޔގޮތަށްގޮސް ކޮތަޅުގައި ހުރި ބޮލިތަކާއި، ރަންކެވެލިކޮޅު އެނދުމައްޗަށް އޮއްސާލުމަށްފަހު ބެގީ ނައްޓާލައި ފާރުގައި ދެއަތް އަޅާ ރޯން ފެށީމެވެ. އެވަގުތު ޙާލުހުރީ ރަނޑުއަނަހެނަކަށްވުރެ ދެރަކޮށެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ. ކެވެލިކޮޅުގައި ފިރުމާލެވުނެވެ. އަދިވެސް ޝާރުދާގެ އަތުގައި ދުވާ އެންޝޯންޓަރ ލޯޝަންގެ ވަސް އެކެވެލިކޮޅުގައި […]