ދެމީހުން އެކަކު އަނެކަކަށް ގެއްލިފައި ތިއްބާ ގޭގެ ދޮރުހުޅުވާލިއަޑުއިވިފައި ސިހުނެވެ. ދެމީހުންނަށް ހަމަވިސްނުން އައިސް ލޯހުޅުވާލިއިރު އެމީހަކު ހުރީ އަހަރެމެންގެ ކުރިމަތީގައެވެ. ” ޔޫ!” އަލަމްއާ ދުރަށްޖެހިލަމުން ހައިރާންވެފައި އަހަރެންނަށް ޔޫނާއަށް ގޮވާލެވުނެވެ. އަހަރެމެންފެނި އިރުކޮޅަކު ހުއްޓުން އަރާފައި ހުރުމަށްފަހު ، ކުއްލިއަކަށް ޔޫނާ ދުވެފައި ބޭރަށް ނުކުތެވެ. ހީވީ ބިރެއްފެނިގެން ދިޔަހެންނެވެ. ޔޫނާ ދިޔަގޮތުން އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދި ހާސްވާ ގޮތްވެއްޖެއެވެ. އޭނާ އެދިޔައީ ފެނުނު މަންޒަރުން ހިތްހަމަ ނުޖެހިގެންކަންވެސް އަހަރެންނަށް އެނގުނެވެ. ޔޫނާއަށް […]
މަޑުމަޑުން އަތްދޫވަމުން ގޮސް އިސާހިތަކު އަހަރެންއޮތީ ގިފިލި އަކިރިތަކުމައްޗައް ގުޅައަކަށް ޖެހިފައެވެ. ވެއްޓިޖެހުނު ގޮތަކުން ކަނާތުފައި ފުރޮޅި،ވީތަދުންނާއި ގަތްލަދެއްގެ ބޮޑުކަމުން ވަގުތުން އަހަރެންނަށް ރޮވިއްޖެއެވެ. އެއޮތްގޮތަށް އޮވެ މޫނުގައި އަތްއަޅައިގެން އަހަރެން ގިސްލަ ގިސްލާފައި ރޯންފެށުމުން އަލަމް އަވަސް އަވަހަށް އައިސް އަތުލަފިކޮށްގެން އަހަރެން ނެގިއެވެ. ދެންވެސް އަހަރެންނަކަށް ހިނގައެއްނުގަނެވުނެވެ. އަލަމް ބަލާކަށް ނުހުރެ އޭނާގެ އަތްދަނޑިމައްޗަށް އަހަރެން އުފުލާލިއެވެ. އަލަމްގެ ތެތް ހަށިގަނޑުގައި ޖެހިފިތުމުން އެހަށިގަނޑުގެ ފިނިކަން އަހަރެންނަށް އިހުސާސްކުރެވުނެވެ. އޭނާގެ ތެތްއިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތައް […]
” ފެންފޮދެއް ލިބިދާނެތަ؟” އަހަރެން ހަދާނެގޮތް ހުސްވެފައި ހުއްޓާ ފަހަތުން އިވުނު ފިރިހެންވަންތަ އަޑުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެން ފަހަތްބަލާލުމާއެކު ދާދިގާތުގައިހުރި ފިރިހެން ކުއްޖާފެނިފައި އަހަރެން ހައިރާންވިއެވެ. އޭނަވެސް އަހަރެންގެ މޫނަށް ބަލަންހުރީ އެފަދަ ގޮތަކަށެވެ. ” އަލަމް ޖޫސްބޮއެފިންތަ؟” ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލަން ތިއްބާ ޔޫނާ ޖޫސްތައްޓެއް ހިފައިގެން އައެވެ. ” އާނ… ޖޫސްބޮއެފިން….އެކަމު ފެންފޮދެއް ނުލިބިފަ މިހުރީ….މަށަށްހީވަނީ މިތާއެބައުޅޭހެން ޔޫރަޕް ކުއްޖެއްވެސް…..ފެންފޮދެއް ދޭށޭބުނީމަވެސް އެކުއްޖާއަކަށް ދޭހައެއްނުވި..” އަހަރެންނާ ދިމާއަށް […]
*****ޝެލީންގެ ޑައިރީ******** ދުވަސްވަރަކީ 1997ވަނަ އަހަރުގެ ބޮޑު ޗުއްޓީގެ ދުވަސްވަރެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތެކެވެ. ގެޔާއި މާދުރުނޫން ހިސާބެއްގައި އޮތް ހުސްބިމެއްގައި އަހަރެން އުޅުނީ ކުޑަކުދިންތަކަކާއެކު މުށި ކުޅޭށެވެ. ރަތްދައްކާ އަވީގައި ދާހިއްލާ ފޯވެގެން އަހަރެމެން ކުޅެންތިބީ ވަރަށް ފޯރީގައެވެ. “ޝެލީ…ޝެލީ…” ކުޅެންހުރެފައި އަހަރެން ފަހަތްބަލާލީ ކޮންމެވެސް މީހަކު މާބާރަށް އަހަރެންގެ ނަމުން ގޮވަން ފެށުމުންނެވެ. އޭރު އަހަރެންގެ އެންމެގާތް އެކުވެރިޔާ ޔޫނާ ދުވެފައި އާދެއެވެ. ” އޭތް މިހިރަ ބޭބީގަނޑާ!….ކުޑަކުދިން އެއްކޮށްގެން ކުޅެންވީކީ ނޫނޭ!…..ޝެލީގެ މަންމަ […]
އަލްޔާ އަކީ ވެސް ޒީޝާން ކަހަލަ އަންހެނެކެވެ. އަންހެނަކަށްވެ ހުރެ އަލްޔާގެ ހަޔާތް ބަރުބާދުވަތަން ބަލާކަށް ޒީޝާނެއް ނުހުންނާނެއެވެ. ޝައިމް އަށް ޖެހޭނީ ކޮންމެސް އެއްގޮތަކަށް ނިންމާށެވެ. އަލްޔާ ވިއްޔާ އަލްޔާއެވެ. ދަރިން ވިއްޔާ ދަރިންނެވެ. ޒީޝާންގެ ދެލޮލުން އައި ކަރުނަތައް ފޮހެލީ ލޯބިވާ ފިރިމީހާ އާއި ދެކޮޅަށް ނިކުންނަން ޖެހުމުން ހިތަށް ކުރި އަސަރަކުންނެވެ. ޝައިމް ނިންމާނެ ގޮތެއް ނޭނގޭތީ ހިތް ބިރުގަންނާތީއެވެ. ގޯތި ތެރޭގައި މަޅުގަނޑެއް ބާއްވައިގެން އޭގެ ކައިރީގައި ހުރި ލަކުޑި […]
ގަޑިން ފަތިހުގެ ހަތަރުގަޑުބައި ވުމާއިއެކީ ޝާމިންގެ ފޯން އެލާރމްވާން ފެށިއެވެ. ކަންނެތްކަމާއެކު ލޯހުޅުވާލުމަށްފަހު ޝާމިން ފޯނު ނިވާލިއެވެ. ނިދީގެ ސަބަބުން ބަރުވެފައިވާ އެސްފިޔަތައް ހުޅުވާލަން އޭނާއަށްވީ ދަތިކަމަކަށެވެ. އަދިވެސް ނިދާލަން އޭނާ ބޭނުމެވެ. ނަމަވެސް ފަތިސްނަމާދުގެ ޖަމާއަތް ނުލިބިދާނެތީ އަވަހަށް ތެދުވެގެން ފާޚާނާއަށް ވަނެވެ. ޖަމާއަތުގައި ފަތިސްނަމާދު ކުރުމަކީ ވަރަށް ކުޑައިރު އޭނާގެ ކިބައިގާ ހަރުލާފައިވާ ވަރަށް ރަނގަޅު އާދައެކެވެ. ކުޑައިރު މިސްކިތަށް ގޮސް އުޅުނީ ބައްޕަޔާ އެކުގައެވެ. މިހާރު އޭނާ އަމިއްލައަށް ހޭލައިގެން އެކަނި މިސްކިތަށް […]
“ހަމަ އަސްލަށް ވެސް ލައި ބަނޑުބޮޑުވީ ހެއްޔެވެ؟ ލޫކް ގެ ހިތުގައި ވަރަށް ބޮޑަށް ޖެހި ދެލޯ ފެންކަޅިވިއެވެ. މޫނުމަތިން އަސަރެއް ނުފެނުނެއް ކަމަކު ހިތް ރޮނީއެވެ. އަހަރެންނަކީ ކިހާ ބަދުނަސީބު އިންސާނެއް ހެއްޔެވެ؟ ހަޔާތުގައި ފުރަތަމަ ފަހަރަށް ވެވުނު ތެދުވެރި ލޯބި ނުލިބި އުޅެނިކޮށް މި ދިމާވީ ކިހާ ހިތާމަވެރި ގޮތެއް ހެއްޔެވެ؟ އުއްމީދުގެ ހުޅުކޮޅެއް ރޯވަމުން ދިޔަ ވަގުތު މިވީ ކިހިނެއް ހެއްޔެވެ؟ މިވީ ގޮތުން ލައި މުޅި އުމުރަށް ގެއްލުނީއެވެ. ޝަރީފާ އެއްޗެކޭ […]
“އެހެންވިއްޔާ ލައި އާއި ދިމާވެފައި ހުންނާނީ. ލައި ދެކެން ދޯ. ބޮއްތި ތި ތަނަށް ކޮންމެ ގަޑިއަކު ކާން ގެންދަނީ. ލައި ވެސް ދާނެ ބައެއް ފަހަރު ދޯ ލައި” ޝައިމް މިބުނި އެއްޗަކުން އަލްޔާ ގެ މޫޑް ހަރާބިވިއެވެ. ލޫކަށް ވެސް ވީ އެވަރެވެ. ނަމަވެސް މޫނުމަތިން އެކަން ފޮރުވާލަމުން ހީލިއެވެ. “ދެން ފެނިފަތާ ދޯ ހުންނާނީ” ލޫކް ގެ މި ފަރުވާކުޑަ ޖަވާބުން އަލްޔާ އަށް ލޫކަށް ބަލާލެވުނެވެ. ލޫކް ބޭނުންވިނަމަ އެއަށް […]