މެންދުރު ކެއުމަށް ހަދާފައި ހުރީ ބަތާއި، ރިހާކުރާ، ތެއްލި މިރުހާ، ވަޅޯ މަހާ، އަދި މިނޫންވެސް އެތައް ބައިވަރު އެއްޗެއްސެވެ. އަހަރެން ވަރަށް ރަނގަޅަށް ކެއީމެވެ. އަހަރެމެން ކެއުން ނިމުމަށްފަހު ކުޑަކޮށް ވާހަކަ ދައްކާލަން އެތާ ހުރީ ގަހެއްގެ ހިޔަލުގައި ތިބީމެވެ. ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ އަހަރެންނާ އަހަރެން އަންހެނުން ތުނޑި އަށް ދަތުރު އަންނަން ބޭނުންވާކަން މަންމަ އަށް އިނގުނު ސަބަބެވެ. އެ ސުވާލު އަހަރެންގެ ހިތުގައި އޮތީތީ އަހަރެން މަންމަ އެ ސުވާލު […]
ވަރުބަލި ފިލުވާލުމަށްޓަކައި ގައިގެ ވަރު ދޫކޮށްލައިގެން މޫނުއަޑިއަށްލައިގެން އޮއްވާ އަނެއްކާވެސް އެހެންވެލައެއް ފެނިއްޖެއެވެ. އެސޮރުގެ އަނގައިގައި މިފަހަރު އޮތީކޮންމެވެސް މުރަކަކޮޅެއްކަހަލަ އެއްޗެކެވެ. އަޖައިބެކެވެ. މީކިހިނެއްވާ ވެލާތަކެއްބާވައެވެ. ޔަލްވީ ފެންމަތީގައި މޫނުއަޑިއަށްލައިގެން އޮވެ އެވެލާއާއި އެއްވަރަށް ފަތަމުންދިޔައެވެ. ކުޑަހިނދުކޮޅަކަށްވެސް އޭނާއެހެން ދިމާލަކަށް ނަޒަރު ކަތިކޮށެއް ނުލައެވެ. އެވެލާ ދާނެހިސާބަކަށްގޮސްފައި މަޑުޖެހިލައިފިއެވެ. ބޮޑުސިންގާ މަގެއްހެން މުރަކަތަކުން ހެދިފައިއޮތް އަދިރި މަގަކުން ދާން އެސޮރުގެ މިސްރާބު ބަދަލުކޮށްލައިފިއެވެ. ބަލާކަށް ނުހުރެ ލެވުނު އެންމެ ފުންނޭވާލުމަށްފަހު ފައިންޖަހައިގަތީ އެވެލާ ވަދެގެންދިޔަ މަގާދިމާލަށެވެ. އެމަގާހަމައަށް […]
ރިއާޝް – “އައްސަލާމު އަލައިކުމް ވެލްކަމް ޓު ކޮމެޑީ ލޭންޑް… މިރޭގެ ޝޯވ އާއި ގެން މި ބައްދަލު ކޮށްލީ އަޅުނގަޑު ތުއްތު މަނިކުބޭ އަދި…” ރަނާ – “އަޅުގަނޑު އައިމިނަބީ.. ވޫ ހޫ ކޮބާ ތަރުހީބު..” ރިއާޝް – “ވޫ ހޫ ސާބަހޭ އައިމިނާ ސާބަހޭ…. އައިމިނަބީ އެހެންމަ ކުޑަ ތަޢާރަފެއް ދެމާ މިއަދުގެ ޝޯވ އާ ބެހޭ ގޮތުން..” ރަނާ – “އާދެ އާދެ މިއަދުގެ ޝޯވ އަކީ ވަރަށް ވެސް ޚާއްސަ ޝޯވ […]
ފަތިސްވަގުތުގެ ހަމަހިމޭކަން ނަގަމުންދިޔައީ އެކި ރާގުރާގަށް ގޮވަމުންދިޔަ ކާޅާއި ކޮވެލީގެ ހިތްގައިމު އަޑުންނެވެ. ބަދަރުމަތިން މީހުންހޭލަމޭލަ ވަމުންދިޔައެވެ. އެއްބަޔަކު މަހަށް ފުރަނީއެވެ. އަނެއްބަޔަކު ލިބުނު ޗުއްޓީގެ ބޭނުންހިފާ ކައިރި ރަށްތަކަށް ޕިކުނިކުދާން ނިކުމެތިއްބެވެ. އެތަނުން ވިއްސަކަށް މީހުންތިބި ގުރޫޕެއް ދޯންޏަކަށް އަރަމުންދިޔައެވެ. ދޯނިނައްޓާލިއިރު ދިރުބާކޮޅަށް ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިން ޔަލްވީ އިނީ ތުރުތުރުލާގޮތްވެފައެވެ. އޭނައާއި ޖެހިގެންތިބި މަލަކް އާއި ލޫނާތިބީ އޮލަވާހަކައެއްގައެވެ. ދެކުދިންމެ ދައްކަމުންދިޔައީ ފީނަންދާ ވާހަކައެވެ. މޫދަށް ދާން ކުޑައިރުންސުރެ ދެވިހިފާފައި ތިންކުދިންމެ ހުރުުމުން އެކުދިންގެ […]
އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ ޔަލްވީއަކީ އެންމެ ކުޑައިރުން ފެށިގެންވެސް މޫދަށް ނުހަނު ފޯރިހުންނަ ކުއްޖެކެވެ. މޫދަށް އެރިއުޅުމުގެ ތެރޭގައި ދިމާވި ހާދިސާއަކުން ޔަލްވީގެ މުޅިދިރިއުޅުން އެފުށްމިފުށައް ޖަހާލައެވެ. ކުރިމަތިވަމުންދިޔަ އާދަޔާ ހިލާފުކަންކަމުން އަރައިގަތުމަށް އެތަށް ވޭނަކާއި ހިތްދަތިކަމެއް ތަހައްމަލުކުރަންޖެހުނެވެ. ވާހަކައާއިގެން ކިޔުންތެރިން ކުރިއަށްދާއިރު ޔަލްވީގެ ދިރިއުޅުމަށް އަންނަމުންދާ ބަދަލާއި މޫދާއި ޔަލްވީ ގުޅިފައިވާވާރު ހާމަވަމުންދާނެއެވެ. -.-.-.-.-.-.-.-.-.-.-.-.-. “ހާފް ހިއުމަން” މިވާހަކައަކީ އަޅުގަނޑު މިސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. އެހެންކަމުން މިވާހަކައިގައި ކުށްހުރުން އެކަށީގެންވެއެވެ. އަޅުގަނޑު އެދެނީ […]
ރިއާޝް -” އޭ ޕޭޖަށް ކޮމެންޓެއް އައިއްސި… މަ މި ލިޔެލަނީ އަށެއްގަ އޭ ފަށާނީ ” ރީޝާ -(ރިއާޝް އެމީހުންގެ ސްޓޫޑިއޯ ތެރެއަށް ވަން ތަން ފެނިފައި) ” استغفر الله އަލްފާޟިލް އަލް އުސްތާޒް އަލް ޤާރީ އަލް ހާފިޒް ތުއްތު މަނިކުބޭ ވަޑައިންނަވައިފި… ޢައްސަލާމު ޢަލައިކުމް ވަޑައިން ވަޑައިން” ރިއާޝް -(ފޯނުގެ ކެމެރާ ރީޝާ އިން މޭޒާ ދިމާއަށް ސެޓު ކޮށްލަމުން މޭޒު ކައިރިއަށް ގޮސް ގޮނޑީގައި އިށީނދެ ) “ސަލާން ސަލާން… […]
“އެކަމަކު ބައްޕާ! އެހާ އަވަހަށްތަ ކައިވެނިކުރަނީ؟“ ޖީޒާން ކޮޅަށް ތެދުވެ މޭޒުގައި ޖަހައިލަމުން އެހެން ބުނުމާއިއެކު އިސްދަށަށް ޖަހައިގެންއިން ޒަޖާއަށް ލިބުނީ ސިހުމެކެވެ. “އާނ! ޒަޖާ! ތެދަށް މިސުވާލަށް ޖަވާބު ދޭތި އިނގޭ.. ޒަޖާއަށް ޖީޒާންދެކެ ލޯބިވެވިއްޖެތަ؟“ ސުލައިމާން މިހެން ބުނުމާއިއެކު މޭޒު މަތީގައި ތިބި އެންމެންގެ ނަޒަރު ޒަޖާއަށް ހުއްޓުނެވެ. އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ ޒަޖާ ޖަވާބުދޭނެ ވަގުތަކަށެވެ. ޖީޒާން ވެސްމެެއެވެ. ޒަޖާ ދެން ބުނި އެއްޗަކުން ޖީޒާންގެ ރުޅި އެއްކޮށް ފިލައިގެން ދިޔައެވެ. “ބޭބޭ! […]
ރިއާޝް – “އާދެ ދެތިން ދުވަސް ފަހުން އަނެއްކާވެސް އަޅުގަނޑު މެން މި ބައްދަލު ކޮށްލީ މަރީ ގަޟާ ޙާޖާއިން އަވަދި ވީމަ… އަނެއްކާ ވެސް އަޅުގަނޑު ދަންނަވަން އޮތީ ތިޔަ ރީތި ހަޑި ޗާލު މުޑުދާރު ސަޅި ފޭކު އިންސާނުންނަށް ޝޯވ އަށް މަރުޙަބާ އޭ… އާދެ ކޮޅުމަތި ދަށްކާ ގޮތުން އިރުމަތީ ފަރާތުން ވަރަށް ބޯ ވިލާގަނޑެއް ހަދަމުން އެބަ ދޭ… ހުރިހާ ބޭފުޅުން ވެސް ކުޑައާއި ވިއްސާރަ ކޯޓު ހިއްޕަވައިގެން ތިއްބެވުން […]
ކަޅު އަނދިރިވީ މިދުވަސްތަކޭ ދެން ބަނަކުރީ މިހަޔާތް މަގޭ ފަޅު ރޭދުވާ ކޮށްލީ މިތާ އައި ގަދަ ވަޔާ ތޫފާނެކޭ އެކުގާ އަނާ މުޅި އާއިލާ ޕިކުނިކު ދަތުރު ދިޔައޭ އިނގޭ އެކުގައި ދިޔައި ފަޅު ރަށަކަށޭ ނަށަމުން ދިޔައި އުފަލެއްގައޭ އެރަށަށް ދެވުނު އިރުގާ އިރެއް އަދި ނާރައޭ ހަމަ ރީތިކޮށް ތެތްފިނިކަމޭ ވައިގާ ވަނީ ދޯނިން ނިކަން ފޭބީމު އޭ އެއްޗިހި އޮޑިން ބާލާ ހެދީ އެންމެން އެކީ އެއްޖޯޝުގާ ފިލުވާލުމަށް ވަރުބަލި ކަމެއް […]