Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިލޯތްބަށްޓަކައި…(1)

Z A L 🐙 Level 210 Stories100 Login100 Comments
April 12, 2018 5 Mins Read
23 Comments

ދޮރުން ވަދެގެންއައިގޮތަށް މަލަކާގޮސްވަނީ އޭނާގެ ކޮޓަރިޔަށެވެ. އެނދަށް ވެއްޓިގަނެ ބާލީހުން މޫނު ފޮރުވާލިއެވެ. ތާޒާ ކަރުނަތައް އެއޮމާން ކޯތާފަތްމަތީ ފިރުކިލުމަށްފަހު ބާލީހުގެތެރެއަށް އޮބެމުންދިޔައެވެ. ހިމޭން ގޮސްލުމުގެ އަޑު އިވެމުންދާއިރު އެތުންފަތްވަނީ ދަތްއަޅާ ބާރުކޮށްލެވިފައެވެ. އޭނާއަށް ގޮވަމުން ދޮރާ ހަމައަށްއެރި މާޔާގެ ހިތުގައިވަނީ ހިތްހަމަޖެހުމެވެ. ނަމަވެސް މޫނުމަތިން އެކަން ސިއްރުކުރަމުން ދިޔައެވެ. “އޭތް މާޔުއަކަށް ނޭނގެޔޭ ދޮންތައާ ކައިއާ ގުޅުމެއް އޮންނަކަމެއް! އެހެންވެޔޭ މާޔު އެހީ ކައި ގާތު. ދެން ކައި އެއްބަސްވީމަ އެއީ މާޔުކަމެއް ނޫނެއްނު؟! ކައި ދޮންތަ ބިޓްރޭކުރީނު! ހައު ވިލް އައި ނޯ އިފް ޔޫ ޑޯންޓް ޓެލް މީ..ކުރިން އަންގާލި ނަމަދޯ..!” މާޔާ ބުނަމުން ދިޔަ ކޮންމެ ލަފްޒަކީ ތޫނު ހަންޖަރެއްހެން ހީވެއެވެ. މަލަކާގެ ހިތް ފޮތިފޮތި ކުރަމުންދިޔައެވެ. މާޔާގެ ދުލުން އެހެން ބުނި ކަމުގައި ވިޔަސް އޭނާ ރަނގަޅަށް އެކަން ދަނެއެވެ. މާޔާ ބޭނުންވީ އޭނާގެ ދޮންތަ ދެރަކޮށްލާށެވެ. މުޅިއުމުރަށް އެހިތުގައި ފާރު އުފެދިފައި ހުންނަ ވަރުގެ ކަމެއް ކޮށްލާށެވެ.
“ދެން ހެވޭ..މާޔާ ދޭބަ ދޮރުލައްޕާލާފަ! ޖަސްޓް..ލީވް މީ އެލޯން ފޯރ އަ ސެކް ޕްލީޒް!” މާޔާ ދޮރުލެއްޕުމުން މަލާކާ ގޮސް ދޮރު ތަޅުލިއެވެ.
ކައިލާންއަކީ އޭނާގެ އެންމެ ފުރަތަމަ ލޯތްބެވެ. ރައްޓެހި ވެގެން އުޅޭތާ ދެއަހަރު ވަނީއެވެ. މިއަދު އެފެނުނު މަންޒަރުން މަަލަކާގެ ހިތުގައި މީހަކު ވިކައިގަތްފަދައެވެ. އެހިތުގެ ހިނގުން ކުޑަ ވަގުތުކޮޅަކަށް ހުއްޓުންފަދައެވެ. މާޔާއާއި ކައިލާން އެކީގައި ހުރިތަން މިއަދު ދުށީ ހުދު އޭނާގެ ދެލޮލުންނެވެ. މީހަކު ބުނީކީ ނޫނެވެ. އެދެއަތްޖޯޑުކޮށްލާފައި، ދެމީޙުންތިބި ގައިގޯޅި ގޮތުން އެއީ”ޖަސްޓް ފްރެންޑްސް” ނޫންކަން އެހިތްބުނަމުން ދިޔައެވެ. މަލަކާ ފެނުމުން ކައިލާންގެ މޫނުމަތީގައި ދާތިކިތައް ވިދައިގަތުމުގެ ސަބަބެއް ވާނެއެވެ. ކޮއްކޮ ދެއްކި ވާހަކަތައް މަލަކާއަށް ޤަބޫލުކުރެވުނީ އެހެންވީމައެވެ.
ފެންވަރާލައިގެން މަލަކާ ގޯތިތެރެއަށް ނުކުމެލިއެވެ. ކޮށީގައި ތިބި މުނިޔާތަކާއި ގުރާތައް ކިޔަމުންދިޔަ ލަވަތަކުން އޭނާގެ ސިކުނޑި ތާޒާވިއެވެ. ޖެހޭ ފިނި ވައިރޯޅިން މަލަކާގެ ހަށިގަނޑުގައި ހީބިހި ނަގައިގެންދެއެވެ. އުޑުމަތިވެސް ބަނައެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެންނެވެ. ފިނިފެންމަލާއި ލިލީއާއި އޯރކިޑާއި މިހެންގޮސް ނަންހުސްކޮށް ފޮޅިފައި ހުރި މާތަކުން އެމާޙައުލު އިތުރަށް ފުރިހަމަ ކޮށްދެއެވެ. ހިތިގަސް ކައިރީ އެލުވާފައިހުރި އުނދޯލީގައި މަލަކާ އޮށޯވެލިއިރު އެ ތުންފަތް މަތީ ފަނޑު ހިނިތުންވުމެއްވެއެވެ. އޭނާ ބޭނުމީ ހިތްހަމަޖައްސާށެވެ. ކައިލާންގެ ހަނދާޏްތަކުން މިންޖުވާށެވެ.
އިރުކޮޅެއްނުވެ ވާރޭ އޮއްސާލިއެވެ. ހާމަކޮށް ހުރި އުނދޯލިގެއެއްކަމުން، މަލަކާގެ ލޮލުން ނީރާލި ކަރުނަތައް އެމޫނުގައިވި ވާރޭގެ މުތީތަކާއި އެކުވިއެވެ. މަލަކާ އޭނާގެ ދޮންއަތްގެނެސް މެޔާލައި ބޮނޑިކޮށްލިއެވެ. ހިތާވީފަޅިއަށް ތަދުވާތީއެވެ. ބޭވަފާތެރިއަކަށްޓަކައި އޭނާ މަތިން ހަނދާންކޮށް، ކަރުނައަކީ އެއްވެސް އަގެއްނެތް އެއްޗަކަށް ހެދުމުގެ ބޭނުމެއްނެތެވެ. އޭނާގެ ހިމަހޯލި އިނގިލިތަކުން ފެންތައް ފުހެލަމުން ތެދުވެ އުޑާދިމާލަށް ބަލާލިއެވެ. ރެއިންސުރެ ނުކައި ހުރުމުން ބަނޑުހައިކަން އިހްސާސްވެގެން އޭނާ ގޭތެރެއަށް ވަނެވެ.
ފެންވަރައިލައިގެން، ފެހިކުލައިގެ އަތްދިގު ޓީޝާޓަކާއި މުށިކުލައިގެ މިނީ ޓައިޓެއް ލައިގެން ނުކުމެ ބޯހިއްކާލުމަށްފަހު ހުޅިއެއްޖަހާލިއެވެ.
ބަދިގެއަށް ވަންއިރު ފަހަރި އަލީން ހުރީ އުނދުން ކައިރީގައެވެ. މަލަކާ ގޮސް އަލީންއާއި ބައިވެރިވިއެވެ.
“ކޯއްޗެއް ތިހަދަނީ؟ ހާދަ މީރުވަސް ދުވައޭ!” މަލަކާގެ މޫނުމަތިން ހިތާމަވެރިކަން ފޮރުވުމަށް މަސައްކަތްކުރިއެވެ. “މަންޖެދެ ފެވެރިޓް..ސްޕެގެޓީނު!ހެހެހެ!” އަލީނަށް މަލަކާގެ މޫނުމަތިން މޮޅިވެރިކަން ފެނުނެވެ. ” މަލް..ހާދަގޮތަަކަށް..ކަމެއް ގޯސްކޮށް ހިނގަނީތަ އަނެއްކާ؟” އަލީން ކުރިމަތި ކުރި ސުވާލުން މަލަކާގެ ހަރަކާތްތައް މަޑުޖެހިލިއެވެ. އަލީނަކީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތައެއް ފަދައެވެ. ވީއިރު ސިއްރުކުރުމަކީ ރަނގަޅުކަމެއް ނޫނޭ މަލަކާގެ ހިތްބުނަން ފެށިއެވެ.
“އަސްލު..އާން މިއުޅެނީ..” މަލަކާ ވާހަކަދައްކަން ފެށިތަނާ މާޔާ އައިސް ވަނެވެ. ފޯނެއްގައި ހުރެގެންނެވެ. “އޯނނ…ކައީ…ހައު ސްވީޓް..މިރޭ އަންނައްޗެ..އައި ވިލް މީޓް ޔޫ އައުޓް..މިގެއަށް ވަނީމަ އެހާ މަސްލަހަތު ރަނގަޅެއނުވާނެއެއްނު. އެހެންވެ..އޯކޭ؟” މާޔާ އެގޮތަށް ވާހަކަދެއްކީ މަލަކާ އިތުރަށް ހިތުގައިޖައްސުވަން ކަންނޭނގެއެވެ. އަލީނަށްވެސް ކޮންމެވެސް ވަރަކަށް މިވެގެންއުޅޭ ގޮތް ފަހުމްވެއްޖެއެވެ.

“މަލް!!!” މަލަކާ ކޮފީތަށި ގރަން ހުރެފައި ، އެހުރިގޮތަށް ބަހައްޓާފައި ދުއްވައިގަތެވެ. އޭނާގޮސް ލައިގަތީ ދޮރުންވަން ދައުހާލްގެ ގައިގައެވެ. “މަލް!!” މަލަކާ އޭނާގެ ދޮންބެގެ ގައިގައި ބައްދާލަމުން އެތަނަވަސް މޭމަތީގައި މޫނު ފޮރުވާލިއެވެ. ހޫނު ކަރުނަތަކުން ދައުހާލްގެ ޓީޝާޓު ތެމެމުންދިޔައެވެ. “ލީން..މަލްއަށް ކީއްވީތަ؟ މަލް! ބުނެބަލަ ދޮންބެގާތު ވީގޮތެއް؟!” ދައުހާލްއަށް ހުރީ ވާނުވާ ނޭނގިފައެވެ. މަލަކާގެ ގައިން ވަރުދޫވެގެން ވެއްޓެން ދަނިކޮށް އޭނާ ހިފެހެއްޓީ ދައުހާލްއެވެ. “މަލް..ބުނެބަ..އެންމެފަހުން ކޮންއިރަކު ކެއީ؟؟!” “އިއްޔެ މެންދުރު!”
މާޔާ އަވަހަށް ނުކުމެގެން ދިޔައެވެ. އޭނާގެދޮންތަގެ ހިތްބަލިކަމާމެދު އުފާކުރަމުންނެވެ. ކައިލާން ވަކިވުމުގެ ހިތާމައިގައި މަލަކާ މޮޔަވާނެ ނަމައޭ އެވަގުތު ވަސްވާހުން ފުރިގެންވާ މާޔާގެ ހިތަށްއެރިއެވެ. އޭރުން ދޮންތަގެ އުނދަގޫ ބޮޑުވެގެން ދުރަށް ގެންދާނެތާއެވެ. މަލަކާގެ ސޫރަވެސް ދެކޭކަށް މާޔާބޭނުމެއްނޫނެވެ.

“މަލް…އަދި އަޅާބަލަ..ހާދަކުޑަކޮންނޭ ތިކެއީ..ރޭވެސް ނުކައި!” މަލީހާ ކަންބޮޑުވެފައި ބުނެލިއެވެ. އޭނާ އިނީ އަނެއްކޮޅުން މާޔާ އުޅޭގޮތުން ބޮލަން އުނދަގޫވެފައެވެ. “މާޔާ…ޕިސްޕިސް ކާއިރު ބަހައްޓަންޖެހޭ އަދަބުތަކުގެ މަތިން މިހާރު އަނެއްކާ ހަނދާން ނެތުނީ؟؟”
“ނޫން..އެކަމު މޮމް ވެސް ދޯ…” އަދި ސއްރު ސިއްރުން މަލަކާއަށް އަޑުއިއްވާލިއެވެ. “ކައިލާން އިޒް ވެއިޓިން ފޯރ މީ..” މާޔާގެ އެޖުމްލައިން މަލަކާއަކަށް ކެތެއްނުކުރެވުނެވެ. “ހާދަ ރޫޑޭ ދޯ..މޮމް އޭނައަށް ފުރަތަމަ ތި މެނާރސް ދަސްކޮށްދީބަލަ!” މާޔާ އެހެން ބުންޏަސް މަލަކާ ދިޔައީ ރުޅި އައިސްގެން ނޫންކަން ދައުހާލްއަށާއި އަލީންއަށް އެނގެއެވެ. މިއަދު އޭނާ އެހުންނަނީ ނެގިމަޑުވެފައެވެ. މަލަކާ މިއަދު އޭނާގެ ގާތުގައި ހުރެގެން އެހާވަރަށް ރުއިއެވެ. ވީކަމެއް ސީދާނުބުންޏަސް މާޔާގެ ވާހަކަ ހުރިގޮތުން، އެދެކުދިންގެ މެދުގައި މައްސަލައެއް ޖެހުނިއްޔޭ ދައުހާލްގެ ހިތަށް ޔަގީންވިއެވެ. މަލީހާ އިނީ މާޔާދެކެ ހިތްހަމަނުޖެހިފައެވެ.
“މަލް…މަލް!ހުޅުވަބަ..މީ މަންމައޭ!” މަލީހާ ނުތަނަވަސް ކަމާއެކު މަލަކާއަށް ގޮވަމުން ދިޔައެވެ. “މަންމާ..ކަމެއް ނުވޭ! ބަނޑަށް ތަދުވާތީއޭ މިއައީ..އެހެންވެއޭ ނުކެއީ އެހާ ގިނައިން!” މަލަކާ ދޮގުހެދީ ފަސޭހަވެގެނެއްނޫނެވެ. ކައިލާންއާ އޭނާގެ ކޮއްކޮއާ ރައްޓެހިވެގެން އުޅެނިއްޔޭ މަންމަ ގާތުގައި އޭނާ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ “މަންމައަށް ގޮވައްޗެ ކަމެއްބޭނުމިއްޔާ…” “ލައްބަ މަންމާ..އެކަމު ލީންއަށް ގޮވާލަދީބަލަ!” “އާނ..އޯކޭ..”

“މަލް…އައްސު ކީއްތަވީ؟” “ތަޅުލާފަ އަންނައްޗެ…އަސްލުވީ ގޮތަކީ.. މަލްއަށް ފެނުނީ ކައި އެންޑް މާޔު އެކުގައި ތިއްބާ..ތިބި ގޮތުން…މީހަކު ބުނީކީ ނޫޏް. މަލްއަށް ފެނުނީ. ކައިލާން ނާދެއެއްނު މަލް ހޯދާކަށް…ހީ ޗީޓެޑް! ހީ ބިޓްރޭޑެ މީ…އެންޑް ކައި އޯކޭ ވީމަޔޯ މާޔުމިއުޅެނީ އެހެންވީމަ ކައި މަލްދެކެ ލޯބި ނުވަނީނު. އެހެންނޫންނަމަ މާޔު ގާތުބުނާނެދޯ..އެހެންވެ!” “ދައްތަ ބުނީމެއްނު ކުރިން ރެއަކު ވީކަމެއްވެސް..ލޯބިވާތީ މަލްއަށް ދެން…ފާހަގަނުވީދޯ.” “ކިހިނެއް އޭނަގެ ޚިޔާލުތަކުންދުރުވާނީ؟” “މަލްއަށް އެކަންވާނީ. ބީ ސްޓްރޯންގް. އީޓް ވެލް..ސްލީޕް ވެލް..ދެން އެންމެ ހިތްހަމަ ޖެހޭ ކަމެއްކުރާނީ…އޭރުން އެހާ..ޔޫ ނޯދޯ…އިޓް ޓޭކްސް ޓައިމް..ގިވް އިޓް އަ ޓްރައި…! ސޮރީ! ދޮންބެ ގޮވަނީ އެއޮއް…ފިލްމެއް ނަމަވެސް ބަލާލަބަލަ މަންޖޭ! ހެހެ!” އަލީންދަމުން މަލަކާގެ ގައިގައި ފިރުމާލިއެވެ. އަލީން ހުރީ ޙަޤީޤަތުގައިވެސް ވަރަށް ދެރަވެފައެވެ.
ކުއްލިއަކަށް މަލަކާގެ ފޯން ރިންގްވާން ފެށިއެވެ. ކަންނެތް ގޮތަކަށް ތެދުވެގެންގޮސް އޭނާ ފޯޏު ކަންފަތުގައިޖެހުއެވެ. “ހަލޯ.މަލް. ނުބާއްވައްޗެ. ޕްލީޒް އެއްފަހަރު ނަމަވެސް އަހަރެންދައްކާ ވާހަކަ އަޑުއަހާބަލަ..ޖަސްޓޤ ހިޔާރ މީ އައުޓް! މަލް ތިހުންނަނީ ވަރަށް ބޮޑު މިސްއަންޑަރސްޓޭންޑިން އެއްގަ!” “މަށެއް ނޫން..ކައިލާން ތިހުންނަނީ މިސްއަންޑާރސްޓޫޑް ވެފަ..ދެން___” މަލަކާގެ ޖުމްލަ ނުނިމެނީސް ކައިލާން އަނެއްކާވެސް ވާހަކަ ފެށިއެވެ. “މަލް..ބޭބް! ސީރިޔަސްލީ..މާޔު ވެއްޓެން ދަނިކޮށް ނެގީއޭ..އެހެންވެ އެހާ ކްލޯޒްކޮށް ހުރެވުނީ! މައި ހާރޓް ވިލް އޮންލީ އެކްސެޕްޓޤ ޔޫ..ވިލް އޮންލީ ލަވް ޔޫ!!” ކައިލާން ދޮގުގެ މައްޗަށް ދޮގުހަދަމުން ދިޔައެވެ. “އެމް ސޮރީ ކައި. އަބަދުވެސް ކައި ތިހެން ބުނޭ. ބަޓް ހައު ކޭން އަައި ޓްރަސްޓް ޔޫ ނައު..މާޔު ހުރިހާ އެއްޗެއް ކިޔާދީފިއޭ. ހުރިހާ އެއްޗެއް އިނގޭ! ނުގުޅާތި ދެން މީގެފަހުން ! ކޮއްކޮ އުފަލުގަ ހުންނަން ބޭނުންވޭ….އެއްބަނޑު އެއްބަފާ ދެމީހުން އަރާރުންވާކަށް ބޭނުމެއްނޫން… ޓޭކް ކެއަރ. ބަޓޤ އައި ފީލް ސޮރީ ފޯރ ޔޫ މައި ޑިޔާރ. ބާއި!” ކައިލާންއަށް އިތުރަށް ބަހެއް ބުނުމުގެ ފުރުސަތުވެސް ނުދީ މަލަކާ ފޯންކަނޑާލިއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން އޭނާ ލެޕްޓޮޕްނަގާ، ޕްލޭލިސްޓަށް ލަވަކޮޅެއްލައިފައި ގޮސް ފުނާއަޅަން ފެށިއެވެ. “އިޒް އިޓް ޓޫ ލޭޓް ނައު ޓު ސޭ ސޮރީ؟ ކޮޒް އައިމް..މިސިންގް މޯރ ދޭން ޖަސްޓޤ ޔުއަރ ބޮޑީ…” ޖަސްޓިން ބީބާރގެ “ސޮރީ” ޕްލޭވަމުންދިޔައިރު މަލަކާއަށް ހީވީ ކައިލާން އެލަވަ ކިޔާހެންނެވެ. ލަވައިގެ ކޮންމެ ލަފްޒަކުން އެހިތަށް ތަދުވުންނޫން އިތުރުކަމެއް ނުވިއެވެ. ދިޔަ ބާރުމިނުގައި ގޮސް ލަވަ ނިއްވާލިއެވެ. އަވަހަށް ފުނާއަޅާ ނިންމާލުމަށްފަހު އޭނާ ރަޖާގަނޑުގެ ތެރެއަށް އެރުނެވެ. ސައިޑް ޓޭބަލްމަތީ ހުރި ގަޑި ފަހެއްޖަހާ އިރަށް އެލާރމްކޮށްލަމުން ބޮކި ނިވާލިއެވެ. ލަހެއްނުވެ އޭނާއަށް ނިދުނެވެ.

“ސޮރީ..އިޒް އިޓް ޓޫލޭޓް ނައު ޓު ސޭ ސޮރީ؟….ވީ ޑޯޏްޓް ޓޯކް އެނީމޯރ..ލައިކްވީ ޔޫޒްޑް ޓު ޑޫ..ޓްރީޓް ޔޫ ބެޓަރ….ޕްލީޒްހޭވް މާރސީ އޮން މީ!ނުފެނޭހޭ..މިދެލޯ ކަރުނުންފުރޭ..ރަހުމެއްނެތް އަނިޔާ ދީފާހެދީ..މަދަދެއްނެތޭ، ކުލުނެއްނެތޭ، ހިތެކޭ ތިއީ ބޭރަހުމް. އޯގާވެލަން…ތެދުވެރިވެލަން، ނޭނގުނު ތީއިންސާނެކޭ..ރޭރޭ ދިން ލޯތްބާ އުފަލާ ކޮބާ….އުފަލާ ކޮބާ..ރޭރޭ ދިން!” އެކި ލަވަލަވައިގެ ތަންތަންކޮށްކޮޅުން މަލަކާގެ ނިދި އޭނާއާ ދުރުކުރިއެވެ. ގަޑިބަލާލިއިރު ފަސްގަޑި ބައިވަނީއެވެ. އެލާރމްއަޑު ނީވުނީއެވެ. ތުވާލިހިފައިން އޭނާ ފާޚާނާއަށް ވަނެވެ. ތާޒާ ފެންތިކިތަކުން އޭނާގެ ހަށިގަނޑަށް ލޮޑުކަންގެނެސް އަރާމުކުރުވިއެވެ.

ފަތިސް ނަމާދުކޮށްލައިގެން މަލަކާ އޭސީ މަޑުކޮށްލަމުން ބޯހިއްކަންފެށިއެވެ. ނަމަވެސް އަނެއްކާވެސް އެނދަށް ވެއްޓި ގަތެވެ. ކަރުނަތައް ލޮލަށް ގިނަވާން ފެށުމުން އޭނާ އަވަހަށް ތެދުވެގެން ގޮސް ގޭގެ ބޮޑު ދޮރު ހުޅުވާލައިފައި ނުކުތެވެ. އަދި ކާރޕެޓޤ ވިނަގަނޑުގެ މަތީ އިށީނދެލިއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ދޫކޮށްލެވިފައިވާ މަލަކާގެ ފަން އިސްތަށިގަނޑު ވަޔާއެކު ސަމާސާކުރަމުން ދިޔައެވެ. މަޑު ފިޔާތޮށިކުލައަކަށްދާ ސްވެޓަރ އަކާއި ސީފޯރމް ގްރީންކުލައިގެ ޓައިޓެއްލައިގެން އިންއިރު ފެންނަ ކޮންމެ ފިރިހެން ކުއްޖެއްގެވެސް ހިތްކިޔާނެއެވެ.

“މަލް…”ސިއްސައިގެން ގޮސް މަލަކާފަހަތްބަލާލިއިރު ދައުހާލް ހުރީ ދާދި ގާތުގައެވެ. “ޔެސް؟” “ކިހިނެއްތަ އައްސުވީ؟މަލް ދެރަ ވެފަ ހުރީމަ ދޮންބެވެސް ވަރަށް ދެރަވެޔޭ!” “ހެއި ދޮންބެ ދެރަނުވެބަ..އައިއެމް ސޯ އޯވާރ އިޓް!” ” ހެހެ! އޯކޭ…އެހެންނޫނަސް ލީން ބުންޏޭ. ބަޓް ލެޓޤ މީ ނޯ އިނގެ…އެއްވެސް ކަމެއް ގޯސްވަންޏާ..ހެއި އެބޯތޭ ވަރަށް ސަޅި ޚަބަރެއް!” ދައުހާލްގެ ތުންފަތްމައްޗައް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. “ކޮބާ ތި ޚަބަރަކީ؟” “އައި ތިންކް އައި އެމް ގޮއިންގް ޓު ބީ އަ ޑޭޑް!” މަލަކާއަށް އުފަލުންގޮސް ހަޅޭލަވައިގަނެވުނެވެ. “ކޮންގްރެޓްސް!!!! އެހެންވެ ދޯ އެއަންހެނާ ނުފެންނަނީ މިހާރު. މަންމައަށް އިނގޭތަ؟” ” ނޫން…ހެނދުނު ސައިބޯގަޑީގައި ވިލް އެނައުންސް…ހެހެ!ބުނެބަ ސަޅި ނަމެއް؟!” “މާއަވަހޭ އަދި…ކެތްތެރިވާން ދަސްކުރޭ ފޮނި ދޮންބެގަނޑާ..އެކަމު އައިލް ފައިންޑް ނޭމްސް އިނގޭ!” “އޭޒް ޔޫ ވިޝް!” މަލަކާ އުފާވެފައި އިނުމުން ދައުހާލް ވަރަށް ހިތްހަމަޖެހުނެވެ. ބައްޕަނެތް ދުނިޔޭގައި ދެކޮއްކޮއާއި މަންމަ ބެލުމުގެ ޒިންމާ އެޅިފައި އެވަނީ އޭނާގެ ބޮލުގައެވެ. އެމީހުން ހިތްހަމަޖެހިގެން ދިރިއުޅުމަކީ އޭނާ އަބަދުވެސް އެދޭ ގޮތެވެ. ކޮއްކޮމެން އޭނާދެކެ އިންތިހާއަށް ލޯބިވާތީ އޭނާ ވަރަށް ފަޚުރުވެރިވެއެވެ.
“މިަދުވެސް މިރިހަ؟” މާޔާ ޝަކުވާ ކޮށްލިއެވެ. “ކާއެއްޗެއްސަށް ފާޑުކިޔާކަށް ނުވާނެ!” މަލަކާ ރައްދުދިނުމުން މާޔާވަރަށް ހިތްހަމަ ނުޖެހުނެވެ. މަލަކާ އެއިނީ ހާދަ އުފާވެފައެވެ. އޭނާ ހީކުރީ ދޮންތަ ރޮއެރޮއެ އަވަދިވާނެކަމަށެވެ.
އުމުރުން 17 އަހަރުގެ މާޔާ އޭލެވެލް ކިޔަވަނީ ރަށު ސްކޫލްގައެވެ. މަލަކާވަނީ އޯލެވެލް އަދި އޭލެވެލް ނިންމާ ވަރަށް ރަނގަޅުނަތީޖާއެއް ހޯދާފައެވެ.
“މަލްކ..ކޮބާ..ޖޮބްއަށް އެޕްލައިކުރީ؟ ކޮންދާއިރާއަކުންތަ ބޭނުމީ؟” “ހެލްތް ފީލްޑް! ޓްރާންސްލޭޓާރ އަކަށް ކިހިނެއްވާނީ..ޒޫބުނީ ޓްރާންސްލޭޓަރަކަށް އިޢުލާން ކުރި ވާހަކަ. ދެން މިހެން ބުންޏަސް ހަމައެކަނި ޓްރާންސްލޭޓޤ އެއްނޫން ކުރަންޖެހެނީ.. ގުރުއަތުން ލިބޭ ޑޮކްއެއްގެ އެސިސްޓެންޓްއެއްގޮތުގައި އެހީތެރިވާން ޕްލަސް ހުރިހާ ފައިލްސް އެންޑް ޑޮކިއުމެންޓަރީސް ބަލަހައްޓަންޖެހޭ.” މަލަކާ މަލީހާގެ ސުވާލަށް ޖަވާބުދިނެވެ. “މަލް އޯކޭ އިއްޔާ މަންމަ ހަމައޯކޭ!މަލް ތީ އިންގްލިޝް އެންޑް ބަޔޮލޮޖީއިން ދެފަހަރުވެސް އޭސްޓާރ ހޯދި ކުއްޖެއްނު އަނެއްކާ..ދޯ ދައުހާލް؟” “ދޮންބެވެސް އޯކޭ މަލް ހިތްހަމަޖެހެންޏާ..” މަލަކާގެ ކަންތަކަށް މަންމަވެސް ހާދަ ފޯރިއެއް ހުރެޔޭ މަލަކާގެ ހިތަށް އެރިއެވެ. “އަދި އެއވާހަކަ އެބޮތް..މަންމާ..އަހަރެން ބައްޕައަކަށްވަނީ!” މަލީހާގެ އުފާވީ އިންތިހާއަށެވެ. މާޔާވެސް ވަރަށް އުފާވިއެވެ. އޭނާވެސް ދޮންބެދެކެ ވަރަށް ލޯބިވެއެވެ.

“މަންމާ..އެއްކޮޓަރި ސާފްކޮށްލައްޗެ. އެއްކަލަ ޒާލް އެބައާދޭ މިކޮޅަށޤ..ޖޮބް ޓްރާންސްފަރ ވެގެން. އޭނާ ކުލި ދައްކާނަމޯ. އަޅުގަނޑުބުނިން ކުލީގެ ވާހަކަ ނުދައްކާށޭ..” ދައުހާލް މަލީހާއާއި އެވާހަަކަ ހިއްސާކުރިއެވެ. “ކޮންއިރަކު އަންނަނީ ؟” “މިއަދު ހަވީރުކޮޅުހެން ހީވަނީ..ހަނދާން ނެތިފަ މިހުރީ!” “ނަސީބެއްނު އޭނާ އައިސް ނުވަންނަނީހެން ހަނދާންވިކަން…ހެހެހެ! މިދަނީ ތިތަން ރީތި ކުރަން. ބޮޑުކޮޓަރިދޯ؟”

“އައްސަލާމްޢަލައިކުމް!” މަލަކާ ޖޫސްގިރަން ހުއްޓާ މީހަކު ސަލާމް ގޮވާލުމުން ދިޔައެވެ. “ވަޢަލައިކުމުއްސަލާމް….” “ދައުހާލް؟” މަލަކާގެ ކަޅި އެޒުވާނާގެ ކަޅއާއި ބައްދަލުވީހިނދު ބަޔާންކުރަންދަތި އަސަރުތަކެއްވެރިވިއެވެ. އެފުން ދެލޮލުގެ ޖާދޫގައި ޖެހި ގެނބިގެންދާންއެދި ހުރެވުނެވެ. އެޒުވާނާ އިސްކޮޅުން ދިގުވެފައި އެހާމެ ރީއްޗެވެ. “ދައުހާލް އުޅޭތަ؟” އެޒުވާނާ ތަކުރާރުކޮށްލުމުން މަލަކާއަށް ހޭވެރިކަމެއްވިއެވެ. “އާނ…މިއަންނަނީ..މަޑުކޮށްލައްވާ..އިށީނދެ..” މަލަކާ އެޒުވާނާ އިށީންނަން ތަންދައްކާފައި ދައުހާލްއަށް ގޮވަންދިޔައެވެ. “މަންމާ..ދޮންބެ ކޮބާ؟ ދޮންބެ ހޯދަން ފޮށްޓެއްހިފައިން މީހަކު އައިސް އެބައިން…” “ދޮންބެ ހޯދަން؟ އާނ…އެނގިއްޖެ. ޒާހިލްދޯ. ދޮންބެވީ ފިހާރައަކަށް ގޮސް…މަންމަ އެބަދަން…” މަލަކާއަށް އެޒުވާނާގެ ނަން ތަކުރާރު ކުރެވުނެވެ. މީހާއާއި އެއްވަރަށް ނަންވެސް ރީއްޗެވެ. “ޒާހިލް…….!” މަލަކާއަށް ހިތާހިތުން ކިޔާލެވުނެވެ.

_ނުނިމޭ_

Share Article

Follow Me Written By

Z A L 🐙

Level 210 Stories100 Login100 Comments

17//

Other Articles

Previous

ކެތްކުރާނަން އުއްމީދުގައި 3

Next

އެހނަދާން ނުދާނޭ ފިލާ 4

Next
April 12, 2018

އެހނަދާން ނުދާނޭ ފިލާ 4

Previews
April 12, 2018

ކެތްކުރާނަން އުއްމީދުގައި 3

23 Comments!

  1. Kal says:
    April 12, 2018 at 3:53 pm

    Aneh story ge part thah upkohbala avahah:-( waiting

    1. Zelll says:
      April 12, 2018 at 4:57 pm

      ooh..will inshaallah upload it vvv soon. this weekend ga hopefully

    2. Zelll says:
      April 12, 2018 at 5:05 pm

      “EHENAS” ge next part mibuni…

  2. Re Hen Dhi says:
    April 12, 2018 at 3:54 pm

    Dhivehi bahuga ‘assu’ kiyaa baheh indheytha?? V bolah undhagu kiyan..

    1. Friends says:
      April 12, 2018 at 4:30 pm

      Ebunaa hen dear v undhagu vey ehen innyma. ….. “aslu” dhw ragalhu gothaky

    2. Anonymous says:
      April 12, 2018 at 4:58 pm

      thanks..mistakes thah huriyyaa dhakkachche..eyrun next time rangalhu kolleveyny..thankyou

    3. Zelll says:
      April 12, 2018 at 5:06 pm

      Okeyh..thanks…mistakes dhekkyma dhenn faharakun rangalhu kureveyny ..thank you vvv bodah

  3. shaa says:
    April 12, 2018 at 3:58 pm

    Vrh salhi vaahaka…??❤❤❤❤❤

    1. Zelll says:
      April 12, 2018 at 5:04 pm

      thankyou vvvvvvvv thanks

  4. Anonymous says:
    April 12, 2018 at 4:59 pm

    thankyou ssooooo much! “EHENAS” ge next part kiyache…will be out soon

    1. Zelll says:
      April 12, 2018 at 5:04 pm

      Okeyh

  5. Afaa says:
    April 12, 2018 at 5:26 pm

    Salhii..waiting for next part?❤❤

  6. Rifu says:
    April 12, 2018 at 6:01 pm

    Kae kae beynun kohfa huryma v ehenkahala….. ehen gothakah beynun kobba plxx…eyrun v reethi vaanehen heevany….

    1. Zelll says:
      April 21, 2018 at 9:13 am

      Kae? I think eiy Kai kanneynge..like Kailaan ah short kon kiyan..noontha? Can you point it out, konn hisaabegga iny? Btw thanks..mistakes kyma dhw rangalhu kureveyny

  7. Shiman says:
    April 12, 2018 at 7:09 pm

    Varah reethi ? waiting for next part..

  8. Fai says:
    April 12, 2018 at 8:08 pm

    Reethi vaanehen hyvani ????????

  9. Black beauty says:
    April 13, 2018 at 8:11 am

    Me vaahaka yakaa gulhuvaagen anna baehtha

  10. mishy says:
    April 13, 2018 at 9:01 am

    Alheyy vrh reethi… mishii s kiyaniii assu… ehn v ma mishii akh ethanh notice eh nuvi…. cmnt thhh kiim mi egnunii… ehehhe… strii vrh reethi… ehenas e vhk kbr…plz miige nxt prt nd eyge nxt prt s v enme avahakhh up khladhhcheyy…luv…

    1. Zelll says:
      April 13, 2018 at 10:45 pm

      ♥♥♥thanks..yaa I will inshaallah

  11. Lamsha says:
    April 13, 2018 at 12:47 pm

    I think lam kiyaafa oii story eh thee… Site akin neh noan but story book akun Kean hama same

  12. Zelll says:
    May 18, 2018 at 4:20 pm

    thanks all

  13. Nakhla says:
    May 18, 2018 at 11:32 pm

    Story eh copy kohfa mi othy ??

  14. ## says:
    January 25, 2019 at 11:07 am

    Meethige aneh part up Kohlaba

Comments are closed.



All Right Reserved!