(ހަތްވަނަ ބައި) ކުރިމަތީގައިވާ ކޮޓަރިން ދޮރުހުޅުވާލުމަށްފަހު އެވަގުތު އަކިއަލް ނިކުތެވެ. އޭނާ ކޮޓަރީ ދޮރުމަތީ މިހުރީ ނިދަން ލީ ކުރުތާއާއި ހަރުވާޅުގައިކަން ހަނދާންވީ އަދި ކިރިޔާއެވެ. އަލްޔާ އަވަހަށް ވަނީ ކޮޓަރިއަށެވެ. އަލްޔާގެ ބައްޕަ މާލޭގައި ދެތިން ދުވަހަށް މަޑުކުރާ ގޮތަށް އައުމުން އޭނާ ވަރަށް އުފާވިއެވެ. އަދި މަންމަ ހަދާ މީރު ކުޅި ކާޖާއާއި ތެލުލި ބަނބުކެޔޮ ލިބުމުން އެއުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ތެލުލި ބަނބުކޭލަކީ އޭނާ އެންމެ ގަޔާވާ އެކައްޗެވެ. ރަށުގައި އުޅުނު […]
(ހަވަނަ ބައި) އެހެންނަމަވެސް މިގޮތުގައި އޭނާއަށް ކުރިއަށް ދެވުނީ ކުޑަ ދުވަސްކޮޅަކަށެވެ. ސަކީނާގެ އަންހެންދަރި ބަލިވެގެން ޗުއްޓީ ނެގުން ވީ އޭނާ ކްލާސްތަކަށް ދިއުމަށް އެޅުނު ބޮޑު ހުރަހަކަށެވެ. މަލީހާ ގިނަވަގުތު އޮފީހުގައި އުޅުމާއެކު ގޭގައި އިތުރު މީހަކު ނެތުމުގެ ސަބަބުން ގޭތެރޭގެ ހުރިހާ މަސައްކަތެއްހެން އޭނާ އެކަނި ކުރަން ޖެހުނެވެ. ގޭގެ މަސައްކަތްތަކުގައި ބުރަކޮށް އުޅުމަށްފަހު ރޭގަނޑު ކްލާހަށް ދާން ޖެހެނީ ލިބިފައިއެވާ ވަރުބަލިކަމާއެކުއެވެ. އަދި ނުވިތާކަށް ބަންދު ދުވަސް ތަކަށް މިސްޓީކްގޭގައި ހީވަނީ އެންމެންނަށް […]
(ފަސްވަނަ ބައި) އެނދުގެ ބޯލާކޮޅުގައި ބާއްވާފައިވާ ފޯނުގެ އެލާމް އަޑާއެކު އަކިއަލްއަށް ހޭލެވުނެވެ. ނިދާފައި އޮތް ގަދަ ނިދިން ހޭލެވުމުން ލޯ ހުޅުވާލަންވެސް އޭނާ އޮތީ ބޭނުން ނުވެފައެވެ. ކަންނެތްކަމާއެކު ގަދަކަމުން ކަހަލަ ގޮޔަކަށް އޭނާ އެނދުން ތެދުވެ ފާހާނާއަށް ވަނެވެ. މިއަދަކީ ސްކޫލް ފެށޭ ދުވަސް ކަމުން އެހެންޏާއަށްވުރެ އަވަހަށް އޭނާ ހޭލަން ޖެހުނެވެ. ފެންވަރައި ތައްޔާރު ވެލައިގެން ކޮނޑުގައި ދަބަސްވެސް އަޅުވާލުމަށްފަހު އޭނާ ކާގެއަށް ސައިބޯން ދިޔައެވެ. އޭރު އަލްޔާ ސަކީނާއާއެކު ސައިހެދުމުގައި އަވަދި […]
(ހަތަރުވަނަ ބައި) ފޯނު ކަނޑާލިތަނާހެން ގޭގައި ބެލް އަޅާލި އަޑުއިވުމާއެކު ގޭޓު ހުޅުވަން އަލްޔާ އަވަސް އަވަހަށް ދިޔައެވެ. ގެއަށް އައީ ބައްޕަނޫންކަން އެނގުން ނަމަވެސް ގޭޓް ކައިރިއަށް ދުވެފައި އޭނާއަށް ދެވުނީ ބޭއިޚްތިޔާރާއެކުގައެވެ. އޭނާގެ ލޯބިވާ ބައްޕަ އޭނާ ދެކިލުމަށް އަންނާނެ ވާހަކަ ބުނުމުން ގޭޓް ކުރިމަތީ ބައްޕަ ހުންނާނެކަމަށް އުއްމީދުކުރަމުންނެވެ. އުފަލާއެކު ގޮސް ގޭޓު ހުޅުވާލި ނަމަވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމޫނުމަތިން ފާޅުވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ކުރިމަތީގައި ފެންނަން މިހުރީ އަލްޔާގެ ބައްޕައެއް […]
(ތިންވަނަ ބައި) ސިކުނޑިއަށް ބާރުލާފައި އަލްޔާ ވިސްނަމުން ދިޔައީ އެނަން އަލްޔާގެ ކަންފަތަށް އިވުނު ގޮތަކާއި މެދުއެވެ. ކުއްލިއަކަށް އަލްޔާގެ ހަނދާނަށް އައީ މިރޭ ބޮޑުދައިތަ ބުނި ބަސްތަކެވެ. “އަދި އަހަރެންގެ ދަރިފުޅު މާކިން އަކާ ދިމާ ނުވޭދޯ؟ އޭނާ ވީ ރަހުމަތްތެރިއެއްގެ ގެޔަށްގޮސް.” ތެޅިފޮޅެމުން ދިޔަ އަލްޔާ ކުއްލިއަކަށް މައިތިރިވިއެވެ. “މީ އެ މާކިންތަ. އަސްތާ! މިކުރެވުނީ ކީއް. އަހަރެން މިގެއަށް އައި ފުރަތަމަ ދުވަހުވެސް ބޮޑުދައިތަގެ ދަރި ވަގަކަށް ހެދުނީއެވެ. އެކަމަކު އޭނާވެސް ގޭގެ […]
(ދެވަނަ ބައި) “މަންމާ…….!” ކާރު ދުއްވާލުމާއެކު އަލްޔާއަށް ބިރުން ހަޅޭލަވައިގަނެވުނެވެ. އެވަގުތު އޭނާގެ ހިތުގެ ތެޅުން އަވަސްވެ ނޭވާހާސްވާގޮތްއެވެ. އަދި އެމައުސޫމު އަންހެންކުއްޖާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ބަންދުކޮށް ހުންނަ ތަންތަންދެކެ އޭނާ ކުޑައިރުއްސުރެ ބިރުގަނެއެވެ. އަލްޔާ ހާސްވެގެން އުޅެންފެށުމުން ޑްރައިވަރު ކާރުގެ ކުޑަދޮރު ތިރިކޮށްލަދިނެވެ. ފަހަތުސީޓުގައި އަލްޔާ ހުރިއިރު އޭނާގެ ކުޑަކުޑަ އަތްތިލަވަނީ އޭނާގެ ބޭބެގެ އަތުގައި ބާރަށް ހިފަހައްޓައިލައިފައެވެ. ހުޅުވާލެވިފައިވާ ކޮޑަދޮރުން ބޭރު ފެންނަން ފެށުމުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ ހަމައަކަށް އެޅުނެވެ. […]
އޮއްސެމުންދިޔަ އިރުގެ ދޯދިތަކުން ކަނޑުގެ ސަތަޙަ އެކަށްވަނީ ދިއްލާލާފައެވެ. ރަތްވިލާތައް އުޑުމަތިވަނީ ފުރާލާފައެވެ. ހަވީރު ފިންޏަށް ހިންގާލަން ނިކުމެ އުޅުނު އަންހެންވެރިން އިރުއޮއްސުމާއެކު އެމީހުންގެ ޅަދަރިން ގޮވައިގެން ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ފަޒާގައި އުދުހެމުންދިޔަ ދޫނި ސޫފާސޫފިތައްވެސް އޭއްޗިހީގެ ހާއްޔަށް ތިރިކުރަންފެށިއެވެ. ރަށުގެ ހުޅަނގުފަރާތު އަތިރިމަތީ ހޮޅުއަށީގައި ތިބި ފުރާވަރުގެ ތިން އަންހެންކުދިން ފިޔަވައި މިހާރު މުޅި ހިސާބުގަނޑުންވެސް މީހެއްގެ ހިލަމެއް ނެތެވެ. މުޅި މާޙައުލު ވަނީ ހަމައެކަނި މިކުދިންގެ ހުނުމުގެ އަޑުން ގުގުމާލާފައެވެ. އެކުވެރި ދެކުދިންނާއެކު […]