އަހަރެން އެނބުރި އަންނާނަން (6 ވަނަ ބައިގެ ތެެރެއިން) ކައިވެންޏަށްފަހު ހަމަ އެރޭ އަަހަރުމެން ރިސޯޓަކަށް ފުރީމެވެ. އެއީ ޒައިދާންގެ ބައްޕަ އަހަރުމެންނަށް ދިން ހަނީމޫން ގިފްޓެކެވެ. އެރޭވީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުުފާވެރިރެއަށެވެ. އަހަރެންގެ މުޅި ޢުމުރު ހޭދަކުރަން ބޭނުންވަނީ ޒައިދާންގެ އަތްބެއްގެ ގޮތުގައި ކަމުގައި އަހަރެން ބުނީމެވެ. އަހަރެންގެ ޙަޔާތުގެ އުފަލަކީ ޒައިދާންކަން އަހަރެން ބުނީމެވެ. އަހަރެން އެރޭވެފައި ހުރި އުފާ އަހަރެންނަށް ބަޔާނެއް ނުކުރެވޭނެއެވެ. ހަމައެގޮތަށް ޒައިދާންވެސް އޭނާގެ އަތްބަކަށް އަހަރެން […]
އަހަރެން އެނބުރި އަންނާނަން! … (5 ވަނަ ބައިގެ ތެރެއިން) ފޯނު އަނެއްކާވެސް ރިންގ ވާން ފެށިއެވެ. ލަޙްފާން ކައިރިން ސަލާމަތް ވެގެން އަހަރެން ފޯނާއި ހަމައަށް ނުދެވެނީސް އަނެއްކާވެސް ފޯނު ކެނޑިއްޖެއެވެ. ގުޅަނީ ޒައިދާން ކަން އަހަރެންނަށް އެނގެއެވެ. އިންތިހާއަށް ލަޙްފާންދެކެ ރުޅިއައިސް އަނެއްފަހަރު އަހަރެން ލަޙްފާން ކޮށްޕާލާފައި ކޮޓަރިން ނިކުމެވޭތޯ މަސައްކަތް ކުރީމެވެ. ލަޙްފާން އަހަރެންނަށް ވުރެ ބާރުގަދަކަމުން އަހަރެންނަށް ލަޙްފާންގެ އަތުތެރެއިން ސަލާމަތް ވާކަށް ފަސޭހައެއް ނުވިއެވެ. +++++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން! […]
އަހަރެން އެނބުރި އަންނާނަން! … (4 ވަނަ ބައިގެ ތެރެއިން) އެނދުމަތީ އިށީދެނގެން އިރުކޮޅަކު އިނުމަށްފަހު، ޒައިދާން އަށް ގުޅާ ލަން އަހަރެން ބޭނުންވިއެވެ. އެހެނަސް އެ ދަންވަރު ޒައިދާން ހޭލައްވާލަން ބޭނުންނުވާތީ، އަހަރެން ނުގުޅަން ނިންމީމެވެ. އާދައިގެމަތިން އަހަރެންގެ ނިދި އެއްކޮން ފިލިއެވެ. އަލިވިލެންދެން އަހަރެން އެހެންއިނުމަށް ފަހު ނިދިޖެހުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ ލީޝާގެ މަންމަ، އަހަރެންގެ ދޮރުގައި ޓަކިޖަހާ ސައިބޯން ގޮވުމުންނެވެ. ++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން! … (5 ވަނަ ބައި) […]
އަހަރެން އެނބުރި އަންނާނަން! … (3 ވަނަ ބައިގެ ތެރެއިން) “މިރޭ ހާދަ ލޯތްބޭ..” ސީދާ އަހަރެންގެ މޫނަށް ނަޒަރުހުއްޓާލައިގެން އިނދެ ޒައިދާން ބުންޏެވެ. ” ހޫން…ތީ ތަ ތި ދައްކަން ތިއައި ވާހަކައަކީ..؟” އަހަރެން ރަކި ނުވާކަމަށް ހެދެމުން ބުނީމެވެ. “މީވެސް އޭގެ ބައެއް!؟..” ޒައިދާން ލާނެއް ގޮތަކަށް ބުންޏެވެ. “ދެން ސަކަރާތް ނުގަނެ ބުނެބަލަ! އަހަރެން ޒައިދާން އަތުގައި ހިފާލަމުން ބުނީމެވެ. +++++++++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން! … (4 ވަނަ ބައި) “..ބުނަން […]
+++++++++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން! … (2 ވަނަ ބައިގެ ތެރެއިން) ” ކަލޭމެން މިތަނަށް އަންނަނީ މިތާ ތިބޭ މުވައްޒަފުންނާ ފޮށެންތަ؟ ކަލެއަކާ ބެހޭ ކަމެއްނޫނޭ އެއީކީ އޭނައާމަށާ ކޮންމެ ކަމެއް ކުރިއަސް! ދެން ނިކަން ކަލޭމެން އޭނައާއި ބެހިބަލަ! ވާގޮތެއް ބަލާލަން!” މިހެން ބުނުމަށްފަހު އެޒުވާނާ ކައުންޓަރަށް ފައިސާދެއްކުމަށްފަހު ކެފޭއިން ނިމުމެގެން ވަރަށް ބާރަށް ހިނގައްޖެއެވެ. އަންމަޑޭމެންވެސް އިތުރު އެއްޗެއް ނުބުނެ ފާޑަކަށް ތިއްބެވެ. އަހަރެން އެޒުވާނާ އިން މޭޒު ސާފުކުރަން ދިޔައިރު އޭނާ […]
އަހަރެން އެނބުރި އަންނާނަން! … (1 ވަނަ ބަޔާއިގުޅޭ) އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ކެހިގެން ދިޔަހެނެވެ. ބިރުން މޭގަނޑު އަތަށް އައިކަހަލައެވެ. މިވާން އުޅޭގޮތެއް ނޭނގި ބިރުން ވިރިވިރި އެއްވެސް އެއްޗެއް ނުބުނެ އަހަރެން ހުރީމެވެ. “ހަޔާތްކުޑަ އަންހެނެެށް މީ” މިހެން ބުނުމަށްފަހު އަހަރެންގެ ‘ކަންކަށި މަތީ’ ވަރަށް ބާރަށް އަޅާ ‘ ވިހެލި’ އެވެ. “ހަމަ މިހާރު ކަލޭ ‘ރައްކާވޭ’ މިގޭން! އަހަރެންގެ ޙަޔާތް ބަރުބާދު ނުކޮށް!” މިހެން ބުނުމަށްފަހު ތުއްތަ ވަރަށް ބާރަށް […]
(މި ވާހަކަ އަކީ ޙަޤީޤީ ޙާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. މިވާހަކަ ބިނާ ވެފައިވަނީ، އެކަނިވެރި އަންހެންކުއްޖަކު އޭނާގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރާ މަސައްކަތާއި، މިމަސަތްކަތްތަކުގައި އެ ކުއްޖާ ކުރިމަތިލާންޖެހޭ، ތަފާތު ދަތި އުނދަގޫ ޙާލަތްތަކާއި، އެޙާލަތްތަކުން އަރައިގަންނަން ކުރާ މަސައްކަތް ތަކާއި، އޭގެ ނަތީޖާއެވެ) ******************** “އައްމަޑޭ ކައެއަށް އޭނަ..” މިހެން ބުނުފަށްފަހު ފިއްޓޭ ބާރަށް ހިނިގަނޑެއްޖަހާލިއެވެ. “މައޯކޭ ދޯ..” އައްމަޑޭ ދެރަނުވާން ބުނެލިއެވެ. ހާބަރު ކަޑައެއްގައި ހުރި މޭޒެއްގައި ހުރި […]
(މިވާހަކަ އަކީ ސުނާމީ ކާރިސާގައި ދިމާވި ޙާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެެވެ) އާދައިގެ މަތިން މިއަދުވެސް ޞޮބީޙާ ފަތިޙު ހޭލައިގެން ފަތިސް ނަމާދުކޮށްގެން ބަދިގޭގައި އަވަދިނެތި ސައިހެދުމުގެ މަސައްކަތާއިގެން ކުރިއަށްދިޔައެވެ. އާދަނު މަހަށްފުރާނީ އަބަދުވެސް ސައިބޮއެގެންނެވެ. ޞޮބީޙާ މިއަދު ސަޔަށް އެ ތައްޔާރުކުރަނީ އާދަނަށް އެންމެ މީރު ބަރަބޯ މަސްހުންޏާއި، ހުނިރޮއްޓެވެ. އާދަނު ފުރަންދިޔުމުން، އަނާވެސް ނުހޭލާތީ، އަނާކައިރީ އޮށޯވެލައިގެން އޮއްވާ ޞޮބީޙާއަށް ވެސް ނިދިއްޖެއެވެ. ޞޮބީޙާ އަށް ސިއްސައިގެން ގޮސް ހޭލެވުނީ ދޮރުގައި […]
ވެހޭމުންދާ ބޯ ވާރެއާއެކު ސްކޫލްގެ ގޭޓްކައިރީގައި އަހަރެން މަޑުކޮށްލައިގެން ހުރީމެވެ. ބެލެނިވެރިން ކުޑަނަގައިގެންނާއި, ކޯޓުލައިގެން ކުދިން ބަލާ ސްކޫލްދޮށަށް އައިސްތިއްބެވެ. ދުއްވާއެއްޗެހީގެ ބަރުގޮނުގެ އަޑުވެސް އެހާގަދައެވެ. މީންއިރަކު ވާރޭހުއްޓާކަށް ނެތްކަހަލައެވެ. އަހަރެން އެހެންހުންނަތާ ފަނަރަ ވަރަކަށް މިނެޓް ވެއްޖެއެވެ. އަޅެ ކޮންމެވެސް މީހަކު އަހަރެން ބަލާ އަންނާނޭނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. ކިތަންމެ އިރަކު އެހެން ހުއްޓަސް އަހަރެންބަލާ އަންނާނެ މީހަކު އަހަރެންގެއަކު ނުހުންނާނެކަން އަހަރެންނަށް ކުއްލިޔަކަށް ހަނދާންވީދެނެވެ. ކުޑައިރުކޮޅެއް ފަހުން ވެހޭބޯވާރޭ ތުނިކޮށްލުމުން، އަހަރެން ގެއަށްދާން […]