އީލާމް މިއުޅެނީ ރާއްޖެ ކުއްޖެއް ވަޒީފާއަށް ވައްދަން ، ކިހިނެއްވާނީ ؟ އީލާމް އަބީ އާއި ދިމާލަށް ބަލާލީ އިވުނީ ރަނގަޅަށް ތޯ ޔަގީން ކުރާށެވެ.” ކީކޭ އަބީ ؟ އީލާމް ސުވާލުކޮށްލުމުން އަބީ ދެވަނަ ފަހަރަށް އޭނާ ބޭނުންވާ ގޮތް ބުނެލިއެވެ. ” އަބީ އަށް ފެންނަ ރަނގަޅު ގޮތެއް ހަދާ ” އީލާމް ޖަވާބު ދިނެވެ. އަބީ އަށް ފޯނެއް އައުމުން އޭނާ ތެދުވެގެން އެތަނުން ދިޔުމުން އީލާމް ދެ ކޮޅަށް ބަލާލުމަށްފަހު ހަމަޖެހިލިއެވެ. […]
އެއްދުވަހެއްގެ ހެނދުނެވެ. އަބީ ހެނދުނު އޮފީހަށް ދިއުމުން އީލާމް އޭނާގެ ފޯނު ނަގައި އޭނާގެ ބައްޕަގެ ނަންބަރު ހަނދާން ކޮށްލިއެވެ. ހަނދާންވާ ގޮތަށް ނަންބަރު ޖަހާލުމަށްފަހު ޑައިލް ކޮށްލިއެވެ. ދެފަހަރު ފޯނު ރިންގްވިތަނާހެން ފޯނު އެކޮޅުން ނެގިއެވެ. ” ހަލޯ ، ހަލޯ ، ” އީލާމް ގެ އަޑު ބެދުނެވެ. އެއީ އޭނާގެ ބައްޕަގެ އަޑެވެ. ނަމަވެސް ވާހަކަ ދައްކާނެ ހިތްވަރެއް ނެތެވެ . އެކޮޅުން ފޯނު ކަނޑާލުމުން އީލާމް ގެ ދެލޮލުން ކަރުނަތައް ފައިބައގެން […]
އީލާމް ގެއަށް ދިއުމަށް ދަބަހަށް ފޯނާ އެއްޗެހި ލާ ރެޑީވެލިއެވެ.ކުރިއަށް އޮތް ތިން ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން އޮފީސް ނުހުޅުވާ ގޮތަށް ނިންމާ ހުރިހާ ސްޓާފުންނަށް މެސެޖް އެއް ކޮށްލުމަށް ހިއުމަން ރިސޯސް މޭނޭޖަރ ނީވާ އަށް ލޭންޑް ލައިން އިން ގުޅާލިއެވެ. އެދެމެދުގައި ވާހަކަދެކެވެމުން ދިޔައިރު ކެބިން ގެ ދޮރު ހުޅުވުނު އަޑު އިވުނުހެން ހީވެގެން އީލާމް ފަހަތަށް ބަލާލިއެވެ . އީލާމް އަށް ހަޅޭލަވައިގަނެވުނެވެ. ކުރިމަތިން ވަޅިއެއް ހިފައިގެން މޫނު ފޮރުވައިގެން […]
އީލާމް އޭނާގެ ދަބަސް ހިފައިގެން ކެބިންއިން ނިކުންނަށް މިސްރާބް ޖެހިއެވެ. ” އަބީ އަހަންނަށް އިނގޭ އެއީ އަބީގެ ވައިފްކަން ، ސްކައި ހައުސްއަށް ދިއުމުން ތިހަބަރު އޮޅުން ފިލާފަ އޮތީ ، ލާހިކެއް ނޫން އަހަރެންގެ ދިރއުޅުން ހަލާކު ކޮށްލާފައި އަބީއަށް ހަމަޖެހިލައިގެން އުޅެން ” އަލީޒާ ގެ ތޫނު ބަސްތަކުން އަބީގެ ރުޅި ގަދަވަމުން ދިޔައެވެ. ” އަހަރެން ވިހަންދެން ހުންނާނީ އަބީ މަންމަމެން ގޭގަ ، ވިހައިގެން ދަރިފުޅަށް ކަންތައްކުރާނެ ގޮތް އިނގޭނީ […]
ސްކައި ހައުސްގެ ސުފްރާމަތި ތައްޔާރުކުރަމުން ދިޔައިރު މެހެރޫ އޭނާގެ ދަނބި ދަރިފުޅު އީލާމްގެ އަތުގައި ހިފައިގެން ހުރެ އެކި ކަންކަމާ ވާހަކަ ދައްކަމުން ދިޔައެވެ. ޑރ. މަހޭޝް މެންދުރުގެ ކެއުމަށް ގެއަށް ދުރުވީ މެހެރޫގެ ފަރާތުން އަބީ އައިސް އުޅޭ ހަބަރު ލިބުމުންނެވެ. ރާކީ އާއި އޭނާގެ ފިރިމީހާ ނިކިލް އައިސް ގޮނޑީގައި އިށީދެލުމަށްފަހު އީލާމް އަށް ދިމާލަށް ބަލާލިއެވެ. ކާ މޭޒު ކައިރިއަށް އެންމެން ހަމަވުމުން އަބީ ކޮއްޅަށް ތެދުވެލުމަށްފަހު އީލާމްގެ ތައާރަފްއެއް ދިނެވެ. ޑރ.މަހޭޝް […]
“ބޭބީ ގާރލް ،އައިލަވް ޔޫ ، ލާސްޓް ނައިޓް ވޯސް އޯސަމް ، ލެޓްސް މޭކް ލަވް އަގެއިން ” އަބީ އީލާމްއާއި ދިމާލަށް ގުދުވެލާފައި ބުންޏެވެ. ސްކައި ހައުސްގެ ގޭޓުން އަބީގެ ކާރު ދުއްވާލުމާއެކު އީލާމްގެ ހިތުގެ ތެޅުން އަވަސްވެ ، އަތް ފިނިވާން ފެށިއެވެ. އަބީ ގޮސް ގޭ ދޮރުމައްޗަށް ކާރު މަޑުކޮށްލުމަށްފަހު އީލާމްގެ އަތުގައި ހިފާލިއެވެ. ” ބިރުގަނޭތަ ލޯބިކޮޅާ ” އަބީ އީލާމް ކައިރި ސުވާލުކޮށްލީ އަތް ފިނިވެފައި ހުރުމުންނެވެ. އީލާމް […]
އީލާމް ހެނދުނު ހޭލައިގެން ކޮޓަރިން ނިކުތުމަށް ފަހު ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާވެސް ބޭނުން ވަނީ މަސަތްކަތެއްގައި ޝާމިލް ވެ އުޅުމަށެވެ ނަމަވެސް އެއްވެސް މީހަކު އޭނާ މަސަތްކަތެއްގައި ބައިވެރި ވިޔަކަ ނުދިނެވެ. ގޭގެ އެންމެ އިސް ނޯކަރު ޖެނީ އީލާމް އާއި އަރާ ހަމަކޮށްލުމަށްފަހު އީލާމް އާއި ދިމާލަށް ” މިގޭގެ ވަގުތީ މެހުމާނުން ނެތް މަސަތްކަތެއް ނުކުރާނެ ، ގޭގެއަށް ނޯކަރުން ލާފައި ހުންނަނީ ކަމަކު އެހެންވީމައި ކޮންމެވެސް އެހެން ކަމަކާ އުޅެލުން ރަނގަޅު […]
އަބީގެ ކޮންމެ ހަރަކާތަކަށް ހިތާއި ފުރާނައިން އީލާމް އާ ބަސް ބުނަމުން ދިޔައެވެ. އޭނާގެ ގައިގައި ބައްދައިލައިގެން އޮވެ އަބީ އީލާމްއަށް ތައުރީފް ކުރަމުން ދިޔައިރު އަބީ އޭނާ ބޭނުންވާގޮތް ހާމަކޮށްލިއެވެ. “ވެން ވީ ގެޓް ބެކް ޓު އެސްއޭ ވީ ވިލް ގެޓް މެރީޑް އެންޑް ޔޫ ވިލް ބީ މައިން ފޯ އެވަރ” އަބީގެ މި ޖުމްލައިން އީލާމް ފިނިވެގެން ދިޔައެވެ. އީލާމް ބޯ ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އިރުކޮޅަކު އެހެން ތިބުމަށްފަހު […]
” އައިޝާ ނީލާމް އަމަރް އާލަމް” ، އީލާމް ހައިރާންކަމާއެކު އަބީއަށް ބަލާލީ ޕާސްޕޯރޓްގައި ނީލާމް އިނީމައެވެ. އަބީ އޭނާއަށް އީލާމް ކިޔަނީ ލޯބިން ކަމަށް ބުނެ ވާހަކަ އޮޅުވާލީ ، އިތުރަށް އެ މައުޟޫއަށް ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ސައުތު އެފްރިކާއަށް ކުރާ ދަތުރަށް އީލާމް އަށް ވޯރކްވިޒާ ހޯދުމަށްފަހު ދަތުރު ފެށީ މި އެޅެނީ ކިހާ ބޮޑު ފިޔަވަޅެއްކަންވެސް ދެމީހުންކުރެ އެކަކަށްވެސް ނޭނގޭ ހާލުގައެވެ. އަބީ ، އީލާމް ހިނިތުންވެލީ އޭނާގެ ނަން […]