ދޮރު ހުޅުވާލުމާއެކު އީލާމް ދޮރު ހުޅުވުނު ދިމާލަށް ހައިރާން ކަމާއެކު ބަލާލިއެވެ. އަބީ ހާސްވެ ހުރެ ކޮޓަރި ތެރެއަށް ވަނީ އީލާމް ކަންތައްކުރާނެ ގޮތް ނޭނގޭތީއެވެ. އީލާމް އަބީއަށް ހިނިތުންވުމެއް ދިނީ ދެމީހުން އެކަކު އަނެކަކަށް އިނގޭ ފަދައިންނެވެ. އަބީ އީލާމް އޮތް އެނދު ކައިރީ ވާ ގޮނޑީގައި އިށީނދެލުމަށްފަހު ” ހައު އާރ ޔޫ ފީލިންގް ޑިއަރ” އީލާމް ރަނގަޅޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަނެއްކާވެސް އަބީ އިތުރު ސުވާލަކުން އީލާމް ސިއްސުވާލިއެވެ. ” […]
ރަފިޔާގެ އެދުމުގެ މަތިން އީލާމް ގެއްލިގެން އުޅޭ ކަމުގެ ރިޕޯރޓް ރަށު އޮފީހަށާއި ރ. އަތޮޅު ޕްލިސް ސްޓޭޝަންއަށް އެންގިއެވެ. އެ ރަށު އެންމެންވެސް އަވަސްވެގަތީ އީލާމް ހޯދުމަށެވެ. ޝާމް ހަވީރު ލޯންޗްއިން މާލެ ދިޔައީ ދެން އުމުރަށްވެސް އެ ފަސްގަނޑަށް ނާންނަށް ނިޔަތް ގަނެގެންނެވެ. އަބީ! ކޮންއިރަކުތަ އެސްއޭއަށް އަންނަނީ ” އިނގިރޭސިން އެލީޒާ އަހާލީ ، މިފަހަރު ޔޮޓް ޑެލިވަރީއަށް ދިޔަފަހުން އަބީ ނައިސް މަހެއްވުމުންނެވެ. އަބީ ޖަވާބުގައި އަދި އެއްމަސްވަރު ވެދާނޭ ކަމަށް […]
އީލާމް ކޮއްޅަށް ތެދުވެ އޭނާގެ އަނގަމަތީގައިވާ ފޮތިގަނޑު ނައްޓާލާ ކުއްލިއަކަށް މޫދަށް ފުންމާލީ އޭނާއަށް ސަލާމަތްވެވޭނޭ ކަމުގެ އުއްމީދުގައެވެ. ޝާމް ފަސްދީގެން ހުރުމުން އީލާމް ފުންމާލުމައެކު ޑިންގީއަށް އައި ލޮޅުމާއެކު އޭނާއަށް ދެކޮޅު ބަލާލެވުނީ އީލާމް ފެނޭތޯއެވެ. އީލާމްގެ ހުށިޔާރު ކަމާއެކު ފެންގަނޑަށް ފުންމާލުމަށްފަހު ފީނާލީ އެ މީހުން ހުރި ސަރަހައްދާ ދުރަށް ދެވޭތޯއެވެ. އިރުއިރުކޮޅުން ބޯ ހިއްލާލުމަށްފަހު ފުންނޭވާއެއްލާ އީލާމް ދެވަރަކަށް މިނެޓް ފީނުމަށްފަހު ފަސްއެނބުރި ބަލާލީ ބޯޓުން ދިއްލާފަ ހުރި ލައިޓް ތަކާއި ދުރަށް […]
ލިޔުމުގައި ޝާމިލްވެގެން އީލާމް އިންއިރު ކޮޓަރިތެރެއަށް ވަންނަމުންދިޔަ ފިނި ވައިރޯޅިން އޭނާގެ ނިންކުރިމަތިން ހިއްލާފައިވާ ދަލަށް ފިނިކަމެއް ލިބެމުންދިޔައެވެ. ކުއްލިއަކަށް މީހަކު ކުޑަދޮރު ކައިރީ ހުއްޓުނުހެން ހީވުމުން އީލާމަށް ތެޅިތެޅި އޮތް ހިތަކާއިގެން އެދިމާލަށް ބަލާލެވުނެވެ. އަމިއްލަ ހިތަށް މިކުރެވުނީ މޮޔަކަމެކޭ ހިތާ އަވަސް އަވަހަށް ކުޑަދޮރާ ގާތް ވެލީ ދޮރު ލައްޕާލުމުގެ ނިޔަތުގައެވެ. ކުއްލިއަކަށް މީހަކުއޭނާގެ އަނގަމަތީ ފޮތިގަނޑަކުން އަތްއެޅުމަށްފަހު ކޮޓަރިތެރެއަށްވަދެ ގަތެވެ، އީލާމް ގެ އަނގަމަތިން އެ ބާރުގަދަ ދެއަތް ނެގުމަށް އޭނާގެ ދެއަތް […]
އީލާމް ކައިރީ ޝާމް ހުއްޓިގެން ހުރިއިރު އޭނާގެ އެއްކަކޫ ބިންމަތީގައި ޖައްސާލާފައި ފިނިފެންމާ ދިއްކޮށްލަމުން ބުންޏެވެ.” އީލާމް ވިލް ޔޫ ބީ މައި ގާރލް ފްރެންޑް” . އީލާމަށް ބުނާނެ އެއްޗެއް ނޭގިފައި ހުރީ ޝާމްގެ ފަރާތުން މިކަހަލަ ކަމެއް އުއްމީދު ނުކޮށް ހުއްޓާ ވުމުންނެވެ. ޝާމްގެ އަތުގައި ވާ މާ ހިފުމަށް އަތްދިކޮށްލުމަފަހު މަލުގައި ހިފާލީ އިތުރަށް އާނއެކޭވެސް ނުވަތަ ނޫނެކޭވެސް ނުބުނާންވެގެންނެވެ. ޝާމް ތެދުވެ އީލާމްގެ އަތަށް ދޮނެއް ދިނެވެ އަދި ބުންޏެވެ “ތޭންކް […]
ބަނދަރުމަތިން ރާފިޔާ ފެނޭތޯ ބަލާލުމަށްފަހު އީލާމް އެއްގަމާއި ދިމާލަށް ހިނގައިގަތީ ބަނދަރާ މާ ދުރުނޫން ހިސާބެއްގަ ރާފިޔާމެން ދިރިއުޅޭ ގެ ހުރީމައެވެ. ރ.މީދޫ އަކީ ކުޑަ ރަށެއްކަމުން އީލާމްއަށް މަގުތަކުގައި ހިނގާލާފައި ގެއަށް ދަާކަށް އެހާ އުނަދަގުލެއްނުވިއެވެ. ގޭ ގޯތިތެރެއަށް ވަދެވުމާއެކު ރާފިޔާ އޮށޯވެލައިގެން އޮތް ޖޯލިން ތެދުވެ އީލާމް ގައިގައި ބައްދާލިއެވެ. އީލާމް އަށް ހިނިތުންވުމެއް ދިނުން ނޫން އެހެންކަމެއް ނުވިއެވެ. އެއޮތް ވުރެން އެ ދެމެދަށް ވެރިވެފައިވާ ދުރުކަން ބޮޑެވެ. އެހާ ގިނަ ދުވަސްކޮށްފައި ރަށަށް އައުމުންވެސް ރާފިޔާގެ […]
އުޑުމަތި ސާފު ރީތި ދުވަހެކެވެ. ކާރު މަޑުކޮށްލައިގެން އީލާމް ބަލަމުން ދިޔައީ ހަލަބޮލިވެފައިވާ މަގުމަތީގައި ހިނގަމުންދާ ކަންތައްތަކެވެ. މަގުމަތީގައި ދުއްވާ އެކި ވެހިކަލްތަކުން ބަރުގަނު އަޅަމުން ދިޔައިރު ޓްރެފިކް ވެފައިވާ މަގު ބަލަހައްޓަން ޕޮލިސް ގެ ބަދަލުގައި ހުރީ އާއްމު ރައްޔިތެއް ނިކުމެއެވެ. އީލާމް އޭނާގެ ކާރު ފަހަތު ސީޓް އަށް ބަލާލިއެވެ. އަދި އަވަސް އަަރުވާލާފައި ކާރު ޕާކް ކުރުމަށްފަހު ޕެޓްރޯލް ޖެޓީ އަށް ފައިބައި އޭނާގެ ލަގެޖް ހިފައިގެން ފުރުމަށް ހަމަޖެހިފައިވާ ލޯންޗް […]