Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީލާމް-15

Xeesh Level 110 Stories
October 19, 2017 4 Mins Read
8 Comments

އެއްދުވަހެއްގެ ހެނދުނެވެ. އަބީ ހެނދުނު އޮފީހަށް ދިއުމުން އީލާމް އޭނާގެ ފޯނު ނަގައި އޭނާގެ ބައްޕަގެ ނަންބަރު ހަނދާން ކޮށްލިއެވެ. ހަނދާންވާ ގޮތަށް ނަންބަރު ޖަހާލުމަށްފަހު ޑައިލް ކޮށްލިއެވެ. ދެފަހަރު ފޯނު ރިންގްވިތަނާހެން ފޯނު އެކޮޅުން ނެގިއެވެ. ” ހަލޯ ، ހަލޯ ، ” އީލާމް ގެ އަޑު ބެދުނެވެ. އެއީ އޭނާގެ ބައްޕަގެ އަޑެވެ. ނަމަވެސް ވާހަކަ ދައްކާނެ ހިތްވަރެއް ނެތެވެ . އެކޮޅުން ފޯނު ކަނޑާލުމުން އީލާމް ގެ ދެލޮލުން ކަރުނަތައް ފައިބައގެން ދިޔައީ ހިފެހެއްޓުމެއް ނެތިއެވެ. މިހާލުގައި އިނދެ އަބީ ކައިރީގއި އޭނާގެ ހުރިހާ ކަމެއް ހަނދާންވެއްޖެ ކަމަށް ބުނެފިނަމަ އަބީ ކަންތައް ކުރާނީ ކިހިނެއް ކަމެއް ނޭނގެއެވެ. މި ވަގުތު ބައްޕައަށް މި ހަބަރު ދީފިނަމަ ބައްޕަ ހާސް ވުން ނޫން އިތުރު ކަމެއް ނުވާނެއެވެ . އީލާމް ފޯނުގައި ނަންބަރު ސޭވް ކޮށްލީ ޑެޑީ ޖަހާފައެވެ. އަދި ކަންތައްތައް ހަމަޔަކަށް އެޅުމުން ގުޅުމަށް ނިންމިއެވެ. އީލާމް އާއި އަބީގެ ގުޅުން ރަނގަޅު ވަމުން ދިޔައިރު ، އަލީޒާ ގެ އުނދަގުލެއް ނުފޯރާތާ ދުވަސް ކޮޅެއް ވެއްޖެއެވެ. ސީޑީއެއް ހިފައިގެން އަބީ ގެއަށް އައިސް ވަނުމުން އީލާމް އެއީ ކޯއްޗެއްތޯ ސުވާލު ކޮށްލިއެވެ. އަބީ އީލާމް ކައިރީ ރީތިވެލުމަށް ބުނެލުމަށްފަހު ސްޓަޑީ ރޫމްއަށް ވަނީ އޭނާގެ ލެޕްޓޮޕް ބަލައެވެ. އީލާމް ރީތި ވެލައިގެން އައުމުން ސްކައި ހައުސްއަށް ދިއުމަށް ކަމަށް ބުނެ އަބީ ކާރު ދުއްވާލިއެވެ. ސްކައި ހައުސް ތެރެއަށް ވެރިވެފައިވާ ހިމޭން ކަން ފޫ އަޅުވާލީ އަބީ ގެ ބަރު އަޑުން އަލީޒާ އަށް އަޑުގެ ނެތް ކޮޅަށް ގޮވާލުމުންނެވެ. އީލާމް އަށް ވެގެން އުޅޭ ގޮތް ނޭންގުނަސް އަބީ ކަމަކާ ހިތް ހަމް ނުޖެހިފައިކަންނލަފާ ކޮށްލަން އެނގުނެވެ. މެހެރޫ އާއި މަހޭޝް ކޮޓަރިން ނިކުމެލީ އަބީގެ އަޑުގަދަވުމުންނެވެ. އަލީޒާ އައިސް އަބީ ކުރިމައްޗަށް ހުއްޓުނެވެ. ” އަލީޒާ ހުރީ ކޮންތާކު އީލާމް އަށް ހަމަލާ ދިން ދުވަހު ” އަބީގެ ސުވާލުން އަލީޒާ ގަނޑުވިކަހަލައެވެ. ” އަހަރެން ހުރީ ގޭގަ” އަޅައަޅައި ގެނެގެން ކަހަލަ ގޮތަކަށް އަލީޒާ ބުނެލިއެވެ. ” ތިއެއް ބަލަމާ ހިނގާ ، ހަމަ މިހާރު ގޮސް އެ ގޮނޑީގަ އިށީނދޭ ” އަބީ އަމުރުކޮށްލުމުން އަލީޒާ އޭނާގެ މޫނަށް ގޮތެއް ހަދާލައި ދެއްކި ގޮނޑިއާއި ދިމާލަށް އިށީނުމަށް ދިއައެވެ. ގޭ އެންމެން ކަހަލަ ގޮތަކަށް ގޭގެ ސިޓިންގްރޫމް އަށް އެއްވުމުން އަބީ އޭނާގެ ލެޕްޓޮޕް، ޓީވީ އާއި ކަނެކްޓް ކޮށްލިއެވެ. ” އަލީޒާއަށް ޓީވީ އާއި ދިމާލަށް ބަލާލެވުނީ އަބީ އެޅުވި ވީޑިއޯއިންނެވެ. ދިހަ މިނެޓް އަށް ދެމިގެން ދިޔަ ވީޑިއޯގައި އޯޝަން ޓުއާރސްގެ އޮފީހުގެ ދެ ދިމާލަކުން ރެކޯޑް ކުރެވިފައިވާ މަންޒަރުތަކެއް ކަން އެނގެއެވެ. ވީޑިއޯ ނިމުމުން އެންމެން ކަހަލަ ގޮތަކަށް އަލީޒާ އަށް ބަލާލީ  ގަބޫލު ނުކުރެވޭފަދަ ގޮތަކަށެވެ. އަލީޒާ އިސް ޖަހާލީ ކުށްވެރިއެއްފަދައިންނެވެ. ” މިހާރު ތި ފެނުނީ ހުރެވުނީ ކޮންތަނެއްގައި ކަން ” އަބީ ރުޅިވެރިކަމާއެކު ބުނެލިއެވެ. އަލީޒާ އަބީގެ ފައިބުޑަށް ވެއްޓި މާފަށް އެދެން ފެށީ ކުޑަ ކުއްޖެއް ފަދައިންނެވެ. ” ސްޓޮޕް އިޓް އަލީޒާ ، ” މެހެރޫ އަލީޒާ ކޮށްޅަށް ނެގުމަށްފަހު އޭނާގެ ކަންފަތް މަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ. ” މަންމާ ނޫން ، އޭނާ ބަހައްޓާ އޭނާއަށް އަނިޔާއެއް ދޭނޭ ކަމެއް ނެތް” މެހެރޫ އަށް އީލާމް އާއި ދިމާލަށް ބަލާލެވުނީ އީލާމް ބުނި އެއްޗެއްގެ ސަބަބުންނެވެ . އަބީ ފޯނު ނެގުމަށްފަހު ފުލުހުންނަށް ރިޕޯރޓް ކުރަން ގުޅާލިއެވެ. ނަމަވެސް އީލާމް ފޯނު އަތުލުމަށްފަހު އޭނާގެ ޝަރުތެއް އޮތް ކަމަށް ބުނެލިއެވެ. އިލާމް އަލީޒާގެ ކުރިމައްޗަށް އެެރުމަށްފަހު ބުނެލިއެވެ ” އަހަންނަށް ކިތަންމެ ދެރަދޭ މީހަކަށްވެސް އަހަރެން މާފް ކޮށްފާނަން އެކަމަކު އަހަރެންގެ ޝަރުތަކީ އަލީޒާ ވިހަންދެން ހުންނަން ޖެހޭނީ މިގޭގަ ،  ވިހެއުމަށް ފަހު ދަރިފުޅު 20 އަހަރުވަންދެން ބެލެނިވެރިކަމުގައި ހުންނާނީ އަހަރެން ، އެކަން ކުރުމަށް ރަނގަޅު ވަކީލުން އަހަރެން އައްޔަން ކުރާނަން ، ދަރިފުޅު އަހަންނާ ހަވާލު ކުރޭ އަދި އަލީޒާ އެނބުރި އެމެރިކާއަށް ދޭ ” ދެން އޮތް ގޮތަކީ އަލީޒާގެ މައްސަލަ ފުލުހުންނަށް ހުށަހެޅުން އޭރުން އަލީޒާގެ ދިރިއުޅުމުގެ ފަހުބައި ހޭދަކުރާނީ ޖަލުގައި ، އަލީޒާ ބުނީމެއްނު ދަރިފުޅު ބޭނުން ނުވާ ވާހަކަ އެހެންވީމައި އަލީޒާއަކަށް އުނދަގުލެއް ނުވާނެ ނިންމަންވީ ގޮތެއް ” އީލާމް ގެ ޝަރުތު އިވިފައި އަބީ އީލާމްގެ އަތުގައި ހިފާ އޭނާއާއި ދިމާލަށް އަނބުރާލިއެވެ.” އީލާމް ކޮންމެހެން މިކަން ކުރާކަށް މަޖުބޫރެއް ނޫން ” އަބީ ބުނި ޖުމްލައިން އީލާމް ހިތްހަމަ ނުޖެހުނެވެ. އީލާމް ބޭނުންވަނީ އަބީގެ ކުޑަ ދަރިފުޅު އޭނާގެ ދަރިފުޅާއެއްކޮން ބަލާ ބޮޑު ކުރާށެވެ. އަލީޒާގެ ކުށުގެ ސަބަބުން އެ ދަރިފުޅަށް ބަފައެއްގެ ލޯބިން މަހުރޫމް ވިޔަދޭކަށް އީލާމް ބޭނުމެއް ނުވިއެވެ. ” އަހަރެން ދަރިފުޅު އީލާމް އަށް ދޭން އެއްބަސް ، އެކަމަކު މި ހެދޭ އެގްރީމެންޓ ނިމޭ ދުވަހަކު އެ ކުއްޖާއަށް އިނގެން ޖެހޭނެ އޭނާގެ މަންމައަކީ ކާކު ކަން ” އީލާމް ބޯ ޖަހާލިއެވެ. އީލާމް އަބީގެ އަތުގައި ހިފަހައްޓާލުމަށް ފަހު ގެއިން ނިކުންނަށް ދިޔައީ އޭނާގެ ދެލޮލަށް ވެރިވެފައިވާ ކަރުނަތަށް ދައްކަން ބޭނުން ނުވާތީވެއެވެ.  ކާރަށް އަރާ ސީޓް ގައި އިށީނދެލުމަށްފަހު އީލާމްއަށް ގިސްލެވެން ފެށިއެވެ. އަބީ އީލާމް އާއި ދިމާލަށް ބަލާލިއެވެ. ހިތާހިތާ ހިތުން ކުދި ކިޔާލެވުނެވެ.” އެމީހެއްގެ ސަބަބުން އޭނާއަށް އެންމެ ގެއްލުން ލިބުނު މީހާގެ ދަރިފުޅު ބަލަންވެސް ބޭނުންވަނީހެވެ. ކޮންކަހަލަ އަންހެނެއްބާއެވެ؟  އޯޝަން ރެޒިޑެންސް އަށް ކާރު ހުއްޓާލުމުން އީލާމް ކާރުން ފޭބިއެވެ. ” އަބީ ރުޅިއައިސްފަތަ؟ ” އީލާމްގެ ސުވާލުން އަބީ އޭނާއާއި ދިމާލަށް ހިނގާލާފައި އަޔެވެ. ” އީލާމް ތި ވަރު ނިންމުމެއް ތި ނިންމީ އަހަންނާއި އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ، އީލާމް އަށް އިނގޭނެ އަހަރެން އެ ދަރިފުޅު ބޭނުން ނުވާ ކަން ދެން ކީއްކުރަން” އަބީ އީލާމް ދެކެ ނުރުހިފައި ބުންޏެވެ. އީލާމް އަބީ ގައިގައި ބައްދާލުމަށްފަހު ބުންޏެވެ” އަބީ އަހަރެން ބަނޑު ބޮޑު ،އަހަރެންގެ އުފަން ދަރިއަކަށް ދޭން ބޭނުންނުވާ ގެއްލުމެއް ކިހިނެއް އަލީޒާގެ ދަރިފުޅަށް ދޭނީ ، އެއީ  އެއްވެސް ކުށެއް ނެތް ކުއްޖެއް ، އޭނާއަށް ދެރައެއް ލިބޭ ކަމެއް ކޮށްފައި އަހަރުމެންނަށް އޮންނީ ކޮން އުފަލެއް ” އީލާމް ބުނި ވާހަކައަށް އަބީ ވިސްނާލަން ހުރުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައެވެ.

އޮފީސް ހުޅުވުމާއެކު އީލާމް އޭނާ ބޭނުންވާ ގޮތަށް ވަކީލުންނާއި ވާހަކަ ދައްކަމުން ދިޔައެވެ. ބައެއް މަޝްވަރާތަކުގައި އަބީ އުޅުނެއް ކަމުގައި ވިޔަސް އަބީ މި ކަމަށް ސަމާލުކަން ނުދޭކަން އީލާމްއަށް ފާހަގަވިއެވެ. އީލާމް އޭނާގެ ކެބިން އަށް ނުވަދެ މީޓިންގް ރޫމްގައި މަސަތްކަތް ކުރަމުން ދިޔައީ ކެބިން އަށް ވަންނަ ކޮންމެ ފަހަރަކު އޭނާއަށް ދިމާވި ހާދިސާ ލޯކުރިމަތިން ސިފަ ވަމުން ދާތީވެއެވެ. އަބީ އޭނާއަށް ދޭން ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭން ހުރީ ތައްޔާރަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ . ކޮންމެ ކަމެއްގައިވެސް އެ ކުރިމަތި ލަނީ ހިތްވަރާއިއެކުގައެވެ.ހަފްތާއެއްގެ ބުރަ މަސަތްކަތުން އީލާމް ބޭނުންވާ ގޮތަށް އެގްރީމެންޓް ހަދާލެވުނެވެ. އަބީ އަށް ކިޔުމަށް ހަވާލު ކުރުމުން އަބީ އެއްފަހަރު ރަނގަޅަށް ކިޔާލީ އީލާމްގެ އެދުމުގެ މަތިންނެވެ. ” އީލާމް އަދި އެއްފަހަރު ވިސްނާލަން ރަނގަޅު ، މީގަ ސޮއި ކުރުމަށްފަހު ދެނެއް ބަދަލެއް ނުކުރެވޭނެ” އަބީ މަސަތްކަތް ކުރަމުން ދިޔައީ އީލާމް އަށް ވިސްނަ ދެވޭތޯއެވެ. ނަމަވެސް އީލާމް ގެ ހިތުގައި ވާއެއްޗެއް އެހެން މީހުންނަށް ނުވިސްނޭފަދައެވެ. އަބީ ގެ ދަރިޔަކު އަލީޒާގެ ބެލުމުގެ ދަށުގައި ހުރެގެން ، ރަނގަޅަށް ބެލިދާނެ ކަމާއި މެދު އީލާމް އަށް ޝައްކެވެ. އެހެންކަމުން އޭނާ ބޭނުންވަނީ އެ ކުއްޖާ ރަނގަޅު މާހައުލެއްގައި ބަލާ ބޮޑު ކުރާށެވެ. އީލާމް ބޭނުންވާ ގޮތް އަބީއަށް ހާމަކޮށްލިއެވެ.

އޯޝަން ރެޒިޑެންސްއަށް އީދެއް އައި ފަދައެވެ. އީލާމް އޭނާގެ ކޮޓަރިތެރެއިން ޖެހިގެން އިން ގެސްޓް ރޫމް އަށް ވަދެވޭ ގޮތަށް ކޮޓަރިއަށް ބަދަލު ގެނެއުމަށް އަބީ އާއި މަޝްވަރާކުރަމުން ދިޔައެވެ. އަބީވެސް ދުވަހެއް ދުވަހަކަށް ދަރިފުޅު އަންނަން އުޅޭތީ ދެކެމުން ދިޔަ ހުވަފެންތައް ގިނަވިއެވެ.އީލާމް ބޭނުންވާ ގޮތަށް ކޮޓަރިއަށް ބަދަލު ގެނެއުމަށް މަސަތްކަތް ކޮށްދޭ މީހުންނާއި މަޝްވަރާ ކުރަމުން ދިޔައެވެ. ދެހަފްތާ ތެރޭ ގެއަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ނިމުނުއިރު އީލާމް އޭނާ ބޭނުންވި ގޮތަށް ފަރުނީޗަރު ކޮޓަރިތެރޭ އަތުރާލިއެވެ. އީލާމް އާއި މެހެރޫ ކުޑަކުދިންގެ އެއްޗެހި ވިއްކާ ފިހާރަ ތަކުން ބޭނުންވާނޭ އެއްޗެހި ގަންނަމުން ދިޔައިރު ލިބެން އުޅެނީ ކޮންކަހަލަ ކުއްޖެއްކަމެއްވެސް ނޭނގެއެވެ. ނަމަވެސް އެ މީހުންގެ ހިތުގައި ވަނީ އެ ކުއްޖާއަށްޓަކައި ފުން ލޯބެއް އުފެދިފައެވެ. ” އަބީ ރީތި ތަ ؟ އީލާމް ގަނެގެން ގެނައި އެއްޗެހި ނަގާ އަބީ އަށް ދައްކަމުން ދިޔައެވެ. އަބީ ހިނިތުންވެލުމަށްފަހު އީލާމް އާއި ބައިވެރި ވެލުމުގެ ގޮތުން ހެދުމެއް ނަގާ ފާޑު ކިޔަމުން ދިޔައެވެ. ” އީލާމް ، މިއުޅެނީ ރާއްޖެ ކުއްޖެއް ވަޒީފާއަށް ވައްދަން ، ކިހިނެއް ވާނި ؟ އީލާމްއަށް އިވުނީ ރަނގަޅަށް ހެއްޔެވެ. އޭނާ އަމިއްލައަށް ހިތާ ހިތުން ކިޔާލެވުނެވެ.

-ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xeesh

Level 110 Stories

Other Articles

Previous

އިންތިޒާރު ކުރި ލޯބި (14)

Next

ބިކަވި ހަޔާތް (2)

Next
October 19, 2017

ބިކަވި ހަޔާތް (2)

Previews
October 19, 2017

އިންތިޒާރު ކުރި ލޯބި (14)

8 Comments!

  1. Shy shy says:
    October 19, 2017 at 10:30 pm

    Hii furathama dhwww so happy

    1. Xeesh says:
      October 23, 2017 at 8:01 pm

      Thanks 🙂 And yes you are first Shy Shy 🙂

  2. mannu says:
    October 20, 2017 at 12:24 am

    Eelaam haadha haa rangalhey eleezaa ge dharifulhu rangalhu gothugaa balaa bodu kurey…. V salhi story dhaagoth muhaaru v inthizaaru kurevey vaahaka upload vaa dhuvahakath keep it up…..hama obiness

    1. mannu says:
      October 20, 2017 at 12:25 am

      Eelaam haadha haa rangalhey eleezaa ge dharifulhu rangalhu gothugaa balaa bodu kurey…. V salhi story dhaagoth muhaaru v inthizaaru kurevey vaahaka upload vaa dhuvahakath keep it up…..hama obiness

  3. SJK says:
    October 20, 2017 at 4:25 am

    varah salhi vaahaka dhaagoih.. keep up the good works.. 🙂

    1. Xeesh says:
      October 23, 2017 at 8:02 pm

      Thanks SJK:)

  4. ♡♡♡♡♡ says:
    October 20, 2017 at 4:17 pm

    Varah salhi
    Keep on

    1. Xeesh says:
      October 23, 2017 at 8:03 pm

      Thanks 🙂

Comments are closed.

Next Episodeއީލާމް-16←


All Right Reserved!