Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-5

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
April 4, 2020 4 Mins Read
3 Comments

މިޝަލީގެ ކެބިން އަށް ރައިހާ ވަނީ ވަރަށް ބަލައިގެންނެވެ. މޭޒުގައި ފޯނާއި ފާސް ބާއްވާލުމަށްފަހު ރައިހާ ވަށައިގެން ނަޒަރު ހިންގާލިއެވެ. ކޮޓަރީގެ އެއްކަނެއްގައި ވޯކް ޓޭބަލް އަކާއި ކޮމްޕިއުޓަރެއް ބެހެއްޓިފައިވާއިރު ފާރާއި ޖައްސާފައި ދެ ފޮތް ހަރުގަނޑު ބަހައްޓާފައި ވެއެވެ. އޭގެ އިތުރުން އިތުރު ލޮކާ ކަބަޑެއް ބެހެއްޓިފައި ހުއްޓެވެ.

ރައިހާ ފުރަތަމަވެސް ގާތްވެލީ ކޮޓަރީގެ ދެފަރާތުގައި ބެހެއްޓިފައިވާ ފޮތް ހަރުގަނޑުން އެއްހަރުގަނޑުގެ ކައިރީއެވެ. އެކި ފައިލް ތަކުގެ ގަނޑުތައް އުކަމުން ދިޔައިރު ރައިހާ މަސައްކަތް ކުރަމުން ދިޔައީ މިޝަލީއާއި ދެކޮޅަށް އޭނާ އަށް ހެއްކެތް ލިބޭތޯއެވެ.

ދެހަރުގަނޑުގައި ބެހެއްޓިފައިވާ އެތައް ފައިލެއް ބެލިނަމަވެސް ރައިހާގެ އުންމީދަށް ވާސިލް ވާނެ އަލި މަގެއް ނުފެނުނެވެ. އެންމެ ފަހު ފައިލް ހަރުގަނޑުގައި ބެހެއްޓުމަށްފަހު ދާން ހިނގައިގަތް ރައިހާގެ ލޮލުގައި އަޅައިގަތީ ލޮކާ ކަބަޑެވެ. ކަބަޑުގެ ދޮރުގައި ހިފާލުމުން ތަޅުލައިފާ ހުރިކަން އެނގުމުން ރައިހާ މާޔޫސްވާގޮތް ވިއެވެ. ނަމަވެސް މިޝަލީގެ ވޯކް ޓޭބަލްގައި އޭނާގެ ސައިޑް ބޭގް ހުރިކަން ހަނދާން ވުމުން ރައިހާ އެދިމާއަށް ދިޔައެވެ.

ކޮންމެ ވަގުތަކު ވެސް މިޝަލީ ކެބިންގެ ތެރެއަށް ވަދެދާނެ ކަމުގެ ބިރު ބޮޑުވުމުން ރައިހާ ބެލީ އޭނާގެ މަސައްކަތް އަވަސް ކުރެވޭތޯއެވެ. މީހެއްގެ ގަޔަށް ގަސްދުގައި ކޮފީ ތައްޓެއް ވަރާލުމަށްފަހު އޭނާގެ ކެބިން އަށް ސިއްރުންވަދެ ހުއްދަ ނުހޯދާ އެއްޗިއްސާ ބެހުމަކީ ރައިހާ ހުވަފެނުގައިވެސް ކުރަން ގަސްދު ކުރި ކަންކަމެއް ނޫނެވެ. ނަމަވެސް ކައިލް ވެއްޓެމުން އެދާ އަނދަވަޅުން ސަލާމަތް ކޮށްދެވޭނެ އިތުރު ގޮތެއް ރައިހާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

މިޝަލީގެ ދަބަސް ހާވަމުން ދަނިކޮށް ތަޅުދަނޑި ފައްޗެއް ރައިހާގެ އަތުގައި ޖެހުނެވެ. އަވަސް އަވަހަށް ތަޅުދަނޑި ހިފައިގެން އައިސް ކަބަޑުގެ ތަޅަށް ލައްވާލިއިރު އެއީ ރަނގަޅު ތަޅުދަނޑިއަށް ވުން އެދި ރައިހާ އަށް ދުޢާ ކުރެވެމުން ދިޔައެވެ.

ރައިހާގެ މޫނު އުޖާލާވެގެން ދިޔައީ ކަބަޑުގެ ދޮރު ހުޅުވިގެންދިޔުމުންނެވެ. ކަބަޑުގެ ދޮރުފަތް ބޮޑަށް ފޭކޮށް ލުމަށްފަހު އެތެރެ ބަލަލައިލިއިރު ކަބަޑުގައި ތިން ހަރުފަތް ލެވިފައި ހުއްޓެވެ . މަތީ ދެހަރުފަތް އެކީ ކަހަލަގޮތަކަށް ފޮތްތަކާއި ގަނޑުތަކުން ފުރިފައިވާ އިރު އެންމެ ތިރީ ވަތްގަނޑުގައި ވަކިން ސިޓީ އުރައެއް ބާއްވާފައި އޮތެވެ . ކަބަޑުގައި ވަކިން އެހާ ރައްކާތެރިކޮށް ބާއްވާފައި އޮންނާނީ ޚާއްސަ އެއްޗެއްކަމުގައި ރައިހާ އަށް ޤަބޫލު ކުރެވުނެވެ.

މަޑު ބިސްކުލައިގެ އޭފޯ ސައިޒަށްވުރެ ކުޑަކޮށް ބޮޑު އެކަރުދާސް އެންވެލޮޕް ނެގުމަށްފަހު ރައިހާ އޭގެ އެތެރޭގައި ހުރި ގަނޑުތައް ނެގިއެވެ. ގަނޑުތަކަށް ބަލާލުމުން އެއީ މީހަކާއި ވެވިފައިވާ އެއްބަސްވުމެއްކަން އިނގެން ހުއްޓެވެ. ޞަފްހާ އަކަށްފަހު ޞަފްހާއެއް ކިޔަމުންދިޔަ ރައިހާގެ މޫނު މައްޗަށް ހިނދުކޮޅެއްގެ ތެރޭ ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ.

ހަމަ އެވަގުތެވެ.. މިޝަލީ ކޮންމެވެސް މީހަކާ ވާހަކަ ދައްކާ އަޑު ކަންފަތުގައި ޖެހުމުން ރައިހާ އަވަސްވެގަތީ އެ ހުރި އެއްޗެއް ހުރިތަނަކަށް ލުމަށެވެ. ގަނޑުތަކާއެކު ސިޓީ އުރަ ކަބަޑު ތެރެއަށްލުމަށްފަހު ދޮރުތަޅުލާފައި ތަޅުދަނޑި ދަބަހުގެ ތެރެއަށް ލިޔެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ކެބިން އިންނިކުމެގެން އައެވެ. ރައިހާ އަށް ކެބިން އިން ނިކުމެވުނީ ހަމަކިރިޔާއެެވެ..އޭރު މިޝަލީ އެހިސާބާއި އަރާ ހަމަވަނީއެވެ.. އޭރު މިޝަލީ ހުރީ އާ ހެދުމެއް ލައިގެންނެވެ. ރައިހާ ފެނުމާއެކު މިޝަލީގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ތުން އަނބުރާލުމަށްފަހު އޭނާގެ ކެބިން އާއި ދިމާއަށް މިސްރާބު ޖެހިއެވެ.. ކަމެއް ވީކަމަށް ނަހަދާ ރައިހާވެސް ހިނގައިގަތީ އޭނާގެ ކެބިން އާއި ދިމާއަށެވެ.

ކެބިންއަށް ވަދެ ވުމާއެކު ހަށިގަނޑުގެ ވަރުދޫކޮށްލަމުން ގޮނޑީގެ ތެރެއަށް ރައިހާ ވެއްޓިގަތެވެ.. ކަނާ އަތުން ނިއްކުރީގައި ހިފަހައްޓާލީ ބޮލުގެ ރިހުން ހައްތަހާ ގަދަވާހެން ހީވުމުންނެވެ.

އެންވެލޮޕްގައިވާ އެއްބަސްވުން ކީ ހިސާބުން ރައިހާގެ ހަމަޖެހުން ގެއްލިއްޖެއެވެ. އެ އެއްބަސްވުމަކީ މިޝަލީ އާއި އެހެން ސައިކޮލޮޖިސްޓަކާއި ދެމެދު ވެވިފައިވާ އެއްބަސް ވުމެކެވެ.
އެއްްބަސްވުމުގައި ވަނީ ކައިލްގެ ބަލިހާލަތު އޮޅުވާލުމަށް ޝަރުތުކޮށްފައެވެ. އަދި އެގޮތަށް އަމަލު ކޮށްފިނަމަ ފަސް ލައްކަ ރުފިޔާ ދިނުމަށް މިޝަލީ އެއްބަސްވެ ސޮއި ކޮށްފައިވެއެވެ.

ދެން ރައިހާގެ ވިސްނުން ދަތުރުކުރީ އެގޮތް ނޭނގޭ ސައިކޮލޮޖިސްޓާއި މެދުއެވެ.. އެފަދަ އެއްބަސްވުމެއް އެކުލަވާލެވޭނީ މަރުކަޒުގައި މަސައްކަތް ކުރާ މީހަކާއި އެކުއެވެ.. ސަބަބަކީ މަރުކަޒުގެ ބަލިމީހުން ޓެސްޓުކޮށް ނަތީޖާ ހޯދާނީ މަރުކަޒުގައި މަސައްކަތް ކުރާ ސައިކޮލޮޖިސްޓުންކަން މަރުކަޒުގައި ހޭދަ ކުރި މަދު ދުވަސްކޮޅުގެ ތެރޭގައި ރައިހާއަށް އިނގިފައިވެއެވެ.

އެވަގުތު ސިކުނޑިއަށް އައި ވިސްނުމާއެކު އަވަސް ހަރަކާތާ އެކު ރައިހާ އޭނާގެ ކޮމްޕިއުޓަރު ހުޅުވާލިއެވެ. އަދި މަރުކަޒުގައި މަސައްކަތް ކުރާ ސައިކޮލޮޖިސްޓުންގެ ނަންތައް ބަލަން ފެށިއެވެ. ނަންތައް ބަލަމުން ދިޔަތާ ފަސް މިނެޓު ފަހުން އެއްބަސް ވުމުގައި ލިޔެފައިވާ ނަން ރައިހާ އަށް ފެެނުނެވެ. ނަމަށް ފިތާލުމާއެކު އޭނާގެ މައުލޫމާތު ލިބިގެން ދިޔައެވެ..

ސައިކޭޓްރިސްޓް ޑރ. އައިޝަތު ޖޫނީ ޖައުފަރު ލިޔެފައިވާ ނަމުގެ ދަށުގައި ވޯކްޑް ފްރޮމް 2017 ޓު 2019 ޖަހާފައި ވުމުން އެއީ މިހާރު މަރުކަޒުގައި މަސައްކަތް ކުރާ ފަރާތެއް ނޫންކަން އިނގިގެން ދިޔައެވެ.

ޖޫނީގެ ނަންބަރު ފެނުމާއެކު ރައިހާ ބޭނުންވީ އެއްބަސް ވުމުގައި އޮތް ގޮތަށް އޭނާ ޢަމަލު ކުރިތޯ ޔަޤީން ކުރާށެވެ..
********

މަސައްކަތް ނިންމާފާ ގެޔަށް ދިޔަ މަގުމަތީ ރައިހާ އާ ސިމެއް ގަތެެެވެ. ގެޔަށް ވަދެވުމާއެކު އަވަސް ހަރަކާތާއެކު ފޯނަށް ސިމް ލައްވާލުމަށްފަހު މިޝަލީގެ ނަމުގައި ނަންބަރަށް މެސެޖު ކޮށްލިއެވެ.

އިރު އިރުކޮޅާ ރައިހާއަށް ފޯނަށް ބަލައިލެވެނީ ޖޫނީގެ ޚަބަރެއް ވޭތޯއެވެ. ނުނިދި އޮތް ރައިހާގެ ސަމާލުކަން ދެވުނީ ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުންނެވެ.. ބަލައިލި އިރު ގުޅަނީ ނުދަންނަ ނަންބަަރަކުންނެވެ. ފޯނު ނެގުމަށްފަހު ލަސްލަހުން ކަންފަތުގައި ފޯނު ޖައްސާލިއެވެ.

“ހެލޯ މިޝަލީ” އެކޮޅުން އިވިގެން ދިޔައީ އަންހެނެއްގެ އަޑެކެވެ. ވާހަކަ ދެއްކި ރާގުން ހީވަނީ ކޮންމެވެސް ކަމަކާއި ކެތްމަދު ވެފައިވާހެންނެވެ.

“އަހަރެން ހާދަ މަސައްކަތެއް ކޮށްފީމޭ މިޝަލީ އާއި ގުޅަން..މި ނަންބަރ ބަދަލު ނުކޮށް މި އޮތީވެސް މިޝަލީ ގުޅާފާނެތީ.. ލާރި ހަމަޖެހުނީމަތަ ތިގުޅީ؟” ސުވާލުގެ ޖަވާބު ނުލިބުމުން އަނެއްކާވެސް ޖޫނީ ވާހަކަ ދައްކަން ފެށިއެވެ. “ލުކް ޔޫ ކާންޓް ޑިޗް މީ އިނގޭ.. އަހަރެން އެގްރީމެންޓް ވެސްހެދީ މިފަދަ ކަަަމަކަށް ތައްޔާރު ވެގެން. އައި ޑިޑް ވަޓް ޔޫ އާސްކްޑް.. އަހަރެން ކައިލް ގެ ރިކޯޑުތައްބަދަލުކޮށް ނުވިތާކަށް ބޭސްތަކުގެ ޑޯސޭޖް ވެސް އިތުުރުކުރިން. އަދި ކަލޭގެ ޕޭޝަންޓަކަށް އޭނާ ހަދަން ވެގެންއަހަރެން ވަޒީފާވެސްދޫކޮށްލީ.. ސޯ ޑޯންޓް އީވެން ތިންކް އޮފް ބިޓްރޭއިންގް މީ”.. މިފަހަރު ޖޫނީގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.

އިވެމުން ދިޔަ ވާހަކަތަކާއެކު ރައިހާ ހުރީ ޖެހި ބުދެއްހެން ގަނޑުވެފައެވެ.. ނޭވާވެސް އެތެރެ ހަށީގައި ތާށިވެފައިވާފަދައެެވެ. ޖޫނީ ހަލޯ އޭ ކިޔާލުމާއެކު ރައިހާދިޔައީ ސިއްސައިގެންނެވެ.ހޭވެރިކަން ލިބި އަވަހަށް ފޯނު ކަނޑާލުމަށްފަހު ސިމް ނެގިއެވެ.. ހުރިހާ ހަޤީޤަތެއް އަޑުއިވުމަށްފަހު އިތުރަށް އަޑުއަހާނެ ވާހަކައެއް އޮންނާނެހެއްޔެވެ؟
**********

ހެނދުނު މަރުކަޒަށް އައި ގޮތަށް ރައިހާ އަވަސް ވެގަތީ ފާތުމް އާއި ބައްދަލު ކުރާށެވެ.

ލޮލުގައި އަޅާފައިވާ އައިނު ރަނގަޅު ކޮށްލަމުން ކެބިންގެ ތެރެއަށް ވަދެގެން އައި ރައިހާ އަށް ފާތުމް ބަލައިލީ ހައިރާންކަމުގެ ނަޒަރަކުންނެވެ.

“އަޅުގަނޑު މިއައީ ޚިޔާލެއް ހުށައަޅަންވެގެން..” ރައިހާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ފެންނަމުން ދިޔައެވެ. ނަމަވެސް ރައިހާގެ ހުށައެޅުން ކާމިޔާބު ވެއްޖެނަމަ ކައިލްގެ އިތުރުން އެތައް ބަލިމީހުންނަކަށް ފައިދާ ލިބޭނެ ކަން އޭނާ އަށް ޔަޤީނެވެ.

އަތުގެ އިޝާރާތުން ވާހަކަ ކުރިއަށް ގެންދިޔުމަށް ފާތުމް އެދުނެވެ.

“އަޅުގަނޑަށް އިނގޭ އަދި މިވަޒީފާ އަށް އަޅުގަނޑު އާކަން.. ނަމަވެސް އަޅުގަނޑު ހުށަ އަޅަން މިއުޅޭ ކަމަކީ ވަރަށް ގިނަ ގޮތްގޮތުން ވިސްނާފަ ހުށައަޅާ ހުށައެޅުމެއް.. އަޅުގަނޑު ބޭނުންވަނީ ސިވިއާ މެންޓަލް ޑިސްއޯރޑާސް އަށް ޑައިގްނޯޒްޑް ވެފައި ތިބި ފަރާތްތަކުގެ ޓެސްޓުތައް އަލުން ރިވިއު ކުރަން. އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކޭސް ތަކުގެ މެޑިކޭޝަން ބަދަލުކުރަން.” ރައިހާ އޭނާގެ ހުށައެޅުން ފާތުމް އާއި ހިއްސާ ކުރިއެެެވެ..

ރައިހާގެ ވާހަކަތައް އަޑު އަހަން އިންް ފާތުމްގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ.

” ރައިހާގެ ތިވާހަކަތަކުންވެސް އެބަ ދޭހަވޭ މިރޮނގުގައި ރައިހާގެ ޝައުޤުވެރިކަން ހުރި މިންވަރު..” އަޅުގަނޑަށްވެސް ހީވަނީ ތިއީ ރަނގަޅު މަސައްކަތަކަށް ވާނެހެން.. އެކަމަކު ތިދެއްކީވަރަށް ބޮޑު މަސައްކަތެއްގެ ވާހަކަ..ތިކަމާ ވިސްނާފަ ހުރިހާ ސައިކޮލޮޖިސްޓުން އަދި ސްއިކޭޓްރިސްޓުންނާއި އަޅުގަނޑު ބައްދަލު ކުރާނަން” ފާތުމް ދިން ޖަވާބު ވެގެން ދިޔައީ ރައިހާ ހިތްހަމަޖެހުނު ޖަވާބަކަށެވެ.
*********

ހަވީރުގެ ވަގުތެވެ.. ސްޕީޗް ތެރަޕީ ގެންދެވުނު އެންމެ ފަހު ޕޭޝަންޓް ތެރަޕީ ރޫމް އިން ނިކުމެގެން ދިޔުމުން ރައިހާވެސް އެތަނުން ނިކުމެ ބެލްކަނި ކޮރިޑޯގައި މަޑު ކޮށްލީ ބޭރު ފެންނާނެ ހެންނެވެ.

ބެންޗުގައި އެކަނި މާއެކަނި ކައިލް އިންތަން ފެނުމުން ރައިހާ އަށް ހިނިތުންވެލެވުނެވެ. ކައިލް ފެނުމުން ރައިހާގެ ހިތަށް ހިތްހަމަޖެހުން ލިބިގެންދެއެވެ.. އެ މޫނުން ފެންނަ ކޮންމެ އަސަރެއް ސިކުނޑީގައި ރިކޯޑުކުރެވެމުން ދާކަހަލައެވެ.

ސިޑިން ފައިބައިގެން އައި ރައިހާ ބިންމަތީގައި އޮތް ދެ ބެޑްމިންޓަން ރެކެޓާއި މާ ހިފައިގެން ހިނގައިގަތީ ކައިލް އާއި ދިމާއަށެވެ.

ޚިޔާލުތަކުގެ ތެރޭގައި ދާނެ އައްސޭރިއެއް ނެތި ގެނބެމުން ދިޔަ ކައިލްއަށް ސިހުންގެނުވީ މޫނުމަތިން އެއްޗެއް ހުރަސްކޮށްލުމުންްނެވެ.. އޭރު ފުޅާ ހިނިތުން ވުމަކާއެކު އަންހެންކުއްޖެއް ދެ އަތަށް ދެ ބެޑް މިންޓަން ރެކެޓު ލައިގެން އޭނާގެ ކައިރި ހުއްޓިގެން ހުއްޓެވެ.

“އަހަންނާއެކު ބެޑްމިންޓަން ކުޅެން ހިނގާބަލަ.. މިގަޑީގެ ކުރާނެ ކަމެއް ނެތީމަ ވަރަށްފޫހި” ރައިހާ ބެލީ ވީހާވެސް އެކުވެރި ކަމާއެކު ކައިލްއާއި މުޚާތަބު ކުރެވޭތޯއެވެ.

ކައިލް ރައިހާ އާއި ދިމާ އަސަަރެއް ނެތް ގޮތަކަށް ބަލާލުމަށްފަހު ހިނގައިގަތީ އެތަނުން ދާށެވެ.

“ކުޅެން ނޭނގެންޏާ އަހަރެން ދަސްކޮށްދީފާނަމޭ”
ކައިލް އޭނާގެ ލޯކުރިމަތިން ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ފުރަގަސްދީ ހިނގައިގަތް ކައިލް އަށް އަޑު އިވޭނެހެން ތަންކޮޅެއް ބާރަށް ރައިހާ ބުންޏެވެ.. ނަމަވެސް ކައިލްގެ ހިނގުން ދިޔައީ މަޑުޖެހުމެއް ނެތި ކުރިއަށެވެ.

” އަހަންނަން އިނގޭ ކައިލް އަށް ދެވެނީ ރަނގަޅު ބޭސްތަކެއް ނޫންކަން.. އަހަަންނަށް އނގޭ މިކަމުން ކައިލް ސަލާމަތް ވާނެ ގޮތް..” އަޑުގެ ކޮޅަށް ރައިހާ ގޮވާލިއިރު އޭނާގެ ކަރުގައިވެސް ރިއްސަމުން ދިޔައެވެ.. އޭރު ރައިހާ އާއި ކައލް އާ ދެމެދު ވިހި ވަަރަކަށް ފޫޓުގެ ދުރުމިން ހުންނާނެއެވެ.

އުނދަގުލުން ހިންދިރުވާލި ރައިހާގެ މޫނުމައްޗަށް އުޖާލާކަން ވެރިވީ އެހުރި ފިޔަވަޅު މަތީ ކައިލް ހުއްޓުމުންނެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ލޯ ފޮހެލާދޭށެ މަގޭ 2

Next

ތީ އޭ އުފަލަކީ…(2)

Next
April 4, 2020

ތީ އޭ އުފަލަކީ…(2)

Previews
April 4, 2020

ލޯ ފޮހެލާދޭށެ މަގޭ 2

3 Comments!

  1. Wonder says:
    April 4, 2020 at 10:33 pm

    Hi readers..here is the 5th part of the story..Hope u’ll will enjoy reading.. gud night?❤

  2. Liyaa says:
    April 5, 2020 at 7:58 am

    Reethi gothakae falha aruvaalaathi thi foni miishalee ge kanthae

  3. Wonder says:
    April 5, 2020 at 4:02 pm

    thank u for the comment liyaa. let’s c dhw mishaly ah vany kihineh kan. ?

Comments are closed.


All Right Reserved!