Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-4

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
April 2, 2020 4 Mins Read
1 Comment

ކައިލް އަތުލަފިކޮށްގެން ދެމުވައްޒަފުން ހުރި އިރު މިޝަލީ ކުރީގައި ހުރެގެން ހިނގައިގަތީ ލިފްޓާއި ދިމާއަށެވެ. އޭރު އެދެމީހުންގެ އަތުން ވީއްލިގެން ދިޔުމަށް ކައިލް ގަދަ ހަދަމުން ދިޔައެވެ. އެމީހުން ކުރަން އެއުޅޭ ކަމެއް ހޯދުމުގެ ޝައުޤުވެރިކަން ރައިހާގެ ހިތުގައި އުފެދުނެވެ. ކައިލް ގޮވައިގެން ތިންމީހުން ލިފްޓަށް ވަދެ ދޮރު ލެއްޕުމާއެކު ރައިހާ މަޑުމަޑުން އައިސް ލިފްޓާއި ކައިރި ވެލިއެވެ. ބޭނުމަކީ މިޝަލީ ކައިލް ގޮވައިގެން ދަނީ ކޮން ފަންގިފިލާ އަކަށްތޯ ބެލުމެވެ.

ލިފްޓު ގޮސް ފަސްވަނަ ފަންގިފިލާ އަށް ހުއްޓުނުކަން ލިފްޓުގައި ހުރި ތީރު ތަކުން ދެއްކުމުން ރައިހާވެސް އަވަސް ވެގަތީ ފަސްވަނަ ފަންގިފިލާއަށް ދިޔުމަށެވެ. ލިފްޓު ތިރިއަށް އަންނަން ނެގި ހިނދުކޮޅުވެސް ރައިހާ އަށް ހީވީ އެއްގަރުނު ވީހެންނެވެ. ލިފްޓު ތެރޭގައި ހުރި އިރުވެސް ހާސް ކަމާއެކު ދެކޮޅަށް ހިނގާލެވެއެވެ. ފަސް ވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓި ރަނގަޅަށް ދޮރު ނުހުޅުވެނީސް ރައިހާ ބޭރަށް ނިކުމެއްޖެއެވެ. ދެފަރާތް ހޯދާ ބަލާލީ ކައިލްގެ އެއްވެސް ނިޝާނެއް ވޭތޯއެވެ.

މަރުކަޒުގެ ފަސްވަނަ ފަންގިފިލާ އަކީ އެކި ކަހަލަ ތެރަޕީ ކުރިއަށް ގެންދިއުމަށް ހާއްސަ ކުރެވިފައިވާ ފަންގިފިލާއެކެވެ. ގިނަ ރޫމް ތަށް ބިއްލޫރި ބޭނުންކޮށްގެން ހެދިފައިވާ އިރު ސައުންޑް ޕްރޫފް ކުރެވިފައިވެއެވެ. އެކި ކޮޓަރިތަކަށް ނަޒަރު ހިންގަމުންގޮސް ރައިހާ އަށް މަޑުކޮށްލެވުނީ ބޮޑު އަކުރުން އީސީޓީ ޖަހައިފާވާ ދޮރެއްގެ ކުރިމަތީއެވެ.

އެ ކޮޓަރިން ކައިލް ފެނުމުން ދޮރާކައިރީގައި ރައިހާ ހުއްޓިލީ އެތެރޭގައި ތިބި އެއްވެސް މީހަކަށް ނުފެންނާނެހެންނެވެ. އީސީޓީ އަކީ ސްކިޓްސި ފްރީނިއާ ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ތެރަޕީއެއް ނަމަވެސް މިގަޑީގައި ކައިލް އެ ކޮޓަރިއަށް ގެނެވުމުން ރައިހާގެ ހިތުގައި ނުބައި ވަސްވާސްތައް އެނބުރެން ފެށިއެވެ. އެހެން ކަމުން އެ ކޮޓަރި ތެރޭގައި ހިނގާ ހުރިހާ ކަމެއް ރައިހާ އިނގެން ބޭނުން ވިއެވެ.

މެޝިނަކާއި ގުޅުވާފައިވާ ދެ އިލެކްޓްރޯޑް ހިފައިގެން އައިސް މިޝަލީ ކައިލް ގެ ނިއްކުރީގެ ދެފަރާތުގައި ތަތް ކޮށްލިއެވެ. އޭރު މިޝަލީގެ ކައިރީގައި ތިބި ދެފިރިހެން މުވައްޒަފުން ކައިލް ގެ އަތާއި ފައި ނުގުޑުވޭނެހެން ބަނދެލައިފިއެވެ. ދެން މިޝަލީ ނެގީ ތިންވަރަކަށް އިންޗީގެ ފިލާކޮޅެކެވެ. ގަދަ ހަދަ ހަދާ އޮތް ކައިލް ގެ ދެދަތްޕިލަ ދޭތެރެއަށް އެ ފިލާކޮޅު ވައްދާލިއެވެ. އެއަށްފަހު މެޝިންގެ ފިއްތަކަށް އޮބާލިއެވެ. އެސިކުންތުގައި ކައިލް މަރަށް ތެޅޭހެން ތެޅެން ފެށިއެވެ. މުޅި ގަޔަށް އައްސިގަނޑެއް އަރާފައިވާއިރު ކަރުގެ ނާރުތަށް ވަނީ ފުފިފައެވެ. ދެދަތް ޕިލަ ޖައްސާ ބާރުކޮށްގެން އޮތް އިރު ސިކުނޑިއަށް ފޮނުވަމުންދާ އެލެކްޓްރިކް ކަރަންޓު ތަކަށް ކެތްނުކުރެވޭކަން އިނގެއެވެ.

ކޮޓަރިން ފެންނަމުންދާ މަންޒަރުތައް ބަލަން ރައިހާ އަށް ހުރެވުނީ އަނގަމަތީ އަތް އަޅައިގެންނެވެ. ހޭ ނުނައްތާ އީސީޓީ ދޭން ނުވާނެކަން ރައިހާ ދަނެއެވެ. އެހެން ކަމުން މިފެނުނު މަންޒަރުން ރައިހާއަށް ހުރެވުނީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ.

މިނެޓެއްހާއިރު އެގޮތުގައި ހޭދަ ވުމަށްފަހު ކައިލްގެ ހަރަކާތްތައް މަޑުމަޑުން ކެނޑެން ފެށިއެވެ. އެ މަންޒަރު ބަލަން ހުރުމަށްފަހު މިޝަލީ މެޝިން ނިއްވާލިއެވެ. އަދި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

އަވަސް ހަރަކާތަކާއި އެކު ރައިހާ ކޮޓަރިއާއި ޖެހިގެން ހުރިފާރާ އެޅި ނިވާވީ އެތާހުރިކަން މިޝަލީ އަށް އަންގަން އޭނާ ބޭނުންނުވާތީއެވެ. މިޝަލީގެ ފަހަތުން އޭނަ އާއި އެކު ދެން ތިބި ދެ މުވައްޒަފުންވެސް ނިކުތުމުން މަޑުމަޑުން ރައިހާ އަނެއްކާވެސް ކޮޓަރިއަށް ނަޒަރެއް ދިނެވެ. އަދި ލަސް ފިޔަވަޅުތަކެއްގައި އައިސް ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. އީސީޓީ ރޫމް އަކީ ހަމައެކަނި ސައިކޭޓްރިސްޓުން ބޭނުން ކުރާ ރޫމް އަކަށް ވާތީ އެތަނަށް ވަދެވޭނެ ފާހެއް ރައިހާގެ އަތަކު ނޯވެއެވެ.
ނަމަވެސް ތަޅުގައި ހިފާލުމުން ދޮރު ހުޅުވިގެން ދިޔުމުން ރައިހާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.

ކޮޓަރީގެ އެއްފަރާތުގައި ބެހެއްޓިފައި ހުރި އެނދުގައި ކައިލް އޮތް އިރު ނޭވާލުން ފިޔަވާ އެއްވެސް ހަރަކާތެއް ހަށިގަނޑަކުން ނުފެނެއެވެ. ރައިހާ އަށް ހިންދިރުވާލެވުނީ ކައިލް އޮތް ހާލު ފެނުމުންނެވެ. ދެ ލޯ ކައިރި ކަޅުވެފައި ވާއިރު މޫނު މަތީގައި ދާތިކިތައް ވިދަމުން ދިޔައެވެ. އެނދު ކައރީ ހުރި މޭޒުގައި އޮތް ޓިޝޫ ފޮޝިން ޓިޝޫއެއް ނެގުމަށްފަހު ފަރުވާތެރި ކަމާއެކު ކައިލްގެ މޫނުގައި މަޑު މަޑުން ހާކާލިއެވެ.
ރައިހާ ބޭނުންވީ މިޝަލީ ކުރަމުން މިދާ ކަންތަން މުޅި މަރުކަޒަށް ބޭޒާރު ކޮށްލާށެވެ. ނަމަވެސް އޭނާގެ އަތުގައި މިއިން އެއްވެސް ކަމަކަށް ހެއްކެތް ނެތްކަން އިނގުމުން ރައިހާގެ ހިތް ގެނބިގެން ދިޔައެވެ.

އީސީޓީގެ ޝޮކަށްފަހު ކައިލް ހޭ އަރާނެކަން ޔަޤީން ކުރަމުން ކޮޓަރިން ނިކުމެ ރައިހާ ލިފްޓަށް އެރީ އޭނާގެވެސް ނިންމަން ޖެހޭ ބައިވަރު މަސައްކަތްތައް ހުރުމުންނެވެ.
*********************

ރައިހާ ފަރިތަކަމާއެކު ކީބޯޑިން ޓައިޕް ކުރަމުން ދިޔައިރު މަސައްކަތް ކުރަމުން ދިޔައީ ގެޔަށް ދިއުމުގެ ކުރިން ހަނދަން ޖެހިފައިވާ ރިޕޯޓެއް ނިންމޭތޯއެވެ. ހަޤީޤަތުގައި މަސައްކަތަށް ދޭންޖެހޭ އެންމެ ފުރިހަމަ ސަމާލުކަމެއް މިރެޔަކު ރައިހާ އަކަށް ނުދެވުނެވެ. ސިފަވަމުން ދިޔައީ ކައިލް ތެޅެފޮޅެމުން ދިޔަ ގޮތެވެ. އޭނާގެ ކައިރީ ހުއްޓިލައިގެން ހުރި މިޝަލީގެ އަސަރެއް ނެތް މޫނުސިފަވާ ކޮންމެ ފަހަރަކު ރައިހާގެ ހިތަށް ރުޅިވެރިކަން ވަދެގެންދެއެވެ.

އެންމެފަހުން މަސައްކަތް ނިމުމުން ސޭވް އަށް ފިއްތާލުމަށްފަހު ކޮމްޕިއުޓަރު ނިއްވާލިއެވެ. އެހެންނަމަވެސް ގެޔަށް ދިޔުމުގެ ކުރިން ކައިލްގެ ޙަބަރު ފަހުފަހަރަށް ބަލާލަން ރައިހާ ބޭނުންވިއެވެ.

ދޮރުގައި ރައިހާ ކާޑު ޖައްސާލުމާއެކު ދޮރު ހުޅިވިގެން ދިޔައެވެ.މަޑު ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ވަދެ ނަޒަރު ހިންގާލުމުން އެނދުގައި ނިދާފައި އޮތް ކައިލް ލޮލުގައި އަޅައިގަތެވެ.. މަޑު މަޑުން ކައިލްގެ ގާތަށް ހުއްޓި ކަރުގެ އެއްފަރާތުގައި ޝަހާދަތް އިނގިއްޔާއި މެދު އިނގިލި ޖައްސާލަމުން ގަޑިއަށް ބަލައިލިއެވެ.

ކައިލްގެ ހިތުގެ ހިނގުން އާދައިގެ ވަރަށް ހުރުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ރައިހާ އަށް ބޭރުކޮށްލެވުނެވެ. އަދި މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު ބޭރަށްނިކުންނަން ހިނގައިގަތެވެ. ސިޑިން ފައިބައިގެން އައި އިރު ހުސްބިން ފެންނަނީ ފުދޭ ވަރަކަށް އަނދިރިކޮށެވެ. ބެންޗުކައިރީ ހުރި ހޮޅިބުރި ފިޔަވާ އިތުރު އަލިކަމެއް އެތާކު ނުވެއެވެ.

ގެއަށް ދިޔުމަށްޓަކައި އަވަސް ފިޔަވަޅުތަކުގައި މަރުކަޒުގެ ގޭޓާ ދިމާއަށް ހިނގައިގެން ރައިހާގެ ފިޔަވަޅުތައް މަޑުޖެހުނީ ގޭޓާއި ކައިރި ހުރި ދިއްގާގަހެއްގެ ކައިރިން މީހަކު ވާހަކަ ދައްކާ އަޑު އިވުމުންނެވެ. ކާކުތޯ ބަލާލުމަށް ކައިރި ވެލި ހިސާބުން އޭނާ ދައްކަމުން ދިޔަ ވާހަކަ ސާފުކޮށް ރައިހާ އަށް އިވިގެންދިޔައެވެ.

“އާންޓް ހާސްވާނެ ކަމެއްނެތް. މިހާރު ހުރިހާ ބާރެއް މިއޮތީ އަހަރެންގެ އަތުގަ. ދެން އޭނާގެ ހާލަތު ދާނީ ދުވަހެއް ދުވަހަކަށް ދައްވަމުން.. އޭނާގެ ދުވަސް ދާނީ އެއްވެސް މީހަކަށް ޝައްކުވެސް ނުކުރެވޭނެހެން.. ދެންވެސް އާންޓް ބަލާބަލަ ކައިލްގެ ބައްޕަގެ ފައިސާގަނޑު އަތުއަޅުވާލެވޭތޯ. އެއިން އެއްވެސް އެއްޗެއް ކައިލް އަށް ނުލިބޭނެކަން އަހަރެން ޔަޤީން ކޮށްދޭނަން..”

މިޝަލީ ފޯނުން ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވުމުން ރައިހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޑޮކްޓަރަކަށް ވެހުރެ ބަލިމީހަކަށް އެފަދަ ދެރައެއްދޭން ވިސްނަންވެދާނެ ހެއްޔެވެ؟ ފައިސާގެ ދަހިވެތި ކަމުގައި މީހެއްގެ ފުރާނައިން އަތްދޮވެލުމަކީ ކިހާ ފާފައެއް ހުރިކަމެއްކަން މީހުންނަށް ނުވިސްނެނީ ބާއެވެ؟
********************

ޖެހިގެން އައިދުވަހު މަރުކަޒަށްް އައި އިރު ރައިހާގެ ބޮލުގައި މަޑު ރިހުމެއް އުފެދިފައި ވިއެވެ. މިޝަލީ އާއި އޭނާގެ “އާންޓް” ގެ ރޭވުންތަކުން ކައިލް ސަލާމަތް ކޮށްދިނުމަކީ މިހާރު ރައިހާގެ އެންމެ ބޮޑު އަޒުމެވެ. ގޯސްކޮށް ކަމެއް ހިނގާކަން އެނގި ހުރެ ދެއަތް އުރާލައިގެން ހުރުމަކީ ރައިހާގެ ސިފައެއް ނޫނެވެ.

ކެންޓީނުން ކޮފީއެއް ހިފައިގެން ނިކުން ރައިހާގެ ލޮލުގައި އަޅައިގަތީ ބެންޗުގައި ހަމަޖެހިލައިގެން ފޯނާ ކުޅެން އިން މިޝަލީއެވެ. އެވަގުތު ރައިހާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލީ ސިކުނޑިއަށް ވެރިވި މޮޅު ޚިޔާލަކުންނެވެ.

އާދައިގެ ހިނގުމެއްގައި ރައިހާ ހިނގާފައި އައިީ މިޝަލީ އިށީނދެގެން އިން ބެންޗުގެ ފުރަގަހުންނެވެ. މިޝަލީ އިށީނދެގެން އިން ހަަމައާއި އަރާ ހަމަވުމުން އަތުގައި އޮތް ކޮފީ ތަށި އޭނާގެ ގަޔަށް ވަރާލިއެވެ.

“ވަޓް ދަ…” މިޝަލީ ފުންމައިގެން ތެދުވިގޮތުން ރައިހާ އަށް ބަނޑަށް ހީލެވުނެވެ.. ” ހައު ޑެއަރ ޔޫ.. މީ އަދި އަހަރެން މިއަދު އަަލަށް ލީ ހެދުމެއްް.” ކަކުލާ ހަމައަށް އަރާ ފިޔާތޮށި ކުލައިގެ ކޮކްޓެއިލް ޑްރެސް އަށް ނަޒަރެއް ދެމުން ރުޅިވެރި އަޑަކުން މިޝަލީ ބުންޏެވެ.

“އޫޕްސް..އައިމް ސޯ ސޮރީ..” ރައިހާގެ ފަޔަށް ބޭކެޑް ބީންސް ވެރުމުން މިޝަލީ ބުނި ބަސް ތަކުރާރުކޮށްލަމުން މޫނަށްވެސް ރައިހާ އެ ހަރަކާތް ވެރިކުރުވިއެވެ.

” ހުއް..ދެން މިޖެހުނީ ހެދުން ވެސް އެއްލައިލާކަންނު.. ފަޒާ ދޭބަ މި ފޯން އެންޑް ފާސް އަހަރެންގެ ކެބިންގަ ބަހައްޓަދެން.” މިޝަލީގެ ކައިރީ ހުއްޓިލި ޑރ. ފަޒާ އަށް އޭނާގެ ފޯނާއި ފާސް ހަވާލުކުރުމުން ރައިހާ އާއ ދިމާއަށް ވައްކަޅިން ބަލާލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. އެހިނދުން ރައިހާ އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފަން އޭނާ އަވަސްވެގަތެވެ.

“ފަޒާ ގެނޭ އަހަރެން އަތަށް ތި އެއްޗެހި.. އަހަރެން މިދަނީވެސް ކެބިން އަށް ދާންވެގެން. ދާއިރު ގެންދިޔައީމަ ފަސޭހަ ވާނެ އެންނު.” މިޝަލީ ފަޒާ އާއި ހަވާލު ކުރި ފޯނާއި ފާހަށް ނިސްބަތްކޮށް ރައިހާ ބުންޏެވެ.

ރައިހާގެ ނަސީބު ކިތަންމެ ހާވެސް ރަނގަޅެވެ.. ފަޒާ އުފަލާއެކު އެ ތަކެތި ރައިހާ އާއި ހަވާލުކުރިއެވެ. އަވަސް ހިނގުމުގައި ރައިހާ އިމާރާތުގެ ތެރެއަށް ހިނގައިގަތީ މިޝަލީ އައުމުގެ ކުރިން އޭނާ ކުރަން ރޭވި ކަންތައް ފުރިހަމަ ކުރުމަށެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

އަހަރެންގެ ވާހަކަ… 3 (ތިންވަނަބައި)

Next

މަޢާފް – ނަވާރަވަނަ ބައި

Next
April 2, 2020

މަޢާފް – ނަވާރަވަނަ ބައި

Previews
April 2, 2020

އަހަރެންގެ ވާހަކަ… 3 (ތިންވަނަބައި)

One Comment

  1. Wonder says:
    April 2, 2020 at 9:34 am

    Gud morning readers..here is the 4th part of the storyy . Any guess what’s gonna happen next??

Comments are closed.


All Right Reserved!