Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-1

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
March 27, 2020 2 Mins Read
12 Comments

މެންދުރުގެ ވަގުތުގައި ކާރުބާރު ބޮޑު މަޖީދީމަގުން އައި ކަޅުކުލައިގެ ޓެކްސީ ހުއްޓުނީ މާފަންނުގައި ހުރި ދިހަ ބުރީގެ އިމާރާތެއްގެ ކުރިމައްޗަށެވެ. ކާރުގެ ދޮރު ހުޅުވާލުމަށްފަހު ނިކުތީ ބަލާބެލުމަށް ފަންސަވީހަކަށް އަހަރުގެ ޒުވާން އަންހެންކުއްޖެކެވެ. އިސްކޮޅުން މާދިގުނޫނަސް ރީތި، ލޫޅާފަތި ކުއްޖެކެވެ. ލޮލުގައި އަޅާފައިވާ އަވި އައިނު މައްޗަށް ހިއްލާލުމަށްފަހު ކުރިމަތީގައި ހުރި އިމާރާތަށް ބަލާލިއިރު އެ ތުންފަތްމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. އަތުގައި އަޅުވާފައި އޮތް އަތްދަބަހަށް އައިނު ލުމަށްފަހު އެ އަންހެންކުއްޖާ ހިނގައިގަތީ އިމާރާތުގެ ތެރެއަށް ވަންނާށެވެ.
މުޅި ކާގެ އެއްވަސް ވެފައިވަނީ ކާއެއްޗެހީގެ މީރުވަހުންނެވެ. އަމީނާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ފިރިމީހާ އަހުމަދު މިސްކިތުން އަންނަން ވާއިރަށް ސުފުރާމަތި ތައްޔާރު ކުރެވޭތޯއެވެ. ގޭގެ އެކި ތަންތަނަށް ނަޒަރު ހިންގާލުމުން ފުދިގެން އުޅޭ ބައެއް ދިރިއުޅޭ ގެޔެއްކަން އިނގެން ހުރިނަމަވެސް އަމީނާގެ އިތުރުން ކެއްކުމުގައި އިތުރު މީހަކު ހަރަކާތް ތެރިވާތީއެއް ނުފެނެއެވެ. އަމީނާ އާއި އަހުމަދަށް ލިބިފައިވަނީ އަންހެންކުއްޖަކާއި ފިރިހެންކުއްޖެކެވެ. ދޮށީ ފިރިހެން ދަރިފުޅު ރަޔާޝް އަބަދުމެ ސިފައިންގޭގައި ވަޒީފާގައި އުޅޭތީވެ ގޭގައި ވަގުތު ހޭދަކުރެވެނީ ވަރަށް މަދުންނެވެ. ހަގު ދަރިފުޅު ރައިހާ ހުންނަނީ މެލޭޝިއާގައި ސައިކޮލޮޖީ ކިޔަވަން ގޮހެވެ.
އަމީނާގެ މަސައްކަތަށް ހުއްޓުމެއް ލިބުނީ ގޭގެ ބެލް ޖެހުނު އަޑަށެވެ. މިސްކިތްތަކުން ނަމާދުކޮށް ނިމުމަކަށް އައިސްފައި ނުވާތީވެ އޭނާގެ މޫނު މައްޗަށް ވެރިވީ ހައިރާންކަމެވެ. މޭޒުމަތީގައި އޮތް ތުވާލިން އަތް ފޮހެލުމަށްފަހު ގޮސް ދޮރުހުޅުވާލިއިރު އަމީނާ އަށް ލިބުނީ ކުޑަ ވަރެއްގެ ޝޮކެކެވެ.
“މަގޭ ދަރިފުޅާ” ދޮރުމަތީގައި ހުރި ހަގު ދަރިފުޅު ރައިހާ ގައިގާ އަމީނާ ބައްދާލިއިރު އުފަލުގެ ކޮޅެއްވެސް ނެތްފަދައެވެ. “ކޮން އިރަކު މާލެ އައީ؟ މަންމަ މެން ކައިރި ބުނެވެސް ނުލާ.” އަމީނާގެ ޝަކުވާތަށް އެއްފައްޗަކަށް އަމުނާލިއެވެ. ” މަންމަ މެންނަށް ސަޕްރައިޒެއް ދޭންވެގެންނޭ ނުބުނެ އައީ. އަޅުގަނޑު ގެޔަށް ފޮށިލާފައި އައިގޮތަށް މިގެޔަށް މިއައީ.” މަންމަ އަށް ހިނިތުންވުމެއް ބަދަލުކުރަމުން ރައިހާ ކިޔައިދިނެވެ. “ދެންވެސް އަޅުގަނޑު ދޮރުމަތީގައި ބަހައްޓަނީތަ؟” ތުންކޮޅު އޫކޮށްލާފައި ކުޑަކުއްޖެއްހެން ރައިހާ އެއްސެވެ. އޭރުވެސް އަމީނާ ރައިހާ ގައިގާ ބައްދައިގެން އެހުރިގޮތަށް ހުއްޓެވެ.
އަހުމަދަށްވެސް ރައިހާ ފެނުމުން ވީ އަމީނާ އަށް ވީފަދަ ގޮތެކެވެ. ނަމާދުން އައި އިރު ރަޔާޝް ވެސް ގެޔަށް އައުމުން އާއިލާ އެންމެން ކެއުމަށް އިންސާފު ކުރަންފެށީ އެހެންޏާ ނުލިބޭފަދަ ހިތްހަމަޖެހުމަކާ އެކުއެވެ.
“ދަރިފުޅާ. ކޮންއިރަކުން ވަޒީފާ އަށް ކުރިމަތިލާނީ؟ ކެއުމުގެ ތެރެއިން ހަގު ދަރިފުޅާއި އަހުމަދު ސުވާލު ކުރިއެވެ. “ބައްޕަ ހާސް ނުވޭ. އަޅުގަނޑު މިކޮޅަށް މިއައީވެސް ވަޒީފާ ހަމަޖެހުނީމަ. އަންނަ ހަފްތާއިން ފެށިގެން ވަޒީފާއަށް ނިކުންނަންޖެހޭ. އެކަމަކު ފުރަތަމަ ދާން ޖެހެނީ ކ.ގުރައިދޫއަށް.” ރައިހާ އޮޅުން ފިލުވައިދިނެވެ. “ގުރައިދޫ އަށޭ. އެއީ ކީއްކުރަން. ދަރިފުޅު އައިތާ ހަފްތާއެއް ނުވަނީސް އަނެއްކާވެސް ފުރައިގެން ދަނީތަ؟” އަމީނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “މަންމާ. އެއީ ހަމައެކަނި ވޯކް އެކްސްޕީރިއެންސް އެއްގެ ގޮތުގައި ދެމަސް ދުވަހަށޭ. އެތާނގެ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދާންޖެހެނީ”. ރައިހާ ބެލީ އޭނާގެ މަންމަ ހިތްހަމަ ޖަށްސައިދެވޭތޯއެވެ.
“ރައި ގެއަށް ބޭނުންވާ ސާމާނު ހަމަވެއްޖެތަ؟” މިފަހަރު އިސްވެ ވާހަކަ ދެއްކީ ރަޔާޝް އެވެ. ” ކޮޓަރީގެ ހުރިހާ ފަރުނީޗަރ އާއި އެއްޗެހި ދޮންބެ ހަމަޖެއްސީމެންނު. ދެން އެރަށުން އައިއްސަ މުޅިން ހަަމަޖެހޭނީ.” “ދަރިފުޅާ.. ދަރިފުޅު ބޭނުން ދުވަހަކު މިގޭގަ ހުރެވޭނެ އިނގޭ” ރައިހާގެ ވާހަކަ ނިމުމުން އަހުމަދު ބުންޏެެވެ.
“އަޅުގަނޑަށް އިނގޭ ބައްޕާ. އެކަމަކު އަޅުގަނޑު މިހާރު ބޭނުންވަނީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ އަށް ދިރިއުޅެން ދަސްކުރަން. އެކަމަކު މަންމަ އާއި ބައްޕަ ކައިރިއަށް އަބަދުވެސް އަންނާނަން. ހިނިތުންވެލަމުން އަމީނާ އާއި ދިމާއަށް ރައިހާ ބަލައިލިއެވެ. އޭރު އަމީނާ އިނީ ސަމްސަލުން ބަތްތައް ހާވާލަ ހާވާލައެވެ. ދެކެވެމުން ދިޔަ ވާހަކަ އާއި ގަޔާނުވާކަން އޭނާގެ އަމަލުން ފާޅުވެއެވެ. އޭނާގެ ދަރިފުޅު ގާތުގައި ހުރުމަކީ ހިތަށް ލިބޭ ފިނިކަމެކެވެ. އެހެންކަމުން ރައިހާ ވަކިން ދިރިއުޅުމަށް ގަސްދު ކުރާ ވާހަކަ އަކީ އޭނާއަށް ބަރުދާސްތުކުރަން ފަސޭހަ ވާހަކައެއްނޫނެވެ. ނަަަމަވެސް ދަރިފުޅަކީ މިނިވަން ކަމާއެކު އުޅުމަށް ލޯބިކުރާ ކުއްޖެއްކަން އިނގޭތީ އޭނާ އަށް ވަނީ ހަތިޔާރު ބަހައްޓަން މަޖުބޫރުވެފައެވެ.
އެއް ހަފްތާ ފަސް…
މާލޭގެ ރަސްމީ ޖެޓީގައި ހުއްޓިލައިގެން ހުރި ރައިހާ އިރު އިރުކޮޅާ އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާލައެވެ. ފުރަން ހަމަޖެހިފައިވާ ލޯންޗު އަދިވެސް ނައުމާއެކު ދުވަހަކުވެސް ނުދާ މުޅިން އާރަށަކަށް ދެވެން އުޅޭތީ ކޮންމެވެސް ވަރެއްގެ ހާސްކަމެއް އޭނާއަށް ލިބިފައިވެއެވެ. އެހާސްކަމަށް ލުޔެއް ލިބިގެން ދިޔައީ މޫދުގެ ލޮނުގަނޑު ކަފަމުން އައި ލޯންޗު ޖެޓީ ކައިރީ މަޑުކޮށްލުމުންނެވެ. ލޯންޗަށް އަރާ ހަމަޖެހިލުމަށްފަހު ކުޑަދޮރުން ފެންނަމުން ދިޔަ ކަނޑުގެ ސަތަހައަށް ނަޒަރު ހިންގާލިއިރު އޭނާގެ ދިރިއުޅުމަށް އަންނަން އުޅޭ ބަދަލު ރޭކާވެސް ނުލައެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

މަޢާފް – ސޯޅަވަނަ ބައި

Next

ވީމޭ ތި ލޯތްބަށްޓަކައި-2

Next
March 27, 2020

ވީމޭ ތި ލޯތްބަށްޓަކައި-2

Previews
March 27, 2020

މަޢާފް – ސޯޅަވަނަ ބައި

12 Comments!

  1. Someone says:
    March 27, 2020 at 6:16 am

    Maasha Allah mi part v reeethi…… Next part kiyaa hithun mihaaru ves mi huryyyyyy……. ❤❤❤❤❤❤

  2. Wonder says:
    March 27, 2020 at 1:51 pm

    Salaam readers. This is my first story that I’m writing for a website.. I hope you all will help me correct my mistakes. Feel free to comment how u feel about the story..enjoy reading.. have a safe day.. ?❤

  3. Wonder says:
    March 27, 2020 at 1:53 pm

    Thank you someone. V ufaavejje story kamudhiyaeema..next part submit kohfa mihaaruves innaaanyy.. In sha Allah v avahah kiyaalan libeyne?❤

  4. Feezullah says:
    April 1, 2020 at 6:21 pm

    V salhi ?

  5. dsss says:
    April 25, 2020 at 12:05 am

    love it…………….

  6. comedy land alert says:
    September 10, 2020 at 11:21 pm

    ހޭ ރިލް މެން .އައި އިނގޭ..ޕްލީޒް މިތާ އައި ގެ ނަން ނުލިޔާތި….ސޭޑް ނިއުސް އިޒް މަމް ބުނެފި ކޮމެންޓު ނުކުރާށޯ …މިީ އަދި އެންމެ ރަނގަޅު އުމުރެއް ނޫނޯ…އެން އައި ތިންކް ޝީއިޒް ރައިޓް…ވަރަށް ބައިވަރު ވާހަކަ ބުނަން ެވފަ އެބަހުރި…ބަޓް މިހާރުވެސް ވަރަށް ސިއްރުން މި ކުރަނީ….ވލް މިސް ޔޫ ގައިޒް އަ ލޮޓްޓްޓ……..ބައިވަރު އިމޯޖީސް ވެސް ލާން ބޭނުން..ބަޓް އައި ކާންޓް ޔޫނޯ ވައި..މިތާ ނުލިޔާތި ކީއްވެ ކަން…..ޔޫފޯރިއާ ސިސް އަށް ވޮންޑާ އަށް ކިޔާރާ އަށް ޑެއިޒީ ކުއީން އަށް އީިިިިިިިިިިއްކޮ 11 އަށް ވަރަށް ވަރަށް ސަލާން ބުނާތި….ލިޔަމް ސޯ ސޮރީ މަދިޔައީމް ޖެއްސުން ކޮއްލާނެ މީހަކު ވެސް ނުހުންނާނެ ދޯ
    will miss u guyss a looottttttt
    love u vvvvvvvvvvvvvvvvvvv much

    1. comedy land alet says:
      September 10, 2020 at 11:24 pm

      n ISA i will meet u guys after 3 years with a new name wih my first story as a comedian of CL

      n spelling mistakes hunnaane v baivaru avas kuran hadhaigen

    2. ?LamHaa? says:
      September 10, 2020 at 11:36 pm

      ??????????Alhey Hama dhaneetha..??????????

    3. ⚽L#Y@♍ says:
      September 10, 2020 at 11:48 pm

      ??????V foohi vaane Dhn

    4. ?Ril? says:
      September 11, 2020 at 8:18 am

      Gona misss u darl
      ????????

    5. Shaayan says:
      September 11, 2020 at 12:57 pm

      I’m gonna tell u all a secret…? Aslu mom ah neyngi mi cmmnt kuranii…? I know it’s not good but I just can’t help it…? Aslu mom ah sirrun stry kiyanii vx…? Do u remember Shaayan buniimennu mom rulhi aisgen dhen cmmnt nukuraanamey dhw…? Eii aslu dhogeh…? Aslu mom ah shakku vegen ehkoh cmmnt kurun huttaalan vegen ehen liyunii…? Ekam vx cmmnt nukoh nuhurevunu…? So I’m also gonna go…? Will miss u all soooooo muuuccchhh and love you all soooooo muuuccchhh everyone… Nd I’m really sorry for lying to u all…❤️????? I feel guilty…??? Plx forgive me…? Nd yes hama aish buni gothah iraadhakurehviyya 3 years fahun Shaayan ge vx amilla stry akun thikudhinnaa meet vaane…? I will wait for that…? Nd Tbh aslu mithanah cmmnt kuran hadhaigen studies ah focus kuran vaa varakah focus eh nukureve…? Sorryyyyy…??? Bye all?????

    6. ?LamHaa? says:
      September 11, 2020 at 5:54 pm

      ??????Alhey shaayan vx dhaneetha.. Hurihaa enmen dhanee

Comments are closed.


All Right Reserved!