Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-2

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
March 28, 2020 3 Mins Read
1 Comment

ލޯންޗުން ރަށަށް ފޭބި އިރު ރައިހާގެ ކައިރިއަށް ފާލަމުގައި ހުރި ޒުވާން އަންހެންކުއްޖަކު އާދެއެވެ. އެކުއްޖާ ސަލާމަށް އަތްދިއްކޮށްލުމަށްފަހު ހިތްހެޔޮ ހިނިތުންވުމެއް ރައްދުކުރިއެވެ.

” ނިޝާ.. އަޅުގަނޑު މީ ސްޕެޝަލް ނީޑްސް ސެންޓަރ ގެ މެނޭޖަރގެ އެސިސްޓެންޓް.” އޭނާގެ ކުޑަ ތަޢާރަފެއް ހާމަކުރިއެވެ.

ޓެކްސީގައި ނިޝާ ރައިހާ ގޮވައިގެން ދިޔައީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ކައިރީގައި ހުރި ހޮޓެލް އަކަށެވެ. އަދި އެކޮމެޑޭޝަން ހަމަޖެހިފައިވަނީ މި ހޮޓެލް ގައި ކަމަށް ބުނުމަށްފަހު ހަވީރު ހަތަރެއް ޖަހަންވާއިރަށް މަރުކަޒަށް އައުމަށް ބުނުމަށްފަހު ނިޝާ ދިޔައެވެ.

ރައިހާ އަށްް ކަނޑަ އެޅިފައިވާ ކޮޓަރިއަށް ދެވުމާއެކު ރޫމް ސަރވިސް ގެ މުވައްޒަފަކު ކޮޓަރީގެ އެއްކަނެއްގައި ފޮށި ބަހައްޓައިދިނެވެ. އެމީހުންނަށް ޝުކުރު އަދާކުރުމަށްފަހު ދޮރުލައްޕާލަމުން މުޅިކޮޓަރިއަށް ނަޒަރެއްދިނެވެ. އާދައިގެ ވަރަކަށް ބޮޑު މި ކޮޓަރީގައި ހުރިހާ ފަރނީޗަރ އެއްހެންވަނީ ހަމަ ކުރެވިފައެވެ. ކުއީން ސައިޒް އެނދަކާއި ޑްރެސިންގް ޓޭބަލް އަދި އަލަމާރިއެއް ހުއްޓެވެ. ކުޑަ ދޮރާ ވީފަރާތުގައި ދެމީންގެ ޖާގައިގެ ސޯފާއެއްގެ އިތުރުން ކޮފީ ޓޭބަލް އެއް ބަހައްޓާފަައި ހުއްޓެވެ. ރައިހާ ހަމައެކަނި ގަޔާނުވީ ކޮޓަރީގައި ބޭނުން ކުރެވިފައި ހުރި ކުލައެވެ. މުޅި ކޮޓަރި ޒީނަތްތެރި ކުރެވިފައިވަނީ ގަދަ ދަނބު ކުލައާއި ކަޅުކުލަ ބޭނުންކުރެވިގެންނެވެ.

ގެނައި ހެދުންތަށް އަލަމާރިއަށް ލުމަށްފަހު ރީތިވާ ސާމާނުތައް ޑްރެސިންގް ޓޭބަލް ގައި ބަހައްޓާލިއެވެ. ވަރުބަލިވެފައި ހުރުމާއެކު ފެންވަރައިގެން އައިސް އެނދުގައި އޮށޯވެލިތާ ގިނަ އިރުތަކެއްނުވެ ރައިހާއަށް ނިދުނެވެ.

ގަޑިން ހަތަރެއް ޖަހަންވީ އިރު ރައިހާ ހުރީ މަރުކަޒުގެ ގޭޓު ކައިރިއެވެ. ނިޝާ ދީފައި އޮތް ފާސް ކަރުގައި އަޅާލުމަށްފަހު ލައިގެން ހުރި ހެދުމުގައި އަތް ހިންގާލިއެވެ. ހުދު ހިމަ ރޮނގުތަކެެއް ދެމިފައިވާ ކަޅު އަތްދިގު ގަމީސް ޓޮޕް އަކާއި އާދައިގެ ވަރަކަށް ފުޅާ ސްލެކް ޕޭންޓްސް ގައި ހުރި އިރު އިސްތަށިގަނޑު ވަނީ ކަޅު ޝޯލް އަކުން ނިވާކުރެވިފެވެ. މޫނުމަތީގައި ފަނޑު މޭކަޕެއް ކުރެވިފާވާއިރު ރައިހާ އާއި ނުހަނު ގުޅެއެވެ. ފުންނޭވަޔަކާއެކު ގޭޓުން އެތެރެއަށް ހިނގައިގަތް އިރު ވަޒީފާގެ ފުރަތަމަ ދުވަސް ދާނޭގޮތް ހިތުތެރޭގައި ކުރެހެމުން ދިޔައެވެ.

“ވަދޭ..” ދޮރުގައި ޓަކިޖަހާލުމަށްފަހު އެތެރެއަށް ވަދެގެން އައީ ރައިހާ އެވެ. އޭރު މޭޒު ދޮށުގައި ބަލާބެލުމަށް ފަންސާހަށްވުރެ މައްޗަށް ގޮސްފައިވާ އަންހެނަކު އިނެވެ.

“ވަރަށް އުފާވެއްޖެ ރައިހާ އާ ބައްދަލުވީމަ. އަޅުގަނޑު މީ މިމަރުކަޒުގެ މެނޭޖަރ.ފާތުމް.” ސަލާމަށް އަތް ދިއްކޮށްލަމުން ކައިރީގައި ހުރި ގޮނޑީގައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ.

“އެކޮމެޑޭޝަންގެ ކަންކަން ހިތްހަމަޖެހޭތަ؟” ނިޝާ ކައިރީ ދެމީހުންނަށް ސައިގެނައުމަށް ބުނުމަށްފަހު ފާތުމް ސުވާލު ކުރިއެވެ. ” ލައްބަ. ހުރިހާ ކަމެއްވެސް ރަނގަޅު. ވަރަށް ހިންހަމަ ޖެހުނު މި ތަނާ ކައިރިން އެކޮމެޑޭޝަން ހަމަޖެހުނީމަ.. އަޅުގަނޑަށް ވީވަރަކުން އެންމެ ފުރިހަމައަށް މަސައްކަތްތައް ކުރިއަށް ގެންދެވޭތޯ ބަލާނަން. ސައި ޖޯޑުން އެތިފޮދެއް ބޯލަމުން ރައިހާ ޖަވާބުދިނެވެ.
” ވަރަށް އުފާވެއްޖެ ރައިހާ ތިހެން ބުނީމަ. ހަޤީޤަތުގައި ރައިހާ މިކޮޅަށް ގެނެވުނީ މިތަނުގެ ސައިކޮލޮޖިސްޓެއް ވަކިވުމުން. އިރާދަ ކުރެއްވިއްޔާ ރައިހާ ދިޔުމުގެ ކުރިން އިތުރު މުވައްޒަފަކު ހަމަޖެހޭނެ ކަމަށް މިބަލަނީ.

” އެކިހިނެއްވީތޯ ވަކިވީ؟” އެސުވާލުގެ ޖަވާބު ނުހޯދާ ރައިހާ ހިތްހަމައެއް ނުޖެހުނެވެ.

” ރީޒަންގަ ބުނެފައި އޮތީ ކުރަން ޖެހޭ މަސައްކަތް މާ ބުރައީ ކަމަށް.. ރައިހާވެސް މިތާނގަ މަސައްކަތް ކުރަންފެށީމަ އަސްލު ވިސްނޭނެ މަސައްކަތުގައި ހުރި ގޮންޖެހުން. ކޮންމެ ކޮންމެ މީހަކަށް މި ކަހަލަ ތަނެއްގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ. މިތަނަށް ގިނަ ބަލިމީހުން ގެނެވެނީވެސް ހާލަތު މާބޮޑަށް ގޯސް ވުމުން. އަޅުގަނޑުމެން މިތާނގައި މި ޑީލް ކުރަނީ ހަމަ އެކަނި ބޭހެއް ދިނުމަކުން ރަނގަޅު ކުރެވޭނެ ބަލިތަކެއް ނޫން. އެކި ޕޭޝަންޓްސް ޓްރީޓް ކުރަން ބޭނުން ކުރާ މެތޮޑް ވެސް ތަފާތުވާނެ. މެންޓަލް ޑިސްއޯރޑާސް އަކީ އެއަށްވުރެ ކޮމްޕްލިކޭޓެޑް ޑިސީސް އެއް.” ފާތުމް އޭނާގެ ލޮލުގައި އަޅާފައި އޮތް އައިނު މޭޒުގައި ބާވައިލުމަށްފަހު އަނެއްކާވެސް ރައިހާ އާ ކުރިމަތިލިއެވެ.

” ގިނަ މީހުން މިތާނގައި ވަޒީފާ އަދާ ކުރަނީ ލިބޭ ރުފިޔާގެ ބޭނުމުގަ. އެއްވެސް ކަހަލަ ޕެޝަން އެއް ގިނަ ފަރާތްތަކުގެ ކިބައިގާ ނުހުރޭ. އަނެކާގެ އިހުސާސްތައް ދެނެގަނެ އެހީތެރިކަމުގެ އަތެއްދިއްކޮށްލަން ކެރެނީ މަދުބަޔަކަށް. ހަޤީޤަތުގައި އެއީ ކަންނޭނގެ މިތަނުގެ ބަލިމީހުން ބޭނުންވާ އެއްޗަކީ.. ހިތްހެޔޮ ކަމަކީވެސް ފަރުވާއެއް….

ކެބިން އިން ނިކުންއިރު ފާތުމް ދެއްކި ވާހަކަތައް ރައިހާގެ ވިސްނުމުގައި ދަތުރު ކުރަމުން ދިޔައެވެ. އޭނާގެ ހުރިހާ ވާހަކަތަކެއްވެސް ހިތުގެ ފުންމިނުން ޤަބޫލު ކުރެވުނެވެ.

ރައިހާ ސިޑިން ފޭބި އިރު އޭނާ އަށް ފެނުނީ މުޅިން އާމަންޒަރެކެވެ. މަރުކަޒުގެ ހުސްބިމުގައި ހާއްސަ އެހީއަށް ބޭނުންވާ އެތައްބަޔަކު ތަފާތު ކުޅިވަރުތަކުގައި ހަރަކާތް ތެރިވަމުން ދިޔައިރު މުޅި މާހައުލު ވަނީ އަޑު ގަދަވެފައެވެ.

“މިއީ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން ކުރިއަށް ގެންދާ ހަރަކާތެއް. ހަވީރު ގަޑީގައި ޕޭޝަންޓްސް ލައްވާ ކުޅިވަރުތައް ކުޅެ ހެލިފެލިވުމަށް ފުރުސަތުދެން. ” ރައިހާގެ ކައިރިއަށް އައިސް ހުއްޓިލީ ނިޝާއެވެ. “މިއޮތީ ފައިލް… މީގަ ހުންނާނެ ރައިހާ ޓްރީޓް ކުރަންޖެހޭ ހުރިހާ ބަލިމީހުންނާއި އެމީހުންގެ މަޢުލޫމާތު.” ނިޝާ ރައިހާއަށް ފައިލް ދިއްކޮށްލިއެވެ.

ނިޝާ އަށް ޝުކުރު އަދާ ކުރުމަށްފަހު ރައިހާ ފައިލްގެ ގަނޑުތައް ބަލަމުން ކުރިއަށް ހިނގައިގަތީ އޭނާގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ރާވައިލަމުންނެވެ. ނަމަވެސް ކުރިއަށް އެޅުނު ދެތިން ފިޔަވަޅު މަތަވީ ކުއްލިއަކަށް ހަރު އެއްޗެއްގައި ބޯ ޖެހުމުންނެވެ. ވީތަދުން ނިއްކުރީގައި އަތް އުނގުޅަމުން ކުރިމަތި ބަލައިލީ ޖެހުނީ ކޯއްޗެއްގަތޯ ޔަޤީންކުރުމަށެވެ. އޭރު ރައިހާގެ ގައިގާ ޖެހޭހައި ގާތުގައި ހުރީ އޭނާއަށް ވުރެ އިސްކޮޅުން ދިގު ފިރިހެނެކެވެ. ރައިހާ އާއި ދިމާ ބަލަހައްޓައިގެން ހުރި އިރު އެދެލޮލުން އަލިފާން ކަނި ބުރާފަދައެވެ.

“ސޮ.ސޮރީ…” އަޅައަޅައިގަންނަމުން ރައިހާއަށް ބުނެވުނެވެ. ނަމަވެސް ރައިހާގެ ބަސް ފުރިހަމަވީ ހެނެެއް ހީނުވެ ފަހަތަށް އެނބުރުމަށްފަހު އޭނާ ހިނގައިގަތީ ހުސްބިމުގައި އިށީންނަން ހަދާފައި ހުރި ގޮނޑިތަކާ ދިމާއަށެވެ.

ރައިހާ އަށް ފުންކޮށް އޭނާއަށް ނަޒަރު ހިންގާލެވުނެވެ. ބަލާބެލުމަށް އުމުރުން ވާނީ ރައިހާ އާއި ދާދި އެއްވަރެކެވެ. މުޅި މީހާ ހިކިގެންގޮސް އަނަރޫފަ ވެފައިވާއިރު ދެލޯ ވަނީ ވަޅުވަދެފައެވެ. އިށީންދެލައިގެން އިންއިރު އޭނާގެ ނަޒަރު ވަނީ އެއްދިމާޔަކަށް ހުއްޓިފައެވެ. މޫނުމަތިން ރައިހާ އަށް ފެނުނީ ނަގައިގަންނަން އުނދަގޫ އަސަރުތަކެކެވެ. ގިނަބަޔަކު ކުޅުމުގައި ހަރަކާތް ތެރިވަމުން ދިޔަނަމަވެސް އެކަމަށް އެއްވެސް ޝައުޤުވެރިކަމެއް ނެތްކަން އޭނާގެ އަމަލުތަކުން ފާޅުވެއެވެ. އެކި މީހުން ދުވެ،ހީސަމާސާ ކުރަމުން ދިޔައިރު ރައިހާގެ ޝައުޤުވެރިކަން ހުއްޓިފައިވީ އެ ހުރިހާކަމަކުން އެއްފަރާތުގައި އިން ޒުވާނާއަށެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ހިތުގެ އުދާހުން ދުރުވާނެބާ! – ދެވަނަ ބައި

Next

ލޯބިން އަތުގައި ހިފާލާށޭ…

Next
March 28, 2020

ލޯބިން އަތުގައި ހިފާލާށޭ…

Previews
March 28, 2020

ހިތުގެ އުދާހުން ދުރުވާނެބާ! – ދެވަނަ ބައި

One Comment

  1. Wonder says:
    March 28, 2020 at 2:41 pm

    Hi readers..here is the second part of the story.. hope u guys will like it . I know this part is short..will try to make part 3 a bit longer .feel free to comment ur views. Have a safe day?

Comments are closed.


All Right Reserved!