ތިޔަ ލޯތްބަށް އެދެމޭ 2 – 24
” ޝްޝްޝް ދޮންބެ މެންނަށް އަޑު އިވިދާނެ… ” އިންޝާ ދެލޯ ބޮޑުކޮށްލާފައި މިޝްޔާ އާއި ދިމަ ބަލާލިއެވެ.” ހެހެ ނީވޭނެ ހާސްނުވޭ… ” މިޝްޔާ ފާޚާނާއަށް ވަނެވެ. އިންޝާ ބޯ ކަހާލާފައި އިންސްޓަގްރާމް އަށް ވަދުނެވެ. އިޔާން އިނީ އެކްޓިވްގައެވެ. އިންޝާ އިޔާންގެ ސްޓޯރީއަށް ވަދުނީ އޭގައި އޮތް އެއްޗެއް ބެލުމުގެ ބޭނުމުގައެވެ. ނީމާ އާއި އެހެން އަންހެން ކުއްޖެއްގެ ފޮޓޯ ހުރި އިރު ދެމީހުންނަށް ވެސް އޮތީ މެންޝަން ކޮށްފައެވެ. ކޮންމެސް ޔަލާ އެކޯއެވެ. ދެން އިނީ އެބުނާ ޔަލާ އަކާއި އިޔާން ނުހަނު ކައިރީގައި ތިއްބައި ނަގާފައި އިން ފޮޓޯއެކެވެ.” މައި ލައިފް… އައި ލަވް ޔޫ ޔަލް.. ” އޭގައި ޖަހާފައި ވަނީ މިހެންނެވެ. އިންޝާގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ.
**24 ވަނަ ޕާޓު**
” އިޔާން… ” އިންޝާއަށް މަޑުމަޑުން ގޮވާލެވުނެވެ. މިޝްޔާ ނިކުންނަ އަޑު އިވުމުން ފައިބަން ތައްޔާރު ވެފައި ހުރި ކަރުނަތައް ފުހެލާފައި ފޯނު ނަގާ އިށީނެވެ. ނެގި ގަޑީގައި އިންޝާއަށް އޮޅިގެން އިޔާންއަށް ގުޅުނެވެ. ނަމަވެސް އިންޝާއަކަށް އެކަމެއް ނޭނގެއެވެ.” މި އަންނަނީ ހިމާ އާ އެއްކޮށް ފިހާރައަކަށް ގޮސްލާފަ… އަށްގަޑި ބައިގަ ރެޑީ ވެގެން ހުންނާތި.. ” މިޝްޔާ ކޮޓަރިން ނުކުތެވެ. މިޝްޔާ ނިކުތުމާއެކު އިންޝާގެ އަނގައިން މަޑު ގިސްލުމުގެ އަޑު ބޭރުވާން ފެށިއެވެ.” އިންޝާ ރޮނީތަ… ” ދިހަ ވަރަކަށް މިނެޓް ފައިތުވީ ފަހުން އިޔާން އަހާލިއެވެ. އިންޝާ ސިއްސައިގެން ގޮސްފައި ފޯނާއި ދިމަ ބަލާލިއެވެ.” ކީއްކުރަން ގުޅީ… ” ދެބުމަ ގޮށްޖަހާލަމުން އިންޝާ އަހާލިއެވެ.” މަށެއް ނޫން ގުޅީ… މިހާރު ދިހަ މިނެޓް ވެއްޖެ މިހެން އިންނަތާ… އަޅެ ބުނެބަލަ އިންޝާ ހިތްހަމަ ނުޖެހޭ ކަމެއް ހިނގަނީތަ.. ” އިޔާން އަހާލިއެވެ.
” ހިނގަނީހޭ؟؟؟؟!!!؟!!… ތިހެން އަހަން މާ ލަސްވެއްޖެ… އެހެން ނޫނަސް އިޔާންއަށް ކޮން ހައްގެއް އޮތީ އަހަރެންގެ ދިރިއުޅުމާ ބެހެން… ” އިންޝާ ރުޅިވެރިކަން ދެއްކިއެވެ.” ހާދަ ރުޅިއެއް ތި އައީ… ރުޅި މަޑު ކޮށްބަލަ… މަށަށް އިންޝާ ރުޅި އަންނަ ވަރު އެއްޗެއް ބުނެ ވިއްޖެތަ؟.. ” އިޔާން އަހާލިއެވެ. އެވަގުތު އެއްލި ކަޅިއަކުން ފެނުނީ އިޔާންގެ އަތް މަތީގައި ބޯ އަޅާލައިގެން ނިދާފައި އޮތް ޔަލާ އެވެ.” އެ ކާކު.. ” އިންޝާ ވެސް އަހާލީ ސުވާލެކެވެ.” މައި ގާރލް ފްރެންޑް ޔަލާ… މިހާރު މަންމަމެން ކައިރީ ބުނަން މިއުޅެނީ ކައިވެނި ކުރަން ހިނގާށޭ… އެކަމް ޔަލްގެ ބަލި ހުރިގޮތުން ނުބުނެ މިހުރީ… ” އިޔާން ޔަލާ އަޅައިގެން އޮތް ބުރުގާ މަތިން ބޮލުގައި ފިރުމާލިއެވެ. އިންޝާ ތުންފަތުގައި ދަތް އަޅާފައި ކަރުނަތައް ހިންދާލިއެވެ.
” އަދިވެސް ރޮނީތަ… ” އިންޝާ އާއި ދިމަ ބަލާލަމުން އިޔާން އަހާލިއެވެ.” އިޔާންއަށް ކީއް އަހަރެން ރުޔަސް ނުރުޔަސް… ” އިންޝާ ދުރަށް މޫނު އަނބުރާލިއެވެ.” ސޮރީ ސޮރީ… ތިހާ ރުޅި އަންނަންޏާ ފޯނު ބާއްވާ… ” އިޔާން ކެމެރާ އޮފް ކޮށްލިއެވެ. އިންޝާ ހިތް ކިތަންމެ ބޭނުން ނުވި ނަމަވެސް ފޯނު ކަނޑާލިއެވެ. އިޔާންގެ އެ ރީތި އަޑު ކަންފަތުގައި ޖެހުމުން ވީގޮތް ވެސް ނޭނގުނެވެ. އިންޝާގެ ހިތުގައި ޔަލާ އާއި މެދު ރުޅިވެރިކަމާއި ޝަކުވާ އުފެދުނެވެ. އޭނަ ލޯބިވާ މީހާގެ ހައްގަކަށް ވާންޖެހޭނީ އޭނަ ނޫން ހެއްޔެވެ؟ ޔަލާ ނުވަތަ އެހެން އަންހެން ކުއްޖެއް ނޫނެވެ. އެހެން އިނދެފައި އިންޝާ ހެދުން ހިފައިގެން ފާޚާނާއަށް ވަނީ ފެންވަރާލަންށެވެ.
މިޝްޔާ އާއި އެކީ އިންޝާ ދިޔައީ ޝިފްނާ މެންގެއަށެވެ. އޭރު އެ އަންހެން މީހާ އާއި ފިރިހެނެއްގެ އިތުރުން ޝިފްނާ އާއި މިޝާ އިނެވެ.” އައީތަ… އަވަހަށް އާދޭ ސައިބޯން.. މިހާރު ރެޑީ ވެފަ ހުރީ.. ” އެ އަންހެން މީހާ ހިނިތުންވަމުން ދައުވަތު ދިނެވެ.” ކޮން ނަމެއްތަ ކިޔަނީ.. ” އެ އަންހެން މީހާ ނޭނގޭ ކަމަށް ހަދާލާފައި އަހާލިއެވެ.” މިޝްޔާ.. ދެން އިންޝާ.. ” މިޝްޔާ ހީލިއެވެ.” އެހެންތަ… އަހަރެންނަށް ކިޔަނީ… ރަމްހާ.. ދެން މީ މަތީން.. ” ރަމްހާ މަތީން އާއި ދިމަ ބަލާލިއެވެ.” ތިކުދިން ކާންވީނުން ބައްޕަމެން އެބަ އަންނަން ވަރަށް އަވަހަށް… ” މަތީން ރަމްހާ އާ އެކީ ކޮޓަރިއަށް ވަނެވެ.
” ރަމްހާ.. އެއީ ހަމަ މިޝްޔާ ދޯ… ” މަތީން އަހާލިއެވެ.” ހްމްމް… ނަން ބުނީމަ ވެސް ނޭނގުން… އަހަރެން ހީކުރީ އިނގޭނެކަމަށް.. ” ރަމްހާ އިސްޖަހާލިއެވެ. ޝިފޫ ވެސް މިއަދު އައިސް ކިޔައިފި މިޝްޔާ އެއް އުޅުނޯ… ” ރަމްހާ މަތީން އާއި ދިމަ ބަލާލީ ހިތްހަމަ ނުޖެހިފައެވެ.” ރަމްހާ… މަގޭ ކުށް މަ ގަބޫލް ކުރަން… އޭރު ރުޅި އިސްކުރަން ޖެހޭ ވަރަށް ވުރެ ބޮޑަށް އިސްކުރެވުނީ… ” މަތީން ކުށްވެރިއެއް ފަދައިން އިސްޖަހާލިއެވެ. ރަމްހާ ފުން ނޭވާއެއް ލާފައި ރުޅި މަޑުކުރިއެވެ.” ދެން އެކަމާ އަޅާ ނުލާ… ވެނިމިފަ އޮތް ކަމަކާ މެދު ރުޅި އައިސް އަރާރުންވުމުގެ ބޭނުމެއް ނެތް… ” ރަމްހާ ތެދުވެގެން ހިނގައިގަތެވެ. މިޝްޔާ ކުޑައިރު ކޮންމެވެސް ކަމެއް ކޮށްގެން މަތީން ރުޅި އައުމުން އޭނަ މިޝްޔާ ގެއިން ނެރުނީއެވެ. މަތީން ވެސް ރަމްހާ ފަހަތުން ނުކުތެވެ. އޭރު މިޝްޔާމެން ކައި ނިމިއްޖެއެވެ.
” ދަނީ އިނގޭ… މާދަމާ ހެނދުނު ފުރަން ޖެހޭތީ ކުރިން ނިދަންވާނެނުން… ” އިންޝާ ރަމްހާ އާއި ސަލާމް ކޮށްލިއެވެ.” އެންމެ ރަނގަޅު… ބާއްޖަވެރި ދަތުރަކަށް އެދެން… ” ރަމްހާ ހީލިއެވެ. މަތީން ހުރީ އެއްޗެއް ބުނަން ނުކެރިފައެވެ. އޭނައާއި ހެދި މިޝްޔާ އެ އުޅެންޖެހުނީ އެ އާއިލާއާ ވަކިންނެވެ. އިންޝާ ހިނިތުންވުމެއް ދީފައި ގެއިން ނިކުތެވެ. މިޝްޔާ ވެސް އިންޝާ އާއި އެކީ އައެވެ.” ހާދަ ރަނގަޅު ބައެކޭ މިޝް ބުނިހެން… ” އިންޝާ ބުންޏެވެ.” ފިރިހެން ކުއްޖެއް އުޅޭތަ އެބަ.. ” މިޝްޔާ ޖެއްސުމަށް ހީލިއެވެ. އިންޝާ ދެކޮނޑު އަރުވާލިއެވެ.
ގެއަށް ވަތް އިރު އިޔާންގެ މެސެޖެއް އައިސްފައި އިނެވެ.” ކީއްވެތަ މެސެޖް ސީން ކޮށްފަ ޖަވާބު ނުދެނީ… ކީއްވެތަ އެހާ ރުޅި އައިސްގެން ތިއުޅެނީ… ” އިޔާން އަނެއްކާ ވެސް މެސެޖެއް ކުރިއެވެ.” އިޔާންއަށް ކިހިނެއްހޭ ވީ މަގޭ ދިރިއުޅުމަށް ނުވަދެ ހުރިއްޔާ.. ” އިންޝާ ޖަވާބުގައި ފޮނުވާލިއެވެ. މެސެޖް ސީން ކުރިގޮތަށް ދެން އިޔާން ރިޕްލައި އެއް ނުދިނެވެ. އިންޝާ ކުޑަކޮށް ދެރަވިއެވެ. ނަމަވެސް އަޅާ ނުލައި ފޯނު ނިއްވާލިއެވެ. އިޔާން އެހެން ހަދާތީ އިންޝާ ހައްތަހާ ވެސް ރުޅި އަންނަނީ ޔަލާ ދެކެއެވެ. ޔަލާ އިޔާންގެ ބައިވެރިޔާ އަށް ނުވިނަމަ އިޔާން އިންޝާ ދުރުކޮށެއް ނުލާނެއެވެ.
އަނެއް ދުވަހު ހެނދުނު އިންޝާމެން ރަށަށް ދިޔައެވެ. ރަމްހާ ހުރީ މިޝްޔާ އެހާ ދުރަށް ދިޔުމުން ދެރަވެފައެވެ. އަނބުރާ ރަށަށް އައި އިރު އިޔާން އެމީހުން ބަލާ އައިސް ހުއްޓެވެ. ޔަލާ އިޔާންގެ އަތުގައި ހިފާލައިގެން ހުރުމުން އިންޝާއަށް ކަމަކު ނުދިޔަ އެވެ. ދެބުމަ ގޮށްޖަހާލާފައި އެއްވެސް މީހަކަށް ބެލުމެއްނެތި އިންޝާ ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އެންމެން ތިބީ ވާނުވާގައެވެ. މިޝްޔާ އިންޝާ ފަހަތުން ދިޔައެވެ. އިޔާން ދެބުމަ އަރުވާލީ ވާނުވާ ނޭނގުމުންނެވެ. ވަށައިގެން ބަލާލިއިރު މަދު މީހަކު ނޫނީ ފެންނާކަ ނެތެވެ. ދެން އިންޝާ ރުޅި އަންނަންވީ ކޮން ކަމަކާބާއޭ އިޔާންގެ ހިތަށް އެރިއެވެ.
” އިނާއަށް އިނގޭތަ އިޔާންމެން ކައިވެނި ކުރަން އެބަ އުޅޭ… ” މިޝްޔާ އައިސް ބުންޏެވެ.” ކިހިނެއް އެހުރިހާ މައުލޫމާތެއް އިނގެނީ.. ” އިންޝާ އަހާލިއެވެ.” ދެންމެ އެ ކީނުން… ” މިޝްޔާ އަނގަ ހަދާލިއެވެ.” އެހެން ދޯ.. ދެން މަށަށް ކީއްތަ… ” އިންޝާ ދެކޮނޑު އަރުވާލާފައި ކޮޓަރިއަށް ވަނެވެ. ވަރަށް ގިނަ ދުވަސް ކޮށްފައި ގެއަށް އާދެވުމުން އިންޝާ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ފެންވަރާލައިގެން އެނދުގައި އޮށޯތްކަމެއް ނޭނގި އިންޝާއަށް ނިދުނެވެ.
ގޭތެރެއަށް ވަތް އިރު ރާކިން އާއި މާއިން ކޮންމެވެސް ވާހަކަ ތަކެއް ދައްކާ އަޑު އިވުނެވެ. އެ ވާހަކަ ދައްކަނީ މިޝްޔާ އާއި ބެހޭ ގޮތުންނެވެ.” އަޅެ މިޝްއަށް އިނގިއްޖެއްޔާ މާ ރަނގަޅެއް ނުވާނެ…. ކިން އަށް ވެސް ރަނގަޅަކަށް މި ބުނަނީ… މަށަށް ވެސް އިނގޭ ކިން މިޝް ދެކެ ލައިކް ވާކަން ވެސް… އަހަރެމެންގެ ނަސީބު އެއީ އެދުވަހު އެ ނުބަލާ ކިން އަތަށް ދިންކަން ވެސް… މިޝް ނޯ އޭ ބުނީމަ އިނގިއްޖެނުން ރުޅި އައިސްފައިކަން… އަނެއްކާ މިޝް އެއީ އެޑޮޕްޓެޑް ކުއްޖެކޭ ބުނެފިއްޔާ ހައްތަހާ މައްސަލަ ގޯސް ވެދާނެ.. ” މާއިން ދެއްކި ވާހަކަ އަކުން މިޝްޔާ ދެލޯ ބޮޑުވިއެވެ.” އިނާ ކީ ރޭގަ ރަމްހާ މެންނާ ބައްދަލް ކުރި ވާހަކަ.. ” މާއިން އިތުރަށް ބުންޏެވެ. މިޝްޔާ އަށް ހީވީ މެއަށް ފެންއެއްޗެއް އޮއްސާލި ހެންނެވެ.
” ދޮންބޭ…… ތިއްތީ….. ކީކޭތަ ތި ކިޔަނީ.. ” މިޝްޔާ ކަރުނަވީ ލޮލަކުން އަހާލިއެވެ. ރާކިން އާއި މާއިންގެ އަނގައިން ބަސް ހުސްވިއެވެ.” މިޝް އެޑޮޕްޓެޑް އޭ؟.. އެ ކިހިނެއް ވާ ކަމެއް… ކީއްވެ މިޝް ކައިރީ ނުބުނީ… މިޝްގެ އަސްލު މަންމަ އާއި ބައްޕަ ކޮބާ… ” މިޝްޔާގެ ކަރުނަތައް ފައިބައިގަތެވެ.” ނޫން މި ދައްކަނީ އެހެން މިޝްޔާ އެއްގެ ވާހަކަ… ” މާއިން އޮޅުވާލަން އުޅުނެވެ.” ތިއްތި ލައިކް ވަނީ އަހަރެން ދެކެ… ތިއްތި ރައްޓެހިވާން އެހީ ވެސް ހަމަ އަހަރެން ކައިރީ… ދެން ކިހިނެއް އެހެން މިޝްޔާ އަކަށް ވާނީ.. ” މިޝްޔާ ލޯ ކައިރީގައި ހުރި ކަރުނަތައް ފުހެލިއެވެ. މާއިން މެންނަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. މިޝްޔާ ޔަޒާން އަށް ގޮވަމުން ޔަޒާންގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
” ބައްޕާ… އެ ތިއްތި މެން އެ ކިޔަނީ ތެދު ވާހަކަތަ… ކީއްވެ މިޝްއަށް ނާނގާ ތިއުޅެނީ… މިޝް މީ އެޑޮޕްޓް ކުއްޖެއްތަ… ” މިޝްޔާ ޔަޒާން ކުރިމަތީގައި ހުއްޓުނެވެ. ޔަޒާން ހިންދިރުވާލިއެވެ.” ބައްޕާ…. ” ޔަޒާން އެއްޗެއް ނުބުނެ އިނުމުން މިޝްޔާ ގޮވާލިއެވެ. ޔަޒާން ވެސް އެއްޗެކޭ ނުބުނެ ކޮޓަރިން ނުކުމެގެން ދިޔައެވެ. މިޝްޔާއަށް އެނދުމަތީގައި އިށީނދެވުނީ ހަދާނެ އިތުރު ގޮތެއް ނޭނގުމުން ނެވެ. މި ހުރިހާ ދުވަހު މިއީ އާއިލާ ކަމަށް ބަލައިގެން މިއުޅުނީ އޭނާގެ މޮޔަ ކަމުންނެވެ. އެކަމަކު މި އާއިލާ އަކީ މިޝްޔާގެ އާއިލާ ނޫނަސް ދުވަހަކު ވެސް އެކަން އިހްސާސް އެއް ނުކުރެވެއެވެ. ދެން އެކަން ސިއްރު ކުރީ ކީއްވެބާއެވެ؟
” ތިމީހުން މިޝް ކައިރީ އެ ވާހަކަ ބުނީތަ؟.. ” ޔަޒާން ރާކިން ކައިރީގައި އެހިއެވެ.” ނޯ އަޑު އެހީ… ” ރާކިން އިސްޖަހާލިއެވެ.” އެހެން… ދެން ކުރެވޭނެ މާ ބޮޑު ކަމެއް ނެތް… ” ޔަޒާން ފުން ނޭވާއެއް ލާފައި މަޔާން މެން ކައިރިއަށް ދާން ކޮޓަރިން ނިކުތެވެ.
މަޔާންމެން ކައިރީގައި އެވާހަކަ ބުނެފައި އަނބުރާ ޔަޒާން ކޮޓަރިއަށް އައި އިރު މިޝްޔާއަށް އޮތީ ނިދިފައެވެ. ނިދާ ބޮކީގެ ފަނޑު އަލިކަމަށް ބަދަލް ކޮށްލާފައި ޔަޒާން އަލުން ކޮޓަރިން ނިކުތެވެ. އޭރު އާދައިގެ މަތިން އިލްޔާމެން އެމީހުންގެ އަމިއްލަ މަސައްކަތުގައި އުޅެއެވެ.” މިޝް ފެނުންތަ… ” އިންޝާ އަހާލިއެވެ.” އަހަރެންގެ ކޮޓަރީގައި ނިދިފަ އެބޮތް…. ” ޔަޒާން ބުންޏެވެ. އިންޝާ އޯކޭއޭ ބުނެފައި ގޯތިތެރެއެށް ނިކުތެވެ. އޭރުވެސް އިންޝާ އިނީ ނިދިއައިސްފައެވެ. މިގަޑީގައި ކުރާނެ ކަމެއް ނެތުމުން އިންޝާ އިނީ ފޫހިވެފައެވެ. އެވަގުތު ނީމާ ސަލާމް ގޮވާލިއެވެ. އިންޝާ ކޮޅަށް ތެދުވިއެވެ. ނީމާ ފެނިގެންނެއް ނޫނެވެ. ނީމާ ކައިރީގައި އެއް އަތް ޖީބަށް ޖަހާލައިގެން ހުރި އިޔާން ފެނުމުންނެވެ. އިޔާން ހާދަ ދިގުވެއްޖެއެވެ. އިންޝާ އަރަނީ އިޔާންގެ މެއާއި ހިސާބަށެވެ.
” ހެއި… މި ދުވަސްކޮޅު ނަދެވިދާނެ އިނގޭ ދޮންބެމެން ވެޑިންގް ކަންތަކާ އުޅެން ހަދައިގެން… ޔަލާ މެންގެއަށް ދަމުން މި ވަދެލީ…” ނީމާ ބުންޏެވެ. އިންޝާ ހިނިތުންވުމަކުން ފުއްދާލީއެވެ.” ހިނގާ ދާން… ” އިންޝާއަށް ބަލާލުމެއްނެތި އިޔާން ނީމާ ކައިރީގައި އެހެން ބުނެފައި ހިނގައިގަތެވެ. އިންޝާ ދެލޯ ފެންކަޅިވިއެވެ. އިޔާން އެހާ އަޅާލުން ކުޑަވީ ކޮން އިރަކު ހެއްޔެވެ؟ އިންޝާއަށް ނުބައިކޮށް ކަމެއް ކުރެވުނީ ބާއެވެ؟ ކޮންމެގޮތެއްވިޔަސް އިޔާން ނުރުހޭ ކަމެއް ކުރާކަށް އިންޝާގެ ހިތެއް ބޭނުމެއް ނޫނެވެ. އެހެންކަމުން އެދެމީހުންގެ ކައިވެނި ހުއްޓުވޭކަށް ނެތެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Varah reethi mi part.. Aneh part ah inthizaaru kuraanan
Thank u rifa ❤
Masha Allah… ❤️❤️kn irakun next part?????
Submit koffa v.. Heevany tomorrow hn… Not sure… Anyways thank u faruha ?