Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ 2 – 22

Baby Devil Level 610 Stories100 Stories
July 26, 2021 7 Mins Read
5 Comments

ނަމާދުކޮށް ނިންމައިގެން ދިވެހި ވާހަކަފޮތެއް ހިފައިގެން އިންޝާ އިނެވެ. ވާހަކަފޮތަށް ގެއްލިފައި އިންވަރުން ގަޑި ދިޔަ ގޮތް ވެސް ނޭނގުނެވެ. ކުއްލިއަކަށް ޖެހި ގުގުރިއާއި އެކީ ކަރަންޓް ދިޔައެވެ. އިންޝާ ބާރަށް ހަޅޭއްލަވައި ގަނެފައި ދުއްވައިގަތް ތަނުން ހުއްޓުނީ މީހަކު ގައިގައި ޖެހުމުންނެވެ. ގެންފައިވާ ބިރެއްގެ ސަބަބުން ހުރި މީހެއް ނުބަލައި އެމީހެއްގެ ގައިގައި ހިފައިގަތެވެ.” ކަލޭމެން ކޮން ކަމެއް… ” ފްލެޝްލައިޓަކުން އަލިކޮށްލަމުން މާއިން އަހާލިއެވެ.” ހައެ ހައޭ… ކަލޭމެން ގަނޑެއް ގަންނަނީއޭ ދޯ މީހުން ނެތް ގަޑި ބަލާފަ… ބުނެލައިގެން އުޅެބަލަ… ” މާއިން ވަގުތުން ދިމާކޮށްލިއެވެ. އިންޝާ ބިރުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އޭރު އެ ދެލޮލަށް ކަރުނަ ޖަމާވެފައި ހުއްޓެވެ.” ސޮރީ.. ” އިންޝާ މާއިންގެ ފަހަތަށް ވަނެވެ.

 

**22 ވަނަ ޕާޓު**

 

މާއިން އިންޝާ އާއި ދިމަ ބަލާލީ ބިރު ނުގަންނާށޭ ބުނާފަދަ ގޮތަކަށެވެ. ބޯ ޖަހާލާފައި އިންޝާ ގޮނޑިއެއްގައި އިށީނދެ ދުރު ބަލާލިއެވެ. އެރޭ ކަރަންޓް އައުމުން އެންމެނަށް ވެސް ނިދަން ދިޔައެވެ. މާއިން އާއި ރާކިން އެރޭ އަޝްލީންގެ ކަންތައް ނިންމާލިއެވެ.

 

2 އަހަރު ފަސް

 

މާލޭގެ ކާރޫބާރު ބޮޑު މަގުގައި އިންޝާ ހިނގަމުން ގޮސް އެޕާޓްމަންޓަކަށް ވަނެވެ. އޭރު ރާކިން ސޯފާގައި ދެފައި ދަމާލައިގެން ފޯނަށް ގެއްލިފައި އޮތެވެ. މިޝްޔާ އާއި މާއިން ފެންނާކަށް ނެތެވެ. އަތުގައި ހުރި ކޮތަޅު މޭޒުމަތީގައި ބަހައްޓާފައި އިންޝާ ކޮޓަރިއަށް ވަނެވެ. އޭރު މިޝްޔާ ރީތިވާން އިނެވެ. އެއްޗެކޭ ނުބުނެ އިންޝް ފާޚާނާ ވަތް ގޮތުން މިޝްޔާ ހައިރާންވިއެވެ. ރީތި ވެގެން މިޝްޔާ ނިކުތް ވަގުތު ފައި މޭޒުގައި އަޅައިގަނެގެން ވެއްޓުނީ ރާކިންގެ ގައިމައްޗަށެވެ. ސިހިފައި ރާކިންއަށް މިޝްޔާގެ ލޮލަށް ބަލާލި ގޮތަށް ހުރެވުނީ އެވެ. ދެމީހުންގެ ނޭވާ އިހުސާސް ވާހާ ކައިރިއަށް ދިޔަ ވަގުތު މާއިން ކަރުކެހިލިއެވެ.

 

“އައުޗް..” މިޝްޔާއަށް ތަދު އިހްސާސް ވީވެސް ހަމަބިމަށް އާދެވުމުންނެވެ. މިޝްޔާ ތެދުވެގެން ހިނގައިގަތެވެ. އޭރުވެސް ހުރީ އިސްޖެހިފައެވެ.” އޭއި ކިހިނެއް އެވީ.. ” މާއިން އިށީނެވެ.” ނޭނގެ.. ” ރާކިން ތެދުވެގެން ދާން ހިނގައިގަތެވެ.”މަޑުކޮށްބަލަ..” ރާކިންގެ އަތުގައި މާއިން ހިފުމުން ވެސް އަތް ފޮޅާލަމުން ރާކިން ކޮޓަރިއަށް ވަތް ގޮތަށް ދޮރު ލެއްޕީ ބާރަށެވެ.

 

އިންޝާ ފޯނުން ނީމާ އާއި ވާހަކަ ދައްކަމުން ދިޔައިރު ދޭތެރެއިން އިޔާންގެ އަޑު ކަންފަތުގައި ޖެހެއެވެ. އިޔާންގެ އަޑު އިވޭ ކޮންމެ ފަހަރަކު އިންޝާއަށް ކުރެވޭނީ އެހެން ކަހަލަ އިހުސާސް އެކެވެ.” ދެން ބާއްވަނީ މީނައަކާ ހެދި ކަމެއް ނުކުރެވޭނެ… ބާއި.. ” ނީމާ ބުންޏެވެ. އިންޝާ ހީލާފައި ފޯނު ކަނޑާލިއެވެ. އިޔާން ފެންނާކަށް މާ ގިނަ ދުވަހެއް ނެތެވެ. އިނީ ދެތިން ދުވަހެވެ. އިންޝާ ފުން ނޭވާއެއް ލާފައި ދެލޯ މަރާލިއެވެ. ސިކުންތެއްގެ ތެރޭގައި އަނެއްކާ ވެސް އިންޝާ ދެލޯ ހުޅުވާލިއެވެ.” އިޔާން އެއީ ކާކުތަ.. ދެން ވަރަށް ފޫހި.. ” އިންޝާ ތުން އޫ ކޮށްލިއެވެ. މޫނުމަތިން ރުޅިވެރިކަން ދެއްކި ނަމަވެސް ހިތުގައި ވަނީ އެހެން ކުލަވަރެކެވެ. އިންޝާއަށް މުޅިން އާ ކަމެކެވެ.

 

އެހެން އޮވެގެން ނިދި އަންނަން ފެށުމުން ފާޚާނާއަށް ވަދެ މޫނު ދޮވެގެން މިޝްޔާމެން ކޮބައިތޯ ބަލަންވެގެން އިންޝާ ބޭރަށް ނިކުތެވެ. މިޝްޔާ މަޑު މަޑުން ހުރެގެން ސޭންޑްވިޗް ހަދަމުން ދިޔައިރު މާއިން އޮތީ ވިސްނަންށެވެ.” ހާދަ އަޑު މަޑޭ.. ސަމްތިންގ ރޯންގް؟.. ” އިންޝާ އަހާލިއެވެ.” ނޫނޭ.. ” މާއިން ފޯނު ހުޅުވާލިއެވެ. އިންޝާ ފާޑަކަށް ބަލަން ހުރެފައި ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ.” ކޮން އިރަކުންތަ ރަށަށް ދެވޭނީ… ވަރަށް ދަހިތްވޭ… ” އިންޝާ ބޭރު ބަލާލިއެވެ. އިންޝާ އާއި މިޝްޔާ ކިޔަވަން ވެގެން މާލެ އައީއެވެ. ” ކެތް ކޮށްލާ މާދަމާ… ” މާއިން ބުންޏެވެ. އިންޝާ ވާހަކަ ފޮތެއް ހިފައިގެން ގޮނޑިއެއްގައި އިށީނެވެ.

 

ރާކިން ހިންދިރުވާލާފައި އަތް މުއްކަވާލިއެވެ. މިޝްޔާ އާއި މެދު އެހެން ނަޒަރަކުން ދެކެވެން ފެށީ ކޮން އިރަކު ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ބަލާކަށް ވެސް ބޭނުމެއްނޫނެވެ. ކޮއްކޮއެއްގެ މަގާމުގައި ހުރި ކުއްޖެއްދެކެ ލޯބި ވާކަށް ރާކިން ބޭނުމެއް ނޫނެވެ. އަމިއްލަ ނަފްސު ދެކެ ލަދުވެސް ގަތެވެ. މާއިން އާއި މިޝްޔާ ހީކުރާނީ ކީކޭ ބާއެވެ؟ ރަނގަޅަށް މޫނު ދޮވެލައިގެން ރާކިން ކޮޓަރިން ނިކުތެވެ. އޭރު ތިން މީހުން ހަމަ ޖެހިލައިގެން އެމީހެއްގެ އަމިއްލަ މަސައްކަތައް ސަމާލުކަން ދީގެން އިނެވެ.” މިޝްޔާ ސޮރީ ފޯ އިޓް.. ” މިޝްޔާ ކައިރީގައި ސިއްރު ސިއްރުން ރާކިން ބުންޏެވެ.” އިޓްސް އޯކޭ.. ” މިޝްޔާ ރާކިންއަށް ހިނިތުންވުމެއް ދިނެވެ. މާއިން އާއި އިންޝާ ތިބީ ވާނުވާގައެވެ. ރާކިން މިޝްޔާގެ ބޮލުގައި މަޑުމަޑުން ޖަހާލާފައި ދޮރުން ނިކުންނަން ދިޔައެވެ.

 

” މަ އެބަ އަންނަން ވަރަށް އަވަހަށް… ” ރާކިން އެހެން ބުނެފައި ގެއިން ނިކުތެވެ. މާއިން އިނީ އަޖައިބުވެފައެވެ. މި ވާނުވާ މާއިންގެ ވިސްނުންތޫނު ސިކުނޑިއަށް ކޮންމެވެސް ވަރަކަށް ނަގައި ގަނެވިއްޖެއެވެ. މާއިން ސިހުނީ ފޯނަށް އަލްވާގެ ނޮޓިފިކޭޝަންއެއް އައުމުންނެވެ. ކުޑަވަގުތު ކޮޅަކަށް ހިޔާލުތަކުން ދުރުވެލުމަށްފަހު އަލްވާ އާއި ވާހަކަ ދެއްކަން ހަމަޖެހިލިއެވެ. އޭރު އިންޝާ ދިޔައީ ވަގަށް މާއިން ކުރާ ކަންތައް ބެލޭތޯ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހަރަކު ވެސް ކާމިޔާބެއް ނުވިއެވެ.

 

ސައިކަލްގައި އިންއިރު ރާކިންގެ ސިކުނޑި ވަނީ ހިޔާލީ ދުނިޔެއެއްގައެވެ. ކެފޭ އެއް ކުރިމައްޗަށް މަޑު ކޮށްލުމަށްފަހު އެ ކެފޭ ތެރެއަށް ރާކިން ވަނެވެ. މަޑުމަޑުން ހިނގާލާފައި ނިކުންނަ ތަނާއި ކައިރީގައި ހުރި މޭޒެއްގައި އިށީނެވެ. ރާކިން ވަރަށް ރަނގަޅަށް ވިސްނާލިއެވެ. މިޝްޔާ ކައިރީގައި ރައްޓެހި ވާން އަހަންވީއެވެ. އާއިލާ އެއް ނޫނެވެ. އެހެން މީހަކަށް އެކަން ނޭނގޭނެކަން އެވަގުތު ރާކިންގެ ހިތަކު ނެތެވެ. ވެއިޓަރު އައުމުން ކޮފީ އަކަށް ބުނެފައި ރާކިން ގޮނޑީގައި ލެނގިލިއެވެ. މިޝްޔާ އާނއެކޭ ބުނާނެ ބާއެވެ؟

 

ފަސްވަރަކަށް މިނެޓް ތެރޭގައި ކޮފީތަށި ބޯލައިގެން އަލުން ގެއަށް ދާން މިސްރާބު ޖެހީ ފޮނި އުންމީދަކާ އެކީގައެވެ. ގެއަށް ވަތް އިރު މިޝްޔާ ފެންނާކަށް ނެތެވެ. ތަންކޮޅެއް ފަހަށް އެކަންތައް ބަހައްޓާފައި ރާކިން ކޮޓަރިއަށް ވަނީ ތާޒާ ވެލުމަށެވެ. އަޝްލީން އާ މިޝްޔާ އާއި ބަލާފައި މިޝްޔާ ހާސްބައި ތަފާތެވެ. އަޝްލީން އުޅޭނެ ގޮތަކަށް އުޅެދާނެ ނޫން ހެއްޔެވެ؟ ރާކިން އަށް ކީއްހެއްޔެވެ؟ ރީތުވަމުން ދިޔައިރު ވެސް ސިކުނޑި ވަނީ ފުރި ބާރުވެފައެވެ. ފެން ހިއްކާލުމަށްފަހު ސޯޓެއް އެކަނި ލައިގެން ރާކިން ބެލްކަނީއަށް ނިކުތެވެ. ހަވަނަ ފްލޯގައި ހުރި އިރު ކުރިމަތީގައި ހުރި އެޕާޓްމަންޓްގެ ބެލްކަނީގައި ހުރި އަންހެން ކުއްޖާ ދިޔައީ ރާކިންއަށް ބަލަމުންނެވެ. މާ ވަރަކަށް އެކުއްޖާ ބަލަން ފެށުމުން ރާކިން އެތެރެއަށް ވަދެފައި ދޮރު ލެއްޕިއެވެ.” މި ވެސް ވަރުގަދަ ކަމެއް… ކޮންމެ ދުވަހަކު އެބަ ހުރޭ އެތާނގަ ބަލަން… ” ރާކިން ހިތާއި ހިތުން އެއްޗެހި ކިޔައިގަތެވެ.

 

” ރާކިން މި ވެގެން އުޅޭގޮތް މަށަށް ކިޔައިދީބަލަ… ކައެއާ މިޝް އާ ރައްޓެހިވެގެންތަ އުޅެނީ…. ” މާއިން ކޮޓަރިއަށް ވަނެވެ.” ސާބަސް އަހަރެމެން ރައްޓެއްސެން ނުވަން އަދި… އެކަމް މިއުޅެނީ އަހަން ރައްޓެހިވާން… ފާޑަކަށް ލައިކް ވޭ.. ” ރާކިން ބުންޏެވެ.” ވަޓް ކިން މޮޔަ ވީތަ… ޔަޒާންބެ އޯކޭ ވާނެތަ އާއިލާ މީހަކާ އިންނަން.. މިޝް ވެސް ބޭބެއަކާ ރައްޓެހިވާކަށް ބޭނުމެއް ނުވޭދާނެނުން… ތީ މޮޔަ ކަމެއް..” މާއިން ދެލޯ ބޮޑުވިއެވެ.” އާނ… އެހެން ނޫނަސް މިޝް އެއީ މަގޭ ކޮއްކޮއެއް ނޫނެއްނު… ” ރާކިން އަށް ބުނެވުނު ޖުމްލަ އިނގުނީ އަދި ކިރިޔާއެވެ.” ހަމަ ރަނގަޅަށް ވެސް ކިން މޮޔަ ވީ ދޯ… ” މާއިން އަނގަ ހަދާލިއެވެ.” ނޫ ނޫން.. އޮޅިގެން ބުނެވުނީ… ހަމަ އަސްލު ވެސް އައި ލައިކް ހާރ… ” ރާކިން އެނދުގައި އިށީނެވެ. އިތުރަށް އެވާހަކަ ދައްކާހިތް ނެތުމުން ރާކިން މައުޟޫ ބަދަލް ކޮށްލިއެވެ.

 

އިންޝާ ވާހަކަ ފޮތް ބާއްވާފައި ފެންވަރާލަން ކޮޓަރިއަށް ވަނެވެ. ފެންވަރާލައިގެން ޗާޖަށް ޖަހާފައި އިން ފޯނު ނަގައި އިންޝާ ގޮނޑީގައި އިށީނެވެ. އިންޝާ ސިއްސައިގެން ދިޔައީ ބެލްކަނީގެ ދޮރުގައި ކޮންމެސް އެއްޗަކުން ޖެހުމުންނެވެ. ދޮރު ހުޅުވާލާފައި ބަލާލި އިރު ފެން އަޅާފައިވާ ހަމެއް އޮތީ ފަޅައިގެން ގޮސްފައެވެ. އޭރު ރީތި ފިރިހެން ކުއްޖަކު ރެއިލިންގައި އަތް އަޅުވާލައިގެން ހަދާނެ ގޮތް ނޭނގިފައި ހުއްޓެވެ. އަނެއް ކޮޅުގައި އެހެން ފިރިހެން ކުއްޖަކު ހޭން ހުއްޓެވެ.” ސޮރީ… އަވާންއަށް އެއްލަން އުޅުނީ… ” އެ ކުއްޖާ ބޯ ކަހާލިއެވެ.” ރިފޭ ހާދަ ލަދެއް ގަތީ… އަންހެނަކަށް ވުރެ ކަންތައް ފަލަނުން.. ” އަވާން ހޭން ފެށިއެވެ.” ހުވާ މިބުނި… ކަލޭ އަނގަ މަޑުން ލައިގެން ހުރެބަލަ… ” ދެބުމަ ގޮށްޖަހާލަމުން ‘ ރިފޭ ‘ ބުންޏެވެ.

 

އިންޝާ ހައިރާން ވެގެން ބަލަން ހުރެފައި ތެމިފައި އޮތްތަން ހިއްކަން އަވަސްވެގަތެވެ. އަވާން އެއްލޯ މަރާލާފައި އެތެރެއަށް ވަނެވެ.” ކޮން ނަމެއް ކިޔަނީ… މަށަށް ކިޔަނީ ރިފްޝާން… ” ރިފްޝާން އިންޝާ އާއި ދިމާއަށް ބަލާލިއެވެ.” އިންޝާ… ” އިންޝާ ކުޑަކޮށް ހީލިއެވެ.” އޯހ… މާލޭ ކުއްޖެއްތަ… ” ރިފްޝާން އަހާލިއެވެ.” ނޯ… ކިޔަވަން މާލެ އައީ… މިއުޅެނީ ފުރަން… ” އިންޝާ ގޮނޑީގައި އިށީނެވެ.” އޯހ… އޯކޭ… ކޮން ދުވަހަކުން ފުރަނީ.. ” ރިފްޝާން ގާތް އެކުވެރިއެއްހެން ވާހަކަ ދެއްކިއެވެ.” މާދަމާ… ” އިންޝާ ޖަވާބު ދިނެވެ.” ކިތަށް އަހަރުތަ… ” ރިފްޝާން ސުވާލު ކޮށްލިއެވެ.” އަށާރަ… ”

 

” އެހެންތަ… މަށަށް ނަވާރަ… އިންޝާގެ ލޯބިވެރިއެއް ހުރޭތަ… ” ރިފްޝާން މާ ސުވާލު ގިނަ ކުރަން ފެށުމުން އިންޝާގެ ބޮލަށް އުނދަގޫ ވިއެވެ.” ނޯ ނުހުރޭ… ” އިންޝާ ބުންޏެވެ.” އިނާ.. ” އެވަގުތު މިޝްޔާ ގޮވާލިއެވެ.” އެބަ އަންނަން… މިޝް އެބަ ގޮވާ… ” އެގަޑީގައި ގޮވިކަން ނަސީބެކޭ ހިތަށް އަރާފައި އިންޝާ ކޮޓަރިއަށް ވަނެވެ. ” ކިހިނެއްތަ ވީ… ” އިންޝާ ގޮނޑީގައި އިށީނެވެ.” މިއުޅެނީ ވަރަށް ބޮޑު ކަމެއް ވެގެން… ދިޔާން މަގޭ ކައިރީ ރައްޓެހިވާން އަހައިފި…. ” މިޝްޔާ އިނީ ކަންތައް ބޮޑުވެފައެވެ.” މީ ވަރަށް ރިސްކީ ކަމެއް… ރައްޓެހި ވެއްގެން ބްރޭކް އަޕް ވެއްޖެއްޔާ ފްރެންޑް ޝިޕް ވެސް ގެއްލޭނީ… ” މިޝްޔާ ދިޔައީ ދާހިތްލަމުންނެވެ.

 

” ހަމަ ޖެހިބަލަ… މަށަށް ފެންނަނީ އޭނައާ ރައްޓެހިވާން… އަހުލާގުގެ ގޮތުން ރަނގަޅު ޕްލަސް ކިޔަވަން އެހާ މޮޅު…. މި ދެ އަހަރު ތެރޭގަ ދިޔާން ބެސްޓް ފްރެންޑަކާ ގާތް ކޮށްލައިފި…. ” އިންޝާ އިނީ ފާޑެއްގެ ފޯރިއެއް އަރާފައެވެ.” ދެން ސާބަސް… ބުނާނީ ވިސްނާލާފަ ޖަވާބެއް ދޭނަމޭ… ” މިޝްޔާ ފޯނަށް ނަޒަރު ހުއްޓާލިއެވެ. މެސެޖް ސީން ކުރި ގޮތަށް ޖަވާބެއް ނުދޭތީ ދިޔާން އިނީ އޮންލައިންގައެވެ. މިޝްޔާ އަވަހަށް ޖަވާބު ލިޔެލާފައި ފޮނުވާލިއެވެ. ދިޔާން އެންމެ ރަނގަޅޭ ބުންޏެވެ.” ތިއޮތީ ތިކަން ވެފަ.. އެބަ އަންނަން… ފޮތް ބޭރުގަ ބާއްވާފަ މި އާދެވުނީ… ” އިންޝާ ބެލްކަނީއަށް ނިކުތެވެ. އޭރުވެސް ރިފްޝާން އެހުރި ތާނގައި ހުއްޓެވެ.” ޑޭންގް އިޓް… ” އިންޝާ އަތް މުއްކަވާލިއެވެ.

 

” ހާދަ އަވަހަކަށް ދަނީ… ” ފޮތް ހިފައިގެން ދާން އުޅުމުން ރިފްޝާން ބުންޏެވެ.” ދެން މުޅި އުމުރު މިތާ ހުންނަން ވީތަ.. ” އިންޝާ އަހާލިއެވެ.” ނޫނޭ… އިންޝާ މަށާ އެކުވެރި ވާނަންތަ… ” ރިފްޝާން ސީދާ އިންޝާގެ ލޮލަށް ބަލާލިއެވެ.” އޯކޭ… ” އިންޝާ ބުންޏެވެ.” ހެހެ ހިނގާ މިއަދު ހަވީރު ވޯކް އަކަށް ދާން… އޭޒް ފްރެންޑެސް.. އިންޝާ އޯކޭ ވިއްޔާ… ” ރިފްޝާން ހީލިއެވެ.” އަހަރެން ހަމަ އޯކޭ… ހަތަރެއް ޖަހާއިރު ރެޑީ ވެގެން ހުންނާނަން… ” އިންޝާ ކޮޓަރިއަށް ވެދެގެން ދާތަން ބަލަން ރިފްޝާން ކަޅި ވެސް ޖަހާ ނުލައި ހުއްޓެވެ.” ވާވް ވަޓް އަ ޕްރިޓީ ގާރލް…. ހާދަ ރީއްޗޭ… ހީވަނީ ހަމަ ޕަރީ އެއްހެން… ” ރިފްޝާން ބުޅި އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އެހުރިހާ މަންޒަރެއް ބަލަން ހުރި އަވާން އަތްތިލަބަޑި ޖަހަމުން ހޭން ފެށިއެވެ. ރިފްޝާން ލޯ އަޅާލާފައި ފެން އަޅާފައި އޮތް ފުއްޕާހަމެއް އަވާން އާއި ދިމާއަށް އެއްލިއެވެ.

 

ރާކިން މިޝްޔާ ކައިރީގައި ރައްޓެހިވާން އަހަން ތައްޔާރު ވިއެވެ.” މިޝް… ” ކޮޓަރިން ނިކުމެފައި ރާކިން ގޮވާލިއެވެ. އަދި އެއްފައި މައްޗަށް ތިރިވެ މަލެއް ދިއްކޮށްލިއެވެ.” މިޝް މަގޭ ގާރލްފްރެންޑް އަށް ވާނަންތަ.. ” ރާކިން އަހާލިއެވެ. މިޝްޔާ ދެލޯ ބޮޑުވި ގޮތަށް އަނގަ ވެސް ހުޅުވުނެވެ. އެގޮތަށް ހައިރާންވެ ހުރުމަށްފަހު ރާކިންގެ ކޯތާފަތް މައްޗަށް އަތުގެ ހޫނު ހަމަލާއެއް ދިނެވެ.” ތިއްތި….. ލަދެއް ވެސް ނުގަނޭތަ… ތިއްތި ލަދު ނުގަތަސް އަހަރެން ލަދު ގަނެއްޖެ.. ތިއީތަ މިހުރިހާ ދުވަހު ނުވެގެން އުޅޭ ކަންތައް… އަހަރެން ތިއްތިއާ މެދު ތިކަހަލަ އެއްވެސް އިހުސާސެއް ނެތް… އަހަރެން ހީކުރީ އަޝްލީން އަކީ ތިއްތިގެ ލޯބިވެރިޔާ ކަމަށް…. ތިއްތި އަޝްލީންއަށް ވެސް ޗީޓް ކުރީތަ… ކޮން ކަހަލަ ފިރިހެނެއް… ކާކު ތިކަހަލަ ބޭބެއެއް ބޭނުން ވާނީ… މި ދުނިޔޭގަ އަހަރެން ނޫނަސް އަންހެން ކުދި އެބަ އުޅޭ… އެހުރިހާ އެންމެންގެ ތެރެއިން ވެސް ތިއްތި އަށް ފެނުނީ މަތަ؟…. ” މިޝްޔާ ގޮވަމުން ދިޔަ އެއްޗެހި ހުއްޓާލަން ޖެހުނީ މާއިން މިޝްޔާގެ އަތުގައި ހިފެހެއްޓުމުންނެވެ.

 

” ހަމަ މިހާރު މަގޭ އަތުން ދޫކޮށްލާ… ” މިޝްޔާ މާއިންގެ އަތް ފޮޅުވާލިއެވެ.” ތިކަހަލަ ބޭބެއިން އަހަރެން ބޭނުމެއް ނޫން… ” މިޝްޔާ ރުޅި އައިސްގެން ގޮސް ހަލާކުވާވަރުވިއެވެ. އަދި ބާރު ބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. އެވަގުތު ރީތިވަން އިން އިންޝާ ދިޔައީ ސިއްސައިގެންނެވެ.” މިޝް… ކިހިނެއްވީ… އޭއި.. ” އިންޝާ ތެދުވެގެން އައެވެ.” ކަމެއް ވާ ނުވޭނުން… ދޭބަލަ ތިއްތި ކައިރީ އަހަން.. ” މިޝްޔާ އިނީ ދެބުމަ ގޮށްޖަހާލައިގެންނެވެ.” މިޝް ބުނިއްޔާ ކީއްތަ ވަނީ.. ” އިންޝާ ހުރީ ހާސްވެފައެވެ.” ތިއްތި މަގޭ ކައިރީ ރައްޓެހިވާން އެހީނުން… ލަދެއް ނެތީ ބާއޭ ހިތަށް އަރާ… ” މިޝްޔާ ހީވަނީ ރުޅި އައިސްގެން ފަޅައިގެން ދާނެ ހެންނެވެ. އިންޝާ ވެސް ދެލޯ ބޮޑުވިއެވެ.

 

” ކިން…. މަ ބުނީމެއްނު ތީ މޮޔަ ކަމެކޭ… ” މާއިން ކޮޓަރިއަށް ވަނެވެ.” މާން… މާން އަށް ކަންވީ ގޮތް ރަނގަަޅަށް ކިޔާދީފާނަން… މިޝް އެއީ އެޑޮޕްޓް ކޮށްފައިވާ ކުއްޖެއް… އަހަރެމެންނާ އެއްވެސް ގޮތަކުން ލޭގެ ގުޅުމެއް ނޯންނާނެ… ” ރާކިން ބެލްކަނީއަށް ނިކުމެފައި މާ މަގު މައްޗަށް އެއްލާލިއެވެ. އެ މާ ގޮސް ޖެހުނީ އަންހެން ކުއްޖެއްގެ އަތަށެވެ. އެ ކުއްޖާ އިސްއުފުލާ ބަލާލިތަނުން ރާކިން ދެބުމަ ގޮށްޖަހާލިއެވެ. އެއީ އަބަދު އޭނާއަށް ބަލަން ހުންނަ ކުއްޖާއެވެ. އަދި މިވީ ގޮތުން ކިހާ ފޯރިއެއް ހުންނާނެބާއެވެ؟

 

” ދޮގު… ” މާއިންގެ ދެލޯ ހީވީ ނުކުމެގެން ގޮސްދާނެ ހެންނެވެ.” ހްމްމް… ބަލާބަލަ މިއޮއް ސެޓްފިކެޓެއް.. ” ރާކިން ފޯނު ނަގާފައި މިޝްޔާގެ ސެޓްފިކެޓް ދެއްކިއެވެ.” މަ އަހައިފިން ޔަޒާންބެ ކައިރީގަ ވެސް.. އޭނަ ކިޔައިދިން އެއްޗެއް… ” ރާކިން ފުން ނޭވާއެއް ދޫކޮށްލިއެވެ. މާއިންގެ އަނގައިން ނުބައި ބަހެއް ބޭރުވިއެވެ.” ތިކަހަލަ ބަސް ބޭރުވަންޏާ އަނގަ މަޑުން ލައިގެން ހުރެބަލަ… ދެން މިޝް އާ އިނާ ކައިރީގަ ނުކިޔާތި… އަނެއްކާ އެމީހުން ޝޮކަކަށް ގޮސްދާނެ… ” ރާކިން ފޯނު ނިއްވާލިއެވެ. މާއިން އޭރު ވެސް ހުރީ ހައިރާންވެ އަންތަރީސްވެފައެވެ.” އިމްޕޮސިބްލް… ” މާއިން އަށް ގަބޫލް ކުރެވޭ ކަމަކަށް ނުވިއެވެ.” މާން ގަބޫލް ނުކުރިޔަސް ތެދު ވާނީ ތެދަށް.. ” ރާކިން ކޮޓަރިއަށް ވަދުނެވެ.

– ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ބަދަލް 3

Next

ވީމޭ ތިޔަ ލޯބީގައި-1

Next
July 26, 2021

ވީމޭ ތިޔަ ލޯބީގައި-1

Previews
July 26, 2021

ބަދަލް 3

5 Comments!

  1. Anuu says:
    July 26, 2021 at 11:50 am

    ކީއްވެ ލަސް ވީ؟
    ވެއިޓިންގް ފޯ ނެކްސްޓް!
    ވެރީ ނައިސް❤️

    1. UNKNOWN GIRLL says:
      July 26, 2021 at 9:14 pm

      Sorry ingeii… Submit kurevuny thankolheh lahun… Thank u anuu ❤☺

  2. Aishath Faruha Abdulla says:
    July 26, 2021 at 11:53 am

    Haadha lahunney up v..Ekam dhn inna part thankolheh avahah up kohlaathi.. Plz.. .

    Mi part vx varah reethi ….Masha Allah ❤️❤️. . Waiting for the next part.. ❤️

    1. AavyaAaxin says:
      July 26, 2021 at 8:33 pm

      Masha allah v reethi, keep it up

    2. UNKNOWN GIRLL says:
      July 26, 2021 at 9:16 pm

      Submit nukurevuny sorry… Thank u faruha ?❤

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ 2 – 23←


All Right Reserved!