-
ސަލީމް ސާރާ ފެންނާނެހެން ދުރުގައި ހުރި ބެންޗުގައި އިށީނދެލިއެވެ. އަމިއްލަ ނަފްސު ކުށްވެރިކޮށް ބަޔެއްގެ ބަހަށް ހެއްލެވުނީތީ އޭނަ މިއަދު އެކަމާއި އިންތިހާއަށް ހިތާމަ ކުރެއެވެ. ޖާވިދުއޭ ކިޔާ މީހަކު އައިސް އޭނައަށް ހުރިހާ ހަޤީޤަތެއް ކިޔައި ދިނުމުން ސާރާއަށް ދެވުނު އަނިޔާ ހިތަށް އެރުމުން އަމިއްލައަށް މަރުވާން އޭނައަށް އުޅެވުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ލޯބިވާ ދަރިފުޅު އަމާނީ އެއީ އޭނަގެ ދަރިޔެއް ނޫންކަމަށް ޤަބޫލުކުރީ ބަޔަކު ރާވައިގެން ހެދި އެންމެ ލިޔުމަކުންނެވެ. ލޯބިވާ އަނބިމީހާއަށް އެއްވެސް ވަރަކަށް އިތުބާރުނުކޮށް ދެވުނު އަނިޔާގެ ނަތީޖާ ނުހަނު ރަނގަޅަށް އޭނަގެ އަރުތެރޭގައި ލައިފިއެވެ. އަސްތަޤުފިރުﷲ. އަދި އަރީންގެ ހަޤީޤަތް ފަޅާ އަރާފާނެކަމުގެ ބިރަށްޓަކައި އަރީން އާތިކާގެ ގާތަށް ފޮނުވައިދިނުމަށް އެދުމުންނާއި އެކު އަރީން މަންމަ ގާތަށް މާލެ ބަދަލުވާން ބޭނުންވުމުން އާތިކާގެ ގާތަށް އަރީން ފޮނުވާލިތާ މިހާރު މަހެއްވަރު ވެއްޖެއެވެ. ނަމަވެސް އާތިކާއަށް ނޭނގުނު ތަންކޮޅަކީ ހުރިހާ ހަޤީޤަތެއް މިހާރު ސަލީމްއަށް އެނގޭކަމެވެ. ހަޤީޤަތް އެނގި ހުރެވެސް ހުރިހާ މުދަލެއްވެސް މިހާރު ސަލީމް ވާނީ އަރީންގެ ނަން މައްޗަށް ބަދަލުކޮއްފައެވެ. އެހެނަސް މަރުވުމުން ނޫނީ އެލިޔުން އެކަކަށްވެސް ނުފެންނާނެކަން އޭނަ އަމަލްކުރެ ޔަޤީންކުރިއެވެ. އަދި އާތިކާގެ އުނދަގޫ އަނެއްކާ ނުޖެހޭނެހެން އާތިކާއަށް އަބަދުވެސް ފާރަވެރިވާން ބަޔަކު ހަވާލުކުރިއެވެ.
މަރުވަންދެން ހަޔާތުގެ ދެން ބާކީ އޮތް ބައި ސަލީމް ހޭދަކުރީ ލޯބިވާ އަނބިމީހާގެ ގާތުގައެވެ. ހަނދާން ނެތެއްކަމަކު އަބަދުމެ މެންޓަލް ހޮސްޕިޓަލުގައިވި ސާރާގެ ގާތަށް ސަލީމް ދިއުމަކީ އޭނައަށް ލިބެމުން ދިޔަ ހަމައެކަނި އުފާވެރިކަމެވެ. އަދި މެންޝަން ރައްކާތެރިކުރުމަށް އޭނަ ފަންޑިތައެއް ހަދާ އޭތި ވަޅުލީ އަމާނީ އެންމެ ގިނައިން ހުސްވަގުތު ހޭދަ ކުރި ދިމާލުގައެވެ. އުނދޯލީގެ ކައިރީގައެވެ.
***
ހަޤީޤަތް އެނގި ހުރިހާ ކަމެއްވެގެން ދިޔަ އިރުވެސް ޤަފޫރުބެ އަރީންގެ އަތުން ދުލެއް ނުކޮއްލައެވެ. އޭނަ މިވަގުތު އަރީންގެ އަތުން ދޫކޮއްލައިފިނަމަ އަރީން ހޯދަން އުނދަގޫވާނެތީއެވެ. ކޮންމެ ގޮތެއް ވިޔަސް އެއެއްޗެއްގެ ބޭނުމަކީ މިގޭގައި ދިރިއުޅޭ އާތިކާގެ ލެޔާއި ގުޅުން ހުރި މީހެއްގެ ދަރިޔެކެވެ. މަލަކްގެ ބަނޑުގައިވާ ދެކުދިން ކުރެ ކޮންމެވެސް އެއްކުއްޖެއް އޭއްޗަށް އަތު ޖެހިއްޖެނަމަ ގެންދާނެއެވެ. އެހެންނޫނީ އާތިކާގެ އެދުމުގެ އަގު ފުރިހަމައެއް ނުވާނެއެވެ.
ޤަފޫރުބެ ޤުރުއާނުގެ އާޔަތްތަކެއް ކިޔަވަން ފެށިއެވެ. އިސާހިތަކު އަރީންގެ ގަޔަށް ކަށިތަކެއް ހެރިގެން އުޅޭ ފަދައިން އުޅެފައި އެއެއްޗެއް އަރީން ދޫކޮއްލައިފިއެވެ. އަދި ކިޔަވަމުން ދިޔަ އާޔަތްތައް ނުހުއްޓާ އަރީންގެ އަތުގައި ހިފައިގެން ދެން ދުއްވައިގަތީ އުނދޯއްޔާއި ދިމާއަށެވެ. ހޭވެރިކަން ވަމުން ދިޔަ އަރީން ވަކި އެއްޗެއް ނުބުނެ ޤަފޫރުބޭގެ ފަހަތުން ދިޔައެވެ.
ޤަފޫރުބެއާއި އަރީން ނިކުތްތަން ފެނިގެން އަމަލްއާއި އާދަމް ދުވެފައި އެދިމާއަށް އައެވެ. ޤަފޫރުބޭ އުނދޯއްޔާއި އަރާ ހަމަވުމުން އެންމެންގެ ގާތުގައި ކުރުސި ކިޔަވާލަ ކިޔަވާލަ ހުރުމަށް ބުނެ އޭނަ ހޯދީ ކުރީގައި ގޭ ރައްކާތެރިކުރުމަށް ހެދި އެއްޗެވެ. ޓޯޗުން އެކިއެކި ދިމާލަށް އަލިކުރަމުން ދަނިކޮށް ބޮޑު ގާކޮޅެއް އަޅައިގަތެވެ. އެއީ މަލަކްގެ ފައިގައި އަޅައިގަނެ ވެއްޓެން ދިޔަ ކަމަށްވި ގާކޮޅެވެ. ގާގަނޑުގެ ވަށައިގެން އަޅާފައިވާ ރޮދިވަނީ ކިލާވެފައެވެ. ކިލާވެފައިވާ ގާކޮޅު ޤަފޫރުބޭ ނަގަމުން އަރީންއާއި ދިމާއަށް އިޝާރަތްކޮށް އެގާގަނޑު އަލުން ގަސްތަކާއި ބޮޑަށް ކައިރީގައި ވަޅުލުމަށް ބުންޏެވެ. އަވަސް ހަރަކާތާއިއެކު އަރީން އެގާގަނޑު ވަޅުލިއެވެ. ދެން ހީވީ ބާރު ގުގުރީގެ އަޑެއް ޖެހިހެންނެވެ. މާދުރުގައިވި އެކި ކަހަލަ ދޫނިތައް ވެސް އެއަޑާއި އެކު އެސޮރުމެންގެ ހާލިތަކުން ދުއްވައިގަތެވެ.
” މިގާތަށް ވެސް ގޭގެ އެކި ދިމާ ވަށައިގެން ވަޅުލާ… ” ޤަފޫރުބޭ ގެނައި ކޮތަކުން ނެގި އެކި ވަރު ވަރުގެ ގާތަށް ތިން މީހުންނަށް ބަހާލުމުން އެމިހުން ގޮސް އެގާތަށް ވަޅުލަން ފެށިއެވެ.
” އަވަސް… މިރޭ މިގޭގައި ތިބުން އެހާ ރަނގަޅެއް ނުވާނެ… ” ޤަފޫރުބޭގެ އަމުރަށް ގޭގެ ކާރަށް އަރައިގެން ހަތަރު މީހުން ނުކުތް އިރު އެކި ދިމަދިމާއިން ވިދަމުން ދިޔަ ފާޑަކަށް އަލިވަމުން އަދި ގުގުރީގެ އަޑު ފާޑު އަޑުތައް ވެސް އިވެމުން ދިޔައީ ކަންފަތަށް އުނދަގޫވާ ވަރަށެވެ.
—
ފަތިސް ނަމާދަށް ބަންގި ގޮވީ އަރީން މަލަކްގެ ގާތުގައި އިންދައެވެ. ރޭގެ ހަނދާންތައް އާވެ ހުރިހާ ހަޤީޤަތެއް އެނގުނު ހިސާބުން އޭނައަށް ޝޮކެއް ލިބިފައިވާ ކަހަލައެވެ. ލޯބިވާ މަންމަ އެފަދަ ކަމެއް ކޮއްފާނެކަމަކަށް އޭނަ ދުވަހަކުވެސް އުއްމީދެއް ނުކުރެއެވެ. މިއޮއް ހުރިހާ ދުވަހު އެއީ ބައްޕަގެ ކުށްކަމަށް ޤަބޫލުކޮއްގެން ހުއްޓާ ކަންތައްތައް މިދިމާވީ ކިހިނެތް ހެއްޔެވެ؟
” އަރޫ.. ހިނގާ ނަމާދުކޮއްލަން… އިން ޝާ ﷲ ދެން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ވީކަމެއް އެވީ.. އެކަމެއް ދެން ބަދަލެއް ނުކުރެވޭނެ… ” މަލަކް އަރީންއަށް ނަސޭހަތްތެރިވިއެވެ. މަލަކްގެ ބަސް ޤަބޫލުކޮށް އަރީން މަލަކްއާއިއެކު ނަމާދުކުރިއެވެ. ކޮންމެ ގޮތަަކަށް ކަންތައް ވެގެން ދިޔަޔަސް ހުރިހާ ކަމަކަށްވެސް އޭނަ ﷲއަށް ޝުކުރުވެރިވެއެވެ.
—
ދެމަސް ފަސް
މެންޝަން އަލުން ރަނގަޅުކުރިތާ ދެމަސް ފާއިތުވެގެން ހިނގައްޖެއެވެ. އެގާގަނޑުތައް އެތަންތަނުގައި ވަޅުލެވިފައިވާ ހިނދަކު އެގެ ރައްކާތެރިވާނެއެވެ. އެހެނަސް އެއީ ވަގުތީ ހައްލެކެވެ. ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ވަންޏާ އެތަކެއް ޖިންނި ޝައިތާނުންގެ ކިބައިން ރަނގަޅުކުރެވޭ ބަޔަކު އެއްވެގެން ނޫނީ އެމެންޝަން އެއްކޮށް ރައްކާތެރިއެއް ނުވާނެއެވެ. ވުމާއިއެކު އަރީން އުނދޯލިން އެފަރާތުގައިވާ ގަސްތަކަށް ނުދެވޭނެހެން ބިޔަ ފާރެއް ރޭނިއެވެ. އަދި އެތަންކޮޅަށް ދުވަހަކުވެސް މީހަކަށް ނުވަދެވޭނެކަމަށް މީހުންނަށް ނަސޭހަތްތެރިވުމަށް މެންޝަންގައި އުޅޭ އެންމެނަށް ހަނދާންކޮއްދިނެވެ. އަދި ބައްޕަގެ ޑައިރީތައްވެސް ކުރިން ވެސް ރައްކާތެރިކޮއްފައި ބެހެއްޓި އުސޫލުން އޭނަ އެފޮތްތައް ބެހެއްޓިއެވެ. ބައްޕައެކޭ އެއްފަދައިން އޭނަވެސް ހަޔާތުގެ ވާހަކަތައް އެހެން ފޮތްތަކެއްގައި ލިޔަމުން ދިޔައެވެ. ހަމައެއާއެކު އޭނައަށް މަދު ދުވަސްކޮޅަކަށް ނަމަވެސް ބޭނުންވާ މަންމައެއްގެ ލޯބި ދިން ސާރާގެ ހާލަތު ބެލުމަށް އޭނަ ކުރިން އުޅުނު ކަމަށް ބުނާ މެންޓަލް ހޮސްޕިޓަލަށް ދިޔަ އިރު ސާރާ ނިޔާވިތާ ދެއަހަރެއްވަރު ވެއްޖެކަން އެނގުނެވެ. އަދި އަރީންއަކީ މިހާރު ލޯބިލޯބި ދެކުދިންގެ ބައްޕައެކެވެ. ކުޑަކުޑަ އަމާނީއަކާއި އިރުފާންގެ ބައްޕައެވެ. ލޯބިވާ ދެކޮއްކޮއަށް ނަންދެވުނު ފަދައިން އޭނަގެ ދެކުދިންނަށް ވެސް ނަންދިނީ ކޮއްކޮމެންގެ ހަނދާންތައް ފުހެވިގެން ނުދިނުމަށެވެ. މަލަކްއާއިއެކު މެންޝަންގައި ދިރިއުޅެމުން ދިޔައީ އުފާވެރި މުސްތަޤުބަލެއް ދެކުދިންނަށްވެސް ދެވޭތޯ މަސައްކަތް ކުރަމުންނެވެ.
-ނިމުނީ-
ވާހަކައިގެ ވާފަދަ ހަރާމް ކަންކަމާއި ދުރުހެލިވުމަށް ކިޔުންތެރިންނަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވަމެވެ. އަމިއްލަ ފައިދާއަށް މީހަކަށް ދެވޭ ދެރައަކީ ކިހާ ބޮޑު ކަމެއްކަން އެނގޭނީ އަނެއް މީހާއަށް ދެވުނު ދެރަ ތިމާ މީހާއަށް އިހުސާސްކުރެވުނީމައެވެ.
މިއީ ހަޤީޤީ ހާދިސާތައް އެކުލެވޭހެން ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. އިން ޝާ ﷲ އަދި ކުރިޔަށް އެހެން ވާހަކައެއް ވަރަށް އަވަހަށް ގެނެސްދޭނަމެވެ. ކިޔުންތެރިން ބޭނުންވަނީ އަޅުގަނޑުގެ ފުރަތަމަ ލޯބީގެ ވާހަކައެއް ނުވަތަ މިކަހަލަ ބިރުވެރި އެހެން ވާހަކައެއް ހެއްޔެވެ؟ ނޫނީ ދެބައި އެއްކޮށް ހިމޭނެ ވާހަކައެއް ހެއްޔެވެ؟ ކޮމެންޓް ކޮއްލައްވާށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


Mi part vx v Reethi masha allah
Curiously waiting for next story
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard
Loabeege vaahaka eh beynumee
Love you
Eyee cutie girl ge comment eh olhigen anonymous jehifa sorry
Wooow varah reethi mi vaahaka
Please love story eh genesdhyba next
🤍
Wow mi part vex varha reethi Masha Allah
Please love story genesdhyba
Love you so much
varah reethi mivaahaka masha allah.inthizaaru kurevenee biruveri loaeege vaahaka yakah
Mi
Mi part ves varah reethi masha allah… Please a love story
Mi vaahaka ves nimunee dh, vv thafaathu
Reethi vaahak eh mee, aslu dhen kiyaalan beynun vanee v biruveri vaahaka eh dhe lobi veri aku
(Falhu.thanakun) (gaburusqthaanun) Bahdhalu vamun annanee
yo aadha vegen, mee alhugadu vv kiyaa hive mifaharu vaahakThah. un meedhu kuranee dhaadhi avahakkiyaa lan libeyne kamah
.
Jazakillah hairan comment kohli hurihaa kudhinaa kiyun therinah ves 🥹 In sha Allah gina kudhin edhunu gothah varah avahah loabige vaahaka eh genes dheynan. Adhi loabeege biruveri vaahaka eh ves genes dheynan. Love you all 🤍🤍