Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 22

umny Level 210 Stories
July 10, 2024 5 Mins Read
9 Comments

” މިއީ ޕޭޝެންޓުގެ ލިޔުންތައް. މިއަދު ދޫކޮއްލާނެ ޕޭޝެންޓް… މީގައި އިންނާނެ ފިޒިއޯ ތެރަފީ ހަދަން ދީފައި އިން ލިޔުންކޮޅު ވެސް. ހަފްތާއަކު ތިން ދުވަހު އިންނާނީ. ދީފައި އިން ދުވަސްތަކުގައި ޤަވައިދުން ފިޒިއޯ ހެދުން ވަރަށް މުހިންމު. ” ނަރުސް ކުއްޖަކު އައިސް އަމާނީގެ އެންމެހާ ލިޔުމެއް އަހަރެންނަށް ދިއްކޮއްލިއެވެ. އަހަރެން ގަނޑުތަކާއި ހަވާލުވަމުން ޝުކުރު އަދާކޮށް ގަނޑުތަކުގައި ހުރި އެއްޗެހި ބަލައި ޗެކްކޮއްލީމެވެ.

” ސާރާ…!؟ ” ގަނޑުތަކުން ފެނުނު އެއްޗަކުން އަހަރެންނަށް ބަލާލެވުނީ ސާރާއަށެވެ.

” ކިހިނެތްވީ؟” ސާރާ ހައިރާންވެފައި އަހަރެންނަށް ބަލާލިއެވެ.

” މިއީ ކޯޗެއްހޭ ސާރާ! ” އަހަރެންގެ އަތުގައި އޮތް ގަނޑު ނަގައި އޭނަގެ މޫނުމަތީގައި ހޫރުވާލީމެވެ.

” ކޯޗެއްތަ ސަލީމް؟ ” އުފާވެރި ވަގުތު ފަނިކޮށްލުމުން ހިތްހަމަ ނުޖެހިފައި ސާރާ އަހާލިއެވެ. އަހަރެން ދެދަރިންނަށް ބަލާލުމަށްފަހު އަރީންގެ ގާތުގައި ކޮއްކޮ ގާތު މަޑުކުރަން ބުނެ ސާރާ ގޮވައިގެން އަހަރެން ނުކުތީ ކޮޓަރިން ބޭރުގައި ކޯރިޑޯ ތެރޭގައި އިން ހުސްތަން ކޮޅަކަށެވެ.

” މި ބަލާބަލަ! ” އަހަރެން އޭނަ އަތަށް ގަނޑު ދިނީމެވެ. އޭނަ ގަނޑަށް ބަލާލުމަށްފަހު އަހަރެންނަށް ބަލާލި އިރު މޫނުމަތިން ފެނިގެން ދިޔައީ ބިރުވެރިކަމެވެ. އަހަރެންނަށް ހަޤީޤަތް އެނގުމުން އޭނަ ބިރުގަތީއެވެ.

” މި… މި… ކޮން އިރަކު… ހެދި.. ޓެސްޓްއެއް؟ ” ސާރާ އަޅައިގަންނަމުން ކަހަލަ ގޮތަކަށް އަހަރެންގެ ގާތުގައި އަހާލި އިރު އަތުގައި ތުރުތުރު އެޅުމެއް ހުއްޓެވެ.

” މިއީ މިދިޔަ މަހު އަހަރެން އަމާނީގެ ރައްކާތެރިކަމަށް ހެދި ޓެސްޓްއެއް. އެކަމަކު ބަލާ..؟ މިއަދު ނަތީޖާ މަށަށް މިލިބުނު ގޮތް!! ” އަހަރެން ރުޅިއަޔަސް ވާހަކަ ދެއްކީ މަޑުންނެވެ. މީހަކަށް އަޑު އިވިގެން ޙަބަރު މުޅި ޤައުމަށް ފެތުރޭކަށް އަހަރެން ބޭނުމެއް ނޫނެވެ.

” ސޮރީ ސަލީމް… އަހަރެން… ” ސާރާ ދައްކަން އުޅުނު ވާހަކަ އަހަރެން ހުއްޓުވީމެވެ.

” އިތުރަށް ދައްކާނެ ވާހަކައެއް ނެތް. ކަލޭގެ ދަރި އެހެރީ ހޭއަރާފައި. އެކުއްޖާ ގޮވައިގެން ގެއިން ނިކުންނަން ޖެހޭނެ މިމަސް ތެރޭގައި. އަހަރެންނާއި ލޭގެ ގުޅުމެއް ނެތް މީހަކު އަހަރެންގެ ގާތުގައި ބަހައްޓާކަށް ބޭނުމެއް ނޫން. އަދި ހާއްސަކޮށް ބޭވަފާތެރީން! ” އަހަރެން އޭނަގެ އަތަށް ގަނޑުތައް ޖެހުމަށް ފަހު ބާރަށް ހިނގާފައި ގޮސް ވަނީ އަމާނީ އޮތް ކޮޓަރިއަށެވެ. އަދި އަރީންގެ އަތުގައި ހިފައިގެން އަހަރެން ނުކުތީ އަމާނީ އަހަރެންނަށް ބައްޕާއޭ ކިޔާ ގޮވަ ގޮވާ ހުއްޓައެވެ. އަހަރެން އަރީން ގޮވައިގެން ހޮސްޕިޓަލުން ނުކުމެ ކާރަށް އަރައި ގެޔަށް ގެންގޮސް ދިނުމަށް އެދުނީމެވެ. ރުޅި އައިވަރުން އަހަރެންގެ ގައިން ދާވެސް ހިއްލައިފިއެވެ. އަރީން ވެސް ވާނުވާ ނޭނގިފައި އަހަރެންނަށް ބަލަހައްޓައިގެން އިންކަން އެނގެއެވެ. އެހެނަސް އޭނަ ސުވާލެއް ނުކުރެއެވެ. ނުވެސް ކުރާނެއެވެ. އޭނައަށް ލިބިފައިވަނީ މުޅިންވެސް އާތިކާގެ މިޒާޖެވެ. މަދު ފަހަރެއްގައި ނޫނީ އަމިއްލައަށް ކަމެއް ކިޔައިދިނުމުން ނޫނީ ވާހަކައެއް ނާހާނެއެވެ.

އަހަރެންނަށް ކާރުގެ ދޮރުގައި އިން ބިއްލޫރިން ބޭރަށް ބަލާލެވުނެވެ. އުޑުމަތި ބަނަކޮށް އޮތް ވިލާތަކުން ވާރޭ އޮއްސާލީ އަހަރެންގެ މިހިތާމައިގައި ބައިވެރިވާ ފަދައިންނެވެ. ކާރުގެ އެބިއްލޫރިތަކުުގައި ޖެހެމުން ދިޔަ ތިކިތައް ފައިބަމުން ދިޔަ އުސޫލުން އަހަރެންގެ ދެލޮލުން ކަރުނަ ތިކިތައް ފައިބަމުން ދިޔަކަން ރޭކާލީ ދެންމެއެވެ. ދުވަހަކުވެސް މިހެން ކަންތައް ވެދާނެއެކޭ އަހަރެން ދުވަހަކުވެސް އުއްމީދެއް ނުކުރަމެވެ. އަމާނީގެ ރައްކަލަށް އެކި ބަލިތަކަށް ހެދި ޖެނެޓިކް ޓެސްޓުން އަންގައިދިނީ އަހަރެން މިއީ އޭނަގެ ބައްޕަ ނޫންކަމެވެ. މިވީ ހައަރު ދުވަހު ސާރާ އަހަރެންނަށް އޮޅުވާލީއެވެ. އަހަރެންނަށް އޭނަ ބޭވަފާތެރިވީއެވެ. މިއީ އަހަރެން އާތިކާއަށް ބޭވަފާތެރިވުމުން އޭނައަށް ދެވުނު ދެރައިގެ ނަތީޖާ ހެއްޔެވެ؟ ނުލާހިކު އުފާވެރިކޮށް އޭނައާއިއެކު އުޅެވެން އޮއްވާ އެއުފާވެރިކަން ވެސް ބަރުބާދުކޮއްލީ އަހަރެންނެވެ. އާތިކާ ސާރާގެ ބަނޑުގައިވީ ދަރިޔާ ބެހޭ ގޮތުން އެދުވަހު ކުރި ސުވާލުގެ ޖަވާބު އަހަރެންނަށް ކުރިން ބެލުނު ނަމައެވެ. އެހެނަސް އަހަރެންނަށް ސާރާއަށް މާބޮޑަށް އިތުބާރު ކުރެވުނީއެވެ. ސާރާދެކެ ވާލޯބިން އަހަރެންނަށް އެހެން ހުރިހާ ކަމަކަށް ފަރުވާ ކުޑަކުރެވުނީއެވެ. ހުރިހާ މުދަލެއްވެސް އަރީންއާއި އަމާނީއާއި ސާރާއަށް ބެހުމަށް މިހާރު އަމަލްއާއި ވާނީ ހަވާލު ވެސް ކޮއްފައެވެ. އެކަން މިހާރު ޕުރޮސެސް ނުވާކަމެއް ވެސް ނޭނގެއެވެ. ޔާ ﷲ މިއަޅާއަށް ތިދެއްވީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟

ގުރީން ޝެލް މެންޝަންއާއި އަރާ ހަމަވުމުން ނިރްވެދް ކާރު މަޑުކޮއްލިއެވެ. އަހަރެން ނިރްވެދްގެ ގާތުގައި އަރީން ގެންގޮސް މެލެރީ ނޫނީ އަކީޝާއާއި ހަވާލުކޮއްފައި މަޑުކުރުމަށް ބުނީމެވެ. އަދި އަހަރެން ކާރަށް އަރައި ދުއްވާލީމެވެ. މެންޝަންއަކީ މިއަދު އަހަރެންގެ މިސްރާބެއް ނޫނެެވެ. މެންޝަންއަށް ވަދެ ސާރާގެ ބޭވަފާތެރިކަން އަލުން ބަލާ ހިތެއް އަހަރެންގެ ނެތެވެ. އެހިތްވަރެއް މިއަދަކު އަހަރެންގެ ނެތެވެ.

ދެގަޑިއިރުގެ ދިގު ދަތުރަކަށްފަހު އަހަރެން ގޮސް މަޑުކުރީ ސިޓީއެއްގެ އެޕާޓްމެންޓް ބިލްޑިންގްއެއް ކުރި މައްޗަށެވެ. އަހަރެން އެއްފަރާތުގައި ކާރު ޕާރކު ކުރުމަށްފަހު ހިނގައިގަތީ ބިލްޑިންގްގެ އެތެރެއަށް ވަންނާށެވެ. ހަވަނަ ފުލޯއަށް އަރައި ދެވަނަ އެޕާޓްމެންޓްގެ ދޮރުގައި ޓަކި ޖަހާލުމުން ދޮރު ހުޅުވީ އާތިކާއެވެ. އަރީންގެ ތެރަޕީގެ ކަންކަމަށް އޭނައާއި ފުދޭ ވަރަކަށް ބައްދަލުވެފައިވާތީ އޭނަ މިފެނުނީ އެހާ ދުވަސް ފަހުންނެއް ނޫނެެވެ.

” ސަލީމް ކިހިނެތްވީ؟ އަރީން ގޮވައިގެންތަ ތިއައީ؟ ” އާތިކާ އަހަރެންގެ މޫނަށް ބަލާލާފައި ދޮރުން ކުޑަކޮށް ބޯދިއްކޮށް ބޭރު ބަލާލީ އަރީން ފެންނަން ހުރިތޯއެވެ.

” ކޮބާ އަރީން؟ އަނެއްކާ އޭނައަަށް ކަމެއްވީތަ؟ ” އަރީން ނެތުމުން އޭނަ އަހަރެންނަށް އަނެއްކާ ބަލާލި އިރު އޭނަގެ މޫނުމަތިން ފެނިގެން ދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ.

އަހަރެންނަށް ޖަވާބެއް ނުދެވުނެެވެ. އޭނަ ކުޑަކޮށް ދުރުކޮއްލުމަށްފަހު އަހަރެން ގޮސް އެއެޕާޓްމެންޓްގެ ލިވިން ރޫމްގައި އިން މުށިކުލައިގެ ސޯފާއަށް ވެއްޓިގަނެވުނެވެ.

” އާތިކާ.. އަހަރެން މިއަދު މުޅިން އެކަނިވެރިވެއްޖެކަމުގެ އިހުސާސް ކުރެވެނީ.. ވަންނާނެ ތަނެއް ނެތިގެން އަހަރެންނަށް މިތަނަށް އާދެވުނީ… ” ފެންކަޅިވެފައިވާ ހާލު އަހަރެންނަށް އޭނައާއި ދިމާއަށް ބަލާލެވުނެވެ.

” ކިހިނެތްވީ؟ ސާރާއާއި ދެމިހުން މައްސަލަ ޖެހުނީތަ؟ ” އާތިކާ އަހަރެންގެ އެއްފަރާތުގައި ސޯފާގައި އިށީނދެލަމުން އަހާލިއެވެ.

” ނޫން! އެއަށްވުރެ މާބޮޑު ކަމެއް. އަަހަރެންނަށް ސާރާ ބޭވަފާތެރިވީ އާތިކާ… އޭނަ އަހަރެންނަށް ބޭވަފާތެރިވީ..! އަމާނީ އެއީ އަހަރެންގެ ދަރިޔެއް ނޫން…! މިއޮއް ހުރިހާ ދުވަހު އޭނަ އެކަން އަހަރެންނަށް ސިއްރުކޮއްގެން އުޅުނީ.. ” އިވުނު ވާހަކައިން އާތިކާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ.

” އަހަރެންނަށް މާފު ކުރޭ އާތިކާ.. އާތިކާއަށް އަހަރެން ބޭވަފާތެރިވުމުން ލިބުނު ބަދަލު ކަންނޭނގެ މިއީ.. ” ހިތުގައި ޖެހިފައި ހުރިވަރުން އަހަރެންނަށް އޭނަގެ ކޮނޑުގައި ބޯއަޅާލެވުނެވެ.

” ނޫން. އެހެން ހީނުކުރޭ… އަހަރެން ސަލީމްއަށް މާފު ކުރިތާ ކިހާ ދުވަހެއް.؟ ބުނެއެއްނު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ..  އިން ޝާ ﷲ ކޮންމެވެސް އެހެން ރަނގަޅު ކަމެއް ވާން އޮތީމައި އެއީ ” އާތިކާ ވިސްނައިދިނެވެ. އާނއެކެވެ. ސާރާއާއި ހިލާފަށް އާތިކާ އާއި ވާހަކަ ދައްކާލުމުން އަހަރެން މާ ހިތްހަމަޖެހެއެވެ.

” ދެން ކިހިނެތް ހަދަން ތިވިސްނަނީ؟ ވަރިކުރަނީތަ؟ ” އަހަރެން ބޯހިއްލާލުމުން އާތިކާ އަހަރެންނާއި ދުރަށް ޖެހިލިއެވެ.

” އަދި ނޭނގޭ ސީދާ ބުނާކަށް… އަމާނީ މިހާ ދުވަހު ގެންގުޅެވިފައި ހުރީމައި ވަރިނުކޮށް ވެސް ބަހައްޓަފާނަން… ” އަހަރެން ދުރުބަލާލަމުން ބުނެލީމެވެ.

” އަހަރެންނަކަށް އަދި ނުފެނޭ ވަރިކުރާކަށް. ވެދާނެއެއްނު ކޮންމެވެސް ސަބަބެއް އެކަމުގައި އޮތީ ކަމަށް. އަނެއްކޮޅުން އަމާނީއަށް ވާނީ ކިހިނެތް؟ އޭނަ އެހާ ތުއްތު އިރު އަރީންއަށް ވީހެން ވާކަށް އަހަރެން ބޭނުމެއް ނޫން. އަނެއްކާ އޭނަގެ ބައްޕަ އޭނައަށް ނުފެނިއްޖެޔާ؟ އަރީންއަށްވުރެ ވެސް މާނިކަމެތިކޮށް އޭނަ އުޅެން ޖެހިދާނެ. ބޮޑުވެގެން އޭނަ ސަލީމްއަށް ނަފުރަތުވެސް ކޮއްފާނެ.. މިހާރު އަހަރެންނަށް ވިސްނޭ ސަލީމް ގާތުން ވަރިޔަށް އެދެވުން އެއީ އަހަރެން އަރީންއަށް ދެވުނު ވަރަށް ބޮޑު އަނިޔާއެއްކަން… ” އާތިކާ އަހަރެންނަށް ބަލާލަމުން ފުންނޭވާއެއް ދޫކޮއްލިއެވެ.

” ތީގެ މާނައަކީ އާތިކާ އަދިވެސް އަހަރެންނާއެކު އުޅެން ބޭނުމޭތަ؟ ” އަހަރެންނަށް އެކްސްޕެކްޓް ކުރާ ފަދަ ރާގަކަށް އަހާލެވުނެވެ.

” އާން. ސާރާއާއި ތިދެމީހުންގެ ގުޅުމަށް ބުރޫއަރާފާނެތީ ކޮންމެ ފަހަރަކު ވެސް ސަލީމް ގާތްވީމައި ދުރަށް ޖެހެވެނީ.. ” އާތިކާ އިސްޖަހާލިއެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ. މިއޮއް ހުރިހާ ދުވަހު އަހަރެންނަށް ނުފެނުނު ޖަވާހިރަކީ އާތިކާއެވެ. ޝައިތާނާގެ ވަސްވާސްތަކަށް ހެއްލިގެން އަހަރެންނަށް ސާރާއާއި ގާތްކޮއްގެން އުޅެވުނީއެވެ. ސާރާއާއި ދުވަހު ގުޅުމެއް ނުބޭއްވުނު ނަމަ މިއަދު މިހިނގާ ހުރިހާ ކަންކަމެއް ބަލާކަށް ނުޖެހުނީއެވެ.

—

20 ސެޕްޓެންބަރ 2008

” އަހަރެން މިއުޅެނީ އާތިކާއާއި ދެއަންބަށް އިންނަން… ” އަހަރެން ސާރާއަށް ބަލާލުމަށްފަހު ބުނީމެވެ. އޭނަ ކިތަންމެ ހިތްހަމަ ނުޖެހުނަސް މިފަހަރު އަހަރެން އާތިކާ އަލުން ހާސިލް ކުރާނަމެވެ.

” ކީކޭ؟ ކިހިނެތްވީ ކުއްލިއަކަށް މިއަދު ތިކަހަލަ ނިންމުމެއް ތިނިންމީ؟ މިހާރު މަށަށްވުރެ އޭނަ ކަމުދިޔައީދޯ؟ މީހުން ބުނަނީ ހަމަ ތެދެއްތާ…؟ އެއްފަހަރު ބޭވަފާތެރިވާމީހާ އަނެއްކާ ވެސް ބޭވަފާތެރިވާނެ! ” ސާރާ ރުޅިއައިސްގެން ހަޅޭލަވައިގަތެވެ.

” އޭތް! ކީއްވެތޯ ވިސްނާލަބަލަ މިހެން ވާން ޖެހުނީ!؟ ކާކުގެ ކުށެއް މިއީ؟ ” އަހަރެން ހުރީ އިންތިހާއަށް ރުޅި ގަދަވެފައެވެ.

” ސަލީމް އަހަރެމެން ދެމިހުން އެކުގައި އުޅުނު ދުވަސްތަކޯ؟ ސަލީމްއެއްނު އަހަރެން ގާތުގައި ބުނީ އަހަރެން އެކަނި ސަލީމްއަށް ފުދެއޭ..؟ ދެން ކީއްވެ؟ ކީއްވެތަ؟ އަނެއްކާ އަހަރެންނަށް ކުރެވުނު ކުށުގެ އަދަބު ދޭންތަ ތިހެން ތިހަދަނީ؟ ބުނެބަލަ!! މިވީ އަށްމަސްތެރޭ ސަލީމް އަހަރެންނާއި ވާހަކައެއްވެސް ނުދައްކާ… އަހަރެންނަށް ވަރަށް އުނދަގޫ ސަލީމް ތިހެން އުޅެންޏާ… އަހަރެންގެ ހިތަށް ވަރަށް އަސަރުކުރޭ… ” ސާރާގެ ދެލޮލުން ކަރުނަ އޮހޮރޭތަން ފެނުމުން އަހަރެންނަށް ދުރުބަލާލެވުނެވެ. އަހަރެން އަދިވެސް އޭނަދެކެ ލޯބިވެއެވެ. އޭނަ ހިތުގައި ޖައްސާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު އޭނަ އަހަރެންނަށް ބޭވަފާތެރިވީއެވެ.

” އަހަރެމެން ދެމިހުން އަލުން ވާހަކަދައްކަން ފެށީތާ މިހާރު އަށްމަސްވެއްޖެ. މިއަދު އަހަރެން ނިންމި ނިންމުމެއް ނޫން މިއީ… އަހަރެންނަށް ހެޔޮ އެދޭ މީހަކު އަހަރެންނަށް ދޫކޮއްލެވުނީމައި އަލުން އަނބުރާ ގެންނަން މިއުޅެނީ. ސާރާ ތިއީ އަހަރެންނަށް ބޭވަފާތެރިވި މީހެއް. ދަރިޔެއްގެ ނަސްލު ބަދަލުކޮއްލައިގެން އައިސް އަހަރެންގެ ރަޖިސްޓްރީ މައްޗަށް ޖަހައިފިއެއްނު.. ޝުކުރު ކުރޭ ތިދެމައިން މިގެއިން ބޭރު ނުކުރާ ކަމަށްޓަކައި ވެސް. އެކަމަކުވެސް އަހަރެންގެ ހިތެއް ދެން ދުވަހަކުވެސް ސާރާއަކަށް ހެވެއް ނުވާނެ. މަށަށް މިހާރު ވެސް އެނގޭ މަށަށް ނޭނގި ފިރިހެނަކު ގެންގުޅޭތާ ފުދޭ ވަރަކަށް ދުވަސްވެއްޖެކަން. އެމިހައަށް ކުއްޖެއް ލިބިގެން ކުއްޖާ އެބޯޓްވެސް ކޮއްލީ ނުން އަހަރެން ރާއްޖެއަށް ވިޔަފާރިކަމެއްގައި ދިޔަ ދުވަސްކޮޅު. އެހެންވެ އެއްނު ފަހުން ކުދިން ހޯދަން އުނދަގޫވެގެން ތިއުޅެނީ.. އެކަން ޝައްކުވިތާ ކިތަންމެ ދުވަހެއް. އެކަމަކު ލޯބިވާވަރުން އެކަން ވެސް ބަލަން ބޭނުންނުވީ… އަހަރެން ދުވަހަކުވެސް ސާރާ ވަރިއެއް ނުކުރާނަން. އަދި އަަހަރެންގެ އަންބެއް ގޮތުގައި ހުރިހާ ހިނދަކު މިގޭގައި އުޅެވޭނެ، ބޭނުންވާ ޒަރޫރީ ޙަރަދުތައް ވެސް ލިބޭނެ. އަމާނީއަށްވެސް ލިބޭނެ. މިހާ ދުވަހު އޭނަ ދަރިޔެއް ގޮތުގައި ގެންގުޅެވިފައި ހުރީމައި އަހަރެން އެކުއްޖާ ދަރިޔެއްހެން ގެންގުޅޭނަން. އެކަމަކު އުމުރުން އަށާރަ އަހަރު ވާންދެން… އަހަރެންގެ އަސްލު ދަރިޔަކަށް ނުވިޔަސް ހެޔޮ. މިއީ އަހަރެންގެ ހެޔޮކަމުގައި ސާރާ ކޮޅުފައިން ޖެހީމައި ސާރާއަށް ދޭ ބަދަލު! ” އަހަރެން އެހެން ބުނީމެވެ.

” ނޫން ސަލީމް… ތިއީ ކާކު ދެއްކި ދޮގު ވާހަކަތަކެއް!؟ ތިހީކުރެވެނީ ރަނގަޅަކަށް ނޫނޭ! ” ސާރާ ބުނި އެއްޗަކުން އަހަރެންގެ ފިޔަވަޅުތައް މަޑުޖައްސާލަން ޖެހުނެވެ.

” ހަޤީޤަތް އެނގި އޮތީ ސާފުވެފައި. ދެން އޮޅުވާލައިގެން ދޮގުތަކެއް ހަދަން ނޫޅޭ! އަހަރެން މަރުވެއްޖެޔާ އެއްވެސް މުދަލެއް ވެސް ސާރާއާއި އަމާނީއަކަށް ނުލިބޭނެ. އެކަމަކު އަހަރެންގެ ދަރިޔެއް ސާރާއަށް ލިބިއްޖެޔާ މުދަލުން އެއްބައި ދަރިފުޅަށް ލިބޭނެ. އެހެން ނޫންނަމަ ކުރިން ވެސް ބުނި ގޮތަށް ޒަރޫރީ ބޭނުންތައް ފުއްދައިދޭނަން. ” އަހަރެން ރުންކުރު ރާގަކަށް ބުނެލަމުން އަހަރެން ކޮޓަރިން ނުކުމެގެން ހިނގައިގަތީ ބޭރަަށެވެ. މިރޭ އަހަރެންގެ ބޭނުމަކަށްވީ އާތިކާ ކުރެ އަހަރެންނާއި އަލުން އިންނާނަންތޯ އެހުމެވެ. އޭނަ ޤަބޫލުވާ ކަމުގައި ވަންޏާ ދެއަންބަށް އޭނައާއި އިންނާށެވެ.

—

އަހަރެން އާތިކާ އުޅޭ އެޕާޓްމެންޓްގެ ދޮރު ކައިރިއަށް ޓަކި ޖަހަން ގާތްވި ތަނާ ރުއިމުުގެ އަޑާއި އެކު އެއްޗެއް ވެއްޓިގެން ދިޔަ އަޑު އިވުނެވެ. ސިހުމެއް ލިބިފައި އަހަރެންނަށް އަވަސް އަވަހަށް ދޮރުގެ ތަޅުގައި ހިފާލި އިރު ދޮރު ހުރީ ތަޅު ނުލައެވެ.

” އާތިކާ! ” ދެކަކޫ މައްޗަށް ތިރިވެ ބިންމަތީގައި އިން އާތިކާ ގިސްލަ ގިސްލާފައި ރޮނީއެވެ.

ނުނިމޭ

ކިޔުންތެރިންނަށް ހީވަނީ ކިހިނެތް؟ މިވާހަކައިގައި ރޫޙާނީ އެއްޗެއް އެގޭގައި އުޅެން ޖެހުނީ ކީއްވެ؟ ހިޔާލުތައް ކޮމެންޓް ކޮއްލައްވާ ☺️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ތެމި ވާރޭގައި ވީމޭ 20

Next

އިންސާފް (އަށްވަނަ ބައި)

Next
July 10, 2024

އިންސާފް (އަށްވަނަ ބައި)

Previews
July 10, 2024

ތެމި ވާރޭގައި ވީމޭ 20

9 Comments!

  1. Dream gurll says:
    July 10, 2024 at 2:32 pm

    maashaa allah varah…. reethi vaahakeh alhugadah heevany dhn saleem aathikaa aai inumah fahu saaraa vari kuraaneehenn noony aathikaa aai innnan e geyah dhaairu aathikaa govain saleem badhaluvaanee henn. Let’s see dhw dhnn ekm aathikaa aai saleem ge aa dhiriulhunn fashaidhehcheyy ingeyy heeve kuriah huri episod thah ves vrah reethi vaanehenn i can’t wait for the next part…. ☺️☺️☺️☺️

    1. umny says:
      July 17, 2024 at 5:14 pm

      Jazakillah hairan 🤗🤍

  2. Zeena says:
    July 10, 2024 at 3:04 pm

    Masha ALLH vvv salhi saara mivee hama heekuri kahala nuby meehaka , dhen heevanee hama saara ge kulhi varu mifeshu neehen, saara boogal hadhaigen thitha athikaa adhi saleemuge meehakah noolhe veygothah kanthah koffa huree hen vv heeve , adhi aathikaa maraalan bayaku fonuvee hen v heeve athanuga mussadhi kn beynun vegen saaraa ulhey hen vv heeve

    1. umny says:
      July 17, 2024 at 5:14 pm

      Jazakillah hairan dear🤍🤗

  3. Cutie girl says:
    July 10, 2024 at 4:15 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Saara haadha goahey
    Aathika emme gulheni saleem aa

    1. Dream gurll says:
      July 10, 2024 at 6:30 pm

      Yess

    2. umny says:
      July 17, 2024 at 5:16 pm

      Jazakillah hairan dear 🤗🤍 Hehe alhugandhu ves beynunvaney dhemihun gulhuvan dhw.. ekamaku feshunu iru ihnaane dhemihun vakin ulhunu vaahaka liyefa. Eyge sababu adhi fahun huri part thakuga ingeyne

  4. LIM🖤 says:
    July 10, 2024 at 8:57 pm

    Alheyy haadha dhera gothekey alhunnah vx heevanee dream gurll buni gothah dhn Saleem saaraa vari kuraany hn anehkaa amaani ge maruge hageegathakee kobaaba?

    1. umny says:
      July 17, 2024 at 5:19 pm

      Lets see dhw😊

Comments are closed.

Next Episodeގާތުގައިވި އަނދިރިކަން، 23←


All Right Reserved!