ލޯބިވާގެއެ ހަނދާންތަކުން ނިކުމެވުނީ ރީމާގެ ފޯން ރިންގް ވުމުންނެވެ. “އޭ ކޮބާ؟ މަމިދަނީ ބަލާ… ރޮށިފިހަން ފުށްގަނޑު މޮޑެފަ…” ސުހާ ހުރީ އަވަސް އަރުވާލައިފައެވެ. “އާން…މަ މިނުކުންނަނީ ނަމާދުކޮށްލައިގެން…އާދޭ….”ރީމާ އެހެން ބުނުމުން ސުހާ ފޯނު ބޭއްވިއެވެ. ރީމާވެސް ކޮޓަރިއަށްވަނެވެ. ފާހާނަޔަށް ވަދެ ވުޟޫއު ކޮށްގެން ނުކުމެ މުސައްލަ ފަތުރައިލިއެވެ. ނަމާދުކޮށް ސަޖިދައިގައި އޭނާގެ އާއިލާއަށް ދުޢާ ކުރިއެވެ. އަދި އަޔާޒުގެ ހަނދާންތައް އަނބުރާ އޭނާއަށް ދެއްވުމަށް އެތަށްފަހަރަކު ދުޢާ ކުރިއެވެ. އޭނާގެ ލޯބިވެރިޔާ ހެޔޮޙާލުގައި ލެއްވުމަށް އެތައްފަހަރަކު […]
ހޮސްޕިޓަލުން ނުކުމެގެން ގެޔާ ހަމަޔަށް އައި އިރުވެސް ރީމާ ހުރީ ޖެހި ބުދެއް ހެންނެވެ. ހަގީގަތުގައިވެސް މިއަދު އޭނާ މުޅީ ދިރިއުޅުން މަތިން ފޫހި ވެއްޖެއެވެ. އޭނާދެކެ ލޯބިވާނޭ ފަރާތެއް ހަމަ މިދުނިޔެއިން ނުވަނީހެއްޔެވެ؟ ކަރުނައިގެ ކޯރެއްގައި ފަތަން އޭނާއަށް ޖެހިފައިވިއެވެ. ލޯބީގައި އިންސާފު ކޮބާބާއެވެ. އަޔާޒުވެސް އޭނާގެ ހަޔާތަށް އައީ ކުޑަ ދުވަސްކޮޅަކަށެވެ. ދެން އެއައީ އޮޅުވާލުމެއްގެ ތެރެއިން އާޒިން އެވެ. ލޯބީގެ ދަޅަ ދައްކައިގެން ހިސާބަކަށް އޭނާ ހައްލައިލައިފިއެވެ. އޭނާގެ ހިތް އެއީ ކުޅޭ […]
ހިތްގައިމު ހެނދުނެކެވެ. “ލަމް….” ކޮލެޖަށްދާން ހިނަގައިގަތް ލަމްހާ ހުއްޓުނީ ޔަޒިން ގޮވާލުމުންނެވެ. ޔަޒިން ފުންކޮށް ލަމްހާއަށް ބަލާލިއެވެ. ލަމްހާ މިއަދު ހާދަ ރީއްޗެވެ. އެ ދޮން މޫނު އެހެންދުވަސްތަކާ ބަލައި އުޖާލާވެފައި ތަފާތު ވިދުވަރެއް އެލޮލުގައިވިހެން ޔަޒިންއަށް ހީވިއެވެ. އެތާގެ ފިނި މާހައުލުން ލަމްހާއަށް ވަނީ ރޯގާޖެހިފައެވެ. ދޮން ކޮލަށްވަނީ ރަތްކުލައަރާފައެވެ. ފިނިކޯޓެއްލައިފައި ގަންބޫޓަކަށް އަރައިފައި ހުއްޓެވެ. “ކީކޭ……؟” ރަކި ހިނިތންވުމެއްޔަޒިންއަށް ދެމުން ލަމްހާ އަހައިލިއެވެ. “މްމްމްމް މަޑުކޮށްބަލާށޭ ބުނަންވެގެން…އަހަންނާ އެއްކޮށްދާން….” ބޯކަހާލަމުން ޔަޒިން ވެސް ބުނެލީ […]
ހަނާގެ ހާލް ބަލަން ދާން އެ ހިތް އެދި ގޮވިޔަސް ދާން ބޭނުން ނުވީ ރީމާ ފެންނާނެތީއެވެ. އަދި އޭނާގެ ހަނދާންތައް އައިކަން އެނގިދާނެތީއެވެ. އަހުނަފް ހުރީ އަވަސްފަރުވާދޭ ކޮޓަރީގެ ކުރިމަތީގައެވެ. އެންމެންވެސް އެތަނަށް އައިސް ތިއްބެވެ. މަދުވީ ހަމައެކަނި އަޔާޒެވެ. ރޯލރޯލަ އިން ފާތުމަގެ މޫނުން ފެންނަނީ ވަރުބަލިކަމެވެ. އޭނާގެ ކުދިންނަށް މިދިމާވަނީ ކާކުގެ ހަސަދައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ގަބުވެފައި ހުރި އަހުނަފް މަޑުމަޑުން އެއްކައިރިވެ ހަނާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުޢާކުރިއެވެ. […]
ހަގީގަތުގައިވެސް ރީމާއަށްޓަކައި ޔަޒިން އެކޮށްދިނީ ޝުކުރު އަދާ ކުރުމަށްވުރެ ބޮޑުކަމެކެވެ. އުފަލުން ފެންކަޅިވެފައި ރީމާ އެތަނަށް ބަލަން ހުއްޓެވެ. ދުވެފައި ދިޔަގޮތަށް ރީމާ ޔަޒިންގައިގައި ބައްދައިގަތެވެ. ޔަޒިން ރީމާ އުފުއްލައިލައި އަނބުރާލިއެވެ. އުފަލުން ދެހިތްވެސް ފޮޅިފައިވިއެވެ. ވައިރޯޅިއާއެކު މަގުގައިވި ފަތްތަށްވެސް އެންބުރިގަތެވެ. އެމަންޒަރު ބަލަން ތިބި ބަޔަކު އާޝޯޚުވާހާ ފުރިހަމަ މަންޒަރެކެވެ. ފާރުމަތިން އަތްކަހާލުމުން ޔަޒިންއަށް ހޭވރިކަންވިއެވެ. އެއީ ހިޔާލެކެވެ. ރީމާ އެހެރީ އެމީހުންނާ ވާހަކަދައްކާށެވެ. ހޭލައި ހުއްޓައި ފެނުން ހުވަފެނެކެވެ. އެހެންވާނެނަމައޭ ހިތަށްއެރިއެވެ. އަދިވެސް އޭނާ […]
ގޭތެރެއަށްވަން ރީމާ ގޮސް ކޮޓަރިއަށްވަދެ ލެވެމުންދިޔަ ފުންނޭވާތަށް ކޮންޓްރޯލް ކުރަން އުޅުނެވެ. ރީމާ ތެތް އެއްޗިހި ބަދަލު ކުރިއިރުވެސް ވަނީ ކޮންމެސް ކަމަކަށް ގެއްލިފައެވެ. އިރުކޮޅެއްފަހުން ފާތުމަ ގޮވާލިއެވެ. “ރީ ނުކުމެބަ ވަރަށް އަވަހަށް ހޮސްޕިޓަލަށް ދާން …” ދޮރު ހުޅުވާލައި ރީމާ ސުވާލުގެ ނަޒަރަކުން ބަލައިލި އިރު ކޮޅުންލައި ނުފެންނަހައި ފާތުމަގެ މޫނުން އުފާވެރިކަން ފެންނަން ހުއްޓެވެ. “އަޔާއަށް ހޭލެވިއްޖެ…” ފާތުމަގެ އެ ޖުމްލައިން ރީމާގެ މެއަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. ފާތުމައާ އެކީ ރީމާ […]
ކައުޗްގައި އިން ޔަޒިންގެ ނޭފަތުގައި މަޑު މަޑު އަންހެން ސެންޓެއްގެވަސް ޖެހުމުން އިސް އުފުލައި ބަލާލިއެވެ. ކައިރިއަށް އައިސް ހުއްޓުން ރީމާފެނި އެސްފިޔަ ޖަހަން އުނދަގޫވިއެވެ. ގުދުރަތުން އެހައިރީތި ސިފައެއް ދެއްވާފައިވީނަމަވެސް ރީމާ އެވަރަށް މޭކަޕްކުރަނީ ކީއްވެބާއެވެ…؟ އެރީތި ސިފަ ފޮރުވަނީ ކާކަށްބާއެވެ..؟ މީހަމަ ރީމާބާއެވެ..؟ ދިރުމެއް ނެތް އެމޫނު އުޖާލައިވެފައިވިއެވެ. އެ ފެހިލޯ އެއީ އަސްލުބާއެވެ..؟ “އިޓްސް ފޯޜ ނައު….” ޔަޒިންގެ ނަޒަރުން ސަލާމަތްވާން ބޭނުންވެފައި ހުރި ރީމާ އެދުނެވެ. “ޔަހް ލެޓްސް ގޯ…..” ތެދުވެގެން […]
އެއްނޭވައިން ކޯފީތަށި ދަމާލަމުން ބިލަށް ފައިސާދައްކާފައި ނިކުންނަން ދިޔަ ޔަޒިންގެ ލޮލުގައި އަޅައިގަތީ ތެމިފޯވެގެން ހިނގައިފައި އައި ރީމާއެވެ. ޖެހިގެން ހުރި ގޯޅިން ބާރު ސްޕީޑްގައި ކާރެއް ނުކުންނަން އައެވެ. “ރީމާ……”ބާރުހަޅޭކާއެކު ޔަޒިން ދުއްވައިގަތީ ރީމާ ސަލާމަތްކުރުމަށެވެ. އެންމެ ސިކުންތުކޮޅެއް ލަސްވިނަމަވެސް ރީމާ މިދުނިޔެއަކަށް ދެން ނޭވާލުމަކީ ނާދިރުކަމެކެވެ. ނުވިސްނައިހުރި ރީމާ ދަމައިގަތުމުން ރީމާ ވެއްޓުނީ ޔަޒިންގެ އތުތެރެއަށެވެ. ހަތަރު ކަޅި ހަމަވެފައިވިރީމާ އާ ޔަޒިން ތެމެމުން ދިޔައިރު ހީވަނ ފިލްމެއްގެ މަންޒަރެއްހެންނެވެ. އެކެފޭގައި އެމަންޒަރު ބަލަން […]
5 ކުދިންގެ އިންޓަވިއު ދިޔައިރުވެސް އަހުނަފް ހިންހަމަޖެހޭވަރުގެ ކުއްޖަކު ނުވިއެވެ. “އެކްސްކިއުޒް މީ ސާރ….” އަނެއްފަރާތަށް އެނބުރި ފައިލެއް ހިފައިގެން އިން އަހުނަފް ސިއްސައިގެންދިޔައީ ދަންނަ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. އެނބުރިބަލައިލުމާއެކު ދެލޯ ބޮޑުކޮށްގެން ހިނދުކޮޅަކުބަލަން ހުރެވުނީ ހަނާ ލައިފައިވި އޮފިޝަލް ހެދުންފެނިފައެވެ. ކަޅުސްކާރޓް އިނީ ކަނކުަލާ ހަމައަށެވެ. ހުދު އަތްދިގުނހުދުގަމީހުގެ މަތިން ކަޅުވެސްޓެއް ލައިފައިވުމުން ވަރަށް ފުރިހަމައެވެ. އިއްޔެއާ ޚިލާފަށް މިއަދުވަނީ ބޯފަންކޮށް ހުޅިއެއް ޖަހާފައެވެ.އަރާފައިވި ހީލްގައި ހަނާ ހީވަނީ މޮޑެލްއެއް ހެންނެވެ. އަހުނަފަށް މި ފެންނަނީ ހުވަފެނެއް ނޫންކަން އެނގުނީ ހަނާ އިށީންނަން ހުއްދަޔަށް އެދުމުންނެވެ. “ހަނާ..އަމް ސަޕްރައިޒްޑް…ކީއްވެ ނުބުނީ މިތަނަށް ޖޮއިން ކުރަން ބޭނުންވާ ވާހަކަ؟..ބޭބެއަށް އިނގޭތަ؟..” “ހެހެހެހެ…” އަތުގައި އޮތް ފައިލް ނަގައި އަހުނަފަށް ދިއްކޮށްލަމުން ހީލިއެވެ. “އަޅުގަނޑު ބޭބެ ކައިރީގައި ބުނިން.. ބޭބެ ބުނީ ހުސްކޮށް އިނީ މިވަގުތު މިމަގާމޯ….ދެން ހިތަށް އެރީ އެޕްލައި ކުރާނީއްޔޭ…ކިހިނެތްވީ…ލިބޭނެބާ….؟” ބުމަޔަށް ގޮތެއް ހަދާލަމުން ހަނާ ސުވާލު ކުރިއެވެ. “ހެހެ…ހަނާ ހުއްޓައި ނުކެރޭނެ އެހެންމީހަކަށްދޭން ބޭބެ ފަހަރެއްގަ ހިތްހަމައެއް ނުޖެހިދާނެ […]