“ސޮރީ ބެންބެ ހުރި ކަމެއް ނޭނގުނިއްޔޭ..އެނީވޭސް ކޮންގރެޓްސް ބޯތް އެން ލަވް ޔޫ ބޮތް އެ ލޮޓް..ހަނާ ދަނީ ފަހުން ދޯ ދެން ޓްރީޓް އޮންނާނެ ދޯ..؟ ބެންބެ ޗަންކީޗޮކް ވެސް ދޯ…… ހެހެހެހެ ބާއި ސީޔޫ ގައިސް!”އަޔާޒު ގައިގަ ބައްދާލުމަށްފަހު، މައުސޫމް ގޮތަކަށް ހީލަމުން ހަނާ ވަދެގެން ހިނގައްގެއެވެ. 16،17 އަހަރު ވެފަ ހުއްޓަސް ހަނާގެ ހުންނާނީ ޅަގޮތެކެވެ.ޗަންކީޗޮކް އެއީ ހަނާގެ ފެވްރިޓް ކަމުން ލޯބިން އެންމެންވެސް އޭނާއަށް ކިޔަނީ ޗަންކީޗޮކެވެ. އަނެއްކާވެސް ދެލޯބިވެރިން އެކަނިވީއެވެ. “ރީ ހަޔާ ސްޓަޑީސް އަށް ދާނަންތަ؟” އެދެމެދުގައިވި ހިމޭންކަން ޝިކާރަކޮއްލަމުން، އަޔާޒު އެއްސެވެ.”ޔެސް..އެކަމު އޭގެ ފަހުން ކިޔަވާކަށް ހިޔާލަކު ނެތް…!” ރީމާއެބުނީ 12،11 ކިޔެވުމަށްފަހު، އިތުރަށް ނުކިޔަވާނެ ވާހަކައެވެ. “އަޔާ ޗޫސް ކުރަނީ ޖޮބް ދޯ..؟” އެއްބުމަ އަރުވާލަމުން ރީމާ އަޔާޒަށް ބަލާލިއެވެ. “ނާހް.. އަޔާ ބޭނުން 12،11 ކިޔަވަން އެކަމު ޑޭޑް ގެ ތިންކް ހުރި ގޮތެއް ބަލަން ޖެހޭނީ… އަޔާ ބޭނުންވަންޏާ ޑޭޑް އޯކޭވާނެ…” ހަގީގަތުގައި 12،11 ކިޔަވަން އަޔާޒު އެހާބޭނުން ނުވިޔަސް ރީމާގެ ހިޔާލު އެހެން ހުރީތީ އެނާ ބޭނުންވީ އިތުރު ދެއަހަރު ކިޔަވާލާށެވެ. ރީމާއަށްޓަކާ އޭނާ 100 އަހަރުވެސް ކިޔަވަފާނެއެވެ. އެހާވެސް އެހިތުގައި ރީމާ ޙާއްސައެވެ. މެންދުރުގެ ހޫނުކަން މަގުތަކަށް ވެރިވަމުން ދިޔަ ނަމަވެސް މަޑުވައިރޯޅި އިރުއިރުކޮޅާ ޖައްވުގައި އުދުހިގަނެއެވެ. ގަސްތަކަށް ގޯނާކޮށްލައެެވެ.މެދުމިނެއްގައި ހިނގަމުން އައި ދެމިހުންވެސް ގޭތެރެއަށް ވަދެގެން އައެވެ.ގޯތީގައިވާ ބޮޑު އަނބުގަހުން މުޅިގޯތި ވަނީ ހިޔާވެފައެވެ. އަޔާޒު ގޮސް އިށީނީ ބަގީޗާގައި ވާ ބެންޗުތަކުން ބެންޗެއްގައެވެ. ރީމާ ހިނގައިގަތީ އަންނައުނު ވަށިގަނޑެއް ހިފައިގެން ގެއިން ނުކުމެގެން އައި ފާތުމައާދިމާއަށެވެ ފުރަތަމަވެސް ލިބުނު ކާމިޔާބީ ހާމަކޮށްފައި ފާތުމަގައިގައި ބައްދާލިއެވެ. “މަރުހަބާ.. ދޮނޭ އަށް އިނގިއްޖެ..! އަޔާ ބައްޕަ ގުޅާފަ ބުނީ… މަރުހަބާ އަޔާއަށްވެސް” އެ ދެމީހންގެ އުފާވެރި ހަރަކާތްތައް ބަލަން ދުރުގައި އިން އަޔާޒު ބޯތިރިކޮށްލަމުން ޝުކުރިއްޔާއޭ ބުނެލިއެވެ. “ރީ ދޮނޭގެ ގަސްކޮޅަށް ފެންދީބަލަ.. ދޮނޭ ބިޒީވި ވަރުން ތިހިރީ ފެން ވެސް ނުދީ އަދި..” އަންނައުނު ވަށިގަނޑު ނެގުމަށްފަހު ހިނގައިގަންނަމުން ފަާތުމަ ބުނެލިއެވެ. އަތުގައި ހުރިް ފައިލްތަށް އެތރެއަށް ލުމަށްފަހު، ރީމާ ނުކުމެ ފެންހޮޅި ތަށްޔާަރުކޮށްލިއެވެ. އޭރު އަޔާޒު އިނީ ފޯނަށް ގެއްލިފައެވެ. “އަޔާ.. އިސްކޫރު ދޫކޮށްލަދީބަލަ..” ރީމާ އެހެން ބުނުމުން އަޔާޒު މަޑުމަޑުން ގޮސް އިސްކޫރު ދޫކޮށްލިއެވެ. ފެންދެމުން އައިސް ރީމާ ހުއްޓުނީ އަޔާޒު އިން ބެންޗުކައިރިއަށެވެ. އެކަމެއް ފޯނުތެރެއަށް ހުސްވެފއިަހުރި އަޔާޒަކަށް ނޭނގެއެވެ. ފަހަތަށް ޖެހެމުން ގޮސް ބެންޗުގައި އިށީންނަން އުޅުނު އަޔާޒު އަޅައިގަތީ ރީމާގެ ގައިގައެވެ. އަތުން ވިއްސައިގެން ދިޔަ ފޯނުގޮސް ޖެހުނީ ވިނަގަނޑުމަތީގައެވެ. އަޔާޒަށް ރީމާ ހިފަހަށްޓާލެވުނީކިރިޔާއެވެ. ރީމާ ހިފައިގެން ހުރި ފެންހޮޅިހުރީ މައްޗަށް ކަމުން ފެންއަރުވާ ވަޑާމަކުން ފެން ފައިބާހެން ފެންތަށް ފައިބަންފެށިއެވެ. އެ ވަގުތު ތުކޮޅަކީ ހަނާ އައިސް ވަން ވަގުތެވެ. މަޑުމަޑުން ގޭތެރެއަށް ވަދެ ކެމެރާ ހިފައިގެން އައިސް ދެތިން ފޮޓޯއެެއް ކެޕްޗާ ކޮށްލިއެވެ.ވަގުތު ދިނުމަށްފަހު ހަނާ ގޭތެރެއަށް ވަނެވެ. ނަމަވެސް މިއިންކަމެއް ދެޒުވާނުންނަކަށް ހިލަމެއްވެސް ނުވެއެވެ. އެއަށްވުރެ، އެދެމީހުންގެ ހިޔާލީ ދުނިޔެ ވަނީ އެމީހުންނާ ވަށައިލައިފައެވެ. ފަސޭހައިން […]
“ދަރިފުޅާ ރީމާ..!”ރީމާގެ ކޮޓަރިދޮރުގައި ޓަކި ޖަހަމުން ފާތުމަ ގޮވަލިއެވެ. އެތެރެއިން ރީމާެ ޖަވާބު ދިނުމުން ފާތުމަ ހިނގައިގަތީ ބަދިގެއާދިމާއަށެވެ.އޭރު ގަޑިން ފަތިހު 5.15 ހިނގަނީއެވެ. ފާތުމައަށް ނޭނގުނަސް ރީމާ ކޮންމެ ރެއަކުވެސް ފަތިހު ހޭލައެވެ.ނަމާދުކޮށް ޤުރުއާން ކިޔަވައެވެ. ރީމާގެ މައިންބަފައިން މި ދުނިޔެއަކުނެތެވެ. އެހެންކަމުން އޭނާ ބަލައި ބޮޑުކުރީ ރީމާގެ ބައްޕަގެ ކޮއްކޮއެވެ. އެއީ ރީމާގެ ބޮޑުދައިތަ ފާތުމައެވެ. ފާތުމައަކީ ދިރިއުޅުމުގައި ކާމިޔާބު މީހެކެވެ. ކުރެވުނު ކައިވެނީގައި ތެދުވެރިކަމާއެކު ސާބިތުވެހުރި ހީވާގި އަންހެނެެކެވެ. ހަނާައަކީ އެދެމާފިރިންނަށް ލިބުނު ހަމައެކަނި ދަރިއެވެ. އޭގެ ފަހުން އަދި ކުއްޖަކު ލިބިފައެއް ނެތެވެ. އެހެންކަމުން ހަނާއަކީ އެދެމީހުންގެ ދެލޮލުގެ ނޫރު ފަދައެވެ. ފުރާވަރަށް އަޅައިފައިވާ ހަނާ މިހާރު ކިޔަވަމުން ދަނީ ގްރޭޑް ނުވައެއްގައެވެ. އެކުޑަ އާއިލާއާއެކު ރީމާވެސް އުޅެނީ ނުހަނު އުފަލުގައެވެ. ފާތުމައާއި ފިރާގުގެ އޯގާތެރިކަމުގެ ސަބަބުން ރީމާއަކަށް މަައިންބަފައިން ނެތްކަމުގެ އިހުސާސެއް ނުކުރެވެއެވެ. ފާތުމަ ބަދިގޭގައި އުޅެނިކޮށް ހަނާ އައިސް ވަނެވެ.ދެވަނަ މިނެޓުގައި ރީމާވެސް އައެވެ. ރީމާގެ ދޮންމޫނު ނުހަނު ތާޒާވެފައި އައްޔެވެ.ވިދާ ބަބުޅަމުންދިޔަ މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައިވި ހިނިތުންވުމުން އެ މޫނު އިތުރަށް ފުރިހަމަކޮށްދެއެވެ. މޭޒު ދޮށުގައި އިން ހަނާ ރީމާއަށް ހެނދުނުގެ ތަހުނިޔާ ކިޔާލިއެވެ. ރީމާވެސް ތަކުރާރުކޮށްލިއެވެ. ކޮފީމަގު ކައިރި ކޮށްލަމުން ރީމާވެސް ހަނާއާ ބައިވެރިވިއެވެ. ހަނާ ސުކޫލުގެ ވާހަކަތަކުން ވާހަކަ ފެށްޓެވެ”މިއަދު ރީމާމެންގެ ނަތީޖާ ދޫކުރާނެދޯ..؟” ރީމާއަށް ދޯދެމުން ފާތުމަވެސް މޭޒުގެ ދެން އިން ގޮނޑި ފުރާލިއެވެ. ރީމާ ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. ރީމާއަކީ ކްލާހުން އަބަދުވެސްއެއްވަނަ ހޯދާ ކުއްޖެކެވެ. އަތުކުރީގަައި އޮތް ގަޑިއަށް ބަލައިލުމަށްފަހުު ދަނީއޭ ބުނެ ހަނާ ފޮތްދަބަސް ނަގައިގެން ހިނގައިގަތެވެ. “ރީމާ..” ގޭތެރެއަށް ވަދެގެން އައި ފިރާގުގެ ފަހަތުން ވަން އަޔާޒު ގޮވާލިއެވެ. އަޔާޒަކީ ރީމާގެ ލޯބިވެރިޔާއެވެ. އަދި އެއްމެގާތް އެކުވެރިޔާއެވެ. އެންމެ ކުރިއްސުރެ ރީމާއާ އެެއްކުލާހެއްގައި ކިޔަވަމުން އައި ރަނގަޅު އަހުލާގެއްގެ ސަކަ މިޒާޖެއްގެ ވެރިއެކެވެ. އެއް އުމުރެއްގެ އެއްހިޔާލެއްގެ ހިތްގައިމު މި ޖޯޑަށް ފާތުމަގެދެމަފިރިން ވަރަށް ރުހެއެވެ. އަޔާޒުގެ މަންމަ ވަނީ އޭނާ ވަރަށް ކުޑައިރު ނިޔާވެފައެވެ. އަޔާޒަށްޓަކައި އޭނާގެ ބައްޕައަދިވެސް އެހެން ކައިވެންޏެއް ނުކުރެއެވެ.ދޮންމަ ދޮންނިޔަދުރެކޭ އެއްވަރުވާނޭ ބުނާ ބުނުން އަޔާޒުގެ ބައްޕަވެސް ގަބޫލު ކުރަނީއެވެ. ހުރިހަމައެކަނި ދަރިފުޅަށް ނެނގިނަމަވެސް ދެރައެއް ދެވިދާނެތީ ބިރުގަންނަނީއެވެ. އަޔާޒު ދެކެނީ ފާތުމައަކީ އޭނާގެ މަންމަ ކަމުގައެވެ. ކުޑައިރުއްސުރެ އެ ލޯބި އަޔާޒަށް ލިބެމުން އައީ ފާތުމަގެ ފަރާތުން ކަމަށްވާތީއެވެ. އަޔާޒުގެ ބައްޕަވެސް އެ ގުޅުމަށް ވަރަށް ރުހެއެވެ. އަދި ރީމާދެކެ އުފަން ދަރިފުޅުދެކެވަހާ ލޯބި ވެއެވެ. ދެއާއިލާވެސް ނުހަނު އުފާކުރެއެވެ. “ޔެސް..” ރަކިހިނިތުންވުމަކާއިއެކު ރީމާ ޖަވާބުދިނެވެ. “ކޮބާ ރެޑީތަ؟ ރީމާގެ މޫނަށް މާނަވީ ހިނިތުނވުމެއް ދޫކޮށްލަމުން އައިސް އަޔާޒު އިށީނީ ރީމާގެ ކުރިމަތީގައެވެ. އިތުރަށް ރީމާ ރަކިވާގޮތްވިއެވެ. އެ ދޮންމޫނަށް ޖަންބުކުލަ ވެރިވިއެވެ. އެ ފުރިހަމަ ހަނދެއްފަދަ މޫނުން ނަޒަރުވަކިކުރަން އުނދަގޫވިނަމަވެސް އަޔާޒު އޭނާގެ ހިތަށް ވިސްނައިދިނީ އެތާ އިތުރު ބަޔަކު ތިބިކަމެވެ. އެމީހުނަށް އިހުތިރާމް ކުރުމަށެވެ. “ކޮންކަމަކަށް ރެޑީހޭ؟” ބުމަ ގޮށްޖަހައިގެން އިނދެ ފިރާގު އެއްސެވެ. “މިއަދަކީ ވަރަށް ޙާއްސަ ދުވަހެއްނު. ފިރާހަނދާން ނެތުނީ ދޯ؟..މިއަދުމީ މިމީހިންގެ ނަތީޖާ ހަވާލު ކުރާ ދުވަހޭ..!” ފާތުމަ ހަނދާންކޮށްދިނެވެ. އެއީ އަބަދުވެސް ފިރާގުގެ ގޮތެވެ. އެއްވެސް ކަމެއް ހަނދާނެއް ނުހުންނާނެއެވެ. އެކަމާ ފާތުމަ އޭނައާ ދިމާކުރެއެވެ. އެކި އެކި ވާހަކަތަކުގައި ތިބެ ހެނދުނުގެ ނާސްތާ ނިންމައިލިއިރު ނުވައެއް ޖަހަން 15 މިނިޓަށް ވެއްޖެއެވެ. ރީމާ ވަނީ ސްކޫލަށް ދިޔުމަށްޓަކައި ތައްޔާރުވާށެވެ. ފާތުމަ ތަށިތަށް ނެގުމުގައި އުޅުންއިރު، އަޔާޒު އަދިވެސް އިނީ ފިރާގާ ވާހަކައަޅުވައިގެންނެވެ. އިރުކޮޅެއްނުވެ ރީމާ އައިސް މޭޒުކައިރީ ހުއްޓި އަޔާޒަށް އިޝާރާތް ކޮށްލިއެވެ. ދެމީހުން އެކު އެކީ ކަހަލަ ގޮތަކަށް ދަނީއޭ ބުނެ ހިނގައިގަތްތަނާ ފިރާގާ ފާތުމައަށްވެސް “ގުޑްލަކް” އޭ ބުނެވުނީ އެއްފަހަރާ އެވެ. ދެން ހޭދަވީ ހުނުމުގެ ސިކުންތު ކޮޅެކެވެ. އެއްހަމައެއްގައި ފައިހަމަ ކުރަމުން ސުކޫލާދިމާލަށް މިސްރާބުޖެހި ދެމީހުންގެ ދޭތެރޭވި ހިމޭކަން އޮތީ ހިނދުކޮޅަކަށެވެ. “ރީ..” އަޔާޒު މަޑުމަޑުން ރީމާއަށް ގޮވާލިއެވެ. “ހޫމްމް..” ހިނިތުންވުމެއް އަޔާޒަށް ދެމުން ގާތްގޮތަކަށް ރީމާ ހޫނ އަޅުވައިލިއެވެ. “މިއަދު ރީ ހާދަ ރީއްޗޭ..” އަޔާޒުގެ އަބަދުގެ ތައުރީފުން ރީމާ ލަދުގަންނަވާލައިފިއެވެ. ތެދެކެވެ. ރީމާއަށް ނޭނގުނަސް މަގުމަތިން ފެންނަހާ މިހުންވެސް އެކަން ފާހަނގަކޮށްފިއެވެ. ސާފު ހުދުކުލައިގެ ސްކިނީއަކާއެކު މަޑުފެހިކުލައިގެ ޓޮޕްކޮޅު ރީމާއާ ނުހަނު ގުޅެއެވެ. އަދި އެއާއެކު ކަރުގައި އަޅާފައިވާ ހުދު ސްކާފުން އެ ދޮންކަނދުރާ ނިވާވެފައިވީނަމަވެސް އިތުރަށް ޒުވާންކަން ފުރިހަމަވެފައިވިއެވެ. އަޔާޒު އެންމެ އުފާވެފައި ހުރީ އެ ސްކާފް ފެނުމުންކަމާމެދު ރީމާ ޝައްކެއް ނުކުރެއެވެ. އެއީ އަޔާޒު އޭނާއަށް ދިން ހަދިޔާއެކެވެ. “އަހަރެން އެކަނިތަ؟ އަޔާވެސް ނުލާހިކު ހެންސަމް މިއަދު،އެކަން މިމަގުގެ އަނެއްފަޅީގަ އެތިބަ ކުދިން އާގަމަ ވެފަ ތިބިވަރުން އެނގޭ…” ރީމާ ދިމާކޮށްލިއެވެ. އެއީވެސް ދޮގެއްނޫނެވެ. ކަނޑުނޫ ކުލައިގެ އަތްދިގު ޓީޝާޓް ކިތަނމެހައިވެސް އަޔާޒާ ގުޅެއެވެ. ކަޅު ޖީންސްގެ އިތުރަށް އަޅާފައިވާ ރޭބަން އެރިކާގެ ކަޅު އައިނުގެ ސަބަބުން އެ ފިރިހެންވަންތަކަން އިތުރަށް ފުރިހަމަކޮށްދެއެވެ.އެ ބައިމަތިފުޅާ ހަށިގަނޑުގެ ރީތިކަމުން މައްޝޫރު ފިލްމީތަރި ރިތިކް އާ ވައްތަރުގޮތެއް ހުރެއެވެ. ޖީބަށް ދެއަތް ޖަހައިގެން ދިޔައިރު ބޮޑަށް ވައްތަރީ މޮޑަލް އަކާއެވެ. ދެމީހުންވެސް ހިޔަލީ ދުނިޔެއެއްގައި އެކަކު އަނެކެއްގެ ލޯބީގެ ކަނޑުގައި އޮޔާބެހިގެންދަނީއެވެ. ވާނީވެސް އެހެންތާއެވެ.ދެމީހުންގެ ހިތުގައި ވެސް ރަށްޓެހިކަން ކަފުންވެ ވަޅުލެވި ލޯބި އުފަންވީ ދެމީހުންނަށްވެސް ނޭނގިތިއްބައެވެ. ރީމާކައިރީގައި އެވަރަށް އަނގަތަޅުވައި އުޅުން އަޔާޒަށްވެސް މިހާރު އެމޫނުފެނުމުން ބަސްހުއްޓި މެއަށް ފިނިވެ އެސްފިޔަ ޖަހަންވެސް އުނދަގޫވެއެވެ. ލޯބި ވެވުމުން ހިތަށް ބާރުފޯރުވަން ހާދަ އުނދަގުލޭ އަޔާޒުގެ ހިތަށް އަރައެވެ. ހިތްއެދެނީ ރީމާގެ އަތުގައި ހިފައިގެނެސް މޭގެ ތެރޭ ބޮނޑިކޮށްލާށެވެ. އެ ދޮންމޫނުގަ ފިރުމާލާށެވެ. ގުދުރަތުން ރީމާއަށް ލިބިފަ އެވާ އަޅި ލޮލުގެ ތެރެއަށް ފީނައިގަންނާށެވެ. އެ ދިގު އެސްފިޔަތަކަށް ބޮސް ދީ، އެހިތުގައިވި ލޯބި ހާމަކޮށްލާށެވެ. އަޔާަޒަށް ނޭނގުނަސް ރީމާގެ ހިޔާލުވެސް އެނބުރެމުން ދިޔައީ އެކަހަލަ ހުވަފެނެއްގައެވެ. އެ ތަނަވަސް މޭގައި ބޯއަޅައިގެން އޮވެ ލޯބިވާވަރު ހާމަ ކުރަން ރީމާވެސް ހުރީ ކެތްމަދުވެފައެވެ.ނަމަވެސް އަދިވަގުތު ނުޖެހޭ ކަމުގައި އޭނާ ދެކުނެވެ. ސްކޫލަށް ވަދެގެން ގޮސް ކްލާހަށް ވަދެވެނުއިރުވެސް ދެމީހުންނަށް ހިޔާލީ ދުނިޔެއިން ނުނިކުމެވެއެވެ. ނަމަވެސް ދެވަނަ މިނެޓްގައި ރީމާ ކްލާހަށް ސަމާލުކަންދިނެވެ. އަޔާޒުވެސް އަދި ޓިޗަރު ނާންނާތީ ފޯނަށް ނަޒަރު ހުއްޓާލިެއެވެ. މާގިނައިރެއްނުވެ ބިޒްނަސް ޓީޗަރު ނަތީޖާކަރުދާސްތަށް ހިފައިގެން އައެވެ. ނަތީޖާ ލިބިއްޖެއެވެ. ދެމީހުންވެސް ފާސްވިއެވެ. މިފަހަރުވެސް ކްލާހުން އެއްވަނަޔަށް ދިޔައީ ރީމާއެވެ. އެންމެ ފުރަތަމަވެސް ރީމާއަށް މަރުހަބާކީ އަޔާޒެވެ. ކްލާހުގެ ހުރިހާކުދިންވެސް އަދި ޓީޗަރުންވެސް ރީމާއަށް ހޫނު މަރުހަބާއެއްކިއެވެ.އެ އެންމެންގެ މަރުހަބާއަށް ޝުކުރުވެރިވަމުން ނުކުންނަން ހިނގައިގަތް ރީމާ މަޑުޖެހިލީ ސްކޫލުގެ ޕްރިންސިޕަލް މިހާދު އެކުލާހަށް ވަންތަން ފެނިއެވެ. “މަރުހަބާ ރީމާ.. ތިޔަހޯދި ކާމިޔާބަަށް.. އަދި މި ސުކޫލުގެ ދަރިވަރަކު ޓޮޕްޓެންގެ 1ވަނައިގައި ހިމެނުމަކީ ވަރަށްވެސް އުފާވެރި ޙަބަރެއް.. ރީމާގެ ކާމިޔާބީ އަށް އަދިވެސް އެއްފަހަރު މަރުހަބާކިޔަން..” ޕްރިންސިޕަލްގެ މި ޖުމްލައާއެކު، ހޫނު އަތްތިލަބަޑިއެއްގެ އަޑު އިވިގެންދިޔައެވެ. ރީމާ ހުރީ ދެއަތްމަހާލުމާއެކު މޭގައި އަތް ޖެހިގޮތަށް ޝޮކެއްގައެވެ. މީ އޭނާ އުންމީދުކުރި ކަމަކަށް ނުވާތީއެވެ. ކައިރީގައި ހުރި އަޔާޒަށް ރީމާ ބަލައިލިއެވެ. ރީމާގެ ލޮލުން އޭރު އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. އަޔާޒު ބޯހޫރާލަމުން ކަރުނަފޮހެލަދިނެވެ. ރީމާގެ އެ އުފާވެރި މޫނު ފެނި އަޔާޒުވެސް ހުރީ އުފަލުން ފެންކަޅިވެފައެވެ. ރީމާގެ އިތުރުން އެ ކުލާސް ބައެއް ކުދިން ޓޮޕްޓެންގަ ހިމނުނެވެ. އަޔާޒުވެސް ޓޮޕް ސެވެންއިން ޖާގަ ހޯދިއެވެ. އެހެންކްމުން ކްލާސްކުދިންގެ އިތުރުން ޓީޗަރުންގެ ރޭވުމުގެ ދަށުން އެކަމުގެ އުފަލުގައި ހަފްލާއެއް އިންތިޒާމް ކުރެވުނެވެ. އިރުކޮޅަކު ކުދިންނާ ވާހަކަ ދައްކަން ތިބެފައި އަޔާޒާއި ރީމާ ކްލަހުން ނުކުމެގެން ހިނގައިގަތީ ގެއަށް ދިއުމަށްޓަކައެވެ. ގޭޓާ އަރާހަމަވި އިރުވެސް ދެމީހުން ކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. […]