މި ލޯތްބާއި ތި ވަޢުދު (އިޢުލާން)
‘މި ލޯތްބާއި ތި ވަޢުދު’ގެ އެންމެހާ ކިޔުންތެރިންނަށް….
މި ވާހަކައަށް ކަނޑައެޅިފައިވާ ދެ ޕާޓުގެ ފުރަތަމަ ޕާޓު ދެން އަންނަ ހަފްތާގައި އަޕްލޯޑުކޮށް ނިމޭނެ. ބިރު ނުގަނޭ. އަދި ރޫޔާއާއި ރަޒާންގެ ވާހަކައެއް ނުނިމޭ.
ޕާޓް އެކެއް އަޕްލޯޑު ކޮށް ނިމުމާއެކު އެއް ހަފްތާގެ ކުޑަ ބްރޭކަކަށް މި ވާހަކަ ދާނެ. ޕާޓު އެކެއްގެ ފަހު އެޕިސޯޓު 26 ނުވަތަ 27 ޖޫން ގައި އަޕްލޯޑު ކުރެވޭނެ. ދެން ވާހަކައިގެ ދެވަނަ ޕާޓު އަޕްލޯޑު ކުރެވެން ފެށެނީ ޖުލައި ހަތަރަކުން ފެށިގެން.
އެކަމަކު ހާސްނުވޭ، އަޅުގަނޑު ނެތިން ތި ކިޔުންތެރިން އެކަނި ދޫކޮށްލާކަށް. ތި ކިޔުންތެރިންނަށް ހާއްސަކޮށްގެން، ބްރޭކް ތެރޭގައި QnA އެއް ކުރިއަށް ގެންދަން އަޅުގަނޑު އެބަ ވިސްނަން.
ތި ކިޔުންތެރިންނަށް މި QnA ގައި އަޅުގަނޑާ ބެހޭގޮތުންނާއި، ކެރެކްޓާއާއި ވާހަކައިގެ އިތުރުން އެކި އެކި ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ. QnA ގެ ސުވާލުތަކުގެ ޖަވާބު ބްރޭކް ހަފްތާގައި އަޕްލޯޑު ކުރެވޭނެ.
އެހެންވީމާ QnA އަށް ކުރަން ބޭނުންވާ ސުވާލުތައް ކޮމެންޓު ކޮށްލާ.
މީގެ އިތުރުން އެކުވެރިން ބޭނުންނަމަ، ރަޒާންއާއި ރޫޔާ ގެ އިންޓަވިއުއެއްވެސް އަޕްލޯޑު ކުރެވޭނެ. މީ ތި އެކުވެރިންނަށް ދޫ ކޮށްލެވިފައިވާ ކަމެއް. މިކަން ބޭނުންނަމަ ކޮމެންޓުގައި ހިއްސާކޮށްލާ.
Sending lots of love
ތިއާ

