Skip to content
އެސްފިޔަ

ތިއާގެ ހާއްސަ އެޕިސޯޑް: ރަޒާނާއެކު ޗެޓެއް

ތިއާ: އައްސަލާމް އަލައިކުމް. އަޅުގަނޑު، ތިއާ، ތި ހުރިހާ ކިޔުންތެރިންނާ މިއަދު މި ބައްދަލުކޮށްލީ ވަރަށް ހާއްސަ މެހެމާނަކާ އެކު. އާދެ އަޅުގަނޑުގެ ވާހަކަ، މި ލޯތްބާއި ތި ވަޢުދުގެ ފިރިހެން ލީޑު، ރަޒާން. މަރުހަބާ…. ރަޒާން. މި ވަގުތު ކޮންކަހަލަ އިހުސާސެއްތޯ؟
ރަޒާން: (ތިއާއަށް ދެލޯ ހަނިކޮށްލަމުން) އިތުރު ގޮތެއް ނެތިގެން މިތަނަށް މިއައީ. އެހެންވީމާ ތިއާ ބުނެބަލަ އަހަރެން ކޮން އިހުސާސެއްތޯ ކުރަންވީ

ތިއާ: (ކަރުކެހިލަމުން) އޯކޭ. ފުރަތަމަ ސުވާލު. ކިޔުންތެރިންނަށް ކުޑަ ތަޢާރާފެއް ދީބަލަ.
ރަޒާން: އަހުމަދު ރަޒާން ބިން މުހައްމަދު ޝަފީޤް، ތިރީސް ފަސް އަހަރު، އިސްކޮޅުން ހަ ފޫޓު ތިން އިންޗި،

ތިއާ: އެ ނިމުނީ؟
ރަޒާން: ހޫމް

ތިއާ: (ބޯ ޖަހައިލަމުން) އޯކޭ.. ތިން ލަފްޒުން އަމިއްލަ މީހާ ސިފަކުރެވޭނަމަ، ބޭނުންކުރާނީ ކޮން ތިން ލަފްޒުތަކެއް؟
ރަޒާން: މުރާލި، ކެތްތެރި، ބުއްދިވެރި

ތިއާ: ދެން އޮތް ސުވާލު. ކޮފީ ނޫނީ ކަޅު ސައި؟
ރަޒާން: ތި ދެން މީހުން ކުރާ ސުވާލުތަ؟
ތިއާ: ޔެސް. ކޮބާ ޖަވާބު؟
ރަޒާން: ދޭތިވެސް އޯކޭ

ތިއާ: ރަޒާންގެ ކުޑައިރުގެ ހަނދާންތައް އާކޮށްލުމަށްކުރާ ސުވާލެއް މީ، ކުޑައިރު ރަޒާނަކީ ވަރަށް ބަސްއަހާ މަޑުމައިތިރި ކުއްޖެއްތަ ނޫނީ ވަރަށް ހަލަނި ކުއްޖެއްތަ؟
ރަޒާން: (ތިއާ ދެކެ ހިތްހަމަ ނުޖެހިފައި) ދެން އޮތް ސުވާލު

ތިއާ: (ޖެހިލުންވެ ހުރެ) އޯކޭ. ނޯ ކުޑައިރުގެ ސުވާލުތައް. އެންމެ ކާހިތްވަނީ ކޮންޗެއް؟
ރަޒާން: (ފޫހިވެފައި) ރިހާކުރާ ބަތާއި
ތިއާ: (އަޖައިބުވެފައި) އެހެން…
ރަޒާން: (ދެބުމަ ގޮށްޖަހައިލަމުން) ކީއްވީ؟ މަހުޖަނޭ ކިޔާފަ ދިވެހި ކެއުން ނުކައި ހުންނަންވީތަ؟
ތިއާ: ނޫން. އެހެންނަކުންނެއް….

ތިއާ: ދެން އޮތް ސުވާލު. ހުސްވަގުތު ހޭދަކުރަނީ ކިހިނެއް؟
ރަޒާން: (އަސަރެއްނެތް ގޮތަކަށް ހީލަމުން) ރިޕޯޓް ކިޔުމުގައި
ތިއާ: އެހާ ބިޒީތަ؟
ރަޒާން: ތި މީހާއެއް ނޫންތަ އަހަރެންގެ ދިރިއުޅުން ބިޒީ ކޮށްލީ ކީއް
ތިއާ: ދޮގެއް ނޫން

ތިއާ: (ނުތަނަވަސް ހިނިތުންވުމަކާއެކު) ސްކޫލުގައި އުޅުނު އިރު އެއްވެސް ޓެސްޓަކުން ފެއިލްވި ތަ؟
ރަޒާން: ނޫން
ތިއާ: ބަސްނާހާތީވެ ސުޕަވައިޒަރަށް ގެންދެވުނުތަ؟
ރަޒާން: (އަތުގައި އޮތް ފޯނު ކުޅެމުން) ނޫން

ތިއާ: (ކެމަރާމޭނަށް ބަލައިލުމަށްފަހު އަނެއްކާވެސް ރަޒާނަށް ނަޒަރު ހިންގައިލަމުން) ރަޒާންގެ އެންމެ ބޮޑު ސްޓްރެންތަކީ ކޮބާ؟
ރަޒާން: (ފޯނު ކުޅެމުން) ކަންކަން ދުރާލާ ރޭވުން. ބޮޑެތި ކަންތައްތައް ދިމާވެއްޖެނަމަ މީހާ ހާސްނުވެ ހުންނަން އެނގުން.

ތިއާ: އެންމެ ރީތި ކުލައަކީ ކޮބާ؟
ރަޒާން: ކަޅާއި ރަތް

ތިއާ: ރަޒާނަށް އެންމެ ކަމުދަނީ އިރުއަރާ ވަގުތުތަ އިރު އޮއްސޭ ވަގުތުތަ؟
ރަޒާން: (ވިސްނަން އިނދެފައި) އިރު އަރާ ވަގުތު

ތިއާ: ރަޒާންގެ ހަނދާނުގައި އެންމެ އުފާވެރި ދުވަސްތަކަކީ ކޮބާ؟
ރަޒާން: (ނުރުހިފަ) ލިޔުންތެރިޔާ އަހަންނާއި ރޫޔާ ވަކި ކުރުމުގެ ކުރިން…

ތިއާ: (އަވަސްއަވަހަށް) ސޮރީ، ގަސްތުގައެއް ނޫން. ދެން އޮތް ސުވާލު. އެންމެ ބިރުގަންނަނީ ކޮންކަމަކާ މެދު؟
ރަޒާން: (ހަމަ ނުރުހިފަ) ތިއާ ދެން އޮތް ޗެޕްޓަރ ލިޔާނެގޮތަކާމެދު.

ތިއާ: ބުޅާ ގެންގުޅޭ ހިތްވޭތަ؟
ރަޒާން: ނޫން

ތިއާ: އެންމެ ފަހުން ރުއީ ކޮން އިރަކު؟
ރަޒާން: (ތިއާ އަށް ލޯ އަޅައިލަމުން) ސްކިޕް

ތިއާ: އެންމެ ފަހުން ގޫގުލް ކުރީ ކޮންކަމެއް؟
ރަޒާން: (ފޯނު ހުޅުވައިލުމަށްފަހު) ކޭން އަ ފިކްޝަނަލް ކެރެކްޓަރ ސޫ ދެއަރ އައުތަރ؟
ތިއާ: (ބިރުން ދެލޯ ބޮޑުކޮށްލަމުން) ރަޒާން.. ޕްލީޒް، އަހަރެން ސޫ ނުކުރައްޗޭ.
ރަޒާން: (ފޯނު ތިރިކޮށްލަމުން) ތިކަމާމެދު ވިސްނާނަން. ދެން އޮތް ސުވާލު

ތިއާ: (ކަރުކެހިލަމުން) ރަޒާން އޮފީހުގައި މަސައްކަތް ކުރަނީ ކިތައް ގަޑިއިރު ވަންދެން؟
ރަޒާން: (ތިއާ އަށް ބަލަންހުރެ) އެކިދުވަހު އެކި ގަޑިއިރު ވަންދެން.

ތިއާ: ރަޒާން ‘ރަންމުތް ހޯލްޑިންގްސް’ އާ ހަވާލުވެގެން އުޅޭތާ ހަ އަހަރުވި. ރަޒާނަށް ބަލައިލި ކޮންމެ މީހަކުވެސް ރަޒާން ސިފަކުރަނީ މީހުން ބިރުގަންނުވައިލާ ކަހަލަ ގޮތެއް ހުންނަ މީހެއްގެ ގޮތުގައި. ކޮންކަހަލަ އިހުސާސެއްތޯ ކުރެވެނީ؟
ރަޒާން: ބަރާބަރު. އޭރުން މީހުން އަހަންނާ ހުސް އަނގަ ނުތަޅުވާނީ

ތިއާ: ކައްކަން އެނގޭތަ؟
ރަޒާން: ތީ ކުރާ ސުވާލުތަ؟ ކެއްކުމަކީ ކޮންމެ މީހަކުވެސް ދަސްކުރަން ޖެހޭކަމެއް.
ތިއާ: ދެން އޭގެ މާނައަކީ ރަޒާނަށް ކައްކަން އެނގެޔޭތަ؟
ރަޒާން: ހޫމް
ތިއާ: އެންމެ ގިނައިން ކައްކަނީ ކޮންޗެއް؟
ރަޒާން: ގަރުދިޔައާއި ބަތާ

ތިއާ: އޯކޭ މިއޮތީ ކިޔުންތެރިން އެންމެ ބޮޑަށް އެނގެން ބޭނުންވާ ކަންތައްތައް. ރަޒާން. ރޫޔާގެ މަތިން ހަނދާން ވަނީ ކިހާވަރަކަށް؟
ރަޒާން: ސްކިޕް
ތިއާ: ތިހެން ނުހަދާ. ބުނެބަލަ.
ރަޒާން: (ޖީބުން ވޮލެޓުނަގައި، ވޮލެޓުން އެއްހާސް ރުފިޔާ ނަގައި ތިއާއަށް ދިއްކޮށްލަމުން) އެހެން ސުވާލެއް ކުރޭ.

ތިއާ: (ރަޒާން އަތުގައި އޮތް އެއްހާސް ރުފިޔާގައި ހިފަމުން) އޯކޭ. ރޫޔާ ދެކެ އަދިވެސް ލޯބިވޭތަ؟
ރަޒާން:……..
ތިއާ: އިޓްސް އަ ޔެސް. (ހަޅޭއްލަވަމުން) އިޓްސް އަ ޔެސް.

ތިއާ: (އުފަލުން ހުރެ) ދެން އޮތް ސުވާލު-
ރަޒާން: (ގޮނޑީގައި ހަމަ ޖެހިލަމުން) މިފަހަރު ސުވާލުކުރާނީ އަހަރެން.
ތިއާ: (ވާނުވާ ނޭނގިހުރެ) އެނ؟؟

ރަޒާން: ކީއްވެ އަހަންނާއި ރޫޔާ ދުރުކުރުވީ؟
ތިއާ: (ހަމަ ވާނުވާ ނޭނގިހުރެ) ޕްލޮޓު؟؟؟

ރަޒާން: ރޫޔާއާއި އަހަރެންގެ ދެރަ އިން ތިއާ އަށް އެއްވެސް އުފާވެރިކަމެއް ލިބޭތީތަ އަބަދުވެސް އަހަރެމެން ދެމީހުންނަށް ދެރަ ދޭން ތި ވިސްނާނީ؟
ތިއާ: އެ… ނޫން..މި..

ރަޒާން: ތިއާ ކީއްވެ ތެރަޕީއަށް ނުގޮސް އަހަރެމެންގެ ހަޔާތް ބަރުބާދުކުރީ؟
ތިއާ: ތެރަ…ވަޓް؟؟

ރަޒާން: ރޫޔާއަށް އެހުރިހާ ވޭނެއް ހައްޤުތަ؟
ތިއާ: (ކެމެރާމޭނަށް ބަލަމުން) ނޫން؟؟

ރަޒާން: ދެން ކީއްވެ؟
ތިއާ: ކެރެކްޓަރ ޑިވެލޮޕްމެންޓް

ރަޒާން: ކާކު ބުނީ ތިއާ ކައިރީ އަހަންނާއި ޔޫޝާއާ ކައިވެނިކުރުވަން؟
ތިއާ: މަގޭގެ ސިކުނޑި؟؟

ރަޒާން: ތި ސިކުނޑީގެ ކޮށިކަން ދޯ. އެއަށްވުރެ މޮޅުގޮތެއް ނުވިސްނުނުތަ؟
ތިއާ: ތިއީ އަހަރެންގެ ވިސްނުމުގައި އުފެދުނު ކެރެކްޓަރ އެއް.

ރަޒާން: ދެން ކީއްވެ އަހަރެން ކަހަލަ މޮޅު މީހަކު ލިޔެވުނުއިރު، ރަނގަޅު ޕްލޮޓެއް ނުލިޔެވުނީ؟
ތިއާ: (ނިއްކުރީގައި ހުރި ދާ ތިކިތައް ފޮހެލަމުން) ރަޒާން. ޕްލޮޓު ރަނގަޅުވާނޭ. ހާސްނުވޭ.

ރަޒާން: (ރުންކުރު ގޮތަކަށް) ހާސްނުވާށޯ. މައްސަލައެއް ނެތް. ވާހަކަ ނިމޭއިރު، އަހަންނަށް ރޫޔާ ލިބޭތަ؟
ތިއާ: (ދެލޯ ބޮޑުކޮށްގެން) އޭނ، ތިއެއް ނުބުނެވޭނެ.

ރަޒާން: (އަޑު ހަރުކޮށްލަމުން) އެހެންނޫނީ އަހަރެން ތިއާގެ އައުތަރ ޕްރިވިލެޖް އަތުލާނަން.
ތިއާ: (ބިރުން) އޯކޭ. އޯކޭ. ރޫޔާއާއި ރަޒާނަށް އޮތީ ހެޕީ އެންޑިންއެކޭ…

ރަޒާން: އެކަމަކު؟؟
ތިއާ: (ޖެހިލުންވެ ހުރެ ރަޒާނަށް ބަލައިލަމުން) އަދިވެސް އެބަހުރި ސައިޑް ޕްލޮޓްސް…

ރަޒާން: (ރުޅިއައިސް) ސައިޑް ޕްލޮޓްސް؟
ތިއާ: ރަޒާން. ރުޅި މަޑުކުރޭ. ރުޅިއައުމަކީ އެހާ ރަނގަޅުކަމެއް ނޫން.

ރަޒާން: (އިށީނދެއިން ގޮނޑިން ތެދުވަމުން) އިންޓަވިއު މިހާ ހިސާބުން ނިމުނީ
ތިއާ: އެނ؟؟ އަދިވެސް އެބަހުރި ސުވާލުތައް.. ކިޔުންތެރިން..

ރަޒާން: ކިޔުންތެރިން ކައިރީ ބުނޭ، އަހަރެން ބުންޏޭ ތި މީހުން ތިއާއަށް ހެޔޮ ނަސޭހަތް ދީގެން އަވަހަށް އަހަންނާއި ރޫޔާއަށް އުފާވެރި ނިމުމެއް ދޭށޭ. އެހެންނޫނީ ދެން އަންނަ ޗެޕްޓަރ ޕަބްލިޝްކުރުމުގެ ކުރިން އަހަރެން މި ވާހަކައިން ނުކުމެގެން ދާނަން

ރަޒާން: (ތިއާ އާ ކައިރިވެލަމުން) އަދި އެއް ވާހަކައެއް. ނަމަނަމަ ރޫޔާ ދެރަކޮށްލައިފިނަމަ، އަހަރެން އަންނާނަން ތިއާގެ ފަހަތުން. އަހަންނަށް އެނގޭ ތިއާ އުޅޭ ތަނުގެ އެޑްރެސް. އެނގިއްޖެތަ؟
ތިއާ: (އަވަސް އަވަހަށް ބޯ ޖަހަމުން) އޯކޭ..

އާފްޓާ މެތް: (ރަޒާން މޭޒުމަތީ އޮތް އިންޓަވިއު ސުވާލު ކަރުދާސްތައް ނަގައި އިރަން ފެށި. ތިއާ އަށް ހުރީ ކިރިޔާ ރޮވޭ ނުރެވޭ ވަރުވެފައި. ތިއާ ބަލަން ހުއްޓައި ރަޒާން އަތުގައި އޮތް ކަރުދާސްތައް ވަޔަށް އުކައިލުމަށްފަހު އެކޮޓަރިން ނުކުމެގެން ދިޔައީ. ކޮންމެއަކަސް، މި އިންޓަވިއުގެ ސަބަބުން ތިއާ އަށް ކޮންމެވެސް ވަރެއްގެ ތެރަޕީ ނަގަން މަޖުބޫރު ވެއްޖެކަން އިހުސާސްކުރެވުނު)

Comments (4)

  1. White rose

    “can a fictional character sue the author” 😂🤣🤣
    Wow, this is so super interesting 🤩🤩
    Impatiently waiting for the 2nd season

    1. Thea reminisces
      White rose

      Thank youuu 🫶
      Tbh, Razaan does traumatize me.
      But that talk is for another time.
      Next chapter in sha allah on saturday

  2. Anonymous

    Vrh fahakaa…
    Sifa kohdhinun thah vx vrh salhi…
    Rooya ge chat eh gennaanee kn dhuvahakun??
    Dhn enme inthizaaru kurevenee part 2 ah….

    1. Thea reminisces
      Anonymous

      Thank youuu 🫶
      Rooya ge interview will be coming out on Wednesday and next chapter will be on Friday or Saturday

Comments are closed.