އިރު އޭގެ ވާޖިބު އަދާ ކުރުމައް ފަހު ހުޅަނގު ފަރާތާދިމާއައް މިސްރާބު ޖަހައިފިއެވެ. އިރުއޮއްސެންދާތީ މުޅި ޖައްވުވަނީ ރަންރީނދޫ ކުލައިން ފަވާލެވިފައެވެ. މިރީތިކަން ޝާއިރެއްގެ ގަލަމުން ކިޔައިދޭން އުޅެފިނަމަ ހުސްވާނީ ގަލަމުގެ ދެލި ކަންނޭނގެއެވެ. އަހަރެން އިނީ ރަށުގެ ހުޅަނގު ފަރާތު ތުނޑިއާވީ ދިމާލުގައެވެ. ޔައިނީގެ އިންތިޒާރުގައެވ
ޔައިނީ އަކީ އަހަރެން މަސައްކަތްކުރާ އޮފީހުގެ މުއައްޒަފެކެވެ. އެކަމަކު އަހަރެން ދެކެނީ އެއައްވުރެވެސް ގާތްކޮންނެވެ. ވާނީވެސް އެހެންތާއެވެ. އެއީ އަހަރެންގެ މުޅި ހަޔާތް އަޑިގަނޑެއްގައި ވަނިކޮށް އެ އަޑިގަނޑުން އަހަރެން ސަލާމަތް ކޮއްދިން އޯގާތެރި ޒުވާނާއެވެ.
…………………….
ހަޔާތުގައި އުނިވީ ބައްޕަގެ ލޯތްބެވެ. މަންމަ ކިތަންމެވަރައް ލޯބި ދިނަސް ބައްޕައެއްގެ ލޯބި ނުދެވޭނެއްނޫންހެއްޔެވެ. އުމުރުން ދެ އަހަރުގައި އަހަރެން ޔަތީމު ވެއްޖެއެވެ. ނަމަވެސް އަހަރެންގެ އުމުރުން ފަސްއަހަރުގައި މަންމަ އެހެންމީހަކާ އިނީ އަހަރެން ޔަތީމު ހާލުގާ ބޮޑުވިޔަ ނުދިނުމަށް ތޯއްޗެކެވެ. އަހަރެން ހީކުރީ އެއީ އަހަރެންގެ އަސްލު ބައްޕަ ކަމަށެވެ. ވާނީވެސް އެހެންތާއެވެ. ބައްޕަ އަހަރެންދެކެ އެހާ ލޯބިވޭ ވިއްޔާވިއްޔާ އެވެ.
އެއީ އަހަރެންނައް ކުރެވުނު ވަރަށް ބޮޑު ކުށްހީއެކެވެ. ބައްޕަގެ އަސްލު ސޫރަ މި ފެންނަނީ މިހާރު ވިއްޔާއެވެ. މަންމަޔާ ސިއްރުން އޭނާ އަހަންނަށް އަނިޔާ ކުރަނީއެެެެވެ. މަންމަ އޮފީހަށްދާ ގަޑިތަކުގައި އަހަންނަށް މަސައްކަތް ޖައްސަނީއެވެ. ގޭތެރެފޮޅާ ސާފުކުރާށެވެ. ކުނިކަހާ ކައްކާށެވެ. ފިރިހެން ކުއްޖަކައްވެ ހުރެ މިއީ އަހަރެން އެއްގޮތަކަށްވެސް ކުރާހިތްވާ ކަންކަމެއް ނޫނެވެ.
ނަމަވެސް އަހަރެންގެ ބައްޕަ ކަމައްވުމުން ޝަކުވާއެއް ނެތި ހުރިހާ ކަމެއްވެސް ކުރީމެވެ. މަންމަ ހުންނަނީ ވަރަށް އުފާވެފައެވެ. ގެއަށް އައިސް ކުރާނެ މަސައްކަތެއް ނުހުންނާތީއެވެ. މަންމަ އުފާވެފަ ހުންނާތީ އަހަރެން ވެސް ހިތްހަމަޖައްސާލައިގެން ހުންނަނީއެވެ. ނަމަވެސް މަންމަ އައް ނޭނގޭ ކަމަކީ މިހުރިހާ ބުރައެއް އުފުލަން މިޖެހެނީ އަހަންނަށްކަމެވެ. އަހަރެން ރުޅިއަންނަނީ އަހަރެން ކަންކޮށް ބައްޕަ ނަންވާތީއެވެ. އަހަރެން ބައްޕަދެކެ ފޫހިވާން ފެށިއެވެ. މަސައްކަތައް ފަރުވާ ކުޑަ ކުރަން ފެށީމެވެ. ނަމަވެސް ނުކޮއްފިއްޔާ ލިބޭ އަނިޔާ ކުޑައެއްނުވާނެއެވެ. ބައްޕަ މިކަން ކުރީ މަންމައަށް ބައްޕަގެ މުރާލި ކަންއަންގަން ތޯއްޗެކެވެ.
13 ސެޕްޓެމްބަރު 2013 އަކީ އަހަރެންގެ ހިތުގައި ބިންވަޅުނެގިފައިވި ތާރީޙެކެވެ. ބައްޕަގެ ހަގީގަތް އިނގުނު ދުވަހެވެ. އެދުވަހު އަހަރެންނައް ރުޅިއިސްކުރެވުނީ މަންމަ އަށެވެ. އުމުރުން ސޯޅައަހަރު ވީއިރު އަހަންނައް މިވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލަންވީ ކީއްވެގެންހެއްޔެވެ؟ އެއީ އަހަރެންގެ އަސްލު ބައްޕަ ނޫންކަން ނުބުނެދެވުނީ ކީއްވެގެން ހެއްޔެވެ؟ އެދުވަހު އަހަރެންގެ ހިތަށް އެރިއެވެ. ދޮންމަންމައިންނަކީ ދޮންނިޔަނދުރެކޭ ބުނާ ފަދައިން ދޮންބައްޕައިންނަކީ ދޮންދުނބުރި އެކެވެ. އަހަންނައް އެމީހާއާ މެދު ނަފްރަތު ކުރަން ފެށުނެވެ. މަންމަ ހުންނަ ތަންތާނގާ ވެސް ބަދުބަސް ބުނަން ފެށުނެވެ. ފާޅުގަޔާއި ވަންހަނާކޮށް ޖެއްސުން ކުރީމެވެ. އަހަންނައްވާ އަނިޔާ އަކަށް ނުބަލަމެވެ. އެއަށް ވުރެ އަހަރެން ބަދަލު ހިފާލަންބޭނުމެވެ.
ދުވަހަކައްފަހު ދުވަހެއް އެމީހާ ބަލި ވަމުން ދިޔައެވެ. މިހެންގޮސް ނުތެދުވެވޭ ވަރު ވުމުން މަންމަ އެމީހާގަނޑު ގޮވައިގެން ޑަކުޓަރައް ދިޔައެވެ. ހެދި ޓެސްޓު ތަކުގެ ނަތީޖާ ނެގިދުވަހަކީ މަންމަ ކަރުނައަޅާ ރޮއުން ދުވަހެކެވެ. ނަމަވެސް އަހަރެން އެއްވެސް ދެރައެއް ނުވެއެވެ.
އަހަރެންގެ ދޮންބައްޕައަކީ ކެންސަރު ބަލީގެ ޝިކާރަޔަކައްވެފައިވާ މީހެކެވެ. އެދުވަހު ވެސް ބައްޕަ ހުރިހާ ރުޅިއެއްބޭލީ އަހަންނަށެވެ. އަޅެ މީ އަހަރެންގެ މައްސަލައެއް ހެއްޔެވެ؟ އެދުވަހު އެމީހާ އަހަންނާ ދިމާއައް ހެއްދެވިހާ އެއްޗެއްގޮވިއެވެ. ނ ނަމަވެސް މަންމަ އަނގައިންވެސް ނުބުނެއެވެ. އަމިއްލަ ދަރިޔަކާދިމާއައް އެހުރިހާ އަވަގުރާނައެއްގޮވިއިރު ހައްޕު ކިޔައިގެންހުންނަންވީ ކީއްވެގެން ހެއްޔެވެ؟
އެއްއިރެއްގަަ ބުނިހާގޮތެއް ހެދިގެން ޕަޕެޓެންހެންތެޅުވި އަހަރެން އެދުވަހު އަނގަ ފެޅިއެވެ. ދޮންބައްޕައާ ދިމާޔައްވެސް ހިތުހުރީހާ އެއްޗެއް ގޮވާއަހަރެން އެގެއިން ނުކުމެގެން ދިޔައީއެވެ. މަންމަ ގޮވަގޮވަ ހުއްޓައެވެ. ވަންނާނެ ތަނެއްހުރެގެންނެއް ނޫނެވެ. އެދުވަހު މިސްރާބެއްނެތި ވިލިނގިލި ވަށައިގެން ހިނގީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ.
އެގޮތައް އެބުރެނިކޮއް އަހަރެންގެ ސިނކުޑިއައް އައީ މޮޅު ޙިޔާލެކެވެ. އަވަސްއަވަހައް ފެރީއައް އަރައިގެން މާލެ ދިޔައީމެވެ. މާލޭގައި އެނބުރެނިކޮށް އަހަންނާ ދިމާވީ ގުރޭޑު އަށެއްގައި އަހުމަދިއްޔާސްކޫލުގައި އުޅުނުއިރު ފުޓުބޯޅަޓީމުގެ ކުއްޖެއް ކަމައްވާ ވާރިޝް އާއެވެ. އޭނާ ކިޔައިދިންގޮތުގައި އޭނާއަކީ ވެސް އަހަރެން ފަދައިން މައިންބަފައިންނާ ޖެހުނު މައްސަލައެއްގައި ގެއިންނުކުމެއުޅޭ ކުއްޖެކެވެ.
އޭނާ ކިޔައިދިން ގޮތުން މިހާރު އޭނާ އާއިލާއާ މެދު އެއްވެސް ވަރަކަށް ހާހެއް ނުވެއެވެ. މިހާރު އެއީ މާލޭގައި ނަން މަޝްހޫރު ޑްރަގްގެ ވިޔަފާރި ކުރަމުންދާ މީހެކެވެ. މަހެއްގެ މައްޗައް އޭނާ ބުނާގޮތުންނަމަ ފަނަރަލައްކަ އެއްހާ ރުފިޔާލިބެއެވެ. މިޒަމާނުގައި ރުފިޔާއަށް ކޮންމެކަމެއްވެސް ކޮއްފާނެއެވެ. އިސާހިތަކު އަހަރެންވެސް އޭނަގެ އަވައިގައި ޖެހި ޑްރަގްގެ ތެރެއަށް ވަދެވުނެވެ. ގޭންގްތަކާ ގުޅިގެން އަހަރެންވެސް ވާރިޝްގެ އުޅުން ކޮޕީ ކުރަމުން ގެންދިޔައީމެވެ. އަހަރެންވެސް ހިނގީ ވާރިޝް ހިނގި މަގުންނެވެ. އޭނަ އަހަންނަށް ދެއްކި މަގުންނެވެ. އަހަރެންގެެ އުމުރުން އޭރު ކިރިޔާ އަށާރައަހަރު ފުރުނު ކަމެވެ.
ނަމަވެސް ރެޔެއް ދުވާލެއްނުބަލާ އަހަރަމެން އުޅުނީ ހުރިހާވެސް އެެއްޗަކީ ފައިސާކަމައް ދެކިގެންނެވެ. އާޙިރަތައް ވިސްނާލުމެއްނެތި އަހަރަމެން ދިޔައީ އެތައްބައެއްގެ އަންހެން ދަރިން ހަލާކު ކުރަމުންނެވެ. ހިޔާލެއްފިކުރެއްނެތި މީހުންގެ ގޭތައް ލޫޓު ވަމުންނެވެ. ވައްކަންކުރުމާއި މާރާމާރީ އަކީ ކޮންމެދުވަހަކުވެސް އަހަރަމެންގެ ޝެޑިއުލްގައި އޮންނަ ކަންކަމެވެ.
އެހެންއުޅެނިކޮއް ފުލުހުންނަށް މިކަން ފަޅާއެރީ އަހަރަމެން ނުވެސް ވިސްނާ ތިއްބައެވެ. ހައްޔަރުގެ ހުކުމްއައިސް އަހަރަމެން އެންމެން ވެސް ވަކިވީއެވެ. ފަސް އަހަރު ޖަލުގައި ހޭދަ ކުރުމަށް ފަހު އަހަރެން ދޫކޮއްލިދުވަހު އަހަރެން ހުރީ އެކަނިވެރިވެފައެވެ.
އޭރު އަހަރެންގެ އުމުރުން ތޭވީސް އަހަރެވެ. އަ ދާނެތަނެއް ނެތި ހިނގަމުން ދިޔައީމެވެ. އަނބުރާ މަންމަމެން ގާތަށް ގޮސް މާފަށސް އެދެން ބޭނުމެވެ. ނަމަވެސް ދޮންބައްޕަގެ މޫނުެންނަ ހިސާބަށް އަހަރެން ދާނެ ހެއްޔެވެ؟ މިފަދަ ހިޔާލުތަކުގައި ހުރެގެން ހިނގަމުން ގޮސް މަޑުކުރެވުނީ ފެރީ ޓާމިނަލް ކައިރީގައެވެ.
މިހެން ހުއްޓާ އަހަރެން ކައިރީއައިސް ހުއްޓުނީ ޒުވާން އަންހެން ކުއްޖެކެވެ. ކުރިން ދުށް މޫނެއްހެން ހީވެއެވެ. ނަމަވެސް ކާކުކަން ނޭނގުމުން އަހަރެން އިސްޖަހާަލީމެވެ. އެވަގުތު އަހަރެންގެހަނދާނަށް އައީ އަހަންނަށް އުޅެވުނުގޮތެވެ. އަހަރެންގެ ސަބަބުން ކިތައް އަންހެން ކުދިންނަށް ހިތަދަތި ކަމާ ކުރިމަތި ލާން ޖެހޭނެ ހެއްޔެވެ.އެހިޔާލުތައް ސިނކުޑިއަށް ވެރި ވުމުން އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިތަން އެކުއްޖާއައްވެސް ފެންނާނެއެވެ.
އެކުއްޖާ އަނގައިން ބުނެ ނުލާ ބަލަހައްޓައި ހުރުމުން އަހަރެން ދުރަށް ހިނގައިގަތީ ލޮލުގައި ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ދާހެން ހީވުމުންނެވެ. ނަމަވެސް ކުރިއަށް އެޅި ފިޔަވަޅު ހުއްޓުމަކަށް އައީ އެކުއްޖާ އަހަންނަށް ގޮވާލުމުންނެވެ. އަހަރެން ސުވާލުގެ ނަޒަރަކުން އޭނައަށް ބަލައިލީ އަހަރެންގެ ނަން އިނގުމުންނެވެ. އެވަގުތު ރީތި ހިނިތުންވުމެއް ތުންފަތަށް ވެިކޮއްލުމަށްފަހު އަހަރެންގެ ގާތުގައި ހުރެ އެދުނީ އެންމެ ސުވާލެއް ކޮއްލުމުގެ ފުރުސަތު ދިނުމަށެވެ. އަހަރެންގެ އިޒުނައާއެކު އޭނާ އަހާލީ ތިކަމުން ނުކުމެ ރަނގަޅު ދިރިއުޅުމެއް ބޭނުން ތޯއެވެ؟
ސުވާލުގެ ގޮތުން އެއީ އަހަރެން ވަރަށް ރަނގަޅަށް އިނގޭ މީހެއްކަން އިގުނެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އަހަރެން ބޯ ޖަހާލީ ހިތާ ސިކުނޑި އެކަމަށް އެއްބަސް ވުމުންނެވެ. އޭނާ އަހަރެން ގޮވައިން ދިޔައީ ރެސްޓޯރެންޓަަކަށެވެ. ނަމަކީ ޔައިނީ ކަމަށްބުނެ، އޭނާއަކީ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދާ ނަރުހެއް ކަމަށާއި އަހަރެންގެ އުޅުން ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި، އަހަންނަށް އެހީވާން ބޭނުންވާ ކަމަށް ބުންޏެވެ. އޭނާގެ ވާހަކަ ތަކުން އަހަންނަށް ވަަރަށް ރަނގަޅަށް އެކަން އިނގުނެވެ.
އަހަރެން ވަރަށް އިތުބާރު ކޮއްފައި ހުރިހާ ވާހަކައެއް އަލިފުން ޔާއަށް ކިޔައިދިނީމެވެ. އަދި އަހަރެން ރަނގަޅުވާން ބޭނުންވާ ކަމަށްވެސް ބުނީމެވެ. އަހަރެންގެ ވާހަކަ އަހާފައި އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. އަހަރެން ހިތުގްއި އޭރު އެންމެ ބޮޑަށް އުފެދެމުންދާ ސުވާލު އޭނަޔާ ކޮއްލީމެވެ. އަހަންނަށް އެހީވާން އެއުޅެނީ ކީއްވެހެއްޔެވެ؟ ނަމަވެސް ޖަވާބުގައި ވަގުތު ޖެހުނީމާ އިނގޭނެ ކަމަށް ބުންޏެވެ.
އެރޭ އަހަރެން ހުރީ ޔައިނީގެ ތިމާގެ މީހެއްގެ ގޭގައެވެ. އެގޭގައި އޭނަގެ ބޭބެގެ އިތުރުން އެހެން މީހަކު ނޫޅޭތީ އަހަންނަށް އެތާ އުޅެން ފަސޭހަވިއެވެ. އެބޭބެ ވެސް އަހަންނަށް ނުހަނު ރަނގަޅެވެ. އަހަންނަށް ލާނެ އަންނައުނުދީ އަހަރެން ގޮވައި ފިހާރަތަކަށްގޮސް ބޭނުންވާނެ އެހެނިހެން ސާމާނުވެސް ގަނެދިނެވެ.
އަހަރެންގެ ނަސީބުދިމާކުރި ގޮތުން އެބޭބެއަކީ ވިޔަފާރިވެރިޔަކަށް ވުމާއެކު އޭނާގެ އޮފީހުން އަހަންނަށް ވަޒީާއެއް ހޯދައިދިނެވެ. ރަނގަޅު ތައުލީމެއް ނެތުމުން މާ ބޮޑު މުސާރައެއް ނުލިބުނަސް އަހަރެން ހުރީ ޝުކުރުވެރި ވެގެންނެވެ. އޭގެ ހައެއްކަ މަސް ފަހުން އަހަރެން ހުރީ އަމިއްލަ ފައިމައްޗައް ތެދުވެވޭވަރު ވެފައެވެ.
އެހާހިސާބުން އަހަރެން ބޭނުންވީ މަންމަ އާބައްދަލު ކުރާށެވެ. މަންމަގާތު މާފައް އެދޭށެވެ. އަހަރެން ޔައިނީގާަތު އެހެން ބުނުމުން ވަރަށް ވިސްނަން އިނުމަށް ފަހު އަހަރެން ގޮވައިން ހޮސްޕިޓަލަށް ދިޔައެވެ. އަހަރެން ވަރަށް ބިރުގަތެވެ. އަނެއްކާ އަހަރެންގެ މަންމަ ރަގަޅުބާއެވެ. ޔައިނީއަހަރެން ގޮވައިން ގޮސް މަންމައޮތް ރޫމަށް ވެއްދިއެވެ. އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމުނު ހެންނެެވެ. އަހަރެންގެ މަންމަ އެދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. މަންމައަށް އަހަރެން ފެނުމުުން ވާހަކަދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އެމަންމައަށް ވާހަކަވެސް ނުދެއްކުނެވެ.
އަހަރެންގެ ހިތަށް ކުރި އަސަރުން މަންމަގެ ގައިގައި ބައްދައި ގަތީމެވެ. އެހެން އޮއްވާ ގުޅާފައި ހުރި މެޝިނުތަކުގެ އަޑު ބާރުވާނެ ފެށިއެވެ. އަހަރެން އެ ރޫމުން ނެރެ ޑޮކްޓަރުންނާއި ނަރުހުން އަވަސް ަރުވާ ދޭން ފެށިއެވެ. ނަމަވެސް ތަގުދީރު ބަދަލު ކުރެވޭނެ ހެއްޔެވެ. މިދުނިޔެއާ މަންމަ އަލްވަދާއު ކީއެވެ. އެދުވަހު ޔައިނީ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މިހާރު މަންމަ އެ ހޮސްޕިޓަލުގައި އޮންނަތާ ހަތަރު އަހަރުވީއެވެ. ޔައިނީ ބުނިގޮތުން މަންމަ ބަލިވިތާ ކައިރީ އަހަރެންގެ ދޮންބައްޕަވެސް ވަނީ މަރުވެފައެވެ. މަންމައަށް އަޅާލާނެ މީހަކު ނެތުމުން މަންމަ ބެލީ ހިސްޕިޓަލުގެ ފަރާތުންނެވެ. މިހެން އުޅުމުގެ ތެރޭގައި މަންމަ ބޭނުންވީ މަންމަ މަރުވުމުގެ ކުރިން އަހަންނަށް ސިޓީއެއް ލިޔާށެވެ. މަންމަގެ ހާލަތު ހުރި ގޮތުން ސިޓީ ލިޔުމަށް މަންމައަށް އެހީ ތެރިވީ ޔައިނީ އެވެ. މަންމަގެ ހުރިހާ ވާހަކައެއް އެހުމަށްފަހު ޔައިނީ އެމަންމައަށް ވައުދުވީ މަންމަގެ ދަރިފުޅު ހޯދައިދޭޭނެ ކަމަށެވެ.
ޔައިނި ހޯދިހޯދުމުން އޭރު އަހަރެންހުރީ ޖަލުގައެވެ. އަހަރެން ޖަލުން ދޫކޮއްލި ދުވަހު ޔައިނީ އަހަރެން ހޯދައިގެން އެހީވީއެވެ. ނަމަވެސް ޔައިނީ އަށް އެދުވަހު އަހަންނާ މަންމަ ބައްދަލުކޮށް ނުދެވުނީ އެދުވްހު މަންމަގެ ހާލު މާ ބޮޑުވެގެން ކޯމާ އަކަށސް ދާން ޖެހުމުންނެވެ. މަންމަ ކިރިޔާވެސް ރަނގަޅުވީ އިއްޔެއެވެ. ދުވަހެއް ދުވަހަކަށް ރަގަޅު ވަމުންދާތީ ޔައިނީ ހުރީ ތަނކޮޅެއް ރަނގަޅު ވުމުން މަންމައާ ބައްދަލުކޮށް ދޭށެވެ. ޔައިނީގެ ވާހަކަ އަޑު އެހުމަށްފަހު އަހަރެން ވަރަށް ރުއީމެވެ. ނަމަވެސް އައު އަޒުމަކާއެކު އަނެއްކާވެސް އަހަރެންގެ ދިރިއުޅުމަށް ރުޖޫއަވޭތޯ މަސައްކަތް ކުރީމެެވެ. މިހުރިހާ ދަނޑިވަޅު ތަކުގައިވެސް ކައިރީގައި ހުރެ އަހަންނަށް އެހީވީ ޔައިނީއެވެ.
އަޅެ ކިހާ މާތް އިންސާނެއްހެއްޔެ؟ މިކަހަލަ އިންސާނުން އެކަނި މިދުނިޔޭގައި އުޅޭނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ައަހަރެންގެ އަބަދުގެ ދުޢާ އަކީ އެކުއްޖާއަށް ހެޔޮ ރަހްމަތް ލެއްވުމެވެ. ޔައިނީއަށް އުފާވެރި ދިރިއުޅުމެއް މާތް ﷲ މިންވަރު ކޮއްދިނުމެވެ.
…………………….
“ކޮން ޙިޔާލެއްގައި؟ މިހާރު ހޭލާ އިނދެގެން ވެސް ހުވަފެންބަލަން ފެށީތަ؟” އަހަރެންގެ ހިޔާލުގެ ވާފަށް ކަނޑާލީ ޔައިނީއެވެ.
“ކީއްކުރަން ހުވަފެން ބަލަންވީ ކުރިމަތީ ފެންނަން އިންދަ.”ަ އަހަރެންވެސް މަޖާ ވެލަމުން ބުނެލީމެވެ.
“ހިނގާ ދާން އަނދިރިވީނު. ސޮރީ ލަސްވީމަ..” ޔައިނީ ހިނގައިގަތެވެ.
“ހުމމ.ކޮންކަމަކާ ތިވިސްނަނީ؟.” ޔައިނީ އަނެއްކާ ވެސް ސުވާލު ތަކުރާރު ކޮއްލިއެވެ.
“ތެދައް ބުނަންތަ.. ޔައިނީއާ ދޭތެރޭ،.” އަހަރެން ޒޫނާއާ ދިމާއަށްބަލާލަަމުން ބުނެލީމެވެެ.
“ދެންން.. އަސްލު ބުނެބަލަ .. ޒާއިމް ކައިވެނި ކުރަން ބޭނުން ނުވަނީތަ؟؟ ނޫނީ ރަށުގަ އުޅޭހިތް ނުވަނީތަ؟؟” ޔައިނީ އަހަރެންގެ މޫނަށސް ފުން ނަޒަރެއް ދެމުން އަހާލިއެވެ.
“ކީއްވެ ކައިވެނި ކުރަން ބޭނުން ނުވާންވީ.. ތިއަށްވުރެ ރަނގަޅަށް އަހަންނަށް އަޅާލާ އޯގާތެރިޔަކު މުޅި ދުނިޔޭގަ އަތް ފުނާ އެޅިޔަސް ނުލިބޭނެ.. އެހެންނޫނަސް އަހަރެންދެކެ އެހާ ލޯބިވާ ބައިވެރިޔަކު ލިބުނީމަ ކާކު ބޭނުން ނުވާނީ.. ދެން ތިއެހީ ރަށުގަ އުޅޭހިތް ނުވަނީހޭ.. ބަލަ ޔައިނީ އެކަނި ރަށެއް ނޫނޭ މިއީ.. އަހަރެންގެ ބައްޕަ ދުނިޔޭގައި ނެތަސް މިއީ އަހަރެންގެ ބައްޕަގެ ރަށޭ” އަހަރެން އެހެން ބުނުމުން ޔައިނީ މަޑު މަޑުން ހޭންފެށިއެވެ.
“ޔައިނީ.. އަހަރެން އަދިވެސް ހިތައްއަރާ ޔައިނީ އަހަންނަށް އެހަ ރަނގަޅީ ކީއްވެބާއޭ؟؟ އަހަރެން ދެކެ އެހާ ލޯބި ވަނީި ކީއްވެބާއޭ؟؟ ޔައިގެ މައިންބަފައިންވެސް އަހަންނަށް އެހާ ހިތްހެވީ ކީއްވެބާއޭ؟ ބައެއް ފަހަރު ހިތައް އަރާ އަހަރެން ޔައިނީ ކަހަލަ މާތް ކުއްޖަކާ އެކަށީގެން ނުުވެޔޭވެސް.. އެކަމަކު ވާހަކައެއް ބުނަންތަ؟ އަހަރެންވެސް ވަރަށް ލޯބިވޭ..” އަހަރެން ހިނިތުން ވެލަމުން ބުނެލީމެވެ.. އެވަގުތު ޔައިނީވެސް ހިނިތުންވަމުން އަހަރެންގެ އަތުގައި ހިފައިން ގެއާ ދިމާލަށް ހިނގައިގަތެވެ.
40
3 Comments
Comments are closed.
widhaadhaa ismail
January 12, 2022 at 9:35 pmnice story ❤️😊
sunflower girlll
January 13, 2022 at 11:41 amthank you
widhaadhaa ismail
January 13, 2022 at 7:35 pmanytime ❤️