*ޒިވްޔަން ސިިޓިން ރޫމު ސޯފާގައި އިށީންދެެ އިނީ ހަނާ ތައްޔާރުވެގެން އެބަ އަންނަމޭ ބުނީމައެވެ.ފޯނަށް ގޮސް ހުސްވެފައި އިންއިރު ދޭތެރެ ދޭތެރެއިން ހިނިގަނޑެއް ޖަހާލަފާނެއެވެ. ކުއްލިއަކަށް ޒިވްޔަންް ސިއްސައިގެން ދިޔައީ މީހަކު ސަލާމް ގޮވާލިއަޑަށެވެ.*
ދޮރުމަތީގައި ހުރީ ފިރިހެން ކުއްޖެކެވެ. ރަތްކުލައިގެ ގޮޅިޖެހި ގަމީހަކާއެކު ނޫ ކުލައިގެ ޖިންސެއްގައި ހުރި އިރު ބަލާބެލުމަށް އޭނައަށް ވާނީ ސޯޅަވަރަކަށް އަހަރެވެ. އެހެންވީމާ މިއީ ހަނާ އެބުނާ ހިލްޔާންތާއެވެ؟
ކޮޓަރިން ނުކުމެން ހަނާއަށް ހިލްޔާން ފެނުމުން އަޑުގަދަ ކުރަމުން ދުވެފައި އައިސް ކޮނޑުގައި އެލިގަން އިރު ހީވީ ކުޑަ ކުއްޖެއް މަންމަ ފެނުމުން ދުވެފައި އައިސް ބައްދައިގަން ހެންނެވެ.
“ބަލާބަ. ވަން ވީކް ފަހުންނޯ އަންނަނީ ކިޔާފަ. ދޮގުވެސް ހަދައޭ ފިސަހަރި” ހިލްޔާންގެ އިސްތަށިގަނޑަށް ދަމައިގަންނަމުން ބުނެލިއެވެ.
“ހެހެ. އެއީ ދޮންތިއަށް ސަޕްރައިޒެއް ދޭށޭ. އޭ މީކާކުތަ. ދޮންތިގެ ބީއެފް” ހިލްޔާން ވާހަކަ ނުނިމެނީސް ހަނާ އަވަސް އަވަހަށް ބުނެލިއެވެ. އެވަގުތު ޒިވްޔަން ގާތަށް ވެސް ހިނިއައެވެ.
“ޒިވްޔަން. މި ހިލްޔާނު ވަރަށް އަނގަގަދަ ވާނެ. މީނަ ކިޔާ އެއްޗިއްސަށް އަޅާނުލައްޗޭ.”ހަނާ ބުނެލިއެވެ.
“ހުހް. އެހުރި ފުރަތަމަ ވެސް އިންޓްރޮޑިއުޒް ކޮއްދިން ގޮތް. އެހެން ނޫނަސް އެ މަޖަލޭ ދޯ ޒިވްޔަން.” ހިލްޔާން ޒިވްޔަން ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
ޒިވްޔަން ވެސް ހޭންފަށާފައި ސޯފާގައި އިށީނެވެ. ހަނާ އަވަސް އަވަހަށް ހިލްޔާން ގެނައި ދަބަސްތައް ހާވަން ފެށިއެވެ.
“ދަރިފުޅާ” ގެއަށް ވަން ހުސްނާއަށް ވެސް ހިލްޔާން ފެނިފައިވީ ހަނާ އަށް ވީވަރެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް ބައްދައިގަން އިރު އެ ދެލޮލުން ކަރުނަ ފާއްދައިލައި ފިއެވެ.
“ބަލާބަލަ. މިހާރު މަންމައަށް ވުރެ ވެސް ދިގު.” ހުސްނާ ހިނިތުންވެފައި ހުރެ ބުނެލިއެވެ.
“އައްދެ ދެން އަހަރެންވެސް އަބަދު ހުންނަ ވަރުގަ ހުންނާނެތަ؟ ދޮންތިއެއް ނޫންވިއްޔަ.” ހަނާ އަށް ބަލާލަމުން ހިލްޔާން ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. އެވަގުތު ހަނާ މޫނު ކުނި ކޮއްލިއެވެ. މިމަންޒަރު ބަލަން އިން ޒިވްޔަން ވެސް އިނީ ބަނޑަށް ހީލަހީލަ އެވެ. އޭނަގެ އެއްބަނޑުގައި ވެސް އެއްވަރުގެ ދައްތައެއް ނޫނީ ކޮއްކޮއެއް ހުންނަ ނަމައޭ އެވަގުތު ހިތަށް އެރިއެވެ.
ހަވީރުގެ މަރިޔާދު ވަގުތެވެ. ފިނިފިިނި ވައިރޯޅިތަށް، ބޭރު ޖޯލިފަތީގައި އޮށޯވެލައިގެން އޮތް ހިލްޔާންގެ ގައިގައި ބޮސްދެމުން ދިޔައެވެ. ޖަހާފާވާ ލަވަޔާ އެއްވަރަށް ފައި ތަޅުވާލަ ތަޅުވާލަ އޮތް އިރު އޭނާގެ ތުންފަތްވެސް ދިޔައީ ލަވަޔާ އެއް ވަރަށް ހަރަރާތް ކުރަމުންނެވެ. މަގުމަތިން ހިނގާފައި ދިޔަ ފުރާވަރު އަންހެން ކުދިންގެ ލޯތަށް އޭނާ އަށް އަމާޒު ވެފައި ވީ ނަމަވެސް ހިލްޔާނު އަޅައެއް ނުލައެވެ.
މަދިރި ހަފާވަރުން އެތާ ނީނދެވިގެން އެތެރެއަށް ވަންނަން ތެދުވެން ހިލްޔާނުގެ ލޮލުގައި އަޅައިގަތީ ބާރު ބާރަށް ދުވެފައި މަގުމަތިން ދިޔަ އަންހެން ކުއްޖެކެވެ. ހިލްޔާން ބަލަހައްޓައިގެން ހުރުމުން އެކުއްޖާ ވެސް ހިނިތުންވުމެށްވެރި ކޮއްލުމަށްފަހު ކުރިއަށް ވުރެ ބާރަށް ދުއްވައިގަތެވެ.
ރަތްކުލައިގެ ޖާރޒީއަކާއި ކަޅު ސްކިނީއަކާ އެކު ކަޅު ކުލައިގެ ވަށް ބުރުގަލެއްއަޅާފައި ހުރުމުން އިތުރަށް މައުސޫމް ކަމަށް ދައްކައެވެ. އަތުގައި ބެޑްމިންޓަން ފިލާގަނޑެއް އޮތުމުން، އެދަނީ ބެޑްމިންޓަން ކޯޓާ ދިމާއަށް ކަން އިނގެއެވެ.
ހިލްޔާންއަށް ޙިޔާލީ ދުނިޔެއިން ބޭރަށް ނުކުމެވުނީ މީހަކު އައިސް ފަހަތުން ޖަހާލީމައެވެ.
“ހިލްޔާން…ވަޓްޓޓ؟ އެކަމު ހަނާ ބުނީ ” ހިލްޔާން ފަހަތަށް އެނބުރުމުން ޔައިޝާ ހައިރާންވެ ހުރެފައި ސުވާލު ކޮއްލިއެވެ.
“ހެހެހެ. ދޮންތިއަށް ވެސް މަންމައަށް ވެސްް ނޭނގި. އެންމެންނަށް ސަޕްރައިސްއެއް” ހިލްޔާން ފޮނިވެލާފައި ބުނެލިއެވެ.
ކުޑައިރުއްސުރެ ޔައިޝާޔާ ހަނާގެ އޮތް ގާތް ގުޅުމުގެ ސަބަބުން ހިލްޔާންއާ ޔައިޝާއަކީ ވެސް ދެ ރަހުމަތްތެރިންނެވެ. އުމުރުގައި ހަތަރު އަހަރުގެ ފަރަގު ހުއްޓެއް ކަމަކު އުޅޭ އުޅޭއުޅުމަކުން އެކަމެއް ނޭނގޭނެއެވެ.
“އޭ. ތިއެއް ނޫނޭ. ދެންމެ ކާކަށް ގެއްލިފަ ތިހުރީ” ޔައިޝާ ލާނެތް ފާޑަކަށް އަހާލިއެވެ.
“ހެހެ. ނުފެނޭތަ މިހެން ދިޔަ ހޫރުޕަރީއެއް” ހިލްޔާން ވެސް ދެރަ ނުވާން ވެގެން ބުނެލިއެވެ.
“ނޫނޭ ފެނުން. އެކަމު ގޯޅި އަޅާލި ގަޑީގަ. ކާކު ކަމެއް އެނގޭ ވަރެއްް ނުވި” ޔައިޝާ އެހެން ބުނުމުން ހިލްޔާން ނޭވައެއް ބޭރު ކޮއްލިއެވެ. ކާކު ކަން އިނގުން ނަމަ މިއަދު ޔައިޝާޔާ ހަނާގެ ދިމާކުރުން ނޫން ކަމެއް ނޯންނާނެއެވެ. އެދެމީހުން އެއްބައި ވެއްޖިއްޔާ ހިލްޔާން އަކަށް ވެސް ކުރި ހޯދޭކަށް ނޯންނާނެއެވެ.
“ދެން ޔައި ދައްތަ ކައިރީ ކާކު ކަމެއް ނުބުނާނަންތަ؟ ދޮންތި ކައިރިޔަކު ނުބުނާނަމޭ” ޔައިޝާ އާދޭސް ކުރާ ކަހަލަ ގޮތަކަށް ބުނެލިއެވެ.
”އައްދެ. ކާކު ކަމެއް އިނގިގެންތާ ބުނެވޭނީ. އަދި ނޭނގެ ކާކު ކަމެއްވެސް. އެހެންނޫނަސް މިހާރު ނޭނގޭނެ ފެނުނަސް ވަކިކުރަންވެސް. އާނ އެހެންނު ވާނީ. ގްރޭޑް ސެެވެންގަ އެކޮޅަށް ދިޔަ ގޮތަށް އަދި ވިއްޔަ މިއައީ” ހިލްޔާން ފާޑަކަށް ބުނެލިއެެވެ. ދެމީހުން ގެއަށް ވަން އިރު ހަނާ ގެއިން ނުކުންނަނީއެވެ.
“އޯހް. ހަމަ ގަޑިއަށްދޯ. ” ހަނާ ހޭންފަށަާފައި ބުނެލިއެވެ.
“ކޮންތާކަށް ދާން ގަޑި ކިޔައިން. އަނެއްކާ ފުޓުބޯޅަ ދަނޑާދިމާއަށް ތަ” ހިލްޔާން ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.
“އަޅެފަހެ ކާކުތަ ބުނީ އަހަރަމެން ފުޓުބޯޅަ ކުޅެޔޭ” ހަނާ ފާޑަކަށް ލޯ އަޅާލަމުން ބުނެލިއެވެ.
“ދޮންތާ. އާއްމު ކޮށް އަންހެން ކުދިން ފުޓުބޯޅަދަނޑައް ދަނީ ފުޓުބޯޅަކުޅޭކަށް ނޫނޭ.” ހިލްޔާން އެއްލޯ މަރާލަމުން ލާނެތް ރާގަކައް ބުނެލިއެވެ.
ޔައިޝާޔާ ހަނާގެ މިސްރާބު ހުރީ ރަށުގެ ތުނޑިޔާ ދިމާއަށެވެ. މަޑު ހިނގުމެއްގައި ދެއެކުވެރިން ހިނގަލާފައި ދިޔައިރު ދެކުދިންވެސް ތިބީ އޮލަ ވާހަކައެއްގައެވެ.
ރަށުގެ ތުނޑިއަކީ ހަވީރު ވަގުތު ރަށުގެ ގިނަ މީހުން ޖަމާވާތަނެކެވެ. އެކިއެކި އުމުރު ފުރައިގެ މީހުން ބައިބަޔަށް ބައިބަޔަށް ވާހަކައިގައި ތިބި އިރު ރާޅުޖަހާއަޑުންނާއި ކުޑަ ކުދިންގެ ސަކަރާތް ޖެހުމުެ އަޑުން މުޅިތަން ވަނީ ގުގުމާލާފައެވެ.
ޔައިޝާޔާ ހަނާ ވެސް ގޮސްއިށީނީ ތަންކޮޅެއް ބައިމަދު ހިސާބެއްގައެވެ. ދެ އެކުވެރިން އެކިއެކި މަޖާވާހަކަ ތަކުގައި ތިބެ ހެމުން ސަކަރާތް ޖަހަމުން ގެންދިޔައިރު މަންޒަރު ކިތަންމެހައި ވެސް ފުރިހަމައެވެ.
” ހިލްޔާން އެއްކޮށް މިކޮޅަށް ބަދަލުވީތަ؟” ޔައިޝާ ބުނެލިއެވެ.
” އުހު. އެއްކޮންނެށް ނޫން ޗުއްޓީއަށް. އަދި ބުނަނީ މިހާރު މިރަށުގެ އަންހެން ކުދިންތަށް ފެނިފަ މިރަށުން ދާހިތެއް ވެސް ނުވެޔޯ. ދެން އުޅޭނީ މިކޮޅުގަޔޯ. ދޮންތަ މަންމަ ކައިރީ ބުނެބަލާށޯ އެގާރަ ބާރަ މިރަށުގައޭ ކިޔަވާނީ. ޔަގީނޭ މިހާރު އެއުޅެނީ ކޮންމެސް އަންހެން ކުއްޖެއް ފެނިގެން.” ހަނާ ހެމުން ހެމުން ބުނެލިއެވެ. ހަނާ އެހެން ބުނުމުން ޔައިޝާ، މިއަދު މަގުމަތިން ފެނުނު އަންހެން ކުއްޖާގެ ވާހަކަ ކިޔައިދިނެވެ.
“އޭތް. ދެން ހިނގާ ގެއަށް ދާން. މިހާރު އިރު އޮއްސެނީ” ޔައިޝާ ތެދުވެ ހެދުމުގައި ހޭކިފައި ހުރި ވެލިތަށް ފޮޅާލަމުން ބުނެލިއެވެ. ދެ މީހުން ތެދުވެ ރަށުތެރެއަށް ހިނގައި ގަތީ އިރު އޮއްސުމުގެ ކުރިން ގެއަށް ދެވޭ ތޯއެވެ.
ބޮޑުމަގުން ހިނގާފައި ދިޔައިރު މީހުންތަށް، އެމީހުންގެ ޅަ ދަރިންނަށް ކާންދީ ގެއަށް ވައްދަން އުޅޭތަން ފެނެއެވެ. އަތިރިމައްޗަށް ފަންގި ވިންނަން ދިޔަ އަަންހެންވެރިން ފަންބޮނޑިތަށް ތުނޑުލަށް ޖަހައިގެން ގެއާ ދިމާއަށް އަންނަތަން ފެނެއެެވެ.
” އޭ. އޭ. މަޑުކޮއްބަ. އެހުރީ ހިލްޔާންއެއްނު” ޔައިޝާ ބެޑްމިންޓަން ކޯޓާ ދިމާއަށް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ. އާނއެކެވެ. އެއީ ހިލްޔާންއެވެ.
” އަދި އަހަރަމެން ކައިރީގަ ބުންޏެއްނު ފުޓުބޯޅަދަނޑައްހޭ. މީ ވަރަށް ތާހިރު މީހެކޭ އެހެން ބުނަން. މިހިރީ މީނަ އުޅޭގޮތް. ދެން އަދި އަމުދުން މިރަށުން މީނަ ދާހިތް ނުވާނެ. ކާކުތަ އެއީ؟” ކައިރީގައި ހީހީފައި ވާހަކަ ދައްކަން ހުރި އަންހެން ކުއްޖާއަށް ފަރުވާތެރި ނަޒަރަކުން ބަލައިލަމުން ހަނާ ބުނެލިއެވެ. ނަމަވެސް އެކުއްޖާ ހުރީ ހަނާމެންނާ ވީ ފަޅިއަށް ނޫން ކަމުން ކާކު ކަމެއް އިނގޭ ވަރެއް ނުވިއެވެ. ހިލްޔާނު ރަށަށް އައިތާ އަދި އެއުޅެނީ އެއް ދުވަސް ނުވެގެންނެވެ. މިހާއަވަހަށް މި ކުޅިވަރު ފެށީބާއެވެ.
“ހިނގާބަ ކާކުތޯ ބަލާލަންދާން.” ހަނާ ޔައިޝާގެ އަތުގައި ހިފާ އެދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ.
” ނޯ. ނޯ. ހަނާ ދޭ. ޔައި މިދަނީ ގެއަށް. އިރުއޮއްސުނީނު. މަންމަ ހޯދާނެ. މަންމަ ކައިރީ ނުވެސް ބުނެ މިއައީ” އެހެން ކިޔާ ޔައިޝާ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
އުމުރުން ވިހިއަހަރު ވިއެއްކަމަކު މަންމަ ކައިރީ ނުބުނެ ޔައިޝާ ވަރަށް މަދުން ނޫނީ ބޭރަކަށް ނުދާނެއެވެ.
“އޯހް. ލާރާދޯ. ވާއު… އަވަހަށް ދާންވީ ލިމް ކައިރީ ބުނަން. މިރޭ ހިލްޔާނުގަނޑަށް ވަރުގަދަ ލަނޑެއްދޭނަން” ހިތާހިތުން ހަނާ ބުނެލިއެވެ. އެއީ ލާރާކަން އިނގުމުން ހަނާ ވެސް އެދެކުދިންނަށް ފުރުސަތު ދީފައި ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
ހަނާ ހުރީ ނުހަނު އުފާ ވެފައެވެ. ލާރާއަކީ އަބަދުވެސް ހިލްޔާން ގަޔާވާ ކުއްޖެއްކަން ހަނާއަަށް އިނގެއެވެ. ހިލްޔާންއާ ލާރާ ގުޅުމަކީ ހަނާޔާ ލިމްހާ އަބަދުވެސް ދެކުނު ހުވަފެނެކެވެ. ކުޑަ އިރުވެސް ދެމީހުން އެއްތަން ވެއްޖިއްޔާ އަޅުވާ ކިޔުން ނޫންކަމެއް ނޯންނާނެއެވެ. އެދުވަސްތަށް މަތިން ހަނދާންވެ ހަނާއަށް ކުޑަ ކޮށް ހެވެން ވެސް ހެވުނެވެ.
“ދަރިފުޅާ.ހާދަ ވަރުބަލިވެފަ؟” ގެއަށް ވަން ޔައިޝާ ފެނި ގޭތެރެ ކުނި ކަހަން އޮތް ޔުމާނާ ސުވާލު ކޮއްލިއެވެ.
“އާނ.އެއީ ދުވެފަ އައީމަ” ޔައިޝާ މާނޭވާ ލަމުން ބުންޏެވެ.
“ހަހަ. ސާބަސް. ދަރިފުޅަށް ދުވަހަކުވެސް ތި ނޫން ވަރެށް ވޭތަ؟” ދެ ފަރާތަށް ބޯ ހޫރާލަމުން ހޭން ފަށާފައި ޔުމާނާ ބުނެލިއެވެ.
ޔުސްރާ ކުނިކަހާ ނިމުމުން ވަރުބަލި ފިލުވާލަން އިށީންދެލީ އުނދޯލީގައެވެ. ޔުސްރާއަށް ސިފަވަމުން ދިޔައީ އޭނަގެ ހިތާމަވެރި މާޒީ އެވެ. ކޮންމެއަކަސް މިހާރު ޔައިޝާއަށް އޭނަގެ ހަގީގަތް ކިޔައިދޭން ޖެހޭނެއެވެ. ނަމަވެސް ކިހިނެތް ހެއްޔެވެ. އޭނަ ދައްކާ ވާހަކަ ޔައިޝާ ގަބޫލު ކުރާނެބާއެވެ. ޔައިޝާ އޭނަ ދެކެ ރުޅި އައިސް ދާނެބާއެވެ.
“ޔުސްރާ” ޔުމާނާ ސިއްސައިގެން ދިޔައީ އޭނަ ފިރިމީހާ ގޮވާލިއަޑަށެވެ.
“އަނެއްކާ އެކަމާ ވިސްނަން ފެށީދޯ. ޑަކުޓަރުވެސް ބުންޏެންނު މާ ގިނައިން ނުވިސްނައްޗޭ. ޔައިޝާއަށް އެ ވާހަކަ ތަށް ކިޔައި ދިނަސް މަށަކަސް ހިއެއްނުވޭ ޔުސްރާ ދޫއްކޮއްލާފަ އޭނަ ހިނގައި ދާނެ ހެންނެއް. މިއޮތް ހާ ދުވަހު ޔުސްރާގެ މަސައްކަތުންނެއްނު ޔައިޝާ ބަލާ ބޮޑުކުރީ. އެހެން ވީމަ ކީއްވެ ޔުސްރާގެ މައްޗަށް އޭނަ ހިތްބުރަވާންވީ. ޔައިޝާއަށް ވިސްނޭނެ.” އަކުރަމް ކައިރީައި އިނދެ ޔުމާނާއަށް ހިތްވަރު ދެމުން ގެންދިޔައެވެ.
ނަމަވެސް ކިތަންމެ ހަމަޖެހެން އުޅެން މަސައްކަތް ކުރިޔަސް އިތުރަށް އޭނާ ހާސްވެ ހިތުގައި ޖެހުން ނޫން ކަމެއް ނުވެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



Wowwww….maasha allah
thanqiuu
Nice ? Masha Allah.. miss you
thakxxx…n miss u toooooooooo
This is the first time I am commenting on this sstory✨✨✨BTW
??❤️?❤️?
Baraabarah I mi vvaahaka kiyan
???????
Waiting for the next part mi part VX vvvvvvvvvvvvv reethi ?????????