Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭ ތި އަތުލީ 28

Star Level 210 Stories100 Comments100 Login
January 25, 2018 5 Mins Read
31 Comments

އިވިގެން ދިޔަ ޤަބޫލްކުރަން ދަތި ހަޤީޤަތާއެކު އެކަކު އަނެކަކުގެ މޫނަން ބަލާލިއެވެ. ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއްވެސް ނޭނގޭ ކަހަލައެވެ. ދެމީހުންވެސް ތިބީ ހައިރާންވެފައެވެ. އެތަށް އަހަރެން ވެގެން ދިޔައިރު އެ ހަޤީޤަތް ނުބުނެ ސިއްރުކުރުމުން ދެމީހުންވެސް ތިބީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ. “ބައްޕައަށް މާފް ކުރާނެކަމަށް އުއްމީދުކުރަން” “އަހަރެން މާފްކޮށްފިން، ވަރަށް އުފާވެއްޖެ ކޮއްކޮއެއް ލިބުމުން..” މަލާކް ބުނެލިއެވެ. ނިއަމްވެސް ކަންތަން ކުރީ ހަމަ އެފަދައިން ނެވެ. ދެމީހުން އެކަކު އަނެކަކު ގައިގައި ކުޑަކޮށް ބައްދާލާ ހަދާލިއެވެ.

 

ކުރަށްހުރި ސުވާލު ކިތައްމެ ގިނަ ނަމަވެސް ދެމީހުންވެސް އެވަގުތު އިތުރު ސުވާލެއް ނުކުރެއެވެ. ޝަރީފް އަމިއްލައަށް ފެނިގެން ކިޔާދެންދެން އިންތިޒާރުގައި ތިބީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ޝަރީފް އިތުރަށް އޭނަގެ މާޒީ ކިޔާދޭ ޚިޔާލެއް ނުކުރިއެވެ. ބަދަލުގައި ދައްކަން ފެށީ އޭނަގެ ވިޔަފާރި ތަކުގެ ވާހަކައެވެ. ހުރިހާ ވިޔަފާރިއެއްގައިވެސް ނިއަމްއެކޭ އެއްވަރުގެ ހިއްސާއެއް މަލާކަށް ވެސް އޮންނާނެކަމުގައި ބުނެލިއެވެ. އަދި ގެއަށް ދިރިއުޅެން އައިސްސި ނަމަ އޭނަ ވަރަށް އުފާވާނެކަމަށް ބުނެލިއެވެ. ނިއަމްވެސް އެކަމާ އެއްބަސް ވެލިއެވެ. މަލާކް ބުނީ އެކަމާ ވިސްނާނެކަމުގައެވެ.

ތިންމަސް ފަސް

މަލާކް އުޅެމުން ދިޔައީ މައުވަންގެ ގޭގައެވެ. އަމީނާއަށް މައުވަންގެ ކައިވެނީކެ ކަންތައް އެނގިދާނެތީވެ މަލާކް ބަދަލުވީއެވެ. ދެމީހުންގެ ގުޅުމަކަށް ވަކި ބަދަލެއް ނާދެއެވެ. ރަފާ އާއި މައުވަންގެ ގުޅުންވެސް ހަމަ އެފަދައެވެ.

އަކްޔަންއާއި އަލާ ކައިވެނި ކޮށްގެން ބޭރަށް ދިޔަގޮތަށް އަދި ނާދެއެވެ. ނަމަވެސް ދެކުދިން އުޅެންދަނީ ނުލާހިކު އުފާވެރި ކޮށެވެ.

އަމީނާގެ ކިބައިން މާފަށް އެދެވުނު އަދަދެއް ޝަރީފަކަށް ނޭނގެއެވެ. އަދިވެސް މާފްކުރާ ޚިޔާލެއް ނުކުރެއެވެ. ޝާރީފް އަމީނާއާއި ކައިވެނި ކުރަން ބޭނުން ވާކަމާއި އަދިވެސް ދެގޮތެއްނުވެ އޭނަގެ ހިތުގައި ވަނީ އަމީނާކަން ހާމަކުރިއެވެ. އެވަރުންވެސް ގޮތްދޫކުރާ ޚިޔާލެއް އޭނަގެ ނެތެވެ. ޝަރީފް އާދޭސް ކުރުން ހުއްޓާނުލީ މަލާކް ދޭ ހިތްވަރުންނެވެ. މަލާކް ބުނާ ގޮތުންނަމަ އަމީނާގެ ހިތުގައި ޝަރީފަށްޓަކައި އަދިވެސް ލޯބިވެއެވެ. އަމީނާ އެކަމަށް އެއްބަސްވާން ބޭނުން ނުވަނީއެވެ.

އާދައިގެ މަތީން މަލާކް ދިޔައީ އޭނަގެ ޕޭޝަންޓަކް އެޑްމިޓްކޮއްފައިވާތީވެ ކުޑަކުދިންގެ ވޯޑަށެވެ. އެކަން ނިންމާލާފައި އޭނަގެ ރޫމަށް ވަންނަ ދިޔަމަގު މަތީގައި މަޑުކޮއްލަން ޖެހުނީ އޭނަގެ ރައްޓެއްސަކާ ދިމާވީމައެވެ. އޭނަ އުޅެނީ ރިޕޯޓެއް ނަގަން އައިސް ކަމުން މަލާކްވެސް އޭނަޔާއެކު ދިޔައީ އެދިމާލަށެވެ. ރިޕޯޓްނަގަން އެކުވެރިއާ އެތެރައަށް ވަތް ވަގުތު އެތަނުން ނުކުމެގެން އައީ ރަފާއާއި އޭނަގެ އެކުވެރި އެހެން އަންހެން ކުއްޖެކެވެ. ރަފާއަށް މަލާކްގެ މޫނު ފެންނަން ވާއިރަށް އަނެއްފަރާތަށް މަލާކް އެބުރުނީ ރަފާ އެއްޗެއް ބުނެފާނެތީއެވެ. ރަފާ ހުންނަނީ އަބަދުވެސް ކޮންމެސް އެއްޗެކޭ ކިޔާ މަލާކަށް ކެއްސުމެއް ކޮށްލާހިތުންނެވެ. “ކޮންގްރާ އިނގޭ….ދެން އެކަމު ދަރިއަކު ލިބުނީމަ އަހަރެމެންނާއެކު އެންޖޯއި ކޮށްލާނެ ވަގުތެއްވެސް ނުވާނެ ދޯ..” އެވަގުތު  ރަފާގެ އެކުވެރިއާ ބުނެލި ޖުމްލަ ކިތައްމެ ރީއްޗަކަށްވެސް މަލާކަށް އިވުނެވެ. މަލާކްހުރީ ހައިރާންވެ އިންތިހާއަށް ދެރަވެސް ވެފައެވެ. މައުވަން އުޅޭގޮތުން އޭނަޔަށް ހީވެފައި ވަނީ ރަފާދެކެ ލޯބިނުވާހެންނެވެ. އެހެން ނަމަވެސް ކުރެވުނީ ކުށްހީއެއްކަން މި އެނގުނީއެވެ. މައުވަންއާއި ރަފާގެ ދިރިއުޅުމުގައި ކުރިފަޅައިގެން ދަނީއެވެ. އޭނަ މިހިރީ ބާކީވެފައެވެ. މައުވަންއާއި އިނދެގެން މިހާދުވަހު އުޅެވުނީވެސް އޭނަގެ މޮޔަކަމުންނޭ އެވަގުތު މަލާކްގެ ހިތަށް އެރިއެވެ. އޭނައަށް މައުވަން އޭނަދެކެ ލޯބިވާކަމަށް ހީކުރެނީ ކީއްވެބާއޭވެ؟ އެ ދެލޮލުން އޭނައަށް އެދި ގޮވާހެން ހީވަނީ ކީޢްވެބާއެވެ؟ ވެދާނެއެވެ. އޭނަ މައުވަންދެކެ ލޯބި ވާތީ ހައްތަހާވެސް ހީވާހީވުން ކަންނޭގެއެވެ. މިފަދަ ޚިޔާލްތަކެއް މަލާކްގެ ސިނކުޑީގައި އެބުރެމުން ދިޔައެވެ.  އަދި އޭނަގެ އެކުވެރިއާ އަންނަންދެންވެސް މަޑުނުކޮށް މަލާކް ދިޔައީއެވެ. އޭރުވެސް ނުރޯން އުޅުނެއް ކަމަކު މަލާކްގެ ލޮލުން ކަރުނަ އާދެއެވެ.

މަލާކް ޑިއުޓީ ނިންމާލާފައި ދިޔައީ އަމީނާގެ ގާތަށެވެ. އަދި އެގެއިން ހަވީރު ސައި ބޮއެހަދައިގެން ގެއަށް ދިޔައީ އިރުއޮއްސުނު ފަހުންނެވެ. ގެއަށް ވަތްއިރު ނަސީބަކުން އެއްވެސް މީހަކާ ދިމާނުވެ ކޮޓަރިއާހަމައަށް ދެވުނެވެ. ދެންގޮސް ފާޚާނާއަށް ވަދެ ފެންވަރައިގެން ނުކުމެ އިޝާނަމާދު ކޮށްލިއެވެ. ދެން ގޮސް އެނދުގައި އޮށޯތްތަނާ ގުޅީ އޭނަގެ ބައްޕައެވެ. ރޭގަނޑުގެ ކައުމަށް ދައުވަތު ދިނުމަށެވެ. މަލާކް އިންކާރު ކުރީ އޭނަގެ މޫޑް މިރޭ ރަނގަޅު ނޫންވީމައެވެ. އެފޯން ނިންމާލިތަނާ ދޮރުހުޅުވާފައި ބޯދިއްކޮށްލީ މައުވަންއެވެ. އޭނަވެސް އެދުނީ ކާން އައުމަށެވެ. މަލާކް ބުނެލީ ދެންމެ މިއައީ ސައިބޮއެގެން ކަމުގައެވެ. އެހެންވެ މިރޭ ނުކާނެކަމުގައެވެ.

މަލާކްގެ ޖަވާބު އިވުމުން ދާންނޫޅެ މައުވަން ވަނީ އެތެރެއަށެވެ. “އެހެންވީރު މިރޭ އަހަންނާއެކު ދާންވީނު ބޭރަށް ޑިނަރއަކަށް؟” މައުވަން ވަދެ ކޮޓަރީގެ ދޮރު ލައްޕާލަމުން ބުނެލިއެވެ. “އެއީ ކޮންކަމެއް ސެލެބްރޭޓް ކުރަންށޯ” މަލާކް އަހާލިއެވެ. އޭރު އޭނަގެ ހިތުގައި ވަނީ ރަފާއެވެ. ބޭނުންވީ މައުވަންގެ ދުލުން އެ ހަޤީޤަތް އޭނައާއި ހިއްސާކުރޭތޯ ބަލާށެވެ. ” ވަކި ކަމެއް ނޫން… ނުދަމެއްނު އަހަންނާއެކު ބޭރަށް ކާކަށް… އެހެންވެ ދެން މިރޭ ގޮސްލަން ކަމަށް ” މައުވަން ބުނެލިއެވެ.

“ބޭރަށް ކާންދާކަށް އެހެން ނޫނަސް ނުބުނަމެއްނު…ދެން މިރޭ ވަކި ކީޢްވެހޭ ތިބުނީ…”

“ތަފާތު ކޮށްލަންވެގެން” ބުނާނެ ވަކި އެއްޗެއް ނޭނގުމުން އިރުކޮޅެއްގެ ހިމޭންކަމަށް ފަހު މައުވަން ވާހަކަ ދެއްކިއެވެ.

“މިރޭ އަހަރެން ގޮވައިގެން ކޮންމެހެން ބޭރަށް ކާން ދިއުމަށް ވުރެ ރަނގަޅު ވަނީ ރަފާ ގޮވައިގެން ދިޔައްޔާ ކަންނޭނގެ” އެތަށް ދުވަހަކަށްފަހު މަލާކްގެ އަނގައިން ރަފާގެ ނަން ބޭރުވުމުން މައުވަންގެ ނިންތަށް ރޫއަރައިގެން ދިޔައެވެ. މަލާކް މައުވަންގެ ގެއަށް އައިފަހުން އެއްވެސް ވަރަކަށް ރަފާގެ ވާހަކަ އެއްނުދައްކައެވެ. އެހެންވެ މިރޭ ކުއްލިއަކަށް ރަފާގެ ވާހަކަ ދެއްކުމުން އޭނަ ހައިރާންވެ މޫޑްވެސް ސަކަރާތްވިއެވެ.  އަދި އިތުރަށް ވާހަކަ ދައްކާކަށް ނުހެދިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު މަލާކް ހެނދުނު ސައިބޯން ދިޔައިތު ކާގޭގައި އުޅެނީ ހަމައެކަނި ރަފާ އާއި މައުވަންއެވެ. އެހެންކަމުން މަލާކް މަޑުކުރަން ނުހަދަ މައްޗަށް އެރިއެވެ. ދެން ނިކުމެގެން ދިޔައީބޭރަށެވެ. ދެމީހުންގެވެސް އޮފް ދުވަސްކަމުން ޑިއުޓީއެއް ނެތެވެ.

މަލާކް އެ ދިޔަތަނަކަށް ގޮސް އައި އިރު މައުވަން ކޮޓަރީގައި އިނެވެ. އަދި ސައިނުބޮއީ ކީއްވެތޯއަހާލިއެވެ. މައުވަން ކުރި ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި މަލާކް ބުނެލީ އޭނަ ވަރަށް ބޮޑު ވާހަކަ އެއްދައްކަން ބޭނުންކަމުގައެވެ. އޭރު މައުވަން އިނީ ސޯފާގައި އިށީދެގެންނެވެ. މަލާކްވެސް ގޮސް މައުވަންއާއި ޖެހިގެން އިށީނެވެ. ދެން ދިޔައީ އިރުކޮޅެއްގެ ހިމޭންކަމެކެވެ. ވާހަކަ ފަށާނެ ގޮތެއް މަލާކް އުޅުނީ ނޭނގެ ގެންނެވެ. އޭނަ އިނީ އިސްޖަހައިގެން ދެއަތް ދެއަތާ މޮޑެލަ މޮޑެލައެވެ. “ކިޔާބަލަ؟” މައުވަން ބުނެލިއެވެ. ދައްކަން އުޅޭވާހަކަ އެއްވެސް ވަރަކަށް އަންދާޒާ ކޮއްލެވިފައި ނުވާތީ މައުވަން އިނީ ހަމަޖެހިފައެވެ. “އަހަރެން ބޭނުން ވަރިވާން” ވާހަކަ ފަށާނެ އިތުރު ގޮތެއް ނޭނގިގެން މަލާކް ސީދާ ބޭނުންވާ ގޮތް ހާމަކޮއްލިއެވެ. އެޔާއެކު “ކީކޭ” އޭބުނެ މައުވަންއަށް އިންތަނުން ތެދުވެވުނެވެ. “ތި އިވުނީ ރަނގަޅަށް” މަލާކް ޔަޤީން ކޮއްލަދިނެވެ.

“ކީއްވެ ކުއްލިއަކަށް” ހަމަޖެހެން މަސައްކަތް ކުރަމުންމައުވަން އެހިއެވެ. އެކަމަކު އަޑުގައިވަނީ މާޔޫސްކަމެވެ.

“ވީ ބޯތް ނޯ މިހާދުވަސް ވީއިރުވެސް މި އުޅުނީ ހަޒްބެންޑް އެންޑް ވައިފް ގޮތަކަށް ނޫން. އައި ތިންކް ނޮޓް އީވަން ފްރެންޑްސް. ކައިވެނީގެ ކުރިންވެސް މައުވަން ދެއްކި ވާހަކަތައް ހަނދާންއެބަހުރި… އެކަމަކުވެސް އަހަރެން ހުރީ މައުވަންއާއެކީ ރީތި ދިރިއުޅުމެއް އުޅެވޭތޯ… ނުވާނެކަމެއްކަން އިނގޭ އިރުވެސް މިހާ ދުވަހު އިނދެގެން މިއުޅެވުނީވެސް އަހަރެންގެ މޮޔަކަމުން…. ދެން އިތުރަށް އަހަރެންގެ ލައިފްގެ ދުވަސްތަށް ބޭކާރު ކޮށްލާކަށް ނެތީން….އަދި މައުވަން އާއި ރަފާގެ ތި ދިރިއުޅުމަށް އެޅޭހުރަކަށްވެސް ވާކަށް ނެތީން…. ވަރަށް ދުވަހު މައުވަންއަށް އުނދަގޫ ކުރެވިއްޖެ…. ވަރަށް ބޮޑަށް ސޮރީ….” ވާހަކަ ދެއްކި އިރު ކިތައްމެ ހިތްވަރު ކުރިއެއްކަމަކު އެ އަޑުން މަލާކް ދެރަވެފައިވާކަން އެނގުނެވެ.

“އަހަންނަން އިނގޭ މަލާކް އާދޭތެރޭ ކަންތަން ކުރެވުނީ ވަރަށް ގޯސްކޮންކަން…އެކަމާ އަހަރެން ދެރަވޭ….ވަރަށް ބޮޑަށް ދެރަވޭ….އެދުވަސް ތައް އަހަންނަން އަނބުރާ ނުގެނެވޭނެ…އަހަރެން ބޭނުން އޭގެ ބަދަލުގައި މަލާކަށް އުފާވެރި ދިރިއުޅުމެއް ހޯދަދޭން…ގެއްލި ދިޔަސް ދުވަސްތަކުގެ ބަދަލުގައި އާހަޔާތެއް ހޯދަދޭން ބޭނުން…”

އެކަކު އަނެކަކު ދެކެ ލޯބިވިއެއް ކަމަކު އެކަން ހާމަކުރާކަން މިއަދުވެސް އެކަކަށް ވެސް ނުކެރުނެވެ. ލޯބި މުޅިއުމުރަށް ވަކިވެދާނެ ކަމުގެ ބިރުހީވާންފެށުމުން މައުވަން އިނީ ނުހަނު ދެރަވެފައެވެ.

“ނޫން މައުވަން… ދެން އަޅާނުލާ…އަހަރެންގެ ހިތް މައުވަންއާ ދޭތެރޭ ވަރަށް ސާފު… ދެމީހުން ވެސް ހަޤީޤަތް ޤަބޫލްކުރަންވާނެ… އިނީ މައިން ބަފައިން ބުނެގެން…ބައެއް މީހުންނަން އެގޮތަށް ކުރާ ކައިވެނިތަށްވެސް ވަރަށް ކާމިޔާބު…އެކަމު އަހަރެމެން ދެމީހުންނަން މިވީ އެހެން ގޮތެއް… މައުވަން ވެސް ލޯބި ނުވާމީހަކަށް ހަޔާތުން ޖާގަ ދީގެން ވަރަށް ދުވަހު ކެތްކޮއްފީމެންނު…ދެން އޮތީ އުފާކުރަންވީ ދުވަސްތައް…” އަދި އެހެން ބުނެފައި ވަރިއަށް އެދޭ ފޯމް މަލާކް ދަބަހުން ނެގިއެވެ. އޭރު މަލާކްގެ ލޯވަނީ ކަރުނުން ފުރެފައެވެ. މައުވަން ވެސް އިސްޖަހައިގެން އިދެ ސިއްރުން ލޯފުހެލިއެވެ.

“އަހަންނަކަން މަލާކް ވަރިއެއް ނުކުރެވޭނެ” އިރުކޮޅެއްގެ ހިމޭންކަމަށްފަހު މައުވަން ބުނެލިއެވެ. “ނޫން މައުވަން އަހަރެން ވަރަށް ދުވަހު ކެތްކޮއްފިން…މިކަންތައް އަހަންނަން ކޮއްލަދީ…ޕލީޒް..” މަލާކް އާދޭސް ކުރިއެވެ.

އެޔާއެކު މައުވަން މަލާކް ދެކޯތާފަތްމަތީ ހިފާލާފައި ކޮޅަން ނެގިއެވެ. އަދި އެ ދެލޮލަށް ބަލަން އިރުކޮޅަކު ހުއްޓެވެ. “އައި ލަވް ޔޫ” މައުވަން ހާމަކޮއްލިއެވެ. މަލާކްގެ މޫނުން އެއްވެސް އަސަރެއް ނުފެނުނެވެ. ބަދަލުގައި އޭނަގެ މޫނުން މައުވަންގެ އަތް ނައްޓުވާލިއެވެ.

“އަހަންނަކަށް ނޭނގެ ތީގެ މާނައެއް…އަހަރެން އުއްމީދުކުރަނީ މި ކަންތައް އަހަންނަން ކޮއްދޭނެކަމަށް.. އަދި މައުވަންގެ ތި ކުޑަ އާއިލާއަށް އުފާވެރިކަން އެދެން…” ދެން އޭނަ ނުކުމެގެން ދިޔައީއެވެ.

މައުވަން މާޔޫސް ވިއެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިރުކޮޅަކު ހުއްޓެވެ. ދެން ގޮސް އިށީނީ އެނދުގައެވެ. ދެކަކުލުގައި އުޅަބޮނށި ވިއްދާލައިގެން ދެއަތްތިލަ ދަތްދޮޅީގައި ޖައްސާލައިގެން އިނީ ވިސްނުމަކަށް ގެއްލިފައެވެ.

 

ބަނޑު ބޮޑުކަން އިނގުމުން ރަފާ އިނީ ހާސްވެފައެވެ. ވިސްނާވިސްނާވެސް ރަނގަޅު ގޮތެއް ނުފެނުނެވެ. ރައްޓެހިންގާތު އެއީ މައުވަންގެ ދަރިއެއް ނޫނޭ ހާމަކުރާކަން ނުކެރުނެވެ. އެހެންކަމުން އެމީހުންގާތު ޚިޔާލެއް ހޯދާލާކަށްވެސް ނުކެރުނެވެ. އަނެއްކޮޅުން އެ ކުއްޖާގެ ބައްޕަ އެކަމާ ވައިވެސް އެޅެން ބޭނުމެއްނޫނެވެ.

މަލާކް އެތަށް ގޮތަކަށް ވިސްނުމަށްފަހު އަމީނާއާއި ހަމައަށް ވަރިވާން އުޅޭކަމުގެ ޚަބަރު ގެންދިޔައެވެ. އެކަން އޭނަ ހާމަކުރީ ޝަރީފްވެސް އިންދައެވެ. މާބޮޑު ތަފްސީލެއް މަލާކް ނުދެއެވެ.ދެމީހުންނަންވެސް ރަނގަޅީ އެގޮތްކަމަށް ފެންނާތީ އެހެން ނިންމީކަމުގައި ބުނެލިއެވެ. އަމީނާމެން ނަސޭހަތްދިނީ ހަނދާންކޮށްދިނީ ކައިވެނީގެ މުހިންމުކަމެވެ. އެއީ ކިހާމާތް ގުޅުމެއްކަމެވެ. ނަމަވެސް ގޮތް ނިންމުމުގެ ފުރުސަތު މަލާކަށް ޝަރީފްމެން ދިނެވެ. ހަޤީގަތުގައި އެހުރިހާ ވާހަކައެއް އެމީހުން ދައްކަން ޖެހުނީ މަލާކް އެދެމީހުންގެ ގުޅުން އޮތްހިސާބު ކިޔައި ނުދިނީމައެވެ.

 

 

Share Article

Follow Me Written By

Star

Level 210 Stories100 Comments100 Login

Other Articles

Previous

ކުރިން އެނގުނުނަމަ (އެގާރަވަނަ ބައި)

Next

ހިތާ ފުރާނައިން… (15)

Next
January 25, 2018

ހިތާ ފުރާނައިން… (15)

Previews
January 25, 2018

ކުރިން އެނގުނުނަމަ (އެގާރަވަނަ ބައި)

31 Comments!

  1. Rammu says:
    January 25, 2018 at 10:14 pm

    First dhw adhi kiyaalaafa cmnt kohlaanan

  2. Kokko says:
    January 25, 2018 at 10:17 pm

    Maa las mivaahaka up vaaleh…vrh reethi vaahakaeh mi

  3. Maya says:
    January 25, 2018 at 10:22 pm

    Reethi haadha lahunneyy thi up kurani star…. Bt v reethi.. Me 2nd dhww

  4. lovelly gurl says:
    January 25, 2018 at 10:25 pm

    varah rethi.ekam for lahun up vaathy varah dhera vay

  5. Maa says:
    January 25, 2018 at 10:34 pm

    Nice…… but short ….. mihaaadhuvaskofffa up kuri iru

  6. Maai says:
    January 25, 2018 at 10:35 pm

    Dhen rafaa ge malheegai mauvan jehuna nudhehchey

  7. Vaahaka says:
    January 25, 2018 at 10:37 pm

    V reethi

  8. maikko says:
    January 25, 2018 at 10:49 pm

    Varah reethi… Waiting for the next part.. Hope you’ll up next part spoon.. ???

    1. maikko says:
      January 25, 2018 at 10:50 pm

      Soon

  9. Aki says:
    January 25, 2018 at 10:57 pm

    varah furihama ekamu thankolhe kuree mi part.. mihaa dhuvas kohfa up kuraairu varah dhigukon up kohla dheebaa pls pls

  10. tuithy says:
    January 25, 2018 at 11:06 pm

    Haadha dhuvahakunney up vany.thankolheh avahah up kollaba dhw

  11. Scarlet says:
    January 25, 2018 at 11:07 pm

    Varah inthizaaru kohfinn … next part avhah up kohdheyne kamah hykurann…

  12. Ina says:
    January 25, 2018 at 11:09 pm

    Alhe haadha kurukon thi upload kuree adhi ehaagina dhuvas kohfa inthizaaru koh koh varubalivee fahun pls avahah upload kohdheythi inge.

  13. Suney says:
    January 25, 2018 at 11:23 pm

    Finally up v dhw?vvv inthizaaru kurevijje. v nice mipart . Dhenkon dhuvahaku next part up kurevenee..waiting

  14. Zuam says:
    January 26, 2018 at 6:33 am

    Varah reethi

  15. R says:
    January 26, 2018 at 9:02 am

    Next part kiyaalan libeyvaru vaanee kon irakun

  16. Pinky shifoo says:
    January 26, 2018 at 9:40 am

    Wow varah varah reethi.. Next part avahah genesdhehchey

  17. Hi Mi says:
    January 26, 2018 at 9:44 am

    Star. Reethi story. When next part. ?

  18. maya says:
    January 26, 2018 at 11:47 am

    Alhey story reethi Kohlabala and when next part?

  19. Black beauty says:
    January 26, 2018 at 12:51 pm

    Avas kuran bunyas avas nuvaa gothah dhigukuran bunyas dhigu nuvaagothah.anehkaves inthixaarakah goslaanan

  20. shelly says:
    January 26, 2018 at 3:24 pm

    Ehaa dhuvas kohfa ves ehaa kurukoh up kurany. V reethi story eh mee. up kohfa indhaa fenumun ufalun fummaiganevuny. Hehe

  21. Ziff says:
    January 26, 2018 at 10:58 pm

    Vaahaka v reethi…but ma lahun up kohlanee…v inthizaaru kurevey mi story ah…adhi replay eh ves nukurey mihaavarah kiyuntherin ahaairuga ves…

  22. Xaaaan says:
    January 27, 2018 at 9:21 am

    Masha Allah v reethi

  23. Mixuhan says:
    January 27, 2018 at 10:03 am

    Vaahaka varah reethi . Ekm lahun up kuraathee varah dheravey .. Dhn foohi vefA hunnany kiyan vx ..heekuran avahah dhn upkh dheyne kamah..anyway story is interesting

  24. star says:
    January 27, 2018 at 6:08 pm

    ehaa lahun up kuraathy v foohivey kiyan mihaaru. vaahaka reethi. ekamu gavaaidhun up nukurevenyaa vaahaka reehchas beynumeh nei.

  25. Rayyu says:
    January 27, 2018 at 9:54 pm

    ??star..vaahaka v reethi…when next part

  26. shelly says:
    January 28, 2018 at 1:01 pm

    Alhey . Dhen staaroo. Reply eh kohlaba dhw. Emme kuda minun then up vaanr dhuvaheh ves bunelaanama .

  27. Lily says:
    February 4, 2018 at 11:30 pm

    Koniraku ta next part upkohllanee,mihaaru v gina duvas vejje

  28. sha says:
    February 5, 2018 at 5:14 pm

    v rythi… avahah up kohdhehchey next part

  29. Fary says:
    February 15, 2018 at 8:57 pm

    When next part

  30. raaz says:
    February 19, 2018 at 1:00 pm

    pls next part upload kolladhyba

Comments are closed.


All Right Reserved!