ޒިވްޔާގެ ކަންފަތް ބުޑުގައި އެބަސްތައް ތަކުރާރު ވަމުން ދިޔަ ފަދައެވެ. އެއާއެކު ދެން ފެނުނީ ޒިވްޔާ ބާރަށް ހަޅޭލަވައިގަތް މަންޒަރެވެ. އެނދުން ތެދުވެ ޒިވްޔާ ދުއްވައިގަތެވެ. “ވަޓް ދި ހެލް، ޒިވީ؟” ވާނުވާ ނޭނގިފައި ޔަޝްމީ އަހާލިއެވެ. ޖަވާބެއް ދިނުމެއް ނެތި ޒިވްޔާ އަވަސް އަވަހަށް އެއްޗެހި ބަދަލު ކުރަން ފެށިއެވެ. ރަތް ކުލައިގެ ޓޮޕަކާއި ޖިންސެއް ލުމަށްފަހު އަވަސް އަވަހަށް އިސްތަށިގަނޑުގައި ފުނާ އަޅާލިއެވެ. އަދި އެއަށްފަހު ލުއި ގޮތަކަށް މޭކަޕް ކޮށްލިއެވެ. އަދި އަތް ދަބަސް ނަގައި ކޮޓަރިން ދިޔުމަށް ދުއްވައިގަތެވެ. “އައި ހޭވް ޓު ގޯ! އައިމް ސޯ ސޮރީ! އައި ވިލް އެކްސްޕްލެއިން ލޭޓާ!” އޭރު ގަނޑިން 5:42 ވެއްޖެއެވެ.
ޒިވްޔާ ތެޅެމުންފޮޅެމުން ކަހަލަގޮތަކަށް ކާރެއް ނަގައިގެން ”ބްރީޒް “ރެސްޓޯރެންޓަށް ދެވުން އިރު އޭނާއަށް މާނޭވާ ލެވެއެވެ. އޭނާ ހާސްވެފައި ހުރިވަރުން މުޅި މޫނުމަތިން ހުރީ އޮއްދާ ހިއްލާފައެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ އެންމެ ބޮޑު ސިއްރު ފަޅާ އަރައިފިއެވެ. އެއީ ވެސް އޭނާ އެންމެ ފޫހިވާ މީހާއަށެވެ.
އަތިރިމަތީގައިވާ އެރެސްޓޯރެންޓް އަޅާފައި ހުރީ މޫދުގެ ލޮނުގަނޑުމަތީގައި ހުންނާނެ ގޮތަށެވެ. އެ އިމާރާތަކީ ކޮންކްރީޓާއި ބިއްލޫރި ބޭނުންކޮށްގެން ހަދާފައިވާ އާކިޓެކްޗަރަލް ފުރިހަމަ މަސައްކަތެކެވެ. ބޭރުން ބަލާއިރު، އެ ބިމުގެ ކައިރިފަށް ނިމިފައިވަނީ ހުސްކަމެއްގެ ތެރެއަށް ކަމަށް ހީވެއެވެ. އުޑުގެ ރޮނގާއި އެތަން އެއްވެފައިވާލެއް ފުރިހަމަކަމުން، އެތެރޭގައި ފެންނަން އޮތް ބޮޑު މަންޒަރުގެ ފުރިހަމަކަން ބޭރުންވެސް އިހުސާސްކޮށްދެއެވެ.
ބޭރުގައި ތުނި ޓައިޓޭނިއަމް ބޯޑެއްގައި “ބްރީޒް” އެ ނަން ރީތި ގޮތަކަށް ކަނޑާނެގިފައިވާއިރު ބްރީޒް ރެސްޓޯރެންޓަށް ވަދެވެން އޮތް ހަނި މަގުގެ ދެފަރާތުގައި ވަނީ ފަރުވާތެރިކަމާއެކު ބަހައްޓާފައި ހުރީ ބައިވަރު ސައިޕްރަސް ގައްތަކެކެވެ. ކަޅުކުލައިގެ ބަސާލްޓް ހިލަތަކުގެ މަތިން ހިނގާފައި ދިޔަ ޒިވްޔާ ރެސްޓޯރެންޓްގެ ގޯތިތެރެއަށް އަޅާލި ކޮންމެ ފިޔަވަޅަކާއެކު އޭނާއަށް ފާހަގަވީ ސިޓީގެ ހަލަބޮލި އަޑުފަތްގަނޑު ފަނޑުވަމުން ދިޔަކަމެވެ. ފަހަރުގައި އެއީ އެގަސްތައް އެތާގައި އަތުރާފައި ހުރުމުގެ ބޭނުން ކަމަށް ވެސް ވެދާނެއެވެ. ވަކި ހިސާބަކަށް ދެވުމުން ފެންމަތީގައި އޮތްހެން ހީވާ ފަދަ ކަނދުރު ލަކުޑިތައް މަތިން ހިނގާލާފައި ޒިވްޔާ ދިޔައެވެ. ކަނޑުން އަންނަ ވައިރޯޅިތަކުގެ ސަބަބުން އޭނާގެ އިސްތަށިގަނޑު ވައިގެ ތެރޭގައި ނަށަމުން ދިޔަކަހަލައެވެ. ކޮންމެއަކަސް މި ރެސްޓޯރެންޓްގެ ފުރިހަމަ ކަމުން ހިތަށް ފިނިކަން ލިބިގެން ދިޔައެވެ.
ޒިވްޔާ ރެސްޓޯރެންޓުގެ ބިޔަ ބިއްލޫރި ދޮރާއި ހަމައަށް އެރާހަމަވުމުގެ ކުރިން އެތެރެއިން ސްޓާފަކު ދޮރު ހުޅުވާލަދިނެވެ. އަދި ޒިވްޔާއަށް ރިވެތި ހިނިތުންވުމެއް ދިނުމަށްފަހު މަރުހަބާ ކިޔާލިއެވެ. ޒިވްޔާ އަކީ މީގެ ކުރިން އަބަދުވެސް މުއްސަނދިކަން ދައްކާދޭ އެތައްއެތައް ރެސްޓޯރެންޓްތަކަށް ގޮސްއުޅޭ ކުއްޖެކެވެ. ނަމަވެސް މިހާ ހިތްގައިމު އަދިއެހާމެ ފުރިހަމަ ރެސްޓޯރެންޓަކަށް ދުވަހަކުވެސް އަދި ނާދެވެއެވެ. އޭނާއަށް ބްރީޒް ރެސްޓޯރެންޓަކީ ވަރަށް ފަހުން ހުޅުވި ރެސްޓޯރެންޓެއް ކަން އެނގެއެވެ. ރެސްޓޯރެންޓް ހުޅުވިތާ އަދި އެއް މަސްވެސް ނުވެއެވެ. މުއްސަނދިންގެ ތެރޭގައި ވަގުތުން މަގުބޫލު ވެގެން ދިޔަ މި ރެސްޓޯރެންޓުން ޖާގައެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ރެސްޓޯރެންޓު ހުޅުވި ދުވަހު ރޭގަނޑު އޭނާގެ އާއިލާއަށް ދަޢުވަތު ވެސް ލިބުނެވެ. ހުޅުމުގެ ރަސްމިއްޔާތަށް ދާށެވެ. ނަމަވެސް ޒިވްޔާ ބަލިކަމުން އެރޭ ދިޔައީ ހަމައެކަނި އޭނާގެ ބައްޕައެވެ. އޭނާގެ ބައްޕަގެ އިތުރުން ޔަޝްމީ ވެސް އެތަނުގެ ފުރިހަމަ ކަމުގެ ވާހަކަ ދެއްވިއެވެ. ނަމަވެސް އެމީހުންގެ ވާހަކަތަކަށް އަޑުއެހުމަށްވުރެ އަމިއްލައަށް ތެޖުރިބާކޮށްލަން ލިބުމުން ޒިވްޔާއަށް އިތުރަށް އާޝޯހު ވެގެން ދިޔަ ކަހަލައެވެ.
ޒިވްޔާ މިތަނުން ރިޒަވޭޝަނެއް ހޯދަން މިހާރު މަސައްކަތް ކުރާ ކިތަންމެ ދުވަހެކެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު ވެސް ޒިވްޔާއަށް ލިބުނު ޖަވާބަކީ ދެން އޮތް 3 މަހަށްވެސް ރެސްޓޯރެންޓް އޮތީ އެއްކޮށް ބުކް ކޮށްފައި ކަމެވެ. އަޖާއިބެކެވެ. އަނެއްކާ އައިކަން މިތަނުން ޖާގައެއް ހޯދި ކިހިނެއްބާވައެވެ؟
ޒިވްޔާއަށް ވަދެވުނީ ސީދާ މެއިންކޮށް ސާވް ކުރާ ރޫމަށެވެ. އެތަނުގެ ފަރުމާއާއި މެދު ވިސްނާލަން ފުރުސަތު ނުލިބި އުޅެނިކޮށް ޒިވްޔާގެ ނަޒަރު ހުއްޓުނީ އެތަނުން އޭނާއަށް ފެންނަން އޮތް ހިތްގައިމު މަންޒަރަށެވެ. އުތުރު ފަރާތުގެ މުޅި ފާރުގ ހަދާފައިވަނީ ކޮންކްރީޓުގެ ބަދަލުގައި އޮމާން ބިއްލޫރިންނެވެ. އެތޭރޭގެ މާހައުލާއި ބޭރުން ފެންނަ ގުދުރަތީ ރީތި އަދި އެހާމެ ތަނަވަސް މަންޒަރާ ދެމެދު އެއްވެސް ހުރަހެއް ނެތް ފަދަ އިހުސާސެއް ކުރުވާ ކަހަލަ ގޮތަކަށެވެ. އަތިރިމަތީގެ އުސް ސަރަހައްދުން ބަލާލާއިރު، ކުރިއަށް އޮތް ކަނޑުގެ ތިލަ ހިސާބުގައިވާ މަސްމަހާ މެއްސާއި ދުރުގައިވާ ފުން ކަނޑުގެ ކަޅުކަމެވެ. އުޑުމަތީގައި ދެކޮޅު ދެކޮޅަށް އުދުހިލާ އުޅޭ ދޫނިސޫފާ ސޫއްފެވެ.
ޒިވްޔާ މަޑުމަޑުން އެތެރެއަށް ހިނގައިގަތެވެ. އޮމާންކޮށްފައިވާ ހިލަ ތަޅުންގަނޑުމަތީގައި އޭނާގެ ފައިވާނުގެ ހީލް ޖެހޭ އަޑު އިވެމުންގޮސް، އެތާ އަޅާފައިވާ ރަތް ފަށުވި ދޫލައިގެ ސަބަބުން އެ އަޑު ކެނޑީގެންދިޔައެވެ. ރެސްޓޯރެންޓް އެތެރޭގެ އަލިކަން ހުރީ ވަރަށް ހިތްގައިމު ގޮތަކަށެވެ. ބޭރުގެ މަންޒަރުތަކަށް ހުރަސްއެޅޭ ފަދަ ނުވަތަ ބިއްލޫރިގަނޑުން އަލި އެނބުރި އަންނަ ފަދަ އެއްވެސް ބޮތްކެއް މަތީގައި ހަރުކޮށްފައެއް ނެތެވެ. އޭގެ ބަދަލުގައި، ފާރުގެ ތިރީގައި ފޮރުވާފައިވާ ލައިޓްތަކުން ފެތުރިފައިވާ ހޫނު އޮރެންޖު ކުލައިގެ އަލީގެ ސަބަބުން، ކާ މޭޒުތައް ހީވަނީ ޖައްވުގައި އުދުހެމުންދާ ހެންނެވެ. ބޭރުގައިވާ ޓެރަސްއާއި އެތެރެ ވަކިކޮށްދެނީ ހަމައެކަނި އަލިފާން އަންދާ ވަޅުގަނޑަކުންނެވެ. އޭގެ ސަބަބުން ހުދު ކުލައިގެ ކޮލިޓީ މާބްލް ބާރުމައްޗަށް އެޅިފައިވާ ހިޔަނިތައް ނަށަމުންދާ ކަމުގެ ސިފަ ޖެހެއެވެ.
ޒިވްޔާ ފުން ނޭވާއެއް ދޫކޮށްލަމުން، އެތަނުގެ ފިނި މާހައުލާއި ހިމޭންކަން އިހުސާސްކޮށްލިއެވެ. އެތަނުގެ އަޑު ހިފަހައްޓާ ގޮތަށް ފަރުމާކޮށްފައިވާ ފުރިހަމަކަމުން، އެތަނަށް ޒިޔާރަތްކުރާ މުއްސަނދި ކަސްޓަމަރުންގެ ވާހަކަތައް އިވެނީ ވަރަށް މަޑުމަޑު އަޑެއްގެ ގޮތުގައެވެ. މިއީ ހަގީގަތުގައިވެސް އޭގެ ނަން މަޝްހޫރުވާންޖެހޭ ފަދަ، ޒަމާނީ ފަރުމާއެއްގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ ތަނެކެވެ.
ރެސްޓޯރެންޓްގެ ކަނަކަށްވާގޮތަށް އިން މޭޒުދޮށުގައި އަވިއައިނެއް އަޅައިގެން އިން ޒުވާނާއަށް ގިނަ އަންހެން ކުދިންތަކެއްގެ ލޯތައް އެ ޒުވާނާއަށް އަމާޒުވަމުން ދިޔައެވެ. އަވިއައިނުގެ ނިވަލުގައި އޭނާގެ ލޯ ފޮރުވިފައިވީ ނަމަވެސް އެ މޫނުގެ ރީތިކަންވަރަށް ސާފުކޮށް ފެނެއެވެ. ހަމަރަނގަޅަށް ވެސް ރީތިކަން ހުސްކޮށްގެން ހުރި މީހެކެވެ. އެޒުވާނާއަށް އެހެން މީހުން ބަލާކަން އިހްސާސް ވެސް ނުވާކަހަލައެވެ. ނޫނީ އެކަމާ އޭނާގެ ފަރުވަލެއް ނެތީކަމަށް ވެސް ވެދާނެއެވެ. ދެތިން ކުއްޖަކު އެ ޒުވާނާ ކައިރިއަށް ޖެހިލައި އެކަނިތޯ ވެސް އެއްސެވެ. ނަމަވެސް އެ ޒުވާނާ ޖަވާބެއް ނުބުނިތާނގައި ބަލާވެސް ނުލިއެވެ. އެންމެފަހުން ކޮންމެ ކުއްޖެއްވެސް ލަދުން ދުރަށް ޖެހުނީއެވެ. ނޫނީ ރެސްޓޯރެންޓުން ނުކުމެގެން ދިޔައީއެވެ.
ޒިވްޔާގެ ލޮލުގައި އަޅައިގަތީ އެއްކަލަ ޒުވާނާއެވެ. ޒިވްޔާ އަވަސް އަވަހަށް އެމޭޒުދޮށަށް ދިޔައެވެ. “އައިކަން.” އޭނާގެ ދަބަހުން ބާރަށް މޭޒުގައި ޖަހާލަމުން ޒިވްޔާ ގޮވާލިއެވެ. “ޔޫ އާ ލޭޓް.” އައިކަން އިސް އުފުލާލައި ޒިވްޔާއަށް ބަލާލިއެވެ. އެއާއެކު ޒިވްޔާގެ ގައިން ހީބިހި ނަގައިގަތްހެން ހީވިއެވެ. އައިކަން އަޅާފައި ހުރި އަވިއައިނުގެ ތެރެއިން ވެސް އެތޫނު ނަޒަރު އިހުސާސްވި ކަހަލައެވެ.
ޒިވްޔާ އައުމާއެކު އައިކަނަށް އައި ބަދަލުން އެތާގައި ތިބި އަންހެން ކުދިންގެ ހިތުގައި ސުވާލު އުފެދުނެވެ. އެދި ހަމަ އެއާއެކު އެމީހުންގެ ހިތުގައި ޒިވްޔާ އާއި ދޭތެރޭގައި ނަފްރަތު ވެސް އުފެދިގެން ދިޔައީ އިންތިހާ ދަރަޖައަށެވެ.
“ވަޓް ޑޫ ޔޫ ވޯންޓް؟” ޒިވްޔާ އަހާލިއެވެ. “ސިޓް.” އައިކަންގެ ޖަވާބަކަށް ވީ އެޔެވެ. “މަށަކަށް ނެތް ވަގުތެއް އައިކަން ކުޅޭ ގޭމްތައް ބަލާކަށް.” ޒިވްޔާ ހުރީ ހާސްވެފައި ނަމަވެސް އޭނާ ހުރީ އެހާމެ ރުޅިވެސް އައިހެވެ. “ސިޓް.”
“ހައު އެބައުޓް އެ ނޯ.”
“ލާސްޓް ޗާންސް. ސިޓް، ޒިވްޔާ.”
“އައި ސެއިޑް ނޯ، އައިކަން.”
“ފައިން. ސޫޓް ޔުއާސެލްފް. އައި ވިލް ޖަސްޓް ލެޓް އެވްރީވަން ނޯ ދެޓް ޒިވްޔާ.. އަޒްހިރްގެ ވަން އެން އޮންލީ ޑޯޓާ އެއީ އޭރިއެލްގެ ނަން ބޭނުން ކޮށްގެން ވާހަކަ ލިޔާ ޕާސަންކަން. ރިޕޯޓަރުންނަށް ވަރަށް ކަމުދާނެ ތާދޯ އެކަހަލަ ސްޓޯރީއެއް.” އައިކަން އޭނާގެ ލޮލުގައި އަޅާފައިވާ އަވިއައިނު ނަގާލިއެވެ. އޭރު ޒިވްޔާ ހީވަނީ ރުޅިއައިސްގެން މީހާ އެކީ އަނދައިފާނެ ހެނެވެ.
“ޔޫ ވުޑްންޓް.” ޒިވްޔާ ހުރީ ރަނގަޅަށް ވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ. “އެހެންވީރު އަވަހަށް އިށީނދެލާ.” އައިކަން ޒިވްޔާއަށް އިށީނުމަށް އިޝާރާތް ކުރިއެވެ. އޭނާއަށް ކުރެވުނުހާ ވެދސް ކަމަކީ ޒިވްޔާގެ ރުޅިގަނޑުގެ ހުޅުގަނޑަށް ޕެޓްރޯލް އެޅުމެވެ.
ޒިވްޔާ ދަތްކުނޑިވިކާލުމަށްފަހު ގޮނޑި ދަމައި އިށީންނަން އުޅުނެވެ. “މަޑުކުރޭ މަޑުކުރޭ. ސްޓޮޕް.” އައިކަން ޒިވްޔާ ހުއްޓުވިއެވެ. “މިހާރު ކިހިނެއްވީ؟” ޒިވްޔާ ލޯއަޅާލިއެވެ. ނަމަވެސް އައިކަން ބުނިގޮތަށް އަމަލު ކުރީ އޭނާއަށް އިތުރުގޮތެއް ނެތްކަން އެނގުމުންނެވެ.
ދެން ފެނިގެންދިޔައީ އައިކަން ތެދުވެގެން އައިސް ޒިވްޔާއަށް ގޮނޑިދަމާދިން ތަނެވެ. “ނައު ސިޓް.” އެއްމިޔަކަނުން ހީލަމުން އައިކަން އެހެން ބުނެލުމުން ޒިވްޔާގެ އަނގަ ހުޅުވުނެވެ. އޭނާ ހުރީ ބަސްހުއްޓިފައެވެ. “ސަޗް އެ ޖެންޓަލްމޭން.” އަދި ރުޅިއެރިވަރުން އަނގަ އޮރިކޮށްލުމަށްފަހު އިށީނެވެ. “އޮންލީ ފޯ ޔޫ، ޑަރލިން.” އައިކަންގެ ގާތަށް ހިނި އައި ނަމަވެސް އެކަން ސިއްރުކޮށްލަމުން ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ.
އިރުކޮޅެއްފަހުން ވެއިޓާ އެތަނަށް އައެވެ. “ވަޓް ވުޑް ޔޫ ލައިކް ޓު އޯޑާ، މޭމް؟”
“އޮހް.. ނަތިން. ނޯ ނީޑް.” ޒިވްޔާ ކާނެ އެއްޗެއް އޯޑާ ކުރުމަށް އިންކާރު ކުރިއެވެ. އޭނާ ނިންމައިގެން ހުރި އައިކަން ދައްކަން އުޅޭ ވާހަކައެއް ނިމޭއިރަށް އަވަހަށް އެތަނުން ދާށެވެ. އައިސްފައި ހުރި ރުޅިން ނިންމާފައި އެތާގައި އިތުރަށް އެންމެ ހިނދުކޮޅެއް މަޑުކުރަން ވެސް އޭނާއަށް ކެތެއް ނުވާނެއެވެ.
“އެއްޗެއް ނަގާ.” އައިކަން ބުނެލިއެވެ.
“ބޭނުމެއް ނޫން. ތިދައްކާ ވާހަކައެއް ނިމޭ އިރަށް އައިމް ގެޓިން ދި ހެލް އައުޓް އޮފް ހިޔާ.” ޒިވްޔާ އައިކަނާއި ދިމާއަށް ލޯއަޅާލިއެވެ. “ޗޫޒް ސަމްތިން. މައި ޓްރީޓް، ޕްރިންސެސް. ޔޫ ކާންޓް ގެޓް އައުޓް އޮފް ހިޔާ ވިތައުޓް އޯޑަރިން އެނީތިން.” އައިކަން މޭޒުގެ އިދިކޮޅު ފަރާތުން ޒިވްޔާއާއި ކާރިވެލިއެވެ.
“އިންސަފަރެބަލް.” ޒިވްޔާ މަޑުމަޑުން އެހެން ބުނެލީ އަމިއްލަ މީހާއަށް އިވޭ ވަރަށެވެ. އޭނާއަށް ނޭނގުނު ކަމަކީ އައިކަނަށް އެއަޑު އިވުން ކަމެވެ. ނަމަވެސް އައިކަން އޭނާގެ ތުންފަތްމަތީގައި ވިދާލި ހިނިތުންވުން ވަގުތުން ފޮރުވާލިއެވެ.
ޒިވްޔާ މެނޫ ނަގައި ބަލާލިއެވެ. އެއާއެކު އޭނާގެ މޫނުމައްޗަށް ތަރި ބުރައިގެން ދިޔަ ކަހަލައެވެ. މެނޫ ގައި ހުރި އެއްޗެސް އަގުބޮޑު ކަމުންނެވެ. ނަމަވެސް އެއީ އޭނާއަށް އަތް ނުފޯރާ ވަރުގެ އެއްޗެއްސެއް ނޫނެވެ. މެނޫ ފެނިފައި އޭނާ ރަނގަޅަށްވެސް ކާހިތްވެއްޖެއެވެ. އޭނާ މިތަނަށް އަންނަހިތުން އުޅޭތާ ކޮން ޒަމާނެއް ހެއްޔެވެ؟ ނަމަވެސް އޭނާގެ ހަނދާނަށް އައީ އައިކަން ޕޭ ކުރާ ކަމެވެ. އެހެންނޫނަސް އެތާގައި ގިނައިރު ކުރާކަށް އޭނާ ބޭނުމެއްވެސް ނޫނެވެ. އެހެންކަމުން ޒިވްޔާ އޮރެންޖް ޖޫސްތައްޓެއް އޯޑާ ކޮށްލިއެވެ.
“ނޯ. އެހެން އެއްޗެއް ނަގާ. ރަނގަޅު ކާ އެއްޗެއް.” އައިކަން އިންކާރު ކުރިއެވެ. “ހާދަ ކަންތައް ބޮޑޭދޯ މި އައިކަން. އައިލް އޯޑާ ދިސް ދެން.” ޒިވްޔާ ވެއިޓަރަށް ބުނެލިއެވެ. އެއީ ނޫޑްލީހެވެ. “ނަހް. ވީ ވިލް އޯޑާ މައި ފޭވްރިޓް. ޔޫ ނޯ ވަޓް އިޓް އިޒް. ފޯ ބޮތު އޮފް އަސް.” އައިކަން ޒިވްޔާ އަތުން މެނޫ އަތުލުމަށްފަހު ވެއިޓަރު އަތަށް ދިނެވެ. “ޔެސް ސަރ.” ވެއިޓަރު ހިނިތުން ވުމަށްފަހު ހިނގައިގަތެވެ.
“އާ ޔޫ ސީރިއަސް؟ ޔުއާ ފޭވްރިޓް؟” ޒިވްޔާ އަހާލިއެވެ.
“ޔެސް، ޕްރިންސެސް. އައިމް އެ ރެގިއުލާ ހިޔާ.” އައިކަން ވަރަށް ފޮނިވެލާފައި އެއްމިޔަކަނުން ހީލިއެވެ. “ފޮނި މީހެކޭ.” ޒިވްޔާ ލޯ އަޅާލިއެވެ. “އެނީވޭ ވަޓް ޑޫ ޔޫ ވޯންޓް؟”
“ރިލޭކްސް، ޕްރިންސެސް. އަދި ކިރިޔާ ކާއެއްޗެސް މި އޯޑާ ކުރީ ވެސް. ލެޓްސް އެންޖޯއި ފަސްޓް.”
“ފަސްޓް އޮފް އޯލް. ސްޓޮޕް ކޯލިން މީ ދެޓް.”
“ވަޓް ޑިޑް އައި ކޯލް ޔޫ، ޕްރިންސެސް؟” އައިކަން ޒިވްޔާ އާއި ކާރިވެލިއެވެ.
“ދެޓްޓްޓް!” ޒިވްޔާ ބާރަށް ބުނެލިއެވެ. އެއާއެކު އެތާ ތިބި ބައެއްމީހުން އެދިމާއަށް ބަލާލިއެވެ. ޒިވްޔާ ލަދުގަތް ނަމަވެސް އެކަމަށް އަޅާއެއް ނުލައެވެ.
“ސޭ އިޓް، ޕްރިންސެސް~~”
“ޕްރިންސެސް.” ޒިވްޔާ ދަތްކުނޑި ވިކާލިއެވެ. އެއާއެކު އައިކަންގެ ހުނުމުގެ އަނޑު އިއްވާލިއެވެ. ފަހަތަށް ބޯ އެއްލުމަށްފަހު އައިކަން ހެމުން ދިޔަ ގޮތުން އޭނާގެ ފިރިހެންވަންތަކަން އުތުރި އަރައިގެން ދިޔަފަދައެވެ. އެއީ ކޮންފަދަ ޖާދުވީ އަޑެއް ހެއްޔެވެ؟ ޒިވްޔާއަށް ހީވީ އޭނާގެ މެއަށް މީހަކު ފިނިފެން އެއްޗެއް އޮއްސާލި ހެނެވެ. އައިކަންގެ އެ އަޑު އިވިފައި އޭނާގެ ބަނޑުތެރޭގައި ކޮކާ އެނބުރޭހެން ހީވަނީ އެ ކީއްވެ ބާވައެވެ؟ އަޖާއިބެކެވެ.
“ހާ ހާ. ސޯ ފަނީ އައިކަން. އެނީވޭސް. އަހަރެން މިތަނަށް އައީކީ އެންޖޯއި ކުރާކަށް ނޫން. ތި އައިކަންގަނޑު ތުރެޓެންޑް މީ.” މޭޒުމަތީގައި އުޅަނބޮށި ޖައްސާލަމުން ޒިވްޔާ ވެސް އައިކަނާއި ކާރިއަށް ޖެހިލުމަށްފަހު މަޑުމަޑުން ބުނެލިއެވެ.
“ހަހަހަ. މައި ގޯޑް. ދެޓް ވޯޒް ޑެފިނައިޓްލީ ފަނީ. ހަހަހަ. ޒިވްޔާ.. ޔޫ ނޯ. ޔޫ އިންވައިޓެޑް މީ. ޔެސް. ޔޫ ޑިޑް، ޕްރިންސެސް. ” އައިކަން ވެސް ޒިވްޔާ އާއި އިތުރަށް ކައިރިވެލިއެވެ. “ޑޯންޓް ލައި.” ޒިވްޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ހުށިޔާރު ކަމެވެ.
“އޮހް ބަޓް ޔޫ ޑިޑް، ޔޫ.. ޒިވްޔާ.. އޮރް ޝުޑް އައި ސޭ.. އޭރިއެލް. ހަހަ. ޔޫ ރޯޓް އެބައުޓް މީ. ޔޫ މޮކްޑް މީ. އޯހް ޒިވްޔާ. ޔޫ ރިއަލީ އާ އާސްކިން ފޯ ޓްރަބްލް. ބަޓް ޑޯންޓް ވޮރީ އައިމް ނޮޓް ކޮމްޕްލެއިނިން.” އައިކަން އެހެން ބުނެލީ ހަމައެކަނި ޒިވްޔާއަށް އަޑު އިވޭނެހާ މަޑުމަޑުންނެވެ. އައިކަންގެ ހޫނު ނޭވާ ޒިޗްޔާގެ މޫނަށް އެޅުމާއެކު ޒިވްޔާ ހިތުގެ ހިނގުން އަވަސްވެލިއެވެ. ހީވަނީ އޭނާގެ އަރިކަށި ފަޅާފައި އޭނާގެ ހިތް ނުކުމެދާނެހެނެވެ. އޭނާގެ އަތުގެ ލޯލިތައް ވެސް ކޮޅަށް ޖެހުން ފަދައެވެ. ޒިވްޔާ ރައްދުގައި އެއްޗެއް ނުބުނެވި އުޅެނިކޮށް އައިކަން އެއްމިޔަކަނުން ހީލުމަށްފަހު އިތުރަށް ބުނެލިއެވެ.
“ކީޕް ރައިޓިން އެބައުޓް މީ. ލެޓްސް ސީ ހައު ފާ ޔޫ ކޭން ގޯ ވިތު ދޯޒް އިންޒަލްޓްސް.” އައިކަން ފަހަތަށް ޖެހިލައި ގޮނޑީގައި ލެނގިލުމަށް ފަހު ހަމަޖެހިލިއެވެ.
ޒިވްޔާއަށް ކުރެވުނުހާ ވެސް ކަމަކީ ގަބު އަރާފައި އިނުމެވެ. އޭނާފެ ހިތް ނެގިނެގިފައި ޖެހެނީއެވެ. އޭނާގެ ނޭފަތު ކުރީގައި އަދިވެސް އައިކަން ޖަހާފައި ހުރީ ސެންޓުގެ މީރުވަސް ދުވާކަހަލައެވެ.
“ވެއިޓް އެން ވޮޗް އައިކަން. ޔޫ ޑޯންޓް ނޯ ހޫ ޔޫ އާ މެސިން ވިތު. އައި ކޭން ޓޭކް އިޓް ވެރީ.. ވެރީ.. ވެރީ ފާ.” ޒިވްޔާ ފަހަތަށް ޖެހިލިއެވެ. އޭނާގެ ތުންފަތްމަތީގައި ޔަގީން ކަމުގެ ހިނިތުންވުމެއް ވިދާލިއެވެ.
“ކާންޓް ވެއިޓް ޓު ސީ، ޕްރިންސެސް.”
================
I’m really sorry about the delay. I’ve been really busy with work this week. Hope you enjoy this episode as well.
Shyyyms
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.





Vrh reethi ma.
Zivya ge hiy thelhey hen i ge hiy vx thalhuvaa laifi💜💜💜
When nxt???
Btw, shav ge next ep kiyaalan libeyny kon irakun?
Tc.. Lyy
Don’t ask authors abt other authors stories. Plssss
Thanks. Haha. Will upload next episode soon insha’Allah 🩷.
Shav will also be uploading soon🫶🏻
Hey shyyyms u work kuranee primary teacher akah tha?.
BTW vaaahaka varah varah reethi maashaa allah…..
When next??
Thanks. Will be uploading soon insha’Allah 🩷
Wow v reethi MA
Alhey EID SURPRISE THA?
ALHEY shyy ziv ar aikan ar gulhuvahchey
E aikan ge enemy dhurukohlaafa ziv ar aikan ar couples akah hadhaidhechy
Ey the restaurant akee aslu thaneh tha?
Sheex ves dhiyain one time ga hulhumalè ga inna beach restaurant akah ?
Ehenveema mi ahaalee
CW4THENEXTP
TC gurl
Haha. Balamaa dhw vagotheh. The restaurant is completely my imagination hehe. Thnks.. will upload soon insha’Allah. Tc 🩷
Wowwwww.
Nice.
When next????
Thnks.. will upload soon insha’Allah 🩷
ވާވާ. ހާދަ ސަޅި އޭ
ހަމަ ބަރާބަރު އިނގޭ!!!!!
އަނެއް ބައި ނެރެނީ ކޮން އިރަކުން ؟؟؟؟؟
Thanks. Will upload next episode soon insha’Allah 🩷
Woww. V salhyyyy. My god. I dont even know what to say. Aikan ulhey gothun my heart ves heevany udhuhen fashaafaane hen. Butterflies ves feel vey hen heevey eba mihaaru 😭 btw the way you described that restaurant masha Allah. What a talent you have got sis👏 It was as if I could literally see the restaurant. Anyways Im sooo excited for the next ep. Can’t wait 💝
Haha thanks 🩷
It’s so nice to have you writing again after so long. Really. I have lost the count of how many times I’ve read annandhen hunnaanan lobin. Like god it’s such a beautiful story sis❤️. After so many years of waiting you are here writing another story. It’s truly a dream come true. I’ve been a fan from the first time you started writing ☺️.
Also sis this part also vvv reethi MA. I don’t comment often but I had to today haha. When next part? Hope you are doing ❤️🩹
Tc
Thnks.. I really appreciate your comment.
Thank u so much🫶🏻
Will upload the next episode soon insha’Allah 🩷
Take care
One of the most important thing about being a writer is consistency. You clearly lack it.
Story reethi. But as a writer myself this is disappointing.
Everyone here works or studies. You are not the only one. Almost 2 weeks with no update. Not to mention the several years you took.
Not worthy of being called an author.
Try changing that then maybe you might be worthy of that title
I understand the frustration, but writers are human too. It took long but I still came back to writing. Consistency is something I’m working on, but passion for writing never left.
Oh my god. U got drama. Guess u r a drama queen🤣🤣🤣🤣🤣
Ur so moya broooooo
She is worth of that title. And breaks negun is not a disappointment. Life ga kan kan vaane dhw. And sometimes, you lose motivation to do many things you love. Its not her fault for not writing for 2 years. She clearly said she lost motivation and all and THEN she stopped writing. She informed the readers so thats enough. And what’s really disappointing is that YOU whoever you are judging other authors. Author akah ve hure. Its not shai who is not worth the title ‘author’. It is YOU. saying shit abt other authors and trying to demotivate them 🙄. Consistent vaakah vaki nujehe tbh. Vhk liyun eii these authors professionally kuraa kameh noon dhw. They do it as a hobby. To enjoy themselves. So emeehaku beynun iraku beynun vaguthaku liyeveyne. You don’t need to judge. It’s their story and them writing. Not you. So they can do whatever they want. 2 or 3 or 4 or 5 years fahun ves nellan vi vaahaka hama. It’s their choice n not yours. And ofc there’ll be fans who will support them 100 aharu fahun vhk liyunas. So mr or mrs Anonymous author, amilla vhk liyeveytho balaa ehen meehunnah ihchis nukiya. Or just stop writing cux you don’t deserve the title AUTHOR anyways. These haters, so annoying 🙄 and haassa koh anonymous jahaigen hate comments liyaa ppl. Trying to demotivate authors 🙄😒
Anyways shaii. Story hama baraabaru. Don’t give a **** abt the hate comments. They just jealous of you and your stories. They jealous cux they dunno how to write stories this perfect and cux they don’t have the talent. Ppl like that deserve to rot in hell ✌️😉
Keep up the good work shaii. And don’t get demotivated by the crazy, jealous aahh dudes 🤭👍
I just wanted to say thank u so so much for your comment. I really didn’t expect someone to speak up for me like that n defend me. I saw it at a time I was feeling kinda overwhelmed n emotional.. n honestly it made me pause for a moment.
It just felt really nice… like v comforting in a way I can’t really explain. Like someone actually saw me n didn’t just stay silent. That meant a lot more than I can say.
Thank u again for ur kind words, really… it genuinely made me feel a bit better 🤍
I’m so sorry if this is a bad time to say this.. but the comment section here (mostly the comment from ‘incognito’).. it’s making me think of Zivy & Aikan.
Why am I here hoping to see a scene of Aikan defending Zivya one day soonnn😭😭 you know incognito and Ariel🤭
Sis.. this episode is awesome. Pls don’t listen to haters. I was sad when you stopped writing but what I’m more grateful for is that you are writing again. That’s what matters.
Everyone goes through stuff in life. And it’s important to take time and rest. Some might need a long time some might take less time. It varies from person to person.
I’m just happy to be reading my favourite author’s story again💙
Be happy 😁
Tc ❤️🩹
Lysssm💙
How funny 🤣
Thi meehun thikahala cmment kuraairu heevany v molhu kmakey dho mi kureveny.
Did you think her fans will stay still? Really?
Yes we also waited for her story for so long. Did you see us disrespect her over that?
No. Instead we welcomed her when she returned. Didn’t criticize her for taking a much needed break.
So who do you think you are?