ގެއަށް ދެވުން އިރު ޒިވްޔާ ހުރީ ވަރަށް ވަރުބަލިވެފައެވެ. ވަރުބަލި ނުވެއްޖެއްޔާ ވެސް ދެރަ ނޫން ހެއްޔެވެ. އެ އައިކަން އެކުއްޖާފުޅަށް އެވަރު ކޮށްލި ވިއްޔާއެވެ. އެނދުގައި އޮށޯވެލައިގެން އޮތް ޒިވްޔާ އޮތީ ވާހަކަ ފޮތެއް ހިފައިގެން އެ ފޮތަށް ގެއްލިފައެވެ. އިރު އިރުކޮޅާ އޭނާ ހީލާތަން ފެނެއެވެ. ހީވާ ގޮތުން ނަމަ އޭނާ ކިޔަމުން އެދަނީ އޭނާއަށް ވަރަށް ވެސް ކަމުދާ ވާހަކައެކެވެ.
“ޒިވީ. ދަރިފުޅާ. ޔަޝްކޮ އައިއްސި.” ދުމްޔާ ޒިވްޔާގެ ދޮރުގައި ޓަކި ޖަހާލިއެވެ. އެއާއެކު ޒިވްޔާ އޭނާ ކިޔަން އޮތް ފޮތް ބާއްވާފައި ދުވެފައި ގޮސް ދޮރު ހުޅުވިއެވެ. “ޔަޝްޝްޝް!!!” ޔަޝްމީ ފެނުމާއެކު ވަގުތުން ބައްދާލިއެވެ. ދެ އެކުވެރިން އުފަލުން ފުންމަމުން ދިޔައިރު ހީވަނީ އީދެއް އައިސްގެން އުޅޭ ހެނެވެ.
“އަވަހަށް އާދޭ! ކަމް އިންންން ގާލްލްލް!” ޒިވްޔާ ޔަޝްމީގެ އަތުގައި ހިފައި ދަމާފައި ކޮޓަރިއަށް ވެއްދިއެވެ. “މޯމް. ކޭން ޔޫ ބްރިންގް 2 ޕާސްތާ ތަށި ރޫމް އަށް. އެން އޯލްސޯ މެންގޯ ޖޫސް. ޕްލީޒްޒްޒް!” ޒިވްޔާ އެހެން ބުނުމަށް ފަހު ދޮރު ލެއްޕިއެވެ.
ދެކުދިން އެނދުމައްޗަށް އަރާ ހަމަޖެހިލިއެވެ. ޔަޝްމީ އޮތީ އެނދުގައި އޮށޯވެލައިގެނެވެ. ޒިވްޔާ އިނީ ޔަޝްމީ އާއި ދިމާއަށް ބަލަހައްޓައިގެނެވެ. “ދެން ކިޔާދީބަލަ ސަންޕަގަނޑާ!!! ސްޓޮޕް ދި ސަސްޕެންސް!!!” ޒިވްޔާ ޔަޝްމީގެ ގައިގައި ވިކައިގަތެވެ.
“ހަހަ. ސޯ… އައި ހޭވް ބީން ޓޯކިން ޓު ސަމްވަން.”
“އޯ. އެމް. ޖީ. ހޫ؟؟؟” ޒިވްޔާ ހަޅޭލަވައިގަތެވެ. “އަދި ދިމާ ނުވޭ ފޭސްޓު ފޭސް.. ވެލް އަހަރެންނާ އޭނައާ ދިމާ ވެފަ ހުރީ. ބަޓް ލައިކް.. ހީ ޑަޒްނަޓް ނޯ އިޓްސް މީ.” ޔަޝްމީ ރަކި ވިއެވެ.
“ޔޫ ޔަޝްމީގަނޑު. ޔޫ އާ ބްލަޝިންންން!!!! ޔޫ ލައިކް ހިމް. ލައިކް އެކްޗުއަލީ ލައިކް ލައިކް ކައިންޑް އޮފް ލައިކް ހިމްމްމް! ހޮލީ ޝިޓް! ޔޫ ޑިޑްންޓް ޓެލް މީ!!! ކާކުތާ ވުމަން؟!!” ޒިވްޔާ ބާލިސް ނަގައި ޔަޝްމީ ގެ ގައިގައި ޖަހަން ފެށިއެވެ.
“ޔޫ ނޯ ދެޓް ގާއި. ބާސްކެޓް ބޯލް ކުޅެން އުޅެއެއްނު. ޝަޔާލް. އޭނަ.”
“ވާޓްޓްޓް؟!!!”
“ސްޓޮޕް ޔެލިންންން! ނުޖަހަބަލާ ޒިވްޔާ!!!”
“އައި ވޯންޓް! ޔޫ ޑިޒާވް އިޓް ބިޗް! ހައު ކުޑް ޔޫ ނޮޓް ޓެލް މީ؟!!”
“ސޮރީ އޭ!”
“ސޮރީ ގަބޫލެއް ނުކުރާނަންންންން!!!” ދެކުދިން ދިޔައީ އެކަކު އަނެކަކު ގައިގައި ބާލިހުން ޖަހަމުންނެވެ.
“ޒިވީ. ޔަޝްކޯ. ދެމީހުން ތޮޅެނީދޯ. ދޮރު ހުޅުވަބަ.” ދެން އިވުނީ ދުމްޔާގެ އަޑެވެ. އެއާއެކު ދެކުދިން ވެސް ބާލިސް ބެހެއްޓިއެވެ. ޒިވްޔާ ވަގުތުން ދުވެފައި ގޮސް ދޮރު ހުޅުވިއެވެ. ދުމްޔާ ކާތަކެތި ހިފައިގެން އައިސް މޭޒުމަތީގައި އަތުރާލިއެވެ.
“ދަރިފުޅު މެން ދެކުދިން ދުވަހަކު ވެސް ބޮޑެއް ނުވާނެ ދޯ؟ އަބަދުވެސް ކަމަކީ ތޮޅުން ވިއްޔަ.” ދުމްޔާ ޒިވްޔާ އަށާއި ޔަޝްމީއަށް ބުނެލިއެވެ.
އެއީ ތެދެކެވެ. ޒިވްޔާ އާއި ޔަޝްމީ އެންމެ ފުރަތަމަ ދިމާވީ ޒިވްޔާ ގޮވައިގެން ޒިވްޔާގެ އާއިލާ މާލެ ގޮސް އުޅުނު ދަތުރެއްގައެވެ. އެދަތުރުގައި ދެކުދިން ދިމާވީ ޕާކެއްގައި ކުޅެން އުޅުމުގެ ތެރޭގައެވެ. ސްލައިޑަކަށް އެންމެ ފުރަތަމަ އަރަން ބޭނުން ވެގެން ދެކުދިން ތޮޅެންފެށީއެވެ. އޭގެ ދެދުވަސް ފަހުން ޒިވްޔާގެ އާއިލާ އާއި ޔަޝްމީގެ އާއިލާ ދިމާވީ ބިޒްނަސް ޕާޓީ އަކުންނެވެ. އެއާއެކު ދެ އާއިލާ ދޭތެރޭގައި އެކުވެރިކަން އުފެދިގެން ދިޔައެވެ. ނަމަވެސް ޔަޝްމީ އާއި ޒިވްޔާ އެކޭ ހަތުރުންނެކޭ އެއްފަދައެވެ. ކޮންމެއަކަސް ދެކުދިން އެކުގައި ވަގުތު ހޭދަކުރަން މަޖުބޫރުވުމުން އެކަކު އަނެކަކު ދޭތެރޭގައި އެކުވެރިކަން އުފެދިގެން ދިޔައީއެވެ. އެންމެފަހުން ދެކުދިން ވެގެން ދިޔައީ އެކަކު އަނެކަކާ ނުލާ ނޭވާ ވެސް ނުލެވޭހާ ގާތް ދެއެކުވެރިންނަށެވެ. ދެމީހުން ދިމާ ވެއްޖެއްޔާ އަބަދު އުޅޭނީ ވެސް އެކު އެކީގައެވެ. އެހެނެއް ކަމަކު ދެމީހުން ތޮޅޭ ވަރެއް މަދެއް ނުވިއެވެ. އެކުގައި ސަކަރާތްޖަހާ ވަރަށް ތޮޅެން ވެސް ތޮޅޭނެއެވެ.
“ދެން މަންމާ! އެއީ މަޖަލަށޭ!” ޒިވްޔާ ފަހު ފަހަރަށް ޔަޝްމީގެ ބޮލުގައި ބާލިހުން ޖަހަމުން ބުނެލިއެވެ. އެއާއެކު ޔަޝްމީ ލޯ އަޅާލިއެވެ. “ހާ ހާ. ސޯ ފަނީ.”
“އައި ނޯ. އައި އޭމް ފަނީ.”
“ހަޔާލް ނާދޭތަ މިއަދުވެސް؟” ދުމްޔާ އަހާލިއެވެ. “ޔެއާ. ހަޔާ ވީ ހާ ޕާޓް ޓައިމް ޖޮބް އަށް ގޮސް. ޝީ އިޒް ސޯ ބިޒީ ދީޒް ޑޭސް.” ޔަޝްމީ ޝާކުވާ ކޮށްލިއެވެ.
“އައި ނޯ. އައި ވިޝް ޝީ ކުޑް ކަމް. އެނީވޭ ޔޫ އޯވް މީ އޭން އެކްސްޕްލެނޭޝަން. ހ އިން ޗ އަށް. ހުރިހާ އެއްޗެއް ކިޔާދީ.” ދުމްޔާ ނުކުތުމާއެކު ދެކުދިން ޕާސްތާ ތަށި ނަގައިގެން އައިސް އެނދުގައި އިށީނދެލިއެވެ.
“ސޯ.. ޝަޔާލް ޓެކްސްޓެޑް މީ ފަސްޓް. މަންތެއް ވަރު ވެދާނެ. ހީ ސޯ މައި އިންސްޓާ އައިޑީ. ޔަޝް ނަގާފަ ހުރި ޕިކްސް ރީތި ވެގެނޯ ކިޔާފަ.”
“މަންތެކޭ؟ ވުމަންންން! ޔޫ ހޭވް ގޮޓް ޓު ބީ ކިޑިން މީ. އާރްރްރްފްފްފް! ފައިން. ކަންޓިނިއު.” ޒިވްޔާ ހުރީ ދަތް ވިކިފައެވެ.
“އައި ލައިކް ހިމްމްމްމް! ހީ އިޒް ސޯ ކޫލް. ބަޓް ހީ ޑަޒްންޓް ނޯ މީ އިން ޕާސަން. ހީ އާސްކްޑް ކޮލެޖުން މީޓް ކުރަން ވެސް. އޯލްމޮސްޓް 10 ޓައިމްސް ނައު..” ޔަޝްމީ އެހެން ބުނިއިރު ހީވަނީ އުއްބައްތިއެއްހެން ވިރިގެން ފައިބާހެނެވެ. “ގާލް.. ވަޓް.” ޒިވްޔާ ގާތަށް ހިނިއައެވެ.
“އައި ހޭވް ބީން މޭކިން އެކްސްކިއުޒެސް. ހީ އީވެން ސެންޓް މީ ފްރޮންޓް ރޯ ޓިކެޓްސް ޓު ދި ފައިނަލް މެޗް.”
“ޔަޝްމީ!!! ޔޫ ޝުޑް ގޯ! ހީ ލައިކްސް ޔޫ!” ޒިވްޔާ އުފާވިއެވެ.
“ދެން ލަދު ގަނެއޭ!” ޔަޝްމީ ބާލިސް ނަގައި މޫނުގައި އަޅާލިއެވެ.
“ނޮޕް. ޔޫ އާ ގޮއިން. ދާން ޖެހޭނެ. އައި ވިލް ޑްރޭގް ޔޫ ދެއާ އިފް އައި މަސްޓް.” ޒިވްޔާ ޕާސްތާ ތަށި ބަހައްޓަމުން ބުނެލިއެވެ. “ދެން ޒިވީ!!” ޔަޝްމީ އިންކާރު ކުރަމުން ދިޔައެވެ.
ދެމީހުން ޒުވާބު ކުރަމުން ގޮސް އެންމެ ފަހުން ނިންމީ ދެމީހުން އެއްކޮށް ދާށެވެ. ދެއެކުވެރިން ދެން ހަމަޖެހިލައިގެން އުޅުނީ މޫވީއެއް ބަލާށެވެ. އޭރު ގަނޑިން ހަވީރު 5 ޖަހަނީއެވެ. ވަރަށް ފޯރީގައި މޫވީ ބަލަމުން ދިޔަ ޒިވްޔާއަށް ހަނދާންވީ އޭނާ އެންމެފަހުން އަޕްލޯޑު ކުރި ވާހަކަ އެޕިސޯޑުގެ ކޮމެންޓްސް ބަލާނުލެވޭ ކަމެވެ. އެހެން ކަމުން ފޯނު ހުޅުވާލިއެވެ.
ކޮމެންޓްތައް ކިޔަމުން ދިޔަ ޒިވްޔާ މޫނު ކުނިކޮށްލީ އެއްކަލަ އިންކޮގްނިޓޯ ކިޔާ މީހާ ކޮމެންޓް ކޮށްފައި ހުރިކަން އެނގުމުންނެވެ. އެ ކޮމެންޓްތައް ސްކިޕްކޮށްލަން އުޅުން ޒިވްޔާ މަޑު ޖެހެވުނީ އިންކޮގްނިޓޯ މީހާ ލިޔެފައިވާ ކޮމެންޓެއް ކިޔާލެވުމުންނެވެ. އެއާއެކު ޒިވްޔާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
‘ދެޓް މޭކްސް މީ ވެރީ ކިއުރިއަސް. ޑޫ ޔޫ އޯލްވޭސް ރައިޓް އެބައުޓް ޕީޕަލް ޔޫ ޑޯންޓް ލައިކް އިން ޔުއާ ސްޓޯރީސް؟’
‘ފޯ ސަމްވަން ހޫ ސޭސް ހީ ލުކްސް އެވެރޭޖް ދެޓްސް އެ ލޮޓް އޮފް ޑިސްކްރިޕްޝަން.. ހަހަ.’
މީ އަނެއްކާ ކޮންކަމެއް ބާވައެވެ؟ އޭނާ އެވާހަކަ އެލިޔަނީ އައިކަނާއި ބެހޭގޮތުން ކަމެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެހެންނޫނަސް މި އިންކޮގްނިޓޯ ދެން މީ ކާކު ހެއްޔެވެ؟ ކޮން ވައްތަރެއް ޖައްސށކަށް ހެއްޔެވެ؟
‘ޑާލިން. ޑޯންޓް ފޯގެޓް. 5:30. ޔޫ ނޯ ވެއާ ޓު ފައިންޑް މީ. އޮރް އެލްސް ޔުއާ ސީކްރެޓް ވިލް ބީ އައުޓް ފޯ އެވްރީވަން ޓު ސީ.’ އިންކޮގްނިޓޯގެ އެންމެފަހު ކޮމެންޓުގައި ޖަހާފައިވަނީ އެހެނެވެ.
އެއާއެކު ޒިވްޔާއަށް ހީވީ ގައިން ހީބިހި ނަގައިގެން ދިޔަ ހެނެވެ. “ނޯ ވޭ.” ޒިވްޔާއަށް ބުނެވުނެވެ. “ނަހްހް. އަހަރެން މޮޔަވީ ކަންނެ. ޔަޝް. ޒިވީ ގައިގައި ވިކާލަބަ. ވަރަށް ބާރަށް.” ޒިވްޔާ ޔަޝްމީގެ ބޮލުގައި ޖަހާލިއެވެ. މޫވީއަށް ގެއްލިފައި އިން ޔަޝްމީ ޒިވްޔާ އާއި ދިމާއަށް ބަލާލީ ވާނުވާގައި ހުރެއެވެ. ނަމަވެސް އެއްވެސް ސުވާލެއް އެހުމެއްނެތި ޒިވްޔާގެ އަތުގައި ވީ އެންމެ ބާރަކަށް ވިކާލިއެވެ. އެއާއެކު ޒިވްޔާ ހަޅޭލަވައިގަތެވެ.
އަނެއްކާވެސް ޒިވްޔާގެ ހަނދާނަށް އައެވެ.
“ދޮގެއް ނޫނޭ ތިބުނީ. ވަރަށް ވައްތަރު ފުރޭތަ އަކާ. ހަމަ އެހާ އަގްލީ.” ޒިވްޔާ މިއަދު އައިކަނާއި ދިމާއަށް އެހެން ބުނެލުމުން އައިކަން ރައްދަކަށް ބުނެލި ބަސްތަކެވެ. “އާ ޔޫ ޝުއާ؟ އަހަރެން އަގްލީ އޭ ބުނާއިރު ހާދަ ވަރަކަށޭ އަހަރެންގެ ރީތި ކަމަށް ތަޢުރީފު ކޮށްފަ ހުރީ.”
“އާ ޔޫ ޝުއާ؟ އަހަރެން އަގްލީ އޭ ބުނާއިރު ހާދަ ވަރަކަށޭ އަހަރެންގެ ރީތި ކަމަށް ތަޢުރީފު ކޮށްފަ ހުރީ.”
“އާ ޔޫ ޝުއާ؟ އަހަރެން އަގްލީ އޭ ބުނާއިރު ހާދަ ވަރަކަށޭ އަހަރެންގެ ރީތި ކަމަށް ތަޢުރީފު ކޮށްފަ ހުރީ.”
“އާ ޔޫ ޝުއާ؟ އަހަރެން އަގްލީ އޭ ބުނާއިރު ހާދަ ވަރަކަށޭ އަހަރެންގެ ރީތި ކަމަށް ތަޢުރީފު ކޮށްފަ ހުރީ.”
“އާ ޔޫ ޝުއާ؟ އަހަރެން އަގްލީ އޭ ބުނާއިރު ހާދަ ވަރަކަށޭ އަހަރެންގެ ރީތި ކަމަށް ތަޢުރީފު ކޮށްފަ ހުރީ.”
ޒިވްޔާގެ ކަންފަތް ބުޑުގައި އެބަސްތައް ތަކުރާރު ވަމުން ދިޔަ ފަދައެވެ. އެއާއެކު ދެން ފެނުނީ ޒިވްޔާ ބާރަށް ހަޅޭލަވައިގަތް މަންޒަރެވެ. އެނދުން ތެދުވެ ޒިވްޔާ ދުއްވައިގަތެވެ. “ވަޓް ދި ހެލް، ޒިވީ؟” ވާނުވާ ނޭނގިފައި ޔަޝްމީ އަހާލިއެވެ. ޖަވާބެއް ދިނުމެއް ނެތި ޒިވްޔާ އަވަސް އަވަހަށް އެއްޗެހި ބަދަލު ކުރަން ފެށިއެވެ. ރަތް ކުލައިގެ ޓޮޕަކާއި ޖިންސެއް ލުމަށްފަހު އަވަސް އަވަހަށް އިސްތަށިގަނޑުގައި ފުނާ އަޅާލިއެވެ. އަދި އެއަށްފަހު ލުއި ގޮތަކަށް މޭކަޕް ކޮށްލިއެވެ. އަދި އަތް ދަބަސް ނަގައި ކޮޓަރިން ދިޔުމަށް ދުއްވައިގަތެވެ. “އައި ހޭވް ޓު ގޯ! އައިމް ސޯ ސޮރީ! އައި ވިލް އެކްސްޕްލެއިން ލޭޓާ!” އޭރު ގަނޑިން 5:42 ވެއްޖެއެވެ.
—————–
I decided to upload 2 episodes since last week was so hectic. And I wanted to make it up to you guys.
Hope u will like this episode as well,
Lots of love,
Shyyyms
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Curious to know what will happen nxt
Whn nxt???
Tc.. Lyu
Soon insha’Allah 🩷
Tc