Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 5

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
April 21, 2026 5 Mins Read
8 Comments

ހަފްތާއެއް ފަސް

ނިމިގެން ދިޔަ ހަފްތާ އެއްކޮށް ޒިވްޔާއަށް އައިކަންގެ އުނދަގުލާއި ކުރިމަތިލާން ޖެހުނެވެ. އޭނާ ކޮލަޖަށް އަންނައިރަށް ހުންނާނީ ރެޑީ ވެގެނެވެ. ޒިވްޔާ ގޮސް ކުލާހަށް ވަންނަންދެކަށް އައިކަން ޒިވްޔާގެ ފަހަތުން އަންނާނެއެވެ. އައިކަންގެ އުޅުމުން ޒިވްޔާގެ ރައްދު ތަކުން އޭނާއަށް ހިތްހަމަ ޖެހުން ލިބޭކަން ޒިވްޔާއަށް އެނގުމުން އޭނާގެ ރުޅިގަނޑު އިތުރަށް ކެކިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ.

ޒިވްޔާއަށް ކުލާހުން ނުކުމެވުނީ އެހެން ކުދިންނަށް ވުރެ ލަހުންނެވެ. ހަމަޖެހިގެން ކުލާހުން ނުކުތް ގޮތަށް އޭނާ ސިހިގެން ދިޔައީ ކުލާހު ބޭރުގައި އައިކަން ހުރިތަން ފެނުމުންނެވެ. މިއީ ގިނަ ދުވަސްތަކުގެ ހާލެވެ. އެހެންކަމުން އޭނާ ދިމާކުރީ އަޅާ ނުލައި ކުރިއަށް ދާށެވެ. “ހެލޯ؟ ނުފެނޭތަ؟” ޒިވްޔާ އަޅާ ނުލައި ދާން ހެދީމައި އައިކަން އައިސް އަރާ ހަމަކުރިއެވެ. ދެން ވެސް ޒިވްޔާ އެއްޗެއް ނުބުނެ ކުރިއަށް ދިޔައެވެ. ‘ޖަސްޓް ޕްރެޓެންޑް ޔޫ ޑޯންޓް ސީ ހިމް. އޭރުން ފޫހިވެގެން ހިނގައި ދާނެ.’ އޭނާ ހިތާހިތުން ބުނެލިއެވެ.

“ކުއްލިއަކަށް ބްލައިންޑް ވީތަ؟” އައިކަން ގާތަށް ހިނިއައެވެ.

“ޒިވްޔާ~~~”

“ޒިވްޔާ~”

“ޒިވްވްވްވްޔާ~”

ޒިވްޔާގެ ބޮލަށް އުނދަގޫ ވާން ފެށިއެވެ. ނަމަވެސް ދެންވެސް އެއްޗެކޭ ނުބުނީ އެއީ އޭނާ ރައްދު ދީފި ނަމަ އައިކަން ބޭނުންވާ ގޮތަށް ކަންތައްވާނީއެވެ.

ކުއްލިއަކަށް އައިކަން ޒިވްޔާގެ އަތުން އޭނާގެ ދަބަސް ޖަހައިގަތެވެ. “އޯއި!” ޒިވްޔާ ހަޅޭލަވައިގަތެވެ. “ފައިނަލީ. ޔޫ ޝުޑްންޓް އިގްނޯރ މީ ޒިވްޔާ.” އައިކަން ޒިވްޔާގެ ދަބަސް މައްޗަށް ނަގަމުން ބުންޏެވެ. ޒިވްޔާ އޭނާގެ ދަބަސް އަތުލެވޭތޯ ފުންމަން ފެށިއެވެ. “އައިކަންންންން!” ޒިވްޔާ ދިޔައީ ރުޅިގަދަ ވަމުންނެވެ. އަދި އައިކަން ދިޔައީ ޒިވްޔާގެ ރުޅިގަނޑުގެ ތެރެއަށް އިތުރަށް ދަރުއަޅަމުންނެވެ.

“ސޯ ޝޯޓް.”

“ގުދޯ ގުދޯ ނުގޮވާ. ގިވް މީ މައި ބޭގް.”

“އަތުލަން ޖެހޭނީ.” އައިކަން އޭނާގެ އަތް އިތުރަށް މައްޗަށް ނެގިއެވެ.

ދެން ފެނުނީ އައިކަން ދުއްވައިގަތް މަންޒަރެވެ. އެވެސް ޒިވްޔާގެ ދަބަސް ހިފައިގެނެވެ.  “އައިކަންންންން! ޔޫ އާ ސޯ ޑެޑްޑްޑް!!!” ފަހަތުން ޒިވްޔާ ވެސް ދުއްވައިގަތެވެ. އެއާއެކު އެ ހޯލް ތެރޭގައި ގުގުމާލީ ޒިވްޔާގެ ތޫލި ހަޅޭކުގަ އަޑާއި، އައިކަންގެ ފިރިހެންވަންތަ ހުނުމުގެ އަޑެވެ. “ކެޗް މީ އިފް ޔޫ ކޭން، ޝޯޓީ!”

“އައިކަންންންން! އައި ވިލް ކިލް ޔޫ!!” އައިކަން ދުވެފައި ސިޑިން ފައިބަން ފެށިއެވެ. ފަހަތުން ޒިވްޔާ ވެސް ދުވަމުން އައެވެ. ދުވަމުން ގޮސް އައިކަން ނުކުތީ ބާސްކެޓް ބޯޅަ ފީލްޑް ކާރިއަށެވެ. ޒިވްޔާއަށް އެހިސާބަށް އާދެވުނީ އަދި އިރުތަކެއް ފަހުންނެވެ. އޭރު އޭނާއަށް މާނޭވާލެވެއެވެ.

އައިކަން ހުރީ ހަމަޖެހިލައިގެން ހުއްޓިލައިގެނެވެ. “އައި..ކަން.. ޕްލީޒް. މައި.. ބޭގް..” ޒިވްޔާ މާނޭވާ ލަމުން ވާހަކަ ދެއްކިއެވެ. “އައި ސެއިޑް ކެޗް އިޓް އިފް ޔޫ ކޭން.” އައިކަން ގޮތް ދުލެއް ނުކުރިއެވެ. “ޑެމްން ޔޫ.. ގިވް މީ.. އަ ބްރޭކް. ޖަސްޓް އަ… އަ ފިއު މިނަޓްސް. އައި ނީޑް ޓު… ކެޗް މައި ބްރެތު.” ޒިވްޔާ ބިންމަތީގައި އިށީނދެލިއެވެ.

“ފައިން.” ޒިވްޔާއަށް ވަގުތުކޮޅެއް ދޭން އައިކަން ނިންމިއެވެ. އެވަގުތެވެ. އެތަނަށް އައި އައިކަންގެ އެންމެގާތް ރަޙުމަތްތެރިޔާ، ޝަޔާލް އޭނާއަށް ގޮވާލިއެވެ. “އޯއި! އައިކަން! ކަލޭ މިތާ ކީއްކުރަނީ؟”

އައިކަން އެނބުރި ޝަޔާލަށް ބަލާލިއެވެ. “ހޭ މޭން.”

ދަނޑިވަޅު ބަލާފައި ޒިވްޔާ މަޑުމަޑުން ތެދުވިއެވެ. ދެން ފެނިގެން ދިޔަ މަންޒަރުން ޝަޔާލް ވެސް ދިޔައީ ސިހިގެނެވެ. ޒިވްޔާ ދުވެފައި އައި ގޮތަށް އައިސް ފުންމާލުމަށްފަހު އައިކަންގެ ގައިގައި ބެއްދިއެވެ. އަދި އަވަހަށް ދަބަސް އަތުލުމަށްފަހު ފުންމާލިއެވެ. “ހެހް. ކަޑަވާނެ.”

އައިކަންގެ ހާލަކީތޯއެވެ؟ އޭނާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އާގަމަ އަރާފައެވެ. ދުވަހެއްގެ ކޮޅުން ވެސް ޒިވްޔާ އެހެން ހަދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އޭނާ ރަނގަޅަށް ވެސް ކޮސްވެއްޖެއެވެ.

ދަބަސް ލިބުމާއެކު ޒިވްޔާ ދުއްވައިގަތެވެ. އައިކަނަށް ވީ ގޮތުން އޭނާ ގާތަށް ވަރަށް ވެސް ހިނިއައެވެ. އަދި ދުވެފައި ދަމުން ގޮވާލިއެވެ. “އަނގަޔަށް މެއްސެއް ނުވަނީސް ދެން ވެސް އަނގަ ލައްޕާ! ނެކްސްޓް ޓައިމް ޑޯންޓް އަންޑައެސްޓިމޭޓް މީ!” ހެމުން ހެމުން ޒިވްޔާ ގޮސް އައިކަންގެ ލޮލުކޮޅުން އޮބާލިއެވެ.

“ޑޭމްން މޭން.” ޝަޔާލް އައިސް އައިކަންގެ ގައިގައި ޖަހާލިއެވެ. “ޔޫ ހޭވް ގޮޓް ކުވައިޓް ދި ޓައިޕް.” ޝަޔާލް ދިޔައީ ހެމުންނެވެ. “ޔޫ ހޭވް އިޓް ރޯންގް. އަހަރެން އޭނަދެކެ އެހެނެއް ލައިކެއް ނުވޭ. ބަޓް އައި މަސްޓް ސޭ.. ޝީ އިޒް ވެރީ ފަނީ.” އައިކަން އެއްމިޔަކަނުން ހީލިއެވެ. “ނޯވޭ. ޑޯންޓް ޓެލް މީ ޔޫ އާ ގޮނާ ބީ އެ ލަވާ ބޯއި.. ވަޓް ދި ހެލް މޭން؟” ޝަޔާލް މޫނުމައްޗަށް ގޮތެއް ހަދާލިއެވެ. އެއާއެކު އައިކަން ދެލޯ ބޮޑުކޮށްލާފައި ޝަޔާލާއި ދިމާއަށް ބަލާލިއެވެ. “ވަޓް؟ އައިމް ނޮޓް އެ ލަވާ ބޯއި. ޔޫ ނޯ މީ ބްރޯ.. ލަވް؟ އަހަރެން ގަބޫލު ކުރާ އެއްޗެއް ނޫން އެއީކީ.” އައިކަން އެހެން ބުނެލިއިރު އޭނާގެ މޫނުމަތިން ފެނުނީ ސީރިއަސްކަމެވެ.

“ދެޓްސް ޓްރޫ.” ޝަޔާލް އެއްބަސްވިއެވެ.

ތެދެކެވެ. އައިކަނަކީ ލޯބި ގަބޫލު ކުރާ މީހެއްނޫނެވެ. އޭނާގެ އާއިލާ އަކީ ލޯތްބަކީ ބިލާހެއް ކަމުގެ ހެއްކެވެ. މީގެ އެތައް އަހަރެއް ކުރިން އައިކަން އޭނާގެ އަމިއްލަ ނަފްސަށް އަޒުމް ކަނޑައަޅާފައި ވެއެވެ. ދުވަހަކު ވެސް ލޯބި ނުވުމަށެވެ.

އޭނާ ޒިވްޔާއަށް ޖެއްސުން ކޮށް އެވަރަށް އުޅެނީ އޭނާއާއި އެކަހަލަ ގޮތަކަށް ގަޔާވާތީއެއް ނޫނެވެ. އެހެންނަމަވެސް ޒިވްޔާ އޭނާއަށް އަބަދު ފާހަގަ ވަނީ ކީއްވެ ކަމެއް ހުދު އޭނާއަށް ވެސް ނޭނގެއެވެ. އޭނާއަށް އެނގޭހާވާ އެއްޗަކީ ވެސް ޒިވްޔާގެ މިޒާޖު އޭނާއަށް ވަރަށް މަޖާ ކަމެވެ. ވަރަށް ކަމުދާކަމެވެ. އަދި އަމްދުން ޒިވްޔާގެ ގާތަށް އެހެރަ އަންނަ ރުޅިގަނޑެވެ. ކުރާ ޒުވާބެވެ. އޭނާ މޫނުމައްޗަށް ގެންނަ އަސަރުތަކެވެ. ހާއްސަކޮށް ރުޅި އައުމުން އޭނާގެ ދޮން މޫނު ރަތްވެލާ ގޮތެވެ. ހާދަހާ މަޖަލެވެ. ހާދަހާ ‘ކިއުޓް’ އެވެ. މީގެކުރިން ދުވަހަކުވެސް އައިކަން އަކަށް މިގޮތަށް އަންހެން ކުއްޖަކާއި ދޭތެރެއަކު ނުދެކެވެއެވެ.

……….

“ޔަޝް ދެން ދާނީ ދޯ ގެއަށް؟” ކެންޓީނުގައި އިން ޒިވްޔާ އޭނާގެ ލެޕްޓޮޕް ލައްޕާލަމުން ބުނެލިއެވެ. “ޔެސްސްސް.. ޔަޝްގެ ދެން އިން 2 ކްލާސް ވެސް ކެންސަލް ވީ. ވިޝާލް ބުނި ގެއަށް ލާދޭނަމޭ.” ޔަޝްމީ  ތެދުވަމުން ބުނެލިއެވެ. “އޮކި. ބީ ސޭފް.” ޒިވްޔާ ދަބަސް ޕެކްކޮށްލުމަށްފަހު ތެދުވިއެވެ. “ޔޫ ޓޫ، ޒިވީ.”

ޒިވްޔާ ތެދުވެގެން ހިނގައިގަތީ ލައިބްރަރީ ހުންނަ ދިމާއަށެވެ. މިވަގުތު އޭނާގެ އެއްވެސް ކުލާހެއް ނެތުމުން އޭނާ ބޭނުންވީ އަޑުމަޑު ތަނެއްގައި އިށީނދެލައިގެން އިނދެ ވާހަކަ ލިޔެލާށެވެ. ހަމަވެސް ކަން ދިމާވީ ވަރަށް ނާދިރު ގޮތަކަށެވެ. ޒިވްޔާ ލައިބްރަރީއަށް ދިޔައިރު ލައިބްރަރީ އެއްކޮށް ފުލް ވެއްޖެއެވެ. އެހެންކަމުން އޭނާ ވަރަށް ދެރަވިއެވެ. ލައިބްރަރީ އިން އަނބުރާ ނުކުންނަން ދިޔަ ޒިވްޔާ ޖެހުނީ އެތަނުން ދިޔަ ކުއްޖެއް ގައިގައެވެ.

“އައިމް ސޯ ސޮރީ.” ދެކުދިންނަށް ވެސް އެކު އެކީގައި ބުނެވުނެވެ. “އިޓްސް އޯކޭ.” އެހެން ބުނަމުން ޒިވްޔާ އިސްނަގައި ބަލާލިއެވެ. “ރަނާ.” އެއީ ޒިވްޔާގެ އެކުވެރި ރަނާ ކަން އެނގުމުން ޒިވްޔާ ގޮވާލިއެވެ. “އޮހް މައި ގޯޑް. ހާއި. ހާދަ ދުވަހެއް ވެއްޖޭ ދިމާ ނުވާތާ. ލައިބްރަރީ ފުލް ވީމަ ދޯ ތިދަނީ؟” ރަނާ އަހާލިއެވެ. “ޔެއާ. ހަމަޖެހިލައިގެން މިތާ އިނދެވޭނެ ކަމަށް މިއައީ. މިތަން އެކަނި ވެއްޔަ ކިރިޔާވެސް ޕީސްފުލް ވާނީ ވެސް.” ޒިވްޔާ ދެރަވެފައި ބުނެލިއެވެ. “އޯހް. އަޅޭ.. ވެއިޓް. ދާން ވީނު އާޓް ސްޓޫޑިއޯއަށް. މިގަނޑީގަ އެތަން އެއްކޮށް ހުސްކޮށް ހުންނާނީ. ދެން އޮތް 2 އަވާސް އަށްވެސް.” ރަނާ ހިޔާލެއް ދިނެވެ. “ރިއަލީ؟ އޮހް މައި ގޯޑް. ތޭންކްސް ރަނާ! ތެންކިޔޫ ސޯ މަޗްޗްޗް!” ޒިވްޔާ ވަރަށް ވެސް އުފާވިއެވެ. އެހެންކަމުން ލައިބްރަރީ އިން ނުކުތް ގޮތަށް އޭނާ މިސްރާބު ޖެހީ އާޓް ސްޓޫޑިއޯށެވެ.

ރަނާ ބުނީ ތެދެކެވެ. އޭނާ އާޓް ސްޓޫޑިއޯއަށް ދިޔައިރު އެއްވެސް މީހެއް ނެތެވެ. އެހެންކަމުން ލިބުނު އުފަލުން ޒިވްޔާ އެތަނުން މޭޒެއް ދޮށަށްގޮސް ދަބަސް ބަހައްޓާލުމަށް ފަހު އޭނާގެ ލެޕްޓޮޕް ނަގައި މޭޒު ތަރުތީބުކޮށްލިއެވެ. އެއަށްފަހު ހަމަޖެހިލައިގެން އިށީނދެލުމަށްފަހު ވާހަކަ ލިޔަންފެށިއެވެ.

…..

ބައިގަނޑިއިރު ފަސް

_____________

ކްލާސް ނިންމާލުމަށްފަހު އައިކަން މިސްރާބު ޖެހީ އާޓް ސްޓޫޑިއޯ. އޭނާގެ ދެން އޮތް ކްލާސް އޮތީ އަދި ދެގަނޑިއިރު ފަހުންނެވެ. އޭނާއަށް ލިބޭ ކޮންމެ ބްރޭކް ގަނޑިއަކު ވެސް ހުރިހާ ވަގުތުތަކެއް ހޭނދަކުރާނީ އާޓު ސްޓޫޑިއޯގައެވެ. އަބަދުވެސް ކޮންމެވެސް އެއްޗެއް ކުރެހުމުގައެވެ. ނޫނީ ކުލަޖެއްސުމުގައެވެ.

އާޓް ސްޓޫޑިއޯ ވަތް އައިކަން ސިހުނީ މޭޒެއް ދޮށުގައި އިން ޒިވްޔާ ފެނިފައެވެ. ވަރަށް އަވަސް އަވަހަށް ލެޕްޓޮޕުން ޓައިޕް ކުރަމުން ދިޔަ ޒިވްޔާ އިނީ އަމިއްލަ ދުމިޔެއެއްގައި ކަން އެނގުނީ އައިކަން ވަތް އިރުވެސް ޒިވްޔާއަށް ނުފެނުމުންނެވެ. ޒިވްޔާ އިންގޮތް ފެނިފައި އައިކަންގެ ހިތަށް ގޮތެއް ވެލައިގެން ދިޔައެވެ. ލެޕްޓޮޕަށް ބަލަހައްޓައިގެން އިން އިރު ޒިވްޔާގެ މޫނުމައްޗަށް އިސްތަށިކޮޅެއް ވެއްޓިފައި އިނެވެ. އަދި ކުޑަދޮރު ކައިރީގައި އިނުމުން އިރުގެ ރަން ދޯދިތައް އޭނާގެ މޫނުމައްޗަށް އެޅުމުން އޭނާ ވަރަށް ވެސް ހިތްގައިމު ކަމަށް ދައްކައެވެ.

އެމަންޒަރު ކުރަހާ ލެވޭނެ ނަމައެވެ.

އެވަގުތު އައިކަނަށް ޚިޔާލެއް އައެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ދުރުގައި ހުރި އޭނާގެ ގޮނޑީގައި އިށީނދެ އޭނާގެ އާޓް ފޮތް ނަގައި ކުރަހަން ފެށިއެވެ. ޒިވްޔާގެ ކޮންމެ ހަރަކާތަކަށް ބަލަމުން އައިކަން ކުރަހަމުން ދިޔައީ ވަރަށް ވެސް ފަރުވާތެރި ކަމާއެކުއެވެ.

ޒިވްޔާ ސިއްސައިގެން ދިޔައީ އެއްޗެއް ވެއްޓުން އަޑަށެވެ. އެހެންކަމުން އަވަހަށް ބަލާލީ މީހެއްގެ ހިލަމެއް ވެގެނެވެ. އެހިނދު ބިންމަތީގައި އޮތް ދަގަނޑު ފެންފުޅި ނަގަން ގުދުވެއޮތް އައިކަން ފެނިފައި އޭނާ ދިޔައީ ސިއްސައިގެނެވެ. ވަގުތުން ހަޅޭލަވައިގަނެވެ. އެއަޑު އިވިފައި ސިހިފައި އައިކަން ވެސް ބަލާލިއެވެ. “އައިކަން؟ މިތާ ކީއްކުރަނީ؟” ޒިވްޔާއަށް އަހާލެވުނެވެ.

“ވަޓް ޑޫ ޔޫ މީން؟” އައިކަން ގާތަށް ހިނިއައެވެ.

“އާ ޔޫ ލޮސްޓް؟” ޒިވްޔާއަށް އަހާލެވުނެވެ. ވާނީވެސް އެހެންތާއެވެ. ރަނާ ބުނިގޮތުން ވިއްޔާ މިވަގުތު މިތާ އެއްވެސް މީހަކު ނުހުންނާނެއެވެ.

“ނޮޕް. ވައި ވުޑް އައި ބީ ލޮސްޓް؟” އައިކަން އަހާލިއެވެ. “ދިސް ސްޓޫޑިއޯ އިޒް ސަޕޯސްޑް ޓު ބީ އެމްޕްޓީ މިގަޑީ.” ޒިވްޔާ ހުރީ ވާނުވާގައެވެ. “ވެލް އިޓްސް ނޮޓް. އައިމް ހިޔާ. އައިމް އޯލްވޭސް ހިޔާ. އިން ދިސް ވެރީ ސްޓޫޑިއޯ.” އައިކަން ރައްދު ދިނެވެ.

ޒިވްޔާ ލޯ އަޅާލިއެވެ. “ވަޓެވާ. އައި ކޮންޓިނިއު. ޑޯންޓް ބޮދާ މީ.” ޒިވްޔާ ލެޕްޓޮޕް އިން ލިޔުމާއިގެން ކުރިއަށް ދިޔައެވެ. އޭނާ ލިޔަމުން ދިޔައީ އޭނާގެ ވާހަކައިގެ މުޅިން އާ ޝަޙުސިއްޔަތެއްގެ ސިފަކުރުންތަކެވެ. ކުއްލިއަކަށް އޭނާއަށް ބަލާލެވުނީ އައިކަނާއި ދިމާއަށެވެ. “ހުމްމް..” ޒިވްޔާއަށް ރަނގަޅު ޚިޔާލެއް ލިބުނެވެ. އަދި އަވަސް އަވަހަށް ސިފަކުރުންތައް ލިޔަންފެށިއެވެ. ދޭތެރެދޭތެރެއިން އައިކަނާއި ދިމާއަށް ބަލަމުންނެވެ.

 

“އެ ޒުވާނާއަށް ލިބިފައިވާ ކަލުކަންގަދަ ބުޅި އިސްތަށިގަނޑެކެވެ. ބޯ ބުމައާއި އެހާމެ ބޯ ވެފައި ދިގު އެސްފިޔަތަކެކެވެ. މޫނުމަތި އެހާ އޮމާންވެފައި ފާޅުކަންބޮޑު ކަތުރުކަށިގަނޑެއް ލިބިފައިވެއެވެ. އޭނާގެ އަޅިކުލައިގެ ދެލޮލުން ތެރޭގައި ތޫފާނެއް ދައްކާދޭ ކަހަލައެވެ. އެހާވެސް އަޅިކަން ގަދަވެފައި ދަމާ ބާރު ވަރުގަދައެވެ. ޔަގީނުން ވެސް އޭނާގެ ހަމަ އެންމެ ނަޒަރަކުން ވެސް އަންހެން ކުދިންގެ ހިތްތައް ލޭކޮށާލާނެކަން ގައިމެވެ. އޭނާއަށް  ލިބިފައި ވަނީ ބާމަތި ފުޅާ އިސްކޮޅުން ދިގު ހަށިގަނޑެކެވެ. ހާދަހައިވާ ފުރިހަމައެވެ.” ޒިވްޔާ އެބައި ނިންމާލިއެވެ. އަދި އަމިއްލަ މީހާއަށް ވަރަށް ވެސް ފަޙުރުވެރި ވެލިއެވެ.

‘އެޓް ލީސްޓް އައިކަންގެ ފަރާތުން ކޮންމެވެސް ފައިދާއެއް ވެއްޖެ. އޭނާގެ ރީތިކަން ބޭކާރެއް ނުވާނެ ދެނެއް. އައި ޕުޓް އިޓް ޓު ގުޑް ޔޫޒް. އައި މީން.. އޭނައަށް އިނގޭނީކީ ނޫންވިއްޔަ. ހަހަ’ ޒިވްޔާ ހިތާހިތުން ބުނެލިއެވެ.

 

 

========

 

Hello, It has been a while hasn’t it? I hope you all enjoyed this episode as well.

Lots of love

Shyyyms.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ނޭނގި ހުރެ ލޯބިވެވުނީ 2

Next

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 11)

Next
April 21, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 11)

Previews
April 21, 2026

ނޭނގި ހުރެ ލޯބިވެވުނީ 2

8 Comments!

  1. shav shav says:
    April 21, 2026 at 6:01 pm

    Mashallah mibaives vrh vrh reethi.
    Its funny that zivya is writing about him and he’s painting her 🤭 and zivy ah neyngunas thi aikan ah ingeyne dhw zivy eyna sifa kureema. Baraabarah she ge stories kiyaa viyya 😭
    Anyways, its perfect and i can’t wait for the next ep
    When’s next?
    Stay safe and take care and love you so much 💜💗

    1. Shyyyms Shyyyms says:
      April 22, 2026 at 4:53 am

      Thank uuuuu 🩷🩷🩷
      Soon hehe 🫶🏻

  2. Gurly curly says:
    April 21, 2026 at 6:37 pm

    Kaloa Gayaaa aikan e vhk kiyaafa is adhi zivya aa behilaane varakah…
    When next?

    1. Shyyyms Shyyyms says:
      April 21, 2026 at 7:29 pm

      Haha soon insha’Allah 🩷

  3. N0nni_77 says:
    April 21, 2026 at 6:48 pm

    Maasha allah.
    Mi prt vs vrh reethi.
    When next sissyyyy
    Tc n Lysm 💋🖤

    1. Shyyyms Shyyyms says:
      April 21, 2026 at 7:29 pm

      Soon Mangss👀😂
      Thank uuuu🩷🩷🩷

  4. Dhdhhdhdhejenskhbrbejk says:
    April 22, 2026 at 5:50 pm

    Heyy were u from
    Vrh salhi

    1. Yrchcech says:
      April 24, 2026 at 11:34 am

      U cant ask for personal questions!

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާއަށްޓަކައި (އާ ސީރީސްއެއް)←


All Right Reserved!