ޒިވްޔާ ދޭތެރެއަކުން އޭނާ އާއި ދިމާއަށް ބަލާކަން އައިކަނަށް އިހުސާސް ވިއެވެ. އޭނާ އެބަލަނީ ހާދަ ވަރަކަށެވެ. ޒިވްޔާ ބަލާ ވަރުން އައިކަނަށް ކުރުހަން އުނދަގޫ ވިއެވެ. މައްސަލައެއް ނޫނެވެ. ޒިވްޔާ ދިޔުމުން ވެސް އޭނާއަށް ކުރެހިދާނެއެވެ. ޒިވްޔާ އޭރު އިންގޮތް އައިކަންގެ ހަނދާނުގައި މިހާރުވެސް އެބަހުއްޓެވެ. ތެދަށް ބުނަންޏާ އެ މަންޒަރުވަނީ އައިކަންގެ ހިތުގައި ބިންވަޅު ނެގިފައެވެ. ނަމަވެސް އެކަމަށް އައިކަން އެއްބަސް ވާނެހެން ހީވޭ ހެއްޔެވެ؟
އޭނާ ބޭނުންވީ ޒިވްޔާއަށް ޖެއްސުންކޮށްލާށެވެ. އެހެންކަމުން ފޯނު ނަގައި ބާރުބާރަށް ރޮކް ލަވައެއް ޖަހާލިއެވެ. އެއާއެކު ޒިވްޔާ އައިކަނާއި ދިމާއަށް ބަލާލިއެވެ. އައިކަން ޒިވްޔާ އާއި ދިމާއަށް ބަލަހައްޓައިގެން ހެވިފައި އިންތަން ފެނުމުން ޒިވްޔާ ލޯ އަޅާލިއެވެ. އެއީ އައިކަން ޒިވްޔާއަށް ޖެއްސުމަށް ކުރާ ކަމެއް ކަން އެނގުމުންނެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ނުބުނެ ލިޔުމާއިގެން ކުރިއަށް ދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
އައިކަން އެކި އެކި އަޑު ލައްވަން ފެށިއެވެ. އެއްފަހަރަކު ވަރަށް އަޑުގަދަކޮށް މޭޒު ދަމާލާނެއެވެ. ގޮނޑު ދަމާލާނެއެވެ. މޭޒުގައި ޖަހާލާނެއެވެ. އަނެއްފަހަރު އޭނާގެ ދަގަނޑު ފެންފުޅި ބިންމައްޗަށް ވައްޓާލާނެއެވެ. ބާރުބާރަށް ކެއްސާލާނެއެވެ. އެ ހުރިހާ އިރުވެސް ޒިވްޔާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރެއެވެ.
ޒިވްޔާއަށް ލިޔެވުން ކަމަކަށް ނުވިއެވެ. އިވެމުން ދިޔަ އަޑުތަކުގެ ސަބަބުން އޭނާއަށް ވިސްނަން އުނދަގޫ ވިއެވެ. އަދި ހާއްސަކޮށް އައިކަންގެ އެ ތޫނު ނަޒަރު އޭނާއަށް އަމާޒުވެފައިވާ ކަން އެނގުމުންވެހެވެ. އޭނާގެ އަތްފައި ފިނިވާގޮތްވިއެވެ. އެ ނަޒަރުން އޭނާގެ ގައިގައި އިންމެ ހިމަ ނާރާއި ހަމައަށް އަސަރު ކުރިއެވެ. އެއީ ކޮންފަދަ ނަޒަރެއް ބާވައެވެ.
“ތީ ލިޔަނީކީ ނޫނެއްނު؟” އައިކަން ހިނިއައިސްފައި ޒިވްޔާއަށް ބުނެލިއެވެ. ޒިވްޔާ ވަގުތުން އައިކަނާއި ދިމާއަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ދެމީހުންގެ ވެސް ހިތުގެ ހިނގުން އަވަސްވި ކަހަލައެވެ. ނަމަވެސް ދެމީހުން ވެސް އެއަކަށް ފަރުވަލެއް ނެތެވެ. “އައިކަން ތިލައްވާ އަޑުތަކާ ހެދިއެއްނު.” ޒިވްޔާ ރައްދުދިނެވެ.
“ސައުންޑްސް ލައިކް ސްކިލް އިޝޫސް.” އައިކަން ހަށަންބަނދެލިއެވެ. “ހާހް! ވަޓް ޑޫ ޔޫ އީވެން ނޯ އެބައުޓް ރައިޓިން އެނީތިން.” ޒިވްޔާ ރުޅިއައެވެ. “އޮހް އައި ނޯ އަ ލޮޓް އޮފް ތިންގްސް.” އައިކަން ގާތަށް ހިނިއައެވެ. ޒިވްޔާ ވަގުތުން އޭނާގެ ލެޕްޓޮޕަށް ނަޒަރު ބަދަލު ކޮށްލުމަށްފަހު ލިޔެވޭތޯ މަސައްކަތް ކުރިއެވެ. އެއާއެކު އައިކަން ވެސް އަވަހަށް ކުރެހުމާއިގެން ކުރިއަށް ދިޔައެވެ. ޒިވްޔާގެ ނަޒަރު އޭނާ އާއި ވަކިވުމުންނެވެ.
އުޅެ އުޅެ ވެސް ޒިވްޔާއަށް ލިޔެވޭ ކަމަކަށް ނުވިއެވެ. އެންމެފަހުން ފޫހިވުމުން އޭނާ ތެދުވިއެވެ. އަދި އައިކަން ހުރި ދިމާއަށް ދިޔައެވެ. އެތާގައި ބޮޑު ކެންވާސެއްގައި ކުރެހުމެއްވިއެވެ. އެކި ކުލަކުލައިގެ ޕެއިންޓް ބޭނުންކޮށްފައިވާ ކުރެހުން ވަރަށް ވެސް ރީއްޗެވެ. ނަމަވެސް އުޅެ އުޅެ ވެސް އޭގެން ދޭހަކޮށްދެނީ ކޯއްޗެއް ކަމެއް ޒިވްޔާ އަކަށް ނުވިސްނުނެވެ. ދެން އެއާއި ޖެހިގެން ހުރި ކުރެހުން ވެސްމެއެވެ.
“މީ އައިކަން ކުރަހާފަތަ؟” ޝައުގުވެރި ކަމާއެކު ޒިވްޔާ އަހާލިއެވެ. އައިކަން އިސް އުފުލާ ބަލާލިއެވެ. “ޔެޕް.”
“މީގެން އެއްވެސް އެއްޗެއް ރަމްޒުކޮށެއް ނުދެއެއްނު.” ޒިވްޔާ އައިކަނާއި ދިމާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. “ދެޓްސް ބިކޯޒް ޔޫ ނީޑް އެވްރީތިން އެކްސްޕްލެއިންޑް.” އައިކަން ގޮނޑީގައި ލެނގިލިއެވެ.
“ތިބުނީ؟” ޒިވްޔާ އަހާލިއެވެ. “މައި އާޓް ވޯކްސް.. އިފް ޔޫ ގެޓް އިޓް. ދެން ޔޫ ގެޓް އިޓް. ކޮންމެހެން އެއްޗެއް ރަމްޒުކޮށްދޭކަށް ނުޖެހޭ.” އައިކަން ގެ ޖަވާބަކަށްވީ އެއެވެ. “އޮހް ޕްލީޒް. ކޮންމެ އެއްޗެއްގެ ވެސް މާނައެއްވާނެ. އެވްރީތިން.” ޒިވްޔާ ހަށަން ބަނދެލިއެވެ.
“އިޓް ޑަޒްންޓް ނީޑް ޓު.”
އިޓް ޑަޒް. އެވްރީތިން ހޭޒް އެ މީނިން. ވޯޑްސް ހޭވް ރީޒަނިން. ސެންޓެންސެސް ހޭވް ޕާޕޮސް. އެންޑް އެވްރީ ސްޓޯރީ ހޭޒް އޭން އެންޑިން.” ޒިވްޔާ ބުނެލިއެވެ. ތެދެކެވެ. ބުނާ ބަސްބަހުގެ ފަހަތުގައި ސަބަބެއް ވާނެއެވެ. ބުނެވޭ ޖުމްލަ ތަކުގެ ފަހަތުގައި މަގުސަދެއްވާނެއެވެ. އަދި ކޮންމެ ވާހަކައެއްގައި ނިންމުމެއް ވާނެއެވެ.
“ހަހަ. އަހަންނަށް ހެޔޮ. ދި ޕޮއިންޓް އިޒް.. އައި ޑު ނޮޓް ކެއާ އެބައުޓް ދެޓް.” އައިކަން ހިނިގަނޑެއް ޖަހާލިއެވެ. “ހަހް. ޔޫ އާ ސްޓުޕިޑް.” އެހެން ބުނުމަށް ފަހު ޒިވްޔާ އަނެއްކާވެސް ގޮސް މޭޒުދޮށުގައި އިށީނދެލިއެވެ.
ކުއްލިއަކަށް އައިކަން އައިސް ކައިރީގައި ހުއްޓެލިއެވެ. އަދި ޒިވްޔާގެ ލެޕްޓޮޕަށް ބަލާލިއެވެ. “ކޯއްޗެއް ތިލިޔަނީ؟”
ސިހިފައި ޒިވްޔާ އޭނާގެ ލެޕްޓޮޕް ނިއްވާލިއެވެ. އެއާއެކު އައިކަންގެ ގާތަށް ހިނިއައެވެ. “އެގްޒެކްޓްލީ.” އައިކަން އެހެން ބުނުމަށްފަހު އަނބުރާ ގޮސް އޭނާގެ ގޮނޑީގައި އިށީނދެލިއެވެ. ޒިވްޔާގެ ހިތަށް އެރިއެވެ. އައިކަން އެހެން އެބުނީ ކީއްވެބާވައެވެ؟
ވީ އުނދަގުލުނާއި އައިކަން ދެކެ ވީ ފޫހިން ޒިވްޔާ އިން ތަނުން ތެދުވިއެވެ. އަދި ދަބަސް ޕެކްކުރުރުމަށްފަހު ދާން ހިނގައިގަތެވެ.
“ޑޯންޓް ކަމް ބެކް ހިޔާ އިފް ޔޫ އާ ޖަސްޓް ގޮނާ ކީޕް ސްޓޭރިން އެޓް މީ.” ޒިވްޔާގެ ފިޔަވަޅުތައް ހުއްޓުނީ އައިކަން އެހެން ބުނި އަޑަށެވެ. އެއާއެކު އޭނާގެ މޫނުމައްޗަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. ޒިވްޔާ ވަގުތުން އައިކަނާއި ދިމާއަށް ބަލާލިއެވެ. “އަހަރެން ނުބަލަން.” ޒިވްޔާ ރައްދު ދިނެވެ. “ޔޫ ވާ ސްޓޭރިން ޒިވްޔާ.” އައިކަން ހުރީ އެއްމިޔަކަނުން ހީލައިގެނެވެ.
“ޑޯންޓް ގެޓް އެހެޑް އޮފް ޔުއަސެލްފް އައިކަން. ޔޫ އާ އެނީތިން ބަޓް ގުޑްލުކިން. ޔޫ ލުކް އެވްރޭޖް އެޓް މޮސްޓް.” އެހެން ބުނުމަށްފަހު ޒިވްޔާ އައިކަނަށް މަސްނޫޢީ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަދި ކުލާހުން ނުކުމެގެން ދިޔައެވެ. އެއާއެކު އާޓް ސްޓޫޑިއޯ ތެރޭގައި ގުގުމާލީ އައިކަންގެ ހުނުމުގެ އަޑެވެ.
………
އެރޭ ކާން އިނދެފައި ޒިވްޔާގެ ހަނދާނަށް އައީ އައިކަން އޭނާގާތަށް އައުމުން އަވަސް އަވަހަށް ލެޕްޓޮޕް ނިއްވާލެވުން ހަނދާނެވެ. އަނެއްކާ އޭނާއަށް އެ ޗެޕްޓާ ސޭވް ކުރެވުން ބާވައެވެ.
އެހެން ހިތައް އެރުމާއެކު ކާން އިނދެފައި ޒިވްޔާ ގޮނޑިން ތެދުވެ ދުއްވައިގަތެވެ. “ޒިވްޔާ! ކޮންތާކަށް ތިދަނީ؟ ކައި ނިންމައިގެން ދޭ ދަރިފުޅާ!” ދުމްޔާ ގޮވާލިއެވެ. ނަމަވެސް އެއަޑަށް ސަމާލުކަން ދިނުމެއް ނެތި ޒިވްޔާ ގޮސް ސިޑިން އަރައި އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި ދޮރު ތަޅުލުމަށްފަހު ލެޕްޓޮޕް ނަގައި އޭނާ ލިޔަން އިން އެޕިސޯޑު ސޭވް ވެފައި އިންތޯ ބަލާލިއެވެ.
ޒިވްޔާއަށް ހީވީ އޭނާގެ ފައިގެ އަނޑިން ބިންގަނޑު ދަމައިގެން ހެނެވެ. ވަށައިގެންވާ ހަތަރު ފާރު އައިސް އޭނާ ވަށާލައި އެއްކޮށް ބަންދުކޮށްލިހެނެވެ. “އޮހް ނޮ.. އޮހްހް.. އަޅޭ.. ކިހިނެއް ހަނދާނީވެސް ދެން..” ޒިވްޔާ ދެރަވީ ވަރުން ލޮލުން ކަރުނައައެވެ. މާގިނައިރެއް ނުވަނީސް އެ ކަރުނަތައް އޭނާގެ ކޯތާފަތް މަތިންލާފައި ކަރުނައިގެ އާރެއް ހަދައިފިއެވެ.
ޒިވްޔާއަށް މަޑުމަޑުން އެނދުމަތީގައި އިށީނދެވުނެވެ. އޭނާއަށް ދިޔައީ ރޮވެމުންނެވެ. މިރޭ އޭނާ އެ އެޕިސޯޑު އަޕްލޯޑު ކުރަން ވަނީ ނިންމާފައެވެ. ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ. އޭނާ މިއަދު ކުރި މަސައްކަތް އެދިޔައީ ފެނަށެވެ. ފޫނެއްފަޔަކަށް ވެލި ފުރުނީއެވެ.
“ދަރިފުޅާ. ދަރިފުޅާ ދޮރުހުޅުވަބަ.” ކުއްލިއަކަށް އޭނާގެ ބައްޕަ އަޒްހިރް ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. އެހެންކަމުން ދެލޮލުން ކަރުނަފޮހެލަމުން ޒިވްޔާ ގޮސް ދޮރުހުޅުވާލިއެވެ. “އަނހަ. ކިހިނެއްވެފަ ދަރިފުޅު؟ ކަމެއްވީތަ؟ ކީއްވެ ރޮވިފަ؟” އަޒްހިރް ކަންބޮޑުވީ ޒިވްޔާގެ މޫނުމަތިން ހިކިފައި ހުރި ކަރުނަތައް ފެނިފައެވެ. “ކަމެއް ނުވޭ ބައްޕާ. ޒިވީ ކުޑަކޮށް ބޮލުގަ ރިއްސަނީ. އެބައިން އެސައިންމެންޓެއް ވެސް ހަދަން. ފަހުން ދާނަން ކާން.” ޒިވްޔާ ނޭފަތް ދަމާލަމުން ބުނެލިއެވެ. “އެހެންތަ؟ އެންމެ ރަނގަޅު.” ކަންބޮޑުވެފައި ހުރެ އަޒްހިރް އެއްބަސްވިއެވެ. ޒިވްޔާ ދޮރު ލެއްޕުމަށްފަހު ގޮސް އެނދުގައި އޮށޯވެލިއެވެ.
ތެދެކެވެ. އޭނާގެ ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ. ވާނީ ވެސް އެހެންތާއެވެ. ޒިވްޔާ އަކީ ކުދިކުދި ކަންކަމާއި ހާސްވާ ކުއްޖެކެވެ. އަދި އޭނާ އެހާމެ ބޮޑަށް މައިގްރެއިން ވެސް ހުރެއެވެ.
ސިޑިން ފައިބައިގެން ދިޔަ އަޒްހިރް ހުރީ ކަންބޮޑުވެފައެވެ. “ދުމް. ޒިވީ ކޮންމެވެސް ކަމަކާ ވަރަށް ހިތާމަ ކުރޭ ކަންނެ. ނޭނގެ ދެން. އެކަމް އެކުވެ ދޮރު ހުޅުވިއިރު ހުރީ ރޮވިފަ.” އަޒްހިރް ދުމްޔާ ގާތު ބުންޏެވެ. ދުމްޔާ ވެސް އެކަމާ ކަންބޮޑުވިއެވެ. “އަހަރެން އަންނާނަން ޒިވީގެ ފޭވްރިޓް ޗޮކޮލެޓް ގަނެގެން. އޭރުން ކޮންމެވެސް ވަރަކަށް ޒިވީ ހިތްހަމަ ޖެހިދާނެ.” އެހެން ބުނުމަށްފަހު ސައިކަލު ތަޅުދަނޑި ހިފައިގެން އަޒްހިރް ގެއިން ނުކުތެވެ.
………
ނިދިފައި އޮތް ޒިވްޔާއަށް ހޭލެވުނީ ދޮރުގައި ޓަކި ޖަހާއަޑަށެވެ. އެހެންކަމުން ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ. “ބައްޕާ.” އަޒްހިރް ފެނުމުން ޒިވްޔާ ގޮވާލިއެވެ. “ނިދުނީ ދޯ ޒިވީއަށް. އަން. ޒިވީއަށް ގިފްޓެއް.” އަޒްހިރް ތިން ކޮތަޅު ޒިވްޔާއަށް ދިއްކޮށްލިއެވެ. “ތެންކިއު ބައްޕާ.” ޒިވްޔާ ޝުކުރު އަދާކުރިއެވެ.
ކޮޓަރިއަށް ވަނުމަށްފަހު ޒިވްޔާ އެ ކޮތަޅުތަކުގައި ހުރި އެއްޗެސް ޗެކްކޮށްލިއެވެ. އޭގައި ޗޮކްލެޓަކާއި، ކުލަގަލަން ތަކަކާއި، ބުކްމާކްތަކެއް ހުއްޓެވެ. އަދި 2 ވާހަކަ ފޮތާއި، ރީތިވާ ސާމާނުގެ އިތުރުން ހެދުމެއްވެސް އޮތެވެ. ޒިވްޔާ އެންމެ އުފާވީ އޭގައި ޑައިރީ ލިޔާނެ ރީތި ފޮތެއް އޮތް ތަން ފެނުމުންނެވެ. އެއާއެކު އޭނާއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ.
އަވަސް އަވަހަށް ލެޕްޓޮޕް ހިފައިގެން މޭޒު ދޮށުގައި އިށީނދެލިއެވެ. އޭނާ އަލުން އެ ޗެޕްޓާ ލިޔަންފެށިއެވެ. “މީ ހައްތާވެސް އެ އައިކަނާއި ހެދި ވީ ކަންތައް.” އޭނާ ރުޅި އައީ އައިކަން ދެކެއެވެ.
‘ހާދަ ފޫހި މީހާގަނޑެކޭ. ހާހް!.. ޔޫ ނޯ ވަޓް؟ އައި ނޯ ވަޓް ޓު ޑޫ.. ދިސް ނިއު ކެރެކްޓާ.. އިޒް ގޮނާ ބީ ޔޫ.. އައިކަންގެ އުޅުން. އައިކަންގެ އެޓިޓިއުޑް. ލިޓެރަލީ ހަމަ އައިކަން.. އެން އައި ވިލް ޑިސްޓްރޯއި ހިމް. ސްލޯލީ.. ސްލޯލީ.. ބަޓް ޕެއިންފުލީ. އަހަރެންގެ އަމިއްލަ ވާހަކައެއް މީ. އަހަރެން ބޭނުން ގޮތަކަށް ހެދިދާނެ. މިވާހަކައިގެ އައިކަން ޖެހޭނީ އަހަރެން ޖަހާ ބެރަކަށް ނަށަން. ހަހަހަ.’ ޒިވްޔާގެ މޫނުމައްޗަށް ހިނިތުންވުމެއް ފެތުރިގެން ދިޔައެވެ. އެ ހިނިތުންވުމުގައި ވަނީ ވާދަވެރިކަމެވެ.
………………..
Dear readers, I hope you liked this episode.
Are you curious about what is gonna happen next?
Look forward to the next episode.
Lots of love,
Shyyyms
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.





Woww siss. Mi part ves vrh nicee. I’m curious abt the next part
When next?
Lots of love and take care 💗💜
Maasha allah.
Mi prt vs vrh reethi
When next???????
Thank uuu🩷
Sooonn.. will send review ah tomorrow insha’Allah 🫶🏻