Skip to content
އެސްފިޔަ

ހިތް ދެވިއްޖޭ ކަލާ އަށް ޓަކައި 7

Listen to this story Audio · 13:07 Powered by Esfiya Voice
0:00 13:07

ޒިވްޔާގެ ވާހަކައިގައި އައިކަންގެ ޝަޙުސިއްޔަތަށް އެތައް މަލާމާތެއް ކުރެވެމުން ދިޔައެވެ.

____________

“އައިކަން އަކީ އޭނާގެ ސިފަތައް ފެނިފައި އެންމެންވެސް އެއްވެސް ސުވާލެއްނެތި ބަސްހުއްޓިފައި ބަލަހައްޓައިގެން ހުންނާނެފަދަ މީހެކެވެ. ކަޅުކަންގަދަ ބުޅި އިސްތަށިގަނޑެކެވެ. ބޯ ބުމައާއި އެހާމެ ބޯ ވެފައި ދިގު އެސްފިޔަތަކެކެވެ. މޫނުމަތި އެހާ އޮމާންވެފައި ފާޅުކަންބޮޑު ކަތުރުކަށިގަނޑެއް ލިބިފައިވެއެވެ. އޭނާގެ އަޅިކުލައިގެ ދެލޮލުން ތެރޭގައި ތޫފާނެއް ދައްކާދޭ ކަހަލައެވެ. އެހާވެސް އަޅިކަން ގަދަވެފައި ދަމާ ބާރު ވަރުގަދައެވެ. ޔަގީނުން ވެސް އޭނާގެ ހަމަ އެންމެ ނަޒަރަކުން ވެސް އަންހެން ކުދިންގެ ހިތްތައް ލޭކޮށާލާނެކަން ގައިމެވެ. އޭނާއަށް  ލިބިފައި ވަނީ ބާމަތި ފުޅާ އިސްކޮޅުން ދިގު ހަށިގަނޑެކެވެ. ހާދަހައިވާ ފުރިހަމައެވެ.

މޫނުމަތީގެ ސިފަތައް އެހާމެ ފުރިހަމައެވެ. އެއްވެސް އުނިކަމެއް ނެތެވެ. އެއީ ބަލާލަން ނުހަނު ހިތްގައިމު، ހަމަ އެހެންމެ އެހެން މީހުންނާ އަޅާބަލާއިރު ނުހަނު ތަފާތު ސިފަތަކެކެވެ. އެހެންނަމަވެސް އޭނާ ކިތަންމެ ރީތި ނަމަވެސް، އޭނާގެ ގޯސް މިޒާޖުގެ ސަބަބުން އެ ހުރިހާ ފުރިހަމަކަމެއް ކުޑަހިނދުކޮޅެއްގެ ތެރޭގައި ފޮހެވިގެންދާނެއެވެ……”

__________

“އެއްވެސް ހިނދެއްގައި އޭނާގެ ރީތިކަމާމެދު އުފެދޭ ސުވާލެއް ނެތެވެ. ނަމަވެސް، ބޮޑަށް އޭނާ އިނގޭވަރަކަށް އޭނާގެ ކިބައިގައި ހިތްހަމަޖެހޭފަދަ ސިފައެއް ނެތްކަން ވެސް ހާމަވަމުންދެއެވެ….”

__________

“ގިނަ ފަހަރަށް މީހުންނަށް ހީވަނީ އޭނާގެ އެ ހިމޭންކަމަކީ އަމިއްލަ ނަފްސަށް އޮތް އިތުބާރުގެ ބޮޑުކަން ކަމަށެވެ. އެކަމަކު ހަގީގަތަކީ އެއެއް ނޫނެވެ. އޭނާ މަޑުން ހުންނަނީ އޭނާއަށް އޭނާއަކީ ކޮން ކަހަލަ ކޮން މިޒާޖެއްގެ މީހެއްކަން ހާމަކުރުމަށްވުރެ، ހިމޭނުން ހުރުން އޭނާއަށް މާ ފަސޭހައީއެވެ….”

_________

“އޭނާ ކުރަހާ ކުރެހުންތަކުގައި އެއްވެސް ފުން މާނައެއް ނެތެވެ. އެއީ ހަމައެކަނި ފެންނަ ފެނުމަށް ކުރަހާލެވިފައިވާ ރޮނގުތަކަކާއި ހިޔަނިތަކެކެވެ. އޭގައި އެއްވެސް އަސްލެއް ނެތެވެ. އެއީ ހަމަ އެ ކުރެހުންތަކުގެ ފަހަތުގައިވާ އޭނާގެ ޝަޚްސިއްޔަތު ފަދައިނެވެ…..”

________

“ބައެއް މީހުން ހިމޭންކަމުގެ ފަހަތުގައި ފިލާ ތިބޭ ފަދައިން، އޭނާގެ ފަރުދާއަކީ އޭނާގެ އެ ކުރެހުންތަކެވެ….”

________

“އޭނާއަށް ހީވާކަހަލައެވެ. އެ ކުރެހުންތަކުގެ އެއްވެސް މާނައެއް ނެތް ކަމަށް ބުނުމުން އެ ކުރެހުންތައް މާ ފުރިހަމަ ވަނީއެވެ. ނަމަވެސް އެއީ އޭނާއަށް ހީވާ ހީވުމެކެވެ. ބައެއް ތަކެއްޗަކީ ދުރުން ބަލާބެލުމަށް ނުހަނު ރީތިވެފައި، ހިތްގައިމު އެއްޗިއްސެވެ. ނަމަވެސް ކައިރިން ބަލައިލުމުން، އޭގައި ދެނެގަންނާނެ ނުވަތަ ފުންކޮށް ވިސްނާލާނެ އެއްވެސް ހަގީގަތެއް ނެތްކަން އެނގިގެންދާނެއެވެ……”

 

…………..

ޒިވްޔާ މިއަދު ހެނދުނު ހެނދުނާ ހޭލައިގެން ކޮލެޖަށް ދާން ރެޑީވެލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމެވެ. އުފާވެރިކަމެވެ. ހަގީގަތުގައި ވެސް އޭނާ ހުރީ ވަރަށް އުފާވެފައެވެ. ސަބަބަކީ އޭނާގެ ވާހަކައިގައި އައިކަންގެ ސިފަތަކަށާއި އުޅުމަށް ފާޑުކިޔާލެވުނީމައެވެ.

 

“ހާދަ އުފާވެފައި؟” ޒިވްޔާ ކާރަށް އެރުމާއެކު ޔަޝްމީ އަހާލިއެވެ. “ޔެޕް. ވަރަށް އުފާވެފަ މިހިރީ. ހަހަހަ.” ޒިވްޔާ ހިނިގަނޑެއް ޖަހާލިއެވެ. “އެހެންތަ؟ ވީ ގޮތެއް އަހަރެމެން ގާތުވެސް ބުނެލަބަ ދޯ!” ޔަޝްމީ އެނގޭހިތްވިއެވެ. “ޑޯންޓް ވޮރީ. ވަރަށް އަވަހަށް އިނގޭނެ. ނެކްސްޓް އެޕިސޯޑް އަޕްލޯޑް ވާ އިރަށް ކިޔާލާ.” ޒިވްޔާ ވަރަށް ފޮނިވެލާފައި ބުނެލިއެވެ.

“އޯހް. އެހެންތަ؟ ކީއްވާނީ ބުނެލިއްޔާ ދެން. އިޓްސް ޖަސްޓް އަސް ގާލީސް!!” ޔަޝްމީ ޝަކުވާ ކޮށްލިއެވެ. “ހެވޭ! ނޯ ސްޕޮއިލާސް.” ޒިވްޔާ އިންކާރު ކުރިއެވެ.

………

ޕެއިންޓް ކުރަން އިން އައިކަން ދިޔައީ އިރުއިރުކޮޅާ ފޯނު ބަލައިލަމުންނެވެ. ޒިވްޔާ ވާހަކަ އަޕްލޯޑު ކުރޭތޯއެވެ. މިހާރު އޭނާއަކީ ޒިވްޔާގެ ވާހަކަތައް ގަވާއިދުން ކިޔާ މީހެކެވެ. އެވަރަށް ކޮމެންޓް ވެސް ކުރެއެވެ.

އަނެއްކާވެސް އައިކަން ފޯނު ހުޅުވާލާ ބަލާލިއެވެ. އޭނާގެ މޫނުމައްޗަށް ހިނިތުން ވުމެއް ވެރިވެގެން ދިޔައީ އޭރިއެލް ލިޔެފައިވާ ވާހަކަ ފެނުމުންނެވެ. އަވަސް އަވަހަށް އޭނާ ވާހަކަ ކިޔަންފެށިއެވެ. ކުއްލިއަކަށް ފެނުނީ އޭނާގެ ދެލޯ ބޮޑުވެގެން ދިޔަ ތަނެވެ. “އޭން؟ ވަޓް؟!” ހައިރާންވީ ވަރުން އައިކަނަށް ބުނެވުނެވެ. އަދި ކިޔުމާއިގެން ކުރިއަށް ދިޔައެވެ. “ސޯ މީ ދޯ ޒިވްޔާ އަހަރެންނާ މެދު ދެކޭ ގޮތަކީ.. އާކިން ހަހް؟”ީ..” އައިކަން ގާތަށް އައީ ހިންޏެވެ. އަދި އަވަސް އަވަހަށް ކޮމެންޓެއް ލިޔެލިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވިދަވިދާވިއެވެ.

އިންކޮގްނިޓޯ: ޔޫ ޑިސްކްރައިބް ހިމް އޭޒް އިފް ޔޫ އަންޑަސްޓޭންޑް ހިމް. އޮނެސްޓްލީ ދިސް ފީލްސް ވެރީ ޕާސަނަލް.

އިންކޮގްނިޓޯ: ހައު އިންޓެރެސްޓިން. ޔޫ މޭޑް ހިމް ސީމް ޝެލޯ. ދެޓްސް އޮން ޔޫ. ނޮޓް ހިމް. ޔޫ ރިމޫވްޑް އޯލް ދި ތިންގްސް ދެޓް ކުޑް މޭކް ހިމް ރިއަލް. ޔޫ ސީމް ޓު ހޭވް އަ ގްރަޖް އެގެއިންސްޓް އޯލް ދި މެން އިން ދިސް ވޯލްޑް. ވަޓް އިޒް ދިސް އީވެން. ޔުއާ ސްކިލްސް ހޭވް ވީކެންޑް.

އިންކޮގްނިޓޯ: ދެޓް މޭކްސް މީ ވެރީ ކިއުރިއަސް. ޑޫ ޔޫ އޯލްވޭސް ރައިޓް އެބައުޓް ޕީޕަލް ޔޫ ޑޯންޓް ލައިކް އިން ޔުއާ ސްޓޯރީސް؟

އިންކޮގްނިޓޯ: ފޯ ސަމްވަން ހޫ ސޭސް ހީ ލުކްސް އެވެރޭޖް ދެޓްސް އެ ލޮޓް އޮފް ޑިސްކްރިޕްޝަން.. ހަހަ.

އައިކަން ލިޔެ ނިންމާލިއެވެ. އާއެކެވެ. ތި ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އައިކަން އަކީ ޒިވްޔާގެ ވާހަކަތަކުގައި އިނގިރޭސިން ކުދި ކިޔައި ކޮމެންޓްކޮށް ހަދާ މީހާއެވެ. އޭނާ ބޭނުންވަނީ ވީހާވެސް ބޮޑަށް ޒިވްޔާއަށް އުނދަގޫ ކުރާށެވެ. ރުޅި އަރުވާލާށެވެ.

“ގޭމް އޮން ޒިވްޔާ. ނައު ޔޫ އާ ގޮނާ ބީ ވެރީ ކިއުރިއަސް އެބައުޓް މީ.” އައިކަން ފޯނު ބާއްވާލިއެވެ. އަދި ޕެއިންޓް ކުރުމާއިގެން ކުރިއަށް ދިޔައެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލާފައި އާޓް ސްޓުޑިއޯއަށް ވަދެގެން އައީ ޒިވްޔާއެވެ. “ހަހް؟ ޔޫ.. ޔޫ އާ ހިޔާ ޓުޑޭ އޭޒް ވެލް.” ޒިވްޔާއަށް އައިކަން ފެނުމާއެކު ކުނިމޫނު ހަދާލިއެވެ. “އޮފްކޯޒް.. ބުނީމެއްނު. އަހަރެން މިތާ އަބަދުވެސް އިންނާނޭ.” އައިކަން އިން ތަނުން ތެދުވެ ޒިވްޔާ އާއި ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ. “އެއްޔެ އެކަމް ނެތެއްނު. އަހަރެން އައިސް ވަން އިރަކު ނެތް އައިކަން އެއް ގައިމު.” ޒިވްޔާ ބުނެލިއެވެ.

“އޭރު އަހަރެން އިނީ ކުލާހުގަ.”

“ހާހް. ދެން މިތާ އަބަދު އިންނަން ޖެހޭތަ؟” ޒިވްޔާ ލޯ އަޅާލިއެވެ. އޭރު އައިކަން އައިސް ޒިވްޔާ އާއި އަރާ ހަމަކޮށްފިއެވެ.

“ހުމް. ކީއްވެ އަހަރެންގެ ކުލާހުގަ އަހަރެން ނުހުންނަންވީ؟” އައިކަން ހުއްޓުނީ ސީދާ ޒިވްޔާ ކުރިމައްޗަށެވެ. “ޔުއާ ކުލާހޭ؟ ތިބުނީ؟” ޒިވްޔާ އިސްއުފުލައި އައިކަނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

“ހަހަ. ޒިވްޔާ ވެސް ދޯ. އައިމް ސްޓަޑިޔިން އާޓްސް. ބެޗެލާސް އިން ފައިން އާޓްސް ޓު ބީ އެގްޒެކްޓް. މީ އަހަރެންގެ މެއިން ކްލާސް އަބަދު ވެސް އޮންނަތަން. އެހެން ކުލާސް ތަކަށް އެހެން ތަންތަނަށް ދިޔަސް ފްރީ ވަގުތެއް ވިއްޔާ އަހަރެން އައިސް އިންނާނީ މިތާ. އަބަދުވެސް. ޒިވްޔާ ތީ މިތަނަށް އައިސް ވަތް މީހަކީ.” އައިކަން ޒިވްޔާ އާއި ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ.

“ހަހް؟” ޒިވްޔާއަށް ބޭއިޚްތިޔާރުގައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. “ޒިވްޔާ. ދިސް. އިޒް. މައި. ޓެރިޓޮރީ.” އައިކަން އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް ނަގާލިއެވެ. “ވަޓް؟” ޒިވްޔާގެ ހިތް އަވަސް ވެގެން ދިޔައެވެ. އެއާއެކު އޭނާ އަނެއްކާވެސް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. “އައިސެއިޑް.. ޑާލިން. ޔޫ އާ އިން މައި ޓެރިޓޮރީ.” އައިކަން އެއް މިޔަކަނުން ހީލިއެވެ. އޭރު އޭނާ ހުރީ ޒިވްޔާ އާއި ވަރަށް ވެސް ކައިރީގައެވެ. ވަގުތުން ޒިވްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވަގުތުން އަނެއް ފަރާތަށް އެނބުރުނީ ދޮރު ހުޅުވައި ނުކުންނާށެވެ. އޭނާ އެނބުރެލި ގޮތަށް މޫނުގައި ޖެހުނީ ދޮރެވެ. އޭނާއަށް ހުރެވުނީ ދޮރާއި ޖެހިފައި ކަން އެނގުނީ ވެސް އެހިސާބުންނެވެ. އެހެންކަމުން އަވަސް އަވަހަށް ދޮރުގެ ތަޅުގައި ހިފައި ދޮރު ހުޅުވަން އޭނާ އުޅުނެވެ. ނަމަވެސް އައިކަން އެއަށް ވުރެ މާ ހުށިޔާރެވެ. އޭނާ ދޮރުގެ ތަޅުގައި ހިފާ ބާރުކޮށްލިއެވެ. ޒިވްޔާގެ ދެލޯ ބޮޑުވިއެވެ.

“ސްކޭރްޑް؟” ދެން އިވިގެން ދިޔައީ އައިކަންގެ ފިރިހެންވަންތަ އަޑެވެ. އެ އަޑުގައި ވަނީ މަލާލާތެވެ. “ސްކޭރްޑް؟”

ވަގުތުން ޒިވްޔާ އަނެއް ފަރާތަށް އެނބުރުނެވެ. އެއާއެކު އޭނާގެ ހިތް އިތުރަށް އަވަސްވެގެން ދިޔައެވެ. އައިކަން މިހާރު ހުރީ ވަރަށް ވެސް ކައިރީގައެވެ. “ވަޓް މޭކްސް ޔޫ ތިންކް އައިމް ސްކެއަރޑް؟ އައިކަން އަރައިގެން އައި ފުރޭތައަކީތަ؟” ޒިވްޔާވެސް އޭނާގެ ގޮތުގައި ހިފެހެއްޓިއެވެ. “އެހެންކަމަށް ވެސް ހަމަ ވެދާނެ އެއްނު.” އައިކަން އެހެން ބުނެލީ ވަރަށް ވެސް މަޑުމަޑުންނެވެ. ޒިވްޔާއަށް އެކަނި އިވޭވަރަށެވެ. އެއާއެކު ޒިވްޔާގެ ހަށިގަނޑުގެ އިސްތަށިތަކުގެ އެންމެ ހިމަ ހޯއްޔާއި ހިސާބަށް އެނގުންވެލައިގެން ދިޔައެވެ. މުޅި މީހާ ފިނިވެގެން ދިޔައިރު އޭނާގެ ހިތް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ. ހީވަނީ އޭނާގެ މޭ ފަޅާފައި ނުކުމެދާނެހެނެވެ. “ދޮގެއް ނޫނޭ ތިބުނީ. ވަރަށް ވައްތަރު ފުރޭތަ އަކާ. ހަމަ އެހާ އަގްލީ.” ޒިވްޔާ ބަލާލީ ސީދާ އައިކަންގެ ދެލޮލަށެވެ. އޭރު އައިކަން ވެސް އިސްތިރި ކޮށްލައިގެން ހުރެ ޒިވްޔާއަށް ބަލަމުން ދިޔައެވެ. “އާ ޔޫ ޝުއާ؟ އަހަރެން އަގްލީ އޭ ބުނާއިރު ހާދަ ވަރަކަށޭ އަހަރެންގެ ރީތި ކަމަށް ތަޢުރީފު ކޮށްފަ ހުރީ.” އައިކަން އެއްމިޔަކަނުން ހީލިއެވެ.

އައިކަން އެބުނި އެއްޗަކުން ޒިވްޔާ ހައިރާންވިއެވެ. އޭނާ އައިކަންގެ ސިފަތަކަށް ފާޅުގައި ތަޢުރީފެއް ނުކުރަމެވެ. އާއެކެވެ. އޭނާ ކިތަންމެހާވެސް ރީއްޗެވެ. އެހެންނަމަވެސް އެކަން އޭނާގެ އެންމެ ގާތް ރަޙުމަތްތެރިން ގާތު ވެސް ނުބުނެއެވެ. ޔަގީނެވެ. މި އައިކަން އަމިއްލައަށް މާ މޮޅު މީހަކަށް ހެދެނީއެވެ.

“ޔޫ އެން ޔުއާ އީގޯ. ތަޢުރީފު ކުރާނެ އެންމެ ސިފައެއް ވެސް ހުރިމީހެއް ނޫނޭ. އަމިއްލައަށް ފޮނިވަނީ.” ޒިވްޔާ ލޯ އަޅާލިއެވެ. އެއާއެކު އައިކަނަށް ކަމެއް ޔަގީންވިއެވެ. ޒިވްޔާ އަދި އޭނާގެ ވާހަކައިގެ ކޮމެންޓް ސެކްޝަން ނުކިޔާ ކަމެވެ. “ހަހަ. ޔޫ ވިލް ނޯ ވަޓް އައި މީން ސޫން.”

ދަނޑިވަޅު ބަލާފައި ޒިވްޔާ އައިކަން އަތް ނާޅުވައި ހުރި ފަރާތުން ދެމިގަންނަން އުޅުނެވެ. ނަމަވެސް ދެންވެސް އައިކަން މާ ހުށިޔާރެވެ. އޭނާގެ އަތްދޮށުން ޒިވްޔާ ނުކުމެ ނުކުމެ ހުއްޓައި އޭނާ ޒިވްޔާގެ އަތުގައި ހިފައި ދަމައިގަތެވެ. އަދި ލުއްކެއް ޖަހައި ގެނެސް އަނބުރައި ދޮރުގައި ޖެއްސިއެވެ. “އެސްކޭޕިން ސޯ ސޫން؟” ޒިވްޔާގެ ދެފަރާތުގައި އައިކަން އަތް ވިއްދާލިއެވެ. އެއާއެކު ޒިވްޔާއަށް ހިންދިރުވާލެވުނެވެ. އައިކަނަށް މިއަދު މިއުޅެނީ ކޯއްޗެއް ވެގެން ހެއްޔެވެ؟

“ރަނގަޅަށް ނުނިދައިތަ ތިހިރީ؟” ޒިވްޔާ ލޯ އަޅާލަމުން އަހާލިއެވެ. “ހަހް؟” އައިކަން ހުރީ ވާނުވާގައެވެ. ޒިވްޔާ އެކުރީ ކޮންކަހަލަ ކޮސް ސުވާލެއް ހެއްޔެވެ. “އާން އެހެންޏާ. އަހާނެ އެއްނު. މިއަދު ތިއުޅޭ ގޮތުން ހީވަނީ ބޯހަމަ ނުޖެހޭ މީހެއްހެން.”

“އެހެންތަ؟ އަހަރެން ދޯ ބޯ ހަމަނުޖެހެނީ؟ އެޓްލީސްޓް އައި ޑޯންޓް ރައިޓް އެބައުޓް ޕީޕަލް.” އައިކަން ބުނެލިއެވެ. “ތިބުނީ؟” ޒިވްޔާ ހައިރާންވިއެވެ. އައިކަން އެދައްކަނީ ކޮން ވާހަކައެއް ބާވައެވެ. އަނެއްކާ އައިކަނަށް އެނގެނީ ބާވައެވެ. ނޫނެކެވެ. އެހެން ވާންވީ އެއްވެސް ސަބަބެއް ނެތެވެ. އައިކަން އެހާ ކައިރީގައި ހުރީމަ ޒިވްޔާ ހާސްވަނީއެވެ. އެހެންވެ އައިކަން ކިޔާ އެއްޗެސް މާ ސީރިއަސްކޮށް ނެގެނީއެވެ. އައިކަނަކީ އަބަދުވެސް ޒިވްޔާއަށް އުނދަގޫކޮށް އުޚޭ މީހެއްވިއްޔާއެވެ. އޭނާގެ ގައިގައި ސީރިއަސް ކަމުގެ ކަންފުޅެއް ވެސް ނުހުރެއެއް ނޫންހެއްޔެވެ.

“އިޓްސް ސްވީޓް ރިވެންޖް، ޑާލިން.” އައިކަން އެއްލޯ މަރާލިއެވެ. އެއާއެކު ޒިވްޔާގެ މޫނު ރަތް ވެގެން ދިޔައީ ބަލަބަލާ ހުއްޓައެވެ. އެއީ އޭނާގެ ގާތަށް އައި ރުޅިންކަމެއް ނޫނީ ގަތް ލަދުންކަމެއް ނޭނގެއެވެ. ފަހަރުގައި ދެ ސަބަބާހުރެ ވެސް ކަމަށް ވެދާނެއެވެ. “ކޮން ޑާލިނެއް ކިޔާކަށް؟”

އައިކަން ހުރީ ދޮރުގެ ތަޅުން އަތް ދޫކޮށްލައިގެން ކަން ޒިވްޔާއަށް އެނގުނީ ދެނެވެ. އެހެންކަމުން އަވަސް އަވަހަށް ތަޅުގައި ހިފާ ވީ އެންމެތަންމިނަށް ދޮރު ހުޅުވާލުމަށްފަހު ނިކުމެ ދުއްވައިގަތެވެ. އައިކަންގެ ހާލަކީތޯއެވެ؟ އެކަހަލަ ކަމަކަށް ނުވިސްނާ ހުރި އައިކަން ދޮރުގައި އަތް ވިއްދައިގެން ހުރުމުން އަރިއަޅާލައިގެން ދިޔަ ގޮތަށް ބަންލާފައި ބިންމައްޗަށް ވެއްޓުނީއެވެ.

ދުވެފައި ދިޔަ ޒިވްޔާ ފަސް އެނބުރި ބަލައިލީ އައިކަން ވެއްޓުން އަޑަށެވެ. އެއާއެކު ބަނޑުވަތަށް ވެއްޓިފައި އޮތް އައިކަން ފެނިފައި ޒިވްޔާގެ ހިނިގަނޑު ދިޔައީ ފަޅައިގެނެވެ.

“ޒިވްޔާ!!!!!!” ދެން އެ ހޯލު ތެރޭގައި ގުގުމާލީ އައިކަންގެ އަޑެވެ. އެއާއެއްވެގެން ދިޔައީ ޒިވްޔާގެ ހުނުމުގެ އަޑެވެ.

“ހަހަހަ. ޔޫ ވޯންޓެޑް ރިވެންޖް؟ ހަހަހަހަ.. ދެން ޔޫ ގޮޓް އިޓް. ދެއާ.. އައި ޓުކް މައި ސްވީޓް ހަހަ.. ރިވެންޖް.” ހެމުން ހެމުން ޒިވްޔާ ބުނެލިއެވެ. އަދި އަވަސް އަވަހަށް ލިފްޓަށް އެރީ އައިކަން ތެދުވާތަން ފެނުމުންނެވެ. ދެން ފެނުނީ އައިކަން އެދިމާއަށް ދުއްވައިގަތް މަންޒަރެވެ. ނަމަވެސް އޭނާ ލިފްޓާއި ހަމައަށް ދެވުމުގެ ކުރިން ލިފްޓުގެ ދޮރު ލެއްޕުނެވެ. އައިކަން ދުއްވައިގަތީ ސިޑި އާއި ދިމާއަށެވެ.

 

 

===================

Hello, my dear readers. I haven’t been uploading as often as I used to due to my work. Well.. here is another episode. Hope you enjoy reading this episode as well.

Lots of love

Take care & stay safe

Shyyyms.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Anonymous

    ތިމާ ވަރުގެ އިގިރޭސި މީހެއް ނެތިގެން އުޅޭހެން ހީވަނީ. ތިވަރުން ދިވެހިން ނުލިޔެ ވެންޔާ ދިވެހި ވާހަކަ ނުލިޔެބަލަ. ރީއްޗެއް ވެސް ނޫނޭ ލިޔާ ވާހަކައެއް.

    1. Anonymous
      Anonymous

      Haadha anga gadhaey kaleymen.
      Mae temper mahchah nudhanees angamadula.
      U don’t know who i am to the author.
      She is my sister.
      Anga maithiri kurey haters.

  2. Anonymous

    Seems like you lost touch . Diseppointing

    1. Aishhherr
      Anonymous

      Lost touch???🤡 That’s such a wild take actually. If anything this comeback just proves how strong her storytelling still is. I have waited so long for her stories.. and after so many years away and she comes back delivering THIS level of writing? The pacing, the detail, the way every scene plays out so freaking well so vividly its honestly better than ever.

      Not every chapter has to be something that caters to your taste (which you obviously do NOT have) but saying she has lost touch is ignoring how much effort and craft is clearly going into this story.

      The enemies to lovers dynamic alone s being handled so well, and its obvious she know exactly how to keep readers hooked.

      Some of us are actually enjoying the story a lot and appreciate the author for coming back and sharing her work again. Maybe just let people enjoy things instead of tearing them down.

      If you are so desperate for attention then maybe try writing your own story. Bet you cant even do that. So do not judge others stories when you dont have such skills yourself.

  3. Millss

    Ignore the haters fr 😭 ur writing still hits sooo hard, loving every chapter sm 💕 keep going pls we got u 🫶

    By te way. Godddd. This episode was insane. Had me melting n screaming 🫠

    I need moreee of these Aikan n Zivya moments🥰😝

    When next episode? Cant wait🌸
    Love ya😘💋

  4. moodhu handi

    MA mi part vx varah varah reethi….. mee dhivehi vaahaka eh v ma english bai thankolheh madhu koh laane kamah ummeedhu kuran…. mi comment negative koh nunagahcheyy…

Comments are closed.