ހިތް ބޭނުމޭ 13… “ޒަހީން ނިޔާ ވެއްޖެ.. މަންމަ.. އެ..އެބެން.. ޒެއިން ގޮވައިގެން އަވަ….” މާރިއާގެ ޖުމްލަ ނިމުމުގެ ކުރިން ލިލިއަން އަތުން ފޯނު ދޫވުމާއި އެކު ކައިރީގައި ހުރި އެޒިލްގެ އަތުތެރެއަށް ވެއްޓިއްޖެއެވެ. ލިލިއަން އަށް ވީގޮތް ފެނި އެޒިލް ހާސްވިއެވެ. އަޑަށް ލެވުނުހާ ބާރެއް ލަމުން އެލީން އަށް ގޮވައިލިއެވެ. ކޮޓަރީގައި ތިބި އެލީން އާއި ޒެއިން އަށް އެޒިލް ގޮވި އަޑު އިވުމުން ބާރުބާރަށް ދުވެފައި ނުކުތް އިރު ސޯފާގައި ބާއްވާފައި […]
ް ބޭނުމޭ…12 “ބޭބޭ..” ފުރަގަސް ދީގެން އިން އެޒިލް އަށް އެލީން ގޮވައިލުމުން ތެދުވެ އެމީހުން ނަށް ކުރިމަތި ލީ އިރު އެ ތުންފަތްމަތީ ވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ޒެއިން ގާތު ހުރި ލިލިއަން ފެނިފައެވެ. ލިލިއަންގެ މޫނުމަތިން ވެސް ހައިރާންކަން ފެނިގެން ދިއުމުން ޒެއިން އަށް އެއީ އޭނާ ހޯދަމުން ދާ އެޒިލް ކަން ގާތް ގަނޑަކަށް ޔަގީން ވިއެވެ. ޒެއިންގެ މަގުޞަދު ލިލިއަން އަށް ކޮންމެވެސް ވަރަކަށް ޔަގީން ވެގެން ދިޔައެވެ. އެހެން […]
ހިތް ބޭނުމޭ…11 އީވާ ފޯނުން މީހަކާ ވާހަކަ ދައްކަން ހުއްޓާ ބާރު ބާރަށް ދޮރުގައި މީހަކު ތަޅައިގަތުމުން ދުވެލާފައި ގޮސް ދޮރު ހުޅުވި އިރު އެއީ ޒެއިން އެވެ. ޒެއިން ހުރި ހާލު ފެނުމުން އީވާ ވެސް ހާސްވިއެވެ. ލޯ ހީވަނީ ރަތްކަމުން އަނގުރުކޮޅެއް ހެންނެވެ. ފުންނޭވާތަކެއް ލަމުން ދިޔަ އިރު ޒެއިންގެ އަަތް ތުރު ތުރު އަޅައެވެ. “އެލީ ކޮބާ؟” ޒެއިން އަހައިލީ މަޑުމަޑުން ނަމަވެސް އެ އަޑުގައި ވީ ރުޅިވެރިކަމެވެ. “ލުކް ޒެން.. އަހަރެން..އަހަ..” […]
ހިތް ބޭނުމޭ…10 ވިއްސާރަ ކަނި ޖަހަން ފެށުމުން އެތެރެއަށް ވަންނަން ލިލިއަންގެ އަތުގައި ހިފާލައިގެން އެނބުރުނު ޒެއިން އަށް ރޮވިފައި ހުރި އެލީން ފެނުމުން ލިލިއަންގެ އަތުން ދޫކޮށްލެވުނީ އިހްތިޔާރުން ބޭރުގައެވެ. ނަމަވެސް ޒެއިން އަށް ވުރެ އެލީންގެ ހަރަކާތްތައް މާ އަވަހެވެ. ދުވެފައި އެލީން ގޮސް އެރީ ލިފްޓަކަށް ކަން ޒެއިން އަށް ޔަގީން ވިއެވެ. “އެއީ ތަ ޒެއިންގެ؟” ޒެއިންއަށް ވީ ގޮތް ފެނިފައި ލިލިއަން އަހައިލީ އެލީން ފަސްދިން މަންޒަރު އޭނާއަށް ފެނުމުން […]
ހިތް ބޭނުމޭ…9 “މިއަދުން ފެށިގެން ކޮފީ ނުބޯން މި ނިންމީ. ނުބަޔަސް ހެލްތީ އެއްޗިއްސެއްނު ބޯން ވާނީ” ހަގީގަތުގައި އެ ޖޫހުގައި ލިލިއަން އަށް ލީ ވަރަށް މީރު ރަހައެކެވެ. ޖަބީން އަށް ނުބައި އެއްޗެއް ވިސްނިދާނެތީ ލިލިއަން ވާހަކައެއް ހަދައިލިއެވެ. “މިހާރު އެއޮށް އަށްގަޑި ބައި ވަނީ. ނުވައެއް ޖަހާ އިރަށް މާރިއާ އާންޓީ މެންގެ ގެއަށް ދާންވާނެ.” ކޮފީ މަގު ހިފައިގެން ގޮނޑިން ތެދުވަމުން ޖަބީން ބުންޏެވެ. “މަންމާ. ބައްޕަ ނުދުރުވަނީ ތޯ؟” ޒަހީންގެ […]
ހިތް ބޭނުމޭ..8 ލިލިއަން ގެއަށް ވައިން އިރު ޖަބީން ސިޓިންގް ރޫމްގައި އިނެވެ. ލިލިއަން ފެނުމާއި އެކު ޖަބީން ސޯފާއިން ތެދުވަމުން ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. އެ މޫނުން ޖަބީން އަށް އިންތިހާ ދަރަޖައިގެ ވޭން ވެނުނެވެ. “ދަރިފުޅު ކޮން ތާކުން ތި އައީ؟” ޖަބީން ސޯފާއިން ތެދުވަމުން އަހައިލީ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ނެވެ. އޭރު ގަޑިން ދިހައެއް ޖަހަނީއެވެ. ލިލިއަން ދިޔަ ގޮތަށް ގޮސް ޖަބީންގެ ގައިގައި އޮޅުލައިގަންނަމުން ރޯންފެށިއެވެ. “މަންމާ…އަޅުގަނޑު…އަޅުގަނޑު […]
ހިތް ބޭނުމޭ..7 “މަންމާ.. އަ..އަ..ޅުގަނ…” ގިސްލެވޭ ވަރުން ލިލިއަން އަކަށް ވާހަކަ އެއް ވެސް ނުދެއްކުނެވެ. “ޝްޝްޝް. އިޓްސް އޯޯކޭ. ހަމަ ޖެހެންދެން ރޯލާ” ޖަބީން އޯގާތެރިކަމާއި އެކު ބުނެލީ ލިލިއަންގެ އިސްތަށިގަނޑުގައި ފިރުމަމުންނެވެ. އެތައް އިރަކު ރުއިމަށްފަހު ލިލިއަން ހަމަ އަކަށް އެޅުނެވެ. އޭރު ޖަބީން ވެސް ލިލިއަން ގާތު ސޯފާގައި އިށީނދެލައިގެން އިނދެ ދަރިފުޅުގެ ބޮލުގައި ފިރުމަމުން ދިޔައެވެ. “ދެން މަންމަ އަށް ކިޔައިދީބަލަ ވެގެން ތި އުޅޭގޮތް” ޖަބީން ލޯތްބާއިއެކު އަހައިލިއެވެ. “އަޅުގަނޑު […]
ހިތް ބޭނުމޭ…6 އެނދުން ތެދުވެގެން ގޮސް އަލަމާރީގެ ދޮރު ހުޅުވާލާފައި ނެގި އެއްޗެއް ގެންގޮސް އެޒިލްގެ މުށުތެރެއަށް ލީ އިރު އެ ތުންފަތްމަތީ ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. މިލީނާގެ މޫނަށް ބަލައިލަމުން އެޒިލް އޭނާގެ އަތުގައި އޮތް އެއްޗަށް ބަލައިލުމާއި އެކު އޭނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. އަތުގައި އޮތީ ޕޮޒިޓިވް ވެފައި އޮތް ‘ޕްރެގްނެންސީ ކިޓް’ އެކެވެ. “ކާކުގެ ދަރި އެއް؟” މިލީނާ ގެ ތުންފަތްމަތީ ވި މަލާމާތުގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ. “ތިހެން […]
ހިތް ބޭނުމޭ…5 ރެއިލިން ގައި ހިފައްޓާލައިގެން ހުރި ޒެއިން އަށް ފަހަތުގައި މީހަކު ހުރި ކަމުގެ އިހުސާސް ވުމުން އެނބުރި ބަލައިލި އިރު ލަދު ރަކި ގޮތަކަށް ހިނިތުން ވެލައިގެން އެލީން ހުއްޓެވެ. ކަޅު ކުލައިގެ ޖެކެޓް ލައިގެން ހުރި އިރު އެ ފަން އިސްތަށިގަނޑު ބޮޑު ކަކުނި ދައްޗަކުން ހައްޔަރު ކޮށްލާފައި ހުއްޓެވެ. އިސްތަށިގަނޑު ގެ ފަން ކަމުން ބައެއް ނުކިޔަމަންތެރި ކުރު އިސްތަށިތައް ފައިބާފައި ހުރުމުން އިތުރަށް ފުރިހަމަ އެވެ. އެލީން ފެނުމުން ޒެއިން […]