ލޯބިވަން ޔާރާ އޭ 15 “މިގަޑިއަކު ނޫން. މިރޭ އިނގޭ. ދާނަން 8 ގަ. ޑޭޑް ގާތު ވެސް ބުނައްޗޭ.” އީތަން ސޫޒަން އަށް އިންތިޒާރުގެ ވަގުތުތައް ގުނަން ޖައްްސަމުން ފޯނު ކަނޑައިލަމުން މޫނުގައި އަތް އަޅާލީ މިރޭ ވެގެން ދާނެ ގޮތަކާއި މެދު ވިސްނަމުން ނެވެ. ކޮންމެ ގޮތެއް ވިޔަސް މިރޭ ވެގެން ދާނީ އީތަން އަށް ބޮޑު ރެއަކަށެވެ. އޮފީހުން ނިމިގެން އީތަން އަށް ގެއަށް ދެވުން އިރު އިރު އޮއްސި ހަތެއް ޖަހަނީއެވެ. […]
hey readers.. alhugandu kudakoh balive ulheythy miadhuge episode upload nukureweyne vaahaka dhannavan.. v bodah sorry 🙁 but rangalhu v haa avahakah up kohdheynan.. please keep waiting
ލޯބިވަން ޔާރާ އޭ 14 “އަހަރެންގެ ވައިފް އަށް އޮފިޝަލް ކޮށް ވާން ބޭނުން ތަ؟” އީތަން މިޝެލްގެ މެރިފައިވާ ދެ ލޮލަށް ބަލައިލަމުން އަހައިލިއެވެ. މިޝެލް އީތަން ލައިގެން ހުރި ކޯޓް އެ ހަށިގަނޑާ ވަކިކޮށްލަމުން އީތަން ލައިގެން ހުރި ހުދު ގަމީހުގެ ގިރުވާނުގައި ހިފައްޓައިލިއެވެ. އެއާއި އެކު އީތަން މިޝެލް ލުއި ފަތެއްހެން އީތަން އަށް ކުރިމަތި ވާ ގޮތަށް އުފުލައިލިއެވެ. އަދި ކެއްތެރި ކަމެއްނެތި މިޝެލް ގެ ތުންފަތުގައި ބޮސްދެމުންގޮސް ގޮސް ޑްރެސިންގް […]
ލޯބިވަން ޔާރާ އޭ 13 ފެަން ވަރަން މާގަނޑު ދޮށުގައި ހުރި އިރު ކުރިން ދުވަހު ފާހާނާތެރޭ އީތަން އާއި އެކީ ޖެހުން ސަކަރާތް ހިތައް އަރާފައި ބޭ އިހްތިޔާރުގައި ހިނިތުން ވެވުނެވެ. ހިތްހަމަ ޖެހޭ ވަރުވުމުން މިޝެލް ގައި ހިއްކަމުން ކޮޓަރި އަށް ނުކުތީ އީތަން ހުންނާނެ ކަމަކަށް ނޫނެވެ. ކުރިމަތީ އައިސް ހުއްޓުނު އީތަން ފެނިފައި މިޝެލް އަށް ހަޅޭއް ލަވައިގަނެވުނީ އަތުގައި އޮތް ހުދު ތުވާލިން ގައި ނިވާ ކުރަން މަސައްކަތް ކުރަމުން […]
ލޯބިވަން ޔާރާ އޭ 12 ގެއަށް ދެވުމާއި އެކު ކާރުން ނުކުމެ އީތަން ދުއްވައިގަތީ ގޭތެރެއަށެވެ. އެތެރެއަށް ވަންއިރު މީހެއްގެ ހިލަމެއް ނެތުމުން އީތަން ހަލުވިކަމާއި އެކު ސިޑި ކަޑައްތުކޮށްލަމުން މައްޗަށް އެރީ މިޝެލް އަށް ގޮވަމުން ނެވެ. ނަމަވެސް ޖަވާބެއް ނައެެވެ. އީތަން ކޮޓަރި ހުޅުވައިލި އިރު ކޮޓަރީގައި ވެސް މިޝެލް ގެ އެއްވެސް ހިލަމެއް ނެތެވެ. އީތަން ބޮލުގައި ހިފަހައްޓައިލަމުން ވިސްނާލިއެވެ. ޔަގީނެވެ. މިޝެލް ދާނީ ނެހާ އެހެން ނޫނީ މިޝެލް މެން ގެއަށެވެ. […]
ލޯބިވަން ޔާރާ އޭ 11 “ޑޭން ބައްޕަ އުޅެނީ ޑޭން އަށް ކަމެއް ކުރަން” ޔޫލީ ޖަވާބު ދިނެވެ. “ވަޓް؟؟” ދާއިން ހައިރާން ކަމާއި އެކު އަހައިލިއެވެ. “އާނ. ނޭނގެ ކޮން ކަހަލަ ކަމެއް ކަމެއް. ބައްޕަ އެކަން ރާވަން ގުޅި މީހާގެ ނަމްބަރު އޮބެއް. ޕްލީޒް ޑޫ ސަމްތިންގް.” ޔޫލީ ރޮވިފައި އިނދެ ބުންޏެވެ. ދާއިން އާނއެކޭ ބުނެ ނަމްބަރު ފޮނުވުމަށް ބުނަމުން ފޯން ބޭއްވީ ހާސް ވެފައި ހުރެ އެވެ. ހެނދުނުގެ ވަގުތެވެ. އީތަން […]
ލޯބިވަން ޔާރާ އޭ 10 މިޝެލް ކިތަންމެ ގަދައެއް ހެދިޔަސް އީތަން އަށް މިފަހަރުވެސް ކާމިޔާބުވިއެވެ. ކާމިޔާބީގެ ހިނިތުން ވުމަކާއިއެކު އީތަން ގޮސް ކާރަށް އެރީ ޑިކީ ތަޅުލާވެސްލާފައެވެ. މިޝެލް ބިރުން ގޮސް ހަލާކުވީ ތަނެއްދޮރެއްވެސް ފެންނަން ނެތުމުން ނެވެ. އީތަން އަށް ޑިކީ ހުޅުވުމަށް އެދި އާދޭސް ކުރަމުން ދިޔައިރު ނޭވާ ވެސް ހާސް ވަމުން ދިޔައެވެ. ޔޫލީ އާއި ދާއިން ތިބީ އާޓިފިޝަލް ބީޗްގަ އެވެ. ދެމީހުން އަލުން ގުޅުން ފަހުން އަދިކިރިޔާ ބައްދަލުވީ […]
ލޯބިވަން ޔާރާ އޭ 9 އީތަން ހުރިހައި ފޮއްޓެއް އޭނާގެ ކޮޓަރިއަށް ވެއްދުމުން މިޝެލް އީތަން އަށް ފާޑަކަށް ބަލަން ހުއްޓެވެ. “ފާޑަކަށް ބަލަން ހުންނާނެ ކަމެއް ނެތް. މަށެއް ތި މޮޔަ ކުއްޖާ ގަނޑު މި ކޮޓަރި އަކަށް ނުވައްދާނަން. އަނެއްކާ އަހަރެން ރޮލާ ކާލައިފިއްޔާ މުޅިން ސަކަރާތެއްނު. އޭރުން މެރީ ކުރުމަށް ފަހު ކުރަން ހުރިު ހުރިހާ ކަމެއް ފްލޮޕް ވީނު. ސޯ ވައިލްޑް ލޭޑީ ގެ ފޮށި ހިފައިގެން ކޮންމެވެސް އެހެން ރޫމަ […]
ލޯބި ވަން ޔާރާ އޭ 8 އީތަން ގެ އަތުގައި ނޫހެއް އޮތެވެ. އެ މޫނުމަތިން ފާޅު ވަނީ ރުޅިވެރިކަމެވެ. ނޫހުގައި ޖަހާފައިވަނީ އައިސްކޯން އެކްސިޑެންޓް ވީ ދުވަހު ކޮންމެވެސް މީހަކު ނަގާފައިވާ ފޮޓޯ އެކެވެ. ‘އަންހެން ކުދިންނާާ ދިމާލަށް އެއްޗިހި ކިޔާ ފިރިހެނުން ނަކީ ވަރަށް ފިނޑިބައެކެވެ.’ އެހެން ޖަހާފައިވާ އާޓިކަލް އެއް ގެ ފޮޓޮއަކަށް އީތަން ގެ އެ ދުވަހުގެ ފޮޓޯ އެރީ މިޝެލް ގެ ސަބަބުންނެވެ. އެ ފޮޓޯ ޖެހި މީހާވެސް އީތަން […]