އެފިނިމެންދަން 18
އެނދުގައި ފުރޮޅި ފުރޮޅި ބަނޑުހައިވުމުން އިޝާން ތެދުވެގެން ސިޓިންރޫމަށް ނުކުމެ ކޮފީއެއް ގިރާލިއެވެ. ކޮފީޖޯޑު ހިފައިގެން އައިސް ސޯފާގައި އިންދައި ބޭރު ގޯތިތެރެއަށް ބަޔަކު ފުންމާލި އަޑު ކަހަލަ އަޑެއް އިވިއްޖެއެވެ. ނަމަވެސް އެއީ އޭނާއަށް ހީވިގޮތެކޭ ހިތައި އަޅާނުލައި އިންދައި ދެމީހެއްގެ ވާހަކަ ދެއްކުމުގެ އަޑުވެސް އިވިއްޖެއެވެ. އިޝާން މަޑުމަޑުން ސޯފާއިން ތެދުވެ ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. ދޮރުފޮތިގަނޑު ހިއްލައި ބޭރުބަލާލިއިރު މިލަހަނދުވަރުގެ ތެރެއިން ދެމީހެއްގެ ހިޔަނި އިޝާންއަށް ފެނުނެވެ. ދެމީހުން ވައިއަޑުން ވާހަކަދައްކަމުން ދޮރާދިމާއަށް އަންނަނީއެވެ. މިދަންވަރު ސިއްރު ސިއްރުން އެގެއަށް ވަންނާނީ ވަގުންގެ ބަޔަކުކަން އިޝާންއަށް ޔަގީންވިއެވެ. ނަމަވެސް އޭނާ ޖެހިލުމެއް ނުވެއެވެ. މެލޭގައި އުޅުނުއިރު އޭނާވަނީ ފުދޭވަރަކަށް ރަނގަޅަށް ޖޫޑޯވެސް ދަސްކޮށްފައެވެ. ޖެހިލުންވާންވީ ކޮންކަމަކާ ހެއްޔެވެ؟ މިރޭ އެމީހުނަށްވެސް ޖޫޑޯގެ ކުޅިވަރު ދައްކާލީމާ ނިމުނީ ނޫންހެއްޔެވެ؟ އިޝާން ދޮރުކައިރިއަށް ޖެހިލާފައި ސިއްރު ސިއްރުން ތަޅުހުޅުވާލިއެވެ. އެވަގުތު އެތަނުން މީހަކު ތަޅުގައި ހިފައި އަނބުރާލުމާއެކު ދޮރުހުޅުވިއްޖެއެވެ. އިޝާން ދޮރުފަތުގެ ނިވަލުގައި މަޑުކޮށްލައިގެން ހުރީ އެމީހަކު ވަނުމުގެ އިންތިޒާރުގައެވެ.
” އޭތް ބަޑީ!…ތަޅުވެސް ނުލައޭ ހުރީ…” އެމީހަކު ވައިއަޑުން ޖެހިގެންހުރި މީހަގާތު ބުންޏެވެ. ދެމީހުންވެގެން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އިޝާން ފަހަތުން އައިސް ދެއަތުން ދެމީހުންގެ ކަރުގައި އަތްއަޅުވާ ބިންމައްޗަށް ވައްޓާލިއެވެ. ދެމީހުންގެ މޫނުގައި މާސްކެއް އަޅުވާފައި ހުރުމުގެ ސަބަބުން އެއީ ކޮންބައެއް ކަމެއް އިޝާން އަކަށް ނޭނގުނެވެ. އިޝާން ގަދަޔަށް ހިފަހައްޓައިގެން އޮއްވައި އެތަނުން އެކަކު ހެދި ނެހެދިއެއްނޭނގި އިޝާންގެ އަތްދަށުން ދެމިގަނެގެން ތެދުވެއްޖެއެވެ. އަދި އޭނާގެ ދަބަހުޖީބުން ވަޅިއެއް ނަގައި އިޝާންއާ ދިމާއަށް ދިއްކޮށްލުމަށްފަހު އިޝާރާތުން އޭނާގެ އެކުވެރިޔާ ދޫކޮށްލުމަށް ބުންޏެވެ. ނަމަވެސް އިޝާން އޭނާގެ އަތްދަށުވެފައު އޮތްމީހާ ދޫކޮށްލާކަށް ގަސްދެއް ނުކުރިއެވެ. ކުރިޔަށްވުރެބޮޑަށް އެމީހާގެ ކަރަށް ބާރުކޮށްލުމާއެކު އޭނާ ހަޅޭއްލަވައިގަތެވެ.
” އާހް!…..ޝާން….ޝާން..މީމަށޭ….މީ ޒިހާންއޭ….މަމަރާނުލާ ދޫކޮށްލަބަލަ!” ހުއްޓަ ހުއްޓާފައި އެމީހާ އެހެން ބުނުމުން ހައިރާންވެފައި އިޝާންއަށް އޭނާގެ ގައިން ދޫކޮށްލެވުނެވެ. އެއާއެކު ޒިހާންގެ ބޮލުގައި އޮތް މާސްކް ދަމައިގަތެވެ.
” ވަގުކަލޭގެ….މައަތުން މަރުވާނެ ގޮތެއް ނޭނގިގެންތަ ތިއުޅެނީ…” ޒިހާންގެ ކޮނޑުގައި ބޮނޑިއެއް އަޅާލަމުން އިޝާން ބުންޏެވެ.
” ދެން މިހުރީ ކޮންގޮލައެއް…..ޝިހާންތަ؟…..އަމާންތަ…އޭނ! ބުނެބަލަ!” ކޮޅަށް ތެދުވެ އެމީހަކާ ގާތަށް ޖެހެމުން އިޝާން އަހާލިއެވެ. އިޝާން ގާތްވާވަރަކަށް އެމީހަކު ފަހަތަށް ޖެހެއެވެ.
” އޭތް ދެން އެކްޓް ނުޖައްސާ ބުނޭއިނގޭ….އެހެންނޫނީ ބޮނޑިއެއް އަޅަން ޖެހިދާނެ….” އިޝާން އަނެއްކާވެސް އޭނާގެ ގާތަށް ޖެހިލިއެވެ. އެމީހާ ކުއްލިއަކަށް ޖޫޑޯގެ އެކްޝަން އެއް ދައްކާލުމުން ސިހިފައި އިޝާންއަށް ފަހަތަށް ޖެހެވުނެވެ.
” ހެހެހެ…ނޭނގުނުދޯ…..އަޅެ ގެސްކޮށްބަލަ!….ޝާން ހީކުރީ ޝާންއަށް އެކަނިކަމަށްތަ ޖޫޑޯ އެނގެނީ…..” ޒިހާން ހިނިއައިސްފައި އެހެން ބުނުމުން އިޝާން އިރުކޮޅަކު އެމީހަކަށް ބަލަންހުރެފައި ކުއްލިއަކަށް ގޮސް އަވަސް ހަރަކާތަކާއެކު އޭނާގެ ބޮލުގައި އޮތް މާސްކް ދަމައިގަތެވެ.
” އަހްސަން؟؟!” ހައިރާންވެފައި އިޝާންއަށް ބުނެވުނެވެ.
” ޔެސް…އިޓްސްމީ…ސަން….ބުރޯ ހީކުރީ ބުރޯއަށް އެކަނި ކަމަށްތަ ވަގުވަގަށް މިރަށަށް އާދެވޭނީ…” އަހްސަން އޭނާގެ ހޭވިފައިވާ ފަން އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ހިނިތުން ވެލިއެވެ. އިޝާން އައިގޮތަށް އައިސް އަހްސަންގެ ގައިގާ އޮޅުލައިގަތެވެ.
” ސަން….އެކަނިތަ ތިއައީ؟…ކޮބާ އަހްނަފް…؟” އިޝާން ސީރިއަސް ވެފައި އަހާލިއެވެ.
“ނަފްދޯ…އޭނާއަންނާނެ އަދި ދެދުވަސްވަރު ފަހުން…..މިހާރު ޑޭޑްއާ އެކީ ކުޑަކަމެއްގަ ތާށިވެގެން އުޅެނީ…..މޮމްގާތު ވަރަށް ކިޔައިގެން މަށަށް މިއާދެވުނީވެސް….” އަހްސަން އޮޅުން ފިލުވައިދިނެވެ.
” ކިހިނެއް ތިދެމީހުންނަށް އެކީ އަންނަން އެނގުނީ……” އިޝާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.
” އެއްދުވަހު މިސްކިތުން ޒިހާންއާ ދިމާވީ…..ކުރިންވެސް މަށަށް ޒިހާން އެނގޭތީ ދެމީހުން ކޮފީއަކަށް ގޮސް ވާހަކަ ދައްކައިގެން މިރަށަށް އަންނަގޮތަށް ނިންމީ….”
” އެއީ ތެދެއް….މަވެސް ޗުއްޓީގަ މިހާރު މިހުރީ….ހޭދެން ކާލާނެ އެއްޗެއް ދީބަލަ….ހާދަ ބަނޑުހައޭ…” ބަނޑުގައި އަތްކާއްތާލަމުން ޒިހާން ބުންޏެވެ.
” މަށަށްވެސް” އަހުސަންވެސް އިތުރުކޮށްލިއެވެ.
” ދެން ތިހެން ސިއްރު ސިއްރުން އައީމަ ކާއެއްޗެއްސާ އެއްޗެހިލިބޭތަ…..ބުނެލައިގެން އުޅުނު ނަމަ ތިހެން ނުވީހެއްނު…..އަދި މަބިރުގަންނާނެ ކަމަށްދޯ ދަންވަރު ތިއައީ….ދެން މިވަގުތު ލިބޭނީ ކޮފީއެއް އެކަނި….އެވަރުން ފުއްދާލާ…” އިޝާން ހިނިތުންވެފައި ގޮސް ދެކޮފީ ހަދައިގެން އައިސް ދެމީހުނަށް ދިނެވެ. ތިންމީހުން އެކި އެކި ވާހަކަގައި ކޮފީބޯން އެތައްއިރަކު ތިބުމަށްފަހު ކޮޓަރިއަށް ވަނެވެ.
” ކޮބާތަ ތިމީހުންގެ ދަބަސްތައް؟….ދަބަސްވެސް ނުލައިތަ އައިސް ތިއުޅެނީ؟…” އަހުސަންއާއި ޒިހާން ނިދަން އޮށޯތުމުން އިޝާން އަހާލިއެވެ.
” އޯގޯޑް…މަގޭ އަގުބޮޑު ސާމާނުތައް…” އަހުސަން ކުއްލިއަކަށް ފުންމައިގެން ތެދުވެ ބޭރަށް ދުއްވައިގަތެވެ. ނިދިއައިސް ހުރިނަމަވެސް އަހުސަން އޮށޯތީ އޭނާގެ ބަރުދަބަސްތަކާއި ޒިހާންގެ ދަބަސްވެސް އެތެރެކޮށްފައެވެ.
ހެނދުނު އިޝާންއަށް ހޭލެވުނުއިރު އޮފީހަށްދާ ގަޑިޖެހިގެން ހިނގައްޖެއެވެ. ފޯނުބަލާލުމާއެކު އިޝާންއަށް ފުންމައިގެން ތެދުވެވުނެވެ. ނަމަވެސް ދެން އޭނާއަށް އޮފީހަށް ނުދެވޭނޭކަން އެނގުމުން އަނެއްކާވެސް އެނދުމައްޗަށް ވެއްޓިގަތެވެ. އަރާމުގައި ނިދާފައި އޮތް އަހުސަން ފެނުމާއެކު އުނދަގޫކޮށްލާ ހިތްވިއެވެ. އަހުސަންގެ ގައިމައްޗަށް އަރައި ކޮލިކޮއްޓަން ފެށުމާއެކު އަހުސަން ތެޅިގެންފައި ހޭލިއެވެ. އަދި އިޝާންގެ ގައިގާ އޮޅުލައިގެންފައި ސަކަރާތް ޖަހަންފެށިއެވެ. ދެމީހުންގެ ސަކަރާތްބޮޑުވެގެން ޒިހާންވެސް ހޭލައްވާލައިފިއެވެ. ތިންމީހުން އެނދުގައި ތިބެ ވަރުބަލިވަންދެން ސަކަރާތްޖެހިއެވެ.
” އައިއެމް ސޯ ހަންގްރީ…” އެންމެފަހުން އަހްސަން ހައިވެގެން ކުސްތަޅައިގަތެވެ.
ފެންވަރައި ތާޒާވެގެން ތިންމީހުން މިސްރާބުޖެހީ ސިކްސް ޑިގްރީ ރެސްޓޯރެންޓަށެވެ. ކާއެއްޗެއްސަށް އޯޑަރ ދިނުމަށްފަހު ތިންމީހުންވެސް މޭޒުކައިރީ ހަމަޖެހިލިއެވެ.
” ކޮބާ މާލޭގެ ކަންތައްތައް ކިހިނެއްތަ؟…..މަންމަމެން އެންމެން ރަނގަޅުތަ؟” އަހުސަން ގާތު އިޝާން އަހާލިއެވެ.
” ކަމޯން….ދެން ހީވަނީ ތާކުހުރި ބީއްރަށްޓެއްސެއްހެން ސުވާލުކުރާގޮތުން…..ގައިމު މޮމް ބުނި ޝާން ބަރާބަރަށް މާމަޔަށްވެސް ގުޅައިގެން ހާލުބަލައޭ…..ދެން މާދުރުމީހެއް ހެން މަށާ ސުވާލު މިކުރަނީ….”
” އާނ…މަގުޅަމޭ….އެންމެންގެ ހާލުވެސް ބަލަން…..އެކަމް ޑޭޑްއަށް ނުގުޅޭތާ ދެތިން ދުވަހެއް ވެއްޖެ…..ޑޭޑްވެސް މާބިޒީވީމަ ކަންނޭނެ ނުގުޅިގެން އެއުޅެނީ….” އިޝާން ޖަވާބުދިނެވެ.
” އެހެންތަ؟….އެހެންވިއްޔާ އެނގޭތަ އިޝްކޮ ގެޔަށް އައިކަމެއް؟….” އަހުސަން އަހާލިއެވެ.
“ނޭނގެ…ކޮންއިރަކުއައީ؟..” އިޝާން ހައިރާންވެފައި އަހާލިއެވެ.
” މީގެ ދެދުވަސްކުރިން…..ގަވާއިދާ ޚިލާފަށް ޕާޓީކުރަނިކޮށް ޝާންގެ މޮމް ފުލުހުން ގެންދިޔައީ……އެހެންވެ ޝާންގެ ޑޭޑް ގޮސް އިޝްކޮ ގެނައީ…..” ކުރުގޮތަކަށް އަހުސަން ވީގޮތް ކިޔައިދިނެވެ.
” ކީކޭ؟…ޕާޓީއޭ؟…ކޮންޕާޓީއެއް….އަހަރެންގެ މޮމްއެއް ނުކުރާނެ ޕާޓީއެއް…..އެއީ އަހަރެންގެ މޮމްއެއްނޫން……ދެން ތަންކޮޅެއް ސާފުކޮށް ކިޔައިދީބަލަވީގޮތް…” އިޝާން ހުރީ ކަންތައްވީގޮތް އިތުރަށް އޮޅުން ފިލުވަން ބޭނުންވެފައެވެ.
” ހާދަ އަޕްޑޭޓް ނުވެޔޭދޯ….އަންބަރާ ޕާޓީ އެނގޭތަ…..އެކަހަލަ އެހެން ޕާޓީއެއް ފަޅުރަށެއްގަ ބާއްވައިގެން އުޅެނިކޮށް ފުލުހުން ގޮސް އެމީހުން ހައްޔަރުކުރި އިރު އެތާހުރީ އިޝްކޮ މަންމަވެސް…….މަސްތުވެފަޔޯ ހުރީވެސް…އަންކަލް އިޝްކޮގެ މޮމް ޑިވޯސްކުރިއެއް ކަމަކު ހުޅުމާލޭގަ އެޕާޓްމަންޓެއް ކުއްޔަށް ހިފާފަ ބަހައްޓާފަހުރީ ނުލާހިކު އަރާމުގަ…..އިޝްކޮއަށް ބޭނުންވާ ހުރިހާ ޚަރަދެއްކުރޭ……ގޭތެރެއަށް ބޭނުންވާ ހުރިހާ އެއްޗެއްވެސް ހޯދައިދެނީ ހަމަ އަންކަލް…..އެވަރުން ގެންގުޅެނިކޮށްވެސް ފާޑުފާޑުގެ ފިރިހެނުން އެތަނަށް ވައްދައިގެން ޕާޓީކުރަންފެށީ…އެންމެފަހުން އިޝްކޮށްއަށްވެސް އެމީހުންގެ އުނދަގުޖެހޭ ހިސާބަށް ކަންތައް ދިއުމުން އަންކަލްގާތު އިޝްކޮ އެވާހަކަ ބުނީ…..އެހެންވެ އަންކަލް އިންޒާރުދިނީ ޕާޓީ ނުކުރާށޭ ކިޔާފަ….ދެން އެފަޅުރަށަށް ގޮސް ޕާޓީކުރަންފެށީ…..ކީއްކުރާނީ…ހަލާކުވާންހުރިމީހަކު ހުއްޓުވާނީ ކިހިނެއް…..ނަސީބެއްނު އިޝްކޮވެސް އެމަގުން ނުދިޔަކަން…..އިޝްކޮބުނިކަމަށްވަނީ ސަންގެ މޮމްގާތު އިޝްކޮކުރިން ހީކުރީ ގޯހީ ބައްޕަ ކަމަށޭ….ދެން އެކަމު މިހާރު އެނގިއްޖެޔޭ މަންމަކަން ގޯހީ….ދޮންބެވެސް މަންމަދެކެ ލޯބިނުވަނީ އެހެންވެޔޭ….އަދި މޮމްގާތު އެހިޔޯ ދޮންބެ އިޝްކޮދެކެވެސް ރުޅިއަންނާނެ ދޯއޭ…..ދެން މޮމް ބުނީމޯ ނޫނެކޭ…..ޝާން އިޝްކޮށް ގުޅަންވީނު….” އަހުސަން އިޝާންގެ އަތުގައި އަތްބާއްވަލަމުން އިޝާންގެ މޫނަށް ބަލާލިއެވެ. އަހުސަންގެ ވާހަކަތަކުން އިޝާންއަށް ވަރަށް އަސަރުކުރިއެވެ. އޭނާގެ ދެލޯ ފެންކަޅިވިއެވެ. އޭނާ ކިތަންމެ ރުޅިއައި ނަމަވެސް އިޝިކާ އަރީޝާގެ ލޯބިން މަހުރޫމުވާކަށް އޭނާ ދުވަހަކުވެސް ނޭދެއެވެ. ނަމަވެސް މިހާރު ކަންތައްވީގޮތުން އަރީޝާގާތަށް އިޝިކާ އެނބުރި ދާކަށް އޭނާގެ ހިތެއް ނޭދެއެވެ. އިޝިކާގެ ހަޔާތަށް އެފަދަ މީހެއްގެ ހިޔަނި އެޅޭކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އިޝިކާ އޭނާދެކެ ލޯބިވާވަރު އެނގުމުން އޭނާ އިންތިހާއަށް އުފާވެސްވިއެވެ.
” ހޫމް…ރަނގަޅު ވަގުތަކުން އަހަރެން ގުޅާނަން….” އަހުސަންގެ އަތުގައި ހިފާލަމުން ހިނިތުންވެފައި އިޝާން ބުނެލިއެވެ. އެދެމީހުންގެ ހަރަކާތްތަކަށް ބަލަންއިން ޒިހާންއަށްވެސް އިނީ އަސަރުކޮށްފައެވެ.
” އޭތް ބަޑީސް…..ދެން ތިހާ އިމޯޝަނަލް ނުވެބަލަ!….ހީވަނީ ހިތާމަވެރި ފިލްމެއްގެ މަންޒަރެއްހެން ވިއްޔަ….ކަލޭމެން އުޅޭގޮތުން މަށަށްވެސް ރޮވިދާނެ…” ޒިހާން މަޖާވެލާފައި އެހެން ބުނުމުން އަހުސަންއާއި އިޝާންގެ ގާތަށް ހިނިއައެވެ.
***********
ރޭގަނޑުގެ ވަގުތެވެ. ގޯތިތެރޭގައި ހެދިފައިވާ ފިނިފެންމާ ގަހުގައި މާތައް ފަރިވެފޮޅިފައި ވެއެވެ. އެމާތަކުގެ މީރުވަމުން ޖައްވުގައި ހުވަނދުލެވިފައި ވެއެވެ. އުޑުމަތީގައި ވިދަމުންދާ ތަރިތަކާއި ބުރުހަމަނުވާ ހަނދުގެ އަލިން މާހައުލު އިތުރަށް ޒީނަތްތެރި ކޮށްދީފައިވެއެވެ. އިޝާންއާއި ޒިހާން ތިބީ ގޯތިތެރޭގައިހުރި ޖޯލިފަތީގައެވެ. ލެޕްޓޮޕް ހިފައިގެން އަހުސަން އިނީ ސިޓިންރޫމުގައެވެ.
” މިއަށްވުރެވެސް ފުރިހަމަ ހަނދުވަރީ ރެއެއްގަ ނީލް ފުރަތަމަ ފަހަރަށް މިގެއަށް އައީ…..އެރޭ މަހީކުރީ އެއީ ޖިންނިއެއް ކަމަށް…..އެކަމުވެސް މަ އެއްވެސް ވަރަކަށް ބިރެއް ނުގަނޭ….” އިޝާން ހަނދަށް ބަލަން އޮވެ ވާހަކަދައްކަމުން ދިޔައެވެ.
” އެހެންތަ….ދެން ހަމަ އެރޭން އެރެއަށް ދެމީހުންގެ މެދުގައި ގުޅުންވެސް އުފެދުނީތަ…..ސުވާލެއްވެސް ނުއުފެދޭތަ..” ޒިހާން ހައިރާންވެފައި އަހާލިއެވެ.
” ނޫން….ވަރަށް ސުވާލު އުފެދުނު….އެކަމު ހީވަނީ ދަމާބާރެއް ނީލްގެ ކިބައިގާ ހުރިހެން…..ނީލްގާތްވީމަ ނަފްސު ކޮންޓްރޯލުން ނައްޓާ…..ގިނަ ވިސްނުންތަކެއް ވިސްނާނެ ފުރުސަތެއް ސިކުނޑިއަކަށްވެސް ނުލިބުނު…..ހަމަ އެންމެ ދެރޭ އަހަރެމެން މީޓްވީ….އެކަމް ބަލާބަލަ މުޅި އުމުރަށް ހަނދާން ނުފިލާނެ ހާދިސާއެއް ހިނގައިގެން އެދިޔައީ…..ދުވަހަކުވެސް އެފިނި ފިނި މެންދަމުގެ މަތިން އަހަރެން ހަނދާނެއް ނުނެތޭނެ…..” އިޝާންއަށް އެރޭގެ ހަނދާންވުމާއެކު ލޯމަރާލެވުނެވެ.
************
ގަޑިން މިހާރު ދަންވަރު ބާރަޖެހީއެވެ. އޭޑީކޭ ހޮސްޕިޓަލްގައި ދެކޮޅަށް ހިނގާލަ ހިނގާލާ އަނިލް ހުރީ ވިއްސާކޮޓަރިން ނީލާގެ ޚަބަރެއް ވާނެ އިރެއްގެ އިންތިޒާރުގައެވެ. ނީލާގެ މަންމައާއި ބައްޕަވެސް ދާދިގާތުގައިހުރި ގޮނޑިބަރީގައި އިށީނދެގެން ތިއްބެވެ. އަނބިމީހާއާއެކު ފިރިމީހާއަށް ވިއްސާކޮޓަރިއަށް ވަދެވޭކަން އެނގުނު ނަމަވެސް އަނިލްއަށް ވަންނަން ނުކެރުނީ ނީލާހިތްހަމަ ނުޖެހޭނެކަން އެނގޭތީއެވެ. މާގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ނަރުސް ކުއްޖަކު އޭނާގެ ނަން ގޮވާލުމުން އަނިލް ނަރުސްކުއްޖާ ގާތަށް ދިޔައެވެ. ނީލާގެ މަންމައާއި ބައްޕަވެސް އަނިލްގެ ފަހަތުން ދިޔައެވެ.
” މަރުހަބާ….ފިރިހެން ކުއްޖެއް” ހުދުފޮތުގަނޑަކުން ނިވާކޮށްފައި އޮތް ތުއްތު ކުއްޖާ އަނިލްގެ އަތަށް ދިއްކޮށްލަމުން އަނިލްއަށް މަރުހަބާކިއެވެ. އަނިލް ހިނިތުން ވެފައި އެތުއްތު ދަރިފުޅު އުރާލިއެވެ.
“ނީލާ ކިހިނެއްތަ؟” އަނިލް އަވަސް އަވަހަށް އަހާލިއެވެ.
” ކުއްޖާގެ މަންމަގެ ހާލުވެސް ހަމަ ރަނގަޅު….އިރުކޮޅަކުން ވޯޑަށް ނެރޭނެ..” ނަރުސް ކުއްޖާ ޖަވާބުދިނެވެ. އަނިލް އޭނާގެ އަތުގައިއޮތް ތުއްތު ދަރިފުޅުގެ މޫނަށް ބަލާލިއެވެ. އެކުއްޖާ ފެނުމާއެކު ލޯބިން ގޮސް އަނިލްގެ ހިތް ބަންޑުންވިއެވެ. އެއީ ކޮންމެ މީހެއްގެ ދަރިއެއްކަމުގައި ވިޔަސް އެދަރިފުޅުދެކެ އޭނާ ލޯބިވާނެއެވެ. ދަރިފުޅުގެ މޫނުގައި އެތައް ފަހަރަކު ބޮސްދިނުމަށްފަހު ނީލާގެ މަންމަގެ އަތަށް ދަރިފުޅުދިނެވެ. ދެން އަނިލް އަވަސްވެގަތީ ކާފައަށް ގުޅާފައި އެޚަބަރުދޭށެވެ. ކާފަމެން ތިބީ އަނިލްގެ ޚަބަރެއްގެ އިންތިޒާރުގައެވެ. އެހެންކަމުން އެޚަބަރު ދިނުމާއެކު ކާފައުފަލުން އެތައްފަހަރަކު ހަމްދުކުރިއެވެ.
*************
ޖޯލީގައި ދެލޯމަރައިގެން އޮތް އިޝާން ލޯހުޅުވާލީ ކުއްލިއަކަށް މުޅިމޫނަށާއި ބޮލަށް އެއްޗެއް އޮއްސާލިހެން ހީވެގެންނެވެ.
” ހެޕީ ބާރތްޑޭ ޓޫ ޔޫ….ހެޕީ ބާރތްޑޭ ޓޫ ޔޫ….ހެޕީބާރޓްޑޭ ޑިއާރ ޝާން….ހެޕީބާރތްޑޭ ޓޫޔޫ…” އަހުސަންއާއި ޒިހާން ހެވިފައި ތިބެގެން އިޝާންއަށް އުފަންދުވަހުގެ ތަހުނިޔާ ކީއިރު އިޝާންވަނީ ކުލައިން ފޯވެފައެވެ.
” މީ ވިހި ޑިސެމްބަރ ތަ؟…އޯގޯޑް…” އިޝާން ހައިރާންވެފައި އަހާލިއެވެ. އިޝާންވަނީ އޭނާގެ އުފަންދުވަސްމަތިން ހަނދާންވެސް ނެތިފައެވެ.
” ޔެސް މޭން..ދިސް އިޒް ޔުއަރ ބާރތްޑޭ…..” ޒިހާން އަނެއްކާވެސް ކުލައެއްޗެއް އިޝާންގެ ބޮލަށް އޮއްސާލިއެވެ. އިޝާން ކުއްލިއަކަށް ތެދުވެ ޒިހާންގެ ގައިގާ އޮޅުލައިގެންފައި ޒިހާންވެސް ތެއްމާލިއެވެ. މެންދަމު ވަގުތު ނަމަވެސް ތިންމީހުން ގޯތިތެރޭގައި ފެންކުޅިކުޅެ ސަކަރާތްޖެހިއެވެ.
” އޯކޭ ދެޓްސް އިނަފް…..މިހާރުމީ ބާރތްޑޭ ޕްރެޒެންޓްދޭ ގަޑި….މަޑުކުރޭ މިތާ އެބައަންނަން..” އަހުސަން ގޭތެރެއަށް ވަންނަމުން އިޝާން ބޭރުގައި މަޑުކުރުމަށް ބުންޏެވެ. އަހުސަން އެނބުރި އައީ ބޮޑު ކޮތަޅެއް ހިފައިގެންނެވެ. ކޮތަޅުތެރޭގައި ޕާރސަލްތަކެއް ހުއްޓެވެ.
” މީ އިޝްކޮ ދިން ޕޮރެޒެންޓް….އިޝްކޮބުނީ އޭނާގެ ޕްރެޒެންޓް އެންމެކުރިން ދޭށޭ…” އަހުސަން ކުޑަ ޕާރސަލެއް ދިއްކޮށްލުމުން އިޝާން އޭގައި ހިފިއެވެ. އަހުސަން ފަހަރަކު މީހެއްގެ ނަންބުނެފައި ޕާރސަލެއްދެއެވެ. އާއިލާ އެންމެންވެސް އިޝާންއަށް ހަދިޔާ ފޮނުވާފައި ހުއްޓެވެ. ޒިހާންވެސް އިޝާންއަށް ހަދިޔާއެއްދިނެވެ. އިޝާން އެންމެ ފުރަތަމަ ކެނޑީ އިޝިކާގެ ހަދިޔާއެވެ. އޭގައިއޮތީ ވަރަށްރީތި އަތުކުރި ގަޑިއެކެވެ. ދެން އިޝާން ކެނޑީ ޒިހާންގެ ހަދިޔާއެވެ. އޭގައިއޮތީ ބޮޑު ފޮޓޯ ފްރޭމްއެކެވެ. ފުރޭމެތެރޭގައިވަނީ މިރަށަށް އައިސް ހުރިހާއެކުވެރިން ކުޅިކައިރީ ނަގާފައިވާ ފޮޓޯއެކެވެ. އެއީ އިޝާންގެ ކެމެރާއިން ނެގި ފޮޓޯއެކެވެ. އެފޮޓޯ ފެނުމުން އެންމެ ފުރަތަމަ އެކުވެރިންނާއެކު ކުޅިކައިރިއަށް ދިޔަދުވަސް ހަނދާންވިއެވެ.
” ކޮންއިރަކު މިފޮޓޯހޯދީ؟…” އިޝާން ހައިރާންވެފައި އަހާލިއެވެ.
” އޭރުނެގި ހުރިހާ ފޮޓޮއެއް ލެޕަށް އަޅައިގެން މަދިޔައީ…..ނީލްގެ ފޮޓޯވެސް ހުންނާނެ މައަތުގަ..” ޒިހާން އިޝާން ރުޅިއަރުވާލުމަށް ބުންޏެވެ.
” މަށަށް ހަމަ އޯކޭ ނީލްގެ ފޮޓޯ ގެންގުޅުނަސް…އެކަމް ނީލް އިޒް މައިން…” އިޝާން ފަޚުރުވެރިކަމާއެކު ހިނިތުންވެލިއެވެ.
” ކޮންނީލްއެއްގެ ވާހަކަތަ ތިދައްކަނީ…..ސަންގާތުވެސް ބުނެލައިގެން އުޅެބަލަ…” އަހުސަންއަށް ނުހުރެވިގެން އަހާލިއެވެ. އެވަގުތު ސިޓިންރޫމްގެ ތެރެއިން އިޝާންގެ ފޯން ރިންގްވާ އަޑުއިވުމުން އިޝާން ހުލިވިކަމާއެކު ގޮސް ފޯނުނެގިއެވެ. ގުޅަނީ ކާފަކަން އެނގުމުން އިޝާންގެ ހިތުގެ ތެޅުން ކުއްލިއަކަށް ބާރުވިއެވެ.
” ހެލޯ…ކާފާ ކީކޭ؟…” އިޝާން އަވަސްއަވަހަށް ސުވާލުކޮށްލިއެވެ.
” ދަރިފުޅާ އިޝާން….އަނިލްގެ އަންހެނުން ފިރިހެން ކުއްޖެއް ވަހައިފި….ދެމައިންގެ ހާލުވެސް ރަނގަޅޭބުނީ….ދަރިފުޅުބުނީމެއްނު ވިހެއީމަ އަންގާލާށޭ…އެހެންވެ މިގުޅީ….ކާފަމިހުރީ ވަރަށް އުފާވެފަ….މިރޭއުފަލުން ނިދޭނެކަމެއްވެސް ނޭނގެ…” އުފާވެފައިހުރެ ކާފަދިން ޚަބަރުން އިޝާންގެ ހިތްވެސް އުފަލުން ނަށައިގަތެވެ. އޭނާގެ އެކާވީސްވަނަ އުފަންދުވަހު އޭނާއަށް މިލިބުނީ އަގުނުކުރެވޭފަދަ ބޮޑު ހަދިޔާއެކެވެ. ފޯނުބޭއްވުމާއެކު އުފަލުން ނަށަމުން ހަޅޭއްލަވަމުން އައިސް އިޝާން ޒިހާންގެ ގައިގާ އޮޅުލައިގަތެވެ.
” ކޮންފަދަ ޚަބަރެއް ލިބުނީތަ؟….މަގޭ ހަދިޔާއަށްވުރެވެސް އަގުބޮޑު އެއްޗެއް ލިބުނީތަ؟” ޖެއްސުން ކޮށްލުމުގެގޮތުން ޒިހާން އަހާލިއެވެ.
” ޔެސް…އަހަރެންގެ އުފަންދުވަހު ލިބޭނެ އެންމެ އަގުބޮޑު ހަދިޔާ މިރޭ ލިބިއްޖެ….އައި ބިކަމް އަ ޑޭޑް މޭން…އައި ބިކަމް އަ ޑޭޑް….” އިޝާންއަށް އުފަލުން ގޮސް އެބޮޑު ސިއްރުވެސް ހާމަކޮށްލެވިއްޖެއެވެ. އިޝާން ބުނި އެއްޗަކުން ހައިރާންވީވަރުން ޒިހާންއާއި އަހުސަންއަށްވެސް ދެލޯބޮޑުކޮށްގެން އިޝާންއާދިމާ ބަލަން ތިބެވުނީއެވެ. އިޝާންއަށް މިބުނެވުނު އެއްޗެއް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. އެއީ އަދި އޭނާ އެއްވެސް މީހަކަށް ހާމަކުރަން ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް ވީއުފަލެއްގެ ބޮޑުކަމުން ބޭއިޚުތިޔާރުގައި ބުނެވުނީއެވެ.
“ހަހަހާ…ބަލާބަލަ ދެމީހުން ތިބި ވައްތަރު…..ސީރިއަސްލީ؟؟ ކަލޭމެން ހަމަ ގަބޫލުކުރީ މައެހެން ބުނީމަ….އޯ ކަމޯން…ޑޯންޓް ބީ ސިލީ….މީހަކު ކޮންމެ އެއްޗެއް ބުންޏަސް ގަބޫލުކޮށްފާނެ….މަ އެހާ ހެޕީވީ މަގޭ ވަރަށް ޚާއްސަމީހަކު މިގަޑީގަ ގުޅީމަ…..ދެން މަހިތައްއެރީ ތިމީހުން ތަޅުވާލާނީއޭ….ހެ ހެ ހެ…ކަލޭމެންގެ މޮޔަކަންވެސް ދޯ…” އިޝާން ހެމުން ހެމުން އައިސް އަނެއްކާވެސް ޕާރސަލްތައް ކަނޑަން ފެށިއެވެ.
” އޯހ…ގާރލްފްރެންޑް ދޯ ގުޅީ؟….އޭ އަނެއްކާ އަސްލުވެސް ޝާން ބައްޕައަކަށްވީ ވާހަކަތަ އޭނަބުނީ؟…..ވާއު ދެޓްސް އެމޭޒިންގް…..” އަހުސަން ހިނިގަނޑެއް ޖަހާލަމުން އިޝާންއާ ދިމާކޮށްލިއެވެ.
” އާނ..ކީއްތަވީ….ބައްޕައަކަށް ވުން އެއީ އެހާ ބޮޑުކަމެއްތަ؟…..މަވެސް މިހުރީ ބާލިޣުވެފަ ވިއްޔަ….މަށަށްވެސް ބައްޕައަކަށް ވެވިދާނެ އެއްނު!” އިޝާންވެސް މަޖާވެލާފައި އަހުސަންއަށް ޖަވާބުދިނެވެ. އިޝާން އެހެން ބުނުމުން ޒިހާން އާއި އަހުސަންވެސް ހެމުން ހެމުން އައިސް އިޝާންގެ ގާތުގައި އިށީނެވެ. އިޝާން ދެއްކިވާހަކަ އަހުސަން މަޖަލަކަށް ހެދިނަމަވެސް ޒިހާން އެވާކައާމެދު ވިސްނިއެވެ. އަހުސަން ފެންވަރަށް ދިއުމުން ޒިހާން އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުކޮށްލިއެވެ.
” ކޮންކަހަލަ ކުއްޖެއްތަ ލިބުނީ…؟” ޒިހާން ހަމަޖެހިލާފައި ކޮށްލި ސުވާލުން އިޝާންއަށް ބޭއިޚުތިޔާރުގައި ޒިހާންގެ މޫނަށް ބަލާލެވުނެވެ.
” ދެން ބުނެބަލަ!…މަށަށް މިހާރު އެނގިއްޖެޔޭ ވީގޮތް….ދެން އޮޅުވާލުމުގެ ބޭނުމެއް ނެތެއްނު!……ނީލް އަނިލްއާ މެރީކުރީ ޕްރެގްވެގެން ދޯ….ޝާން މިރަށަށް އައިފަހުން ޝާންއަށް އެކަން އެނގުނީ…..އެހެއްނު؟…..ޝާން ހާދަ ހިތްވަރުގަދައޭދޯ…..އަހަރެންގާތުވެސް އެވާހަކަ ނުބުނެ ޝާންއަށް ހުރެވިއްޖެ….ވީ އާ ބެސްޓް ފްރެންޑްސް….ދެން އޯކޭ….ބުނެބަލަ ކޮންކަހަލަ ބޭބީއެއްތަ ލިބުނީ؟…” ޒިހާން ސީރިއަސްވެފައި އަނެއްކާވެސް އަހާލިއެވެ.
” ބޯއީއެއް….ސޮރީ އެކަން ސިއްރު ކުރެވުނީތީ….އެކަމު އަހަރެން ކިހިނެއް އެވާހަކަ އެއްވެސްމީހަކުގާތު ބުނާނީ…..ނީލްއާ އެއްގެއެއްގަ އުޅެފަ އައިއިރު ނީލްގާތުވެސް ބުނާހާ ހިތްވަރެއް އަހަރެންނަކަށް ނުލިބުނު…..އަހަރެންގެ ކުށެއް ނެތްކަން ސާބިތުކޮށްދޭނެ ގޮތެއް އަހަންނަކަށް ނުވިސްނުނު…..ނީލްއަށް އަދިވެސް ނޭނގޭނެ އެއީ އަހަރެންގެ ދަރިއެއްކަމެއް….އެކަމުދެން ދެން ހިޔެއްނުވޭ މިސިއްރު ހިފަހައްޓައިގެން މިރަށުގަ ކެތްކުރެވިދާނެހެނެއް…..މިހާރު އަހަރެން މިވިސްނަނީ އަނެއްކާވެސް ކިޔަވަން ބޭރަށްދާން…..މިގޮތަށް އަހަރެންނަކަށް ކެތެއްނުކުރެވޭނެ” އިޝާންގެ ހާލަތު އެކުވެރިޔާއާއި ހިއްސާކުރި އޭނާގެ އަޑުގައިވަނީ ފުން ހިތާމައެވެ.
” ދެން ކީއްވެ ތިގޮތަށް ތިކެތްކުރަނީ…..މައޭރުވެސް ބުނީމެއްނު ނީލްއަށް ހަގީގަތް ކިޔާދޭށޭ…..ވެއިޓް…ޝާން ތިބުނީ ނީލްއާ އެއްގެއްގަ އުޅުނު ވާހަކަތަ؟….މާނައަކީ ޝާން ނީލްމެން ގޭގަ އުޅުނު ވާހަކަތަ؟..” ޒިހާން ހައިރާންވެފައި އަހާލިއެވެ.
” ނޫން… އަނިލްމެން ގޭގަ….އަހަރެން އަނިލްމެން ގެޔަށް ބަދަލުވެގެން އުޅެފަ މިގެޔަށް މިއައީ އަނިލްގެ ސަބަބުން…” އިޝާން ކުރުގޮތަކަށް ބުނެލިނަމަވެސް ޒިހާން އަކަށް ނުވިސްނުނެވެ. އެންމެފަހުން އިޝާން އޭނާ މިރަށަށް އައި ހަޤީޤީ މަޤުސަދާއި އޭނާގެ މަންމައަކީ ކާކުކަންވެސް ޒިހާންއަށް އޮޅުންފިލުވައި ދިނެވެ. އިޝާންގެ ވާހަކަތައް އަޑޫއަހާފައި ޒިހާން ރަނގަޅަށްވެސް ހައިރާންވެ އަންތަރީސްވިއެވެ. އިޝާންގެ ކެތްތެރިކަމުންނެވެ. މިވީހާތަނަށް ޒިހާންއަށް އިޝާން ފެނިފައިވަނީ އެއްވެސް ޚިޔާލެއް ފިކުރެއްނެތި އުޅޭ އުފާވެރި މަޖާ ޒުވާނެއްގެ ގޮތުގައެވެ. ނަމަވެސް ހަޤީޤީ އިޝާންއަކީ އެކަނިވެރި ކަމާއެކު ހިތާމަތަކެއް އުފުލާ ކިހައި ކެތްތެރި ހިތްވަރުގަދަ ޒުވާނެއްކަންވެސް މިއަދު އޭނާއަށް އެނގިއްޖެއެވެ. ޒިހާން އިޝާންގެ ގައިގާ ބައްދާލިއެވެ.
“ޝާން…އަހަރެން ބުނަންތަ ވާހަކައެއް…..މިއަދުމީ ޝާން ރަށްދޫކޮށް ދާންވީ ވަގުތެއްނޫން….މިއަދުމީ ހަގީގަތާ ކުރިމަތިލާންވީ ވަގުތު…..އަދިވެސް ވަގުތު ފާއިތެއްނުވޭ….ނީލް މިރަށަށް އައީމަ ކޮންމެވެސް ގޮތަކުން ހަގީގަތް ކިޔާދީ….ޝާންގެ ކުށެއް ނެތްކަމުގެ ހެތްކަކަށް އަހަރެންވާނަން…..އަހަންނަށް ހަމަޔަގީން ނީލް ޝާންއަށް މާފްކުރާނެކަން….ނީލްގެ ހަޔާތަށްވެސް ޝާންއާ ނުލައި އުފާވެރިކަމެއް ނާންނާނެ…..އަދި އަމުދުން މިހާރު ދަރިފުޅަށްޓަކާވެސް ޝާން ނީލްއާ ގުޅެންޖެހޭނެ….ދުނިޔޭގެމީހުން ކޮންމެގޮތަކަށް ދުށްނަމަވެސް ހަގީގަތެއް ބަދަލެއް ނުވާނެ…..ޝާންއަށް ކެތްވާނެތަ އެދަރިފުޅު އަނިލްއަށް ބައްޕަ ކިޔާތަން ދެކެން؟…އަނިލްއަށް މަންމަގެ ލޯބި ލިބުނުގޮތަށް ޝާންބޭނުންވަނީ ޝާންލޯބިވާ އެންމެންގެ ލޯބި އަނިލްއަށް ލިބެންތަ؟…..މަންމައާއި މާމައާއި ކާފަ، ނީލް އަދި ދަރިފުޅުގެ ލޯބިވެސް އަނިލްއަށް ލިބެންތަ؟….ހަމަގައިމުވެސް އަހަރެންގެ ހިތެއް އެގޮތަކާ އެއްބަހެއްނުވޭ…..މުޅިއުމުރު ދުވަހު ޝާންކީއްވެތަ އެހެންމީހުނަށްޓަކާ ޤުރުބާން ވާންވީ….އިޓްސް ނޮޓް ފެއަރ….އިޓްސް ނޮޓް ފެއަރ އެޓް އޯލް…” ޒިހާން ހުރީ އިޝާންގެ ނިންމުމާ ވަރަށް ނުރުހުންވެފައެވެ. އޭނާގެ އެންމެގާތް އެކުވެރިޔާ އިތުރަށް ހިތާމަކުރާތަން ދެކެން އޭނާގެ ހިތަށް ކެތްނުވީއެވެ. ޒިހާންގެ ވާހަކަތައް އަޑުއަހާފައި އިޝާން ހިނިތުންވެލިއެވެ.
” ހޭބަޑީ….ތިހާ ސީރިޔަސް ނުވެބަލަ!….އަހަރެންވެސް ގަބޫލުކުރަން އަހަންނަށްވެސް އުފާހައްޤުކަން….އެކަމަކު އަހަރެންގެ މަންމަ ނިކަމެތިވި ދުވަހު ލޯތްބާއި އަޅާލުން ދިނީ އަނިލްއާއި އޭނާގެ ބައްޕަ….އަހަރެންގެ މަންމައަށްޓަކާ އަނިލް ވީ ޤުރުބާނީގެ އަގު ދުވަހަކުވެސް އަހަރެންނަށް އަދާއެއް ނުކުރެވޭނެ….އެނިކަމެތި މަންމައަށް ދަރިއެއްގެ ލޯތްބާއި އަޅާލުން ބޭނުންވިއިރު، އެމަންމަ ދުނިޔޭގަހުރިކަންވެސް އަހަރެން ނުދެނަހުރިން…..އަހަރެން ނުހަނު އަރާމާ އުފަލުގަ މާލޭގަ އުޅުނުއިރު މަންމަމެން އުޅުނު ފަގީރު ނިކަމެތިހާލު އަހަންނަށް ތަސައްވުރުވެސް ނުކުރެވޭނެ….މަންމަގެ ހުރިހާ ބުރައެއް ދަތިހާލުގަ އުފުލިމީހަކީ ހަމަ އަނިލް…..ދަރިއެއްގެ ފުރިހަމަ ލޯތްބާއި އަޅާލުންދިން….އަނިލްއަށް ވުރެ ވަކީން ބޮޑަށް އަހަރެންނަށްވެސް ނޭގެ މަންމަދެކެ ލޯބިވެވޭނެކަމެއް…..ދެން ނީލްގެ ވާހަކަ….ނީލްއަށް މީހެއްގެ އެހީއަކަށް އެންމެބޮޑަށް ބޭނުންވި ދުވަހު އެވީވެދިނީވެސް ހަމަ އަނިލް….އަހަރެން އޭރުހުރީ ވާނުވާނޭނގޭ އޮޅުންގަނޑެއްގެ ތެރޭގަ….ކޮންމެ ފަދަ ގޮތެއް ދިމާވެގެން ނަމަވެސް އެހެން ފިރިހެނަކަށް ބަލިވެއިން އަންހެނަކާ ކައިވެނި ކުރާނީ މޮޔައެއްނޫންތަ؟…..އަނިލް އެކަންކުރީ ހަމައެކަނި ނީލްދެކެ ލޯބިވާލެއް ބޮޑުކަމުން ނީލް ދުނިޔޭގެ ލަދުން ސަލާމަތްކޮށްދޭން ވެގެން….އެފަދަ މާތް ފިރިހެނަކުދެކެ ނީލް ލޯބިނުވާތީ އަހަރެން އަޖައިބުވެސްވާން….އަހަރެން ޖެހިލުމެއްނުވޭ އަހަރެންގެ ދަރިފުޅު އަނިލްގެ އަތްމައްޗަށް ދޫކޮށްލާކަށްވެސް….އަހަންނަށް ހަމަޔަގީން ބައްޕައެއްގެ ފުރިހަމަ ލޯތްބާއި އަޅާލުމާއެކީ އަނިލް އެދަރިފުޅު ބޮޑުކުރާނެކަން….ދެން ބުނެބަލަ!…އަނިލްއަށްޓަކާ އަހަރެން ނީލްއާ ދުރަށްދިޔުން ފެއާރއެއް ނޫންތަ؟…އަނިލް މިހުރިހާ ދުވަހު ވަމުން އެދިޔަ ގުރުބާނީއާ އަޅާބަލާއިރު މިއީ ދާދި ކުޑަކުޑަ ކަމެއް….އަހަރެންނަށް ނީލްގެ ލޯބިނުލިބޭނެތީ ދެރަވާންވީ ކީއްވެ…..އަހަންނަކީ އެންމެ އެކާވީސް އަހަރުގެ ޒުވާނެއް….އަހަންނަށް ލޯބިވާނެ ކިތަންމެ އަންހެން ކުދިންނެއްވެސް ލިބިދާނެ…ނޫންތަ؟” އިޝާން މޭފުއްޕާލާފައި ބުނެލި ޖުމްލައިން ޒިހާންގެ ގާތަށް ހިނިއައެވެ.
އިޝާންގެ ހާލަތާއިމެދު ކިތަންމެ ހަމްދަރުދީ ވިޔަސް އިޝާންގެ ވާހަކަތަކަށް ދޭނެ ރައްދެއް ޒިހާންއަކަށް ނުވިސްނުނެވެ. ޒިހާންއަށް ވިސްނުނު ގޮތުގައި އިޝާން އަނިލްދެކެ ނުހަނު ލޯބިވެއެވެ. އަނިލްއަށް ދެރަގޮތެއްވާކަށް ނޭދެއެވެ. އެކަމަކު ދެރަކަމަކީ އަނިލްއަށް އިޝާންގެ ހިތުގައި އޮތް އެއްޗެއް ނޭނގޭތިއެވެ. ޒިހާން ވިސްނާލިއެވެ. އޭނާއަށް ވެގެން ވިއްޔާ އިޝާންއަށް އޭނާއަށް ހައްޤު އުފާތައް އަނބުރާ ހޯދަދޭނެއެވެ. އިޝާން ކޮންމެ ގޮތަކަށް ނިންމައިގެން ހުރިނަމަވެސް ފަރުވާލެއް ނެތެވެ. އެރޭ ނިދަން އޮވެގެން އެކި ގޮތްގޮތަށް ޒިހާން ވިސްނިއެވެ. ޒިހާން ހިނިތުން ވެލާފައި ދެލޯމަރާލީ އޭނާގެ ސިކުނޑިއަށް އައި މޮޅު ޚިޔާލަކުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.





lasveethee sorry….hama veevaru….
Nice
Wow… v reethi.. kurin mivaahakaeh nukiyan..
V reethi mi vaahaka
Varah reethi mibaives. .ekam maa las up kuraleh
Kon ireh mi vaahaka ah inthizaaru kuraathaaa…. Vvv reethi
Alhe naeesh lavva neelaa ah hageegaiy kiyaadheebala
Next part konirakun baa up kohdheveynee hama tomorrow nite ga tha eyah vure avaheh nuvaane tha shine ?
V nice
Akamaku mi part vara kurubaa.
Akamaku mi part vara kuru.
V Nice
V reethi
Varah reethi
Varah reethi mi vaahaka….Ekam maalahee up kohdheyleh.. miahvuren avaskohladheebala Shine?☺
Abadhu keehvetha ishan ge vaahaka genesdheny. Ishan and neel thn nuvx gulhey
V reethi mi partves… thedheh avahah up kohdhehchey
V v inthizaaru koh ffa emme fahun naannaane kamah balaafa nidhy
Hehe v v v reethi..lurv dis storry
Shelyn up kohdhyba shime dhoony please…
V v rythi mi bai vx …xihaan ah thi ai molhu hiyaalu neyngunys dhn hamaeh nujeheveyne hehe
Shine e bunynu hurihaa story eh vx up kohdheynamey bt eh story nimmaafa ehnu aneh story genesdheveyny. Dhw shine …
Haadha reechey
Vvv reethi, sifakurunthan haadha furihamayey, 2faharahves kiyaalevey 🙂
vaahaka v salhi