Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 31

ދަންވަރުގެ ވަގުތެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ކޯރު ހެދިފައި ވިއެވެ. ޖެހެމުން ދިޔަ ވައިގެ ސަބަބުން ގަސްތައްވެސް އެކި ގޮތް ގޮތަަށް ނަށަމުން ދިޔައެވެ. ‘މަންޒިލް’ ގޭ ބަދިގެ ތެރޭގައި ހުރި އިމްރާން ޖޫސް ފުޅިއަށް ކޮންމެވެސް އެއްޗެއް ފުނޑުފުނޑުކޮށް އަޅަމުން ދިޔައެވެ. ‘ރައިބީނާ’ ޖޫސް އެއީ ރީޝާ އެކަނި ބޯ އެއްޗެއްކަން އެއީ އިމްރާންއަށް އޮޅިފައިވީ ކަމެއް ނޫނެވެ. “އަހަރެން ދުނިޔެއަކަށް ފަލީހަތް ވާކަށް ނެތިން…” އަތް ފޮޅާލަމުން އިމްރާން ބުނެލިއެވެ. އޭރުވެސް އޭނާގެ ބޮލުގައި ތަކުރާރުވަމުން ދިޔައީ އެދުވަހު ރީޝާއާއި އެކު ދެކެވުނު ވާހަކައެވެ.

(34 ވަަނަ ބައި)

***އެދުވަހު ހެނދުނު***

ދުވަހަކީ ލީރާ ހުން އައިސްގެން އުޅުން ދުވަހެކެވެ. އަދި އެދުވަހަކީ ލަޝްކާއަށް 7 މަސް ފުރުން ދުވަސްވެސްމެއެވެ. އެހެންކަމުން އިމްރާން ދިޔައީ ލަޝްކާ ކިރަންށެވެ. “އަހަރެންގެ ރަޝާއަށް އިމްރާން ނުދިން ލޯތްބެއް ކީއްކުރަންތަ ލަޝްކާއަށް ތި ދެނީ؟” ފަހަތުން ރީޝާގެ އަޑު އިވުމާއި އެކު އިމްރާންގެ ރުޅިގަނޑު ކެކިގަތެވެ.

“ބަލަ ކަލޭ ކައިރީގަ މަށަކަށް ނުބުނެވޭތަ މަގޭ ހަޔާތުން ފެއްސިގެން ދާށެކޭ؟؟؟” ދަތްކުނޑިވިކައިލަމުން އިމްރާން އަހައިލިއެވެ. “ނޫން. ބުނި. މަލުގެ ފޮނިކޮޅު ބޯލާފަ އެއްލާލީ ދޯ؟ ތިއީ ކަލޭމެން ފިރިހެނުންގެ ފެންވަރަކީ. ޒުވާން އަންހެން ކުދިންގެ ކިބުރުވެރިކަން ނަގާލާފަ ދުވެ ފިލުން” ރީޝާގެ އަޑުގައިވީ މަލާމާތެވެ.

“އެހެންތަ؟ ރީޝާ ވަރަށް ރަނގަޅު ދޯ؟ ކަލެއަށް ތިހެން ބުނެވެން އޮންނާނީ މަ ކަލޭ ރޭޕް ކުރީ ނަމަ. މަ ކުރި ކަމެއް ކޮށްފަ އޮންނާނީ ކަލޭގެ ވެސް ރުހުމުގަ. ދެން މަގޭ މައްސަލައެއް ނޫން ދޯ ކަލޭ ބަނޑުބޮޑުވުންވެސް އެއީކީ؟ ގައިމު އަބަދު ދޭތެރެ ދޫ ކުރާ ބޭސް ގަނެދެން. ކަލޭ އަމިއްލައަށް ބުއި ބޮނޑިއެއް ތިއީ އެހެންވެ. އެހެން ނޫނަސް ކަލޭވެސް ތިއީ މިރަށަށް ނަން މަޝްހޫރު ބަޑިއެއް. ކިހިނެތް އެނގެނީ ރަޝާ އެއީ އެހެން މީހެއްގެ ދަރިއެއް ނޫން ކަމެއް؟” މިފަހަރު އިމްރާންވެސް ކޮށްލީ މަލާމާތެކެވެ.

“ހުއްޓާލާ!” ރީޝާގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ. “އިމްރާންއަށްވެސް އެނގޭނެ ތިއީކަން އަހަރެން ފުރަތަމަ ގުޅުން ހިންގި މީހަކީ” ރީޝާ ބުނެލިއެވެ. “މައްސަލައެއް ނެތް. އަހަރެން ކަލޭގެ ކިބުރުވެރިކަން ކަނޑާލީ މަ. އެކަމަކު ދެން ނުކުރާ ކަމެއް ކިހިނެތް އެނގެނީ؟”

“އަހަރެން އެއްބަސް ވާން… އަހަރެން މިއީ ބޮޑު ބަޑިއެއްކަން. މިރަށުގަ މަދު ވާނެ އަހަރެންގެ ބަރަހަނާ ފޮޓޯ ނުފެންނަ މީހެއް. ތިބުނީ ތެދެއް. އެކަމަކު، ރަޝާގެ ބައްޕައަކީ ތީ. އަހަރެން އިމްނާން ނޫން އެހެން އެއްވެސް މީހަކާއި އެކު ގުޅުން ހިންގާފައެއް ނޯންނާނެ. އެއީ ކީއްވެ؟ އަހަރެން އިމްރާންދެކެ ލޯބިވާތީ…” ރީޝާގެ އަޑު ކުރެހުނެވެ.

“އާޗާ. ލޯބިވާތީއޭ؟ ތިކަހަލަ ބަޑިންނަށްވެސް ލޯބިވާން އެނގޭތަ؟ ނޭނގޭނެ. އަމިއްލައަށް ތި ބުނެލީ ތިމާ މީހާގެ ފެންވަރު. މަ ނުވޭ ކަލޭދެކެ ލޯތްބެއް. ދުވަހަކުވެސް، ދުވަހަކުވެސް ނުވޭ. އަދި ދުވަހަކުވެސް ލޯތްބެއް ނުވާނަން” ކަޅި އަޅާލަމުން އިމްރާން ހިނގައިގަތެވެ. “އިމްރާން ހަނދާން ކުރާތި. މާދަމާ އަހަރެން ލީރާއަށް ހުރިހާ ވާހަކައެއް ކިޔާދޭނަން. މުޅި ރަށަށް އިމްރާން ފަލީހަތް ކުރާނަން. އޭގެ ކުރިން އިމްރާން ގޮތް ނިންމާ. މަށަށް ދެއަންބަށް އިންނާނީ ތޯ ނޫނީ އަދިވެސް ހަމަ ތިހެން ހުންނާނީތޯ. މިދިނީ 24 ގަޑި އިރު.”

ނަމަވެސް ޖެހިގެންއައި ދުވަހު އިމްރާން ތައްޔާރު ކުރި ‘ރައިބީނާ’ ޖޫސް ބޮއެ ރީޝާ ދިޔައީ ޝޮކަކަށެވެ. އެދުވަހުން ފެށިގެން އަދި އަދަށް ދާންދެންވެސް ރީޝާ އެއިންނަނީ އެއްފަޅި ވާވެފައެވެ…

***މިހާރު***

އިންތިޒާރުވަތީގައި އިން ލަޝްކާ އިނީ ގަބުވެފައެވެ. އޭނާގެ ދިރިއުޅުން އޭނާއަށް މިކުރީ ކޮންކަހަަލަ ސަމާސާއެއް ހެއްޔެވެ؟ މިކަމުން ދެން އޭނާ އަރައިގަންނާނީ ކިހިނެތް ހެއްޔެވެ؟ އެވަގުތު ލަޝްކާގެ ސިކުނޑީގައިވީ އެންމެ ސުވާލަކެވެ. އިމްރާންގެ ދެން ހުރި ދަރިފުޅަކީ ކާކު ހެއްޔެެވެ؟

އެވަގުތު އެތަނަށް ލީރާ އައެވެ. ލީރާ ފެނުމުން ލަޝްކާ ދުރުބަލާލިއެވެ. މަންމަ ނަމަވެސް ލަޝްކާއަށް މިހާރު އިތުބާރު ނުކުރެވެނީއެވެ. “ދަ… ދަރިފުޅާ… މަންމައަށް މަޢާފް ކުރޭ ދަރިފުޅާ…” ލީރާ ރޮމުން ރޮމުން ލަޝްކާ ކުރިމަތީގައި ކުޑަކަކޫ ޖެހިއެވެ.

“ދަރިފުޅާ… މަންމައަކަށް ނޭނގޭ… ދަރިފުޅަށް ބައްޕަ އެހެން ހަދާ ކަމެއް. މަންމަ ހީކުރީ ދަރިފުޅު އެހާ ބަސް މަދުވެ ދުރުވާން ފެށީ މަންމަގެ ބަލީގެ ސަބަބުން ދަރިފުޅަށް ދުރުވެވުނީމަ ކަމަށް.. އެކަމަކު.. ކަން މިވީ އެހެންނެއް ނޫން. މަންމައަށް މަޢާފް ކުރޭ ދަރިފުޅާ. ދެން ދުވަހަކުވެސް ދަރިފުޅަށް އެހެން ވިޔަކަ ނުދޭނަން…” ލީރާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

“ލަޝް… މަންމައަށް މަޢާފް ކުރޭ. މަންމަގެ ކުށެއް މިކަމަކު ނެތް. ދާއި މަންމައަށް ވާހަކަ ދައްކައިފިން” އެވަގުތު އެތަނަށް އައި ދާއިޔަލް ބުނެލިއެވެ. ލަޝްކާ އިސް ޖަހާލިއެވެ. އަދި ގޮނޑިން ތެދުވެ ލީރާގެ ހަށިގަނޑުގައި ބައްދާލިއެވެ. “މަންމަ މަތިން ވަރަށް ހަނދާންވި…” ލަޝްކާއަށް ބުނެވުނެވެ. އިތުބާރު ނުކުރެވުނަސް މަންމަދެކެ ލަޝްކާ ވަރަށް ލޯބިވެޔެވެ.

އިރުކޮޅަކު އެހެން އިނދެފައި ލީރާ ތެދުވިއެވެ. ލަޝްކާގެ އަތާއި ދާއިޔަލްގެ އަތް ގުޅުވާލިއެވެ. “ދެން އަވަހަށް ދެކުދިން ކައިވެނި ކުރަން އުޅޭ… ދެން އެންމެ އިންތިޒާރު ކުރެވެނީ އެދުވަހަށް” ކަރުނައިގެ ތެރެއިން ހީލަމުން ލީރާ ބުނެލިއެވެ. ލަޝްކާ ލަދުން އިސްޖަހާލިއެވެ.

“ދާއިޔަލް…” ލީރާ ދާއިޔަލްއާއި ދިމާލަށް ބަލައިލިއެވެ. ދާއިޔަލް މިހާރުވެސް މަންމައަށް ވުރެ ރަނގަޅަށް ލަޝް ރައްކާތެރި ކޮށްދީފި. ދެންވެސް އެކަން ކޮށްދެއްޗޭ… މިއީ މި މަންމަގެ ފުރާނަ” ލީރާ ބުނެލިއެވެ. “އަޅުގަނޑު ދިރި ހުރިހާ ދުހާކު ލަޝްކާ ހުންނާނީ ރައްކާތެރި ކަމާއި އެކު…” ދާއިޔަލް ޔަގީންކަން ދިނެވެ.

(ނުނިމޭ)

ތިރީސްފަސްވަނަބައިގެ ތެރެއިން:

“އިމްރާން؟؟ އިމްރާން!!” ޙިޔާލު ތަކުން އިމްރާންއަށް ނިކުމެވުނީ އެޒިކިއެލް ވާހަކަ ދައްކަން ފެށި އަޑަށެވެ. އިސްޖަހާލުމާއި އެކު އިމްރާންއަށް ފެނުނީ ބިޑި އަޅުވާފައި އިން އޭނާގެ ދެއަތެވެ. “ޝިޓް…” ދަތްކުނޑި ވިކައިލަމުން އިމްރާން ބުނެލިއެވެ. “ވާހަކަ ދައްކަން ތައްޔާރުތަ؟” އެޒިކިއެލް އަހައިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Sheex

    Wow v reethi MA
    So I rlly understand what imraan gave to reeshaa! hmmm!
    Lash just turned 18 and now getting married
    congrats 🎊
    CW4THENEXTP
    Tc

    1. shihaamaa ali
      Sheex

      jazaakallah khairan Sheex..
      hehe yesss.. detail koh ebai innaane next episode ga..
      hehe yess dhen they’ll get married tha..
      in sha allah next tmrw. tc🩶🫶🏻

  2. Your fav bab

    Somehow got myself Feeling bad for reeshaa!
    Yay now dhaaiyal is proved innocent dhw? Now waiting for imran to be proven guilty!
    Lash is so lucky to have dhaaiyal🍀 one of a kind almost never exist!
    Anyways mi part hama v.Furihama MA!
    Shierr wish me luck my inter handball tournament is rlly sooonn n I’m kinda freaked out😬
    LYSM n TC darling 💗

    1. shihaamaa ali
      Your fav bab

      Awhh i kinda feel bad for her tooooo😩
      Hehe yesyes dhaaiyal is innocent nowwww.. asluvess his love is unique 🥹🥹🥹
      Jazaakallah khairan Your fav bab.. 🩶🫶🏻
      Hehe good luck break a leg🥹🫶🏻
      Likewiseee🫶🏻🫶🏻

Comments are closed.