Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 23

Listen to this story Audio · 5:18 Powered by Esfiya Voice
0:00 5:18

~މިބައިން ފެށިގެން “ވިވިއަން” ގެ ނަން ވާނީ “ވިޝާޙާ” އަށް ބަދަލު ކުރެވިފައެވެ~

ނަމަވެސް ދާއިޔަލް މާ ހުޝިޔާރެވެ. އޭނާ ހުރީ ލަޝްކާގެ އެ އަމަލަށް ތައްޔާރު ވެގެންނެވެ. ލަޝްކާގެ އަތުގައި ހިފާ އޭނާއާއި ދިމާލަށް ގެނެސް ދުރަށް ނުދެވޭ ވަރަށް ބައްދާލިއެވެ. އަދި ލަޝްކާއާއި އެއްވަރަށް ތިރިވެލަމުން ލަޝްކާގެ ތުންފަތައް ބޮސް ދިނެވެ.

(26 ވަނަ ބައި)

ލާންޗުން ފޭބި ޒުވާން އަންހެން ކުއްޖާއާއި ދިމާލަށް މީހުންގެ ލޯތައް ހުއްޓެން ފެށިއެވެ. ފިޔާތޮށި ކުލައިގެ ޝޯލްއަކާއި އެކު ހުދު ކުލައިގެ އަބާޔާއެއް ލައިގެން ހުރި އަންހެން ކުއްޖާއަކީ ބަލާލަން ރީތި ކުއްޖެކެވެ. ކުޑަ ކުޑަ ދެލޮލެވެ. ބޮޑު ފިޔާތޮށި ކުލައިގެ ތުންފަތެވެ. ދިގު އެސްފިޔައެވެ. ހިތިފަތު ބުމައެވެ. މޫނުމަތީގައި އެއްވެސް މޭކަޕެއް ނެތުމުން ވަކިން ރީތި ކަމަށް ދައްކައެވެ.

ލޮލުގައި އިން އަވި އައިނު ނަގައިލަމުން ވިޝާޔާ ކުރިމަތީގައި ތިބި އޭނާގެ ލޯބިވާ މަންމައާއި ދޮންތައަށް ހިނިތުންވެލިއެވެ. އަދި ގޮސް ދެމީހުންގެ ހަށިގަނޑުގައި ވެސް ބައްދާލިއެވެ. އުމުރުން 18 އަހަރުގެ ވިޝާޔާއެއައީ މާލޭގައި ހުރެ އޭ ލެވެލް ކިޔަވާ ނިންމައިގެންނެވެ.

“އަޅޭ ކޮއްކޮ މަތިން ވަރަށް މިސްވި. ދެން ނުދާތި ހޫންންން” އަކުރު ތަކަށް ދަމާލަމުން ވިޝާޙާ ބުނެލިއެވެ. “ސާބަހޭ ދޮންތީ. އަދިވެސް ދޮންތި މާ ބޭބީ ދޯ ޝާޔާއަށް ވުރެން” ފިރާޝާގެ މޫނަށް ބަލައިލަމުން ވިޝާޔާ ބުނެލިއެވެ. “މަންމައަށް ވިޝާޔާ ވެސް ވިޝާޙާ ވެސް ބޭބީ. އެހެންނުން ވާނީ. ދެކުދިން ކުރެ އެކަކު ވެސް އަދިވެސް މީހަކާ އިންނަ ހިޔާލެއް ކުރީކީ ނޫން” ބޯހޫރުވާލަމުން ފަރީޝާ ބުނެލިއެވެ.

“ސާބަހޭ މަންމާ. އަދި ނެތެއްނުން މީހަކާ ނީނދެވިފައެއް. ކޮއްކޮ ދޯ ކުރިން އިންނަންވީ ވެސް. ކޮއްކޮއާއި ޝަރަފްއާއި އެކުގަ އުޅޭތާ ކޮން ދުހެއް މިހާރު” ވިޝާޔާގެ ބަނޑުގައި ކޮއްޓާލަމުން ވިޝާޙާ ބުނެލިއެވެ. “ހޫންންން. ހެވޭ. ދޮންތި ނުހޯދަންތަ ބިޓެއް؟” ވިޝާޙާ ހެދިހެން ވިޝާޔާގެ ބަނޑުގައި ކޮއްޓާލާމުން އަހައިލިއެވެ. އެއާއި އެކު ވީޝާޙާގެ ޙިޔާލަށް އައީ މީކައިލްއެވެ. ލަދުން އިސްޖަހާލެވުނީ އެހެން ވެގެންނެވެ.

“އޯހޯ އެބަ ގެންގުޅޭ ދޯ ބިޓެއް؟” ވިޝާޔާ ދިމާ ކުރާ ރާގެއްގައި އަހައިލިއެވެ. “ޗީޑީ. ނޫޅެން. ހިނގާ ދެން ގެޔަށް ދާން. ހުންނާނެ ސޮސެޖް ހަނާ ކޮށްފަ ރޮށި ފިހެފަ. ކޮއްކޮގެ ފޭވްވް” ވިޝާޔާގެ އަތުގައި އެލިގަންނަމުން ވިޝާޙާ އެތަނުން ހިނގައިގަތެވެ.

ގަބުވެފައި އިން ލީރާ ކައިރީގައި އިން އިމްރާން އިނީ ފޫހި ވެފައެވެ. އަތުގައި އޮތް ޕާރުސަލް ތަށީގެ މަތި ނަގާފައި އޭނާ ގެނައި ޕްލާސްޓިކް އޫ އޭގެ ތެރެޔަށް އިމްރާން ލިޔެވެ. “އަން. ދެން މި ކައި” ލީރާއާއި ދިމާލަށް ތަށި ދިއްކޮށްލަމުން އިމްރާން ބުނެލިއެވެ.

“އަހަރެން ބޭނުން ވަނީ ލަޝް… ލަޝް ގެނެސް ދީ…” ލީރާއަށް އަނެއްކާވެސް ރޮވުނެެވެ. “ކިހާ ދެރަކަމެއްތަ ލީރާ؟ ލީރާއަށް ހީވަނީތަ ލީރާ އެކަންޏޭ މިކަމުގަ ހިތާމަ ކުރަނީ؟ ބަލަ މަވެސް ކުރަމޭ. ލަޝްކާ ނެތީމަ އަހަރެންވެސް ދެރަވެޔޭ. އެއީ އޭ މަގޭ ހުރި ހަމަ އެކަނި ދަރިއަކީ. އެކަމަކު އޭގެ މާނައެއް ނޫން ދޯ އަމިއްލައަށް މަރުވާން އުޅޭށެކޭ. މަ މިހުންނަނީ ވަރަށް ލަދުން ލީރާއާއި ހުރެ” އިމްރާން ހިތްހަމަ ނުޖެހިފައި ބުންޏެވެ. “ދެރަ” ވާ ކަމަށް ހެދި ނަމަވެސް އެމޫނު މަތިން ފެންނަނީ ރުޅިވެރިކަމެވެ. ހަގީގަތުގައި ލަޝްކާ ނެތުމުން އޭނާ ދެރަވަނީ އޭނާގެ އެ ވަހުޝީ އެދުންތައް ނުފުދޭތީއެވެ.

“މަ ނުބުނަން އިމްރާން ދެރަނުވާނެ އެކޭ. އެކަމަކު އަހަރެން މިއީ ލަޝްކާގެ މައިމީހާއޭ. 9 މަހާ 9 ދުވަހު ލަޝްކާ އޮތީ އަހަރެންގެ ބަނޑުގައޭ. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދެވަނަ ދަރިފުޅު ގެއްލުނު ހެން ލަޝްކާ ވެސް ގެއްލޭކަށް… އަހަރެންގެ މައިލަގޮނޑިއަކަށް ކެތެއް ނުވާނެ” މޭގައި ފިރުމާލަމުން ލީރާ ބުންޏެވެ.

“ލީރާ ހާދަ އަމިއްލަ އެދުން ބޮޑޭ ދޯ؟ ލީރާ އެންމެ ފަހަރަކު ވެސް މަށާ މެދު ވިސްނާލިންތަ؟ އޭނ؟ ބަލަ ޑަކްޓަރު އެހެން ބުނެގެން މުޅި މީހާ ނަފްސާނީ ވާން ޖެހޭތަ؟ ބަލަ އެންމެ ފަހަރަކު ވެސް އަލުން ކުއްޖަކު ލިބޭތޯ އުޅުނިންތަ؟ ބަލަ 13 އަހަރުވީ އަހަރެމެން ދެމެދުގަ ދެމަފިރިކަމުގެ ގުޅުން ނުހިނގާތާ. ބަލަ މަގޭ ހިއްސުތައް އަދިވެސް ސަލާމަތުންނޭ ހުރީ” ކަޅި އަޅާލަމުން އިމްރާން އެތަނުން ނިކުތެވެ.

ނޭފަތް ދަމައިލަމުން ލީރާ އެ ޕާރުސަލް ތަށި ނެގިއެވެ. މަޑުމަޑުން އޭގައި ހުރި ނޫޑްލްސްތައް ކާން ފެށި އިރު ލީރާގެ ލޮލުން ފަހަރަކު ކަރުނަ ތިއްކެއް އަންނަމުން ދިޔައެވެ. “ލަޝް… ލަޝް ތިހުރީ ގަދަ ވެ ސަލާމަތުން ދޯ؟ ލަޝް… މަންމައަށް މަޢާފް ކުރޭ… މަންމަ ދެން ނުވާނެ އެހެންނެއް. މަންމަ ދަރިފުޅަށްޓަކާ ޑިޕްރެޝަންއިން އަރައިގަންނާން. މަންމަގެ ދަރިފުޅު މަންމަ ކައިރިއަށް އާދޭ…” ލީރާގެ އަޑުގައިވީ ވޭން އިވި ހިލަ ހިތެއްގެ ވެރިޔާގެ ހިތްވެސް ހަލާކު ވާނެކަން ކަށަވަރެވެ.

“ޓޮއް ޓޮއް”

“މިގަޑީ ކާކުބާ؟” އޭރު ގަޑިން 11 ޖަހަނީއެވެ. ޓީވީ ބަލަން އިން ރަޝާ ހައިރާންވީ އެހެން ވެގެންޏެވެ. އަތުގައި އޮތް އާފަލު ކަމުން ގޮސް ދޮރު ހުޅުވާލި އިރު ދޮރު ކުރިމަތީގައި ހުރި ދިޔާން ފެނި ނިތައް ރޫތައް ގިނަވިއެވެ. “ކީއްކުރަން މިތަނަށް ތިއައީ؟ މަށަކަށް ނޭނގެޔޭ ދާއިޔަލް ވީތަނެއް” ކަޅި އަޅާލަމުން ރަޝާ ބުންޏެވެ. “އަހަރެން މިއައީ ދާއިޔަލްގެ ވާހަކަ ދައްކާކައް ނޫނޭ” ރަޝާގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލަމުން ދިޔާން ބުނެލިއެވެ.

(ނުނިމޭ)

ހަތާވީސްވަނަބައިގެ ތެރެއިން:

“ހަލޯ؟ ދިޔާން. ދާއިޔަލް ވީތަން އެނގިއްޖެ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. Anonymous

    Getting more n more interesting
    Dhiyaan ekm dho..wife akaa baby eh huttaa argh! 😫

    1. shihaamaa ali
      Anonymous

      Jazaakallah khairan dearrr 🩶🫶🏻
      Happy your enjoying it🥹
      Asluvess dhww😔

  2. Nishu

    Omgg mihaaru mivaagoi vrh salhii i think dhiyaan rashaa ah😭 ekms lashka and dhaaial is so cute

    1. shihaamaa ali
      Nishu

      Jazaakallah khairan dearrr 🩶🫶🏻
      Happy your enjoying it🥹
      Yeaa dhiyaal seems to be interested in her😭😭
      Asluvess dhw lash and dhaaiyal so cute

  3. Jung_su_99

    Mi prt vs vrh reethi.
    When next??
    Lysm n tc ♡♡

    1. shihaamaa ali
      Jung_su_99

      Jazaakallah khairan dearrr 🩶🫶🏻
      In sha allah next vess hama tmrw nyt 7 ga.. will try my best hama 7 ga upload kollan
      Lyt and tc 2

  4. Sheex

    Wow haadha interesting part ehga ey miulhevenii vvv reethi MA
    WHATTTTTT DHIYAAN KEEHKURAN RASHAA MEHGEAH DHIYA EE ?
    Feels like a cheater but wife aka kid ehves hurey
    What is wrong with some mens
    Imraan hiy keehvetha haree ehaa!!!
    I feel bad for vishaahaa CUZ meekail lebeynekamugekuda umeedheh othee dhw?.
    CW4THENEXTP
    TC

    1. shihaamaa ali
      Sheex

      Hehe jazaakallah khairan dear 🩶🫶🏻 happy your loving the story..
      Next episode ga ingeyne hehe why dhiyaan went rashaa mn geah.. asluvess dhwww…
      Heeeeheeee let’s what happens between vishaahaa and meekail..
      In sha allah next episode maadhamaa rey.. tc 🫶🏻

  5. Miss rose

    Mi part ves varah reethi. Is that kureega imraan? Why would he chnage so much? Just bec he lose the baby? Dhiyaan dont u dare cheat on yooza . where is zaalaa ? Curiously waiting for next part???

    1. shihaamaa ali
      Miss rose

      jazaakallah khairan dear 🩶🫶🏻
      imraan change vyyy kyhve kan engeyne soon hehe.. will reveal his past sooon.. dhiyaan dhw😭 zaalaa mn dhn annaany in a while.. in sha allah next soon stay tuned

Comments are closed.