މާއިލްއާއި ވިޝާމް ލާރާ ގާތުގައި ކައިވެނި ކުރަން އަހާނެ ގޮތެއް ރާވާލިއެވެ. މާއިލް އިނީ ވަރަށް އުފާވެފައެވެ. އެކުވެރިޔާއަށްޓަކާ ވިޝާމް ވެސް އިނީ ވަރަށް އުފަލުންނެވެ. ނަމަވެސް އެމީހުންނަށް ނޭނގުނު ކަމަކީ އެމީހުންގެ ވާހަކަ ކަނުލާ އަޑުއަހަން މީހަކު ހުރިކަމެވެ. އޭނާގެ މޫނު މަތިން ފެންނަމުން ދިޔައި އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
[އައްސަލާމު އަލައިކުމް] ކެބިން އަށް ވަދެލަމުން ނޫރާ ސަލާމް ގޮވާލިއެވެ.
[ވާލައިކުމް ސަލާމް. ތިއީތޯ އަލައް ޖޮއިންވި ކުއްޖަކީ؟ މީ ލާރާ. ދެންމީ އީން. ދެން މީ ޒާރާ ދެން މީ އަލައިކާ] ލާރާ ކޮޅަށް ތެދުވެ އަމިއްލައަށް ތަޢާރަފް ވުމައްފަހު އެ ކެބިންގައި ތިބި އެންމެނާ ތަޢާރަފް ކޮށްދިނެވެ.
[އަސްލު އިނގޭތަ ވަރަށް ފައްކާ ދުވަސް ކޮޅަކު ތި ޖޮއިންވީ ވެސް. ބޮސް އެބަ ކިޔާ ހުރިހާ މުއައްޒަފުން އެއްކޮށް ދަތުރެއް ދިޔުމައް.] ނޫރާ އަހިސް ހަމަ ޖެހުމާއި އެކު އީން އަނގަތަޅަން ފެށިއެވެ.
[އެހެންތަ؟ ޔަހުޔާ ކާޅު ހިފާއެއްނުން މިއޮތީ އެހެންވެ؟ ހަހަ] ނޫރާ ބުނެލިއެވެ.
[ދެން އީންއަށްވެސް އަޅެ ސާބަސް. އަހަރެން އެބަ އަންނަން އިނގޭ މަންމަ ޑޮކްޓަރ އަށް ދައްކަންދާން ޖެހޭ އެބަ މިއަދު. އަންނާނަން މަންމަ ގޮވައިގެން ހޮސްޕިޓަލަށް ގޮއްސަ] ލާރާ މިހެން ބުނެ ނިކުމުގެން ދިޔައެވެ.
**********
[ނޫރާ.. މީތި ގެންގޮސް ޖެހިގެން އިން ކެބިންގެ ވިޝާމްއާއި ހަވާލު ކޮއްލަދީބަލަ] އީން ބުނެލިއެވެ. އަދަބު ވެރިކަމާއި އެކު ނޫރާ ލައްބައޭ ބުނެ އެފައިލް ހިފައިގެން ހިނގައިގަތެވެ.
**********
އޭ ތިގޮއި ވަރަށް ސަޅި. ސޯ އުޅޭ ފަށަމާ؟ މަހަމަ….] މާއިލްގެ ވާހަކަ ހުއްޓުނީ އަންހެން ކުއްޖެއްގެ އަޑު އިވުމުންނެވެ. މާއިލް ފަހަތައް އެނބުރި ބަލައިލިއެވެ. މާއިލްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
[މީ.. އީން ބުނެގެން ވިޝާމްއަށް މި ފައިލް ދޭން މިއައީ..] ނޫރާ ވަށްކަޅިން މާއިލްއަށް ބަލައިލަމުން ބުނެލިއެވެ.
[ޔެސް. ތީދޯ ނިއު ކުއްޖާއަކީ؟ ނޫރާ ރައިޓް؟] ވިޝާމް ބުނެލިއެވެ.
[ލައްބަ.] ތުއިގޮތަކަށް އެހެން ބުނެލަމުން ނޫރާ ނިކުމެގެން ދިޔައެވެ.
[އޯމައިގޯޑް ސެޓު ކުރާ ކަހަލަ ދޯ. ޝީ އިސް ސޯ ހޮޓް] ވިޝާމް މޭގައި އަތް ޖައްސާލަމުން ބުނެލިއެވެ.
[ބްރަހް ސީރިއަސްލީ؟ އެކާކު ކަން އެނގޭތަ؟ ސްކޫލް ދައުރުން ފެށިގެން މަށާހެދި ހޭބަލި ވެފަ އޭނަ އެހުންނަނީ. ދެރަ ކަމެއް އޭނަ މަންމަމެން އޭނަ ގޮވައިގެން މާލެ ޗޭންޖެވީމަ މަށަށް ނޭވާލެވޭ ވަރުވީ. ދަމުން ބުނި އަދި އަންނާނަމޭ މަ ހޯދާނަމޭ. ޔަގީން އެނޫން ދެވަނަ ބޭނުމަކު ނޫންކަން އެއީ. ދެންމެ މި ދެއްކި ވާހަކަ އޭނައަށް އިވިއްޖިއްޔާއޯ؟] ބޮލުގައި ޖަހަމުން މާއިލް ބުނެލިއެވެ.
[ހަމަޖެހިބަލަ ނޭނގެއެއްނުން އިވުނު ކަމެއް. އިންޝާ ﷲ ރަނގަޅުވާނެ.]
************
[ހެއީ. ދަތުރު ހަމަ ފައިނަލް ވެއްޖެދޯ. ދަންތަ؟] މާއިލް ލާރާއަށް މެސެޖް ކޮއްލިއެވެ. ދެމިނެޓެއް ހާއިރުފަހުން ލާރާ ރިޕްލައި ދިނެވެ.
[ލައްބަ ދެން ދާން ވާނެއްނުން. މިއައީ ޕެކް ކޮއް ނިންމާލާފަ. މިހާރު ދެންނިދަން މިއުޅެނީ.. މާއިލްވެސް ނިދަން އުޅޭދެން. އޭރުން މާދަމާ ހޭލެވޭނީ.] ލާރާގެ މެސެޖުގައި އިނެވެ.
[ހެހެ ލައްބަ. ގުޑްނައިޓް.] މާއިލް ބުނެލިއެވެ. ލާރާ ވެސް ގުޑް ނައިޓް މެސެޖްއެއް ފޮނުވުމުން މާއިލް ފޯނު ބާއްވާފައި ނިދަން އޮށޯތެވެ.
*********
[ލާރާ ކޮބާ ރެޑީތަ؟] މާއިލް ލާރާއަށް ގުޅާ އަހާލިއެވެ.
[ޔެސް މިނިކުންނަނީ ނައު. ހައު އެބައުޓް ޔޫ؟] ލާރާ އަހާލިއެވެ.
[މިހުރީ ތިގޭ މަގުމަތީގަ.. އާދޭ އައިލް ގިވް ޔޫ އަ ރައިޑް] މާއިލް ހެމުން ހެމުން ބުނެލިއެވެ.
[ހަހަހަ އޯކޭ މިދަނީ]
[ކޮބާ މިހާރު ކޮންބައެއް ނެތީ؟] ދޯންޔައް އެއްޗެހި އަރުވަން ހުރި އަލީމް އަހާލިއެވެ.
[ލާރާއާއި މާއިލް އެކަނި ނެތީ. ލާރާ ބުނި ދެމީހުން ސައިކްގަ އަންނަމޭ އެބަ] އަލައިކާ ބާރަކަށް އެހެން ބުނެލި އަޑު އިވުމުން ނޫރާގެ އަތް ދިޔައީ މުއްކެވިގެންނެވެ.
ހުރިހާ އެންމެން ދޯންޏައް އެރުމުން ނައްޓާލިއެވެ. ހުރިހާ މުއައްޒަފުން ނަށާ ލަވަކިޔަމުން ދިޔައެވެ. އިރު އިރު ކޮޅުން މާއިލް ލާރާއަށް ގޯނާއެއް ކޮއްލައެވެ. ލާރާ އަތުގައި ހިފައިގެން މާއިލް ނަށަންވެސް ނެށިއެވެ. މި މަންޒަރު ބަލަން ނޫރާ އިނީ ރުޅި އަހިސް ރަތް ވެފައެވެ.
3 ގަޑި އިރުގެ ދަތުރަކަށް ފަހު ދޯނި މަޑު ކޮއްލީ ޖޯލި ރިސޯޓަށެވެ. ދަތުރުގައި ބައިވެރިވީ 8 މީހުން ކަމުން ކޮންމެ މީހަކަށް ވަކިން ކޮޓަރި އެއްވަނީ ހަމަ ޖައްސައިދީފައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކޮޓަރިއަށް ގޮސް ފެންވަރާލައި ހަމަ ޖެހިލައިގެން ސައިބޯން ނިކުތެވެ. ސައިބޮއެގެން ލާރާ ގޮސް އޮށޯވެލީ ކައިރީގައި ހުރި ޕޫލް ކައިރި ހުރި ބެޑް ތަކުން ބެޑްއެއްގައެވެ.
[ވިއު ވަރަށް ރީތިދޯ އަސްލުވެސް؟] ފަހަތުން އިވުނީ މާއިލްގެ އަޑެވެ.
[ހަހަ ޔާ އަސްލުވެސް. އޯލްވޭސް ވޯންޓެޑް ޓު ކަމް ޓު އަ ރިސޯރޓް] ލާރާ ދެއަތް ފުޅާ ކޮއްލަމުން ބުނެލިއެވެ. ލާރާގެ އެ ހަރަކާތް ތަކައް ބަލަން މާއިލް ހުރީ އާޝޯޙުވެފައެވެ. ކޮންފަދަ މައުސޫމް ކަމެއް ހެއްޔެވެ؟ މިއަންހެން ކުއްޖާ ކުޑަ ދުވަސް ކޮޅެއްތެރޭގައު މާއިލްގެ ހިތް އެކު އެކީ ފަތަހަކޮއްލާފިއެވެ. އެވަގުތު މާއިލް އަޒުމް ކަނޑއެޅިއެވެ. ލާރާއަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދޭށެވެ. މާއިލް ބަލަން އިންގޮއި ފެނުމާއި އެކު ލާރާ ރަކި ވިއެވެ. ލާރާގެ ދޮން ކޯތާފަތް އެއްކޮއް ރަތް ވެގެން ދިޔައެވެ.
[އޯމައިގޯޑް ލާރާ ބްލަޝް ވީތަ؟ ހުވާ ވަރަށް ލޯބި ދުނިޔޭގެ ހުރިހާ ފިރިހެނުން ލާރާ ފެނި ފިދާވާނެ] މާއިލް އަށް ލާރާއަށް ތައުރީފު ނުކޮއްލާ ނުހުރެވުނެވެ.
ލާރާ މޫނުގައި އަތް އަޅަމުން ދާން އުޅުނެވެ. ނަމަވެސް މާއިލް ތެދުވެ ލާރާ އަތުގައި ހިފާދަމާލުމުން ލާރާ އަހިސް ޖެހުނީ މާއިލްގެ ތަނަވަސް މޭމަތީގައެވެ. ދެމީހުން ހަތަރު ކަޅި ހަމަވި ވަގުތު ލާރާގެ ހަށިގަނޑުގައި ވީ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. މާއިލްއަށް ހުރެވުނީ ލާރާގެ ފުން ދެލޮލަށް ޤަރަގުވެފައެވެ. މަޑު މަޑުން މާއިލްގެ އަތް ލާރާގެ އުނަގަނޑު ވަށާލިއެވެ. ލާރާ މާއިލްއާއި އިތުރަށް ގާއިތް ކޮއްލިއެވެ. ލާރާއަށް ވެސް މާއިލްގެ ކަނދުރާގައި އަތް ވަށާލެވުނެވެ. މާއިލްގެ ދެލޯ ސީދާވެފައި ހުރީ ލާރާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތަށެވެ. މާއިލް މަޑު މަޑުން ލާރާގެ މޫނާ ކައިރިވާން ފެށިއެވެ. މާއިލްގެ ހޫނޫ ނޭވާ މޫނުމައްޗައް އެޅުމުން ލާރާއަށް ބޭއިޙްތިޔާރުގައި ލޯމަރާލެވުނެވެ. މަޑު މަޑުން މާއިލް ލާރާގެ ތުންފަތައް ބޮސް ދިނެވެ. ލާރާވެސް ދިޔައީ މާއިލްގެ އެ ހަރަކާތުގައި ބައިވެރިވަމުނެވެ. ނޭވާ ހާސް ވުމުން މާއިލް މަޑުމަޑުން ދުރުވެލިއެވެ. ލާރާއަށް ކުރެވުނު ކަންތައް ރެއަކާލީދެނެވެ. މޫނުގައި އަތްއަޅަމުން ލަދުން ލާރާ ދުއްވައިގަތެވެ. ކޮޓަރިއަށް ވަދެ ދޮރުތަޅުލައި ދޮރުގަ ލެނގިލައިގެން ހުރި ލާރާގެ ހިތު ވިންދުވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. މަޑު މަޑުން ލާރާ ތުންފަތުގައި އަތް ޖައްސާލިއެވެ. ލާރާ ހީވަނީ ލަދުން ވިރިގެން ފައިބަފާނެހެންނެވެ. ނޭވާ ހަމަ އަކަށް އަޅާލަމުން ލާރާ ގޮސް އެނދުގައި އޮށޯތެވެ.
ރޭގަނޑުގެ ވަގުތެވެ. ހުރިހާ އެންމެން ތިބީ ބާބަކިއު އެއް ހަދާށެވެ. ލާރާ ހުރީ މެންދުރު ވީ ކަންތަކުން އަދިވެސް ލަދުންނެވެ. އެކަން އިނގޭތީ މާއިލް އިރު އިރުކޮޅާ ލާރާއަށް ޖެއްސުމެއް ކޮއްލައެވެ. މަންޒަރު ބަލަން ހުރި ނޫރާ ހުރީ ރުޅި އަހިސް ރަތް ވެފައެވެ. އެކަން މޫނު މަތިން ނުދެއްކުމަށް ނޫރާ ދިޔައީ ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުންނެވެ.
[ގާއިސް އައިހޭވް ސަމްތިންގެ ޓު އެނައުންސް] ވިޝާމްގެ އިޝާރާތާއި އެކު މާއިލް ގޮސް ބުނެލިއެވެ. މަންޒަރު ރައްކާ ކުރުމަށް ވިޝާމް ކެމެރާ ރެޑީ ކޮއްލިއެވެ.
[ދިސް އިސް މައި ފީލިންގްސް ފޯރ ދިސް ގާރލް. ހޫމް އައި ލަވް ވިތް އޯލް މައި ހާރޓް އެވާރ ސިންސްދަ ޑޭ އައި މެޓް ހާރ. ދަ ޑޭ އައި މެޓް ހާރ އައި ނީއު އައި މެޓް މައި އަދާ ހާރފް. އެންޑް އައި ކާންޓް ހޯލްޑް ދީސް ފީލިންގްސް ނޯމޯރ. އައި ރިއަލީ ކާންޓް ލިވް ވިތްއައުޓް ހާރ. ސޯ…] މާއިލް މަޑު މަޑުން ހިނގާލާފައި ގޮސް ލާރާގެ މަޑު އަތުގައި ހިފާލަމުން އެއްފައި މައްޗައް ތިރިވިއެވެ. ލާރާގެ ހިތު ވިންދު އަވަސް ވެލިއެވެ.
[ފާތިމަތު ލާރާ ރައްޒާގް.. ވިލް ޔޫ މެރީ މީ؟] ލާރާގެ އަތައް ބޮސް ދެމުން މާއިލް އަހާލީ ރިހި ކުލައިގެ ރީތި އަނގޮއްޓިއެއް ދިއްކޮއްލަމުނެވެ.
ލާރާއަށް އަނގަ މަތީގައި އަތް އަޅާލެވުން އިރު ލޮލުން ފޭދުނީ އުފާވެރިކަމުގެ ކަރުނައެވެ. އެވަގުތު އެންމެން ތިބެގެން [ސޭ ޔޭސް] އޭ ކިޔާ ހަޅޭ ލަވަން ފެށިއެވެ.
ލާރާ މާއިލް އާއި އެއް ވަރަށް ތިރިވެ އަތް ދިއްކޮއްލަމުން ބާރަކަށް [ޔޭސް] އޭ ބުނެލިއެވެ. އެވަގުތު މުޅިތަން އެއް އަޑު ވެގެން ދިޔައީ އެންމެންގެ އަތްތިލަބަޑީގެ އަޑުންނެވެ. މާއިލް ލާރާ އަތުގައި އަނގޮއްޓި އަޅުވާލަމުން ލާރާ އުރާލާފައި އެނބުރިލިއެވެ.
[އައި ލަވް ޔޫ ލާރާ..] މާއިލް ބުނެލިއެވެ.
[އައި ލަވް ޔޫ މޯރ] މޫނުގައި އަތް އަޅަމުން ލާރާ ބުނެލިއެވެ.
**********
ބާބަކިއު ނިންމާފައި އަހިސް ލާރާއާއި މާއިލް އޮތީ ގުޅައިގެންނެވެ.
[ލޯބީ ދަންތަ މައި އިރުކޮޅަކައް؟ ހަމަ ތި މޫނު ދެކޭ ހިތަ ވަނީ..] މާއިލް ބުނެލިއެވެ.
[ހެހެ ހޫމް ހަމަ އަންނަންވީ..] ލާރާ ބުނެލިއެވެ. މިދަނީއޭ ބުނެ މާއިލް ފޯނު ބޭއްވިއެވެ.
ލާރާ އެނދުން ތެދުވެ އަލަމާރި ކައިރީ ހުއްޓުނެވެ. އެވަގުތު މީހަކު ދޮރު ހުޅުވާލިއެވެ. އިއަރ ޕޮޑްސް ޖަހައިގެން ހުރުމުން މީހަކު ވައިން ކަމެއް ލާރާއަކަށް ނޭނގެއެވެ. އޭނަ އެތެރެއަށް ވަދެ ދޮރު ތަޅުލިއެވެ. އަދި ޖީބުގައި އޮތް ވަޅި ނެގިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







really nice!
aneh episode ah inthizaaru kuraanan!:)
Jazaaallah, Thankiuu އެލީން
Sorry for late reply i was rlly busy the past few days..
Prt 4 is out now go read it hope to see a comment of urs there too<3
bed thakun bed ehh nuuunnnn..Ekmm nicee<33