Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ލެއިން ކަޅިވެފާ

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
February 21, 2024 6 Mins Read
0 Comments

ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. ގަޑިން 1 ވެސް ޖަހައިފިއެވެ. ހުރިހާ އެންމެން އަރާމު ނިދިން ނިދާފައި ވީއިރު އައިނާ އިނީ ބަނދަރު މަތީގައި މީނީ ކީއްކުރަން ބާއެވެ؟ އައިނާ މުޅި ހަށިގަނޑުގައި ވަނި ލެޔެވެ. އައިނާ މޫނު މަތީގައިވީ މަސްހުނި އިހުސާސް ތަކެކެވެ. ރުޅިވެރިކަމާއި އުފާވެރިކަމެވެ. “އެމީހުން” މިއަދު އެކަމާ ރުޔެވެ. މަޢާފަށް އެދުނެވެ. ނަމަވެސް އައިނާ ރޮއެ ހޭރުނުނު ހިރު ހުނީ ވެސް ހަމަ “އެމީހުން” ނެވެ. އެހެންވެ މިއަދު އައިނާ އެމިހުންނަށް ހަމްދަރުދީ ވާންވީ ކީއްވެގެން ހެއްޔެވެ؟

“އައިނާ.. ހަމަ މިހާރު ތެދުވޭ ސުކޫލަށް ދާން. އެޔޮއް ގަޑި ޖެހުނީއޭ. މިދެން ކިހާ ބޮޑު ނޮހޮރޮއްޕާނެއް”.
އައިނާއަށް ހޭލެވުނީ އައިނާގެ މަންމަ ފާތުން އަހިސް އައިނާ އަތުގައި ހިފާ ދަމައިގަތީމައެވެ. އައިނާ އަދަބުވެރިކަމާއިއެކު ގޮސް ފާހަނައަށް ވަނެވެ. ސުކޫލަށް ދާން ރެޑީވެގެން ގޮސް ސައިބޯން އިށީނެވެ.

“ކީއްތިކުރަނީ؟ ސައިބޯނެ ކަމެއްނެތް. ހަމަ މިހާރު ދޭ ސުކޫލަށް.” ފާތުން ހަޅޭލަވައިގަތެވެ.

ގެއިން ނުކުމެގެން ދިޔައިރު އައިނާގެ ކުޑަ ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. އައިނާ އަކީ އުފެދުމުގައިވެސް ނުކުޅެދުން ތެރިކަން ހުރިކުއްޖެކެވެ. ހިނގުމުގައި އައިބު ގޮތެއް ހުންނަ އަދި “ކަލާ ބްލައިންޑްނެސް” ހުންނަ ކުއްޖެކެވެ. އައިނާއަކީ ބަލައިލަން ރީތި ކުއްޖެކެވެ. އައިނާއަށް ލިބިފައި ވަނީ ފާތުންގެ ރީތި ކަމެވެ. ހަމަ އެދޮން ވަށް މޫނެވެ. އެ ކުޑަ ލޮލެވެ. އައިނާގެ ރީތިކަން ފެނި ފާތުން އައިނާ ދެކެ ވަރަށް ލޯބިވިއެވެ. ނަމަވެސް އައިނާގެ ހުރި ނުކުޅެދުން ތެރިކަން އެނގުމުން އައިނާ ދެކެ ފާތުން ފޫހިވީއެވެ. އައިނާ ދުނިޔެއަށް އުފަންވިތާ 2 ހަފްތާ ތެރޭ އައިނާގެ ބައްޕަ ޝައިމް ނިޔާވިއެވެ. އެކަމުގެ ތުހުމަތު ވެސް ފާތުން އެޅުވީ ތުއްތު އައިނާގެ ބޮލުގައެވެ. ފާތުންގެ ހަޔާތް ބަރުބާދު ކޮއްލި ކުއްޖެއްގެ ގޮތުގައި ފާތުން އައިނާ ދެކުނެވެ. އެންމެ ތުއްތު އިރުވެސް ހުސް ބަނޑާ ކިތަންމެ އަރަކު ބާއްވައެވެ. މައިވަންތަކަމުގެ ކުލުނެއް އެއްވިސް ވަރަކަށް ފާތުން ގެ ހިތުގައި ނެތެވެ. ސުކޫލު ދައުރު ވެސް ވެގެން ދަނީ އައިނާއަށް ހިތި ތަޖުރިބާއަކަށެވެ. އައިނާގެ ހުރި ނުކުޅެދުން ތެރިކަމުގެ ސަބަބުން އައިނާ ބުލީގެ ޝިކާރައަކަށް ވެގެން ދިޔައެވެ.

ހިޔާލު ތަކާއި ފިކުރު ތަކަށް ގެއްލިފައިވާ އައިނާއަށް އެހިޔާލުން ނިކުމެވުނީ ފަހަތުން އަހިސް މީހަކު އައިނާ ބުރަކަށީގައި ކޮޅުފައިން ޖެހުމުންނެވެ.

“އާހް..” އައިނާއަށް ބާރަކަށް ހަޅޭލަވައިގަނެވުނެވެ.

”ކޮން ހަޅޭއެއް ތިލަވަނީ؟ ހަހަ ކަލޭ ތިހެން އޮވެގެން ކިތޭ ބާރަކަށް ހަޅޭލެވިޔަސް ކަލޭ ސަލާމައިތް ކޮއްދޭކަށް އެކަކުވެސް ނާންނާނެ. ހަހަ” ނިހާ ބުނެލިއެވެ.

ނިހާއާއި އެއްބައިވެ، އީޝަލް، ޔޫނާ އަދި ފައިސަލް ވެސް ނިހާއާއި އެކު ހީގަތެވެ. އައިނާއަށް ރޮއިގަނެވުނެވެ. ނިހާގެ އިށާރާތާއި އެކު އައިނާ އަނގައިގައި ފޮތިގަނޑެއް އެއްސުމަށް ފަހު ފައިސަލް އައިނާ ގެންގޮސް ވެއްދީ ސްކޫލް ގުދަނަށެވެ.

“ކީއްވެ އަހަންނަށް ތިހެން ތިހަދަނީ؟ އަޅެ ހެޔޮނުވާނެ އަހަންނަށް ތިހެން ނަހަދާ” އައިނާ ރޮމުން ގިސްލެވޭ ހާލުގައި ބުނެލިއެވެ.

“ކީއްވެ ނަހަދަންވީ؟ މަށަށް އެބަ އިނގޭ ކަލޭއަށް މަ ކޮންމެ ކަމެއް ކުރިޔަސް ވެސް އަޅާލާނެ އެކަކުވެސް ނުވާނެކަން”. ނުލަފާ ހިނިތުން ވުމަކާއިއެކު ޔޫނާ ބުނެލިއެވެ.

އީޝަލް މި މަންޒަރު ބަލަން ހުރެފައި ގޮސް ދަގަނޑު ގަނޑެއް ހޫނުކޮށް ގެނެސް އައިނާ ގައިގައި ޖެއްސިއެވެ. އައިނާ ރޮމުން އެހެން ނުހެދުމަށް ކީވަރަކަށް އެމީހުންނަށް އެކަންވީ މަޖަލެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް އެއިން އެކަކުގެ ހިތުގައިވެސް ނެތެވެ. އައިނާ ގައިގެ އެތަން މިތާ އެ ދަގަނޑުގަނޑު ޖެއްސުމައްފަހު ހިޔްހަމަ ޖެހޭ ވަރު ވުމުން އައިނާ އޮތް ހާލަށް ދޫކޮއްލާފައި ހަތަރު މީހުން އެތަނުން ނިކުމެގެން ދިޔައެވެ.

ހަވީރުގެ ވަގުތެވެ. އައިނާ ޑިއުޓީ ނިންމާފައި ދިޔައީ އަތިރި މައްޗަށެވެ. އައިނާގެ ދިރިއުޅުމާއި ދޭތެރޭގައި ވިސްނާލުމުން އައިނާގެ ލޮލުން ކަރުނަ ނިރާލިއެވެ. އައިނާ އަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟ 6 ފަރާތުގައި ވެސްވީ ހިތާމައެވެ. އުފާވެރިކަމެއް އައިނާގެ ތަގުދީރުގައި ނެތީ ހެއްޔެވެ؟ ސުކޫލް ދައުރު ނިމުނު ފަހުން ސްކޫލުން ލިބެމުން ދިޔަ އަނިޔާ ތަކުން އައިނާ ސަލާމަތްވިއެވެ. ނަމަވެސް އަދިވެސް މަންމަގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތައް ދިޔައީ ލިބެމުންވެ. މަންމަގެ ލޯތްބަށް އައިނާ ފެންބޮވައިގަންފައި ވާތާ މިހާރު ކޮން ދުވަހެއްޔެވެ؟ މިހާރު އައިނާގެ އުމުރުން 19 އަހަރު ވެއްޖެއެވެ. މިހާރު އައިނާ އަކީ ރަށު ސުކޫލުގައި މަސެއްކަތް ކުރަމުންދާ ހީވާގީ ޓީޗަރެކެވެ. އަދިވެސް އައިނާގެ ހަށިގަނޑުގައި އެ ލަކުނުތައް އެބަ ހުއްޓެވެ. ލައިގެން އިން ހެދުމުގެ އަތުކުރި ކުޑަ ކޮށް އޮޅާލާފައި އަތައް އައިނާ ބަލައިލިއެވެ. އުފަން މަންމަގެ ފަރާތުންނާއި، ސްކޫލުން ލިބިފައިވީ އަނިޔާ މިހުރީ އަދިވެސް ފެންނާށެވެ. އެ ވަގުތު އައިނާގެ ހިތުގައިވީ ހިތާމަ ރުޅިވެރިކަމަށް ބަދަލުވިއެވެ. ދެއަތް މުއްކަވާލެވުން އިރު ދަތްކުނޑި ވިކާލެވުނެވެ. އައިނާ އިންތަނުން ތެދުވެ ބާރަކަށް ހިނގައިގަތެވެ. އައިނާ މިދަނީ ކީއްކުރަން ބާއެވެ؟

ގަޑިން ރޭގަނޑު 8 ޖެހީއެވެ. އައިނާ ލޯގަނޑު ކުރިމަތީގައި އިނީ މޭކަޕް ކުރާށެވެ. ހުދުކުލައިގެ [ބަޓަފްލައި] ހެދުމެއްގައި އިން އިރު އައިނާގެ ރީތިކަން ވަނީ އެތައް ގުނަޔަކައް އިތުރުވެފައެވެ. ލޭރަތް ކުލަ ޖައްސާލުމައްފަހު “ޕްރިޓީ ގާރލް” ސެންޓުފުޅި ނަގާ ސެންޓު ޖަހާލިއެވެ. އައިނާގެ ތުންފަތުގައިވީ ނުލަފާ ހިނިތުންވުމެކެވެ. މިއަދު މިއީ އައިނާގެ ދުވަހެވެ. ހިތާހިތުން އައިނާބުނެލިއެވެ.

އައިނާ މަޑުމަޑުން ހިނގާލާފައި ގޮސް ފާތުންގެ ކޮޓަރިއަށް ވަނެވެ. އައިނާގެ އަތުގައި ބިއްލޫރި ކޯކު ފުޅިއެއް އޮތެވެ. އައިނާ ހިނިތުން ވެލާފައި އެތެރެއަށް ވަދެ ދޮރު ތަޅުލިއެވެ.

[ކަލޭ ކޮންގަނޑެއް ތިގަންނަނީ” ހިތްހަމަ ނުޖެހިފައި ފާތުން ބުނެލިއެވެ.

[މަންމައާއި ވާހަކައެ އް ދައްކާލަން މިއައީ.” ފާތުން އަތައް އެއް ކޯކު ފުޅިދެމުން އައިނާ ބުނެލިއެވެ.

އެއްވިސް އެއްޗެއް ނުބުނެ އައިނާ ދިން ކޯކު ފުޅީގައި ހިފާ ފާތުން ބޯން ފެށިއެވެ.

[މަންމަ ކީއްވެ އަހަރެންދެކެ ތިހާ ފޫހިވަނީ؟] އައިނާ އަހައިލިއެވެ.

“ބުނަންވީތަ؟ ކަލެއަށް އަޑު އަހަން ކެރޭނެތަ؟”

އައިނާ ބޯ ޖަހާލުމުން ފާތުން ވާހަކަ ދައްކަންފެށިއެވެ.

[ކަލޭ ބައްޕައާއި އަހަރެންގެ ކައިވެންޔަކީ އަހަރެންގެ ނުގަބޫލުގައި ކުރެވުނު ކައިވެންޏެއް. ކަލޭ ކާފަ ބޭނުންވީ އަވަހަށް އަހަރެން މީހަކާ އިންނަން. ކަލޭ ބައްޕައާއި އަހަރެން ކައިވެނި ކުރި އަހަރެންގެ އުމުރުން އެންމެ 18  އަހަރު. ކައިވެނި ކޮއްފަ އަހަރު ނުވޭ އަހަރެން ކަލެއަށް ބަލިވެ އިން އިރު. ކަލޭ ބައްޕަ ބޭނުންވީ އަވަހަށް ކުއްޖަކު ހޯދަން. އަހަރެން އުޅުނީ ދަރި ވައްޓާލަން. ކަލޭ ބައްޕައާއިހުރެ  އެކަން ނުވީ. މަގޭ އުމުރުން  އެންމެ 19  އަހަރު ކަލޭ ވިހޭ އިރު. ކަލޭ ވެސް ވީ ނުކުޅެދޭ އެއްޗަކަށް. މަބުނިން ކަލޭ ބައްޕަ ކައިރީ ކަލޭ ވިއްކާލަންވެސް، އެކަމަކު ކަލޭ ބައްޕަ ހުރީ ކަލެއާއި ހެދި ލޯބިން ފައިދަށައް ވެއްޓިފަ. އެންމެ ފަހުން ކަލޭ ބައްޕަ ވެސް މަގޭ ބޮލަށް ކަލޭ ޖަހާފަ މަރުވެގެން އެދިޔައީ. މަރުވި ފަހުން މަށަށް އެނގުނީ ކަލޭ ބައްޕަ މަށާ އިންއިރުވެސް ކެންސަރު ހުރޭކަން. މާދަމާވެސް މަރުވެދާނެކަން އެނގި ހުރެ ކަލޭ މަގޭ ބޮލަށް ޖަހާފަ އެދިޔައީ. މަށަށް ހުރިހާ ނޮހޮރޮއްޕާނެއް. މަ މިއޮއް ރީތި މީހާއަށް ކަލޭއާއި ކަލޭ ބައްޕަގެ ސަބަބުން ކިހާބޮޑު ވަބާއެއް މި ޖެހުނީ؟ މީދެން އަޅެ ކިހާ ބޮޑު…]

ފާތުންގެ ވާހަކަ ހުއްޓުނީ އައިނާ އަތުގައި އޮތް ކޯކު ފުޅިން ފާތުން ބޮލުގައި ޖެހުމުންނެވެ. ވަގުތުން ފުޅި ތަޅައިގެން ގޮސް މުޅިތަނަށް ބިއްލޫރިތައް ބުރައިގެން ދިޔައެވެ.

“[ކަލޭ މޮޔަވީތަ؟” ފާތުން ހަޅޭ ލަވައިގަތެވެ

އައިނާ އަނެއްކާވެސް ފާތުން ބޮލުގައި ޖެހި އެވެ.

[ޝުކުރިއްޔާ މަންމާ. އެއްވެސް ކުށަކާނުލާ އަހަންނަށް ތިކުރާ އަނިޔާއަށް ޝުކުރިއްޔާ މަންމާ.” މިހެން ބުނެ އައިނާ ޖީބުގައި އޮތް ކުޑަ ވަޅި ނެގިއެވެ. ފާތުން ދެލޯ ބޮޑުވިއެވެ.

[ނޫން ނޫން. ހެޔޮނުވާނެ މަންމަ މަރާ ނުލާތި. ދެންމަންމަ ދަރިފުޅަކަށް އަނިޔާއެއް ނުކުރާނަން. ދަރިފުޅާ ހެޔޮނުވާނެ މަންމައަށް މަޢާފް..” ފާތުންގެ ވާހަކަ ހުއްޓުނީ އައިނާ ފާތުންގެ ބަނޑަށް ވަޅި ހަރާލުމުންނެވެ.

[ ގަރަގު ވާން ފެށީމަ ފިރުޢައުނު ވެސް ޝަހާދަތްކީ…” މިހެން ބުނެ އަޑުން އަޑު ނަގާ ހަޅޭ ލަވައިގަންފަ އައިނާ ވަޅި ނެރުނެވެ. އަދި ތިންހަތަރު ފަހަރު ފާތުން ބަނޑަށް ވަޅި ހަރާލާފައި ފާތުން ބާއްވާފައި އައިނާ ކޮޓަރިން ނުކުތެވެ.

[ހެޕީ ބާރތްޑޭ ޓޫޔޫ. ހެޕީ ބާރތްޑޭ ޓޫޔޫ. ހޭޕީ ބާރތްޑޭ ޑިއަރ ނިހާ. ހެޕީ ބާރތްޑޭ ޓޫޔޫ.] އެއް އަޑުން ޔޫނާ، އީޝަލް އަދި ފައިސަލް ނިހާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔެވެ. 12 ޖެހި އިރު އެންމެން ތިބީ ނިހާގެ ގޭގައި ނިހާގެ އުފަންދުވަސް ފާހަގަ ކުރުމަށެވެ. ކޭކުފަޅާ ކޭކު ކެއުމައިގެން ކުރިއަށް ދަނިކޮށް ކުއްލިއަކަށް ކަރަންޓު ދިޔައެވެ.

[ޕިސް މިދެން ކަރަންޓުދާން ކޮންގަޑިއެއްތަ؟] ޔޫނާ ބުނެލިއެވެ.

ކަންދިމާ ކުރިގޮތުން އޭރު އެކަކު އަތުގައިވެސް ފޯނެއްނެތެވެ. ފޯނެއް އަތުގައި ޖެހޭތޯ އުޅެނިކޮށް އިވުނީ ނިހާގެ ވޭނީ ހަޅޭކުގެ އަޑެވެ.

[ނިހާ؟ ކިހިނެތް ވީ؟] އެންމެން އެއްކޮއް ކަހަލަ ގޮތަކަށް ހާސް ވެފައި އަހާލިއެވެ.

ނިހާއާއި ހިސާބައްދެވޭތޯ އުޅެނިކޮއް ދެން އިވުނީ ޔޫނާގެ ވޭނީ ހަޅޭކުގެ އަޑެވެ. ދެން އިވުނީ ފައިސަލް ހަޅޭ ލަވައިގަން އަޑެވެ. އެއަށްފަހު ދެން އިވުނީ އީޝަލް ހަޅޭލަވައިގަން އަޑެވެ. މިވަނީ ކިހިނެތް ބާއެވެ؟

ކުއްލިއަކަށް ކަރަންޓުއައެވެ. ލެއިން ކަޅިވެފައި ހުރި އައިނާ ހުރީ އެންމެނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ކޮންމެ މީހެއްގެ ބަނޑަށް އައިނާ ވަނީ ވަޅި ހަރާލާފައެވެ. އައިނާ ހަތަރު މީހުންގެ އަތްފައި ބަނދެ ސޯފައިގައި ބޭންދިއެވެ. އަދި އެންމެންގެ ބަނޑަށް ހަރާލާފައި އޮތް ވަޅި ނެގިއެވެ. މުޅި ކޮޓަރި ތެރެ އެއް އަޑު ވެގެންދިޔައީ ހަތަރު މީހުންގެ ވޭނީ ހަޅޭކުގެ އަޑުންނެވެ. އައިނާ އަތުގައި އޮތް ދަގަނޑު ގަނޑު ހިފައިގެން އައިނާ ބަދިގެއަށް ވަދެ ދަނގަނޑު ގަނޑޫ ހޫނު ކޮއްގެން ނުކުތެވެ. ހަތަރު މީހުންގެ ގައިގައިވެސް އައިނާ އޭގެން ޖެއްސިއެވެ.

[މިހާރު އެބަ އެނގެއެއްނުން ހޫނު ދަނގަނޑު ގަނޑެއް ޖައްސާއިރު މީހަކު ތެޅޭނެ ވަރު. ކަލޭމެން ކޮންމެ ދުހާކު މަށަށް މިހާލު ޖެއްސީ މަގޭ ކޮން ކުށެއް އޮވެގެން؟ އަހަރެން ނުކުޅެދޭ ކުއްޖަކަށްވީމަ ތަ؟ އެކަމަކު އެކަމުގަ އަހަރެންގެ ކޮން ކުށެއް އޮތީ؟] ރޮމުން ރޮމުން އައިނާ ބުނެލިއެވެ.

[އައިނާ ހެޔޮނުވާނެ. އަހަރެމެންނަށް ތިހެން ނަހަދާ. ދެން ދުހާކުވެސް އެކަހަލަ ކަމެއް ނުކުރާނަން. އިނގޭ މަޢާފް ކުރަން އުނދަގޫ ވާނެކަންވެސް. އެކަމަކު ވެސް އެއްފަހަރަކަށްޓަކާ ނަމަވެސް އަހަރެމެންނަށް މަޢާފު ކުރޭ..] ރޮމުން ރޮމުން ނިހާ މަޢާފަށް އެދުނެވެ. ނިހާ އާއި އެކު ދެންތިބި މީހުންވެސް މަޢާފަށް އެދުނެވެ. ނަމަވެސް އައިނާ އަޅައެއްނުލައެވެ. އައިނާ އެހެން ނެހެދުމަށް ރޮއެ އާދޭސް ކުރި އިރު އެމީހުންވެސް އަޅައެއް ނުލިއެއްނުންހެއްޔެވެ؟ ވަޅި ނަގާ އައިނާ ގޮސް ނިހާގެ ކަރަށް ވަޅި ހަރާލިއެވެ. ޔޫނާ، އީޝަލް އަދި ފައިސަލް ސަލާމަތް ވެވޭތޯ އުޅުނެވެ. ނަމަވެސް އައިނާ އެގެއިން ނުކުތީ އެތިން މީހުން ގަޔަށްވެސް ވަޅި ހަރާލާފައެވެ.

[މިހާރު ގަޑިން އެކެއްވެސް ޖަހައިފިއެވެ. ބަނދަރުމަތީގައި އައިނާ އިނީ ލެއިން ތަތްތެޅިފައެވެ. އެދުވަހު އަނިޔާ ނުކުރުމަށް ކުރި އާދޭސްވީ މަންމައަށް ލިބުނު ހިތްވަރަކަށެވެ. އައިނާ ރުއި ރުއިން ނިހާ، އީޝަލް ޔޫނާ އަދި ފައިސަލްއަށްވީ މަޖަލެވެ. އެދުވަހު އައިނާ ރުއި ރުއިން މިއަދު އެމީހުން އެރުއީ އައިނާ ކުރިމަތީގައެވެ. ލެއިން ކަޅިވިފައިވާ ޙާލު އައިނާ ދޫކޮށްލީ އައިނާ ނުކުޅެދޭ ކުއްޖަކަށް ވީމަ ހެއްޔެވެ؟ އައިނާ ހިނިތުން ވެލާފައި އަތުގައި އޮތް ވަޅިއަށް ބަލައިލިއެވެ. އައިނާ ބޭނުން ކުރި ހަތިޔާރަކީ މިއީއެވެ. މަޑުމަޑުން ތެދުވެގެން އައިނާ ހިނގައިގަތެވެ.

[އައްސަލާމް އަލައިކުމް] ޕޮލިސް ސްޓޭޝަނަށް ވަދެ އައިނާ ހިނިތުން ވެލާފައި ސަލާމް ގޮވާލިއެވެ.

ލެއިން ތަތްތެޅިފައި ހުރި އައިނާ ފެނި ހުރިހާ ފުލުހުންގެ ނަޒަރު އައިނާއަށް ހުއްޓުނެވެ.

ޕޮލިސް އިންވެސްޓިގޭޓާރ މާއިންއާއި އެކު އައިނާ އިނީ ތަހުގީގު ކުރާ ކޮޓަރިތެރޭގައެވެ. ކަން ހިނގާ ދިޔަ ގޮތް އައިނާ މާއިންއަށް ކިޔައިދިނެވެ. ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން އައިނާ ބޭނުން ކުރި ވަޅި ޖީބުން ނަގާ މޭޒު މަތީގައި ބޭވިއެވެ.

[ދެން ކީއްވެ ކުރިން މައްސަލަ ނުޖެއްސީ؟ ކޮބާ ހެކި؟] މާއިން އަހާލިއެވެ.

[އަންހެން ފުލުހަކާއެކީ ވަކިން ކޮޓަރިއަކަށް ދެވިދާނެތޯ؟] ހިނިތުން ވެލާފައި އައިނާ ބުނެލިއެވެ. މާއިން ޕްލިސް މައިލާއަށް ގުޅާ އައިނާ އާއި އެކު ކުޑަ ކޮޓަރިއަކަށް ދިޔައެވެ.

]ހެކިތަ ބޭނުންވަނީ؟] އައިނާ މިހެން ބުނެ ލައިގެން ހުރި އަންނައުނުން މިނިވަން ވިއެވެ. މައިލާއަށް އެނބުރެވުނީ އަނެއް ފަރާތަށެވެ.

[ތީހުސް އެމީހުން ކުރި ކަންތައްތަ؟] މައިލާ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. އައިނާ އާއެކޭ ބުނުމުން މައިލާއަށް ގޮސް އައިނާ ގައިގައި ބައްދާލެވުނެވެ. އުމުރުގައި ފުރަތަމަ ފަހަރަށް މީހެއްގެ އަތުން ފިރުމުން ލިބުމުން އައިނާއަށް ވެސް ރޮވުނެވެ. އެކަމަށް އައިނާ ބޭނުންވެފަ ހުންނަތާ މިހާރު ކޮންދުހެއް ހެއްޔެވެ؟

ޖަލުގެ ކުޑަ ގޮޅި ތެރޭގައި އައިނާގެ މޫނު މަތީގައި ވީ ލުއި ހިނިތުން ވުމެކެވެ. އައިނާގެ ހަށިގަނޑުގައިވީ އަނިޔާތައް ފެނުމުން އައިނާއަށް އައި ހުކުމް ލުއި ކޮއްދިނެވެ. އައިނާ މިއަދު އިނީ ވަރަށް އުފަލުންނެވެ. ދެން ޖަލުން ނިކުމެ އައިނާ އުޅޭނީ އުފަލުގައެވެ. އެއްވިސް ބިރެއް ނެތެވެ. ނަމަވެސް އެހަނދާންތަކާއި ދުރަށް ދިޔުމަކީ އައިނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. މިއީ އައިނާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކައެވެ.

(ނިމުނީ)

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 9

Next

ކުށަކީ ކޮބާ – 3

Next
February 21, 2024

ކުށަކީ ކޮބާ – 3

Previews
February 21, 2024

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 9



All Right Reserved!