ލާރާ އެނދުން ތެދުވެ އަލަމާރި ކައިރީ ހުއްޓުނެވެ. އެވަގުތު މީހަކު ދޮރު ހުޅުވާލިއެވެ. އިއަރ ޕޮޑްސް ޖަހައިގެން ހުރުމުން މީހަކު ވައިން ކަމެއް ލާރާއަކަށް ނޭނގެއެވެ. އޭނަ އެތެރެއަށް ވަދެ ދޮރު ތަޅުލިއެވެ. އަދި ޖީބުގައި އޮތް ވަޅި ނެގިއެވެ.
ކަޅު ކުލައިގެ ލޭސް ފޮތީގެ އަބާޔާއެއް ނަގާ ފަހަތައް އެނބުރުނު ލާރާ ދިޔައީ ސިއްސައިގެނެވެ. ދޮރު ކުރިމަތީގައި ކަޅު ކުލައިގެ ހޫޑީ އަކާއި ކަޅު ކުލައިގެ ޖިންސް އެއް ލައިގެން މޫނު މަތީގައި މާސްކެއް އަޅައިގެން ހުރީ ކާކުކަމެއް ބުނަން ދައްޗެވެ. އޭނާގެ ފެންނަން ހުރީ ހަމަ އެކަނި ދެލޮލައީ ތުންފަތެވެ.
[ކާކު؟] ނޭވާ ހަމައަކަށް އަޅަމުން ލާރާ އަހާލިއެވެ. އެވަގުތު އޭނަގެ އަތުގައި އޮތް ވަޅި ލާރާގެ ލޮލުގައި އަޅައިގަތެވެ. ހަޅޭލަވަން ލާރާ އަނގަ ހުޅުވާލި އިރަށް އޭނަ އަހިސް ލާރާ އަނގަ މަތީގައި އަތް އަޅާ އަތުގައި އޮތް ވަޅި ލާރާގެ ބަނޑަށް ހަރާލިއެވެ. ތިން ހަތަރު ފަހަރު ލާރާގެ ބަނޑަށް ވަޅި ހަރާލާފައި އެނދުމަށްޗަށް ލާރާ ހޫރާލިއެވެ. އޭރު ލާރާ ހަމަހޭވެސް ނެތެވެ.
**********
މާއިލް ލޯގަނޑު ކުރިމަތީގައި ހުރެ ދިޔައީ ބޮލުގައި ފުނާ އަޅަމުންނެވެ. ފުނާ އަޅާ ނިމުމުން [ފޮގް] ސެންޓުފުޅި ނަގާ މާއިލް ގަޔަށް ޖަހާލިއެވެ. އަދި އަމިއްލަ ސޫރައަށް ބަލާލަމުން ހިނިތުން ވެލިއެވެ. ހުދު ކުލައިގެ އަތް ދިގު ގަމީހަކާއި އެކު އައިސް ބްލޫ ޖީންސް އެއް ލައިގެން ހުރި އިރު މާއިލްގެ ރީތިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. އެވަގުތު ދެލޯ މަރާލުމުން މާއިލްއަށް ސިފަވެގެން ދިޔައީ ލާރާގެ މައުސޫމް މޫނެވެ. އެވަގުތު މާއިލްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ލާރާ މާއިލްގެ ހައްގަކަށް ވުމަށް ދެން މާގިނަ ދުވަސް ނެއްކަން އެނގުމުން އެ ހިނުތުން ވުން ފުންވެގެން ދިޔައެވެ. މަޑު މަޑުން ލާރާ ކޮޓަރި އާއި ދިމާލަށް މާއިލް ހިނގައިގަތެވެ.
ލާރާ ކޮޓަރި ދޮރުމަތީގައި ހުރެ މާއިލް މަޑު މަޑުން ދޮރުގައި ޓަކި ޖަހާލިއެވެ. 3 ފަހަރު ޖެހުމުންވެސް ދޮރު ނުހުޅުވުމުން މާއިލް ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން މާއިލްގެ ދެލޯ ބޮޑު ވި ހިތުގައި ހީވީ މީހަކު ވަޅި އަޅާ ކޮށާލި ހެންނެވެ.
[ލާރާ!!!]
**********
އައިޖީއެމްއެޗްގެ އޮޕްރޭޝަން ރޫމް ކުރި މަތީގައި ދަތުރު ދިޔަ އެންމެންވެސް ތިއްބެވެ. އެމަރޖެންސީކޮއް ލާރާ މާލެ ގެނެވުނެވެ. މިހާރު ލާރާވީ 10 ގަޑި އިރުގެ އޮޕްރޭޝަން އަކަށް ވަދެއެވެ. މާއިލްގެ ލޮލުން އަދިވެސް ކަރުނަ ނުހިކެއެވެ. މާއިލް ރޮމުން ދިޔަ ގޮއި ފެނި ހިލަހިތުގެ ވެރިޔާގެ ހިތްވެސް މަޑު ކަފަކޮޅަކަށް ވެގެން ދާނެކަން ގައިމެވެ. އެ ކޮންމެ ކަރުނަ ތިއްކެއް ދޭހަ ކޮއްދެނީ މާއިލް ލާރާ ދެކެވާ އިންތިހާ ދަރަޖައިގެ ލޯއިތްބެވެ. މާއިލް ގާތުގައި ވިޝާމްގެ އިތުރުން އޮފީސް އެހެން މުވައްޒަފެއް ކަމަށްވާ ރައުލް އަދި ކިޔާން އިނެވެ. އަދިވެސް މާއިލްގެ ލޮލަށް ސިފަވަނީ ކޮޓަރިއަށް ވައިން އިރު ލާރާ ލެއިން ތަތްތެޅިފައިވާ ހާލެވެ. މާއިލް ލައިގެން އިން ހުދުކުލައިގެ ގަމީސްވެސް ވަނީ ލެއިން ކަޅިވެފައެވެ. މާއިލްއަށް ތަންކޮޅެއް އަވަހަށް އާދެވުނު ނަމަ ލާރާއަށް އެހެން ނުވެ އެކަމުން ސަލާމަތް ވެވުނޭ ހިތައް އެރި އަދަދުވެސް ނޭނގެއެވެ. މާއިލް ލަސް ވުމުން އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ.
[ފާތިމަތު ލާރާ ރައްޒާގުގެ އެހީތެރިއެއް؟] ޑަކްޓަރު ކިޔާން ނިކުމެ ބުނެލިއެވެ. މާއިލް ވަގުތުން ދުވެފައި ގޮސް އޮޕަރޭޝަން ރޫމް ދޮރު މަތީގައި ހުއްޓުނެވެ.
[ޑަކްޓަރ… ލާރާ ކިހިނެތްތަ؟ ހެޔޮނުވާނެ މަގޭ ލާރާ ސަލާމަތް ކޮއްދީ..] މާއިލް ރޮމުން ރޮމުން ބުނެލިއެވެ.
[އަލްހަމްދުލިއްލާހް އެއްވިސް އޯރގަންއަކަށް ވަޅި ހެރިފައި ނެތުމުގެ ސަބަބުން މާބޮޑު ޑެމޭޖެއް ނެތް. ނަމަވެސް ސެވިއާރ އެކްސްޓާރނަލް ބްލީޑިންގެ ސަބަބުން ލޭއަޅަން އެބަ ޖެހޭ. އޭބީ ޕޮސިޓިވް ހުރި މީހަކު ވަރަށް އަވަހަށް ހޯދާ.. ވަރަށް ވަގުތު ކުޑަ. ގަޑި އިރެއް ދެވެން އޮތީ.. މާލަސް ވެއްޖެ ނަމަ ޝޮކްއަކަށް ދިޔުންވެސް އެކަށީގެންވޭ. އެހެންވެއްޖެ ނަމަ ދެން ލާރާގެ ފުރާނަ ސަލާމަތް ކުރަން ވަރަށް އުނދަގޫ ވާނެ] ޑަކްޓަރ ކިޔާން ބުނެލިއެވެ. ލޭ އަޅަން ޖެހޭ ވާހަކަ ބުނުމުން މާޔޫސް ވި މާއިލްގެ މޫނު މަތި އުޖާލާވީ އެބީ ޕޮސިޓިވް ބްލަޑް ހޯދަން ބުނުމުންނެވެ.
[އަހަރެން ގައިން ލޭ ނަގާ. އަހަރެން ހުންނަނީ އޭބީ ޕޮސިޓިވް.] މާއިލް ބުނެލިއެވެ.
ނަރުސް ކުއްޖަކާއި އެކު މާއިލް ގޮސް ލާރާއަށް ބޭނުންވާ ވަރަށް ލޭ ނެގިއެވެ. އޮޕަރޭޝަން ރޫމް ކުރިމަތީގައި ތިއްބާ އެތަނަށް ޖަޒްލާއާއި ރައްޒާގު އައެވެ.
[އަދި ކިރިޔާ މިއާދެވުނީ.. ދެންމެ ފްލައިޓް ޖެއްސީ.. ކޮބާ މަގޭ ލާރާ؟؟] ރޮމުން ރޮމުން ޖަޒްލާ ބުނެލިއެވެ. އީން ގޮސް ޖަޒްލާ ގައިގައި ބައްދާލަމުން ލޭ އަޅަން ޖެހުނު ވާހަކަ އާއި މާއިލް ލާރާއަށް ލޭ ދިން ވާހަކަވެސް އީން ބުނެލިއެވެ. މާއިލް އޭ ބުނުމުން ޖަޒްލާއާއި ރައްޒާގުވެސް ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. ވީ ކީއްކަން އީންއަށް އިނގޭތީ ގޮސް މާއިލް އަތުގައި ހިފާ ގެނެސް ޖަޒްލާއާއި ރައްޒާގުއަށް މާއިލް ތަޢާރަފް ކޮއްދިނެވެ.
[ދައްތާ.. މިއީ މާއިލް.. އަހަރުން އޮފީހުގައި ވޯރކް ކުރާ ކުއްޖެއް.. މީ ލާރާއަށް ބްލަޑް ދިން ކުއްޖަކީ.. މާއިލް.. މިއީ ލާރާގެ ޕޭރެންޓްސް.. މީ ޖަޒްލާ ދައްތަ ދެން މީ ރައްޒާގުބެ] އީން މާއިލް ތަޢާރަފް ކޮއްލަދިނެވެ. މާއިލް ދެމީހުނަށް ވެސް ސަލާމް ކޮށްލަމުން ހިނިތުންވެލިއެވެ.
5 ގަޑި އިރުގެ ދިގު އޮޕަރޭޝަނަކަށް ފަހު ޑަކްޓަރ ކިޔާން ނިކުތެވެ.
[އަލްހަމްދުލިއްލާހް. ލާރާގެ ޙާލަތު މިހާރު ވަރަށް ރަނގަޅު. ޕޯލްސް ވެސް ބީޕީވެސް ވަރަށް ސްޓޭބަލް. ހޭއަރަންދެން މި ބާއްވާލަނީ އައިސީޔޫގަ. ހޭއެރުމުން ވާރޑްއަށް ބަދަލު ކުރެވޭނެ.] ކިޔާން ހިނިތުންވެލަމުން ބުނެލިއެވެ.
[މިވަގުތު ލާރާއާއި ބައްދަލު ކޮއްލެވޭނެ ތޯ؟] ރައްޒާގު އަހާލިއެވެ.
[ހޭއެރުމަށް ފަހު ކުރެވޭނެ] ކިޔާން ބުނެލިއެވެ.
******
ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތު ލާރާ ވާރޑްއަށް ބަދަލު ކުރިއެވެ. ލާރާގެ ހާލަތު ދިޔައީ މަޑު މަޑުން ރަނގަޅުވަމުންނެވެ.
ހަވީރުގެ ވަގުތެވެ. ލާރާގެ މައިންބަފައިން ނެތް ވާހަކަ ބުނުމުން މާއިލް ހޮސްޕިޓަލަށް ދިޔައީ ލާރާއާއި ބައްދަލު ކުރާށެވެ. މާއިލް އެތެރެއަށް ވަނުމުން އީން ނިކުމެގެން ދިޔައެވެ. ވަޅު ވަދެފައިވާ ދެލޮލާއި، ހިކިފައި ވާ ތުންފަތާއި ވަރުބަލިކަން ފެންނަމުން ދިޔަ ލާރާގެ ދޮން މޫނު ފެނުމުން މާއިލްގެ ހިތައް ތަދުވެލިއެވެ. ނަމަވެސް ލާރާގެ ހިނިތުންވުން ފެނި މާއިލް ހިތް ހަމަ ޖެހުނެވެ.
[ހައު އާރ ޔޫ މައި ލަވް؟] މާއިލް ގޮސް ލާރާގެ އަތަށް ބޮސް ދެމުން މާއިލް ލާރާއަށް ގެނެސްދިން މާބޮނޑި ދިނެވެ.
[އާހް ވާއު މައި ވޭވް ސަންފްލާވާރސް. ތެކްޔޫ. މިހާރު ދެން އޯކޭއޭ މާއީ އެހާ ވޮރިޑް ނުވެބަ] ލާރާ ބުނެލިއެވެ.
[ލާރާއަށް އިނގޭތަ؟ އައި ވޯސް ސޯ ވޮރިޑް. ލާރާ އެހާލުގައި އޮއްވަ ފެނުމުންނޭންގުނު ވީ ގޮތްވެސް. އަމިއްލަ ނަފްސު ކުއްވެރި ކުރެވުނު އަދަދުވެސް ނޭނގެ. ހިތައް އެރި ތަންކޮޅެއް އަވަހަށް އާދެވުނު ނަމަ….] މާއިލްގެ ވާހަކަ ހުއްޓުނީ ރޮވެން ފެށުމުންނެވެ. މާއިލް ރޯތަން ފެނި ލާރާގެ ހިތުގައި ހީވީ މީހަކު ވާޅި އަޅާލި ހެންނެވެ. ނަމަވެސް މާއިލް ލާރާ އާއި ދޭތެރޭ ވިސްނާވަރު ފެނި ލާރާ ހިތް ހީވީ އުދުއްސައިގެންހެންނެވެ.
[ދެން މާއީ.. ޑޯންޓް ބްލޭމް ޔުއާރ ސެލްފް. އިޓް ވޯސް ނޮޓް ޔުއާރ ފޯލްޓް އަޅެ ޕްލީޒް ނުރޮއެބަ.] ލާރާ މާއިލްގެ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. މާއިލް ތެދުވެ ލާރާ ގައިގައި މަޑު މަޑުން ބައްދާލިއެވެ. [އައި ލަވް ޔޫ ލާރާ] ވައި އަޑުން ލާރާގެ ކަންފަތް ދަށުގައި މާއިލް ބުނެލިއެވެ. ލާރާ އޮތީ ބުރުގާ ނާޅާ ކަމުން މާއިލް ލާރާގެ ދޮން ކަރުގެ ވަސް ބަލާލިއެވެ. ދުވި ލުއި މީރުވަހުން މާއިލްގެ ހިއްސުތައް ހޭލައްވާލިއެވެ. މާއިލް މަޑު މަޑުން ލާރާގެ ދޮން ކަރުގައި ބޮސް ދިނެވެ. މާއިލްގެ ތުންފަތުގެ އިހުސާސް ކުރެވުމުން ލާރާއަށް ދެލޯމަރާލެވުނެވެ. ކުރެވުނު އަރާމު އިހުސާސް އިން ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން މަތިންވެސް ހިނދުކޮޅަކަށް ހަނދާން ނެތުނެވެ.
[ހެހެ ހިއާރ އިސް އަ މެމޮރީ އޮފް މީ ޔޫ ކޭން ކީޕް ވެރާރ އެވަރ ޔޫގޯ.] ލާރާ ކަރުގައި އިން ހިކީގައި ފިރުމާލަމުން މާއިލް ބުނެލިއެވެ. ލާރާގެ ދޮން މޫނު އޭރު ލަދުން ގޮސް ހީވަނީ ޓޮމާޓޯ ކޮޅެއް ހެންނެވެ. ލާރާގެ މި މައުސޫމްކަންފެނި މާއިލްގެ ހިތް ލޯބިން ފުރުނެވެ. ލާރާގެ ދޮން މޫނާއި ގާތް ވެލަމުން ލާރާގެ ތުންފަތުގައި މާއިލް ފިރުމާލިއެވެ. މާއިލް ބޭނުން ވެގެން އުޅެނީ ކޮންކަމެއް ކަން އެނގުމުން ލާރާ ދެލޯމަރާލިއެވެ. ހިނިތުން ވެލަމުން މާއިލް ލާރާގެ ތުންފަތަށް ބޮސް ދިނެވެ. ލާރާގެ އަތް މާއިލްގެ ކަނދުރާގައި ވަށާލެވިފައި ވާއިރު ދެލޯބި ވެރިންވެސް ދިޔައީ އެ އުފާވެރިކަން އެންމެ ފުރިހަމަ ގޮތުގައި ހޯދަމުންނެވެ.
********
ކޮޓަރީގެ ކަނެއްގައި އިށީންދެ އިން ނޫރާގެ ލޮލުގައިވީ ނަފްރަތެވެ. ކޮޓަރި ތެރޭގައި ވީ ހުރިހާ އެއް އެތަން މިތަނަށް އުކާލާފައި ވީ އިރު ބިންމަތީގައި ތަޅައިން ގޮސް އޮތް ސެންޓުފުޅިއެތް އޮތެވެ. ބާލިސް ތަކާ ބެޑުޝީޓާވެސް އޮތީ ބިންމަތީގައެވެ. މުޅި ކޮޓަރި ތެރެއަށް ހީވަނި ތޫފާނެއް އަހިސްފައި ހެންނެވެ. [އެވަރުންވެސް އަޅެ އޭއްޗަކު މަރުވާކަށް ނޫޅުނެއް ނުން.. ނޫންނޫން.. މިވަރަކުން މަ މިކަމެއް ނުނިންމާނަން. އަހަރެން މާއިލް ހޯދާނަން.. އެއީ އަހަރެންގެ ހައްގެއް.] ނޫރާ ބުނެލިއެވެ. އަދި ފުންނޭވާއެއް ދޫކޮއްލަމުން ތެވުވެ ކޮޓަރިތެރެ ސާފު ކޮއްލިއެވެ. ފެންވަރައިގެން ނިކުމެ އަތް ކުރު ބަނޑު ފެންނަ ވަރުގެ ކުރު ޓޮޕް ކޮޅަކާއި ކުރު ޖީންސް ސޯޓެއް ލިއެވެ. އަދި ލުއި މޭކަޕެއްކޮއްލަމުން ފޯނު ހިފައިގެންގޮސް ސޯފައިގައި އިށީންދެ ނަންބަރަކަށް ގުޅާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






