Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަގޭ މާއިލް 2

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
March 4, 2024 5 Mins Read
6 Comments

ފަތިހުގެ ހަމަ ހިމޭން ވަގުތެވެ. ލާރާ އިނީ މުސައްލަ މަތީގައި ޤުރުޢާން ކިޔަވާށެވެ. ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. ހާރު ކައިގެން އިރު އަރަންދެން ލާރާ އިނީ ޤުރުޢާން ކިޔަވާށެވެ. 30 6 ވުމުން ލާރާ ދިޔައީ އޮފީހަށް ދިޔުމަށް ތައްޔާރުވުމަށެވެ. ކަޅު ކުލައިގެ ބޮޑު ހެދުމަކާއި އެކު ކަޅު ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އިރު ލާރާގެ ރީތިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. ލާރާ ރެޑީ ވެލައިގެން ނުކުން އިރު ޖަޒްލާ އިނީ ސޯފާގައި ޤުރުޢާން ކިޔަވަންށެވެ. އޮފީހަށް ދާން ވަގުތު ކޮޅެއް އޮތުމުން ލާރާ ގޮސް މަންމަ ގާތުގައި އިށީނެވެ.

[މިއަދު ހަވީރު ވާނެ އިނގޭ މަންމަ މަށާއެކީ ބުރެއްޖަހާލަން ދާން.] ހިނިތުން ވެލާފާއި ލާރާ ބުނެލިއެވެ.

[އާން ހަމަ ދާންވީ.. ދަރިފުޅާ..] އެވަރަށް ބުނެފައި ޖަޒްލާ ހުއްޓުނެވެ.

[ކިހިނެތްވީ މަންމާ؟ ވާހަކައެއް ބުނަން އުޅުންހެން ހީވީ؟.] ލާރާ ބުނެލިއެވެ.

ޖަޒްލާ ދޫކޮއްލީ ފުން ނޭވާއެކެވެ.

[ދަރިފުޅާ… މިހާރު މާއިލް ދިޔަފަހުންވެސް 3 އަހަރުވީ.. ދަރިފުޅުގެ އުމުރު ތިދަނީ ހައްތަހާ މައްޗައް.. ދެން ކޮން އިރަކުން އެހެން ކައިވެންޔެއް ކުރާނީ؟ ތީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅަކީ.. މަންމަ ބޭނުން މަންމަ ދުނިޔޭގަ ހުއްޓަ މާމަ ކިޔާނެ ކުއްޖެއްވެސް ލިބެން.. ބައްޕަވެސް އަބަދު މި ވާހަކަ ދައްކާ.. ރޭގަވެސް ބުނި ދަރިފުޅާ މިވާހަކަ ދައްކަން..] ސީދާ ލާރާގެ ލޮލައް ބަލަން އިނދެ ޖަޒްލާ ބުނެލިއެވެ.

[މަންމާ.. އަހަރެން ދެން ބޭނުމެއް ނޫން އެހެން ކައިވެންޔެއް ކުރާކަށް.. އަހަރެން މާއިލްދެކެ ވަރަށް ލޯބިވޭ.. އަހަރެން އެންމެ ފަހު ނޭވާ ދޫކޮށްލަން ބޭނުންވަނީވެސް މާއިލްގެ ހައްގެއްގެ ގޮތުގަ ހުރެގެން.. މަންމާ ހެޔޮނުވާނެ.. މިކަމަށް ހުރަސް ނާޅާ..] އެހެން ބުނެނިމުން އިރު ލާރާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ލާރާ ތެދުވެގެން ގެއިން ނިކުމެގެން ދިޔައެވެ.

*******

އޮފީހުގައި މަސެއްކަތުގައި އިންދާ ކުއްލިއަކަށް ދުވަމުން ކަހަލަ ގޮތަކަށް ލާރާގެ އެކުވެރި އީން އައެވެ.

[އަނެއްކާ ކިހިނެތްވީ މާ ހަލުވި ވެގެން ކަމަނާ ތިއުޅުއްވަނީ؟] ލާރާ ހެމުން ހެމުން ބުނެލިއެވެ.

[ބްރޯ އަނެއްކާ އޮފީހަށް ކުއްޖަކު ޖޮއިން ވެއްޖެއޯ. ވަރަށް ރީއްޗޯއޭނަ. އަޅެ މަ ބޭނުން އޭނަ ދެކިލަން] އީން ކުޑަ ކުއްޖެއް ފަދައިން ޝަކުވާ ކުރަން ފެށިއެވެ.

[ސާބަހޭ.. އަދި ނެތެއްނުން ނުފެނިފައެއް؟. މަޑު ކުރޭ އަހަރެން އެބަ އަންނަން މި ޑޮކިއުމެންޓްސްތަށް ބޮސްއާއި ހަވާލު ކޮއްފަ. އޭރުން ދެން އަނެއްހެން ލާރާ ފްރީ.. އޭރުން ދެން ތިވާހަކަ ދައްކާނީ.. އެބަ އަންނަން އިނގޭ.] އީން ކޮލުގައި ހިފާލަމުން ލާރާ ކޮޓަރިން ނިކުމެގެން ދިޔައެވެ.

އަތުގައި ހުރި ޑޮކިއުމެންޓްސްތައް ތަރުތީބު ކުރަމުން ދިޔަ ލާރާ ސިއްސައިގެން ދިޔައީ މީހެއްގެ ގައިގައި ޖެހުމުނެނެވެ. ތޫލި އަޑަކުން ހަޅޭ ލަވައިގަންނަމުން ލާރާ ދެލޯ ފިއްތާ ބާރުކޮއްލިއެވެ. ނުވެއްޓުމުން ދެލޯ ހުޅުވާ ލާރާ ދެލޯ ހުޅުވާލިއިރު ކައިރީގައި ޒުވާނެއް ހުއްޓެވެ. ލާރާ އަވަހަށް ހަށިގަނޑު ސީދާ ކޮއްލަމުން ވެއްޓިފަ ހުރި ކަރުދާސްތައް ނެގިއެވެ. އެޒުވާނާ ވެސް ލާރާއަށް އެހީތެރިވެދިނެވެ.

[މަޢާފް ކުރޭ ބާލާނުލާ ދެވުނީ…] ލާރާ އިސްދަށަށް ޖަހައިގެން ހުރެ ބުނެލިއެވެ.

[އިޓްސް އޯކޭ… އަހަރެންނަށްވެސް ފޯނާ ކުޅެމުން ދެވުނީ.. ތީ މި އޮފީސް ކުއްޖެއްދޯ؟] އެޒުވާނާ އަހާލިއެވެ.

[ލައްބަ.. ތީތޯ އަލަށް ޖޮއިންވި ކުއްޖަކީ؟] ލާރާ ވެސް ސުވާލު ކޮއްލިއެވެ.

[ޔެސް.. ކޮން ނަމެއްކިޔަނީ؟] އެ ޒުވާނާ ޝައުގު ވެރިކަމާއި އެކު އަހާލިއެވެ.

[ލާރާ.. ހައު އެބައުޓް ޔޫ؟] ލާރާ އަހާލިއެވެ.

[ވާއު.. ލާރާ.. ލޯބި ނަމެއް.. އައި އޭމް މާއިލް..] ލާރާ ދިޔައީ ސިއްސައިގެންނެވެ. މުޅި ހަށިގަނޑޫ ރޫރޫ އަޅައިގަތެވެ. ލާރާ ހިނިތުން ވެލާފައި އަވަހަށް އެތަނުން ދިޔައީއެވެ. މާއިލް ހުރީ ވާނުވާގައެވެ.

[ކިހިނެތްވީ؟] ލާރާ ޑޮކިއުމެންޓްސްތައް ހަވާލު ކޮއްފަ އައި އިރު ހުރި ގޮތުން ލާރާ ހުރީ ކޮންމެސް ކަމެއްވެފައިކަން އީންއަށް ދެނެގަނެވުނެވެ.

[އެ އަލަށް އޮފީހަށް ޖޮއިން ވި ކުއްޖަ… ހިސް ނޭމް އިސް މާއިލް…] ލާރާ މަޑު މަޑުން ބުނެލިއެވެ. އީން ވެސް ދެރަވިއެވެ. ލާރާ މާއިލް ދެކެވާ ލޯބި އެންމެ ރަނގަޅަށް އެނގޭ އެކަކަކީ އީންއެވެ.

*********

ރޭގަނޑުގެ ވަގުތެވެ. ލާރާ ތަރާވިސް ނަމާދުކޮށްގެން މަޑު މަޑުން ގެޔާދިމާލަށް ހިނގައިގަތެވެ.

[ހެލޯ..] ލާރާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އަހިސް ވާހަކަ ދައްކަން ފެށުމުންނެވެ. ކައިރީގައި ހުރި މާއިލް ފެނުމުން އަސަރު ކުރި ނަމަވެސް ލާރާ ހިނިތުންވެލިއެވެ.

[ކީއްވެ މިއަދު އޭރު ދިޔައީ؟ ފަހުން ނުވެސް ދެކެން ލާރާއެއް…] މާއިލް ބުނެލިއެވެ.

[ޔާ އެބައުޓް ދެޓް ދޯ…. ސޮރީ…] ލާރާ ބުނެލިއެވެ..

[ހެހެ އިޓްސް އޯކޭ.. އެކަމަކު ބުނެދީފާނަންތަ ވީ ކިހިނެތްކަން؟ މަށަށް ގޯސް އެއްޗެއް ބުނެވުނީތަ؟] މާއިލް އަހާލިއެވެ.

[ނޯ.. ޔުއާރ ނޭމް ރިމައިންޑެޑް މީ އޮފް މައި އެކްސް ހަސްބަންޑް.. އޭނައަށްވެސް ހަމަ މާއިލް ކިޔަނީ.. ހީ ޑައިޑް..] ލާރާ ބުނެލިއެވެ. އެހެން ބުނި އިރު ލާރާ އަޑުގައިވީ ވޭން މާއިލްގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކޮއްލިއެވެ.

[އައިމް ސޮރީ.. އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް.. އިންޝާ ﷲ ހީއިސް އިން އަ ބެޓާރ ޕްލޭސް] މާއިލް ބުނެލިއެވެ. ލާރާ ހިނިތުން ވެލަމުން ޝުކުރު އަދާ ކޮއްލިއެވެ.

[ހިނގާބާ ކޮފީއަކަށްދާން.. އިފް ޔޫ އޯކޭ..] މާއިލް އަހާލިއެވެ.

[ޔާ އޯކޭ.. އެކަމް މުސައްލަ.؟] ލާރާ އަހާލިއެވެ.

[ހިނގާ ފުރަތަމަ ގެއަށް. ގޮސް މުސައްލަ ލާފަ ދާން.. ލެޓްސް ގޯ އައި ކޭން ގިވް ޔޫ އަ ރައިޑް.] މާއިލް ބުނެލިއެވެ..

މާއިލް އާއި ލާރާ ތިބީ [ގްލޯއަޕް] މިލްކްޝޭކް ޝޮޕްގައެވެ.

[ސޯ ލާރާ.. ޓެލް މީ މޯރ އެބައުޓް ޔުއާރްސެލްފް.] މާއިލް ޝައުގުވެރިކަމާއި އެކު އަހާލިއެވެ.

[ހަހަ. ފުރިހަމަ ނަން ފާތިމަތު ލާރާ ރައްޒާގު، 32 އަހަރު ހަހަ ވަރަށް މުސްކުޅު ދޯ، މެރިޑް ވަންސް. ކިޑެއް ނުހުރޭ. މިހާރު ސިންގަލް. ހަހަ ކަޑަ މި ވަރު؟] ހެމުން ހަމުން ލާރާ ބުނެލިއެވެ.

[ނޫނޭ ރަނގަޅޭ ބުނީ. ފުރިހަމަ ނަން މާއިލް މުހައްމަދު 33 އަހަރު ނެވާރ މެރިޑް ސިންގަލް.] ލާރާވެސް ބުނެލި ރާގުގައި މާއިލް ބުނެލިއެވެ.

*************

ނިދަން އޮށޯވެ އޮއިތް މާއިލްގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ލާރާގެ ހިޔާލު ތަކެވެ. މާއިލްގެ ހަޔާތަށް އަދި ދުހާކުވެސް އެއްވިސް އަންހެން ކުއްޖަކު ނާދެއެވެ. މާއިލް ބޭނުން ވާފަދަ ސިފަތައް ހުރި ކަހަލަ އަންހެން ކުއްޖަކާ އަދި ދިމާނުވަނީއެވެ. މާއިލް ހަޔާތުގައި އެކި ކަހަލަ އަންހެން ކުދިންނާއި މާއިލްއަށް ދިމާވިއެވެ. ނަމަވެސް މާއިލްގެ ހިތާ ކުޅެލެވުނު ހަމަ އެކަނި ފަރާތަކީ ލާރާއެވެ. މާއިލް މަޑުމަޑުން މޭގައި ފިރުމާލިއެވެ.[ އަހަރެންނަށް ހަމަ ލާރާ ދެކެ ލޯބި ވެވުނީތަ؟] ހިތާ ހިތުން މާއިލް ބުނެލިއެވެ. ހަމަ އެ ސިކުންތުގައި މާއިލް މަޑު މަޑުން ހީލިއެވެ. ދިމާވިތާ 24 ގަޑިއިރުވެސް ނުވެ ލޯބި ވެވޭ ހެއްޔެވެ؟ މީހުން މިކިޔާ ފުރަތަމަ ނަޒަރުން ވެވޭ ލޯއިތްބަކީ މާއިލް ގަބޫލު ކުރާ އެއްޗެއް ނޫނެވެ. ލޯބި ވެވޭނީ ދެމީހުން އެކަކު އަނެކަކު ރަނގަޅަށް ދަނެ އެކުގައި ދުވަސްތަކެއް ހޭދަ ކުރެވުމުންނެވެ.

މާއިލް އެކޭ އެއްފަދައިން ލާރާވެސް އޮތީ ނުނިދިފައެވެ. ލާރާއަށް މާއިލް އާއި މެދު ފިކުރު ކުރެވެނީއެވެ. ލާރާއަށް ހީވަނީއެވެ. އެއީ ލާރާގެ މާއިލް އެވެ. ނަމަވެސް ލާރާ އަމިއްލަ ހިތައް ވިސްނައިދޭނެ މަސެއްކަތް ކުރިއެވެ. އެއީ ލާރާގެ މާއިލް އެއް ނޫނެވެ. ލާރާގެ މާއިލް އަކީ އިންސާނެއް ނޫނެވެ. ލާރާގެ މާއިލް ދުނިޔެއަކު ނެތެވެ. އެ ޙިޔާލު ތަކުގައި އޮއްވަ ލާރާ ސިއްސައިގެން ދިޔައީ ޖަޒްލާ ހާރުކާން ގޮވުމުންނެވެ. ލާރާ ގަޑި ބަލާލިއިރު 3 ޖަހައިފިއެވެ. ޙިޔާލު ތަކުގައި އޮތް އިރު ގަޑި ދިޔަ ގޮތްވެސް ލާރާއަކަށް ނޭނގުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ލާރާ ތެދުވީ ހާރު ކާށެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. ލާރާއާއި މާއިލްގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކު އިތުރު ވަމުންނެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މާއިލްގެ ހިތުގައި ލާރާއަށްޓަކައިވީ އިހުސާސްތައް ދިޔައީ އިތުރުވަމުންނެވެ. ލާރާވެސް މެއެވެ. ނަމަވެސް ދެމީހުން ކުރެ އެކަކުވެސް އެކަން އެނގޭ ކަމަކަށް ނަހަދައެވެ.

މިއަދު މިއީ ފިތުރު ޢީދު ދުވަހެވެ. ލާރާ އާއި އީން ޢީދު ނަމާދުން އަހިސް އުޅުނީ ފެންކުޅި ކުޅުމަށެވެ. ލާރާ އާއި އީންގެ އިތުރުން ޒާރާއާއި އަލައިކާވެސް އުޅުނެވެ. 4 ކުދިން ސަކަރާތުގައި ތިއްބަ އެތަނަށް މާއިލް އާއި ވިޝާމް އައެވެ. 6 އެކުވެރިން އެތައް އިރަކު ސަކަރާތް ޖެހުމައިގެން އުޅުމައް ފަހު ދެން ދިޔައީ އައިސް ކްރީމް ބޯށެވެ.

[އޭ ތިމީހުނަށް އިނގޭތަ އޮފީހައް އަލަށް ކުއްޖަކު ޖޮއިން ވަނީ އޯ މިފަހަރު އޮފީސް ހުޅުވުނީމަ. އަންހެން ކުއްޖެކޯ މިފަހަރު އަންނަނީ.] ވިޝާމް ވަރަށް ފޯރީގައި ބުނެލިއެވެ.

[އެހެންތަ؟ އެހެންވިއްޔާ ކަލޭ ވާނެ ތިކުއްޖެއް ސެޓު ކުރަން އިނގޭ. ހަހަ] އަލައިކާ ބުނެލިއެވެ.

[ރީތި ކުއްޖެއްވިއްޔާ ހަމަ ހޭވައްލާ ތައްޔާރު.] ވިޝާމް ވަގުތުން ބުނެލިއެވެ. އެންމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

***********

[ދަރިފުޅާ އާދޭ އަވަހަށް ސައިބޯން] އޮފީހައް ދާން ރެޑީވެގެން ނުކުތުމުން މާއިލްގެ މަންމަ ޙަދީޖާ ގޮވާލިއެވެ. [ސާބަހޭ މަންމާ އަޅެ އިރުކޮޅަކުވެސް ކަމެއް ނުކޮއް ތި ހަށިގަނޑަށް އަރާމެއް ދީބަލަދޯ.. އަބަދުވެސް ތިއުޅެނީ ކޮންމެސް މަސައްކަތެއްގަ.] މާއިލް ބުނެލިއެވެ.

[އެހެންދޯ ވާނީ.. މާހިލް އާއި މައިރީން ސްކޫލްއިން އަންނަން ވާއިރަށް ސައިވެސް ހަދަން ޖެހޭނެއްނުން. ދަރިފުޅު ދެން އަޅެ މިގެއަށް ކުއްޖަކު ގެނެސްދީބަލަ ދޯ މަންމައަށް އެހީ ތެރި ވެދޭން.] ޙަދީޖާ ބުނެލިއެވެ.

އެވަގުތު މާއިލްގެ ސިކުނޑިއަށް އައީ ލާރާގެ ނަމެވެ. މާއިލް އަށް ހިނިތުންވެވުނެވެ.

[ހޫމް ހޫމް ކުއްޖަކު ގެންގުޅޭތާ އެބަ.. ދެން ތިކުއްޖަކު މަންމަ ކައިރިއަށް ގެނެސްދޭން ވީނުން.] ޙަދީޖާ ބުނެލިއެވެ.

[ދެން މަންމަވެސް ދޯ..] މާއިލް އަވަހަށް ގެއިން ނިކުމެގެން ދިޔައެވެ. މާއިލް އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޙަދީޖާއަށް ހިނިތުންވެވުނެވެ. މާއިލް އަކީ ޙަދީޖާގެ އެންމެ ދޮށީ ދަރިފުޅެވެ. މާއިލްގެ ހަގަށް ޙަދީޖާ 2 ކުދިން ހުރެއެވެ. މާހިލްއާއި މައިރީންއެވެ. ޙަދީޖާގެ ފިރިމީހާ މުހައްމަދު އަކީ ބޯޓު ދަތުރުކުރާ މީހެކެވެ. ދަތުރު ކުރުމުގެ ތެރޭގައި މައިރީން ވިހޭ ދުވަސް ކޮޅު މުހައްމަދު ވަނީ ނިޔާވެފައެވެ. އެދުވަހައް ފަހު ޙަދީޖާ 3 ކުދިން ބަލަމުން ދިޔައީ އެކަނިމައިއެކަންޏެވެ.

**********

[އޭ ބްރޯ.. ކަލޭ ކޮން ޙިޔާލެއްގަ ތީނީ އަޅެ؟ މަ މިހާރު ވާހަކަ ދައްކާތާ ކޮން އިރެއް އެކަމަކު މީނަ މީނީ މާރސްގް.. ކޮން ފިކުރެއްގަ އަނެއްކާ؟] ވިޝާމް ޙިޔާލަކަށް ގެއްލިފައި އިން މާއިލް ގައިގައި ކޮއްޓާލަމުން ބުނެލިއެވެ.

[އަހަރެން ސިއްރެއް ބުނަންތަ؟ އެއްވިސް މީހެއް ކައިރި ނުބުނައްޗޭ..] ވިޝާމް އާއެކޭ ބުނުމުން މާއިލް ފުން ނޭވާއެއް ދޫކޮށްލިއެވެ.

[ އަހަންނަށް ހީވަނީ އަހަންނަށް ލާރާ ދެކެ ލޯބި ވެވިއްޖެހެން….] މާއިލް ބުނެލިއެވެ.

[ވަޓް؟؟ ހުވާތަ؟] ވިޝާމް ހައިރާން ކަމާއި އެކު އަހައިލިއެވެ.

[ޔެސް.. އަހަރެން އެބަ ވިސްނަން ލާރާ ގާތުގައި އިންނަން އަހަން.. އަހަރެން ބޭނުމެއް ނޫން މާގިނަ ދުހު ރައްޓެހި ވެގެން އުޅޭކަށް. ކައިވެނި ކުރަން ބޭނުމީ.] މާއިލް ބުނެލިއެވެ.

[ސަޅި ވާނެ.. މަ ހެލްޕް ވާނަން. ހިނގާ ހެއްސައް ރޮމް ކޮށް ޕްރޮޕޯސް ކުރަން.. ޔަގީން އޭނަ ބުނާނީ ޔެސްކަން..]

މާއިލްއާއި ވިޝާމް ލާރާ ގާތުގައި ކައިވެނި ކުރަން އަހާނެ ގޮތެއް ރާވާލިއެވެ. މާއިލް އިނީ ވަރަށް އުފާވެފައެވެ. އެކުވެރިޔާއަށްޓާ ވިޝާމް ވެސް އިނީ ވަރަށް އުފަލުންނެވެ. ނަމަވެސް އެމީހުންނަށް ނޭނގުނު ކަމަކީ އެމީހުންގެ ވާހަކަ ކަނުލާ އަޑުއަހަން މީހަކު ހުރިކަމެވެ. އޭނާގެ މޫނު މަތިން ފެންނަމުން ދިޔައި އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ރިވާ ލޭކް، 4

Next

ކުށަކީ ކޮބާ – 05

Next
March 4, 2024

ކުށަކީ ކޮބާ – 05

Previews
March 4, 2024

ރިވާ ލޭކް، 4

6 Comments!

  1. STRANGE GIRL says:
    March 4, 2024 at 3:14 pm

    VARAH REETHI.
    ANEH EPISODE AH INTHIZAARU KURAANAN.
    😀😀

  2. Zaher says:
    March 4, 2024 at 4:03 pm

    Varah interesting 😍‼️ keep it up gurl ‼️

    1. shihaamaa ali shihaamaa ali says:
      March 4, 2024 at 5:50 pm

      Thankiuu so much Zaher <3

  3. Purple Daisy says:
    March 6, 2024 at 5:54 am

    Vrh interesting vrh reethi keep it up ♡♡

    1. shihaamaa ali shihaamaa ali says:
      March 6, 2024 at 9:20 pm

      Jazaakallah, thankiuuu soo muchhh Purple Daisy <3

  4. mrs minionn yann says:
    March 24, 2024 at 12:15 am

    Scenes maa kuru in my opinion..ekm ibaaraiy hessa salhi

Comments are closed.

Next Episodeމަގޭ މާއިލް 3←


All Right Reserved!