Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުޑަކުޑަ ދަރިފުޅު ފަހުބައި

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 29, 2025 8 Mins Read
10 Comments

“ޒި…ޒިދާން..؟” މަލިކާ ގޮވާލީ ތެޅިތެޅި އޮތް ހިތަކާއި އެކުއެވެ. “އެއީ.. ކާކުގެ؟” ޒިދާން ލަސްލަހުން އެއްސެވެ. މަލިކާ ޖަވާބެއް ނުދީ އިސްޖަހާލިއެވެ. ވީދެރައިންނާއި އައި ރުޅިން ޒިދާންއަށް އަތް ހިތްލައިލެވުނީ މަލިކާ މޫނުމަތީގައި ޖަހަންށެވެ. “ޒިދާން” ޒިދާންގެ ހަރަކާތްތައް ހުއްޓުނީ މަލައިކާގެ އަޑަށެވެ. މަލައިކާ ފޯނު ޒިދާންއަށް ދިނެވެ. “މީ…؟ މީހަގީގަތެއްތަ؟” ފޯނު ބަލާލާފައި ޒިދާން ރޮވޭހާލުގައި ނަރުސް ކުއްޖާ ގާތުގައި އެއްސެވެ. ތާރީޙްއަށް އެއްމަސް ކުރިން އިނދެފައި ހޮސްޕިޓަލަށް އެހޮސްޕިޓަލުގެ ނަން އިނުމުންނެވެ.

***2 އަހަރު ކުރިން***

ދަންވަރުގެ ވަގުތެވެ. ހަމަހިމޭން ކަމުގައި މުޅި ދުނިޔެ ނިދާފައިވީ އިރު ކައިރާ ހުރީ ބަނދަރުމަތީގައެވެ. ބަނދަރުގައި އޭނާ ހުރިތާ ހިނދުކޮޅެއް ފަހުން ބޮޑު ބޯޓެއް އައެވެ. އޭގެން ގެނެސްދިން ކަޅު ކުލައިގެ ރޭސް ކާރު ފެނި ކައިރާއަށް ހިނިތުންވެވުނެވެ. މިއީ ހުރިހާ ކަމެއްގެވެސް ނިމުމެވެ.

ޖެހިގެން އައި ދުވަހެވެ. ކަންފަތަށް ހެޑްސެޓު ޖަހައިން އިން ކައިރާ ދިޔައީ މަލައިކާއާއި މަލިކާގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަ، މަލިކާގެ ފޯނަށް އެކްޓިވޭޓް ކޮއްފައި އިން ސްޕައި އިން އަޑުއަހަމުންނެވެ.

“ދޮންތާ.؟ ބިޒީތަ؟ ހިގަބަ މަލައި ގޮވައިގެން ފިހާރައަކަށް” މަލައިކާ ބުންޏެވެ. “ކީއްކުރަން؟” މަލިކާ ފޫހިރާގެއްގައި އެއްސެވެ. “ހޮސްޕިޓަލް ބޭގް ޕްކް ކުރަނީމި. މީހުން ބުނޭދޯ ފީޑް ކުރަން ފެށީމަ ވަރަށް ރިއްސާނޭ. އެހެންވެ ހީޓް ޕެޑް އެއް ގަންނަން ދާންވެގެން. ނާއި މީޓިންގ އެއްގަ. މަންމަވެސްވީ މާމަމެންގޭގަ. އެހެންވެ ދޮންތައާއި އެކު ސައިކްގަ ދާން ކަމަށް” މަލައިކާ އެދުނެވެ. “ހޫމް ހިނގާ” މަލިކާ އެއްބަސް ވިއެވެ.

ކަންފަތުގައި އިން ހެޑްސެޓު ނަގަމުން ކައިރާ ހިނިތުން ވެލިއެވެ. “ޓުޑޭއިސްދި ޑޭ. ދި ޑީޑޭ” ހީލަފައި މަލައިކާ ބުންޏެވެ. ކަބަޑު ހުޅުވާލަމުން ކަޅު ކުލައިގެ ހުޑީއަކާއި ކަޅު ސްކާޓްއެއް ލާފައި ތިރިން ޓައިޓް އެއް ލިޔެވެ. ހުޑީއިން ކައިރާގެ ކުރު އިސްތަށިކޮޅު ނިވާކޮއްލަމުން، މޫނުގައި މާސްކްއެއް އަޅާލިއެވެ. މަލިކާގެ ފޯނަށް ޓްރެކް ކުރަމުން ގޮސް ސީސީޓީވީ ނުހުންނަ މަގެއް ބަލާ ކައިރާ ދިޔައީ މަލިކާ މެނަށް އިންތިޒާރު ކުރަމުންނެވެ. މަލިކާ ގޯޅި އަޅާލުމާއި އެކު ބާރު ސްޕީޑްގައި ގޮސް މަލިކާގެ ސައިކަލު ގައި ޖެއްސިއެވެ. “ވާއު ނައިސް ޝޮޓް” ހީލާފައި ކައިރާ ބުންޏެވެ. މީހުން އެއްވުމުގެ ކުރިން ކައިރާ އަވަހަށް އެތަނުން ފިލިއެވެ.

އަވަސް ގޮތުގައި މަލިކާއާއި މަލައިކާ ހޮސްޕިޓަލަށް ގެނެވުނެވެ. އޭރު ކައިރާ ހުރީ ހޮސްޕިޓަލުގައެވެ. މަލިކާއާއި މަލައިކާގެ އޮޕަރޭޝަން ކުރީ ކައިރާއެވެ. ފުރަތަމަ ކުރެވުނީ މަލިކާގެ އޮޕަރޭޝަންއެވެ. މަލައިކާއަށް ވުރެ މަލިކާގެ ހާލު ދެރަވުމުންނެވެ. ކައިރާ އުންމީދުކުރި ގޮތަށް މަލިކާގެ ދެކުދިންވެސް ވިހޭއިރު އޮތީ ނިޔާވެފައެވެ. ދެން ކުރެވުނީ މަލައިކާގެ އޮޕަރޭޝަންއެވެ. ކައިރާ ހީކުރިގޮތާއި ޙިލާފަށް މަލައިކާގެ 2 ކުދިންގެ ހާލަތުވެސް ވަރަށް ރަނގަޅެވެ. ދެން ކައިރާދެން ވިސްނީ އެންމެނަށްވެސް ވޭން ލިބޭނެ ފަދަ ގޮތަކަށް މަލިކާއާއި ނާއިކްގެ “އެފެއާރް” ފަޅާއަރުވާލާށެވެ. އެހެން ކަމުން މަލައިކާގެ ފުރަތަމަ ދަރިފުޅު އެއީ މަލިކާގެ ކުއްޖެއްގެ ގޮތުގައި މީރާ މެނަށް ޙަބަރު ދިނެވެ.

***

“އެއީ ވީގޮތަކީ” ކައިރާ އަކުރުން އަކުރަށް ހުރިހާ ވާހަކައެއް ފުލުހުންނަށް ކިޔައިދިނެވެ. “ތިކަން ތިހެން ކުރަން ކައިރާ ނިންމި ސަބަބަކީ ކޮބާތޯ؟ އެނގި ލައްވާދެއްތޯ މިއީ ކައިރާގެ ލައިސެންސް ގެއްލޭނެ ފަދަ އަމަލެއްކަން” ކައިރާ އިންވެސްޓިގޭޓު ކުރަމުން ދިޔަ ފުލުސް ކަމުގައިވާ ރިވާ ބުންޏެވެ. “ލައްބަ. އެނގޭ. މަށަށް ހެޔޮ މައުމުރު ދުހަށް ޖަލަށް ލިޔަސް. މަބޭނުންވީ ބަދަލު. އެކަން މަށަށް ފުރިހަމަ ކަމާއި އެކު ކުރެވިއްޖެ. މަލިކާއެއީ ކުރީގަ އަހަރެންގެ ރައްޓެއްސެއް. ނަމަވެސް އަމިއްލަ މީހާ މާމޮޅު މީހަކަށްވެގެން އުޅެން ފެށީމަ ފޫހިވީ. ބައްލަވާ ނާއިކްއާއި މަލިކާ ވަނީ ދެމީހުންވެސް ކައިވެނި ކޮއްތިބެ އެކުގައި ބަދުއަހްލާގު ހިންގާފައި. އެކަމުގެ އަދަބު އެމީހުނަށްވެސް ލިބެން ޖެހޭނެއްނޫންތޯ؟ މިހާރު އެކަން މަލައިކާއަށް ވެސް އެނގޭނެ މިރޭ މަލައިކާއަށް އެނގޭނެ ޒުކާންއަކީ މަލައިކާގެ ދަރިއެކަން” ކައިރާ ބުންޏެވެ. ރިވާ އަތަށް ބާރުލާފައި މޭޒުގައި ޖެހިއެވެ. “ދެން ކޮބާތަ ޒުކާންގެ ކުށަކީ؟ ކީއްވެ އެކުއްޖާއަށް އެހެންހެދީ؟” ރިވާ އެއްސެވެ. ކައިރާގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ. “ބަދަލު”

ހިނދުކޮޅަކު އިންތިޒާރުގައި ތިބެން ޖެހުނެވެ. ނަރުސް ކުއްޖާއަހިސް ޒިދާންއަށާއި މަަލައިކާއަށް ދިނީ ހިތް ހުއްޓޭ ފަދަ ޙަބަރެކެވެ. “މީގެ 1 މަސް ކުރިން ކުއްޖަކު ވަނީ ޓެސްޓު ހަދާފައި. ޒުކާންއަކީ ހަމަ މަލައިކާގެ ދަރިއެއް” ނަރުސް ކުއްޖާ ބުންޏެވެ. މަލައިކާއަށް ރޮވުނެވެ. ކީއްވެ ކަމެއް ހަގީގަތުގައި މަލައިކާއަކަށް ނޭނގެއެވެ. މަރުވީކަމަށް ގަބޫލު ކުރި ދަރިފުޅު ދުނިޔޭގައި ހުރުމުންވީ އުފަލުން ކަމެއް، ނުވަތަ ނަމޫނާ ބައްޕައެއް ފަދަ ޒިދާންއަށް އެބެލުނީ އޭނާގެ ދަރިއެއް ނޫކަން އެނގުމުންވީ ދެރައިންކަމެއް މަލައިކާއަކަށް ނޭނގުނެވެ.

މީރާއަށް އިސްޖަހާލެވުނެވެ. ހައްވައިދީ އައިދުވަހު އޭނާއާއި ދެއްކުނު ވާޙަކަ މީރާގެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ.

***

“މިހާރު މަލިކާވެސް މީހަކާ އިނދެފިއެއްނުން؟ ކޮން އިރަކުންތަ މަލިކާ ކުއްޖަކު ހޯދަނީ؟” ހައްވައިދީ އެއްސެވެ. “ހެހެ މީނީނުން ޒުކާން؟ މިއީ މަލިކާގެ” މީރާ ބުންޏެވެ. “އެއިން؟ ކީކޭ؟ މަގޭ ދަރިވެސް ޅީދަރި ކޮއެވެސް ކީ މަލައިކާގެ ނިބޫއެކޭ ހުންނަނީ. މިހުރީ ގައިމު މިދެކުދިން ވައްތަރުކަން. ކައިމު މަލައިކާއާއި މަލިކާ އެއްގޮތަކަށްވެސް ވައްތަރެއްނޫން” ހައްވައިދީ ބުންޏެވެ. މީރާއަށް ބަލައިލެވުނީ ޒުކާންއާއި ނާއިޝާއަށެވެ. ހިތްތެޅިލިލެއް ނުބައިކަމުންނެވެ.

***

އެވަގުތު ދުވެފައި ނާއިކް އައެވެ. އޭނާގެ މޫނުމަތިން އެހުރިހާ ޙަބަރެއް އޭނާއަށް އެނގިއްޖެކަން މަލައިކާއަށް ދެނެގަނެވުނެވެ. “މަލައި.. ޒުކާންއެއީ..؟ އަހަރެމެންގެ..؟” ލަސްލަހުން ނާއިކް އެއްސެވެ. އިސްޖެހިފައި ހުރި ޒިދާންއަށް ބަލައިލަމުން މަލައިކާ ތެދުވިއެވެ. އަދި އަތުގައި ހުރިހާ ބާރެއްލާފައި ނާއިކްގެ މޫނުމަތީގައި ޖެހިއެވެ. “އެއީ ކަލޭގެ ދަރިއެއްނޫން. އެއީ މަގޭ ދަރިއެއް. ތިއީ ބައްޕަކިޔުން ހައްގު ވާވަރަށްވުރެ މާނުލަފާ ޖަނަވާރެއް” ރުޅިވެރިކަމާއި އެކު މަލައިކާ ބުންޏެވެ. “ދަރިފުޅާ…” މީރާއަށް ގޮވާލެވުނެވެ. “ނާއިކް.. އަހަރެން ވަރި ކުރޭ. ތިކަހަލަ ބޭވަފާތެރިޔަކާއި އެކު އެންމެ ހިނދުކޮޅަކުވެސް އަހަރެން ހުންނާކަށް ބޭނުމެއްނޫން” ނާއިކް ގަމީހުގައި ހިފާ ތަޅުވާލަމުން މަލައިކާ ބުންޏެވެ. “މަލައި ކީކޭތަ ތިކިޔަނީ؟ ނާއި ދުވަހަކުވެސް….” ނާއިކްއަށް ބުނެވުނީ އެހިސާބަށެވެ. މަލައިކާ ދިއްކޮއްލީ އޭނާގެ ފޯނެވެ. އޭގައި އިނީ މަލިކާއާއި ނާއިކްއެވެ. އެފޮޓޯއަށް ބަލާލާފައި ކުޑަކުއްޖަކުވެސް އެއީ ފަހަރިއަކާއި ބާއްވާނެ ގުޅުމެކޭ ނުބުނާނެއެވެ.

“ޒިދާން. ނާއިކްއާއި މަލިކާ ވަނީ އަހަރެމެންގެ ދެލޮލުގައި ފުރިހަމައަށް އަނދުން އަޅުވާފަ. މަލިކާ ބަލިވެއިނީ ޒިދާންގެ ދަރިއަކަށް ނޫން. އެއީ ނާއިކްގެ ކުއްޖެއް. އެހެންވެ މާއަވަސް އަރުވާލާފައި ޒިދާންއަށް އެކައިވެނި ކުރީ” މަލައިކާ ޒިދާންއަށް މުޙާތަބު ކޮއްބުންޏެވެ. އޭރު މީހުންތައް ދިޔައީ އެދިމާލަށް އެއްވަމުންނެވެ. ގައިން ލަދުން މަލިކާ ގާތަށް އެރީ ވަރުގަދަ ރުޅިގަނޑެކެވެ. “މަލައިކާ.! ކަލޭ މޮޔަވީތަ؟ ކަލޭދަރި ދުނިޔޭގަ އޮތީމަ އުފަލުން މޮޔަވީތަ؟ ކީއްކުރަން މަގޭ އަބުރު ވެއްޔާ މޮޑެން ތިއުޅެނީ؟” މަލިކާ އެއްސެވެ. އެއްވެސް އެއްޗެއް ނުބުނެ މަލައިކާ އަޅުވާލީ މަލައިކާއަށް އެސްއެމްއެސް ކުރިފަރާތުން ފޮނުވާފައިވީ ރިކޯޑިންގްއެވެ.

“މަލިކާ މޮޔަވީތަ؟ ތީ މިހާރު މީހެއްގެ އަންބެކޭ” އިވުނީ ނާއިކްގެ އަޑެެވެ. “ދެންވެސް ހަމަ ނޯތަ ބުނާނީ؟ އަހަރެންގެ ބަނޑުގަ މިއޮތީ ނާއިކްގެ ލޭ. އެހެންވެ އަހަރެންނަށްވެސް ނާއިކްގެ ހާފް ލިބެންވާނެތާ ދޯ؟” މަލިކާ ލައިގެން ހުރި ކުރު ސޯޓުކޮޅުގައި އޮތް ޓެސްޓްކިޓު ނަގާ ދައްކާލަމުން މަލިކާ ބުނެލިއެވެ. “މަލިކާ.. ހަމަ އަސްލުވެސް ބަނޑުބޮޑީތަ؟” ނާއިކް ހާސްވެފައި ހުރެއެއްސެވެ. “ހޫމް.. މަ ބުނިންދޯ ބަނޑުބޮޑުހެންނޭ ހީވަނީ ޓެސްޓެއް ނަހަދަމޭ. މިއަދު މަހެދީ” މަލިކާ ކުރެވުނު ފާފައާއި މެދު ދެރަވެސް ނުވާހާލު ބުނެލިއެވެ. “ދެން… އެކަމް.. ދެން.. ކިހިނެއްތަވާނީ؟” ނާއިކްވަރަށް ބިރުގަނެއްޖެއެވެ. “ޗިލް ބްރޯ. މަނޫޅެން މިވާހަކަ ބަޓު ކުރާކަށް. މައެހެންވެ ޒިދާންއާއި މިއީނީވެސް. މަބުނިން އޭނަ ކައިރީ މަ ބޭބީއެއް ވަރަށް އަވަހަށް ބޭނުމޭ” މަލިކާ ބުނެލިއެވެ. ނާއިކްއަށް ފުންނޭވާއެއްދޫކޮއްލެވުނެވެ. ހިތް ހަމަ ޖެހުނު ވަރުންނެވެ. “އޭ އޭ. އަދި ނުވޭ އިނގޭ ހަމަ ޖެހޭކަށް. އަހަރެން މިހާރުވެސް މަލައިކާ ކައިރީ މިވާހަކަ ބުނެދާނަން. އެކަމަކު، މަ އުމުރުދުހަށްވެސް މިވާހަކަ ސިއްރުކޮއްފާނަން. ޝަރުތެއްގެ ސަބަބުން” މަލިކާ ބުނެލިއެވެ. ނާއިކްގެ މޫނު ވަގުތުން ކުނިވިއެވެ. ނަމަވެސް ކޮންކަމެއްތޯ އެއްސެވެ. “ކުރީގަ ހެން އަހަރެން ބުނާ ރޭރޭ އަހަރެން ކައިރިއަށް އަންނަންޖެހޭނެ. މިހާރު އަހަރެންނަށްވެސް ނާއިކްގެ ހާފް ޑިޒާރވްވޭ. އިގްނޯރ ކުރީއާ، މަ ބުނާނަން މިވާހަކަ މަލައިކާކައިރީ” މަލިކާގެ ޝަރުތުހުށަހެޅިއެވެ.

އެހިސާބުން މަލައިކާ އޭތި ޕައުޒް ކުރިއެވެ. ދެން އިވުނު އަޑުތައް އިއްވަން އޭނާ ލަދުގައިން ވަރުންނެވެ. ނާއިކްއަށް އިސްޖަހާލެވުނެވެ. ގަންނާކުރެއްވީ ލަދުންނެވެ. ނަމަވެސް މަލިކާގެ މޫނު މަތިން ލަދުވެތިކަން ނުފެނުނުތާނގައި ފެނިގެން ދިޔައީ ރުޅިވެރިކަމެވެ. ޒިދާން މަލިކާ ގާތަށް ޖެހިލީ މަރުވެފައި ހުރި މައްޔިތެއް ފަދައިންނެވެ. އޭނާއަށް މިލޯބިވެވުނީ ކޮންކަހަލަ އަންހެނެއް ދެކެހެއްޔެވެ؟ “ކަލޭ.. އަހަރެން ދުވަހަކުވެސް ނުދެކެން ތިހާ ހަޔާތް ކުޑަ މީހެއް. މިއަދުން ފެށިގެން ތިއީ އަހަރެންގެ އަންބެއް ނޫން. ކަލޭ ތިހުރީ ވަރިކޮއްފަ” ކަރުނަވީ ދެލޮލާއި އެކު ޒިދާން ބުންޏެވެ.

“ކަލެއަށް ކޮންފޯރިއެއްތަ ތިއަރަނީ؟ ޒުކާން އެއީ ވަކި ކަލޭގެ ދަރިއެއްތަ؟” މަލިކާ ރުޅިވެރިކަމާއި އެކު އެހިއެވެ. “އާން. ޒުކާންއެއީ ހަމަ މަގޭދަރިއެއް. އެންމެ ތުއްތު އިރުން ސުރެ، އެކުއްޖާ ބެލީ އަހަރެން. އެކުއްޖާ ނިންދަވާ ކާންދީ ބޯންދީ ހިނގަން ދަސްކޮއްދީ ވާހަކަ ދައްކަން ދަސްކޮއްދިނީ އަހަރެން. ކަލޭ ދުވަހަކު ނުހުންނާނެ ޒުކާންގެ ހަށިގަނޑުގައި ލޯބިން ފިރުމާލާފައިވެސް. އެއީ މަގޭ ދަރިއެއް. މަގޭ ލޭނޫނަސް އެއީ މަގޭ ދަރިއެއް” މޭގައި ޖަހާލަމުން ޒިދާން ބުނީ ރޮމުންނެވެ. މޫނު ކުނި ކޮއްލާފައި މަލިކާ ނުކުމެގެން ދިޔައެވެ.

ދަންވަރުގެ ވަގުތެވެ. މަލައިކާގެ ހަށިގަނޑުން ލޭނެގި ޒުކާންގެ އޮޕަރޭޝަން ދިޔައީ ކުރެވެމުންނެވެ. ދަންވެފައި ވުމުގެ ސަބަބުން މީރާގެއަށް ފޮނުވާލާފައި އޮޕަރޭޝަން ކޮޓަރި ކުރިމަތީގައި ތިބީ މަލައިކާއާއި ޒިދަންއެވެ. މޫސުން ގޯސްވެ ވިއްސާރަވެސް ވެއްޖެއެވެ. ހީވާފަދައެވެ. މޫސުންވެސް މަލައިކާއަދި ޒިދާންގެ ހިތާމައިގައި ބައިވެރި ވަނީއެވެ. ގުގުރި ޖަހަމުން ދިޔައީ ބިރުވެރި ގޮަތަކަށެވެ. ވިދާލާފައި ގުގުރި ޖަހާލާގޮތުން ހަށިގަނޑުގެ ހުރިހާ ލޯލިތަށް ކޮޅަށް ޖެހިލައެވެ. ނަަމަވެސް އެބާރު ގުގުރީންނާއި ވެހެމުން ދިޔަ ބޯވާރެއިން މަލައިކާއަށް އެއްވެސް އަސަރެއް ކުރާހެން ހިޔެއް ނުވެއެވެ. މަލައިކާގެ ބޮޑުދެލޮލުން ކަރުނަ އޮހޮރެމުން ދިޔައިރު މަލައިކާގެ ރުއިމުގެ އަޑު ޖަހާލާ ގުގުރިއަށް ވުރެ ބާރުހެން ހީވެއެވެ. ދުރުގައި އެމަންޒަރު ބަލަން އިން ޒިދާން އިނީ ކުރަންވީ ނުކުރަންވީއެއް ނޭނގިފައެވެ. މިއަދު އޭނާގެ އެއްވެސް ޖުމްލައަކުން މަލައިކާގެ ހިތަށް ހިތްހަމަ ޖެހުން ލިބިދާނެހެއްޔެވެ؟ މަޔަކަށްވުރެ ބޮޑަށް މަޔެއްގެ އިހުސާސްތައް އެނގޭނީ ކާކަށް ހެއްޔެވެ؟ މަރުވީކަަމަށް އޭނާ ހީކުރި ދަރިފުޅު ދުނިޔޭގައި އޮތްކަން އެއެނގުނީ އެކުއްޖާ މަރާއި ހަނގުރާމަ ކުރަމުން ދަނިކޮށެވެ. އެވަގުތު އޮޕަރޭޝަން ކޮޓަރި ދޮރުހުޅުވާލާފައި ޑަކްޓަރު ނުކުތެވެ.

***2 އަހަރު ފަސް***

މައްސަލަ ބަލާ ތަހުގީގު ކުރުމަށް ފަހު ކައިރާ އުމުރު ދުވަހަށް ޖަލަށް ލެވުނެވެ. ނަމަވެސް ޖަލުގައި 3 މަސް ދުވަސް ހޭދަ ކުރުމަށް ފަހު ކައިރާ ވަނީ އަމިއްލައަށް މަރުވެފައެވެ.

މީރާއާއި އެކު ގެއަށް ވަދެގެންއައި މަލިކާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ގޭދޮރު ހުޅުވާލާފައި ވައިން އިރު ގޭތެރެއިންވެސް ފެނިގެން ދިޔައީ ފަޅުކަމެެވެ. “ދަރިފުޅުދޭ އަރާމު ކޮއްލަން. މަންމަ ނޫޑުލިސްކޮޅެއް ކައްކާފަ ގެންގޮސްދޭނަން” މީރާ ބުނެލިއެވެ. މަލިކާ ބޯޖަހާލާފައި ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ މަލިކާ ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އަމިއްލަ ސޫރަ ފެނުމުން މަލިކާއަށް އިސްޖަހާލެވުނެވެ. މިއަދު މަލިކާ ހީވަނީ އެހެން މީހެއް ހެއްނެވެ.

2 އަހަރު ކުރީގެ އެހާދިސާއަށް ފަހު 3 ދުވަސް ފަހުން މަލިކާ ވަރަށް ބަލިވިއެވެ. އުރަމަތީގައި ރިއްސަން ފެށީ ކެއްނުވާ ވަރަށެވެ. މަލިކާ ހޮސްޕިޓަލަށް ގެންގޮސް ހެދުނު ޓެސްޓު ތަކުން މަލިކާއަށް ވަނީ އުރަމަތި ކެންސަރު ޖެހިފައިކަން އެނގުނެވެ. މަލިކާ އޭރު ހުރީ 2 ވަނަ ސްޓޭޖްގައި ކަމުން ރަނގަޅުވާނެ ކަމުގެ އުންމީދު އޮތެވެ. ނަމަވެސް ކީމޯތެރަޕީގެ އެހީގައިވެސް މަލިކާގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ދަށް ވަމުންނެވެ. އެންމެ ފަހުން މަލިކާއަށް ޖެހުނީ އުރަމަތި ނަގަންށެވެ. މިއަދު މަލިކާއާއި މީރާއެއައީ ރާއްޖެއިން ބޭރުން އެއޮޕަރޭޝަން ކޮއްގެންނެވެ.

މިއަދު ލޯގަނޑު ކުރިމަތިން މަލިކާއަށް ފެންނަނީ މުޅިން އެހެން މީހެކެވެ. ބޮލުގައި އެއްވެސް އިސްތައްޓެއް ނެތް އިރު އުރަމަތި ނެތުމުން ވަކިން ފަޅުހެން ހީވެއެވެ. ނަމަވެސް މިއަދު އެއީ މަލިކާއަށް އެންމެ ހައްގު އަދަބުކަން މަލިކާ ގަބޫލު ކުރެއެވެ. ކުޑަކުޑަ ޒުކާން ބަނޑަށް ތެޅުވީ އިރު އެއީ މާތް ﷲ އޭނާއަށް ދެއްވި ނިއުމަތެއްކަން މަލިކާއަށް ނޭނގުނީ ކީއްވެހެއްޔެވެ؟ މަލިކާގެ ދެކުދިން ދުނިޔެ ދޫކޮށް ދިޔުންވެސް އެއީ މަލިކާއަށް ކުރެވުނު ކުށުގެ އަދަބުކަމަށް މަލިކާ ގަބޫލު ކުރެއެވެ. މިއަދު މަލިކާ ވަނީ ދަރިމައިވުމުންވެސް ނުކުޅެދިފައެވެ. އެހެންވިޔަސް މަލިކާ ވަނީ އޭނާ ކުރި ޒިނޭގެ ހައްގު އަދަބު ލިބިގަންފައެވެ.

***

ލޯގަނޑުން ބޭރުބަލަން އިން ނާއިކްގެ މޫނުމަތީގައި އެއްވެސް އިހްސާސްއެއް ނެތެވެ. މިއަދު އޭނާއަކީ ދުނިޔޭގެ އެންމެ ފަހު ދުވަސްތައް ގުނަމުން ދާ މެހެމާނެކެވެ. އެހާދިސާ ހިނގިތާ 6 މަސް ދުވަސްފަހުން ނާއިކް އަަށް ވަނީ “އެއިޑްސް” ޖެހިފައިކަން އެނގުނެވެ. ނާއިކްގެ ހަށިގަނޑުގެ ގުނަވަންތައް މަޑުމަޑުން ވިރެމުން ދިޔައިރު ނާއިކްގެ ފަހުދުވަސްތައް ގުނަމުން އެދިޔައީ ހޮސްޕިޓަލު ތެރޭގައި އެކަނިމައި އެކަންޏެއެވެ. ލޯގަނޑުން ބޭރު ބަލަން އިން ނާއިކް ފުރޮޅުލީގޮނޑީގައި ލައްގަންނަމުން ދެލޯ މަރާލިއެވެ. ހިނދުކޮޅެއް ތެރޭގައި ނާއިކްގެ ހަށިގަނޑަށް ގުޅުވާފައި ހުރި މެޝިންތަކުގެ އަޑު ކެނޑުނެވެ. ނާއިކްގެ ފުރާނަ ހަށިގަނޑާވަކިވެ ދިޔަ އިރު، ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

***

“ކޮބާތަ ބައްޕިގެ ލޯބި ދެކުދިން” އޮފީސް ޔުނީފޯމުގައި ހުރި ޒިދާން ގޮވާލިއެވެ. އެއާއި އެކު ފިލާތިބި ޒުކާންއާއި ޒެހެކް ދުވެފައި އަހިސް ޒިދާންގެ ފައިގައި ބައްދައިގަތެވެ. “ހޫމްދެން ބައްޕި ގައިގަ ތިވަރަށް އޮޅުލާނެ ކަމެއް ނެތް ޔުނީފޯމު ހަޑިވެދާނެ” އެވަގުތު ސިޓިންގ ރޫމްއަށް ނިކުން މަލައިކާ ބުންޏެވެ. “ކިހިނެތްތަވީ؟ އެދޮގެއް ދޫނީމެން މަންމަ ޖޭވަނީއޭ އެހަހަ” ޒިދާން ހީލާފައި ބުންޏެވެ. މަލައިކާ ޒިދާން ކަންފަތުގައި ހިފާ ދަމާލިއެވެ. މިއަދު މަލައިކާއާއި ޒިދާންއަކީ ދެމަފިރިންނެވެ. ﷲ ގެ އިރާދަފުޅާއި އެކު ޒުކާންގެ ހާލަތު ރަނގަޅުވުމުން މަލައިކާއާއި ޒިދާން ކައިވެނި ކުރިއެވެ. ނާއިކްގެ ހުރިހާ ހަނދާންތައް ނައްތާލުމަށް ޓަކައި ނާއިޝާގެނަންވެސް ބަދަލު ކުރިއެވެ. މަލައިކާއާއި ކައިވެނި ކޮއްގެން ޒިދާން މަލައިކާ ގޮވައިގެން އޭނާ އަމިއްލަ ގެޔެއް ހަދާއެގެއަށް ބަދަލުވިއެވެ. މިއަދު އެ ހަތަރުމީހުންނަނީ އުފާވެރި އާއިލާއެކެވެ.

“ދެން އަވަސްކުރޭ ދެކުދިން އެޔޮށް ސްކޫލްއަށް ދާގަޑި ޖެހެނީ. ދޭބަ ބޭގް ހިފައިގެން އަންނަން މިއޮތީ ފެންފުޅި” މަލައިކާ ބުނެލިއެވެ. އެކާއި އެކު ޒުކާންއާއި ޒެހެކް ދުވެފައި ވަނީ ކޮޓަރިއަށެވެ. “ވަރަށް ލޯބިވޭ” މަލައިކާގެ ހަށިގަނޑުގައި ބައްދާލަމުން ޒިދާން ބުންޏެވެ. “ހޫމް. އައި ލަވް ޔޫ މޯރް” މަލައިކާ ބުންޏެވެ. “އާން. އަދި އެބައޮތޭ ވާހަކައެއް ހެހެ” މަލައިކާ ބުންޏެވެެ. ޒިދާން ނިއްއަރުވަލިއެވެ. އެއާއި އެކު މަލައިކާ ކޮޓަރިއަށް ގޮސް އެއްޗެއް ހިފައިގެން އައެވެ. “ސަޕްރައިޒް” އަތުގައި އޮތް ޓެސްޓު ކިޓު ދައްކާލަމުން މަލައިކާ ބުންޏެވެ. “މަލައި… ބަނޑުބޮޑީތަ؟” ޒިދާން އުފާވެލާފައި އެއްސެވެ. މަލައިކާ ހީލާފައި ބޯޖަހާލިއެވެ. ވީއުފަލުން މަލައިކާގެ ހަށިގަނޑު އުފުލާލިއެވެ.

އެވަގުތު ޒުކާންއާއި ޒެހެކް ވެސް ކޮޓަރިން ނުކުތެވެ. “ދަރިފުޅު މެންނަށް ކޮއްކޮއެއް ލިބެންނޯ މިއުޅެނީ ޔޭ” ހީލާފައި ޒިދާން ބުންޏެވެ. “ކޮންއިރަކުންތަ؟” ޒެހެން ހީލާފައި މައުސޫމްކަމާއި އެކު ބުނެލިއެވެ. “އަދި ބޭބީ މިއޮތީ މަންމި ބަނޑުގަ. ވަރަށް އަވަހަށް އަންނާނެ ހެހެ” ޒިދާން ހީލަމުން މަލައިކާގެ ބަނޑުގައި ބޮސްދިނެވެ. “ހެހެ ހޫމް ދެން ހިނގާ އެޔޮށް ސްކޫލްއަށް ދާގަނޑިޖެހެނީ” މަލައިކާ ބުނެލިއެވެ. ލިބެން އުޅޭ ކޮއްކޮގެ ވާހަކަ ދައްކަމުން ޒުކާންއާއި ޒެހެކް ނިކުތީ ވަރަށް އުފަލުންނެވެ. ދެކުދިންގެ އެއުފާވެރިކަން ފެނި މަލައިކާއާއި ޒިދާންވެސް ހީލިއެވެ. “އައި ލަވް ޔޫ ސޯ މަޗް” ޒިދާންގެ އަތުގައި ހިފާ ބާރުކޮއްލަމުން މަލައިކާ ބުންޏެވެ. “އެންޑް އައި ލަވް ޔޫ މޯރް” މަލައިކާގެ ނިތުގައި ބޮސްދެމުން ޒިދާން ބުންޏެވެ.

(ނިމުނީ)

މިހާހިސާބުން އަޅުގަނޑުގެ 6 ވަނަ ދިގު ވާހަކަ “ކުޑަކުޑަ ދަރިފުޅު” ވެސް ނިމުމަކަށް މިއައީ. މިވާހަކައިގައިވެސް ކިޔުންތެރިންގެ ފަރާތުން ލިބުނު ސަޕޯޓްއަށް ފަށް ފަށުން ޝުކުރުއަދާކުރަން.

ވާހަކައިގެ އިބުރަތް:

މައެއްގެ ލޯބި. އެއީ ކިހާ މަތިވެރި ލޯއިތްބެއް ހެއްޔެވެ؟ ދަރިއަކަށްޓަކައި މަޔަކު ނުވާނީ ކޮން ގުރުބާނީއެއް ހެއްޔެވެ؟ ދުނިޔެއަށް އަޅުގަނޑުމެން ގެނައުމަށްވެސް އެމައިން އަޅަނީ ކިހާ ވޭނެއް ހެއްޔެވެ؟ ނަމަވެސް އެކަން ދެނެގަންނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންބާއެވެ؟ އެމަންމަގެ މުޅި ދިރިއުޅުން ހޭދަ ކޮއްލަނީ އެދަރިފުޅަށް ޓަކައެވެ. މާތް ﷲ އަންހެނުން މައިންގެ ގޮތުގައި ލެއްވުންވެސް އެކަމަށް ހެއްކަކަށް ފުދެއެވެ.

وَٱلۡوَٰلِدَٰتُ يُرۡضِعۡنَ أَوۡلَٰدَهُنَّ حَوۡلَيۡنِ كَامِلَيۡنِۖ لِمَنۡ أَرَادَ أَن يُتِمَّ ٱلرَّضَاعَةَۚ وَعَلَى ٱلۡمَوۡلُودِ لَهُۥ رِزۡقُهُنَّ وَكِسۡوَتُهُنَّ بِٱلۡمَعۡرُوفِۚ لَا تُكَلَّفُ نَفۡسٌ إِلَّا وُسۡعَهَاۚ لَا تُضَآرَّ وَٰلِدَةُۢ بِوَلَدِهَا وَلَا مَوۡلُودٞ لَّهُۥ بِوَلَدِهِۦۚ وَعَلَى ٱلۡوَارِثِ مِثۡلُ ذَٰلِكَۗ فَإِنۡ أَرَادَا فِصَالًا عَن تَرَاضٖ مِّنۡهُمَا وَتَشَاوُرٖ فَلَا جُنَاحَ عَلَيۡهِمَاۗ وَإِنۡ أَرَدتُّمۡ أَن تَسۡتَرۡضِعُوٓاْ أَوۡلَٰدَكُمۡ فَلَا جُنَاحَ عَلَيۡكُمۡ إِذَا سَلَّمۡتُم مَّآ ءَاتَيۡتُم بِٱلۡمَعۡرُوفِۗ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ بِمَا تَعۡمَلُونَ بَصِيرٞ {ބަޤަރާ ސޫރަތުގެ 233 ވަނަ އާޔަތް}

މާނައީ: މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ މުއްދަތަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް ޤަޞްދު ކޮށްފި މީހަކަށެވެ. އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ، ތަކުލީފެއް ނުޖައްސަވަތެވެ. މައިމީހާއަށް، އެކަނބުލޭގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، ބަފަޔަކަށްވެސް، އޭނާގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، (ކުއްޖާގެ ބަފާގެ މައްޗަށް ލާޒިމް ވީ ކަންތައް) ވާރުތަވެރިޔާގެ މައްޗަށްވެސް އެފަދައިން ލާޒިމް ވެގެންވެތެވެ. ފަހެ، އެ ދެމީހުންގެ ރުހުމާއި، މަޝްވަރާއާއެކު (ދެއަހަރު ހަމަވުމުގެ ކުރީގައި) ކިރުދިނުން ހުއްޓާލަން ޤަޞްދު ކޮށްފިނަމަ، (އެކަމުގައި) އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުންގެ ދަރިންނަށް އެހެން މީހަކު ލައްވާ ކިރުދިނުމަށް ޤަޞްދު ކޮށްފިނަމަ، ހެޔޮގޮތުގައި އެކަނބަލުންނަށް ދޭންޖެހޭ އުޖޫރައެއް ތިޔަބައިމީހުން އެކަނބަލުންނަށް ދެނީނަމަ، (އެކަމުގައި) ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި، ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!

ގުރްއާންގެ މިއާޔަތުންވެސް އެއީ ކިހާ މުހިންމު ކަމެއްކަން އެބަ އެނގޭ ހެއްޔެވެ؟ ނަމަވެސް “މަލިކާ” ފަދަ ކިތަންމެ ކުއްޖަކު މިއަދު ދަރިންނަށް އެގޮތުގައި އެބަ ކަންކުރެއެވެ. “ހަށިގަނޑު ހަޑިވެދާނެތީ” ސަބަބަކަށް ބޭނުން ކުރުމުގެ ހައްގު އެހެންވެ އަހަރެމެންނަށް އެބަ އޮތް ހެއްޔެވެ؟ މާތް ﷲ ގުރްއާންގައި އެގޮތަށް ބުނުމުން ފާޑު ކިޔުމުގެ ހައްގު އަހަރެމެންނަށް އެބައޮތް ހެއްޔެވެ؟ އަހަރެމެންގެ ހަށިގަނޑު އުފެއްދެވީވެސް އެކަލާންގެއެވެ. އަހަރެމެންނަށް އެދަރިފުޅު ދެއްވީވެސް ހަމަ އެކަލާންގެއެވެ. އެވަރުގެ ބޮޑު ކަމެއް ކުރަން މައިންގެ ހިތަށް އަރާތީވެސް ހަމަ އާޝޯހުވާފަދައެވެ. ދަންނާށެވެ. އަހަރެމެންނަށް ވުރެ އަހަރެމެންގެ ކަލާންގެ ބޮޑުވެގެންވެއެވެ. ދަރިއަކު ހައިބަނޑާ ބާއްވައިގެން އެކަހަލަ ކޯފާއެއް ކުރިމަތި ވުމަކީވެސް ވެދާނެކަމެކެވެ. އެއީ ބައްޔެއް ކަމަށް ހީނުކުރާށެވެ. އެއީ ހަމަ ކޯފާއެކެވެ.

ނޯޓް: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮއްލިޔެފައިވާ ޙީޔާލީ ވާޙަކައެކެވެ. ވާހަކައިގައި ބޭނުންކޮއްފައިވަނީ ޙިޔާލީ ނަންތަކެކެވެ.

އަޅުގަނޑުގެ 7 ވަނަ ދިގުވާހަކަ “ޒެވިއަން” ގެ ފުރަތަމަ ބައި ކިޔާލެވެން އިންނާނެ. ކޮމެންޓް ސެކްޝަން އިން ހުރިހާ ކުދިންނާއި އެކު ދެންވެސް ދިމާވާނެ ކަމަށް އުންމީދު ކުރަމެވެ. 🥰

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އައިރީން 1

Next

ޒެވިއަން 1

Next
April 29, 2025

ޒެވިއަން 1

Previews
April 29, 2025

އައިރީން 1

10 Comments!

  1. gurrrl_8 gurrrl_8 says:
    April 29, 2025 at 1:04 pm

    mashallah shiherr vrh furihama
    you are the best hama
    lyyy

    1. shihaamaa ali shihaamaa ali says:
      May 1, 2025 at 12:33 pm

      Jazaakallah khairan gurrrl_8 ❤️

  2. Maash Maash says:
    April 29, 2025 at 2:28 pm

    Hey darll..
    I’m so happy they got what they deserved.. Honestly this story is really really good… The plot twist and everything bunnaane ehcheh vx neyge.. I love this…
    Malaika and zidhaan they are soo cute together.. Love them..
    Thigothuga abadhuvx kuriyah dhaane kamah ummeedhu kuran.. Lysssm darl💜🦋

    1. shihaamaa ali shihaamaa ali says:
      May 1, 2025 at 12:33 pm

      Heyy maash,
      Hehe jazaakallah khairan lavv
      In sha allah i will, same goes to you hon
      Ilyyyssmm❤️❤️

  3. aanaa says:
    April 29, 2025 at 4:32 pm

    Shihaaa…mi vgk vrh vrh reethii..bunaane ehcheh neyngifa mi huhnanyy..malaika r naaik gulhen kithanme beynunviyas naaik kahall beyvafaatheriaku malaika kahala wife akh deserve e nuvey..zidhaan r malaika maa gulhey..n e kaira vs haadha goaheyy…revenge naganshey kiyaafa kuri kankan balaa..naaik maruvyma dheravey ekm kyhkuraany vhk first part kiyaafa hithah vs naarai naaik mihaa goas vedhaaneyey..malakaa vs…vrh rangalhu iburatheh libign dhey haqeeqathuga mi vhkin…

    N xevian vhk ge first part vs vrh vrh reethii…buzy vma e vhk ga cmnt nukoh ehkoh mi vhk ga cmnt mikohlyy..mi 2 vhk laafa inthaa 42s arai huhta kiin ekm busy vyma cmnt nukohlevuny..once again vrh vrh reethii..i appreciate ur hard wrk thihaa bsy koh stds ga ulhemunvs vhk baraabarah genesdheythy…

    Vrh vey shihaa r meet vaahih….insha allah adhi ehdhuvahun meet vaane kmh unmydh kuran…tcc lyyy shihaa💛

    1. shihaamaa ali shihaamaa ali says:
      May 1, 2025 at 12:35 pm

      Heyy aana
      Jazaakallah khairan, hope to see your comments on Xevian, too
      In sha allah one day🥹🫶🏻

  4. Your fav bab Your fav bab says:
    April 29, 2025 at 6:10 pm

    Alhey mi story vx nimuny dhw😭😭😭
    Malika n naaaik they deserves it!!
    I kinda knew that kaira was the one behind all of this!!
    Finally deserving mum n dad as a couple zidhan n malaika💗💗💗
    I thought this story would be much longer😪😅
    Anyways I luved this story so far so good
    Lyssssssssm💗💗💗💗

    1. shihaamaa ali shihaamaa ali says:
      May 1, 2025 at 12:36 pm

      Hehe yess.. i was actually going to write it as a kuruvaahaka but obvi its too long for that😭😭
      Hope to see your comments on, Xevier tooo

  5. Blossom Blossom says:
    April 30, 2025 at 1:18 am

    Varah dheravi fahu baey jahaafa iniima. Haadha avahakashey vaahaka nimunii hithah erii….. Eha kiya hithun hutta vaahaka nimunii . Dhn eyruves hiivejje zidhan marry kuraane hn malaika aa… Kanthah bust vii hisaabun hihi…

    1. shihaamaa ali shihaamaa ali says:
      May 1, 2025 at 12:36 pm

      Hehe yess.. i was actually going to write it as a kuruvaahaka but obvi its too long for that😭😭

Comments are closed.



All Right Reserved!