“ކޮބާ ކޮބާ އެންމެ ފަހުން އެންމެ މަޑުން އިންގޮލާއަށް ހުރިހާ ބޮނޑިއެއް ހަހަ” ޒެވިއަން ދަށް ވުމުން އަލާޔާ ބުނެލިއެވެ. ޒެވިއަން ހަމަ އެކަނި ހިނިތުންވެލީއެވެ. “ޑްރިންކްއެއް އެއްޗެއް ގަނެލަންވީނުން؟ އައިސްކްރީމް ވިޔަސް؟ މިހެން ކުޅުނަކަސް ނުވާނެދޯ؟” ނުހާ އެއްސެވެ. “އޭ އައިސް ކްރީމް މާ ސަޅި ވާނެ މިއޮއް ހޫނު އިރު” އަލާޔާ ބުންޏެވެ. އެންމެންވެސް އަލާޔާއާއި އެއްބަސްވިއެވެ. “ސަޅި ހިޔާލެއް. ހިނގާ ނުހާ މަށާއި އެކު” ވަގުތުގެ ބޭނުން ހިފާ ޒެވިއަން ބުންޏެވެ. ނުހާ ބޯޖަހާލާފައި ތެދުވިއެވެ.
ލަސް ހިނގުމުގައި ހިނގާފައި ދިޔަ ޒެވިއަންއާއި ނުހާއާއި ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެމަޑުމައިތިރި ކަމުން ޒެވިއަންއަށް ދިޔައީ އުނދަގޫ ވަމުންނެވެ.
“ހޭ. ތިމީހުން ލަންކާއަށްދޯ ދިޔައީ؟” ދައްކާނެ ވާހަކައަކާއި މެދު ވިސްނަވިސްނާފައި ޒެވިއަން އެއްސެވެ. “ޔާ. ޔޫ ދިޔައިންތަ ލަންކާއަށް؟” ނުހާ އެއްސެވެ. “ހެހެ ނޫން. އެކަމަކު ދިޔައިން ސްޕެއިންއަށާ ކޮރެއާއަށް” ޒެވިއަންގެ ޖަވާބާއި އެކު ނުހާގެ ދެލޯބޮޑުވިއެވެ.
“ކޮރެއާއަށޭ؟ އަޅޭ ނުހާ ގޮވައިގެން ދިޔަނަމަ” ނުހާ ތުންކޮޅު އޮޅާލިއެވެ. “ހެހެ. އަސްލު ޒެވް ބައްޕަ ފަރާތު މާމަ އެއީ ހާފް ސްޕެއިން ހާފް ކޮރެއަން މީހެއް. އެހެންވެ ކޮރެއާގަވެސް އުޅޭދޯ ފެމިލީ. އެމީހުން ކައިރިއަށް ދިޔައީ” ޒެވިއަން ކިޔައިދިނެވެ. “ލަކީ.” ނުހާ ބުނެލިއެވެ.
“ހެހެ އަދި އިރާދަ ކުރެއްވިއްޔާ ނުހާއަށްވެސް ދެވޭނެ” ޒެވިއަން ބުނެލިއެވެ. ނުހާ ބޯޖަހާލިއެވެ. ފިހާރައާއި ހަމައަށް ވާސިލް ވެވުމުން އެހިސާބުން ވާހަކަ މެދު ކަނޑާލެވުނެވެ.
“ނޫ ކޯއްޗެއްތަ ބޭނުމީ؟ އައިސްކްރީމްތަ މެގްނަމްތަ؟” ޒެވިއަން އެއްސެވެ. ނުހާއަށް ޒެވިއަންއާއި ދިމާލަށް ބަލައިލެވުނީ “ނޫ” އޭކިޔާ ޒެވިއަން މުޙާތަބް ކުރުމުންނެވެ. ހިނިތުންވެލާފައި ނުހާއަށް އިސްޖަހާލެވުނު އިރު ނުހާގެ ދޮންކޯތާފަތަށް ޖަންބުކުލަ އަރައިފިއެވެ.
“ހެހެ އެހެން ކީމަ ކަމުނުދިޔައީތަ؟” ޒެވިއަން ހިނިތުންވެލީ ނުހާގެ ހުރި މައުސޫމްކަން ފެނިފައެވެ. “ހެހެ ނޫނޭ. އޯކޭ ހަމަ. އެއީ އެންމެންހެންވެސް އަޅުގަނޑަށް ކިޔާނަން” ނުހާ ބުނެލިއެވެ. ޒެވިއަން ހީލިއެވެ. “އެހެންވެ ދެން ނޫވެސް ކިޔާނީ ޒެވް އިނގޭ؟” ޒެވިއަން ބުނެލިއެވެ. “ލައްބަ. އަޅުގަނޑު ބޭނުމީ އައިސް ކްރީމް” ކުޑަކުއްޖެއް ފަދައިން އައިސް ކްރީމް ހުރި ބަޔަށް އިނގިލި ދިއްކޮއްލަމުން ނުހާ ބުންޏެވެ. ޒެވިއަން ހިނިތުންވެލާފައި ކޮންމެ މީހަކައަށް އައިސް ކްރީމް ތައްޓެއް ނެގިއެވެ.
ރޭގަނޑުގެ ވަގުތެވެ. ބޯކޮށް ވެހެމުން ދިޔަ ވިއްސާރައިގެ ސަބަބުން އެންމެންވީ އެމީހުންގެ ގޭތަކަށް ވަދެއެވެ. ޑިޓެންޝަން ސެންޓަރ އިން ނިކުން މެދު އުމުރުގެ ފިރިހެންމީހާގެ މޫނު މަތީގައިވީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެކެވެ. ޖީބަށް އަތް ޖަހާލައިގެން ހުރި އިރު އޭނާ މިއަދު އެހުރީ ގައިމުވެސް ވަރަށް އުފަލުންނެވެ. މިއަދު މިއީ އޭނާގެ ދުވަހެވެ. ޖަހާލި ބާރުގުގުރިއާއި އެކު އެމީހާގެ ނުލަފާ ހިނިގަނޑުވެސް ހިނދިގެން ދިޔައެވެ.
“ދެން އަބަދުވެސް ހަމަ މިހެންތަ ދިމާ ކުރާނީ؟” އުނގުގައި އޮތް އަވްލީންގެ އިސްތަށިކޮޅުގައި ފިރުމާލަމުން ނައުހާން އެއްސެވެ. “އައި ގެސް.. މަންމަމެން ބުނެފަ އޮތީ 10 ނުނިމެނީސް ކުއްޖަކާ ރައްޓެހި ނުވައްޗޭ. އަދިމިހެން ވަގަށް މީޓް ކުރާކަން އެނގިގެން ނޭނގެ ބައްޕަ އަންނަ ރުޅީގަ ނައު ޖަލަށް ނުލާނެ ކަމެއްވެސް” އަވްލީން ބުނެލިއެވެ. ނައުހާން ހީލިއެވެ. “އެކަމަކު އޯކޭއެއްނުން؟ މިހެން މީޓް ކުރާނީ އެހެންވެ 10 ނިމެންދެން. ވަކިން މީޓް ކުރަން ލާހިކެއްނޫން އެގުނީމަ. އޭރަށް ދެން ބޭރަށް ދަންޏާ ޖެހޭނެ ދާތަނާ ހުރިހާ އެއްޗެއް ކިޔަން ވަރަށް ފޫހިވޭ” އަވްލީން ތުންކޮޅު އޫކޮށްލިއެވެ.
“ހެހެ އެހެންވެ ރަނގަޅެއްނުން؟ ލީންއަށް އަބަދުވެސް ނައުގެ ރޫމް ވެލްކަމް. އަންނަން ބޭނުންވީމަ އަންނަންވީ ހަމަ” ނައުހާން ބުނެލިއެވެ. އަވްލީން ހިނިތުންވެލިއެވެ. ދެން މިތާ އޮށޯވެބަލަ. އަދި މިރޭ ލޯބިވެސް ނުކޮއްލަމެއްނުން؟” އެނދުމަތީގައި އަވްލީން ބާއްވާލަމުން ނައުހާން ބުނެލިއެވެ. އަވްލީން ހިނިތުންވެލާފައި ނައުހާން ކަނދުރާގައި އަތް އަޅުވާލިއެވެ. ހިނިތުންވެލާފައި ނައުހާން އަވްލީންގެ ދޮން ކަރުގައި ބޮސްދިނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ދުވަހަކީ އަހަރުގެ ދެވަނަ ޓާމު ފެށިގެންދާ ދުވަހެވެ. ޒެވިއަން، ޔަލާން، އަދި އަލާޔާ އެކުގައި ނިކުތީ ސުކޫލަށް ދިޔުމަށެވެ. ސުކޫލަށް ދިޔަ މަގުމަތީގައި އެކި އުމުރުފުރައިގެ ކުދިންތަކުގެ ނަޒަރު ދިޔައީ އެތިންކުދިންނަށް ހުއްޓެމުންނެވެ. ނަމަވެސް އަޅައިނުލާ ތިން ކުދިން ދިޔައީ އެމީހުންގެ އަމިއްލަ ސަކަރާތުގައެވެ. ސުކޫލް ގޭޓުން ވަނުމާ ހަމައިން ޒެވިއަންއާއި އަލާޔާއާއި ޔަލާން ވަކިވިއެވެ. ޒެވިއަންއާއި އަލާޔާވެސް ކިޔަވަމުން ދިޔައީ ސައިންސް ސްޓްރީމް ކަމުން ޒެވިއަންއާއި އެކު އަލާޔާވެސް ވަނީ އެކުލާހަށެވެ.
ކްލާހަށް ވަދެ ދަބަސް ބައިންދާފައި ޒެވިއަންގެ ދެލޯ ހޯދައިލީ ނުހާއެވެ. ކުލާސް ދޮރާއި ނަޒަރު ހުއްޓާލައިގެން އިން ޒެވިއަންގެ ދެލޯ ވިދާލީ ދޮރުން ވަދެގެން އައި ނުހާފެނިފައެވެ.
“އޭ. ކަލޭވެސް މެހެކްއަށް ހިތްކީތަ؟” ނުހާ ގާތުގައި ހުރި މެހެކްއަށް ބަލައިލަމުން އައިޒިން އެއްސެވެ. ނުހާއާއި މެހެކްއަކީ ކުޑައިރުން ސުރެ ގާތް އެކުވެރިންނެވެ. “މަގޭވެސް އޭ؟ ކީކޭތިބުނީ؟” ޒެވިއަން ހައިރާންވެފައި އެއްސެވެ. “ކަލެއަކަށް ނޭނގޭތަ؟ މި ގްރޭޑް އެންމެނަށްހެން އެނގޭ މެހެކް ހުންނަނީ ކަލެއާއި ހުރެ މޮޔަވެފަކަން. ހަހަ” އައިޒިން ބުންޏެވެ.
“ހަހަ. ހެޔޮ. މަށަކަށް މެހެކް ކަމަކު ނުދޭ.” ޒެވިއަން ބުންޏެވެ. “ހަހަ. އޭތިއެއް ނޫނޭ.. މައެއްޗެއް އަހާލަންތަ؟” އައިޒިން އެއްސެވެ. ޒެވިއަން ނިތް ހިއްލާލިއެވެ. “އަލާޔާ ބިޓެއް ހުރޭތަ؟” ބޯކަހާލަމުން އައިޒިން އެއްސެވެ. “ހަހަ ކިހިނެތްވީ ހިތްކީތަ؟” ޒެވިއަން އެއްސެވެ. އައިޒިން ބޯކަހާލިއެވެ. “ހަހަ. މަބުނާނީ ތިކަމާ އުޅިލަ ބަލާށޭ” އައިޒިންދެކެ ލޯބިވާ ވާހަކަ އަލާޔާ ބުނެފައި ވުމުން ހީލާފައި ޒެވިއަން ބުނެލިއެވެ. “އޭ އަސްލުތަ؟” އައިޒަން އެއްސެވެ. ޒެވިއަން ބޯޖަހާލިއެވެ. ހީލާފައި އައިޒިން ޔޭސް އޭބުނެލިއެވެ.
އެސެމްބްލީގައި ތިބި ކުދިންތަކުގެ ތެރޭގައި ހުރި މާވީ ދިޔަކީ ތުރުތުރު ލަމުންނެވެ. މާވީ ފަހަތުގައި ހުރި ލިލިއާ ހުރީ މާވީއަށް ވަމުން ދިޔަ ގޮތުން ފުސް މޫނު ހަދައިގެންނެވެ. އިސްޖަހާލައިގެން ހުރި މާވީގެ ދެލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ވެއްޓުނެވެ. މާވީ ބަލައިލީ ފިރިހެން ކުދިންގެ ސަފަށެވެ. އެތަނުގައި ހުރި ޔަޝްއަލް ފެނި ބޮޑަށް ރޮވޭގޮތްވިއެވެ. ކަރުނައިގެ ތެރެއިން ޔަޝްއަލްގެ މޫނަށް ބަލަން ހުރި މާވީއަށް ދިޔައީ މަންޒަރު ފުސް ވަމުންނެވެ. ކުޑަހިނދުކޮޅެއް ތެރޭގައި މަންޒަރު އެކީ ފުސްވެ މާވީ ހުރިތަނަށް ދެމުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Masha allah vrh vrh reethi mi part vs
Haadha curious eyyyyy
Maavy preg v tha?????
avlyn r nauhaan eyyyy????alhe nuvs dhanna myhun dhww miulhenyyy….mihaar vs next part kiyaahih eba veyyy
curiously waiting for the next
when next????
tc lyy
Jazaakallah khairan aanaa🫶🏻
Haha neynge dhwww😭 eyeh ingeyne next ep ga👀
Haha yepp😂 hehe in sha allah very soon kiyaalan libeyne stay tuned lytt❤️
Mi part vx vrh reethi maasha allah..
I’m sooo curious for next part.. Keep it up darll.. Lysssm 💜🦋
Jazaakallah khairan love❤️
Stay tuned, lymm❤️❤️
shihaa i have sended you a mail could you check
I replied.. pls check
Nicee
Waiting for another part♥️
Jazaakallah khairan dear 🫶🏻🫶🏻
Waiting for another episode 🫶🏻🫶🏻
Stay tuned🫶🏻🫶🏻
Mi part vx v reethi. Maadha Allah
Curiously waiting for the nxt part
One of my fav Shiher
Lots of luv frm me💜
Jazaakallah khairan
Alhey mi part hama obiness to the max))’3
I luv it
Ey zev kairi bunaathi dhen faharaku nuhaa aai marry koh gen Korea ah dhaairu I vx govaigenney Korea ah dhaanee
South Korea ah 😁😆
Avleen Kada ingey
Aizin n alaayaa dhe meehun dhemeehunnah hith e kee!! awwwnnnn 🥰
When next?
Ly
Jazaakallah khairan❤️
Hahaha gulhaalaanamw xev bunii flight hama jahssaalaafa😭🤣
Hehe 😭
Hehe dhwww keke
In sha allah soon stay tuned❤️