Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުޑަކުޑަ ދަރިފުޅު 6 & 7

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 27, 2025 5 Mins Read
8 Comments

ޒިދާން ކިޔައިދިން މަދަހައިގެ އަޑު އަހަން ޒުކާން ވަރަށް ބަސް އަހައިގެން އޮތެވެ. ފުރަތަމަ ފަހަރަށް އެދެލޮލުގައި ވިދުން އެކުލެވުނެވެ. ފުރަތަމަ ފަހަރަށް އެކުޑަތުންފަތައް ހިނިތުންވުމެއްވެރިވިއެވެ. ޒިދާންއަށް ހިނިތުންވެވުނު އިރު އެދެލޮލުގައި ފާއްދާލީ އުފާވެރި ކަމުގެ ކަރުނައެވެ.

ދަންވަރުގެ ވަގުތެވެ. ނިދިފައި އޮތް މަލައިކާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އޮތް ނާއިކް އޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ކަންތައް މިދަނީ އޭނާ އެއްގޮތަކަށްވެސް ހީކުރި ގޮތަކަށް ނޫނެެވެ. މިހާރު ކޮންމެ ގޮތެއްވިޔަސް ދޮންމަންމަގެ ލަގަބުގެ އިތުރުން، ކިރުގެ ގޮތުން މައެއްގެ ލަގަބުވެސް މަލައިކާއަށް ލިބިއްޖެއެވެ. ދެން އެދަރިފުޅު އެއީ ނާއިކްއާއި މަލިކާގެ ކުއްޖެއްކަން އެނގޭ ދުވަހަކުން…؟ ނާއިކްގެ ބޯހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. އެވަގުތު ގޭގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. އެހާ ދަންކޮއްފައި ގެއަށް އަންނާނިީ މަލިކާކަން ނާއިކްއަށް ކަށަވަރުވިއެވެ. އެހެން ކަމުން މަލައިކާ ރީތިކޮއް އެނދުމަތީގައި ބާއްވާލާފައި، ނާއިކް ކޮޓަރިން ނިކުތެވެ.

ލަސް ހިނގުމުގައި ހިނގާފައި އައި މަލިކާއަށް ނާއިކް މަރްހަބާކިއީ ހޫނު އަތް ތިލައަކުންނެވެ. “އޭ! ކަލޭ ކޮން ފުއްޕުމެއްތަ ތިފުއްޕަނީ؟” އައި ރުޅީގައި މަލިކާ ބުންޏެވެ. އެއްވެސް އެއްޗެއް ނުބުނެ ނާއިކް މަލިކާގެ އަތުގައި ހިފާ ދަމާ ގެންގޮސް ވެއްދީ ގެސްޓު ރޫމް އަށެވެ. “ކަލޭ މޮޔަވީތަ އޭނ؟ މަނެއް ކަލެއަަށް ދައްކާނެ އެއްވެސް-” މަލިކާގެ ވާހަކަ ހުއްޓުނީ ނާއިކް ކުއްލިއަކަށް ހުރެފައި މަލިކާގެ ތުންފަތަށް ބޮސް ދިނުމުންނެވެ. މަލިކާ އައި ރުޅީގައި ނާއިކްގެ މޭމަތީގައި އަތް ވިއްދާ ދުރުކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ނާއިކް ހުރީ މަލިކާގެ އެހަރަކާތަށް ތައްޔާރު ވެގެންނެވެ. މަލިކާގެ އުނަގަނޑުގައި ހިފާ އެނދުމަތީގައި ބާއްވަމުން މަލިކާ ގައިމައްޗަށް އެރިއެވެ. ދެންވެސް ނާއިކް ދުރުވާން ނޫޅުމުން އެންމެފަހުން މަލިކާ ނާއިކް ތުންފަތުގައި ދަތް އެޅިއެވެ. “ކަލޭ މޮޔަވީތަ؟” ނާއިކް ދުރުވެލުމުން މަލިކާ ރުޅި އަހިސްފައި ބުންޏެވެ.

ނާއިކް ހީލާފައި ތެދުވެ ލައިގެން ހުރި ޓީޝާޓު ގަޔާއި ވަކި ކޮއްލިއެވެ. ކިތަންމެ ވަރަކަށް އަނިޔާ ކުރިޔަސް އޭނާގެ މަގްސަދު އޭނާ ހާސިލް ކުރަން ނިންމައިގެން ހުރިފަދައެވެ. “ކަލޭ މޮޔަވީހޭ؟” އަނެއްކާވެސް މަލިކާ ތަކުރާރު ކޮއްލިއެވެ. “އާނ! މަ މޮޔަވެއްޖެ. މަގޭ ދަރި ވިހާފަ ދެން އެއްވެސް ތުރާއެއް ނުކުރާނަން ކަމަށް ކުރި ވައުދު ކޮބާ އެއިން؟ އެވަގުތު ކަލެއަށް ހިފެހެއްޓުނު ނަމަ ކީއްވެ މިއަދު މަލައިކާ ޒުކާންއަށް ގާތުން ދޭން ޖެހުނީ؟” ނާއިކްގެ ސުވާލާއި އެކު މަލިކާގެ ދެލޯ ބޮޑުވެލިއެވެ. އެއީ އޭނާއަށް މުޅިން އައު ޙަބަރަކަށްވީތީއެވެ. “ކީކޭ؟ ތިކިޔާއެއްޗެއް ތަންކޮޅެއް ސާފު ވާހެން ކިޔާބަލަ!” މަލިކާ ބުންޏެވެ. “އާނ! ކަލޭގެ ފިރިކަލުން އަހިސް މަލައިކާ ގާތު އާދޭސް ކުރީ އެކުއްޖާ ބަނޑުފުރައި ދީބަލާށެ ކިޔާފަ. ތާހިރެއްނުން. ކަލޭ އެކުއްޖާއަށް ފީޑް ކޮއްދޭ ނަމަ މިހެން ނުވީހެއްނުން” ނާއިކް ހުރީ ރުޅި އަހިސް ރަތްވެފައެވެ. ނާއިކްއާއި ދިމާލަށް ވަށް ކަޅިން ބަލާލާފައި މަލިކާ ނުކުމެގެން ދިޔައެވެ.

ކޮޓަރިއަށް ވައިން އިރު ޒުކާން އޮތީ ނިދިފައެވެ. ޒުކާން ގާތުގައި އޮތް ޒިދާންއަށެވެސްމެއެވެ. އެއްވެސް ރަހުމެއް ނެތި މަލިކާގޮސް ޒުކާން ނަގިއެވެ. ވަގުތުން އެކުއްޖާއަށް ތަދުވެ، ރޯން ފެށިއެވެ. ޒުކާންގެ ރުއިމުގެ އަޑަށް ނިދިފައި އޮތް ޒިދަނާއަށްވެސް ހޭލެވުނެވެ. “ކިހިނެތްވީ؟” ހާސްވެފައި ޒިދާން އެއްސެވެ. ވަގުތުން މަލިކާ ޒިދާން ކަންކަށިމަތީގައި ޖެހިއެވެ. “ހުރި ގޮތް ކުޑަކަން ބަލާބަލަ. ކީއްކުރަން މަލައިކާ ގާތު ބުނީ ޒުކާންއަށް ފީޑް ކޮއްދޭށޭ އެއިން؟ ދެން މަމީ ކީއްކުރާ މީހެއްތަ؟؟” މަލިކާގެ އަޑު ބާރުވަމުން ދާތީވެ ތުއްތު ޒުކާންއަށް ދިޔައީ ބިރުން ރޮވެމުންނެވެ. މިމަންޒަރު ފެނި ޒިދާންގެ ހިތް ދިޔައީ ކުދިކުދި ވަމުންނެވެ. “މަލީ ފީޑް އެއް ނުކޮއްދެމެއްނުން؟” އިސްޖަހާލައިގެން ހުރެ ޒިދާންއަށް ބުނެވުނެވެ. “ބަލާލަ ހުރި ލަދު ހަޔާތް ކުޑަކަން” ޒިދާންގެ ޖަވާބާއި އެކު މަލިކާގެ ރުޅިގަނޑު ކެކިގަތެވެ. “އަން ކަލޭގެ ދަރި! ދޭ މަލައިކާ ކައިރިއަށް. ގޮސް އޭނަ ކައިރީ އޮވޭ” ޒިދާންގެ މޭމައްޗައް ޒުކާން ޖަހާފައި މަލިކާ ބުންޏެވެ. ޒިދާންއަށް ހުރެވުނީ ހައިރާންވެފައެވެ. ކަނދުރާ ހަރުނުލާ ކުއްޖަކާދޭތެރޭގައި ވިހޭ މައިމީހާ މިކަން ކުރަނީ ކިހިނެތް ހެއްޔެވެ؟ “އަދިވެސް ބަލަން ހުރީތަ؟ ނިކުންނާށޭ” މަލިކާ އަނެއްކާވެސް ހަޅޭ ލަވައިގަތެވެ.

ރޮމުން ދިޔަ ޒުކާން މަަލަސް ކުރަން މަސައްކަތް ކުރަމުން ޒިދާން ކޮޓަރިން ނުކުތެވެ. ޒިދާން ނިކުންހެން ހީނުވެ މަލިކާ ކޮޓަރި ތަޅުލިއެވެ. ފުންނޭވާއެއް ދޫކޮށްލާފައި ޒިދާން ގޮސް ސޯފާގައި އިށީނެވެ. “ސޮރީ ދަރިފުޅޫ. ދަރިފުޅަށް ރަނގަޅު މަންމައެއް ބައްޕި އަކަށް ހޯދައެއް ނުދެވުނު” ޒިދާންގެ ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ވެއްޓުނެވެ.

ހެނދުނުގެ ވަގުތެވެ. ފަތިސް ނަމާދަށް ހޭލާ ޒިކުރު ކިޔުމަށް އިނދެފައި، މީރާ ނިކުތީ 7 ޖަހަން އުޅެނިކޮށެވެ. ސިޓިންގ ރޫމްއަށް ނިކުން އިރު ސޯފާގައި އިން ޒިދާންފެނި މީރާގެ މޫނުމަތީގައި ޖެހުނީ ސުވާލު މާކެކެވެ. “ދަރިފުޅާ؟ ކިހިނެތްވެފަ މިތާތީނީ؟ ވަންނަގަ ކޮޓަރިއަށް؟” ޒިދާންގެ ކޮނޑުގައި ކޮއްޓާލަމުން މީރާ ބުންޏެވެ. ޒިދާން މީރާއާއި ދިމާލަށް ބަލައިލީ ވޭނުން ފުރިގެންވީ ލޮލަކުންނެވެ. އެކަމުން ކޮންމެވެސް ވަރަކަށް ވީނުވީ މީރާއަށް ދެނެގަނެވުނެވެ. “ދޭގެސްޓު ރޫމްގަ ޒުކާން ބާއްވާލަން. ދަރިފުޅުވެސް އަރާމު ކޮއްލަން ދޭ. މަންމަ މަލިކާއަށް ވާޙަކަ ދައްކާނަން” މީރާ ބުންޏެވެ. ޒިދާން ބޯޖަހާލާފައި ތެދުވިއެވެ.

ޒިދާންގޮސް ގެސްޓް ރޫމްއަށް ވަނުމުން މީރާ ގޮސް ކޮޓަރިއަށް ވެނެވެ. އޭރު މަލިކާ ފޯނު ހިފައިގެން އޮތެވެ. “ދަރިފުޅާ؟ ތިދެން އަޅެ ކޮންކަމެއްތަ؟ ހެޔޮނުވާނެ ދަރިފުޅާ ގޭތެރޭގަ އެއްވެސް ކަމެއް ނުކުރިޔަސްވެސް އެކުއްޖާފުޅު ހުސްބަނޑާ ނުބާއްވަބަލަ މަންމަ އާދޭސް މިކުރަނީ” މީރާ ބުންޏެވެ. ނަމަވެސް މީރާގެ އެނަސޭހަތުން މަލިކާ ގާތަށް އައީ ރުޅިއެވެ.

“މިދެން ކިހާ ދެރަކަމެއްތައެއިން؟ ބަލާލަ އެހެރަ މަލައިކާއެއް މިހާރު ޖަހާވައްތަރު. އަދި ގައިމު ދެމަސްމިވީ. ދެން ތިކިޔަނީ އެޓްލީސްޓް ހަމަސް ވާންދެންވިޔަސް ފީޑް ކޮއްބަލާށޭ. 2 މަސްވީ އިރު އެހެރީ މިހާރު އޭނަ ޖަހާ ވައްތަރު. މަށެއް ބޭނުމެއްނޫން އެހެން ހުންނާކަށް. މަންމަ ހިތަށް ތިހާ އަސަރު ކުރަންޏާ މަންމަ އެކުއްޖާއަށް ކިރުދިނީމަ އެވީނުން؟ ހެޔޮނުވާނެ މިތަނުން ދޭބަލަ” މަލިކާ ބުންޏެވެ.

“ދަރިފުޅާ. ހެޔޮނުވާނެ ތިހެން ހަދަން. ދަރިފުޅަށް ތީގެ އަޒާބު ލިބޭނޭ އަޅެ….”

“އަޅެ ފަހެ މިތަނުން ދާށޭ” މީރާގެ ވާހަކަ ހުއްޓުވާފައި މަލިކާ ބުންޏެވެ. ފުންނޭވާއެއް ދޫކޮށްލާފައި މީރާ ނިކުތެވެ. މީރާ ނިކުތުމުން މަލިކާ ގޮސް ދޮރު ތަޅުލިއެވެ. “ހީވަނީތަ އެކަހަލަ މީހެއްގެ ދަރިއަކަށް މަކިރުދޭނޭ؟ ޗީޑި” އަމިއްލަ ނަފްސަށް އިވޭވަރަށް މަލިކާ ބުނެލިއެވެ. އެނދުމަތީގައި މަލިކާ އިށީނެވެ. އޭރު މަލިކާގެ ޙިޔާލުގައި ފިރުކެމުން ދިޔައީ މީގެ 4 މަސް ކުރީގެ އެހާދިސާއެވެ.

***4 މަސް ކުރިން***

 

***7 ވަނަ ބައި***

 

ނާއިކްގެ މޭމަތީގައި އޮށޯވެގެން އޮތް މަލިކާގެ މޫނުމަތީގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. “ނާއީ. ވަރަށް ބަނޑުހައި” މަލިކާ ބުންލިއެވެ. “ދާންވީތަ ކާއެއްޗެއް ގެެނެސްދޭން؟” ނާއިކް އެއްސެވެ. “ހެހެ ނޫން އޯކޭ. މަލީ ހިނގައިދާނަން. ނާއި ވަރަށް ވަރުބަލި ވެފައެއްނުން ތިއޮތީހެހެ” މަލިކާ ހިލާފައި ބުންޏެވެ. ނާއިކް ހީލާފައި ބޯޖަހާލިއެވެ.

ބިންމަތީގައި ހުރި މަލިކާގެ ހެދުން ލައިގެން ނާއިކްގެ ނިތަށް ބޮސްދީފައި މަލިކާ ނިކުމެގެން ދިޔައެވެ. ބެޑްޝީޓްއިން ހަށިގަނޑު ނިވާކޮއްލަމުން ނާއިކް ހަމަޖެހިލާފައި ދެލޯ މަރާލިއެވެ. އެވަގުތު ކޮޓަރި ދޮރު ހުޅުވާލި އަޑުއިވުނެވެ. “މިހާރު އައީތަ؟” ލޯހުޅުވާލުމެއް ނެތި ނާއިކް އެއްސެވެ. ދޮރުތަޅުލި އަޑު އިވުމުން ނާއިކްއަށް ހިނިތުންވެވުނެވެ. “ކެވޭވަރަށް ވުރެ ބޮޑުވަރުގަދޯ؟” ނާއިކް ހީލިއެވެ. ދެންވެސް އެކޮޅުން އެއްވެސް އެއްޗެއް ނުބުންޏެވެ. އޭރުވެސް ނާއިކް އޮތީ ދެލޯ މަރާލައިގެންނެވެ.

ދެލޯމަރާލައިގެން އޮތް ނާއިކްގެ މޫނަށް ބަލަން ހުރި ކައިރާގެ މޫނުމައްޗަށްވެރިވީ ހިނިތުންވުމެކެވެ. ލައިގެން ހުރި ފޭރާމުން ވަކިވެ ކައިރާ ގޮސް ނާއިކްގެ ގައިމައްޗަށް އެރިއެވެ. އެވަގުތު ނާއިކްގެ ނޭފަތުގައި ޖެހުނުވަހުން އެއީ މަލިކާ ނޫންކަން ނާއިކްއަށް ދެނެގަނެވުނެވެ. ނާއިކް ދެލޯހުޅުވާލި އިރު ނާއިކްގެ ހަށިގަނޑުމަތީގައި ހުސްގަޔާ އިން ކައިރާފެނި ނާއިކްގެ ދެލޯބޮޑުވިއެވެ. “ކައިރާ؟” ނާއިކް ގޮވާލުމުން ކައިރާ އޭނާގެ އިނގިލި ނާއިކްގެ ތުންފަތުގައި ޖައްސާލިއެވެ.

“ޝޫޝް ޔޫ ނޯޓީ ބޯއި. މަލިކާއާއި އެކުވެސް ތިއުޅެނީނުން. ވައިލް ޔޫއާރް މަލައިކާގެ ވައިފް. އެހެންވެ ކައިއާއި އެކު މަޖާކޮއްލުމަކުން ގޯހެއްނެތެނުން؟” ކައިރާ ބުނެލިއެވެ. ނާއިކް ބަލައިލީ ކައިރާގެ ހަށިގަނޑަށެވެ. ހަށިގަނޑަށް ބަލާނަމަ މަލައިކާ އަދި މަލިކާއަށްވުރެވެސް ކައިރާ ފުރިހަމައެވެ. އަމިއްލައަށް އެހުޅުވުނު ދޮރަށް ނާއިކްއަކަށް ނޫނެކޭ ނުބުނެވުނެވެ.

ކައިރީ ހުރި ފިހާރައަކުން 2 ބޮނޑި ރާމެންއާއި ކޯކު ފުޅިއެއް ގަނެގެން މަލިކާ އެނބުރި އެގެސްޓް ހައުސްއަށް އައެވެ. ކޮޓަރިއަށް ވަނުމަަށް ދޮރުގައި ހިފާލިއިރު ތަޅުލާފައި ހުރުމުން މަލިކާގެ ނިތަށް ރޫތައް ގިނަވިއެވެ. ޖީބުގައި އޮތް ތަޅުދަނޑި ނިގާފައި މަލިކާ ދޮރުހުޅުވާލީ އެއްވެސް ޙިޔާލެއް ފިކުރެއްނެތިއެވެ.

ކުރެވެމުން ދިޔަ ފާފައިގެ ތެރެއަށް ގަރަގުވެފައިވީ ނާއިކްއަދި ކައިރާއަށް ދޮރުހުޅުވި ކަމެއްވެސް ނޭނގުނެވެ. ނާއިކް ގައިމަތީގައި އިން ކައިރާއަށް ދެލޯބޮޑު ކޮއްލެވުނެވެ. “އޭތް!!!” މަލިކާގެ ހަޅޭކުގެ އަޑާއި އެކު ކައިރާ ފަސްއެނބުރި ބަލައިލިއެވެ. އަތުގައި ހުރި ކޮތަޅުތައް ހޫރާލާފައި މަލިކާގޮސް ނާއިކްގެ ހަށިގަނޑުމަތީގައި އިން ކައިރާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. “ހުރި ގޮތް ކުޑަކަން. ހައު ޑެއާރް ޔޫ!” ކައިރާގެ އުނަގަނޑުގައި ކޮޅުފައިން ޖަހަމުން މަލިކާ ބުންޏެވެ.

ދެއަންހެނުންގެ ޒުވާބު ގަނޑުމާ ހޫނުވެ މީހުން އެއްވާން ފަށައިދާނެތީވެ ނާއިކް ތެދުވިއެވެ. “އޭ. ދެން ހުއްޓާލާ. މިތަނަށް މީހުންއެއްވާން ފެށީމަ މާތާހިރެއް ނުވާނެ. ބިންމަތީގައި އޮތް ނާއިކްގެ ސޯޓު ލަމުން ނާާއިކް ބުންޏެވެ. “ނާއި ކީއްވެ؟ ކީއްވެ މަލީއަށް ތިހެން ތިހެދީ؟” މަލިކާ ކަރުނަވީ ލޮލާއި އެކު އެއްސެވެ. “ހާދަ ހެއްވައޭދޯ؟ ގައިމު ނާއިކް އަކީ މަލައިކާގެ ފިރިމީހާ. އެކަމަކު މިއަދު އަހިސްއެއޮތީ ކަލޭގަޔަށް އަރާ. ޑިޑް ޔޫ ސީރިޔަސްލީ އެކްސްޕެކްޓެޑް ހިމްޓުބީ ލޯޔަލް ވިތް ޔޫ؟ ހަހަ” ބިންމަތިން ތެދުވެ ކައިރާ ޖަހާލީ ނުލަފާ ހިނިގަނޑެކެވެ.

“ތިއީ މަލައިކާގެ ފިރިމީހާ ކަމުގަ ވިސް، އަހަރެންގެ ބަނޑުގަވެސް މިއޮތީ ނާއީގެ ބޭބީއެކޭ” ކައިރާއާއި ދިމާލަށް ބަލައިވެސް ނުލާ މަލިކާ ބުންޏެވެ. “ކައިރާ ޕްލީޒް ދޭބަ އިހައް” ނާއިކް ބުންޏެވެ. މަލިކާއަށް މަލާމާތުގެ ނަޒަރުން ބަލާލާފައި ކައިރާ ނުކުމެގެން ދިޔައެވެ.

“އަސްލުވެސް މަލިކާ މާބޮޑަށް ތިއޮބްސެސްޑް ވަނީ. ތިހާ ބޮޑަށް ޗީޓް ކޮއްފާނެތީ ބިރުގަންނައިރު ކަލޭވެސް ހަމަ ޗީޓް ދޯތިކުރަނީ؟” ނާއިކް އެއްސެވެ. މަލިކާއަށް ދެލޯބޮޑު ކޮއްލެވުނެވެ. އެއީ ނާއިކް ފުރަތަމަ ފަހަރަށް މަލިކާއަށް “ކަލޭ” އޭކިޔާފަ މުޙާތަބް ކުރި ދުވަހެވެ. ވަގުތުން މަލިކާގެ ހިތުގައި ރިއްސާލިއެވެ.

“މިހާރު ރޯންވެސް ފެށީ؟ ވަޓްސް ރޯންގްވިތް ޔޫ؟” މަލިކާގެ ދެލެލޮލުން ކަރުނަ ފެންނަން ފެށުމުން ނާއިކް މަލާމާތް ކޮއްލިއެވެ. “މަށަކަށް ނުވާނެ މިކަމެއް ދެން. ހަނދާން ނައްތާލާ. ކަލޭ މާބޮޑަށް ތިފިނޑިވަނީ. މިއަދުން ފެށިގެން މިގުޅުން މިނިމުނީ” ނާއިކް ބުންޏެވެ. “ދެން.. ދެން މިބޭބީ އޯ؟” މަލިކާ ގޮސް ނާއިކްގެ އަތުގައި ހިފަމުން ބުންޏެވެ. “ވައްޓާލާ” ބިންމަތީގައި އޮތް ޓީޝާޓު ލަމުން ނާއިކް ބުންޏެވެ. “ނާއިކް މޮޔަވީތަ؟ ކިހިނެތް އަހަރެން ތިކަން ކުރަނީ؟ 4 މަސް ފުރިއްޖޭ މިހާރު” މަލިކާއަށް ބުނެވުނެވެ. “ދެން؟ އިޓް ސީމްސް ލައިކް އަ ޔޫ ޕްރޮބްލަމް. ލެޓްސް ޖަސްޓް ޕްރޮމިސް ވީވޯޓް ބަސްޓް ދިސް. ޒިދާން ބޮލަށް ތިކުއްޖާ ޖަހާ. އޭރަށް އެވީ” ނާއިކް އެހެން ބުނެފައި ނުކުތެވެ.

****

ޙިޔާލުތަކުން ނިކުމެވުނު އިރު މަލިކާގެ ދެލޮލުގައި ކަރުނަވިދަމުން ދިޔައެވެ. ކޮންމެގޮތެއްވިޔަސް އޭނާގެ ހިތުގައި ނާއިކްއަށް ޓަކައި އުފެދުނީ ލޯއިތްބެވެ. މަލިކާއަށް އެކަން އެނގުނީ އެދުވަހުއެވެ. ނާއިކްގެ ކުއްޖަކަށްވީތީ ޒުކާންއަށް ލޯބިދޭން ބޭނުންވީނަމަވެސް ނާއިކްގެ ބޭވަފާތެރިކަން ހިތައްއަރާ އެހިތްވަރު އޭނާއަށް ނުލިބެނީއެވެ.

***2 އަހަރު ފަސް***

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޒުކާން ބަލަމުން ދިޔައީ ހަމަ ޒިދާންއެކަންޏެވެ. ޒުކާންއަށް 2 އަހަރު ވަންދެން ގާތުންދިނީވެސް މަލައިކާއެވެ. މަލިކާއަށް ސިއްރުންނެވެ.

މެންދުރުގެ ވަގުތެވެ. ގޭގައި އިނީ މީރާ އެކަންޏެވެ. ޒިދާން، މަލައިކާއަދި ނާއިކް އޭރުވީ ޑިއުޓީގައެވެ. މަލިކާ ވީތަނެއް އެނގޭނީ ހެއްދެވި ފަރާތަށެވެ. ކުޑަކުޑަ ޒުކާންއާއި ނާއިޝާ ތިބީ އެކުގައި ކުޅެންށެވެ. “އައްސަލާމު އަލައިކުމް” އެވަގުތު އިވުނީ ހައްވައިދީގެ ސަލާމްގެ އަޑެވެ. “ވާލައިކުމް ސަލާމް. އަނހާ ހައްވައިދީ؟ ވަދޭ ވަދޭ އިށީންދޭ” މީރާ ހިނިތުންވެލާފައި ބުންޏެވެ. “ރަށަށް އައިގޮތަށް ހަމަ މީރާގެ މާމަދަރިން ދެކިލަން މިއައި” ހައްވައިދީ ބުންޏެވެ. “އެހެންތަ؟ އާދޭ އަވަހަށް. މިއީ ޒުކާން. ދެން މިއީ ނާއިޝާ” މީރާ ބުންޏެވެ.

މަލައިކާ ހުރީ ހޮސްޕިޓަލުގައެވެ. މަލައިކާއަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ހީވާގީ ނަރުހެކެވެ. “އަތަށް އެއްވެސް ކަހަލަ އުނދަގުލެއްވާނަމަ އަޅުގަނޑަށް ގޮވާލާ އިނގޭތޯ؟” މަލައިކާ އައިވީ ގުޅުވައިދިން ކުއްޖާގެ މައިންބަފައިންނަށް ހިނިތުންވުމެއް ދެމުން މަލައިކާ ބުންޏެވެ.

އެވަގުތު އިތުރުކަމެއް ނެތުމުން މަލައިކާ ބޭނުންވީ މީރާއަށް ގުޅާ ކުޑަކުޑަ ނާއިޝާއާއި އެކު މަޖާ ކޮއްލަންށެވެ. ފޯނު ނެގިއިރު މަލައިކާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ނުދަންނަ ނަންބަރަކުން ކޮއްފައިވީ އެސް.އެމް.އެސް އެކެވެ. “މަލައިކާގެ ދެވަނަ ދަރިފުޅު މަރެއް ނުވޭ. އެކުއްޖާ ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަހުރި” އެމެސެޖު ކިޔާފައި މަލައިކާއަށް ޖެހުނީ ކުޑަވަރެއްގެ ޝޮކެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އަބަދަށް-8

Next

މައިރީންގެ ހަޔާތުން ސަފުހާއެއް

Next
April 27, 2025

މައިރީންގެ ހަޔާތުން ސަފުހާއެއް

Previews
April 25, 2025

އަބަދަށް-8

8 Comments!

  1. aanaa says:
    April 27, 2025 at 5:54 am

    Masha allah mi parts vs vrh reethi
    Alhey malika,naaik n kaira vs haadha goaheyy
    Alhe haadha curious eyy
    Kaakutha baby foruvyy??
    Keehvegntha ehn e hedhyy malaika ah???
    kaaku malaika h e msg kuryy???
    Hamm huwaa shihaa im soo curious
    Vrh kiyaa hithun hure e nimunyy
    Rey nidhunyvs mi vhk up kohfa hurithw balanvgn site ah vadhefa ohva
    Iyya neyngunu mi vhk upvefa inthww balan vgn site ah vadhevunu vrhvs hama
    yageenunvs mrthn 30 timess😳😭admin in vhk up kuryma thaa dhww libeyny kiyan
    ehaa vs kiyaahithun hury n mihaarvs eba hithah araa next part kiyaalan libeyene namaeyy
    Shihaa aky bunaa dhuvahah hama vrh baraabarah vhk genesdhey author ehh..readers ge ithubaar hifehehteyy..shihaa ge strs thah kiyaa iru heevany hama film eh beleyhnnn.vrh reethikoh describe kohdhyfa huhnanyvs..i appreciate ur hard work…stds ga busy koh ulhmnvs bunefa hunna dates thakuga vhk genesdheythyy vrh ufaavey..
    MI PART KIYAAFA HTHAH EBA ARAA NAAIK,KAIRA N MALIKA GAIGA JAHAA FAANAMEYVS..ADHI LADHUVS NUGANEY NU MALIKA EHN BUNI IRU MAMMA R DHIMAALAH..😭
    curiously waiting for the nexttt
    when nextt???
    Sorry engey mihaa dhigu cmnt eh kohlevunymaa😭malika mn kanthah kuraa gothun jazbaath ga hure mi cmnt mihaa dhigu mi kurevuny😭
    Lyyy

    1. shihaamaa ali shihaamaa ali says:
      April 27, 2025 at 9:56 pm

      Jazaakallah khairan aanaa 🥹🫶🏻
      heheh eyeh ingeyne varahh avahah stay tunedd
      hehe malaikaa ah msg kuree kaaku kan vess, ehn hedhee keehve kan vess malaika and malika ge accident ge culprit vess engeyne vrh avahah hehe stay tuned
      hehe ya sorry about that..
      and veryyy happy to hear that hehe 🥹🫶🏻
      sureee letssss slap em hardddd i’ll join haha
      next part is already out
      and ya hehe dont mind it i love reading long long commments they make me the happiest 🫶🏻
      ilyyyysssmmmm

  2. gurrrl_8 gurrrl_8 says:
    April 27, 2025 at 7:55 am

    mashallah shiherr mi 2 baii ves vrhh reethi
    ekm malikaa haadha goaheyy thuhthu furaana ekeyy eiee
    ekuhjaa ves beynun vaane dhw maehge loabii
    btw when next part
    cant wait hama
    lyyy

    1. shihaamaa ali shihaamaa ali says:
      April 27, 2025 at 9:57 pm

      aslu vess dhw.. nextt part is already outt
      lytttt

  3. naura POCHAMII says:
    April 27, 2025 at 7:55 am

    Mi part vx vrh reethi Masha Allah ❤️
    malikaa just won’t understand
    i understand it very well cox i grew up without my mothers love 💔
    this part made me cry 😭😭😭
    when next??
    lysssm shihaa 😘

    1. shihaamaa ali shihaamaa ali says:
      April 27, 2025 at 9:58 pm

      jazaakallah khairan 🥹🫶🏻
      awlheyyyy i am so sorry to hear that 🥺🥺🥺🥺
      in sha allah everything will be alright ingey bbx don’t worry about it 🫶🏻🫶🏻
      ilyyyyssmmmm

  4. gurrrl_8 gurrrl_8 says:
    April 27, 2025 at 8:11 am

    mashallah shiherr mi part ves vrh reethi when next cant wait

    1. shihaamaa ali shihaamaa ali says:
      April 27, 2025 at 9:58 pm

      jazaakallah khairan its already out 🫶🏻🫶🏻

Comments are closed.

Next Episodeކުޑަކުޑަ ދަރިފުޅު 6 & 7←


All Right Reserved!