އެނދުމަތީގައި އޮތް ޒެވިއަންގެ ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ނިރާލިއެވެ. އަތުގައި އޮތް ޒެވިއާރްގެ ފޮޓޯގަނޑުގައި ޒެވިއަން ފިރުމާލިއެވެ. “ބައްޕާ…” ޒެވިއަންގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ.
ޖެހިގެން އައި ދުވަހެވެ. ލުބައިނާއާއި ޒެވިއަން ތިބީ ބަނދަރުގައެވެ. ނިމްރާއާއި ކަޔާންގެ އިންތިޒާރުގައެވެ. ދެމައިންގެ އިތުރުން މާޝާއަދި އާކިންގެ އިތުރުން މިކިޔަލްއަދި އަވްލީންވެސް ހުއްޓެވެ. ބަނދަރުމަތީގައި އެންމެން ތިބިތާ 10 ވަރަކަށް މިނިޓް ފަހުން ލާންޗު އަހިސް މަޑުކޮއްލިއެވެ.
އެންމެ ފުރަތަމަވެސް ލާންޗުން ފޭބީ ކައިލްއެވެ. ކަޅު ކުލައިގެ ގަމީހަކާއި އެކު އައިސް ބްލޫ ޖިންސްއެއް ލައިގެން ހުރި ކައިލްއަށް ބަނދަރުމަތީގައި ތިބި އަންހެން ކުދިންގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ރީތިގޮތަކަށް އިސްތަށިގަނޑު ސްޓައިލް ކޮއްލާފައި ހުރި އިރު ވަރަށްވެސް ހިތްގައިމެވެ. ކަންފަތުގައި އިއާރްޕޮޑްސް ޖަހާލާފައިވީ އިރު މޫނުމަތީގައިވީ ފުރިހަމަ ހިނިތުންވުމެކެވެ.
“ކޮބާ ގާއިޒް!!” ޒެވިއަންއާއި މިކިޔަލްއާއި އަތް ގުޅުވާލަމުން ކައިލް ބުންޏެވެ. 5 އަހަރު ފަހުން އެކުވެރިޔާ ފެނުމުން ތިން މީހުންގެމޫނު މަތިންވެސް ފެނިގެން ދިޔައީ ހިނިތުންވުމެކެވެ.
ކައިލްއާއި ކުޑަކޮށް ވާހަކަ ދައްކާލުމަށް ފަހު ޒެވިއަންގެ ނަޒަރު ހުއްޓުނީ ނިލީޝާގެ އަތުގައި ހިފައިގެން ލާންޗުން ފޭބި ނުހާއަށެވެ. ކަޅު ކުލައިގެ އަބާޔާއާއި އެކު ކަޅު ކުލައިގެ ޙިމާރްއެއް އަޅައިގެން ހުރި އިރު ހުރީ އިސްޓާކީންއަށްވެސް އަރައިގެންނެވެ. ހުސް ކަޅުކުލައިގައި ހުރުމުން ނުހާގެ ކްރީމް ކުލައިގެ ހަނގަޑާއި ވަރަށް ގުޅެއެވެ. ކުޑަކުޑަ ދެލޮލުން މައުސޫމްކަން ފެންނަމުން ދިޔައިރު ކުޑަކުޑަ ތުންފަތުގައި ގުދުރަތީ ގޮތުންވެސް ފިޔާތޮށިކުލަ ހުއްޓެވެ. ދުވަހަކު އަންހެން ކުއްޖަކު ފެނިގެން ނުވާގޮތް މިއަދު ޒެވިއަންއަށް ވެއްޖެކަން ގައިމެވެ. 5 އަހަރުތެރޭއި ނުހާ ގައިމުވެސް ވަރަށް ބަދަލުވެއްޖެއެވެ.
ނުހާ ގާތުގައި ހުރި ނިލީޝާ އޭގެ އިދިކޮޅެވެ. ނުހާއާއި ހިލާފަށް ނިލީޝާ ހުރީ ބުރުގާވެސް ނާޅައެވެ. ކަޅު ކުލައިގެ ގަމީހެއް ކަހަލަ އެއްޗެއް ލައިގެން ހުރި އިރު އައިސް ބްލޫ ޖިންސްއެއް ލާފައިވިއެވެ. އުނަގަނޑުގައި ބެލްޓްއެއް އިން އިރު ނިލީޝާގެ ވާނާތަށް ދިޔައީ ރަނގަޅަށް އެނގެމުންނެވެ. ކޮނޑާހަމައަށް އިސްތަށިކޮޅު ކޮށާލާފައިވީއިރު ނިއްކުރިމަތީގައިވެސް އިސްތަށިކޮޅެއް ވައްޓާލާފައި އޮތެވެ. މޫނުމަތީގައި ލުއި މޭކަޕެއް ހުރި އިރު ބޮޑަށް ވައްތަރީ ބޭރު ކުއްޖަކާއެވެ.
ނުހާއާއި ނިލީޝާ ގޮސް އަވްލީން ގާތުގައި ހުއްޓުނު އިރުވެސް ޒެވިއަންއަށް ހުރެވުނީ ނުހާއާއި ދިމާލަށް ބަލަންށެވެ. ޒެވިއަންއަށް ހަމަބިމަށް އާދެވުނީ ޔަލާން ވާހަކަ ދައްކަން ފެށިއަޑަށެވެ.
“އޭ ކަލޯ ގަޔާ. ނިލީޝާ ހާދަ ހޮޓޭ މިހާރު” އެހެން ހަމަ ނުބުނެ ނުހުރެވިގެން ޔަލާން ބުންޏެވެ. “އޭ. މަގޭ ކޮއްކޮ އިނގޭއެއީ! ވޮޗް ޔުއާރް ވޯޑްސް ހަހަ” ކައިލް ބުންޏެވެ. “ހަމަ އަސްލުވެސް ބްރޯ ޝީޒް ޕްރިޓީ. އެކޮއެ ބިޓެއް ހުރޭތަ؟” ޔަލާން އެއްސެވެ. ކައިލް ނޫނެކޭ ބުނުމުން ޔަލާން ޔޭސް އޭބުނެލިއެވެ. “ސާބަހޭ ކުޑޭއަށް. ކަލެއަށް ރީތިވޭދޯ އަންހެނެއްވިއްޔާ؟” ޒެވިއަން ދިމާކޮއްލިއެވެ. “ހީވެޔެއްނުންދޯ؟ ފިރިހެނެއް ފަހަތުން ދުވާ މަންޒަރު ނުފެނުނިއްޔާ ދެން ރަނގަޅު ހަހަ” ޒެވިއަންއާއި ބައިވެރި ވެލާފައި ކައިލް ބުންޏެވެ. އެއާއި އެކު ދެމީހުނަށް ޔަލާން ލޯއަޅާލިއެވެ.
ރަށުގައި މީހުން އުޅޭ ހިސާބަށްވުރެ ތަންކޮޅެއް ދުރުގައި ހުރި ގެއެކެވެ. “ބްލެކް ސްމޯކް” ގެނަމުން ނަންދެވިފައިވީ އެގޭގައި ވަނީ ކަޅުކުލަ ލެވިފައެވެ. އުމުރުން 17 އަހަރުގެ ލިލިއާ އޮތް ކޮޓަރީގައިވެސްވަނީ ހުސްކަޅު ކުލައެވެ. އެނދުމަތީގައި ސިނގިރޭޓު ފޮށިތަކެއް ހުރި އިރު އެނދުކައިރީ އިން މޭޒުމަތީގައި އަޅިއަޅަން ފާޑެއްގެ އެއްޗެއް ބައިންދާފައި އިނެވެ.
“އަން މިއޮތީ” އެވަގުތު ކޮޓަރި ދޮރުހުޅުވާލާފައި ވައިން ލިލިއަން، ލިލިއާ އަތަށް ފައިލް އެއް ދިއްކޮއްލަމުން ބުނެލިއެވެ. ތުމުގައި އިން ސިނގިރޭޓުގެ ދުންތައް ބުރުވާލާފައި ލިލިއާ އޭގައި ހިފިއެވެ. އެފައިލު ހުޅުވާލި އިރު އޭގައި އޮތީ ފޮޓޯތަކެކެވެ. “މީތަ ޒެވިއަންއަކީ؟” ފައިލުގައި ހުރި ޒެވިއަންގެ ފޮޓޯތަށް ބަލާލަމުން ލިލިއާ އެއްސެވެ. ލިލިއަން ބޯޖަހާލިއެވެ. ލިލިއާގެ މޫނަށް އެވަގުތު ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ.
ނިމްރާއާއި ކަޔާންގެ އާއިލާ ގެއަށްގޮސް ފޮށިތަކާއި އެއްޗެހި ބަހައްޓާފައި ދިޔައީ “ހައިބިސްކަސް” ގެއަށެވެ. ނިމްރާމެން އަންނަންވާއިރަށް އަލަކާއާއި ލުބައިނާގެ އިތުރުން ލައިނާވެސް ވަނީ ވަރުގަދަ ސައެއް ހަދާލާފައެވެ. ކުޅި ސޮސެޖާއި ރޮއްޓެވެ. ކަޓްލަސްއާއި ހަވާދުލީބިހެވެ. ރޯސްޕާންއާއި ބަޓާ ޗިކަންއެެވެ. ކަޅު ސައިގެ އިތުރުން އަނބުފަންޏާއި ކަރާފަނިވެސް ހުއްޓެވެ.
“ލާއީ. މިއޮތީ ވާކެއުމެއް. ކާނެ އެއްޗެއްވެސް ނޭނގޭނެ” ހީލާފައި ނިމްރާ ބުންޏެވެ. “ދެން މިއަދު އެހެންވެ ބަނޑުފަޅައިގެ ދާންދެން ކާންވީއޭ ހަމަ ހަހަ” ލުބައިނާ ބުނެލިއެވެ. “ކޮބާ އެންމެން ހިނގާ ތާސް ކުޅެން. މިއޮތީ ވާމީހުނެއްނުން. ބޮނޑިކުޅެން ވަރަށް ފައްކާވާނެ” ކުދި ގުރޫޕު ސައިބޮއެ ނިމުމުން މިކިޔަލް ބުންޏެވެ. “ސަޅިވާނެ. ކޮބާ އެންމެން ހިނގާ ބެންޗްއަށް” ޔަލާން އެއްބަސްވިއެވެ. އެއާއި އެކު ނުހާ، ނިލީޝާ، އަވްލީން، އަލާޔާ، ޔަލާން، ޒެވިއަން، ކައިލް އަދި މިކިޔަލް ނިކުތީ ބެންޗްއަށެވެ.
“ޗީޓު ހަދާމީހުން ވަގުތުން ޑިސްކޮލިފައި އިނގޭ” ކާޑުތައް ބަހަމުން ޔަލާން ބުންޏެވެ. “ޔަގީން އެންމެ ފުރަތަމަ ޑިސްކޮލިފައިވާނީ ކަލޭކަން ހަހަ” މިކިޔަލް ކާޑުތައް ނަގަމުން ބުންޏެވެ. “އައްޗީޑި މަނޫޅެން” ޔަލާން މޫނު ކުނި ކޮއްލަމުން ބުންޏެވެ.
“ކޮބާ ކާކު އަތުގަތަ މަންނަ އޮތީ؟” ނިލީޝާ އެއްސެވެ. “ސުބުހާނައްﷲ ޔަގީން މިހާރުވެސް ޔަލާން ގަނޑު ޗީޓު ކުރީކަން. މިއޮއް އަތް ބައެއް މާތް ކަލާކޯ” މިކިޔަލް ބުންޏެވެ. “ހޫމް ހޫމް އެއްކަލަ ދޮންބެ ގަރަވެއްޖެ. މީނަ އަތް ބައި ކަޑަވިއްޔާ ދެން އެންމެން ޗީޓު ކުރީކަމަށްއެވީ ހަހަ” އަވްލީން ބުނެލިއެވެ. “އާއެކޭ ހަހަ” އަވްލީންއާއި ނުހާވެސް ބައިވެރި ވެލިއެވެ.
އެންމެން ސަކަރާތުގައި ތިބި އިރުވެސް ޒެވިއަންގެ ނަޒަރު ހުއްޓިފައިވަނީ ނުހާއަށެވެ. ނުހާގެ ކޮންމެ ހަރަކާތްތަކެއް ޒެވިއަންގެ ހިތުގައި ރައްކާކުރަމުން ދިޔައީ އެއްވެސް ފޫހިކަމެއް ނެތިއެވެ.
“ކޮބާ ކޮބާ އެންމެ ފަހުން އެންމެ މަޑުން އިންގޮލާއަށް ހުރިހާ ބޮނޑިއެއް ހަހަ” ޒެވިއަން ދަށް ވުމުން އަލާޔާ ބުނެލިއެވެ. ޒެވިއަން ހަމަ އެކަނި ހިނިތުންވެލީއެވެ. “ޑްރިންކްއެއް އެއްޗެއް ގަނެލަންވީނުން؟ އައިސްކްރީމް ވިޔަސް؟ މިހެން ކުޅުނަކަސް ނުވާނެދޯ؟” ނުހާ އެއްސެވެ. “އޭ އައިސް ކްރީމް މާ ސަޅި ވާނެ މިއޮއް ހޫނު އިރު” އަލާޔާ ބުންޏެވެ. އެންމެންވެސް އަލާޔާއާއި އެއްބަސްވިއެވެ. “ސަޅި ހިޔާލެއް. ހިނގާ ނުހާ މަށާއި އެކު” ވަގުތުގެ ބޭނުން ހިފާ ޒެވިއަން ބުންޏެވެ. ނުހާ ބޯޖަހާލާފައި ތެދުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.







Mi part vx vrh reethi Masha Allah 💖
but i am very Disappointed in you for doing that to her 😐
take care
@leesha..
What’s there to be disappointed?
Shiher didn’t do anything wrong..she did the right thing.. and that other writer who copied shihers scenes is the one who actually did the wrong thing..
and I’m REALLY DISAPPOINTED in you for thinking like this 🙂
Hey leesha
Im not disrespecting you
But what do you mean doing that to her ey???
That author copied shiher ge masahkai
Eyna ge fans ais thi gothah shiha ah disrespectful veema v hadi igey and leesha ge moyakamun thihen thi vaahaka thibuny ves
Mulhi vaahaka in gothah akurun akurah filin fiyyah emyhaku copy kurii 😡😡😡
Mihaaru egihje leesha aky ves ehen meehunge bura masahkai copy kuran, aneh meeha ah hiyvaru dhee ulhey meeheh kan🙄
Kithahme umurun hagu viyas dhohtas egen vaane copy kurun kada kan…knme ves varakah thandhoru egigen vaahaka eh liyaany
Ehn veema egen vaane copy kureema e kureveny varah goas kameh kan and amihla ah kan career halaaku e kohlevuny😒😒
Thimyhunnah egeytha meegen Enme episode aky ves haadha bura masahkathekey
Baeh authors lha dharin govaagen , kiyavmun , job ah dhamun mikan mi kurany .. e ves varah kuraa hithun .. how dare she steal a someone’s hard work.. 😓
Copy kureema ves alhaa nulaa hunnan vee tha??? Ehn meehunge work feyrigatheema ves hanu hunnan vee??
Leesha you are terrible supporter
Thi nukunnany aniya libunu meeha aai dhekolhah viyya
E liyun meehaa gaathu heyo edhenyaa buney thihen meehunge works athulaigen kuriyakah nudheveyne ey🙄🙄
Vaahaka liyan neygeynama adhi dhas kuran beynun vaa nama egey meehun gaathin olhun filuvaashey
Kiyaidheyne anehkaa ah egey ehcheh🫶
alhugandu amihlla dhahthage hahguga mi kamah bas mi bunanee e vaahakaige hageegai engi hure… you guys may not know about it…
she wrote the story covid thereyga in 2020…
alhugandu ekamaa heki vx vaanan e ee alhugandu ge kurimatheega dhonoo e vaahaka liyuneema…
alhugandu meekee vaki meehehge fan eh vx noon… i support everyone…
and plus i am not disrespecting okay!!
dhonoo akee gaumee vaahaka liyumuge mubaaraathun vx konme ahahraku vana hoadhaa kuhjjeh..
mithaa mi hurihaa vaahaka eh kiyaakah vx beynumeh noon… but you guys are going a bit more than far okay…
plus copy kureeyey kiyaigen kithanme varakah dhonoo ah ehchehi kiyas she will Never stop writing… it is her passion..
mi noonas site thakah she write stories…
mi site ah e vaahaka up kuraashey bunee vx dhonoo ge Dhivehi teacher…
so kamuge hageegai nubalaa don’t talk….
do you know how much hate she is getting…
she is a tiktoker she can’t even end one live without reading hateful comments due to this…
dhonoo ehaa kurin liyefa oii vaahaka akah mihen v ma its sad…
for all her readers dhonoo said she will stop writing mi site ah vaahaka… but she will continue the story in another site….
i am sorry shihaa that i had to say these things her 💗
I want to start by saying that I truly don’t mean any disrespect for anyone by saying this. But I feel like this needs to be said out of fairness for someone who has put in so much genuine effort.
I think we all can see that Shihaa has put so much effort and hard work in her stories. We don’t always see the time, energy or emotional weight she carries behind the scenes, but somehow, she still shows up and gives us beautiful and meaningful stories that so many of us enjoy and look forward to. This kind of creativity, consistency and dedication doesn’t happen overnight, it’s real hard work and passion.
So to see that effort and hard work be taken, copied and reused by someone else is honestly heartbreaking. Whether it was intentional or not, it feels wrong to see someone else take what she built and pass it off as their own. It’s not just about words on a screen. It’s about the ideas, the voice and the unique perspective that only she could bring from her stories.
We all love stories and have the rights to be inspired, but there’s a line between inspiration and copying, and I think that line’s been crossed here. Out of respect for Shihaa and everything she’s done for her readers, I just hope we can all be honest and fair about giving people the credit they all deserve.
So again, I say this with as much respect as possible, this situation is very disappointing. Not just on a surface level, but in a deep way. This isn’t about hate, it’s about fairness. And remember, it’s never too late to do the right thing.
Varah furihama mi part ves MA
Adhi kiriyaa Kuda group hama vee
then onnaanee Hus kulhun thaa😂😂😂
Lilian akaa lilia akaa ey alhey fahe kon baeh tha?? zev ah faara laan??
Oh my gosh zev has a crush on nuha 🥰
Then jeheynee e dhe meehun gulhuvan
Lyssssm💗💗💗
When next?
haha yesss hurihaa kudhin ehthan vejje keke 😂❤️
Lillian aky Lilia ge mum. dhn thieyh neynge dhww balamaa hehe
🙈❤️
in sha allah next ep soon stay tuned
lyttt ❤️
Mashallah mi part ves vrh reethi
When next part
Can’t wait vrh curious
Lyyy
Jazaakallah khairan❤️❤️
In sha allah very soon
Lyyyy❤️
Masha allah mi part vs vrh reethii
curiously waiting for the nexttt
when next???
tc lyyyy❤
Jazaakallah khairan aana
In sha allah soon
Tc and lytt❤️
Mi part vx vrh reethi Masha Allah 💖
oh god zev and nuhaa gulhuvahcheyy…
when next part?
Jazaakallah khairan
Hehe balamaa dhww in sha allah next ep soon
Masha’Allah💖
mi part vs vrhh reethiii🥹
jazaakallah khairan dear <3
I don’t want to disrespect anyone but I’m gonna say this by looking at the facts..
If that girl wrote the story before 5 years.. How come the scenes were copied after shiher finished the story? I mean it’s not a coincidence right? How can that be a coincidence when there are literally 2 scenes just the same? We writers write stories making it our own by planning, drafting and brainstorming ideas all day and night to give the readers a perfect story.. If she’s a real author she won’t steal other authors work.. That’s not how a author write.. That’s literally plagiarism and it’s literally illegal and a crime.. Please don’t copy others hard work. I’m not trying to be disrespectful.. I’m just trying to advice u.. I love shiher’s stories.. And I’m a very close friend to her.. I don’t like her work getting stolen.. Love this story.. Love you shiher💜🦋
Leesha thi bunihen e vaahaka aky naura 2020 ga covid therey liyefa inn vaahaka akah vanyaa i actually wonder keehve baaey shiher ahvure fahun naura liyun story ehga akurun akurah ehves thafaatheh nethi shiher ge story ga inn gothah phrase kohfa eynii? Dhekolhu nujehey gothah vaahaka dhakkaathy eba ingey varah saafukoh thi hedheny dhogehkan. Vaahaka liyan ingey kujjeh shiher aky ma sha allah and shiher naura ge story copy kohfaaneyekey magey hitheh nubuney. Also im very disappointed in you leesha for standing up for someone who had copied shiher ge story and you naura, bunan oih ethi bodukamun nethin ehves ehchekey dhen bunaakah. Kiyavamun nikan burakoh ulhemun shiher vaahaka liyaakamy aharunnah shakkeh oih kameh noon. Meehun kuraa hithun kuraa kankan huttey sababakah thikahala kankan kurun vaakan leesha aa naura ah neyngi ovedhaane heneh heenuvey. And shiher, please mi meehun mi kuri kamakaa hedhi vaahaka liyun huttaanulahchey. I love your stories and shiher liyaa vaahaka thakaky ehen meehun liyaa vaahaka thakaa alhaa kiyaairu haasbai thafaathukoh liyefa hunna vaahaka thakeh. Bunelan oih ehchaky mithaa mikahala kankan viyas hihvaru eluvaa nulaa kuriyah dhaashey. Love you girly 💗
Leesha dhuvaane mithaaga enme hama nujehey vaaahka liyaa meehhnge fahathun😪
Kokko akas beybe akah dhahtha akas. COPY kurun bala eh nuganeveyne
ESFIYA TEAM AH GOVAALAN COPY KURAA MYHUN MITHANAH DHEVANA FAHARAH NULIYEVEY HEN BAN KOHLAN
THIS IS FAIR FOR EVERYONE
Hey my gurl 🤍🤍🤍As your friend and as a writer too, I want to say I see you. I know how it feels when someone takes your work. It’s not just words. It’s a part of your heart. And when that gets stolen, it hurts deep.
But please remember this: your stories come from you. Your thoughts, your emotions, your voice no one can copy that. 🤍🤍🤍🤍They can steal a piece, but they can never be you.🤍🤍🤍
You are not just a writer. You are a creator. And your light is too strong to be dimmed by someone else’s wrong.🫶🏼
I believe in your talent. I believe in you.
And I’ll be here, always your friend, your fellow author walking this path with you. In sha allah🤍🤍🤍
Let’s keep writing. The world hasn’t seen the best of you yet. Lysm my gurl🤍🤍🤍