މަލައިކާއާއި މަލިކާ އުޅުނީ ބަދިގެ ތެރޭގައެވެ. މަލައިކާމެން ނޫޑްލްސް ކައްކައިގެން އުޅޭތީވެ އެފޯރީގައި ނާއިޝާވެސް އުޅުނެވެ. ކާން އިން ދެބެންގެ ހަރަކާތްތައް ހުއްޓުނީ ކޮޓަރިތެރެއިން އިވުނު ޒިދާންގެ ހަޅޭކުގެ އަޑުންނެވެ. އެއަޑަށް މަލައިކާ، މަލިކާ، ނާއިޝާގެ އިތުރުން މީރާވެސް އެކޮޓަރިއަށް ވަނެވެ. ފެނުނު މަންޒަރު މަލައިކާއަށް ނާއިޝާގެ ދެލޮލުގައި އަތް އެޅުނެވެ.
އެނދުމަތީގައި އޮތް ޒުކާންގެ ދެލޯ ވަނީ މެރިފައެވެ. ޒުކާން އޮތް ތަންކޮޅު ލެއިން ކަޅިވެފައިވީ އިރު ބަނޑުގައި ވަޅިއެއް އިނެވެ. “ތީ..؟ ތީކާކު…؟” މީރާއަށް އަހާލެވުނެވެ. އެވަގުތު ކޮޓަރީގެ ޖާލިދޮރު ހުޅުވާލާފައި ހުރިތަން މަލައިކާގެ ލޮލުގައި އަޅައިގަތެވެ. މަލިކާ ހުރީ ގަބުވެފައެވެ. ފެނިގެން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައެވެ. “އަދިވެސް ބަލަން ހުރީތަ؟ އެންބިޔުލާންސްއަށް ގުޅާބަލަ” ގަބުވެފައި ހުރި މަލިކާގެ އަތް ތަޅުވާލަމުން ޒިދާން ބުންޏެވެ. ވަގުތުން މަލިކާއަށް ހަމަބިމަށް އާދެވުނު ފަދައެވެ. އަވަހަށް އެންބިޔުލާންސްއަށް ގުޅީ ތެޅި ތެޅި އޮތް ހިތަކާއި އެކުއެވެ.
އެމާރްޖެންސީކޮއް ޒުކާން ހޮސްޕިޓަލަށް ގެންދެވުނެވެ. “ވަޓްސް ދި ސިޓުއޭޝަން؟” ޑަކްޓަރު ޖޯން ޕެރެމެޑިކްސް އާއި ސުވާލު ކޮއްލިއެވެ. “ހީޒް އަ 2 އިއާރް އޯލްޑް ހީ ވޯޒް ފައުޑް ސްޓަބްޑް. ވީ ގޮޑް އަ ކޯލް 20 މިނުޓްސް އެގޯ. ހީ ވެންޓު ކާރްޑިއެކް އެރެސްޓް އޮންދި ރައިޑް ހިއާރް ހީވެންޓް ޓު ކާރްޑިއެކް އެރެސްޓް. ހީއިޒް އިން އާރް.އޯ.އެސް.ސީ. ބަޓް ހިސް ޕޯލްސް އާވެރީ ވީކް” އެކޮޅުން ކިޔައިދިނެވެ.
އަވަސްގޮތުގައި ޒުކާން ވެއްދުނީ އޮޕަރޭޝަން ތިއޭޓަރަށެވެ. “ޒުކާންގެ ހާލަތު ވަރަށް ދަށް. ވަޅީގެ ކޮޅު ވަނީ ޒުކާންގެ ބޮޑު ގޮހޮރު ތެރެއިން ބިންދައިގެން ގޮސްފައި. އެކްސެސިވް ބްލީޑިންގްގެ ސަބަބުން ޒުކާން ގަޔަށް ލޭއަޅަން އެބަޖެހޭ. ކޮބާތޯ ޒުކާންގެ މައިންބަފައިންނަކި؟” ނަރުސް ކުއްޖަކު އަހިސްކިޔައިދިނެވެ. “އަޅުގަނޑު ގައިން ނަގާ. އަޅުގަނޑުމިއީ ޒުކާންގެ ބައްޕަ” ވަގުތުން ޒިދާން ބުންޏެވެ. “ލައްބަ. ބްލަޑް ޓެސްތައް ހަދާލުމަށް ދުރުވެލައްވާ”
އިވެމުން ދިޔަ ވާހަކަތައް އަހަމުން ދިޔަ މަލިކާއިނީ ގަބުވެފައެވެ. އިވެމުން ދިޔަ ވާހަކަތައް ގަބޫލުނުކުރެވިފައެވެ. ވަމުންދާކަންކަން ގަބޫލު ނުކުރެވިފައެވެ. ޒުކާންގެ ފުރާނަ ހިނގައިދާނެތީވެ މަލިކާގެ ހިތުގައި ދިޔައީ ބިރުވެރިކަމުގެ ރާޅެއް ނަގަމުންނެވެ. ނަމަވެސް މިއަދު ދެރަވުމުގެ ހައްގު މަލިކާއަށް އެބައޮތް ބާއެވެ؟
ނާއިޝާ ގޮވައިގެން އިން މަލައިކާގެ ހިތް ތެޅެމުން ދިޔައީ ނުބައި ގޮތަކަށެވެ. ނުބައި ޙަބަރެއް ލިބެން އުޅޭ ކަހަލަ އިހުސާސްއެއް މަލައިކާއަށް ދިޔައީ ކުރެވެމުންނެވެ.
އަނދިރި މަގުތަކުގައި ހިނގާލާފައި ޒުވާން އަންހެން ކުއްޖަކު ދިޔައެވެ. އަނގައިން މަޑުމަޑު ރާގެއް ލައްވަމުން ދިޔައިރު އެކުއްޖާގެ މޫނުމަތީގައިވީ ހިނިތުންވުމެކެވެ. ކުރަން އުޅެވުނު ކަންތައް ކުރެވުމުން މޫނުމަތީގައި ވާނެ ފަދަ ހިނިތުންވުމެކެވެ. އެކުއްޖާ ލައިގެން ހުރި ހުދު ކުލައިގެ މެކްސީ ހެދުމުގައިވީ ހުސްލެޔެވެ. ލަސް ހިނގުމުގައި ހިނގާފައި ގޮސް އެކުއްޖާ ވަނީ ޕޮލިސް ސްޓޭޝަންއަށެވެ.
“ނާއި މަތިން ވަރަށް މިސްވޭ. ނާއި ނުހުުންނަ ގަޑި ގަޑީގައި އެއްވެސް ކަމެއް ކުރާހިތެއް ނުވޭ” ނާއިކްގެ މޭމަތީގައި އޮށޯވެލައިގެން އޮތް ސުރާ ބުނެލިއެވެ. ނާއިކް ހިނިތުންވެލިއެވެ. “ދެން އަޅެ އެމަލައިކާ ގަނޑު ވަރިކޮއްފަ އަހަރެން ކައިރިއަށް އަންނަންވީނުން؟” ސުރާ ބޯހިތްލާލަމުން ބުނެލިއެވެ. “ކިހިިނެތްތަ އެހެން އަންނަނީ؟ ނާއިޝާއޯ؟” ސުރާގެ ފަންދިގު އިސްތަށިގަނޑުގައި ފިރުމާލަމުން ނާއިކް އެއްސެވެ. “ރަނގަޅުވާނެ. ނާއީއަށް އަދި އެންމެ 22 އަހަރޭ. އަދި މީހަކާ އިނދެ ބޭބީއެއް ހޯދާވަރަށްވުރެ މާބޮޑަށްވެސް ޔަންގްއެއްނުން” ސުރާ ބުންޏެވެ. ނާއިކް ހީލިއެވެ. އެވަގުތު ނާއިކްއަށް އައީ ފޯނު ކޯލެކެވެ. “ޕްލިސް؟ ކީއްކުރަން ޕްލިސް؟” ސުރާ ހާސްވެފައި އެއްސެވެ. “ހާސްނުވޭ. އެވާނީ މަލައިކާމެންގެ ކޭސްގެ ކަމަކަށް” ނާއިކް ބުންޏެވެ.
“އައްސަލާމު އަލައިކުމް” އެކޮޅުން ސަލާމް ގޮވާލިއެވެ. ނާއިކް ސަލާމް ބަލައިގަތެވެ. “މަލައިކާއާއި މަލިކާގެ އެކްސިޑެންޓް ކޭސްގެ ކުއްވެރިޔާ އަޅުގަނޑުމެން ގާތަށް އަހިސް އެކަމަކަމަށް އެއްބަސްވެއްޖެ” އެކުއްޖާ ބުނެލިއެވެ. “ވަޓް؟” ނާއިކްގެ ދެލޯ ބޮޑުވިއެވެ. ބިންމަތީގައި ހުރި ނާއިކްގެ އެއްޗެހި ލައިގެން އޭނާ އަވަސްވެގަތީ ޕޮލިސް ސްޓޭޝަންއަށް ދިޔުމަށެވެ.
ހަމައެވަގުތެވެ. ޒިދާންގެ ޓެސްޓުތައް ހެދި ނަރުސްކުއްޖާ ނަތީޖާ ހިފައިގެން އައެވެ. “އައިމް ސޮރީ.. އެކަމަކު.. ޓެސްޓު ރިޒަލްޓް ތަކުން ދައްކާގޮތުން.. ޒިދާންތިއީ ޒުކާންގެ ބައްޕައެއްނޫން..” އެކުއްޖާ ބުނެލިއެވެ. އެވަގުތު ހީވީ އެތަނުގައި ބޮމެއް ގޮވިހެންނެވެ. މަލިކާ ދެލޯ ބޮޑުވިއެވެ. ހުރިހާ ކަމެއް ފަޅާއަރަނީ މިހެން ހެއްޔެވެ؟ މީރާއައި ޒިދާންގެ ނަޒަރު މަލިކާއަށް ހުއްޓުނު އިރު މަލައިކާގެ ނަޒަރު ހުއްޓުނީ އޭނާގެ ފޯނަށެވެ. އަނެއްކާވެސް އެނުދަންނަ ނަންބަރުން ޕީޑީއެފް ފައިލްއެއް ފޮނުވުމުންނެވެ.
އޭގައި އިނީ ޑީ.އެން.އޭ ޓެސްޓްއެކެވެ. ނަމަކަށް އިނީ ޒުކާންގެ ނަމެވެ. މަލައިކާ ހައިރާންވީ ޒުކާންގެ ނަންފެނިގެނެއްނޫނެވެ. މަލައިކާއާއި ނާއިކްގެ ނަންއިނުމުންނެވެ. ޕޭޕަރުގެ އެންމެ ފަހު ސަފްހާއަށް ސްކްރޯލްކޮއްލީ ތެޅިތެޅި އޮތް ހިތަކާއި އެކުއެވެ. ޓެސްޓުގެ ނަތީޖާގައި އިން ގޮތުން ޒުކާންއަކީ މަލައިކާއާއި ނާއިކްގެ ކުއްޖެކެވެ. މަލައިކާގެ ދެވަނަ ދަރިފުޅަކީ ޒުކާން ހެއްޔެވެ؟ ދެން މަލިކާގެ؟
“ޒި…ޒިދާން..؟” މަލިކާ ގޮވާލީ ތެޅިތެޅި އޮތް ހިތަކާއި އެކުއެވެ. “އެއީ.. ކާކުގެ؟” ޒިދާން ލަސްލަހުން އެއްސެވެ. މަލިކާ ޖަވާބެއް ނުދީ އިސްޖަހާލިއެވެ. ވީދެރައިންނާއި އައި ރުޅިން ޒިދާންއަށް އަތް ހިތްލައިލެވުނީ މަލިކާ މޫނުމަތީގައި ޖަހަންށެވެ. “ޒިދާން” ޒިދާންގެ ހަރަކާތްތައް ހުއްޓުނީ މަލައިކާގެ އަޑަށެވެ. މަލައިކާ ފޯނު ޒިދާންއަށް ދިނެވެ. “މީ…؟ މީހަގީގަތެއްތަ؟” ފޯނު ބަލާލާފައި ޒިދާން ރޮވޭހާލުގައި ނަރުސް ކުއްޖާ ގާތުގައި އެއްސެވެ. ތާރީޙްއަށް އެއްމަސް ކުރިން އިނދެފައި ހޮސްޕިޓަލަށް އެހޮސްޕިޓަލުގެ ނަން އިނުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







what the zukaan eiee malaika n naaik ge baby eh tha
than where is malikaage babyy
aahhh haadha curious eyy
when nest part cant waittt shiherrrrr
keep it up
whn next
lyyy
Yaassss jazaakallah khairan😭🤍
Masha allah vrh reethi mi part vs
Ekm rovihje
Zukaan ah ehn ehedhy alhe kaakutha
Hama huwaaa e naaik dheke vrh rulhi eba aadhey
Kithah myhunnaaeky efaadah ulhihje e naaik,ehn ulhen heyonuvaane dhww nulaahiku loabi wife akaa kuhjeh huhta..vrh heeevey zukaan eii malaika ge kuhjeh hen…dhn ehnvyru malika ge kuhjaa niyaavytha???dhn vrh avhh naaik r malika ge haqeeqai engeyne kanne..malaika ah knmvs vrkh naaik ge goi ingihjethaa…hama eba hthah araa naaik ge ladhu nethybaaey…naaik ahvisneyiru huhnaany vaguthufaaithu vefa kanne..dhn malika ahvs kmh dhimaavyma dhww zukaan gehlidhaane kamuge biru hyvanfeshy..ekm ekuhja roe aadheys kuryma hithah ekahchekeyvs araakmkh nuvi ….shihaa im sooo curious ….curiously waiting for the nexttt…when next????tc lyyyy😘
jazaakallah khairan 🤍
Oh wait wait.. So malaika ge dhe babies dhw mee!! Zukaan n naaisha!
So malika ge baby maruvee or something else
Bruuh haadha curious kohlaafa ey thi nimmaaly!!
Varah reethi mi part ves MA👏👏👏
What a mystery thriller 👻✌
I’ve read mi 3 part ves ehkoh!!
Sorry comment eh nukurevuny thee…
I was in a camp for three days n no wonder they’ll allow me to bring a device tho😅
Hehhehe..
When next?
Lyssssssm💗💗💋
Stay safe
jazaakallah khairan 🫶🏻🫶🏻🫶🏻