Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 9

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 21, 2025 3 Mins Read
15 Comments

މިޒިޔަލް އިނީ ހަގީގަތުގައިވެސް ބުނާނޭ އެއްޗެއް ނޭނގިފައެވެ. އެހެން އެކަން ވާންވީ ސަބަބެއް ނޭނގިފައެވެ. ހަމަ ގައިމުވެސް ރޭގައި އޭނާ ގާތުގައި އިވްޔާ އިނެވެ. ދެން އިވްޔާ ގާތަށް މިޒިޔަލް ދާންވީ ކީއްވެގެން ހެއްޔެވެ؟ އިޝާ ނަމާދުން އައިފަހުން މިޒިޔަލް ކޮޓަރިން ނުނިކުންނަކަން އޭނާއަށް ޔަގީނެވެ.

(8 ވަނަ ބައި)

“ހަހަހަހަ އިވް ބިރުގަތީތަ؟ ހެހެ ސޮރީ ލޯބީ. ހަމަ މަޖާ ކޮއްލާ ހިތްވީ. ޔެސް، ރޭގަ ޔަލް ދިޔައިން ތިގެއަށް” މިޒިޔަލް ދޮގު ހެދިއެވެ. “ޔަލް މޮޔަވީތަ؟ މީހަކަށް ފެނުން ނަމައޯ؟ ކިހިނެތްތަ ވަނީވެސް؟” އިވްޔާ ސުވާލު ގޯނި އޮއްސާލިއެވެ. “އަނެއް… ސިޓިންގް ރޫމް ޖާލީ ދޮރު ހުރި ތަންޑު ނާޅުވާ. އެތަނުން ވަނީ. އެހެން ނިކުތީވެސް” ހަގީގަތުގައި ވީނުވީއެއް މިޒިޔަލްއަކަށްވެސް ނޭނގެއެވެ. މިޒިޔަލް ބުނި އެއްޗެއް ބުނީ އިވްޔާ ހިތްހަމަ ޖައްސާލާށެވެ. ބިރު ކަނޑުވާލާށެވެ. ނަމަވެސް މިޒިޔަލްއަށް ނޭނގުނީ އެއީ އޭނާގެ ދިރިއުޅުމަށް އެޅުނު ކަޅު ހިޔަންޏެއް ކަމެވެ.

ހެނދުނު 7 ޖަހާލާހާ އިރު އިވްޔާ ގެއަށް ދިޔުމައް ތައްޔާރު ވެލިއެވެ. ޔަޝްފާއަށް އަލްވަދާއު ކިޔާފައި އިވްޔާ ކޮޓަރިން ނިކުތެވެ. އެވަގުތު ރޭގައި މިޒިޔަލް ބުނި ވާހަކަ ހަނދާން ވިއެވެ. އިވްޔާ ލަސް ހިނގުމުގައި ގޮސް ޖާލި ދޮރު ގާތުގައި ހުއްޓުނެވެ. “ހުރިހާ ދޮރެއްވެސް ތަޅުލާފަ…؟” ހިތާހިތުން އިވްޔާއަށް ސުވާލު ކޮއްލެވުނެވެ. ނަމަވެސް ހެނދުނު ޔަޝްފާގެ މަންމަ ދޮރު ލެއްޕީ ކަމަށް ނިންމާ އިވްޔާ ހަމަ ނޭވާއެއް ދޫކޮއްލިއެވެ.

ބޭރަށް ނިކުން އިރު އިވްޔާގެ އިންތިޒާރުގައި މިޒިޔަލް ސައިކަލުގައި އިނެވެ. މިޒިޔަލްއަށް ހިނިތުންވުމެއް ދީފައި އިވްޔާ ސައިކަލު ފަހަތަށް އެރިޔެވެ. “ހިނގާ މިއަދު ބޭރަށް ސައިބޯން ދަމާ؟” މިޒިޔަލް ބުންޏެވެ. އިވްޔާ ހީލާފައި ބޯޖަހާލިއެވެ.

3 ވަރަކަށް ދުވަސް ފަހުން އިވްޔާ ވަރަށް ބޮޑަށް ބަލިވިޔެވެ. ހޮޑު ލުން އާމު ކަމަކަށް ވިޔެވެ. ހަށިގަނޑުގައި އެއްވެސް ވަރެއް ނެތި ގިނަވަގުތު އޮންނަނީވެސް ނިދިފައެވެ. ކުރިން ނުކޭ ކިތަންމެ އެއްޗެއް ކާން ފެށިއެވެ. އާދަޔާ ހިލާފަށް ކާކެއުންވެސް މަދެއް ނޫނެވެ. ހިމަ ތޮޅިކޮއް ހުރި ކުއްޖާ ފުދޭ ވަރަކަށް ފަލަވެސް ވެއްޖެއެވެ. ހުޅު ހުޅުގައި ރިއްސާތީވެސް އުޅެޔެވެ.

ހަވީރުގެ ވަގުތެވެ. އިނާ އިނީ އިވްޔާގެ ފައިގައި ބޭސްކޮޅެއް ހާކައިދީ، މޮޑެދޭށެވެ. ޓީވީ ބަލަން އިން އިވްޔާ އިނީ ކެރެޓެއް ކާންށެވެ. “ދަރިފުޅާ. މަންމަ ސުވާލެއް ކޮއްލަންތަ؟” އިނާ އެއްސެވެ. ޓީވީ ޕައުސް ކޮއްލާފައި އިވްޔާ އިނާއަށް ހުރިހާ ސަމާލު ކަމެއް ހުސްކޮއްލިއެވެ.

“ދަރިފުޅު ކޮން އިރަކުތަ އެންމެ ފަހުން މައްސަރު ކަންތައް ޖެހުނީ؟” އިނާ ބަލައިލީ ސީދާ އިވްޔާގެ ދެލޮލަށެވެ. “ކިހިނެތްވީ؟” އިވްޔާ ނިތް ހިއްލާލިއެވެ. “ދަރިފުޅު މިހާރު ތިޖެހޭ ބަލި ތިއީ މާބަނޑު އަންހެނެއްގެ ކިބައިން ފެންނަ އަލާމާތް ތަކަކަށް ވާތީވެ..” އިނާ ބުންޏެވެ. އިވްޔާ އިސް ޖަހާލިއެވެ.

“އިނގޭ މަންމާ.. އިވްވެސް ތިހެން ހިތަށް އެރި. އެކަމަކު. އިވް ބަނޑުބޮޑު ނުވެދާނެތީވެ ނުކެރުނު ޓެސްޓު ހަދާކަށް.” އިވްޔާ އިސްޖަހާލާފައި ބުންޏެވެ. “ދެރަނުވޭ ދަރިފުޅޫ. އޭރު ދަރިފުޅު ހުރީވެސް އެކަންޏެއްނުން؟ މިހާރު މިހުރީ މަންމަވެސް. މަންމަ ހުންނާނަން ދަރިފުޅާއި އެކު” އިވްޔާ ބޯޖަހާލިއެވެ.

ހަމަ އެވަގުތު އިނާ ގޮސް ޓެސްޓު ކިޓެއް ގަތެވެ. ދަންވަރު ވަގުތާއި ހެނދުނު ވަގުތުގައި އިވްޔާ ހޮޑު ލާތީވެ، މިޒިޔަލް މިހާރު ހުންނަނީ ރޭގަނޑު ނުނިދައެވެ. އެހެންކަމުން މިޒިޔަލް ނިދަނީ ހަވީރެވެ. މިޒިޔަލް ނިދާފައި އޮތުމުން އިވްޔާ ގޮވައިގެން އިނާ ވަނީ އިނާގެ ކޮޓަރިއަށެވެ.

ޓެސްޓު ކިޓުގެ ނަތީޖާގެ އިންތިޒާރުގައި ހުރި އިވްޔާއަށް ދިޔައީ ނިޔަފަތި ތަކާއި އިނގިލިތަކުގެ ހަންވެސް ހެފެމުންނެވެ. ފާއިތު ވަމުން ދިޔަ ކޮންމެ ސިކުންތެއް އިވްޔާއަށް އިހުސާސް ކުރެވެމުން ދިޔައީ ގަރުނެއްގެ ގޮތުގައެވެ. ކުޑަ ހިނދުކޮޅެއް ފަހުން ޓެސްޓު ކިޓުން ނަތީޖާ ދައްކާލިއެވެ. އެއާއި އެކު އިވްޔާއަށް އުޑަފައިން އިށީނދެ ރޯން ފެށުނެވެ.

“ދަރިފުޅާ…؟ ކޮބާ ކިހިނެތްވަނީ؟” އިވްޔާ ނުނިކުމެ ލަސް ވުމުން އިނާ ދޮރުގައި ޓަކި ޖަހާލަމުން ގޮވާލިއެވެ. އިވްޔާ ކަރުނަ ފުހެލާފައި ނިކުތެވެ. އަދި ހިނިތުން ވެލަމުން އިނާއަށް އިވްޔާ ބަނޑުބޮޑު ކަމުގެ އުފާވެރި ޙަބަރު ދިނެވެ.

“އަލްހަމްދުލިއްލާހި” އުފާވެލާފައި އިނާ އިވްޔާގެ ހަށިގަނޑުގައި ބައްދާލިއެވެ. “ހިނގާ އަވަހަށް ހޮސްޕިޓަލަށް. ދެން ގޮސް އަހިސް މިޒިޔަލް ގާތުގައި ބުނާނީ” އިނާ ބުންޏެވެ. އިވްޔާ ހީލާފައި ބޯޖަހާލިއެވެ.

“އައިޝަތް އިވްޔާ ދެއްތޮ؟” ޓެސްޓުގެ ނަތީޖާ ލިބުމުން ނަރުސް ކުއްޖަކު އަހިސް އިވްޔާ ގާތުގައި އެއްސެވެ. އިވްޔާ ބޯޖަހާލިއެވެ. “ދުރުވޭ އަޅުގަނޑާއި އެކު” އެކުއްޖާ ބުންޏެވެ.

“މަރްހަބާ. އިވްޔާ ބަނޑުބޮޑު. ބަނޑަށް 12 ހަފްތާ” ފުރިހަމަ ހިނިތުން ވުމަކާއި އެކު ޑަކްޓަރު އައިންތު ބުންޏެވެ.

ކޮޓަރި ތެރޭގައި ހުރި ހުރިހާ އެއްޗެއް އެފުން މިފުށަށް ޖަހަމުން ދިޔަ އާދަނާއި ދިމާލަށް ބަލަން މިލީކް ހުއްޓެވެ. “ކަލޭ ތިއީ ކީއްކުރާނެ މީހެއްތަ އެއިން؟ ކަލޭ ތިއީ މާރިދެކޭ. ކަލެއަށް ކީއްވެ މިކަން ނުވާންވީ؟” އާދަނު ރުޅި އަހިސްފައި ހުރި އެއްސެވެ.

“މާރިދަކަސް، އިބިލީހަކަސް، އިފުރީތަކަސް، މާބަނޑުވެފައި ހުރި އަންހެނަކު އަލުން އަހަރެންގެ ދަރިއަކަށް ބަލިވެ އިންނާނެ ގޮތެއް ހެދޭނެތަ؟ ނުވާނެއްނުން؟” ހަމަ ޖެހިލަމުން މިލީކް ބުންޏެވެ. މިލީކް އެވަގުތު ހުރީ އަސްލު ސިފައިގައެވެ. ކަޅު އެނދި ގަނޑެއްހެން މުޅި ހަށިގަނޑު ހުރި އިރު އުނަގަނޑާއި ދިމާލުގައި ބޮޑު ދެފިޔަ އިނެވެ. ކުޑަ ކުޑަ ދެލޯ ވަޅު ފެހި ކުލައިގައި އިން އިރު އަނގަ ތެރޭގައިވެސް ހީވަނީ ލޭހުރި ހެންނެވެ. ކަންފަތެއް ނެތް އިރު ނިތާއި ދިމާލުގައި ދިގު ދަޅެއް އިނެވެ. ދިގު ނިގޫ ދެފަރާތަށް ހަލުވާލަ ހަލުވާލަ ހުރި އިރު، ފެންނަ މީހަކު ބިރުން ހޭނެތޭހާ ބިރުވެރިޔެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޙަޔާތް

Next

އެހަނދާން 1

Next
July 21, 2025

އެހަނދާން 1

Previews
July 21, 2025

ޙަޔާތް

15 Comments!

  1. Your fav bab Your fav bab says:
    July 21, 2025 at 1:31 pm

    Ehenma iv balivee yal ge dhari akah dhw!!
    I thought yal hama majalakah iv birugannavaalee kamah ekamku….This is going too farr..
    Hama fithkadaigen nudhiyaee kiriyaa!!
    Thi aadhaneh athujehey irah dhuleh nukuraanamey hama huvaa!! Btw who’s that niqabii???
    When next?
    Lysssssm💗💗💗

    1. shihaamaa ali shihaamaa ali says:
      July 21, 2025 at 1:46 pm

      Yess iv got preg yal ge baby akh
      Hehe ya😭
      Niqabi aky kaaku kan ingeynee adhi fahun hehe stay tuned🙈
      In sha allah maadhamaa noon aneh dhuvahu
      Lyt

  2. shihaamaa ali shihaamaa ali says:
    July 21, 2025 at 1:44 pm

    Salaam reader,
    Could u guys recommend some names with “Y”
    Girl and boy
    😊

  3. Your fav bab Your fav bab says:
    July 21, 2025 at 2:14 pm

    Sure🤗
    Girl names; Yara, Yaisha, Yazlaa, Yooly
    Boy names; Yalaan, Yaish, Yousuf, Yunus

    1. shihaamaa ali shihaamaa ali says:
      July 21, 2025 at 4:29 pm

      🤍

  4. pink girl says:
    July 21, 2025 at 2:45 pm

    Maashaa allah mi part vex varah varah reethi…..
    Hama busy kamun comment kohlaane vaguthu nuvanee….
    Elm baraabarah kiyan……. sorry for that.🥺🥺
    Girl names: Yaisha,Yalvee,Yainaa,Yukabit,Yoomin,Yashaa,Yaalaa,Yaanaa
    Boy names: yazak,yaanish,yaamin,yaish,yaaz,yaaniu,yaain,yazan,yunus

    1. shihaamaa ali shihaamaa ali says:
      July 21, 2025 at 4:29 pm

      jazaakallah khairan dear
      hehe story kiyanyyaamun ok ey hama comment nukollevunass
      jazaakallah khairan for the names

  5. Aysherr says:
    July 21, 2025 at 2:52 pm

    Hii shihaa
    How are you..?
    Kurin part thakuga comment koh nulevunythy sorry
    Mi part ves Varah reethi maa sha allah
    Againn ivvv.. ekamu vrh heevey e ulheni kurin libunu Varah vure bodu dhera eh liben hn ves..
    Thiya aadhaneh dhw alhe 😭
    This vaahaka is so biruveri.. naseebeh dhuvaalah mi vaahaka kiyey kan ves
    Anywayss dhn vaany kihineh thw balan I’m very curious..😊
    <33

    1. shihaamaa ali shihaamaa ali says:
      July 21, 2025 at 4:30 pm

      heyyy aysherrr
      i am fine alhamdhulihllah, hbu?
      hehe its okay kiyaalanyyaamun hama ok ey hehe
      hehe balamaa dhww dhnn
      jazaakallah khairan dear

  6. Shaf_maan says:
    July 21, 2025 at 6:52 pm

    Maasha Allah mi prt vx vrh reethi
    Omgg.. This prt made me even more scared.. I dunno whyy..
    But happy bcuz ivv is preg.. Alhamdulillah 💜💜
    “Y”names dhww
    Girls:Yasna, Yaina, Yumna, Yalvy, Yalaa, Yaisha, Yaaniya, Yoohaa..
    Boys: Yaasin, Yumaan, Yoo’aan, Yail, Ya’eesh, Yooshau, Yazdhaan, Yazak..
    Hope u liked these names💜
    Whn nxt???
    Tc.. Lysm Shiher 💜💜

    1. shihaamaa ali shihaamaa ali says:
      July 21, 2025 at 7:50 pm

      jazaakallah khairan dear
      hehe yess ivv is finally preggg
      hehe yeaaa
      jazaakallah khairan
      in sha allah on wednesday
      lyt

  7. aanaa says:
    July 22, 2025 at 12:10 am

    Masha allah mi part vs vrh reethi
    Alhamdulillah.. Iv preg
    Hama huwaa I didn’t expect Ingey mihaa biruveri vaanekmkh. Dhera vehje migadii kiyuniimavs..ekm kiih kuraany adhi mi fenuny mi part
    Hama heynetheyhaavrh biru eba ganey..hiivey alamaari therein dhnme dhnme thi miliik nukumedhaanehn
    Dhn vihandhn iv bahahtan feney iv mamma kaery..rashah gossiyya maa kankan goas vedhaane.. Dhuru ga hure vs e hury kan vi goi..dhera gth nuhadhahche iv mennah..hope this stry ga happy ending eh ihnaane kmh..evnthgh horror stry akh viyas:)
    sry mihaa lahun cmnt kohlevuniima..
    Curiously waiting
    When next??
    Lyyy🫶

    1. shihaamaa ali shihaamaa ali says:
      July 22, 2025 at 12:17 am

      jazaakallah khairan dearr
      alhamdhulihllah hehe
      hehe happy ur loving it🤍
      lets see what kind of a ending it will have
      in sha allah next on wednesday
      lyt

  8. darkqueen38 darkqueen38 says:
    July 22, 2025 at 8:31 pm

    Biruganejje mihaaru,
    Ivya is preg again.
    Mi faharu i hope she gives birth successfully.
    Mi ulhey aadhanu kulhi varu nimeni ivya ah kameh veema dho?
    Anyways waiting for nextt

    1. shihaamaa ali shihaamaa ali says:
      July 23, 2025 at 12:45 pm

      Hehe balamaa dhw
      Next part out now see u there😊

Comments are closed.

Next Episodeކަޅު ބުޅާ 10←


All Right Reserved!