
އަބަދުވޭ ހިތުގާ މަގޭ 2 (4)

ހިނދުކޮޅެއް ފަހުން ޔުއެލް ތިރިއެއް ފޭބިއެވެ. “ކިހިނެތް ވެފަތަ ބުރާންތި ވެފަ ތިހުރީ؟ ވަދޭ އެތެރެއަށް” ޔުއެލްގެ ވިހަ ބަސްތަށް އިވި ޒައިނީއަށް ހިންދިރުވާލެވުނެވެ. އަތުގެ އިނގިލި ތަކާއި ކުޅެމުން މަޑު މަޑުން ޔުއެލްއާއި އެކު އެތެރެއަށް ވަނެވެ.
(4 ވަނަ ބައި)
ޔުއެލް ނަގާފައި އިން ކޮޓަރިއަށް ވަދެވުމާއި އެކު ހައިވެފައިވާ ސިންގާއެއް ފަދައިން ޒައިނީގެ ހަށިގަނޑުގައި ތަތްވެގަތެވެ. ވަގުތުން ޒައިނީ އަށް ރޯން ފެށުނެވެ. “މިދެން ކިހާ ދެރަ ކަމެއް ތަ؟ ކާކަށް ދައްކަން، ނޫނީ ކާކަށް އިއްވަން ރޯ ރުއިމެއް ތަ ތިއީ؟ ކަލެއަށް ހީވޭ ތަ ތިރުއިން އަހާނެ މީހަކު ވާނެހެން؟” ޔުއެލް ވިހަ ބަސްތަކުގެ ހަމަލާއެއް ޒައިނީ އަށް ފޮނުވާލިއެވެ.
“ވަރަށް ތަދުވޭ…” ކުރަކި ވެފައިވީ އަޑުން ޒައިނީ ބުނެލިއެވެ. ޔުއެލް ފެށީ ހޭށެވެ. “ހަހަ ހަހަ. ބަލަ ކަލެއަށް ތަދު ކުރާށޭ މިހެން މި ހަދަނީ ވެސް. ކިތޭ ވަރަށް ތަދު ކުރިޔަސް ހެވެއްނުން؟ ކަލޭ ހުރީ ކާކު މަ ނޫނީ؟ އެހެންވެ ހަމަ މަ ބޭނުން ގޮތެއް ހަދާލާނީ” ޔުއެލް ވިހަ ހިނިތުންވުމަކާއި އެކު ބުނެލިއެވެ. ޒައިނީ ހިންދިރުވާލަމުން ދެލޯ މަރާ ބާރު ކޮއްލިއެވެ. ހީވީ ދެންވާން އުޅުނު ކަމަކަށް ތައްޔާރު ވެލީ ހެންނެވެ.
ނ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.