Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 8

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
December 20, 2025 5 Mins Read
4 Comments

“އެހެންތަ؟ އެހެންވެ ހަމަ ލެސަން ނަގަންވީ އިނގޭ؟ ތައްޔާރުވޭ ހެހެހެ” ހީލަމުން ޒަވުލް ބުނެލިއެވެ. އެވަގުތު މިލްކްޝޭކްތައް އައުމުން އެވަގުތައް އެވާހަކަ ކުރު ކޮއްލިއެވެ.

(8 ވަނަ ބައި)

“މީރުތަ؟” މިލްކްޝޭކްއިން އެތިކޮޅެއް އެލާރާ ބޯލުމާއި އެކު ޒަވުލް ސުވާލު ކޮއްލިއެވެ. “ހެހެ ލައްބަ. ވަރަށް މީރު” ހިނިތުންވެލަމުން އެލާރާ ބުނެލިއެވެ. “ކޮން ކަހަލަ ވާހަކައެއްތަ ލިޔާ ހިތްވަނީ؟” ޒަވުލް ސުވާލު ކޮއްލިއެވެ.

“އަމްމްމް… އެންމެ ގިނައިން ލިޔެ އުޅެނީ ބިރުވެރި ވާހަކަ” އެލާރާ ބުންޏެވެ. “އޯ އެމް ޖީ. ބިރު ގަނެއްޖެ ހެހެހެހެ” މޭގައި އަތް ޖައްސައިލަމުން ޒަވުލް ބުނެލިއެވެ. “ދޭންންން ސާބަސް. ދެން ސިހުރު ހާހޫރަ ވާހަކަތަކައް ވަރަށް ޝައުގު ވެރިކަން ހުރޭ ދޯ؟ އެހެންވެ ކަންނޭނގެ” އެލާރާ ބުނެލިއެވެ.

“އެއީ ކީއްވެ އެކަހަލަ ވާހަކަ ލިޔަން ޝައުގު ހުންނަނީ؟” ޝައުގުވެރި ކަމާއި އެކު ޒަވުލް ސުވާލު ކުރިއެވެ. “އެލާގެ ކާފައަކީ ރުޤްޔާ ކޮށް އުޅުނު މީހެއް. މިދިޔަ އަހަރު ނޫން އަނެއް އަހަރު ކާފަ ނިޔާވީ. އެކަމަކު އެލާ ދަސް ކުރިން ކާފަ ކައިރިން ވަރަށް އެއްޗެހި. އެހެންވެ ދޯ އަސްލު ޝައުގު އުފެދުނީ” އެލާރާ ބުންޏެވެ. “އޯހް އެހެންތަ؟ މާތް ﷲ އެލާގެ ކާފަ އަށް ސުވަރުގެ މިންވަރު ކުރައްވާށީ. އާމީން” މޫނުގައި އަތް ހާކާލަމުން ޒަވުލް ބުނެލިއެވެ. އެލާރާ ހިނިތުންވެލިއެވެ. “އާމީން”

ފިހާރައިގައި އިން މިރުޝާލް އިނީ ފޫހި ވެފައެވެ. މެންދުރުގެ އެވަގުތުގައި އެއްވެސް މީހަކު ފިހާރައިގައި ނެތުމުންނެވެ. ފޯނުން ހަބަރު ކިޔަން އިން މިރުޝާލްގެ ނަޒަރު ފިހާރައިގެ ދޮރަށް ހުއްޓުނީ ފިހާރަ ދޮރު ހުޅުވާލާފައި ވައިން ޒުވާނާ ފެނިފައެވެ.

“ހޫމްމްމް ވަޓް ޝުޑް އައި ބައި” ދެއަތް ދެއަތް ހާކައިލަމުން އެޒިކިއެލް އަމިއްލަ ނަފްސާއި ސުވާލު ކޮއްލިއެވެ. ލުއި ފިޔަވަޅު ތަކެއްގައި ގޮސް އޭނާ ހުއްޓުނީ ކުޑަ ކުދިންގެ އެއްޗެހި ވިއްކާ ތަން ކައިރީގައެވެ. އިރުކޮޅަކު ވިސްނާލަން ހުރެފައި އޭނާ ނެގީ “ޖޯންސަންސް ބޭބީ ޕައުޑާރ” ފުޅިއެކެވެ. “ޕާފެކްޓް” އެއްމިޔަކަނުން ހީލަމުން އެޒިކިއެލް ބުނެލިއެވެ.

ދެން އެޒިކިއެލް ދިޔައީ ކުކުޅު ބިސްތައް ހުރި ދިމާލަށެވެ. 3 ބިސް ހިފައިގެން އެޒިކިއެލް ގޮސް ކައުންޓަރު ކައިރީގައި ހުއްޓުނެވެ. “ހާދަ ފައްކާ ކޮންބޯ އެއް ތި ގަނެލީ؟” ހީލަމުން މިރުޝާލް ސުވާލު ކުރިއެވެ. “އާނ. މިއުޅެނީ ކުއްޖަކަށް ވަރުގަދަ ލަނޑެއް ދޭން ވެގެން” އެޒިކިއެލް އެއްމިޔަކަނުން ހީލިއެވެ.

“ހަހަ އެހެންތަ؟ ކޮއްކޮއާއި ތޮޅެނީ ދޯ؟” ކޮތަޅަށް އެއްޗެހިތައް ލައިދެމުން މިރުޝާލް ބުނެލިއެވެ. “ނޫނޭ. ކޮންމެވެސް މިކްޔާއެއްތޯ ކިޔާ ކުއްޖަކަށް” އެޒިކިއެލްގެ ޖަވާބާއި އެކު މިރުޝާލް އަށް ހެވުނެވެ. “ހަހަ އެހެންތަ؟ ހޮސްޕިޓަލްގަ އުޅޭ ކްލިނިކަލް އެސިސްޓެންޓެއް ދޯ އެއީ؟” ހިނިގަނޑު ހިފަހައްޓައިލަމުން މިރުޝާލް އަހައިލިއެވެ.

“އާނ. އޭނަ މަށަށް ނުކުރާ ޖެއްސުމެއް ނެތް. އަހަރެން ބަނޑު ހަރުވެގެން ޑަކްޓަރަށް ދިޔައީމަ އެކަމާ މަލާމާތް ކޮއްފަ. މަރުވެފައި އޮތް މަގޭ ބުޅަަލަށް މަލާމަތް ކޮއްފަ. އަދި ކޮބާ؟ މިއަދު ހެނދުނު މަގޭ މުޅި ގަޔަށް މައިލޯ އަޅާފަ. ޕިސް ޕިސް. ފިސާރި އަންހެނެއް އެއީ. މިއަދު މިއީ މަގޭ ބަދަލު” އެޒިކިއެލް ބޯ ހޫރުވައިލިއެވެ.

“ހަހަ އެހެންތަ؟” އެޒިކިއެލް އަށް ކޮތަޅު ދިއްކޮއްލަމުން މިރުޝާލް ބުނެލިއެވެ. އޭރު ވެސް އޭނާ އިނީ އެތެރެއިން ހީލަ ހީލައެވެ. “ތޭންކްސް. ވިޝް މީ ލަކް” އެއްލޯ މަރާލަމުން އެޒިކިއެލް ބުނެލިއެވެ. “ކޮން ކުއްޖެއްބާ މިއީ؟ މިކްޔާ ކީއްބާއޭ ހީވޭ ކުރީ” ބޯހޫރުވައިލަމުން މިރުޝާލް ހިތާ ހިތުން ބުނެލިއެވެ.

ބްރޭކް ގަޑި ލިބުމުން މިކްޔާ އަވަސް އަވަހަށް ހޮސްޕިޓަލުން ނިކުތެވެ. އަޅައިގެން ހުރި ނޫކުލައިގެ ޝޯލް ރީތި ކޮއްލަމުން ގޮސް ސައިކަލަށް އެރިއެވެ. ލައިގެން ހުރި ކަޅު ކުލައިގެ ހެދުމުގެ ފަސްބައި ރީތި ކޮއްލަމުން އޭނާ ސައިކަލަށް އެރިއެވެ.

ގެއަށް ދިޔަ މަގުމަތީގައި ވެސް އޭނާ އަށް ވިސްނެމުން ދިޔައީ ދެން ގެއަށް ގޮސް ކާނެ އެއްޗަކާއި މެދުއެވެ. ބަނޑުން އަޑު ގޮވަން ފެށުމުން މަޑުމަޑުން ބަނޑުގައި އަތް ހާކާލެވުނެވެ. “އާހްހްހް… ކޭންޓް ވެއިޓް. ބަނޑުހައިވެގެން މިއޮށް ހަލާކު ވަނީ” މަޑުމަޑުން މިކްޔާ ބުނެލިއެވެ.

އެވަގުތު ސައިކަލު ޖެހޭ ނުޖެހޭ ހިސާބުގައި އޮތް ހުދު ކުލައިގެ ބުޅާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ހަޅޭ ލަވައިގަންނަމުން މިކްޔާ ސައިކަލު ހުއްޓިއެވެ. އޭރު އޭނާގެ ހިތް ތެޅޭ ވަރުން ހީވަނީ އަނގަ އަށް އައިސް ދާނެ ހެންނެވެ.

އިރުކޮޅަކު ނޭވާ ހަމަ އަކަށް އަޅުވާލާފައި މިކްޔާ ދެލޯ ހުޅުވައިލިއެވެ. މަޑުމަޑުން ބިންމައްޗާއި ދިމާލަށް ބަލާލިއެވެ. އޭރު ވެސް އެބުޅާ ހަމަ އޮތް ގޮތައް އޮތެވެ. ނަމަވެސް މިފަހަރު ތަފާތެއް ފާހަގަ ކުރެވުނެވެ.

ސައިކަލު ޕާކު ކޮއްފައި އޭނާ ސައިކަލުން ފޭބިއެވެ. ނިއްކުރި މަތީގައި މަޑުމަޑުން ޖަހައިލެވުނީ އެއީ ކުޅޭ ކުޅޭ އެއްޗެއްކަން އެނގުމުންނެވެ. “މިއީ ދެން ކާކު ގައިން ގަނޑެއް ބާ؟” ހިތާ ހިތުން މިކްޔާ އަށް ސުވާލު ކޮއްލެވުނެވެ. އެވަގުތު އޭނާގެ ބުރަކައްޓަށް ބާރަކަށް އެއްޗެއް ޖެހުނެވެ. “އިއޫއޫއޫ. ކާޅެއް ޕުއްޕު ލީބާ؟” މިކްޔާ ކަންފަތުގައި އަތް އަޅަމުން ބުނެލިއެވެ. އެވަގުތު އެޒިކިއެލްގެ ހުނުމުގެ އަޑު ފަހަތުން އިވެން ފެށިއެވެ. ކަޅި އަނބުރާލަމުން އޭނާ ފަހަތަށް އެނބުރުނެވެ.

“އައްޗީޑީ. ދޮވާ ބިސް ވަސް” ބަނޑުގައި އަތް އަޅައިގެން ހުރެ ހެމުން ހެމުން އެޒިކިއެލް ބުނެލިއެވެ. “ދޭންންން މި މީހާ ގަނޑު އަޅެ. މިކީ ޑިއުޓީގަ އޭ މިއުޅެނީ” އުނަގަނޑުގައި އަތް ޖައްސާލަމުން މިކްޔާ ކަޅި އަޅައިލިއެވެ.

“އައްދޯތް. ވަރަށް ގަޓު ވީ އޯ ދެން ހަހަހަ. ހީވަނީ ކުޑަ ޖޯޑެއް ހެން ހަހަހަހަ” ހެވޭ ވަރުން އޭރު އެޒިކިއެލް ހުރީ ނޭވާ ވެސް ކުރުވެފައެވެ. “ދޭންންންން” ކުޑަ ކުއްޖަކު ކުޅޭ އެއްޗެއް ނުލިބުމުން ގުންފައި ތަޅައިގަންނަހެން މިކްޔާ ގުންފައިތަޅައިގަތެވެ.

އެޒިކިއެލް ހުނުން ކޮންޓްރޯލް ކުރަމުން އަތުގައި ދެން ހުރި ބިސްތައް ވެސް މިކްޔާގެ ގަޔަށް ޖެހިއެވެ. އަދި އަތުގައި އޮތް ފުއް ފުޅިން ވެސް އޭނާގެ ގަޔަށް ބުރުވަން ފެށިއެވެ. “ދޭންންންންނ ކިހާ ދެރަ ކަމެއްތަ؟” ކެއްސައިގަންނަމުން މިކްޔާ ބުނެލިއެވެ. އެޒިކިއެލް ހޭ ވަރުން އޭނާ ވަކިން ރުޅި ގަދަ ވަމުން ދިޔައެވެ.

“ޔޫ ބާސްޓާރްޑް” ކުއްލިއަކަށް ހުރެފައި މިކްޔާ އެޒިކިއެލްއާއި ދިމާލަށް ދުއްވައިގަތެވެ. ނަމަވެސް އެޒިކިއެލް މާ ހުޝިޔާރެވެ. މިކްޔާގެ އަތުގައި ހިފާ އަނބުރާލިއެވެ. ނަމަވެސް ބިންމަތީގައި ހުރި ބިސްތަކަށް އެރި އެޒިކިއެލް ކައްސާލިއެވެ. މިކްޔާގެ ބޯ ބިންމަތީގައި ޖެހިދާނެތީވެ ވަގުތުން އެޒިކިއެލް އޭނާގެ ބޯދަށަށް އަތް ލައްވާލިއެވެ. ބިންމައްޗަށް ދެމީހުން ގުޅަޔަކަށް ޖެހުނު ވަގުތުގައި ދެމީހުންގެ ތުންފަތް ބައްދަލުވެގެން ދިޔައެވެ.

ގަންނާ ކުރެއްވީ ލަދުން މިކްޔާގެ ދެލޯ ބޮޑުވިއެވެ. ދެލޯ ބޮޑުކޮށްގެން މިކްޔާގެ މޫނަށް ބަލަން އެޒިކިއެލް އަށް އޮވެވުނެވެ. މޫނުމަތީގައި ފުއްތައް ހުރި ނަމަވެސް އެކޯތާފަތަށް އެރި ޖަންބު ކުލަ ވަރަށް ރީތިކޮށް ފެންނަމުން ދިޔައެވެ. ލޮލު އެސްފިޔައާއި ބުމައިގައި ވެސް ފުށުގެ އަސަރު ހުއްޓެވެ. ދެލޯ ބޮޑު ކޮއްގެން އެޒިކިއެލްގެ މޫނަށް ބަލަން އޮތް އިރު އެމޫނު މަތިން ފެންނަނީ މައުސޫމް ކަމެވެ.

“ޕިސް ޕިސް. މި ޒަމާނު ކުދިން މާ ފޮޅުވަން ވަކި ތަނެއް ނޯވޭ. ލަދުން ބޯހަލާކު” ފަހަތުން އަންހެނެއްގެ އަޑު އިވުނެވެ. އެޒިކިއެލް އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ. ހަމަ އެވަގުތު މިކްޔާ ވެސް ތެދުވެ އިށީނެވެ.

ފަހަތުގައި ހުރި ފަރީޝާ ފެނި ދެމީހުންގެ މޫނު ވެސް ކުނިވިއެވެ. އޭނާ އަކީ ރަށު “ރޭޑިއޯ” ކަން އެއީ އެއްވެސް މީހަކަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. އޭނާ ބަހާ “ހެދިކާ” ބަހާނީ ވެސް އިތުރު ރަހަތައް އެކުލަވައިގެންނެވެ.

“އަދި ސިއްހީ މަރުކަޒުގަޔާއި ފުލުހުގަ އުޅޭ މީހުނޭ މިއީ. ދެން ތިއީ ކޮން ވައްތަރެއްތަ؟ ތިއީތަ ކޮއެ މެންގެ މައިންބަފައިން ބަލާ ބޮޑު ކުރި ގޮތަކީ؟” ބޯހޫރުވައިލަމުން ފަރީޝާ ހިނގައިގަތެވެ.

“މިހުރީ ކަލެއާ ހުރެ ޖެހޭ ކަންތައްތައް. މުޅި ރަށުގަ ދެން އޮންނާނީ އެވާހަކަ” މިކްޔާ ކަޅި އަޅައިލަމުން ބުނެލިއެވެ. އަދި ސައިކަލަށް އަރާ ބާރު ދުވެލީގައި ސައިކަލު ދުއްވައިލިއެވެ.

“ހުހް. ހެވޭ. ރިވެންޖް ހިފިއްޖެ. ހެހެހެހެ” އަތުގައި ހުރި ވެލި ތަކާއި ފުއްތައް ފިލުވަން އަތް ފޮޅައިލި އެޒިކިއެލްގެ ތުންފަތް އެއްމިޔަކަނުން ދެމުނެވެ. އެވަގުތު ދެމީހުންގެ ދެމެދުގައި ހިނގި ކުޑަ ހާދިސާ ސިފަވެލި ފަދައެވެ. މަޑުމަޑުން ތުންފަތުގައި އަތް ޖައްސާލެވުނެވެ.

ސްޓޭޝަނަށް ވައިން ޔައުލާންގެ ދެލޯ ދެކޮޅު ބަލައިލިއެވެ. ސިއްރު ސިއްރުން އެލާރާ ހޯދަނީ ކަން ޔަގީނެވެ. ހިންދިރުވާލަމުން އެތެރެއަށް ވަނެވެ. ނަމަވެސް އެދެލޯ ދިޔައީ އެކި ދިމަ ދިމާ ހޯދަމުންނެވެ.

“ވަގަކު އައިސް ދާނެތީ ބިރުންތަ ތިއުޅެނީ؟ ހެހެހެ” އެވަގުތު އެތަނަށް ވައިން އެލާރާ އަށް ޔައުލާން އުޅޭ ގޮތް ފެނި އަހައިލިއެވެ. “އާނ. ތީނުން އެވަގު. ހާދަ ބިޒީ އޭ ދޯ؟” ބޯކަހައިލަމުން ޔައުލާން ބުނެލިއެވެ.

“ޔާ… މިއައީ ޒަވުލް އާއި އެކު މިލްކްޝޭކް ބޯން ގޮސްފަ” އެލާރާ ލަދުން މޫނުގައި އަތް އަޅައިލަމުން ބުނެލިއެވެ. “އޯހްހްހ… އެހެންތަ…؟” ހިތި ހިނިތުންވުމަކާއި އެކު އެހެން ބުނެ، ޔައުލާން ސްޓޭޝަނަށް ވަނެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. “ލެވެންޑާރ” ރެސްޓޯރެންޓުގައި ދަނބު ކުލައިގެ ގަމީހަކާއި އެކު ނޫކުލައިގެ ޖީންސެއް ލައިގެން އިން މީކައިލް އިންތިޒާރު ކުރަމުން ދިޔައީ ދުއާ އަށެވެ. އަތު ކުރީގައި އޮތް އެޕަލް ގަޑި އަށް ބަލައިލަމުން އޭނާ ހަމަ ޖެހިލިއެވެ. މިއަދު މިއީ އޭނާގެ މުޅި ހަޔާތް ބަދަލު ވެގެން ދާނޭ ދުވަހެއްކަން ޔަގީނެވެ.

ދޮރު ހުޅުވުނު އަޑު އިވުމާއި އެކު އޭނާގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ހުދު ކުލައިގެ ކޮނޑު ނެތް އެ ހެދުމުގެ ފަސްބައި ކަކުލާއި ހަމަ އަށް އަރައެވެ. ހެދުމުގައި ލޭސްފޮތި ހަރު ކޮއްފައި ހުރި އިރު ކޮނޑާއި މޭމަތީގައި ވެސް ޑިސްކޯގެ އަސަރު ހުއްޓެވެ. ކަރުގައި ރިހި ކުލައިގެ ފަށެއް އޮތް އިރު ފަށު ފުލުގައި ހިތެއް އިނެވެ. ކަންފަތުގައި ވެސް ހިތެއް އިން އެއްޗެއް އެލުވާފައި އިން އިރު، ހިތެއްގެ ބައްޓަމައް އިން ދައްޗެއް ވެސް އޭނާގެ ފަން ދިގު، އިސްތަށިގަނޑުގައި އިނެވެ. ލޮލުގައި ލުއި މޭކަޕެއް ކުރެވިފައިވީ ނަމަވެސް، ތުންފަތުގައިވީ ގަދަ ރަތް ކުލައެކެވެ.

“ވާހް ވާހް. ޕަރީއެއްތަ މިއައީ؟” ދުއާ އައިސް އިށީނުމުން މީކައިލް މޭގައި އަތް ޖައްސާލަމުން ސުވާލު ކުރިއެވެ. “ހޫން. ހެވޭ” އިސްތަށިގަނޑު ކޮނޑުން އަނެއް ފަރާތައް އެއްލައިލަމުން ދުއާ ބުނެލިއެވެ.

“މިގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން…” އިނގިލިތަކާއި ކުޅެން އިނދެ މީކައިލް ބުންޏެވެ. “ޔާ…؟”

“ވިލް ޔޫ މެރީ މީ؟” ޖީބުގައި އޮތް ރިހި ކުލައިގެ އަނގޮއްޓި ނަގާ ދައްކާލަމުން ސުވާލު ކޮއްލިއެވެ. “ވަޓް؟؟؟ އިންނަންށޭ؟؟؟ ނޯ ވޭ” ވަގުތުން ދުއާގެ ދެލޯ ބޮޑު ވެލިއެވެ. ގަބޫލު ކުރަން ދަތިވިއެވެ. އެއީ އެކަން ވެދާނެ ކަމަށް ހީވެސް ނުކުރާ ކަމެކެވެ.

(ނުނިމޭ)

ނުވަވަނަބައިގެ ތެރެއިން:

“ދެން ސާބަސް މިރުޝާލަށް. އެކޮއެ ވެސް މިހާރު އެހުރީ މީހަކާއި އިންނަ ވަރު ވެފަ ވިއްޔާ” ބޯހޫރުވައިލަމުން ސަފިއްޔާ ބުނެލިއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އުޖާލާ ކުރިމަގަކަށް، ރާސްތާ ފަހި މާދަމައެއް!

Next

އެކުގައިވާނަން-20

Next
December 20, 2025

އެކުގައިވާނަން-20

Previews
December 19, 2025

އުޖާލާ ކުރިމަގަކަށް، ރާސްތާ ފަހި މާދަމައެއް!

4 Comments!

  1. Your fav bab Your fav bab says:
    December 20, 2025 at 7:20 pm

    Ezikiyal ah vaa saabas!!
    banduhaa vegen e ulhey mikya fakeerah e kohlee bodu varekey dhw!😂😂 3 bis jahaaligen nuvithaakah fuh ves elhee ey dhw?!😝😂😂
    Hahaa hee hee bindhijje!
    Ezikiyal and mikya awwwnn💗💗 never expected their first kiss to be like this😜😹
    Why did dua say a freaking NO to mykail😭
    Curious for the next!!
    When Next?
    Ly💗

    1. Anonymous says:
      December 21, 2025 at 1:00 pm

      Nice

    2. shihaamaa ali shihaamaa ali says:
      December 22, 2025 at 12:23 pm

      Hahaha dhw 😂
      Hehe yess loabi dhww 💞
      Ahaha lets see dhww dhn vany kihineh thw
      Stay tuned for next
      Lyt 💞

    3. shihaamaa ali shihaamaa ali says:
      December 22, 2025 at 12:24 pm

      Jazaakallah khairan anonymous 💞

Comments are closed.



All Right Reserved!