Skip to content
އެސްފިޔަ
PRO · MVR 2.00

އަބަދުވޭ ހިތުގާ މަގޭ 2 (3)

“ދެން ތިވަރު ނުވެ އިންނަން އަހާބަލަ. ހަހަހަ” ރައިޒެކް ހީލިއެވެ. “ނުކެރޭނެ. އޭނަ އެހުންނަނީނުން ދުވަހަކު ވެސް ބިޓެއް ނުހޯދަން. އާހް. އެންމެ އަވަހަށް ވެސް ކުއްޖަކާ ރައްޓެހި ވާނީ އޭލެވެލް ނިންމާފައޯ” އުޝާ ތުންކޮޅު އޮޅާލިއެވެ.
(3 ވަނަ ބައި)
“އެހެންވެ ދެން އިންތިޒާރުގެ ގިޓާ ކުޅިލަކުޅިލަ އިނދޭ ހަހަހަ” ރައިޒެކް ދޫނެރެލާފައި ބުނެލިއެވެ. “ހޫން ނިކަން ދިމާ ކޮއްބަލަ. އެލީ ކައިރީ ބުނާނަން ދޮންބެ ވާހަކަ” އުޔައިނާ ފޮނި ވެލާފައި ބުނެލިއެވެ.
“އެހެން ވިއްޔާ ދޮންބެ ވެސް ބުނާނަން އަކްޔަލް ގާތުގަ” ރައިޒެކް ވެސް ވަކި ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. “ދެން ދޮންބޭ” އުޔައިނާ ސޯފާއިން ތެދުވުމުން ރައިޒެކް ދުއްވައިގަތެވެ. “ކެޗްމީ އިފް ޔޫ ކޭން” ސޯފާ ވަށާ އެނބުރެމުން ރައިޒެކް ބުނެލިއެވެ.
ގެއަށް ވައިން ރައިޒެލް އަށް އެންމެ ފުރަތަމަ ވެސް ފެނުނީ ސޯފާ ވަށާ ދުވަމުން ދިޔަ އުޔައިނާ އާއި ރައިޒެކްއެވެ. ދެފަރާތަށް ބޯ ހޫރުވާލެވުނީ އަދިވެސް ދެކުދިންގެ ހުރި ޅަކަމުންނެވެ. “ސާބަސް ދަރިފުޅުމެނަށް. އަދި ވެސް ބޮޑެއް ނުވޭ ތަ؟” އަތުގައި ހުރި ކޮތަޅުތައް ހިފައިގެން ވަދެ ރައިޒެލް ބުންޏެވެ.
“ދެން ދޮންބެއޭ ފެށީ” ރައިޒެކްއާއި ދިމާލަށް އި…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.