Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ޤަބޫލްކުރަންދަތި ހަޤީޤަތް..؟؟ ދިހަވަނަބައި

shan
May 8, 2013
5 Mins Read
9 Comments

އަރީކާ ޓީވީ ހުޅުވައިގެން ސިޓިންގ ރޫމް ސޯފާގައި އިނެވެ. އޭރު ޓީވީން އަންނަމުންދަނީ ސޮނީ ޓީވީން ދައްކާ ޑްރާމާ ސީރީޒް އެއްކަމަށްވާ އަނާމިކާއެވެ. އަރީކާ އެހެން އިނދެ އިރުއިރު ކޮޅާ ލޮލުން ފައިބަމުންދާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލައެވެ. ޑުރާމާ އިން ދައްކަމުން ދަނީ ޑުރާމާގެ ބަތަލާ ރާނޯ މަރުވެގެން އޭނާގެ ޖަނާޒާ ކަންތައް އޭނާ އާއިލާ މީހުން ކުރަމުންދާ މަންޒަރުތަކެވެ. އެހެންކަމުން އޭނާއަށް ބަލައިލާ ކޮންމެ މީހަކަށް ހީވާނީ ރާނޯ މަރުވުމުން އެކަމާ ދެރަވެގެން ރޮނީހެންނެވެ. ނަމަވެސް އޭނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައީ އެހެންވެގެންނެއް ނޫނެވެ. އޭނާގެ މާބޮޑު ސަމާލުކަމެއް ޑްރާމާއަކަށް ނެތެވެ. ސިކުނޑީގައި ގުގުމަމުން ދިޔައީ ނަޢުމާ މިއަދު ދެއްކި ވާހަކަތަކެވެ. ލޮލުން ކަރުނަ އަންނަމުން ދިޔައީ އެކަމުގެ ސަބަބުންނެވެ. އަބަދު ހިނިތުންވެފައި ހުންނަ އަރީކާގެ މޫނުމަތިން އެއްވެސް ކަހަލަ އުފާވެރިކަމެއް ފެންނަން ނެތީ އެހެންވެއެވެ.

“..ކޭން ބައްލަވަންވީ ނޫން ތޯ؟..” ކޮޓަރިން ނިކުތް ނަޢުމާ ފެނުމުން ސޯފާއިން ތެދުވެ ހަމަޖެހިލަމުން މަޑުމައިތިރި ކަމާއެކު އަރީކާ ބުންޏެވެ. އަރީކާ ވާހަކަ ދެއްކި ގޮތުން ނަޢުމާ ހައިރާންވެ ލަދުވެސްގަތެވެ. އޭނާ އެހާ ދުރުކޮށްލީތީ ދެރަވެ ހިތުގައި ޖެހުނެވެ. ނަމަވެސް އަރީކާއަށް އެބަދަލު އައީ ޚުދު އޭނާގެ ސަބަބުންކަމަށް ޤަބޫލްކުރެވުނެވެ.

“..ނޫން..ނިޝްވާ ކޮބާ؟..” ނިޝްވާގެ ކޮޓަރި ދޮރު ހުޅުވާލަމުން ނަޢުމާ އެހިއެވެ.

“..ބޭރަށް ދުރުވީ..” ހަމަކުރިންވެސް ވާހަކަދެއްކި މާތް ބަހުރުވައިން އަރީކާ ޖަވާބުދިނެވެ. ނަޢުމާ ލައްޕަމުން ދިޔަ ދޮރު ހުއްޓާލެވުނީ އަރީކާ ޖަވާބު ދިން ގޮތުގެ ސަބަބުންނެވެ. ނަޢުމާއަށް ބުނެދޭން ނޭގޭ ކަހަލަ އުނދަގޫތަކެއް އެކަމުގެ ސަބަބުން އެބަވެއެވެ. ނަޢުމާ އެކޭ އެއްގޮތަށް އަރީކާއަށްވެސް އެގޮތަށް ވާހަކަ ދައްކަން ޖެހުމުން އުނދަގޫތައް ވެއެވެ. ނަޢުމާ އެނބުރި އަރީކާ އާ ދިމާލަށް ބަލާލުމާއެކު އަރީކާ އިސްދަށަށް ޖަހާލިއެވެ. އެމޫނު މަތީ އެއްވެސް އުފާވެރިކަމެއް ނެތްކަން ނަޢުމާއަށް ފާހަގަކުރެވުނެވެ.

“..ދޮންތަ މިދަނީ ބޭރަށް..ޝާން ބަލާލަދޭތި.. ހޭލާފިޔާ ދޮންތައަށް ގުޅާ..” ނަޢުމާ ގެއިން ނުކުތުމަށް ހިނގައިގަތީ އިތުރަށް އެތަނުގައި މަޑުކުރަން ބޭނުންނުވުމުންނެވެ. އަދި އެހެންމެ 8 ޖަހަން ވަގުތު ކުޑަތަން ވެފައި ވާތީއާވެސް އެކުއެވެ.

“..ލައްބަ މެޑަމް..” މިފަހަރުވެސް ނަޢުމާ ކުރިޔަށް އަޅަ އަޅާ ހުރި ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އަރީކާ ޖަވާބު ދިން ގޮތުގެ ސަބަބުންނެވެ. ނަޢުމާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާގެ އުފަން ކޮއްކޮއެއް ދެކެވާވަރަށް ލޯބިވާ އަދި އަޅާލާނެ މީހަކުނެތް ނިކަމެތި އެއަންހެން ކުއްޖާއާމެދު ކަންތައްކުރެވުނު ގޮތުން އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.

“..އަރީކާ..” ނަޢުމާ މަޑުމަޑުން ގޮވާލިއިރު އެގޮވާލުމުގައި ރިހުމެއް އެކުލެވިގެންވެއެވެ. އަދި އަރީކާގެ ދެކޮނޑުގައި ހިފާ ސޯފާގައި ބޭންދިއެވެ.

“..ސޮރީ..ދޮންތައަށް އެހެން ބުނެވުނީތީ މާފަށް އެދެން..” ނަޢުމާ އަރީކާ ކައިރީ އިށީންނަމުން ބުންޏެވެ. އަރީކާ އެގޮތަށް އުޅުމުން ނަޢުމާގެ ހިތަށް ކެތްނުވީއެވެ. “.. މީ އަރީގެވެސް ގެ..މިގޭގަ އުޅޭނީވެސް އަރީގެ ފެމިލީ މީހުން.. ދޮންތަވެސް ދެކެނީ ތީވެސް ދޮންތަގެ ކޮއްކޮއެއް ގޮތަށް އެހެންވީމާ، ދޮންތަމެން ދުރުމީހުނަށް ހަދާފަ ތިގޮތަށް ވާހަކަ ނުދައްކަފާނަންތަ…..”

“.. އަހަރެން ހިތުގަ އެއްވެސް ބުރަކަމެއް ނެތް..” އަރީކާ ނަޢުމާ އާ ދިމާލަށް ބަލާވެސް ނުލާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ބުންޏެވެ. “.. އަހަންނަށް އިނގޭ އޭރު އެހެންހެދީ އަހަންނަށް އެވާހަކަތައް ކިޔާދޭން ބޭނުން ނުވީމަކަން..އަހަރެންގެ އަނގަ ބަންދުކޮށްލަންކަން…”

“..ދޮންތައަށް މަޖުބޫރު.. ކީއްވެގެންތޯ ނާހާ….ދޮންތަ އުއްމީދު ކުރަން އަރީ އެވާހަކަތައް އެއްވެސް މީހެއްކައިރީ ނުދައްކާނެކަމަށް..” ނަޢުމާގެ ބޭނުން އަރީކާއަށް އެނގުމުން އޭނާއަށް ކޮންމެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނަޢުމާ ސޯފާއިން ތެދުވެ ހިނގައިގަތެވެ.

އަރީކާ އެއްވެސް އެއްޗެއް ނުބުނެ އެއިންގޮތަށް އިނީއެވެ. އަރީކާއަށް ދެރަވީ ނަޢުމާ އެވާހަކަތައް ކިޔާ ނުދީގެނެއް ނޫނެވެ. އޭނާ އެއީ ގޭގައި ގެންގުޅޭ ކުއްޖެއްކަން އިހްސާސްކޮށް ދިނީމައެވެ. ނަމަވެސް އޭނާ ނަޢުމާގެ އެކަންތައް ސިއްރުކޮށްދޭނެއެވެ.

*****************

މަޖީދީ މަގާ ސޯސަންމަގު ކަންމައްޗަށްވާގޮތަށް ހުންނަ މިސްކިތް ކައިރީ ހުރި ޖިލްބާބު ފިހާރަ ކައިރީގައި ނިޝްވާ އާއި ރީޝާ ކަޅުހެދުމެއްލައި މޫނާ އެކީ ފޮރުވިގެން ތިއްބެވެ. އެމީހުން އެތާ އެތިބީ ނަޢުމާ ނިކުންނާ އިރެއްގެ އިންތިޒާރުގައެވެ. އޭރު ސޯސަން މަގުގައި ކޮޅުކޮޅަށް ހިނގާބިގާވެ މީހުންތައް އުޅުނެވެ. ދެކޮޅަށް ސައިކަލްތަކާ ޓެކްސީތައް ދުއްވަމުން ދިޔައެވެ. އެއްބަޔަކު މިސްކިތުން ފައިބެގެން ގެޔަށްދަނީއެވެ. އަނެއް ބަޔަކު ފިހާރަތައް ހުޅުވުމަށް އަވަދިނެތި އުޅުނެވެ. މާގިނަ އިރަކު އެމީހުނަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ނަޢުމާ ނިކުތްތަން ފެނުމުން ނިޝްވާއަށް ރީޝާގެ އަތުގައި ބާރަށް ހިފާލެވުނެވެ. ނިޝްވާމެން ތިބީ ނަޢުމާ ހުރި ފަރާތް ނޫން އަނެއް ފަރާތުގައެވެ. ނަޢުމާ ބަގީޗާއާ ދިމާލަށް ދިޔުމަށް ހިނގައި ގަތުމުން ނިޝްވާވެސް ރީޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ނަޢުމާ ކުރިޔަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ވިންދު އަވަސް ވަމުން ދިޔައެވެ. އަދި އެހެންމެ އޭނާގެ ހާސްކަންވެސް ދިޔައީ އިތުރުވަމުންނެވެ. މޫނުމައްޗަށް އިތުރުވަމުންދާ ދާތިކިތައް މިކަމުގެ ހެތްކަކަށް ފުދެއެވެ. ނަޢުމާ ހިނގަމުން ދިޔައިރު އޭނާގެ ސިނކުޑިއާއި ހިތާ ދެމެދު ދިޔައީ ހަނގުރާމައެއް ކުރެވެމުންނެވެ. އޭނާގެ ސިކުނޑި އެނބުރި ގެޔަށް ދިޔުމަށް ބުނަމުން ދާއިރު ހިތް ޝަހީން އާއި ޝާން މަތިން ހަނދާންކޮށް ދެމުންދެއެވެ. ސިކުނޑިން ކުރަން ތިއުޅެނީ ރަނގަޅުކަމެއް ނޫންކަމެއް ކަމުގައި ބުނެދޭއިރު ހިތުން އެކަން ނުކޮށްފިނަމަ ޝަހީން އާ ވަކިވަންޖެހޭނެ ކަމަށް ބުނެދެއެވެ. ޝަހީންއާ ވަކިން ނޫޅެވޭނެކަމަށް ހިތް ބުނެއެވެ. ޝާން ބައްޕައެއްގެ ލޯބިން މަޙްރޫމްވާނެކަމަށް ބުނެއެވެ. ނަޢުމާ ހިނގުން މަޑުކޮށްލުމަށްފަހު އަތްދަބަހުން ޓިޝޫއެއް ނަގާ މޫނު މަތީގައިވާ ދާތިކިތައް ފޮހެލިއެވެ. އަދި ފެންފުޅިއެއްގަތުމަށްޓަކައި ފިހާރަޔަކަށްވަނެވެ.

ނަޢުމާ ފިހާރައަށް ވަންތަން މަގުގެ އަނެއްފަރާތުން ހިނގަމުން އައި އިމާދު އާއި އިލްހާމްއަށް ފެނުނެވެ. “..އިއްލޭ ކައެއަށް ފެނިއްޖެތަ އެމަންޖެ..” އިމާދު އަތުގެ އިޝާރާތުން ނައުމާ ދައްކާލިއެވެ. “..އެއީ އަސްލު އެއްކަލަރޭ މީޓްކުރި މަންޖެއަކީ…އަހަރުމެންނަށް އޮޅުނީ ވައްތަރުކަމުން.. ވައްތަރެއް ނޫންތަ އިޝަންޓޭ ބިޓާ؟..”

ފަހަތުން ބަޔަކު ވާހަކަ ދައްކާ އަޑު އިވިގެން ނިޝްވާ ފަހަތްބަލާލިއެވެ. އިމާދު އާއި އިލްހާމް ފެނުމުން ފުރަތަމަ ގަތީ ބިރެވެ. ނަމަވެސް މޫނު އަޅާފައި ހުރިކަން ހަނދާންވުމުން ހަމަޖެހުނެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަތައް ނިޝްވާމެންނަށް ސާފުކޮށް އިވުނެވެ. ދައްކަމުން އެދަނީ އޭނާގެ ވާހަކަ ކަން އެނގުމުން ރީޝާ އަތުގައި ހިފާލާގެން ހުރެ އެމީހުން ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަންދިނެވެ.

“..އާނ ވަރަށް ވައްތަރު އަސްލު މިމަންޖެއަށްވުރެ އިޝަންޓޭ ބިޓް މާ ސަޅި..މިޅާ މާ ބޮޑަށް ފަލަވެފަ މިހުރީ..” އިލްހާމް ބުންޏެވެ. “..މިމަންޖެ ހިކިއިރު މާ ސަޅި..”

“..އެކަމް ދެން އިޝަންޓޭ ބިޓު ފަހަތުން ދުވުން ހުއްޓާލަންވީ.. އަސްލު އެމަންޖެ އެއީ ސާފު ހުދު ފޮތިކޮޅެއް.. ހެހެހެ..” އިމާދު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. “..މެރީވެސް ކޮށްގެން ކަންނޭގެ މިހާރު އެއުޅެނީ..މަ ބުނީމެއްނުން ބަނޑުބޮޑުވެފަ ހުއްޓާ ފެނުނޭ…. ވިހެއިމަ ކަންނޭގެ އެހާ ފަލަވެފަ އެހުރީ.. އެކަމްވެސް މަށަށް މިމަންޖެ ހަޑިއެއް ނޫން..ހަމަ ވަރަށް ސަޅި އަދިވެސް…”

“..ތިޅާއަކަށް ހަޑިއެއް ނުވާނެކަން އިނގޭ އެހެންބުނި އިރުވެސް..” އިލްހާމް އިމާދުގެ ކޮނޑަށް އަތް ވައްޓާލިއެވެ. “..ހިނގާ ފިހާރަޔަށް ވަންނަމާ…”

“..ނޫނޭ އިއްލޭ މިގަޑިއަކު ނޫން..މަގޮލާ އެބަޖެހޭ 8 ޖެހުމުގެ ކުރިން ގެޔަށް ވަންނަން.. ކުޑަކަމެއް އެބައޮތް ގޭގަ.. ކައެ ނައްޓާލާ ގެޔަށް.. ކަލެޔަށް މަގުޅާނަން 10ގެ ފަހުން..” އިމާދު ގެޔަށް ދިޔުމަށް ހިނގައިގަތެވެ. އިލްހާމްވެސް އޭނާ ގެޔަށް ދިޔުމަށް ހިނގައި ގަތެވެ. ދެމީހުން ދިޔައީ ދެކޮޅަށެވެ. އިލްހާމް މަޖީދީމަގާވީ ކޮޅަށް ދިޔައިރު އިމާދު ދިޔައީ ބަގީޗާއާވީ ކޮޅަށެވެ. އޭރުވެސް ނިޝްވާ އާއި ރީޝާ ހުރިތަނުގައި ހުއްޓި ތިއްބެވެ. ހުއްޓުން އަރާފައެވެ. އެކަކުވެސް ވާހަކަ ނުދައްކައެވެ. އެމީހުން ދެއްކި ވާހަކަތައް އިވުމުން ކަންތައް ވީގޮތް ރަނގަޅަށް ސާފުވެއްޖެއެވެ. އެމީހުން ނިޝްވާ އާއި ދިމާކުރީ ނައުމާކަމަށް ހީކޮށްކަން އެނގުނެވެ. އެއްމާބަނޑު ދެބެން ނޫނަސް ނަޢުމާ އާއި ނިޝްވާ ވަރަށް ވައްތަރެވެ. މީގެ ކުރިންވެސް ނުފެންނަތާ ގިނަ ދުވަސްވެފައިވާ ރައްޓެހިންނަށްވެސް އެދެބެން އޮޅިފައިވެއެވެ. ނިޝްވާއަށް ވިސްނުނީ ނައުމާ އާއި އެމީހުންނާ ދެމެދު ކޮންމެސް ގުޅުންތަކެއް ހިނގައިފައި އޮތްކަމެވެ.

“..މިރޭ މީ ހުރިހާކަމެއް ފަޅާ އަރާ ރޭ..” ނިޝްވާ ހަމަހިމޭންކަން ފޫ އަޅުވާލިއެވެ. “..ރިޝްއަށް ފެންނާނެ ދޮންތަގެ ހަޤީޤީ ސިފަ..” ނިޝްވާގެ އަޑުން އޭނާ ހުރީ ރުޅިއައިސްފަކަން ރީޝާއަށް އެނގުނެވެ. އެހެންކަމުން ހަމަޖެހުމަށް އެދުނެވެ. އޭރު ނަޢުމާ ފިހާރައިން ނިކުންނަނީއެވެ. ރީޝާ އިމާދު އާއި އިލްހާމް ފެނޭތޯ މަގުގެ ދެކޮޅު ބަލާލިއެވެ. މިހާރު އެއިން އެކަކުވެސް މަގަގުން ފެންނާކަށް ނެތެވެ.

***************

ނަޢުމާ ބަގީޗާގެ ކުރިމަތީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އިރު އިރުކޮޅާ ގަޑިޔަށް ބަލާލައެވެ. މަގުގެ ދެކޮޅު ބަލާލައެވެ. އަތުގައި އޮތް ފެންފުޅިން ފަހަރަކު ފެން ފޮދެއް ބޯލައެވެ. މިހުރިހާ މަންޒަރެއް ބަލަން ނިޝްވާ އާއި ރީޝާ ބަގީޗާގެ ކައިރީ ޕާކް ކޮށްފައި އޮތް ޕިކަޕެއްގެ ފުރަގަހުގައި ތިއްބެވެ. އެމީހުންނަށް ނަޢުމާ އެހުރިތައް ރީއްޗަށް ފެނެއެވެ. “..އެމީހަކު އަންނާނެ ހެން ހީވަނީ.. މެސެޖްގަ އޮތީ 8 ޖަހާއިރަށް ބަގީޗާ ކައިރިއަށް އައުމަށް..” ނިޝްވާ މަޑުމަޑުން ބުންޏެވެ. ރީޝާ ގަޑި ބަލައިލިއެވެ. ގަޑިން 07:55 ހިނގައިފިއެވެ.

ގަޑިން ބަރާބަރު އަށެއްޖެހި އިރަށް ބަގީޗާ ކުރިމައްޗަށް ކާރެއް އައިސް މަޑުކޮށްލިއެވެ. ކާރުގެ ލޯގަނޑު ތިރިކޮށްލުމާއެކު ނަޢުމާއަށް އެތެރޭގައި އިން މީހާ ފެނުނެވެ. އެމީހާ އަތުގެ އިޝާރާތުން ކާރަށް އެރުމަށް އެންގިއެވެ. އެމީހާގެ އިތުރުން އިތުރު ފިރިހެނަކުވެސް ކާރުގައި އިނެވެ. އެމީހަކު އިނީ ކާރު ދުއްވާށެވެ. ނަޢުމާ މަގުގެ ދެކޮޅު ބަލާލިއެވެ. އަދި އަތުގަ އޮތް ޓިޝޫއިން މޫނު ފޮހެލަމުން ކާރުގެ ފަހަތު ޝީޓަށް އެރުމާއެކު ކާރު ދުއްވާލިއެވެ. ނިޝްވާމެން ތިބި ތަނުގެ ސަބަބުން ކާރުގައި އިން މީހެއް އެމީހުންނަކަށް ނުފެނުނެވެ. ނިޝްވާ ވަގުތުން އެމަގުން ދިޔަ ޓެކްސީ އެއް ހުއްޓުވުމަށްފަހު އެރިއެވެ. އަދި ކުރިމަތިން ދާ ކާރުގެ ފަހަތުން ދިޔުމަށް ބުންޏެވެ.

ނަޢުމާ އިން ކާރު ގޮސް މަޑުކޮށްލީ މަޖީދީ މަގުގައި ހުންނަ ފަރިވާ ގެސްޓް ހައުސް ކުރިމައްޗަށެވެ. “..ކަލޭ މަ އަންނަންދެން މަޑުކޮށްލާ މިތާ ކުރިމަތީގަ..” ނަޢުމާ ކާރުން ފޭބީ އެމީހާ އަންނަންދެން މަޑުކުރުމަށް ބުނުމުންނެވެ. ނިޝްވާ އާއި ރީޝާވެސް ކާރުން ފައިބެ ފަރިވާއާއި މާދުރު ނޫން ހިސާބެއްގައި މަޑުކޮށްލައިގެން ތިއްބެވެ. ގަޑިން އަށެއް ޖަހާފައިވާތީ މަޖީދީ މަގުގައިވާ ހުރިހާ ފިހާރަތަކެއްވެސް ވަނީ ހުދު ބޮކިތަކުން ދިއްލާ އަޅާފައެވެ. ވިޔަފާރިކުރުމަށްޓަކައި ބައެއް މީހުން ސައިކަލްތަކުގައި ދުއްވަމުން ދިޔައިރު އަނެއްބަޔަކު ދުވާރު މަތީ ދެކޮޅަށް ހިނގަމުން ދެޔެވެ. ނަމަވެސް މަގުގައި އުޅޭ އެއްވެސް މީހަކަށް ނިޝްވާމެންގެ ސަމާލުކަމެއްނެތެވެ. އެމީހުން ބަލަމުންދިޔައީ ނަޢުމާގެ ޚަރަކާތްތަކަށެވެ. ނަޢުމާ ފަރިވާ ކުރިމަތީ ހުންނަތާ 10މިނެޓް ވެގެން ދިޔައިރުވެސް އެމީހަކަށް ނާދެވުނެވެ.

“..ކީއްކުރަންބާ މިތަނަށް އެއައި..ހާދަ އިރެއްވެއްޖޭ…” ރީޝާ ގަޑިއަށް ބަލައިލަމުން ސިއްރު ސިއްރުން ބުންޏެވެ. “…އަޅެ ދޮންތަ ހަދާއެއްޗެއް ބަލަން ދޮންތައަށް ގުޅާލާފަ އަހާބަލަ ކޮންތާކުތޯ؟….”

“..ނޭގެ..އެމީހަކު މިތަނަށް އަންނަން ބުނީ ކަންނޭގެ ނުން..” ނިޝްވާ ވެސް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. “..މަށަށް ޔަޤީން ބުނާނީ ލައިލާ އާއެކު އޭ..” ނިޝްވާ އަތްދަބަހުން ފޯނުނެގުމަށްފަހު ނަޢުމާ ނަންބަރަށް ގުޅާލިއެވެ.

“..ހަލޯ..” ނަޢުމާ މަގުގެ ދެކޮޅު ބަލާލުމަށްފަހު ފޯންނެގިއެވެ.

“..ދޮން ދޮންތާ.. ކޮންތާކު؟..” ނިޝްވާ ހަމަޖެހިލަމުން އެހިއެވެ.

“..މި އުޅެނީ ލައިލާއާ އެކު ސޮޕިން އެއްގަ..” ނަޢުމާ ދިނީ ނިޝްވާ ހިތުގައި އޮތް ޖަވާބެވެ. “..ކިހިނެއްވީ..؟؟”

“..ކަމެއް ނުވެ.. ގޭގަ ނެތީމަ..” ވީ ފޫހިން ނިޝްވާ ފޯން ކަނޑާލިއެވެ.

“..ލައިލާ އާއެކު..” ނިޝްވާއަށް ވާހަކަ ފުރިހަމަ ކޮށްނުލެވެއެވެ. މަގުމަތިން ހިނގާފައި އައި މީހަކު ނަޢުމާ ކައިރިއަށް ހުއްޓި އޭނާ އަތުގައި ހިފިއެވެ.

“…އޯ………….މައި..ގޯޑް..” ނިޝްވާއަށް އަނގަމަތީ އަތް އަޅާލެވުނީ އެމީހާ ފެނުމުންނެވެ.

“..އި.އި.އިއްސެ.. އިޙްސާ………………..ން..” ނިޝްވާއަށް އެމީހާގެ ނަން ބުނެވުނީ ވަރަށް އުނދަގުލުންނެވެ. އެއީ ނަޢުމާ ފިރިމީހާ ޝަހީންގެ އެކުވެރިޔެއްކަމަށްވާ އިޙްސާންއެވެ. ނަޢުމާ އާއި އިޙްސާން އަތް ގުޅުވާލާގެންހުރެ ގެސްޓްހައުސް ތެރެޔަށްވަދެގެން ދިޔައީ ނިޝްވާ އަނގަމަތީ އަތް އަޅާލައިގެން ހުރި ބުދެއްހެން ގަބުވެފައި ހުއްޓައެވެ (ނުނިމޭ)

އެގާރަވަނަ ބައިގެ ތެރެއިން:-

“..ޝޫސްސްސް….” ނަޢުމާގެ އަނގަމަތީ އިޙްސާން އަތް އެޅިއެވެ. “..މާ ބާރަށް ވާހަކަ ނުދައްކާ.. ލަދު ގަންނަނީ މަވީމަތަ.. ހިހިހި..ކަލޭ އަލަށްކުރާ ކަމެއްތަމީ؟ މަހުތުރީ ތަ؟ ބުނެބަލަ.. މިއޮއް އޮތްހާއިރު މަޑުން ހުރިގޮތަށް ދެންވެސް މަޑުން ހުރޭ… ނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ.. މަގޭ އެކުވެރިޔާ ކޮންތާކުން ހޯދި ލޯބި ލޯބި ބިޓެއްތަ މީ..” އިޙްސާން ނަޢުމާގެ މޫނު މަތީ ފިރުމާލިއެވެ. އަދި ދެކޮނޑުގަ ހިފާ ގަޔާ ކާރިކޮށްލިއެވެ.

23
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shan

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 19

Next

އެދުވަސް

Next
May 8, 2013

އެދުވަސް

Previews
May 6, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 19

9 Comments

  1. nishan says:
    May 8, 2013 at 12:20 am

    ރަނގަޅުކޮށްލަންޖެހޭ ކަންތައް ފާހަގަކޮށްލަދެއްޗޭ ..

  2. fathimath Asim says:
    May 8, 2013 at 2:02 am

    އަޅޭ ހާދަ ރީތިއޭ.

  3. nishan says:
    May 8, 2013 at 2:34 am

    ތޭންކް ޔޫ ފާތުން

  4. ނަޒާ says:
    May 8, 2013 at 1:31 pm

    ވާއު…..ހާދަ ރީއްޗޭދޯ……..ހަމަ ހެސް ކިޔާފަ ހަބޭސް އިނގެ….

  5. nishan says:
    May 8, 2013 at 1:55 pm

    ތޭންކްޔޫ ނަޒާ

  6. ޒާރާ says:
    May 8, 2013 at 10:18 pm

    އިންޓްރަސްޓިގ………………..

  7. nishan says:
    May 8, 2013 at 10:23 pm

    ތޭންކްޔޫ ޒާރާ

  8. ހަދީ says:
    May 8, 2013 at 11:06 pm

    ވ ބިޒީކޮށް އުޅެފަ ވަގުތެއް ވީ އިރަށް އެންމެ ފުރަތަމަވެސް މި ވާހަކަ ކީ
    ވ ރީތި ނިޟާން ތީ ހަމަ ބެސްޓް ރައިޓަރ އެއް….

  9. nishan says:
    May 9, 2013 at 1:06 am

    ތޭންކް ޔޫ ހަދީ.. 🙂

Comments are closed.

All Right Reserved!