Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކައުފެއްދުންތެރި ލިޔުން

ސިހުރު 2

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
December 27, 2025 6 Mins Read
8 Comments

“ހެހެ… މަށަށް އިނގޭތީ މިބުނީ… ޝްޝްޝް!! ހާސް ނުވޭ… މަ ނުބުނާނަން އެއްވެސް މީހެއް ކައިރި ކަލޭ ތި ކުރަން އުޅޭ ކަމެއް.. އަވަހަށް ދޭ… ދޭ… ދޭ…. ނަފީސާ އެބަ އާދެ މިތަނަށް ވަންނަން.” އަހަރުމެންގެ މަންމަ އެ ކޮޓަރިއަށް ވަންނަން އަންނަ ވާހަކަ ބުނަމުން އިރާޝާ އަނެއްކާވެސް ހެލެން ފެށިއެވެ.

އަހަންނަށް ނުކުމެވުނީ މަންމަގެ ކުރިމައްޗަށެވެ. ކޮނޑުގަ އަޅުވާ ދަބަހެއް މަންމަ އަތުން ހޯދައިން އަހަރެން ހިނގައިގަތީމެވެ. ވަރަށް އަވަހަށް ތަނަކަށް ދާން ޖެހިއްޖެ ކަމުގައި ބުނަމުން އަހަރެން އަވަސް އަވަހަށް އެ ގެއިން ނުކުތީމެވެ. އެވަގުތު މަންމަގެ މޫނުމަތިން ހާސްކަމުގެ އަސަރު ފާޅުވި ކަން އަހަންނަށް އެނގެއެވެ. އެހެން ނަމަވެސް އެކަމަށް އަޅާނުލާ އަހަރެން ނުކުތީމެވެ.

އަހަރެންގެ މިސްރާބު ހުރީ ތަންކޮޅެއް ދުރުގައި ހުރި ހާރޑްވެއާރ އަކަށެވެ. އެތަނަށް ވަނުމަށް ފަހު އަހަރެން ވާގަނޑަކާއި މާކަރެއް ގަތީމެވެ. އަދި ދަބަހަށް ލުމަށް ފަހު އެ ދަބަސް ކޮނޑުގައި އަޅުވައިން އަހަރެން ހިނގައިގަތީމެވެ.

ގެ އާއި ހަމައަށް ދެވުނުއިރު، ތަންކޮޅެއް ދުރުން، އަހަރެންގެ ގޭ ދޮރުމަތީ ބޮޑޭ ހުއްޓާ އަހަންނަށް ފެނުނެވެ. އެހިސާބުން އަހަރެން ޖީބުގައި އޮތް ފޯނު ނަގާ ނަމްބަރަކަށް ޑައިލް ކޮށްލީމެވެ.

“ހަލޯ!… ކޮބާ.. މެންދުރު އަހަރެން ބުނީމެއްނު އަހަރެންގެ ގޭގަ ހުރި ހުސް ކޮޓަރިޔަށް މަ ބުނި އެތި ގެންދަން.. ގެންދިޔައިންތަ؟” އަހަރެން އަހައިލީމެވެ.

“އާނ… މަ ބުނީމެއްނު މެންދުރު ޑިއުޓީ ނެތީމަ އެކަން ކޮށްދޭނަމޭ… މަވެސް ކުއްޖަކު ލައްވާ އެކަން ކުރުވީ… އޭތް! ބުނަން… ކަލޭ ވާނެ މިފަހަރު ތިކަން ރަނގަޅަށް ދަސްކުރަން.. އޯކޭ.. މަ މިވަގުތު ކޭސްއެއް އިންވެސްޓިގޭޓް ކުރަން މިވަންނަނީ.. ބައި ވިއްޓޭ.” އެކޮޅުން ވާހަކަ ދެއްކި މީހާ ހިނިގަނޑެއް ޖަހައިލަމުން ފޯނު ބޭއްވިއެވެ.

އެ ވަގުތު އަނެއްކާވެސް އަހަންނަށް ފޯނެއް އައެވެ. ގުޅަމުން ދިޔައީ ނުދަންނަ ނަމްބަރަކުންނެވެ. ވަގުތުން ފޯނު ނަގާ ކަންފަތުގައި ޖައްސާލީމެވެ.

“ހަލޯ..! ވިރާޝް.. ބޮޑޭ މިހާރު ކޮން އިރެއް ތި ގޭދޮށުގަ ހުންނަތާ. އަހަރެން ގަންނަން ބުނި އެއްޗިހި ގަނެގެން ގެނައިންތަ؟” އިލްޔާސް އަހާލިއެވެ.

“އާނ” އެކޭ ބުނުމަށް ފަހު ފޯނު ކަނޑާލަނީ އަހަރެން ހިނގުން އަވަސް ކޮށްލީމެވެ. ކުޑައިރުކޮޅެއް ތެރޭ އަހަންނަށް ގެއާއި ހަމައަށް ދެވުނެވެ. އެންމެ ފުރަތަމަވެސް އަހަންނަށް ބައްދަލުވީ ބޮޑޭ އެވެ. ބޮޑޭ ބުނި ތަކެތި ހަމަކޮށްގެން ގެނައި ކަމުގެ އުންމީދުގައި އަހަރެން އަޅާފައިވާ ދަބަހަށް ބަލައިލަމުން ކުރިޔަށް ހިނގައިގަތެވެ. ބޮލުގެ އިޝާރާތުން ގެއަށް ވަންނާށޭ ބުނަމުން އަހަރެން ވެސް ހިނގައިގަތީމެވެ.

“މީ ކޮޓަރި.. ވަދޭ…” އިލްޔާސް ކޮޓަރިއަށް ވަނުމާއި އެކު އަހަރެން ތަޅުލީމެވެ.

“މިތަން ރަނގަޅޭ…. ހިނގާ ފަށަމާ.. ކޮބާ އަހަރެން ހޯދަން ބުނި އެއްޗިހި ނަގާބަލަ…” މޭޒު ކައިރި ހުރި ގޮނޑީގައި ހަމަ ޖެހިލައިން އިށީންނަމުން އިލްޔާސް ބުނެލިއެވެ.

“އެވަރުންވެސް މި އާދެވުނީ އެކަތި ނުލާ… އެކަމު ރައްޓެއްސަކަށް ގުޅަން ބެލިޔަސް ފޯނުގަ ނެތް ބެލެންސެއް. ބޮޑޭގެ ފޯނު ދައްކަބަލަ.” އަތުގައި އޮތް ފޯނަށް ބަލަން ހުރެ އަހަރެން ބުނީމެވެ.

“އަން.. އެއްޗިހި ހަމަ ކުރީމަ ފަސޭހަ ވާނީ.. އަހަރެން ގެނައިން ދެތިން ފޮތެއް ވިރާޝަށް ދައްކާލަން…” ޖަހާފައިވާ ބެގީ ނައްޓާލަމުން ބެގީ ތެރެއިން ތިން ފޮތް އިލްޔާސް ނެގިއެވެ.

“ތިއޯ؟… ފޮތް ކޮޅެއް ވެސް ގެނައިކަން ވަރަށް ރަނގަޅު.. ގެނޭ ތިވެސް..” ފޯނާއި އެކު ފޮތްތަކުގައި ހިފަމުން އަހަރެން ބުނެލީމެވެ.

އިރާޝާގެ ހާލަތު މުޅިންހެން ރަނގަޅެއް ނުވެއެވެ. މޮޔައެއް ފަދައިން ކޮޓަރި ތެރޭ އިރާޝާ އުޅޭތަން ފެނުމުން ނަފީސާ ހުރީ ގޮތް ހުސްވެފައެވެ. ވިރާޝްގެ ބޭނުން ޖެހުނު ވަގުތު މިރޭ ވިރާޝްވެސް ދިޔައީއެވެ. އެހެންވެ އިރާޝާގެ ކަންކަން ބެލެހެއްޓުމުގައި އަވަދި ނެތި އުޅެމުން ދިޔައީ ނަފީސާ އާއި ރުޝްދީއެވެ.

“ވިރާޝް! ކަލޭ ދަސްކުރަން ބޭނުންވަނީ ކޮންކަހަލަ ސިހުރެއް؟.. ދެމަފިރިން ދުރު ކުރަންތަ؟.. މީހެއްގެ ވިޔަފާރި ހުއްޓުވާލަންތަ؟ މީހެއްގެ ކުރިއެރުން ބަންދު ކޮށްލަންތަ؟ ނޫނީ މީހަކު ދިރިއުޅުނަ ނުދޭން..؟ މިކަހަލަ ކޮން ކަމެއްތަ ބޭނުމީ؟ ވިރާޝް! މީ ވެސް ވަރަށް ފާޑެއްގެ ކަމެއް އިނގޭ… ޖިންނި ޝައިޠާނުންގެ ފަރާތުން ދިމާވާ ކަންކަމާ ކުރިމަތިލާން ކެރެންވާނެ..” ސިހުރުގެ ވާހަކައިން އިލްޔާސް އަހަންނަށް ކުރު ތަޢާރަފެއް ދިނެވެ.

“އަހަރެން ބޭނުމީ……؟ އަހަރެން ބޭނުމީ، ސިހުރު ހަދާ މީހުންނަށް ސިހުރު ޖައްސަން. އެ ކަން ދަސްކުރަން ބޭނުމީ.. ހައިރާން ވީތަ؟” ހިނިތުން ވެލަމުން އަހަރެން ބުނެލީމެވެ.

“ސިހުރު ހަދާ މީހުންނަށޭ…! ސިހުރުވެރިންނަށް ސިހުރު ޖައްސަން ކަލޭ ބޭނުމީ؟.. އެ ކީއްކުރަން ވިރާޝް؟.. ބަލަ އަހަރެން ހީކުރީ…” އިލްޔާސް ހައިރާންވިޔަސް، ކޮންމެސް ވަރަކަށް ޖެހިލުންވެފައި ބުނެލިއެވެ.

އަހަރެން އަަޅައިން އައި ދަބަހުން އެއްޗިހިތައް ނެގީމެވެ. ގަނެގެން ގެނައި މާކަރު އަހަރެންގެ އަތަށް ހެޔޮވަރު ކޮށްލީމެވެ. އޭގެ އިތުރުން ގަނެގެން ގެނައި ވާގަނޑު ނަގާ ވަރަށް ބާރަށް މޭޒުމައްޗަށް އެއްލައިލިއެވެ. އެވަގުތު އިލްޔާސްގެ ހަށިގަނޑަށް އައި ކުއްލި ސިހުމުން އަންގައިދެނީ ބިރުން އިން ކަމެވެ.

“މިހާރު މި ކޯއްޗެއް؟… މަ ނުބުނަމެއްނު ވާގަނޑެއް ގެންނާކަށް..” މަޑުމަޑުން ބޯ ހިއްލައިލަމުން އިލްޔާސް ބުނެލިއެވެ.

“އާނ… އަހަރެން ގެނައީ ކަލޭ ބުނި އެއްޗެއްސެއް ނޫން… އަހަރެން ގެނައީ އަހަރެން ސިހުރު ހަދަން ބޭނުންވާ އެއްޗިހި.. މިރޭ ކަލޭ ވާނީ މަގޭ ކައިރިން ސިހުރު ހަދަން ދަސްކުރަން.. އަހަރެން މި އައީ އެކަމަށް ތައްޔާރު ވެގެން…” އަހަރެން ބުނެލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

އަހަރެންގެ ވާހަކަ އަޑު އިވުމުން އިލްޔާސް ވަރަށް އަވަހަށް ތެދުވަން އުޅުނެވެ. ހީވަނީ އެތަނުން ސަލާމަތް ވާން މަސައްކަތް ކުރާހެނެވެ. ގޮނޑިން ތެދުވެ ކުރިޔަށް އަޅައިލެވުނީ ދެތިން ފިޔަވަޅެވެ. އަހަރެން މަޑު މަޑުން ތުން ތަޅުވަމުން ކިޔެވެލި ތަކެއް ކިޔަވަން ފެށީމެވެ. އަހަރެން ކިޔަވަން ފެށުމުން އަހަރެންގެ ހަރަކާތަށް އޭނާ ހުއްޓުން އެރިއެވެ.

“މި ރޮނގުން މިކޮޅަށް އެންމެ ފިޔަވަޅެއް އެޅިޔަސް ކަލޭގެ ގުނަވަންތަކަށް އަސަރު ކުރަން މާ ގިނަ ދުވަހެއް ނުނަގާނެ…. ސަލާމަތުން ހުރެ އެދޮރުން ބޭރަށް ދާން ބޭނުމިއްޔާ އަހަރެން ކުރާ ސުވާލުތަކަށް ތެދުތެދަށް ޖަވާބު ދީ…” ރުޅިވެރިކަން ދައްކާލަމުން އަހަރެން ބުނީމެވެ.

“ވި…ވިރާޝ…. ތިހެން… ނުހަދާ.. ކަ…ކަލޭ ތި އުޅެނީ ކީއ…ކީއްކުރަން؟” ތުރުތުރު އަޅަމުންދާ އަޑަކުން އިލްޔާސް ބުނެލިއެވެ.

“މަ ބުނީމެއްނު.. މަ މި އުޅެނީ ސިހުރު ހަދާ މީހުންނަށް ސިހުރަކީ ކޯއްޗެއްކަން އަންގައިދޭންނޭ.. ކޮން ކަމަކާ މިހާރު މާ ބިރުން ތި ހުންނަނީ؟ ކަލޭމެން ތީ ޖެހިލުން ކުޑަ ބައެއްނު.. އެއް ފަހަރު އަޅެ ވާގޮތް ބަލައިލަން މިރޮނގު ހުރަސް ކޮއްލަބަލަ… އާދޭ… އަޅެ އާދެބަލަ.. ކެރެން ވާނެ.. އާދޭ..” އަހަރެން ބެލީ އަނެއްކާވެސް އިލްޔާސަށް ކެރޭ މިންވަރެކެވެ.

“ވި..ވިރާޝް… އަހަރެން ދޫކޮށްލާ… ހެޔޮނުވާނެ..” އިލްޔާސް އަނެއްކާވެސް އާދޭސް ކުރަން ފެށިއެވެ.

“ނުދެވޭނެ… މިތާކުން ނުދެވޭނެ… ކަލޭ ދޯ މަގޭ ކޮއްކޮއަށް ސިހުރު ހެދީ؟ ރަނގަޅަށް ބުނޭ..” އަހަރެން ވަރަށް ހަރުކަށިކޮށް ބުނީމެވެ.

“މަށެއް ނޫން… ވިރާޝް… މަށެއް ނޫން. މަ ކީއްކުރަން ދޮގު ހަދަންވީ؟ އެހެން ނޫނަސް, މަ ހެދި އެއްޗެއް ހެދީ ކަލޭ ކޮއްކޮއަކަށް ނޫނޭ…” ބިރުން ހުރިވަރުން އިލްޔާސަށް ބުނެވުނެވެ.

“ދޮގު ހަދައިފިއްޔާ ދެން ވާނެ ގޮތް ބުނަންތަ؟ މި ފޮތި ގަނޑު ނެގީމަ ފެނޭތަ މީ ކޯއްޗެއްކަން… މީ ކަލޭގެ ސަންދޯއް… ތިއޮއް ވާގަނޑުން ދަން ޖައްސާފަ، ސަންދޯކަށް ލައިން ދެން ރަށު އެންމެން ކުރިމައްޗަށް ކަލޭ ނެރޭނީ…. އެހެން ނޫނީ ތެދަށް ބުނޭ…” އިލްޔާސަށް ވަރުގަދަ އިންޒާރެއް އަހަރެން ދިނީމެވެ.

“ވިރާޝް… ތިހެން ނުހަދާ.. މި ކިޔައިދެނީ… އަހަރެން ސިހުރު ހެދީ ކަލޭ ކޮއްކޮ އަކަށް ނޫނޭ.. އެއީ ކަލޭ… ކަލޭ މަންމަ ނަފީސާއަށް އަހަރެން ހެދި އެއްޗެއް.. އިރާޝާއަށް ޖެހުނީއޭ… ނަފީސާ…. އަހަންނަށް ވުރެ ތަނަވަސްކޮށް އުޅޭތީ… ދެން އަޅެ.. އަހަންނަށް ތިހެން ނުހަދާ..” އިލްޔާސަށް އަށް ރޮވޭގޮތް ވުމުން އާދޭސް ކުރަން ފެށިއެވެ.

“އަނހަ…! ނަފީސާއަށް ހެދި އެތި ޖެހުނީ އިރާޝާއަށް؟ ކަލެމެން ހާދަ މޮޅޭ ދޯ؟ ތީތަ ސިހުރު ވެރިންނަށް ވާވަރަކީ؟ ސިހުރު ހަދާ މީހަކަށް ނޫން ސިހުރު ޖެހެނީ.. ދެން ހުންނަ ކޮންމެސް އެހެން މީހަކަށް؟؟؟؟…. އަސްލު ސިހުރު ހަދާ ހިތުން ކަލެއަށް ވެސް ހުންނަނީ އޮޅިފަ ދޯ ހެދޭ ނުހެދޭ އެތި…” އަހަރެން ރީތި ޖޯކެއް ޖަހައިލީމެވެ.

“ހަމަ ތެދެކޭ…. އެހެނޭ ވީ… ނަފީސާއަށޭ މަ އެ ސިހުރު ހެދީ..” އަނެއްކާވެސް އިލްޔާސް ބުނެލިއެވެ.

“ބަލަ ނަފީސާ އަކީ ކަލޭގެ ކާކު؟ ކޮއްކޮ އެއްނު..؟ ކޮބާ ކަލޭގެ ދީން؟ ކޮބާ އީމާން ތެރެކަން؟  ކޮބާ ކަލޭ ހިތުގަ ނަފީސާއަށް އޮންނަން ޖެހޭ ރަހުމު.؟ ކޮބާ ތި ރަހިމުގެ ގުޅުމުގެ ވަފާތެރިކަން..؟ އަހަރެން މަންމައަށް ލިބެން ނޭދޭތީ ހަސަދަވެރި ވެގެން ތިހުރީ ކުރި ކަންތައް.. އެހެންވީމަ ދެން އަދި މަ ކީއްކުރަން ކަލެއަށް ވަފާތެރި ވާންވީ..؟ ކަލޭމެންގެ ގުޅުމަށް ކަލޭ ބޭވަފާތެރި ވީގޮތަށް، އަހަރެން ކަލެއަށް ވެސް މިކަމުގަ ވަފާތެރިއެއް ނުވާނަން.” އަހަރެން ބުނެލީމެވެ.

“ނޫނެކޭ ތިހެން ނުހަދާށޭ… ކޮންމެސް އެއްޗެއް ކިޔަވާފަ ތި ރޮނގު ފުހެލަބަލަ. މަ މިތަނުން ދާން ބޭނުމޭ.. މަގޭ ވެސް އާއިލާއެއް އެބަ އޮތޭ..” ފެން ކަޅިވެފައި ހުރެ އިލްޔާސް އާދޭސް ކުރިއެވެ.

“ކޮންމެސް އެއް ގޮތެއް ނިންމާ… ކަލޭ މަރާލާފަ މަ ޖަލަށް ދާންވީތަ؟ ނޫނީ ކަލޭ އަމިއްލައަށް ސިހުރު ހަދާކަމަށް އިއުތިރާފު ވެފަ ކަލޭ ޖަލަށް ދާނީތަ؟ ތި ގެނައި ފޮތްތައް ވެސް ހެއްކަކަށް ފުދޭނެ. އަހަރެން މިހުރީ ކަލޭ ދޫކުރާ ގޮތަކަށް ނޫން. ތި ބޮޑު ވާގަނޑުން ދަން ޖައްސާފަ ސަންދޯކަށް ލާނީ…. މަ މި ބުނާގޮތަށް މިކަން ކުރާނަން..” އަހަރެން ރުޅިވެރި ކަމާއެކު އެއްޗިހި ކިޔަމުން ދިޔައީމެވެ.

“ނޫން .. އަޅެ.. އަހަރެން ދޫކޮށްލާ… ކީއްކުރިއްޔާ ދޫކުރާނީ؟” އިލްޔާސް އާދޭސް ކުރަމުން ކުޑަކަކޫ މައްޗަށް ތިރިވިއެވެ.

“ކަލެއަށް އިހްސާސް ވެސް ނުވާނެ މަގޭ ކޮއްކޮ އުޅޭ ހާލު.. އެއޮއްގެން ދުނިޔޭން މޮޔަވަނީއޭ… ދެން ކަލޭ ދޫކުރަނީ ކީއްކުރަން؟ ކަލޭމެން ކަހަލަ މީހުން މަރާލީމަ ފޮތުންނާ ހިތުން ތި ދަސްކޮށްފަ ހުރި އެއްޗެެއް ވެސް ފުހެވޭނީ.. އެކަމު އޭގެ ކުރިން ކަލޭ ވާނެ ކަލޭ ސިހުރު ހެދި އެންމެ ކައިރިން މާފަށް އެދެން. ކަލޭ އެ ގޭގެއަށް ދާން ވާނީ ވެސް މަށާ އެކީ… މަ ތިމައްސަލަ ހުށައަޅާނަން….. އަދި މީގެ ފަހުން އެއްވެސް މީހަކަށް ސިހުރު ހެދިކަން އިނގުނިއްޔާ ދެން އެއީ ކަލޭގެ އެންމެ ފަހު ދުވަސް ކަން ހަނދާން ކުރާތި…” އަނެއްކާވެސް އަހަރެން އިންޒާރެއް ދެމުން ބުނީމެވެ.

އަހަރެން ފޯނު ނަގާ ނަމްބަރަކަށް ޑައިލް ކޮށްލުމަށް ފަހު ސްޕީކަރަށް ލީމެވެ. އެއަށްފަހު އިލްޔާސަށް އަޑު އިވޭ ގޮތަށް ވާހަކަ ދެއްކީމެވެ. ދިހަ ވަރަކަށް މިނެޓް ވަންދެން ފުލުހުންގެ ފަރާތުން ދެއްކި ވާހަކަ އާއި އަހަރެން ދެއްކި ވާހަކަ ވަރަށް ރަނގަޅަށް އިލްޔާސް އަޑު އެހިއެވެ.

“އެ އަންނަނީ ހައްޔަރު ކުރަން… އަޑު އިވިއްޖެ…؟ ކަލޭމެން ސިހުރު ވެރިން ތީ ހިތުން ވަރަށް ބާރު ގަދަވެގެން އުޅޭ ބައެއް ދޯ…؟ އެކަމު ކަލޭމެނަށް ވުރެ ފިނޑި ބަޔަކުވެސް މަ ނުދެކެން.. އަހަރެން ތިތާ ރޮނގެއް އެޅީ އެއްޗެއް ކިޔަވާފަ އެއްވެސް ނޫން… ހަމަ ކަލެއަށް ދައްކާލަން ތުން ތަޅުވާލިކަން… އެކަމު ކަލޭ ތިހުންނަނީ ރޮނގެއް ދެކެ ވިއްޔަ ބިރުން…” ވަރަށް ފަރުވާތެރި ކަމާއެކު އިލްޔާސަށް ބަލައިލަމުން އަހަރެން ބުނީމެވެ.

“އަހަރެން މަރާނުލާ… ގެއަށް ދޫކޮށް ނުލަންޏާ ޖަލަށް ލިޔަސް ހެޔޮ.. އަހަރެން ގަބޫލު ކުރަން ވަރަށް ގިނަ މީހުންނަށް ސިހުރު ހެދިންކަން.. ކަލޭ ބުނިހެން އެންމެން ގާތުން މާފަށް އެދެން ދާނަން… އެކަމު އަހަރެން މަރާނުލައްޗެ.. މަ ބޭނުމެއް ނޫން މަރުވާކަށް… އެކަމު ޖަލުގަ އިނދެގެން ތައުބާ ވެދާނަން..” ބޮޑޭ އޭނާގެ ސަލާމަތް ހޯދަން ކިޔެން އޮތް ކޮންމެ އެއްޗެއް ކިއެވެ.

“އެ އިވުނީ ޕޮލިސް ކާރު އައި އަޑު… ކަލޭ ޖަލުގަ އިނދެގެން ތައުބާ ވަންޏާ ތައުބާ ވޭ… ރުޤްޔާ ކޮށްގެން އަހަރެން ކޮއްކޮ ރަނގަޅު ވޭތޯ އަހަރެން މަސައްކަތް ފަށާނަން. އެކަމު ކަލޭ ޖަލުން ނުކުތަސް އަހަރެން ކަލެއަށް ފާރަލާނަން. އޭގެ ފަހުން ވެސް ކަލޭ ތިކަން ތަކުރާރު ކޮށްފިއްޔާ ކަލޭގެ ހުކުމަކީ މަރު… މަރާލާނަން..” އަހަރެން އެންމެ ފަހުގެ ހަރުކަށި ބަސް ބުނެލީމެވެ.

ފުލުހުންގެ ދެތިން މީހުން އައިސް އިލްޔާސް ބިޑި އަޅުވައިން ގެންދިޔައެވެ. އަހަރެންވެސް އެމީހުންގެ ފަހަތުން ސައިކަލުގައި ދިޔައީމެވެ. އަހަރެންގެ ކޮއްކޮ އުޅެމުންދާ ވޭނަށް ލުއިކަމެއް ހޯދައިދޭން އަހަރެން ބޭނުމެވެ. އިލްޔާސްގެ ފުށުން ސިހުރު ޖެހިފައިވާ މީހުން އެކަމުން ސަލާމަތް ވާނެ މަގެއް ހޯދައިދޭން އަހަރެން މަސައްކަތް ކުރާނަމެވެ. ޔަގީނެވެ. އިލްޔާސް ފަދަ މީހަކު އުމުރު ދުވަހަށް ޖަލަށް ލުމަކީ ސިހުރުގެ ވޭން ތަހައްމަލް ކުރަމުންދާ މީހުންނާއި ސަލާމަތުން ތިބި އެންމެންނަށް އަމާންކަން ލިބޭނެ ކަމެކެވެ.

ނިމުނީ

ނޯޓް:- އުންމީދު ކުރަން ކިޔުންތެރިންނަށް މި ވާހަކަ ކަމުދިޔަ ކަމަށް.. ވާހަކަ ވިދާޅުވީތީ  ޝުކުރިއްޔާ.

މިކަހަލަ ކުރު ވާހަކައެއް ލިޔެލާނެ ރަނގަޅު މައުޞޫއެއް ކޮމެންޓު ކޮށްލަދީބަލަ…

 

 

 

 

 

 

 

 

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ދެވުނީ ވޭނޭ 28

Next

ސާރާ 7

Next
December 28, 2025

ސާރާ 7

Previews
December 27, 2025

ދެވުނީ ވޭނޭ 28

8 Comments!

  1. 🥀 says:
    December 28, 2025 at 6:46 am

    Varah reethi, iburaih theri vaahaka eh maa sha Allah. Author ge vaahaka thah gina ginain kiyaalan libeyne kamah ummeedhu kuran!!

    Shaleen ge vaahaka thah kamudhey abadhu ves haassa koh dhirumeh neih dhiriulhun. Eii shaleen liyunu emme reethi eh vaahaka kanne. Varah asaru gadha, hama ehaa ves reethi vaahaka eh maa sha allah!!

    Aslu bunan tha shaleen ge faraathun faahaga vaa kameh.. reader’s kuraa comment ah shaleen reply kohffa hunnany alhugandu varah hiy hama jehey gothakah. Dhevana faharah ves e reader shaleen ge vaahaka ah comment eh kuraane fadha gothakah, varah friendly koh.. Author ge fushun fenna varah reethi sifa eh eii. Allahumma baarik!!

    Sorry, comment maa dhigu ves vejje dho. Mifadha ehen vaahaka ehgge inthizaruga vaguthu gunan fashaifin ingey..😅

    1. Shaleen says:
      December 28, 2025 at 7:46 am

      Asthaa… ♥️♥️♥️
      Bunan ulhunu bas huttijje…
      Ekamves buneveytho balaanan…
      Haadha’haavaa chaalu comment ekey mi fenunee…
      Dhuvahuge feshunves mi fashan jehunee v ufalun hure. Alhamdh lillah ☺️

      Mi comment AA evarah alhugandu ves comment dhigu kollaanan ingey..
      Mihaaru mi balanee kuru vaahaka up koggenves reader hifetteytho.
      In sha Allah.. balamaa Hama free time vaa varakun liyeveyne kamah mikahala vhk vhk…

      “Dhirumei nei dhiriulhun” e alhugandah hayaathuga ves liyevunu emme emme reethi , emme kamudhaa vaahaka … Alhamdh lillah. 💕

      V ufaavejje v vessssss ufaa vejje Alhuganduge comment kurumah thihaaaaa like vaa kujjaku hurikan inguneema…
      Friendly Veema readers ves loabi vaane kamah mibalanee alhugandu dheke. Hehe.

      Ehen vaahaka eh anekkaaves liye ready kollaafa uppppppp kollanee in sha Allah.

      Luvvvvv u more 🎈🎈🎈🎈

  2. savuu_17 savuu_17 says:
    December 29, 2025 at 12:27 am

    “Shahku”, “vahum”,” thaubaa”
    Kuru vhk liyan nice topics thakeh hama… anyways keep it up gurll

    1. Shaleen says:
      December 29, 2025 at 11:45 am

      Thank you so much dear ❤️❤️❤️

  3. Your fav bab says:
    December 29, 2025 at 10:00 am

    Hey shaleen!!
    Mi story vx hama full of life ehaa reethi!👏
    Talking ’bout story eh liyaane topic eh!.. Maybe u can Go with a topic like… A person fearing failure and not fulfilling their dream?
    Well any story you write, whatever the genre is Your stories are just perfect! To mention, u keep the readers entertained through out the whole story! N thats awesome💗💗
    And yeah! I ah ves shaleen ge one fact eh highlight kurevey! Like even if I comment I just recently check if you’ve replied cuz like your replies are just so sweet😊
    Sorry for the late comment darl!
    Looking forward for more stories from ya!
    Ly!

    1. Shaleen says:
      December 29, 2025 at 11:52 am

      Hi
      Your fav bab!
      Haggu shukuru to you Hama…
      V v ufaavejje lwbi lwbi comment eh thi dhevvee…
      Lahun comment kureema dheravefa hurevunee …
      Ekam ves Hama v hithah eri comment eh libeyne kamah.
      Kollevunu INTHIZAARU 🫣🫣🫣 comment akah…hehe.
      Shaleen dhoo NU’kollaanekan ingijje mihaaru ingey … 😄♥️😄

    2. Your fav bab says:
      December 29, 2025 at 1:17 pm

      Oh I lahun comment kureema dhera vi vhk bunelyma I just realised that I’m an important reader to you after all! Vrh ufaavejje aslu vx🤗
      Hehe… Yeah😊💗

  4. Shaleen says:
    December 29, 2025 at 1:24 pm

    Yeah hurihaa kudhinves v v important.
    Dhen Hama bunelee vakin Hama coz, U ge comment I ah ves Hama libenee v haassakoh. Ehenveema ekamuge ufalugai buneleemeve.😎

Comments are closed.



All Right Reserved!